Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު ނުބުނޭ ތިހެން … (21)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
November 6, 2021 6 Mins Read
2 Comments

“ދޮންތީ….” ރުހާގެ ފޯނުން އޮންލައިން ޕޭޖަކުން ވިއްކާ ބަދިގެ ސާމާނުތަކެއް ބަލަން ތިބެފައި ދެމީހުންނަށް އެއްފަހަރާ ބަލާލެވުނީ ރިދާގެ އަޑު އިވުމުންނެވެ. ގޭތެރެއަށް ވަދެގެން އައި ރިދާ އެދިމާއަށް ދުވެފައި އަންނާތީ ދެމީހުންނަށް ކޮޅަށް ތެދުވެވުނެވެ. ރިދާ އެއައި ގޮތަށް އައިސް ރުހާގެ ގައިގައި ބައްދާލައިގެން ހުރެ ރޯންފެށިއެވެ. ވާނުވާ ނޭނގިވާ ޙާލު ރުހާއާއި މިލްނާ އެކަކު އަނެކަކަށް ބަލާލުމަށްފަހު ރިދާ ގާތު ވީ ކީއްތޯ އަހާލެވުނެވެ. ގޭތެރެއަށް ވަދެގެން އައި މިލާން އެމީހުންގެ ލޮލުގައި އަޅައިގަތީ ދެނެވެ. މިލާންގެ މިލާފައިވާ މޫނު ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ދެމީހުންނަށްވެސް ނަގައިގަނެވުނެވެ. މިލާން އައި ގޮތަށް އައިސް ޖޯއްޔަށް ވެއްޓިގަތެވެ. ކަންބޮޑުވެފައިހުރެ ރުހާއަށް ބަލާލަލުމުން މިލްނާ މިލާންގެ ގާތުގައި ޖޯލީގައި އިށީނެވެ.

“ދަރިފުޅާ ކަމެއް ގޯސްވީތަ…؟؟؟ ކީއްވެ ރިދާ އެ ރޮނީ…؟؟؟ ދެކުދިން ދެބަސްވީތަ….؟؟؟ ކޮންތާކުން ތި އައީ….؟؟؟” ހާސްވެފައި އިނދެ މިލާންގެ ކޮނޑުމަތީ އަތް ބާއްވާލަމުން މިލްނާ އެއްފަހަރާ އެތައް ސުވާލެއް ކޮށްލިއެވެ. ހުއްޓާލުމެއްނެތި ރިދާ ރޮމުންދާތީ އޭނާ އިނީ ވަރަށް ކަންތައްބޮޑުވެ ހިތް ބިރުގެންފައެވެ.

“މަންމާ….” މިލާން އިތުރު ވާހަކައެއް ދެއްކުމެއް ނެތި މިލްނާގެ އުނގުގައި ބޯ އަޅާލިއެވެ. މިލްނާއަށް ބަލާލެވުނީ ރުހާއާއި ދިމާއަށެވެ. ރުހާވެސް މިލްނާއަށް ބަލާލީ ސުވާލު އުފެދިފައިވާ ޙާލުއެވެ.

“އަހަރެމެން މި އައީ ހޮސްޕިޓަލުން…. ކުއްޖަކު ހޯދަން ވިސްނާތީ އޭގެ ކުރިން ޑޮކްޓަރަށް ދައްކާލާ ޓެސްޓްތައް ހަދާލާ، ލަފާ ހޯދާލުމަށް ދިޔައީ….” އެ އޮތްގޮތަށް އޮވެ މިލާން ވާހަކަ ދައްކަން ފެށިއެވެ.

