Skip to content
އެސްފިޔަ

ބުނެދޭށޭ ރުހެމޭ 12

“ސީރިޔަސްލީ… ވަޓްސް ރޯންގް ވިތް މީ… އަހަރެން މޮޔަވަނީކަންނޭނގެ….” ހައިޒަލް އިސްތަށިގަނޑުގެ ތެރެއަށް މަހާލެވިފައިވާ އަތަށް ބާރުވެގެން އައިރު އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ. އޭނާގެ ނަފްސަށް ކުއްލިއަކަށް މިއައި ބަދަލު ގަބޫލުކުރާނޭގޮތެއް ހައިޒަލްއަކަށްވެސް ނޭނގުނެވެ. ނައިނާ ކޮންމެވެސް ސިފައެއްގައި އެހިތަށް ބާރުފޯރުވަން ފެށިއިރު ނުކިޔަމަންތެރި ހިތް ނައިނާގެ މައްޗަށް ލަންބުވާލައިފިއެވެ.

“ކަންނޭނގެއޭ… ޔަގީނެއްނޫންތަ؟” ފަހަތުން މިކްޔާލްގެ އަޑުއިވުމުން ހައިޒަލް ފަސްއެނބުރި ބަލާލިއިރު ކެބިންތެރޭ ނައިނާގެ ހިލަމެއްވެސް ނެތެވެ. އޭރު މިކްޔާލް ކެބިންގެ ދޮރުފަތަށް ލެގިލައިގެން ހުރިއިރު އެ މޫނުމަތީވީ އެންމެ ލާނެތް ހިނިތުންވުމެވެ. ހައިޒަލްއާއި ދިމާލަށް ބަލާލީ ނުސިޔާނު ނަޒަރުންވެސް އޭނައާއި ނައިނާއާއި ދެމެދު ހިނގި ކަންތައް މިކްޔާލް ސިއްރުން ބަލައިފިކަން ހައިޒަލް ޔަގީންވިއެވެ.

“ކީކޭ…” ހައިޒަލް މިކްޔާލްގެ ވާހަކަ ނޭނގޭކަމަށް ހެދިއެވެ. އެއާއިއެކު މިކްޔާލްގެ ހުނުން ހިފަހައްޓާލަން މަޖުބޫރުވީ ހައިޒަލްގެ މަކަރުވެރިކަމާއި ސިއްރުވެރިކަން ނަގައިގަނެވިފައެވެ.

“ހޫމް… ދެން މާ ނުވާކަމަށް ހެދޭނެކަމެއް ނެތް… ޔޫއަރ މޭކިން އިޓް އޮބްވިޔަސް… ނައިނާއާއި ކަމެއްކަން ޔަގީންވީ…” މިކްޔާލް ހައިޒަލްއާއި ދިމާކޮށްލަމުން އެތޫނު ލޮލުން ހައިޒަލްއާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ހައިޒަލް ސްކޭންކޮށްލާފަދަގޮތަކަށެވެ.

“މީނަ ހުންނަނީ މަ އަންހެންކުއްޖަކާއިއެކީ ނުފެނިފައިހެން ހީވަނީ…” ހައިޒަލް ލޯ ހަނިކޮށްލަމުން ބުނެލިގޮތުން މިކްޔާލް ގާތަށް ހިނިއައެވެ.

“ތިހެން ބުނާއިރު އަންހެންކުއްޖަކާއިއެކީ ދުވަހަކު ނުފެންނަ މީހެއްހެން ހީވަނީ… ޕްލޭ ބޯއީ އޮފް ދަ ސެންޗުއަރީ… ހައި މިހާރު ބިޓުގަނޑެއްނެތީތަ ނައިނާ މަޅީގައި ޖެއްސެއްތޯ ތިއުޅެނީ…” މިކްޔާލް ހައިޒަލްގެ މޫނަށް ނަޒަރު ހުއްޓާލިއިރު އެލޮލުން ލާނެތްކަމާއިއެކު ސީރިޔަސްކަންވެސް ކޮންމެވެސް ވަރަކަށް ފެނިލިއެވެ. އެވަގުތު ހައިޒަލް ނުރުހިފައި މިކްޔާލްއަށް ބަލާލިއެވެ.

