ހައިޒަލް ނައިނާގެ މޫނަށް ނަޒަރު ހުއްޓައިލައިގެން އޮވެ ދެތިން ފަހަރަކު އެސްފިޔަތަށް ތަޅުވާލިއެވެ. އެއާއިއެކު އޭނާގެ ނަޒަރުހުއްޓުނީ ނައިނާގެ އަތްތިލައާއި ގުޅިފައިވާ އޭނާގެ އަތަށެވެ. ހައިޒަލް މަޑުމަޑުން ނައިނާ އޭނާގެ ގަޔާއި ދިމާލަށް ދަމާލިއިރު އަރިއަޅައިލައިގެން ނައިނާ ވެއްޓުނީ ހައިޒަލްގެ ގައިމައްޗަށް ކަހަލަގޮތަކަށެވެ. ދެޒުވާނުންގެ މޫނު ޖެހޭހާ ކައިރީގައިވީއިރު ހައިޒަލްގެ ހޫނު ނޭވާތަށް ނައިނާގެ މޫނަށް އެޅެންފެށިއެވެ. އެވަގުތު ހައިޒަލްގެ ދެއަތްތިލަ ނައިނާގެ ފަންއިސްތަށިގަނޑު ތެރެއަށް މަހާލަމުން އެދެމެދުގައިވީ ދުރުކަން ކުރިއަށްވުރެ ކުޑަކޮށްލިއެވެ. އެއާއިއެކު ހައިޒަލްކޮށްލި ކަމަކުން […]
“ޝަލީ ބުނެބަލަ އަހަރެން ކޮށްނުދެނީ ކޮންކަމެއް؟… މިހެން އުޅުމަކީ އަހަންނަށްވެސް ވަކި ފަސޭހަކަމެއް ނޫނޭ… އަހަރެންގެ ހައްްްގަކަށްވާއިރުވެސް އަހަރެން ކެތްކުރާވަރު ޝަލީއަށް އިނގޭނެނަމަ…” މަޔާން ޝަލީންއާއި ދިމާލަށް އެނބުރުނުއިރު އެ ދެލިކޮޅެއްފަަދަ ލޮލުގައިވަނީ ކަރުނައެވެ. ކަރުނައާއި އެކުވެގެން އެ ލޮލުން ފެނި ވޭނުން ޝަލީންގެ ހުރިހާ ހިއްސުތަކެއް ވަކިވެގެންދިޔަހެން ހީވިއެވެ. “އިޒް އިޓް ބިކޯޒް އޮފް ޔުއަރ ޑޭޑް؟” މަޔާން ސުވާލިކޮށްލިއިރު އެ ވަރުގަދަ ބުމަ ގޮށްޖެހިގެން ދިޔައިރު އެ ލޮލުން ރުޅިވެރިކަމުގެ އަސަރުތަށް ފެނިލިއެވެ. ޝަލީންގެ […]
“ތިހެން ނުކިޔާށޭ… މަންމަ… މަންމަ… މަންމަ…. ތިދުލުން އެހެން ކިޔާ އަޑު އިވޭ ކޮންމެފަހަރަކު އަހަރެންގެ ލޭހުނުވޭ…” ރިހާނާ ރުޅިންގޮސް މޮޔަވެފައިވާފަދަ ގޮތަކަށް ހަޅޭލަވައިގަތެވެ. އެއާއިއެކު ހައިޒަލް ހުއްޓުން އެރިއިރު ނޭނގިހުއްޓާ ލޮލަށް ކަރުނަތަށް ގިނަވާންފެށީ އެ ޖުމްލަތަކުން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. “އަހަރެން އަބަދުވެސް ހިތަށްއަރާ ކީއްވެބާއޭ މަންމަ ދުވަހަކު އަހަންނާއި ދިމާލަށް ރުހުމުގެ ލޮލުން ބަލާނުލަނީ… ކީއްވެބާއޭ މަންމަ އަހަރެން ދެކެ ލޯބިނުވަނީ… މަންމަ ލޯބިން ބަލާލާނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރިވަރު ބުނެދޭކަށް […]