“ދެން….. ކީކޭ ޑޮކްޓަރު ބުނީ…..” މިލާންގެ ބޮލުގައި ފިރުމާލަމުން މިލްނާ އަހާލިއެވެ. އޭނާގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. ޖަވާބު ދިނުމުގެ ކުރިން މިލްނާގެ އުނގުގައި ބޯ އަޅާލައިގެން އޮތް މިލާން އޭނާގެ އުނގުމަތިން ބޯ ނަގަމުން އެއްފަހަރު މިލްނާއަށް އަދި އަނެއްފަހަރު ރުހާއަށް ބަލާލިއެވެ. ދެމީހުންގެ މޫނުމަތިންވެސް މިލާން އެބުނަން އުޅޭ އެއްޗެއް އެނގެން ބޭނުންވެފައިވާ މިންވަރު ހާމަވާން ހުއްޓެވެ.

“ޑޮކްޓަރު ބުނީ ރިދާއަށް ކުދިންނެއް ނުލިބޭނެއޯ……” ދެއަތް ޖޯޑުކޮށްލަމުން ނިތުގައި ޖައްސާލައިގެން އިނދެ މިލާން ބުނެލީ ވޭނީ އަޑަކުންނެވެ. އެހެން ބުނިވަގުތު އޭނާގެ އަޑުކުރެހިފައިވާކަން އަޑު އަހަން ހުރި މީހަކަށް ސިއްރެއް ނުވާނެއެވެ. މިލާންގެ ދުލުން ނުކުތް ޖުމްލަ އިވިފައި ދެލޯ ބޮޑު ކޮށްލަމުން މިލްނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ރިދާގެ ގައިގައި ހިފަހައްޓާލައިގެން ހުރި ރުހާވެސް ހުރީ ކަންފަތަށް އިވުނު ވާހަކަތައް ޤަބޫލުކުރަން ދަތިވެ ހުއްޓުން އަރާފައެވެ. ސިހިގެން ދިޔައީ ރިދާގެ ރުއިމުގެ އަޑު ބާރުވުމުންނެވެ. މަޔަކުވެސް ފިރުމާލާނެހާ ލޯބިން ރިދާގެ ބުރަކަށީގައި ފިރުމާލަމުން ނުރޮއި ހިތްވަރުކުރުމަށް ބުނި ނަމަވެސް އޭނާއަށްވެސް ހުރީ ރޮވޭ ވަރުވެފައެވެ. ލިބުނު ޚަބަރަކުން މިލްނާ އިނީ ބުނާނެ އެއްޗެއްވެސް ނެނގިފައެވެ. މިލާންގެ ކޮނޑުގައި އަތް ބާއްވާލަމުން އޭނާވެސް މިލާނަށް ހިތްވަރުކުރުމަށް ބުނެލިއެވެ. ނަމަވެސް ލިބުނު ޚަބަރަކުން އޭނާގެ ހިތްވެސް ފުނޑުފުނޑުވީ ފަދައެވެ.

“އެކަމަކު މަންމާ… ޑޮކްޓަރެއް ކަމަކު އެގޮތަށް ސީދާ ދިމާއަށް ކުއްޖަކު ނުލިބޭނެއޭ ބުނާކަށް ނުވާނެއްނު… ބަސް ބުނާއިރު އަނެކާއާއިމެދުވެސް ކޮންމެވެސް ވަރަކަށް ވިސްނާލަންވާނެއެއްނު…. އެހެން ބުނުމުގެ ބަދަލުގައި ކުއްޖަކު ހޯދުމުގައި މައްސަލަތަކެއް އުޅެއޭ ބުނެވިދާނެއެއްނު… އެހެން ނޫނަސް ކާކަށް އެނގޭނީ ކަން ވާނެގޮތެއް…. މާތް ﷲ އިރާދަކުރެއްވި ކޮންމެ ކަމެއްވެސް ވާނެ…. އަހަރެމެން ޖެހޭނީ މާތް ﷲ އަށް ވަކީލުކޮށް އެކަލާނގެ ޙަޟްރަތަށް ދުޢާކޮށް އެކަން ކާމިޔާބުވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަން…. ރިދާ އެހާ ވަރަށް އެ ރޮނީ ޑޮކްޓަރު ދިމާލަށް އެހެން ބުނީމަ….. ހިތްވަރު ދިނުމުގެ ބަދަލުގައި އުއްމީދެއް ނެތްކަމުގައި ބުނީމަ…..” މިލާން އިތުރަށް އޮޅުން ފިލުވައިދިނެވެ. މިލާންގެ ވަހަކަތައް އަޑު އަހާފައި އެވާހަކަތަކަށް އެއްބައިވުމުގެ ގޮތުން މިލްނާވެސް ބޯ ޖަހާލިއެވެ.