“ޕްލޭބޯއީގޮތުގައި ނަންކުރާވަރުން އަހަރެން އަންހެންކުއްޖަކާއި މެދު ސީރިޔަސްނުވާނޭކަމަށްތަ ހީކުރަނީ…” ހައިޒަލް ހިތްހަމަނުޖެހިފައި ބުނެލިއިރު ބުނެވުނު އެއްޗަކާއިމެދު ވިސްނައެއް ނުލެވުނެވެ. އެ ޖުމްލަތަކުން މިކްޔާލްއަށް ކަމެއް ޔަގީންވީއިރު އިތުރު ހިތްވަރެއް ލިބުނެވެ. ދެޒުވާނުންގެ ނަޒަރު ސީދާވީއިރު މިކްޔާލްގެ ލޮލުން ފެނިލި ލާނެތްކަމާއިއެކު ހައިޒަލް ތުންފަތުގައި ދަތްއަޅާލީ ބުނެވުނު އެތި ރޭކާލުމުންނެވެ.

“ދެން ތިބުނީ ސީރިޔަސްއޭތަ؟ ލަހެއްނުވިތާ.. މިދެމީހުން ހިތާވާނޭކަން މަށަށް ކުރިންވެސް އިނގުނޭ… ނަފްރަތަކީ ލޯބީގެ ފެށުމޭ ބުނަނީ ކޮންމެވެސް ކަމަކުއޭ… ފޮނި ކުއްޖާގަނޑޭ ކިޔާފައި ލޯބިވާކަށް ގިނަ ދުވަހެއް ނުނެގިއެއްނު…” މިކްޔާލް ހެމުން ހައިޒަލްއާއި ދިމާކުރަންފެށިއިރު ނޭނގޭ ސަބަބަކާއި ހެދި ހައިޒަލް އެވާހަކަތަކާއި ދެކޮޅު ހަދާކަށް ބޭނުމެއްނުވިއެވެ.

“ބޭކާރު ވާހަކަ ނުދައްކާ މިތަނުން ދާން އުޅޭ…” މިކްޔާލްގެ ދިމާކުރުންތައް ނުހުއްޓޭނެކަން ޔަގީންވުމުން ހައިޒަލް ނުރުހިފައި މިކްޔާލްގެ ކޮނޑުގައި އަތްއަޅާ ދޮރާއި ދިމާލަށް ކޮއްޕާލިއެވެ.

“ބަސްޓްވެދާނެއަތީ ފޮނުވާލަނީދޯ… އޯކޭއޭ ދެން… އޯވް އަދި ހަނދާންނެތިފައޭ މިހުރީ ޔަޒާ ބުންޏޭ މިގަނޑީގައި ހައިއާއި މީޓްކުރަން ބޭނުންވާވާހަކަ… މިފަހަރު ހަމަރަނގަޅަށްވެސް ޔަޒާ މަ ކާލާނެ… އެކަމަކު ހައިގެ ރޮމޭންސް ފެނިފައި ކަމެއް ހަނދާންވާވަރުތަ؟” މިކްޔާލް ވާހަކަދެއްކިއިރު ވަކި ހިސާބަކުން ސީރިޔަސްވީނަމަވެސް ފަހު ޖުމްލަ ބުނެލަމުން ލާނެތްގޮތަކަށް ހައިޒަލްއަށް އެއްލޯ މަރާލައިފިއެވެ.

“ލަންޗް ގަނޑީގައެއްނޫންތަ ޔަޒާއާއި މީޓްކުރާގޮތަށް އޮތީ…” ހައިޒަލް އަތުގައި އަޅާފައިވާ ގަނޑިއަށް ނަޒަރެއްދެމުން މިކްޔާލްއާއި ސުވާލުކޮށްލިއެވެ.