އަހަރެންނަކީ ޔޫރަޕުގެ މަޝްހޫރު ކުންފުންޏެއްގެ ތެރެއިން މި ހަލަބޮލި ދުނިޔެއަށް ނޭވާލީ އަތްދަބަހަކީމެވެ. އަހަރެންގެ ހަށިގަނޑުގައި އެތަށް ކުރެހުމެއް އަޅާ އެތަށް ޖަވާހިރުތަކެއް ތަތްކޮށް ޖަރީކޮށްގެން ބާޒާރަށް ނެރުނުއިރު އަހަރެންވެސް ވަރަށް ފޮނި އުންމީދުތަކެއް ކުރީމެވެ. ދުނިޔެ ތެރެއަށް ލެވުނު ނޭވާއާއިއެކު އަހަރެންގެ ފުރަތަމަ މަންޒިލަކަށްވީ ބޮޑު ޝޮޕިން މޯލްއެކެވެ. އެތާގެ ދަބަސްތަކަށް ހާއްސަކުރެވިފައިވީ ބައިގެ ތެރޭގައި ހުރި ބިއްލޫރި ޝޯކޭހަކަށް އަހަރެން ލީ ވަގުތު ކިތަންމެ ވަރަކަށްވެސް އަމިއްލަ ނަފްސާއިމެދު ފަހުރުވެރިވެވުނެވެ. އަހަރެންނަށް ލިބުނު އެކުވެރިންނާއިއެކު […]
“ސީރިޔަސްލީ… ވަޓްސް ރޯންގް ވިތް މީ… އަހަރެން މޮޔަވަނީކަންނޭނގެ….” ހައިޒަލް އިސްތަށިގަނޑުގެ ތެރެއަށް މަހާލެވިފައިވާ އަތަށް ބާރުވެގެން އައިރު އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ. އޭނާގެ ނަފްސަށް ކުއްލިއަކަށް މިއައި ބަދަލު ގަބޫލުކުރާނޭގޮތެއް ހައިޒަލްއަކަށްވެސް ނޭނގުނެވެ. ނައިނާ ކޮންމެވެސް ސިފައެއްގައި އެހިތަށް ބާރުފޯރުވަން ފެށިއިރު ނުކިޔަމަންތެރި ހިތް ނައިނާގެ މައްޗަށް ލަންބުވާލައިފިއެވެ. “ކަންނޭނގެއޭ… ޔަގީނެއްނޫންތަ؟” ފަހަތުން މިކްޔާލްގެ އަޑުއިވުމުން ހައިޒަލް ފަސްއެނބުރި ބަލާލިއިރު ކެބިންތެރޭ ނައިނާގެ ހިލަމެއްވެސް ނެތެވެ. އޭރު މިކްޔާލް ކެބިންގެ ދޮރުފަތަށް ލެގިލައިގެން ހުރިއިރު އެ […]
ހައިޒަލް އެވަގުތު ޕޯޓިކޯއަށް ނިކުތީ ފޯނެއްގައި ހުރެގެންނެވެ. އެ މޫނުމަތިން އެވަގުތު ފެނުނީ ސީރިޔަސްކަމާއި ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ދޭތެރެއިން ނިއްކުރީގައި އަތުން ފިރުމާލައިގޮތުން ހާސްވެފައިހުރިހެން ހީވެއެވެ. ހައިޒަލް ޕޯޓިކޯގެ ތަނބަށް ލެގިލަމުން ވެހެމުންދިޔަ ވާރެއަށް ނަޒަރު ހުއްޓާލިވަގުތު ހިނދުކޮޅަކަށް ހުއްޓުންއެރިއިރު އެހެން ދިމާލަކަށް ބަލާލަންވެސް ނުކުޅެދުނެވެ. ވެހެމުންދިޔަ ބޯވާރޭގެތެރޭ ނައިނާ މޫނު އުފުލާލައިގެން ވާރޭ ވިލާތަކަށް ބަލަހައްޓައިގެން ހުރިއިރު އެތަށް ހާސް ފެންތިކިތައް އެ މޫނަށް ބޮސްދީފައި އޮމާން މޫނުމަތީ ދެމެމުންދިޔަ މަންޒަރު ރީތިކަމުން ނައިނާގެ މޫނުން […]