“އެ ތެދެއް ރިދާ…. އަދި އުއްމީދު ކަނޑާލާކަށް ނުވޭ…. ޑޮކްޓަރުން ކުދިން ނުލިބޭނެކަމަށް ބުނެ އުއްމީދު ކަނޑާލާފައިވާ ކިތައް މީހުންނަށް ކުދިން ލިބިފައި އެ ތިބީ…. ދަރިން ދެއްވާނީ މާތް ﷲ…. އެކަލާނގެ އިރާދަކުރެއްވި އަޅަކަށް އިރާދަކުރެއްވި ވަގުތަކު ދަރިން ދެއްވާނެ….. އެކަމުގެ ފުރިހަމަ ހެއްކެއް އިބްރާހީމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅާއިމެދު ވިސްނާލީމަވެސް އެނގިގެންދާނެ…. އެކަލޭގެގެފާނު ޢުމުރުން ދުވަސްވީފަހުން ދަރީން ލިބިލެއްވީ…. އެހެންވީމަ، އުއްމީދު ކަނޑާލުމުގެ ބަދަލުގައި، މީ ކުރިމަތިވި އިމްތިޙާނެއް ކަމުގައި ދެކި މި އިމްތިޙާނުން ފާސްވޭތޯ މަސައްކަތް ކުރަންވީ… ދަރިން ދެއްވުމަށް އެދި މާތް ﷲ ގެ ޙަޟްރަތަށް ގިނަގިނައިން ދުޢާކޮށް އެކަމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރަންވީ…..” ނުހަނު ލޯތްބާއިއެކު ރުހާ، ރިދާގެ ދެލޮލުން އައިސްފައިވާ ކަރުނަތައް ފުހެލައިދިނުމުން އެވާހަކަތައް ޤަބޫލުކޮށް ރިދާވެސް ބޯ ޖަހާލިއެވެ.

**********

މިކްޔާން ކޮޓަރިއަށް ވަން އިރު ރުހާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. މީހެއްގެ ހިލަންވެގެން ބަލާލިއިރު މިކްޔާން ފެނުމުން ތެދުވެ ހެޑްބޯޑުގައި ލެނގިލިއެވެ. ރުހާގެ ބޮޑު ދެލޮލަށް ބަލާލުމުން ރޮއެފައިވާކަން މިކްޔާނަށް ދެނެގަނެވުނެވެ. މިކްޔާން ގޮސް އެނދުގައި އިށީނދެލުމުން ރުހާ މިކްޔާންގެ ކޮނޑުގައި ބޯ އަޅާލިއެވެ.

“އޮފީހުގައި އިނދެފައި މަންމަ ގުޅީމަ އަހަރެން މި އައީ…… ކޮބާ މިހާރު ރިދާމެން…..؟؟؟؟” ރުހާގެ ބޮލުގައި ފިރުމާލަމުން މިކްޔާން ވާހަކަ ދެއްކިއެވެ.

“ކޮޓަރީގައި ވީ…. މިލާންވެސް ވީ ކޮޓަރީގައި… ދެމީހުންނަށް ވަގުތުކޮޅެއް ދޭންވެގެން އަހަރެންވެސް އެތާ އިނދެލާފައި އައީ…. ހިތަށް އެރީ މިކްޔާން އޮފީހުން އައީމައޭ އެވާހަކަ ބުނާނީ…. އެހެންވެ ނުގުޅީ….” ރުހާ އިތުރަށް އޮޅުން ފިލުވައިދިނެވެ.