“މެންދުރުފަހު ކޯޓް ހިއަރިންއެއް އޮތީމަ ޔަޒާ ބިޒީވާނެއޭ ބުނީ…” މިކްޔާލް ޖަވާބުދިނެވެ.

“އޯވް… އެހެންވީމާ މިގަނޑިއަށް ހަދާނީ… މިކް… ނައިނާއާ އަހަންނޭ ކިޔައިގެން ޔަޒާ ކައިރީ އެއްޗެކޭ ނުކިޔައްޗޭ… އައި ވޯން ޔޫ…” ހައިޒަލް ޓެބްލެޓުން ދުވަހުގެ ތާވަލް ބަލަންހުރެފައި މިކްޔާލްއާއި ދިމާލަށް ބަލާލީ އިންޒާރުގެ ނަޒަރަކުންނެވެ. އެއާއިއެކު މިކްޔާލް ހެމުންވަގުތުން ދެއަތުން އަމާންދިންކަން ދައްކާލިއެވެ.

އިރުކޮޅެއްފަހުން މިކްޔާލް ނިކުމެގެންދިޔުމުން ހައިޒަލް ފައިލްތަށް ނަގަން މޭޒާއި ކައިރިވީއިރު ލޮލުގައި އަޅައިގަތީ މޭޒުގެ އެއްފަރާތެއްގައި ބާއްވާލެވިފައިވާ ކޯޓެވެ. ހައިޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންއައިރު ކޯޓްގައި މަޑުމަޑުން އިނގިލިތަށް ހިންގާލިއެވެ. އެއާއިއެކު އެރީތި ތުންފަތްމަތީވީ ހިނިތުންވުން އިތުރަށް ފުންވެގެންދިޔައެވެ.

******************************

ދަންވަމުން އައިރު މޫސުމް ރީތިކޮށް އޮވެފައި ވިއްސާރައިގެ ކުލަވަރު ދައްކައިލައިފިއެވެ. އަނދުންކުލައިގެ ވިލާތަކުން ރޭގަނޑުގެ ރާނީ ހަނދު ނިވާކޮށްލީ އެރީތިރޭ ކަޅުފޮއެ ރެެއަކަށް ހަދާލަމުންނެވެ. ޖެހެމުންދިޔަ ބާރު ވައިން ގަސްތައް މުލުން ލުހެލަފާނެހެން ހީވެއެވެ. ރަހުމެެއްނެތް ވައިގެ ހަމަލާތަކަށް ކެތްނުވެގެން ގަސްތަށް ތެޅިގަންނަ އަޑުއިވިލަނީ ނާމާންގޮތަކަށެވެ.

ދަންވަރުގެ މިވަގުތު އިޔާނާ ބެލްކަނީގައި ހުރިއިރު އެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އަނދިރިކަންވެރިވިފައިވާ ލޯވްންއަށް ނަަޒަރު ހުއްޓާލައިގެން ހުރިއިރު އެ މޫނުމަތީގައިވަނީ ކަންބޮޮޑުވުމުގެ އަސަރުތަކެވެ. އެ މޫނުން ފެންނަމުންދިޔަ ކަންބޮޑުވުމުގެ އަސަރުތައް ގުޅިފައިވަނީ ޝަލީންއާއެެވެ. މެންދަމުގެ ވަގުތަށް ފެށުނުކަން ގަނޑިން އިއުލާންކުރިތާ އިރުކޮޅެއް ފާއިތުވެގެން ދިޔައިރުވެސް ޝަލީންގެއަށް ނާންނާތީ ލޮލާއި ނިދިވަނީ ރުޅިހަދާފައެވެ. އެހެންހުރިއިރު ދޭތެރެއިން ލޯވްންއަށް ނަޒަރު ހިންގާލެވެނީ ޝަލީންގެ ކާރުގެ އަލިކަން ފެނިލާތޯއެވެ. އެހެންހުރެ ވަގުތަށް ފާއިތުވެގެންދާން ފެށުމުން އިޔާނާގެ ކެތްތެރިކަން ކޮޅުންލާފެށިއެވެ. ތަކުރާރުކޮށް ޝަލީންގެ ފޯނަށް ގުޅަންފެށިއިރު ފޯނަށް ޖަވާބުނުދޭކަމަށް ބުނާއަޑުއިވިފައި ބޭނުންނުވިޔަސް ހިތުގައި ޝައްކުގެ އޮއެވަރުތަށް ހިނގާލިއެވެ.