“ވަރަށް ރީތިދޯ…” ކެންޓީންގެ ބިއްލޫރިންވާ ބިތާއި އެންމެކައިރި މޭޒުގައި ނައިނާ އިންއިރު ކެންޓީންގެ ބޭރުގައި ހުންނައިރު ނުހަނު ރީއްޗަށް ނައިނާ ފެނެއެވެ. އެހެންދުވަސްތަކާއި ހިލާފަށް މިއަދު އަައްސާލެވިފައިވާ ފަން އިސްތަށިގަނޑު ދޫކޮށްލައިފައިވާތީ ނައިނާ މާ ތަފާތުކަމަށް ދައްކައެވެ. “އަސްލުވެސް…” ހައިޒަލް ނައިނާއަށް ގެއްލިފައި ހުރެ ޖަވާބުދިނުމާއިއެކު މިކްޔާލް ހޭންފެށިއެވެ. އެއާއިއެކު ހައިޒަލް ކުޑަކޮށް ރަކިވެފައި މިކްޔާލްއަށް ބަލާލިއިރު ދެވަނަ ސިކުންތުގައި ބުމަގޮށްޖަހާލިއެވެ. “މިކް… ދޭ… އަހަރެން އެބަ ދަން…” ނައިނާ އެގޮތަށް ފެނުމުން ޖެއްސުމެއްކޮށްނުލާ ދާކަށް ހައިޒަލްގެ […]
“ރިހާނާ މަޑުކުރޭ… ހައިޒަލް ހުންނަ ތަނެއްގައި ރިހާނާއަށް ނުހުރެވޭނެ ސަބަބެއް ނޯންނާނެ…” އަލްހާން ހިތްހަމަނުޖެހިފައި ބުނެލުމާއިއެކު ރިހާނާގެ ރުޅިވެރި ނަޒަރު އަލްހާންއާއި އަމާޒުވިއެވެ. އެ ނަޒަރުން އެކަނިވެސް އެ ސަބަބު އަލްހާންއަށްވުރެ ރަނގަޅަށް އިނގޭނެ ފަރާތެއްނުވާނޭކަން ރިހާނާ ހަނދާންކޮށްދިން ފަަދައެވެ. ހައިޒަލް އެއްފަރާތެއްގައި އެ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ މޫނުމަތިން ތަފާތު އަސަރެއް ނުފެނުނެވެ. އެއީ ކޮންމެ ދުވަހަކު ފެނި ހައިޒަލްއަށް އާދަވެފައިވީ މަންޒަރުތަކެކެވެ. ތުއްތުއިރުއްސުރެ ރިހާނާ ހައިޒަލް ދުރުކޮށްގެން ގެންގުޅުނުއިރު ރިހާނާ ހުންނަ […]
“ބްލޫސް ކޮމްޕެނީއިން…” ނައިނާ އަނގަޔަށް ޕާން ފޮއްޗެއް ލައިގެން އަނގަހަލުވާނުލެވިފައި އިންއިރުވެސް އަވަސްގޮތަކަށް ޖަވާބުދިނެވެ. އޭރު ހައިރާ އައިސްއަލަމާރިން ބިއްލޫރި ފެންފުޅިއެއް ނަގައިގެން މޭޒާއި ދިމާލަށް އެނބުރިލަނީއެވެ. ނައިނާގެ ޖުމްލައާއިއެކު ހައިރާގެ ކަންފަތަށް ހޮނުގުގުރިއެއް އެޅިފަދައެވެ. މީހާ ސިިހިގެންދިޔަވަރުން އަތުން ފެންފުޅިދޫވެގެންދިޔައިރު ފުޅި ޓައިލްސްމަތީ ޖެހުނުގޮތަށް ތަޅައިގެންދިޔަ އަޑު ހިމޭންވެފައިވާ މާހައުލުގައި އެއްއަޑަކަށް ގުގުމާލިއެވެ. އެއަޑުއިވިފައި ސިހުނުވަރުން ނަައިނާ ވަގުތުން ފުންމައިގެން ގޮނޑިން ތެދުވިއެވެ. “ދައްތާ ކިހިނެތްވީ…” ނައިނާގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ. “ކަމެއްނުވެޔޭ… ދައްތަ އަތުން […]