“މިކްޔާން…. ރިދާއާއި ދޭތެރޭ އަހަރެން ވަރަށް ކަންތައް ބޮޑުވޭ…. މީގެ ކުރިން އޭނާއަކީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އުފަލުގައި އުޅެމުން އައި ކުއްޖެއް…. ހިތަށް އަރަނީ މި އިމްތިޙާނާއި ކުރިމަތިލުމުގެ ހިތްވަރު އޭނާގެ ގައިގައި ހުންނާނެބާއޭ….” ރުހާގެ އަޑުގައިވެސް ވަނީ މޮޅިވެރިކަމެވެ.

“މާތް ﷲ އިރާދަކުރެއްވިއްޔާ މި ކަމާ ކުރިމަތިލުމުގެ ހިތްވަރު އޭނާގެ ގައިގައި ހުންނާނެ… އެހެން ނޫނަސް އޭނައަށް ހިތްވަރުދޭން އޭނައާއިއެކު އަހަރެމެންވެސް މި ތިބީނު ދޯ…” މިކްޔާން މިހެން ބުނުމުން ރުހާ ބޯ ޖަހާލިކަމެއް ނޭނގެ އޭނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ރިދާއާއި ދޭތެރެ ވިސްނި ވަރަކަށް އޭނާ ދެރަވަނީއެވެ.

“ހޭ…. ނުރޮއި… ރުހާ ރޮންޏާ ދެން ކިހިނެއް ރިދާއަށް ހިތްވަރުލައިދޭނީ….؟؟؟ ރުހާ ވާނެ ވަރަށް ހިތްވަރުކުރަން….. އަހަރެމެން ޖެހޭނީ ހަމަޖެހިގެން ތިބެ އެމީހުންނާ ކުރިމަތިލާން…. އޭރުން އެމީހުންނަށްވެސް ހިތްވަރު ލިބޭނީ ދޯ….” ލޯތްބާއިއެކު ރުހާގެ ދެލޮލުން އައި ކަރުނަތައް ފުހެލައިދެމުން މިކްޔާން އޭނާއަށް ވިސްނައިދިނެވެ. ރުހާ ބޯ ޖަހާލުމުން މިކްޔާން އޭނާ ގަޔާއި ކައިރިކޮށްލިއެވެ.

**********

މިލާންމެންގެ ކޮޓަރީގައި ޓަކި ޖަހާލުމަށްފަހު މިކްޔާންގެ ދެމަފިރިން އެތެރެއަށް ވަން އިރު މިލާންމެން ތިބީ ކޮޓަރީގައި ހުރި ސޯފާގައެވެ. މިކްޔާންމެން ފެނުމުން ދެމީހުން ހީލިނަމަވެސް އެ މޫނުތައްވަނީ މިލާފައެވެ. ރިދާގެ ދެލޮލުގެ ހިޔަނިހެންވާ އެސްފިޔަތަކުގައިވާ ތެތްކަމުން ދެންމެއަކާއި ޖެހެންދެން ރޮއެފައިވާކަން ރުހާމެންނަށް ދެނެގަނެވުނެވެ. މިކްޔާންމެން މިލާންމެންނާއި ހަމައަށް އައިއިރު އެމީހުން ތިބީ ކޮޅަށް ތެދުވެގެންނެވެ. މިކްޔާން މިލާންގެ ކޮނޑުގައި ޖަހާލަމުން އިށީނުމަށް ބުނެލިއެވެ. މިކްޔާނަށް އިށީންނަން ތަން ދައްކަމުން ރިދާ ޖެހެލީ ރުހާގެ ގާތަށެވެ.