އަންހެންދަރިފުޅަށް މާބޮޑަށް މިނިވަންކަން ދިނުމަކީ އިޔާނާ އެއްއިރެއްގައިވެސް ރުހޭގޮތެއް ނޫނެވެ. ނަަމަވެސް އިޝާރު ޝަލީންދެކެ ވާ ލޯތްބާއިއެކު އެންމެ ފުރަތަމަ ދުވަހުއްސުރެ ޝަލީންއަށް ފުރިހަމަ މިނިވަންކަން ދިނުންވެެގެން ދިޔައީ އިޝާރުއާއި އިޔާނާއާއި ދެމެދު ދެބަސްވުންތަށް ހިނގަންޖެހޭ މައިގަނޑު ސަބަބަށެވެ. އޭރު ޝަލީންގެ މިނިވަންކަން ހިފެހެއްޓުމުގައި އިޔާނާ ކޮންމެވެސް ވަރަކަށް ކާމިޔާބު ހޯދިއެވެ. އިޔާނާ ދަރިފުޅު ބޮޑުކުރީ ގަނޑުވަރެއްފަދަ ގޭގެ ހަތަރުފާރުތެރޭ އޭނާގެ ލޮލުގެ ކުރިމަތީގައެވެ. އޭރުއްސުރެ ޝަލީންއަކީ ބޭރުތެރެއަށް ނިކުމެ އުޅެން ބޭނުންވާ ކުއްޖެއްނޫނެވެ. އެކަން އެހެން އޮތްއިރު ޝަލީންއަށް ކުއްލިއަކަށް މިއައި ބަދަލު އިޔާނާ ބޯހާސްކުރުވަނީ ވަކި ވަރަކަށް ނޫނެވެ.

އޭނަ ޝަލީންއަށް އިތުބާރުނުކުރަނީއެއްނޫނެވެ. ޝަލީން ވަށައިގެންވާ ފަރާތްތަކަށް އިތުބާރު ނުކުރެވެނީއެވެ. ޝަލީންގެ ޒުވާންކަމުގެ ދައުރު ގުނަމުންދާއިރު މީހެއްގެ އަވާގައި ޖެހިދާނެއަތީ ހާސްވަނީއެވެ. ޝަލީންގެ ދިރިއުޅުން އޭނާ ބޭނުންގޮތަކަށް ބައްޓަންކުރަން އިޝާރު އަތުކުރިއޮޅާލައިގެން ހުރިއިރު ކަމެއް ކަސިޔާރުވެގެން ހިނގައްޖެނަމަ ކަންތައްވާނޭގޮތް އަންދާޒާކޮށްލަންވެސް ދައްޗެވެ. ޝަލީންގެ ދިރިއުޅުމާއިމެދު ގޮތް ނިންމުމުގެ އިހުތިޔާރެއް ޝަލީންއަށް ނެތްއިރު ޝަލީންއަށް ނޭނގުނުނަމަވެސް އެކަން އޮތީ އިޝާރުގެ އަތްމަތީގައެވެ.

“ޝިވަމް ހިޔާރުކުރިފަދަ މަގަކުން ޝަލީވެސް ދާންފެށީތަ؟ އެ ދަރިފުޅުގެ އުޅުމަށް އައި ބަދަލުން އެހެން ހީނުވާވަރެއްނޫން… އަބަދު ފޯނަށް ގެއްލިފައިހުންނައިރު ޝަލީ ކަމެއްކުރާހެން ހީވޭ…. ކޮންމެވެސް ފަރާތެއްދެކެ ލޯބިވާހެން އެކުއްޖާގެ އުޅުމުން ހީވޭ… އެކަމަކު ޝަލީ ބޭނުންވާ ފަރާތެއް ޝަލީގެ ދިރިއުޅުމަށް ގެނައުމުގެ ހައްޤެއް ނެތްކަން އެދަރިފުޅަށް އިނގޭނަމަ… އިޝާރު… މިހުރިހާކަމެއްވެސް ވާންޖެހެނީ އިޝާރުގެ ސަބަބުން… ދަރިންގެ މުސްތަަޤުބަލް އިޝާރު ބައްޓަންކުރަން ފައިވިއްދާލައިފައި ހުރިއިރު އެކަމުން ނިކުމެދާނެ ހިތި ނުވިސްނޭތަ؟… އެެއްފަހަރު ލިބުނު ހިތާމައިގެ ހިތި ތިއަރުތެރެއިން ފޭދިގެންދިޔައީތަ؟… އިޝާރުގެ ގޮތްދޫނުކުރުމުގެ ސަބަބުން އަހަރެންގެ ޝެމް އަހަރެމެންނާއި ވަކިވީ… އަހަރެންގެ ޝަލީވެސް… ނޫން އަހަރެން އެހެންވިޔަކަ ނުދޭނަން… ދެވަނަ ދަރިފުޅު އެގޮތަށް ބީވެއްޖެނަމަ އަހަރެން މޮޔަވެސްވެދާނެ…” އިޔާނާ ދުރަށް ބަލަހައްޓައިގެން ހުރެ އަމިއްލަ ނަފްސާއި ވާހަކަދެއްކިއިރު ލޮލަށް ކަރުނަތަށް ގިނަވީ ހުރި ހަމައެކަނި ފިރިހެންދަރިފުޅު ޝިވަމް މަތިން ހަނދާންވެފައެވެ. އިޝާރުއާއި ޝިވަމްގެ ދެމެދު ހިނގި ހޫނު ހަނގުރާމައަށްފަހު ޝިވަމް އެއާއިލާއާއި ވަކިވެގެންދިޔުމަކީ އިޔާނާގެ ހިތަށް ބަރުދާސްތުނުކުރެވޭވަރުގެ ހިތާމައަކަށްވަނީވެފައެވެ. އެހާ ލޯބިން ގެންގުޅުނު ދަރިފުޅު ލޮލުން ދެކިނުލާ އެ ދަރިފުޅުގެ ހަށިގަނޑުގައި ފިރުމާނުލެވި ދުރުން އުޅުންޖެހިފައިވުމަކީ އިޔާނާގެ ހިތަށް ކެތްކުރެވޭވަރުގެކަމެއް ނޫނެވެ. އޭނާގެ ލޮލުގެ ފިނިކަން އޭނައާއި ދުރުގައިވާއިރު ކެތްވާނީ ކޮންފަދައަކުން ހެއްޔެވެ؟ ލޯމަތީ ދެދަރިން އުފާވެރި ދިރިއުޅުމެއް އުޅޭތަން ދެކެން އޭނަ ކުރި ހުވަފެން ވިއްސިވިހާލިވެގެންދިޔައީ ހިތަށް ނުފިލާނެފަދަ ވޭނެއްދީފައެވެ.                                                                             ****************************

މެންދުރުގެ އެންމެ ހޫނުވަގުތު ބޭއްވުނު މީޓިން ނިމުމާއިއެކު ފައިލްތަށް ހިފައިގެން ނައިނާ މިސްރާބުޖެހީ ކެބިންއާއި ދިމާއަށެވެ. އޭރު އެދޮންމޫނުމަތިން ފެނިލި ވަރުބަލިކަމާއިއެކު ކޮންމެވެސްވަރަކަށް ދާ ތިކިތަށް ފާއްދާލައިފައިވަނީ އެހާ ގިނައިރު އޭސީގެ ފިނިކަމުގައި އިނދެފައި ބޭރަށް ނިކުތުމުން ހަށިގަނޑުން އަރަންފެށި ހޫނެއްގެ ސަބަބުންނެވެ.