“މިލާން…. އަދި އެންމެ ޑޮކްޓަރެއްގެ ބަހަށް އުއްމީދު ކަނޑާލައިގެން ތިބޭކަށް ނުވާނެއްނު…. ދޮންބެއަށް ފެންނަނީ މާލެއަށް ގޮސްގެން އިތުރު ޑޮކްޓަރުންނަށް ދައްކަން…. އަލިމަގެއް ނުފެނިއްޖާ ބޭރު ޤައުމުތަކަށްވެސް ދާންވީ…. ރުޤްޔާވެސް ކުރަންވީ…. މާޔޫސްވެފައި އެއްގޮތަކަށްވެސް ތިބޭނެކަމެއް ނެތް…..” މިލާންގެ ގާތުގައި އިށީނދެ އޭނާގެ ކޮނޑުމަތީ އަތް ބާއްވާލަމުން މިކްޔާން ވާހަކަދެއްކިއެވެ.

“ތިކަހަލަ ވިސްނުމެއް އަހަރެންވެސް މި ގެންގުޅެނީ….” މިކްޔާންގެ ވާހަކައަށް ބޯ ޖަހާލަމުން މިލާން ބުނެލިއެވެ.

“ދޮންބެއަކަށް ނުފެނޭ އެންމެ ދުވަހެއްވެސް މަޑުކުރާކަށް…. މާދަން ފުރަން ތައްޔާރުވޭ…. ދޮންބެ ހުރިހާ ކަމެއް ހަމަޖައްސައިދޭނަން….” ވަކިވަކިން އެންމެންގެ މޫނަށް ބަލާލަމުން މިކްޔާން ބުނެލިއެވެ. ރިދާގެ އަތުގައި ހިފަހައްޓާލަމުން ރުހާވެސް ބޯޖަހާލީ މިކްޔާންގެ ބަހަށް ތާއީދުކުރަމުންނެވެ. އިތުރު ދެބަސްވުމަކަށް ނުގޮސް  މިލާންގެ ދެމަފިރިންވެސް އެކަމަށް އެއްބަސްވިއެވެ.

“ރިދާ…. މިކަންތަކާ އެހާ ބޮޑަށް ނުވިސްނައްޗޭ…. މާތް ﷲ އިރާދަކުރެއްވިއްޔާ އުފާވެރި ޚަބަރެއް ލިބޭނެ….. އަހަރެމެންވެސް ދުޢާ ކުރާނަން…..” ރިދާއަށް ބަލާލަމުން އޭނާއަށް ހިތްވަރުދިނުމުގެ ގޮތުން މިކްޔާން ބުނެލިއެވެ. ދަތުރަށް ތައްޔާރުވާން ބުނެފައި މިކްޔާންގެ ދެމަފިރިން ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ރިދާގޮސް މިލާންގެ ގާތުގައި އިށީނުމުން، މިލާން ރިދާގެ ކޮނޑުގައި ފުރަގަހުން ހިފަހައްޓާލަމުން އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ.

“މިލާން….. އަހަރެންގެ ސަބަބުން މިލާންއަށް ދަރިން ލިބުމުން މަހުރޫމްވީ ތީ ސޮރީ…..” މިލާންގެ ކޮނޑުގައި ބޯ އަޅާލަމުން މިހެން ބުނެލިއިރު ރިދާގެ ދެލޯ ފޫ އަޅުވާލާފައި ކަރުނަތައް ފައިބައިގަތެވެ. ނަމަވެސް އެކަރުނަތައް ހުއްޓުވާކަށް ނޫނީ ފުހޭކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ރިދާގެ ވާހަކަތައް އިވިފައި މިލާނަށް ކުއްލިއަކަށް ރިދާ ދުރުކޮށްލެވުނެވެ. އަދި އެމޫނަށް ބަލަމުން ދިޔައީ ޝަކުވާގެ ނަޒަރަކުންނެވެ.

“ރިދާ….. މިފަހަރު ތިހެން ތި ބުނީ….. އެކަމަކު ދެންފަހަރަކުން ނުބުނައްޗޭ….” ރިދާގެ ދެލޮލުން އައިސްފައިވާ ކަރުނަތައް ފުހެލައިދެމުން މިލާން ބުނެލިއެވެ.