ނައިނާ ބަންޑެއްޔަކަށްވާ ފައިލްތަށް ހިފައިގެން ހިނގައިގަތްތަނާ އެވަގުތު ފަހަތުން އައި މީހަކު ފައިގައި ދަތިއެޅުވިގޮތުން ހަށިގަނޑު އަރިއަޅައިލައިގެން ވެއްޓެންދިޔައިރު ކޮންމެވެސް މީހަކު އަތުގައި ހިފަހައްޓާލަމުން ވެއްޓުނަ ނުދީ ސަލާމަތްކޮށްދިނެވެ. ނައިނާގެ ހިފަހައްޓާލައިގެން ހުރި ފައިލްތަށް އަތުންދޫވެ އެކިދިމަދިމާއަށް ވިިހުރިގެންދިޔަ އަޑުފައްގަނޑު ކޯރިޑޯގައި ގުގުމާލިއެވެ. ނައިނާ އެވަގުތު ފަސްއެނބުރި ބަލާލިއިރު ފަހަތުގައި ނުލަފާގޮތަކަށް ހެވިފައިހުރި އީވާން ފެނުމުން ދެލޯ ހަނިވެގެންދިޔައެވެ.

“އޫޕްސް… ސޮރީ…” އީވާން ލާނެތްގޮތަކަށް ހިނިތުންވެލައިގެން ހުރެ ބުނެލިގޮތުން އީވާން ގަސްތުގައި ކުރިކަމެއްކަން އިނގި ނައިނާގެ ދަތްކުނޑިވިކިގެންދިޔައެވެ. އެވަގުތު އީވާން ނައިނާގެ އަތުގައި ހިފާ އޭނާގެ ގާތަށް ދަމާލިއިރު ނައިނާ އައިސް ތަތްވީ އިވާންގެ މޭގައެވެ. ނައިނާގެ މޫނުމަތިން ފެނިލި ނުރުހުމުގެ ކުލަވަރާއިއެކު އީވާންގެ މޭގާއި އަތްއަޅާދުރުކުރަން އުޅުނުއިރު އީވާން ނައިނާގެ ދެއަތް ގައިދުކޮށްލީ ނައިނާއަށް ގަދަނުދެއްކޭނޭފަދައިންނެވެ.

“ވާވް… ތިހިރަ ރީތިކަމެެެއް… އަދި ވައިލެންޓްވީމަ މާ ލޯތްބޭ… ބްލޫސްގެ ހުރިހާ ބޮޑީގާރޑުންވެސް ތިހާ ރީތިތަ؟” އީވާންގެ ހޫނު ނޭވާތަށް ނައިނާގެ މޫނަށް އެޅެންފެށިއިރު އެ އަޑުގައިވީ މަސްތީ ރާގަކުން ނައިނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ހިނގާލިއެވެ. އެ ބޮޑު ދެލޯ އިތުރަށް ބޮޑުކޮށްލިގޮތުން އީވާން އިތުރަށް މޮޔަވާގޮތްވިއެވެ. މިއަދު ނައިނާ ފެނުނީއްސުރެ އޭނާގެ ހިތުގައި ނައިނާ ހާސިލްކުރުމުގެ އެދުންވެރިކަން ގަދަވެގަނެފިއެވެ. އެ ތާޒާމަލުން ފޮނިކޮޅު ބޯލަން އޭނަގެ ނަފްސު ދަހިވެތިވެއްޖެއެވެ.