“ދަރިން ދެއްވާނީ މާތް ﷲ …. އެކަލާނގެ އިރާދަ ކުރެއްވި އަޅަކަށް އެކަލާނގެ ދަރިން ދެއްވާނެ…. މުއްސަންޖަކަސް ފަޤީރަކަސް އެކަން އޮންނާނީ އެހެން…. އެއީ އެއްވެސް އިންސާނެއްގެ އަތްމަތީގައިވާ ކަމެއް ނޫން….. އަހަރެމެންނަށް ކުރެވޭނީ މަސައްކަތް…. އެކަމުގައި އަހަރެންގެވެސް އަދި ރިދާގެވެސް ކުށެއް ނެތް…. އެކަހަލަ ބޭކާރު ޚިޔާލްތައް ހިތަށްވެސް ނުގެންނާތި…. އަހަރެން ރިދާ ދެކެ ވަރަށް ލޯބިވޭ…. އަހަރެން މިހުރީ ރިދާއާއިއެކު…. ދެމީހުން އެކުގައި މިކަމާ ކުރިމަތިލާނީ…..” ރިދާ މިލާންގެ ގައިގައި ބައްދާލުމުން، އޭނާގެ ބޮލުގައި ފިރުމަމުން މިލާން ބުނެލިއެވެ. ރިދާ ވަކި އެއްޗެއް ނުބުނުމުން މިލާންވެސް ދެން އިތުރަކަށް އެވާހަކައެއް ނުދައްކައެވެ.

**********

ލޫޠް ލިބުނުތާ ކުރީކޮޅު ރަޔާންގެ ފަރާތުން އަޅާލުމާއި އޯގާތެރިކަމާއި އެހީތެރިކަން ލައިނީއަށް ލިބުނު ނަމަވެސް ލޫޠަށް މަސްދުވަސްވީ ފަހުން ރަޔާނަށް ބަދަލު އަންނަމުންދާކަން ލައިނީއަށް ފާހަގަކުރެވެން ފެށުނެވެ. އޭނާ މަޑުމަޑުން ލައިނީއާއި ދުރުވާހެން ހީވިއެވެ. ވާހަކަ ދެއްކުން މަދުވެ ކޮންމެހެން ބުނަންވާ އެއްޗެއް ނޫނީ މިހާރަކު ނުބުނެއެވެ. ލޫޠުގެ ކަންކަމުގައިވެސް ކުރިން އަމިއްލައަށް ފެނިގެން އެހީތެރިވެދިން ނަމަވެސް މިހާރު ބުނިއްޔާ ނޫނީ އެއްވެސް ކަމެއްވެސް ނުކޮށްލައިދެއެވެ. ލޫޠާއި އޭނާއާއިއެކު ހޭދަކުރާ ވަގުތު މަދުވެ ބޭރުގައި ހޭދަކުރާ ވަގުތު އިތުރުވާން ފެށިއެވެ. މަސްދުވަސް ވީ ފަހުން ލޫޠުވެސް ކުރިއަށްވުރެ ގިނައިން ރުއިމާއި ނިދުން މަދުވުމުގެ ސަބަބުން ލައިނީ ހުންނަނީ ވަރުބަލިވެފައެވެ. ހަމަނިދި ނުލުބުމުގެ ސަބަބުންނާއި ރަޔާނަށް އަންނަމުންދާ ބަދަލުތަކާއި ބަހައްޓާ ދުރުކަމަކުން ލައިނީއަށް ހުންނަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ވަރުބަލިކަން އިޙްސާސްވެ ހިތުގައި ޖެހި ރޮވޭގޮތްވީ ނަމަވެސް އެވާހަކަތައް އެހެން މީހަކާ ޚިއްސާކުރަން އޭނާ ޖެހިލުންވިއެވެ. އެންމެ ގާތް އެކުވެރިންނަކީ ރިދާމެންނަށް ވީ ހިނދު އެމީހުންގެ ދޮންބެގެ ވާހަކަ އެމީހުންގެ ގާތުގައި ދައްކަން ބޭނުން ނުވާތީ އޭނާ ހިމޭންކަން އިޚްތިޔާރުކުރީއެވެ.

ރޭގަނޑުގެ ވަގުތެވެ. ނިދިނިދި އޮއްވާ އާދައިގެ މަތިން ލައިނީއަށް ހޭލެވުނީ ތުއްތު ލޫޠުގެ ރުއިމުގެ އަޑަށެވެ. ތެދުވަން އުޅެފައި ބޮލުގައި އަތް އަޅާލެވުނީ ގަދައަށް ބޮލުގައި ރިހޭވަރުންނެވެ. ގާތުގައި އޮތް ރަޔާނަށް ގޮވާލުމަށްފަހު ލޫޠް ގެނެސްދިނުމަށް އެދުނީ އެނދުން ތެދުވެގެން ގޮސް ދަރިފުޅު ނަގާނެ ހިތްވަރު ނެތުމުންނެވެ. ލައިނީ ގޮވާލުމާއިއެކު ނަސީބަކުން ރަޔާން ވަރަށް ފަސޭހައިން ހޭލިއެވެ. އަދި ދަރިފުޅު އެނދުން ނަގައިގެން ގެނެސް ލައިނީގެ އަތަށް ލައިދީފައި އަނެއްކާ އަރާ އޮށޯތީއެވެ. އެއްފަހަރުވެސް ލައިނީގެ މޫނަށް ބަލާނުލައެވެ. އެހެންނަމަ ލައިނީއަށް އަޅުމުންދާ ވޭނުގެ އަސަރު އެމޫނުން ރަޔާނަށް ފައުޅުވީހެވެ. ދެރަވެ، ދެ ލޮލަށް ކަރުނަ ޖަމާވީނަމަވެސް ލައިނީ ހިތްވަރުކޮށްލާފައި ދަރިފުޅު މަސަލަސް ކުރެވެތޯ އުޅުނެވެ.

ލޫޠު ނިދުމުން ލައިނީ އުޅުނީ އޭނާ ބާއްވާށެވެ. ނަމަވެސް ބާއްވަން ދިމާ ކޮށްލާއިރަށް ހޭލާފައި ރޯންފަށަނީއެވެ. އެއްގޮތަކަށްވެސް ނުއޮތުމުން އޭނާއަށް ޖެހުނީ އުނގަށް ލައިގެން އިންނާށެވެ. ފައިމަތީގައި ބާއްވާލުމުން އަރާމުކޮށް ނިދާލާފައި އޮތުމުން ލައިނީވެސް ދެން އިތުރަށް އެނދުގައި ބާއްވާކަށް މަސައްކަތެއް ނުކުރެއެވެ. އެ އިންގޮތަށް އިނދެ އޭނާއަށް ނިދެން ދަނިކޮށް އަނެއްކާވެސް ލޫޠު ހޭލިއެވެ. އެރޭ އެއްކޮށް ހޭދަވެގެން ދިޔައީ ލައިނީއަށް ނިދިކޮޅެއް ނުލިބިއެވެ.

ރަޔާން ފަތިސް ނަމާދުކޮށްގެން އައިއިރުވެސް ލައިނީ އުޅުނީ ލޫޠު މަސަލަސް ކުރުމައިގެންނެވެ. އާދައިގެ މަތިން ރަޔާން އަނެއްކާވެސް އެނދުގައި އޮށޯތީ އޮފީހަށް ދާންވާއިރަށް އަދި ނިދާލަންވެގެންނެވެ. ނަމަވެސް ލޫޠް ރޯވަރުން އޭނާއަށް ނިދޭ ގޮތެއް ނުވިއެވެ.

“ކޮންކަމަކާތަ މާވަރަކަށް އެ ރޮނީ….. ހުއްޓުވާލަބަލަ…. ހަމަޖެހިލައިގެން ނިދާލެވޭވަރެއްނޫން…..” ދެއަތަށް ފުރޮޅި ފުރޮޅިފައި ނުނިދުމުން ރަޔާން، ހުރިހާ ރުޅިއެއް ބޭލީ ލައިނީއަށެވެ. ބޮލުގައި ރިއްސާ ޙާލު ރޮމުންދިޔަ ދަރިފުޅު މަސަލަސްކުރަން އުޅުނު ލައިނީއަށް ހިނދުކޮޅަކަށް ނަމަވެސް ހުއްޓުން އެރީ ރަޔާންގެ ޖުމްލަ އަޑުއިވިފައެވެ. އޭނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރަޔާން އެހާ ބޮޑަށް ބަދަލުވީ ކީއްވެގެންބާއޭ ހިތަށް އެރިއެވެ. އޭނާއަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއް ބާއޭ ހިތަށް އެރިއެވެ. ރަޔާނަށް އަންނަމުން އެދާ ބަދަލުތަކާއިމެދު އޭނާއާއި ވާހަކަ ދައްކަން ލައިނީ ބޭނުންވެއެވެ. ނަމަވެސް ރަޔާން ބަހައްޓާ ދުރުކަމަކުން އެ ފުރުޞަތުވެސް ނުލިބެއެވެ.

“ރަޔާން ނިދާލާ…. ލޫޠް ގޮވައިގެން އަހަރެން މިދަނީ ބޭރަށް….” ރަޔާން އެނދުން ތެދުވެ ދާން އުޅުމުން ލައިނީ އަވަސް އަވަހަށް ބުނެލިއެވެ. އަދި އިތުރަށް އެންމެ ވަގުތުކޮޅަކުވެސް އެތާނގައި މަޑުނުކޮށް ދަރިފުޅު ގޮވައިގެން ބޭރަށް ނުކުތެވެ.

**********

ލީނާ ކޮޓަރިން ނުކުތްއިރު ލޫޠް ފައިމައްޗަށް ލައިގެން ސޯފާގައި ނިދިފައި އިން ލައިނީ ފެނުމުން ހިތުގައި އެތަށް ސުވާލެއް އުފެދުނެވެ. ކުޑަކުޑަ ލޫޠަށްވެސް ނިދިފައިވުމުން އޭނާ ފިޔަވަޅު އަޅަމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ. ލައިނީގެ ގާތުގައި ހުއްޓި ވަރަށް މަޑުމަޑުން ލައިނީއަށް ގޮވާލިއެވެ. ނަމަވެސް ލައިނީ ނުހޭލުމުން އޭނާގެ ގައިގައި އަތް ޖައްސާލިކަމެއް ނޭނގެ އަތް ދަމައިގަނެވުނީ އޭނާގެ ގައި ހޫނުކަމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ފަސްވަނަ ބައި)

Next

އިއްތިފާޤު

Next
November 7, 2021

އިއްތިފާޤު

Previews
November 6, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ފަސްވަނަ ބައި)

2 Comments!

  1. Eemyaa says:
    November 6, 2021 at 11:36 pm

    Assalaam Alaikum ?
    kiyuntherinnah mi part ves kamudhane kamah ummeedhu kuran ?❤️?
    Mihaaru mi vaahaka eem ge fb page “EamYaa ge Vaahaka” in ves kiyaaleveyne ?
    https://www.facebook.com/EamYaa-ge-Vaahaka-100267119062847/
    Enjoy ?
    ?❤️

  2. Fathimath Nafha says:
    November 8, 2021 at 10:20 pm

    Nafu midhuvas kolhu busy kamun comment eh nukoh leveni..dhen fahun comment kohlan balaa iru it’s closed so?…and mi part ves v reethi ❤️❤️❤️….rayaan ah kihineh baa evi kuhliyakah ??…so curious…so sad for ridha and milaan?…when next??

Comments are closed.

Next Episodeޔާރު ނުބުނޭ ތިހެން … (22)←


All Right Reserved!