“އަތުން ދޫކުރޭ…” ނައިނާ ޖެހިލުންވާގޮތްވިނަމަވެސް ދެބުމަ ކައިރިކޮށްލަމުން ރުޅިވެރިގޮތަކަށް ބުނެލިއެވެ. އެއާއިއެކު އީވާން ލާނެތްގޮތަކަށް ހީލިއެވެ.

“ދޫނުކޮށްފިއްޔާ… ތަންކޮޅެއް ލޯބިކޮށް ބުނެފިއްޔާ ދޫކޮށްފާނަން…” އީވާން އެދެމެދުގައިވާ ދުރުމިން މަޑުމަޑުން ކައިރިކުރަން ފެށިއިރު ނަޒަރު ހުއްޓުނީ ނައިނާގެ ތުނި ތުންފަތަށެވެ.

އެވަގުތު ކޯރިޑޯއިން ހިނގާލައިފައި އައި ހައިޒަލްއަށް އެ މަންޒަރު ފެނުމާއިއެކު ދެއަތް މުށްކެވިގެންދިޔައިރު ދެލޮލުން އަލިފާންކަނި ބުރާލިއެވެ. ކޮލުކަށިގަނޑަށް ގެނައި ހަރަކާތާއިއެކު ދަތްތަކަށް ބާރުވެގެންދިޔައެވެ.

“ހަމަ މިހާރު ނައިނާގެ އަތުން ދޫކުރޭ…” ހައިޒަލްގެ ރުޅިވެރި އަޑު އިވިފައި އިވާން ވަގުތުން ނައިނާގެ އަތުން ދޫކޮށްލިއިރު ޖެހިލުންވެފައިހުރެ ހައިޒަލްގެ މޫނަށް ބަލާލިއެވެ. އޭރު ހައިޒަލް ކަޅި އަޅާލައިގެން ހުރި ގޮތުން އިވާންވެސް ފިއްސާލަފާނެހެން ހީވިއެވެ. ނައިނާގެ އަތުގައި ހިފާ އޭނަ ގާތަށް ގެނައިރު ރުޅިވެރި ނަަޒަރު ފެނި ނައިނާވެސް ޖެހިލުންވިއެވެ.

“އެޕްލޮޖައިޒް….” ހައިޒަލް އަމުރުވެރިގޮތަކަށް ބުނެލިއިރު އީވާން ވަގުތުން އިސްއުފުލާ ބަލާލިއެވެ. އެއާއިއެކު އަނގަޔަށް ގޮތެއް ހަދާލީ ހިތި ރަހައެއް ލީފަދައިންނެވެ. ސިލްކް ފަދަ މަޝްހޫރު ކޮމްޕެނީއެއްގެ ސެކިއުރިޓީގެ ހެޑްގެ ގޮތުގައި ހުރެ ނައިނާ ފަދަ އާދައިގެ ބޮޑީގާރޑްއެއްގެ ކުރިމަތީ އެހާ ދަށްވާކަށް އީވާން ބޭނުމެއްނުވިއެވެ.

“މުވައްޒަފަކާއި މެދު ތިފަދަ ގޮތަކަށް އަމަލްތަށް ބެހެއްޓުމަކީ ފިޔަވަޅު އެޅޭނެކަމެއް… ދެފަރާތުން މައްސަލައަށް ސުލްހަވެރި ނިމުމެއް ނުގެނެސްފިނަމަ އަޅުގަނޑުމެންނަށް މަޖުބޫރުވާނެ ފިޔަވަޅު އަޅަން… ބްލޫސްއަކީ މިފަދަ މައްސަލަތަށް ވަރަށް ސީރިޔަސްކޮށް ނަގާ ކުންފުންޏެއް…” ހައިޒަލް ރަސްމީކޮށް ވާހަކަ ދެއްކިނަމަވެސް އޭނަ ހުރީ ރުޅިންގޮސް މޮޔަވާގޮތްވެފައެވެ. ނައިނާގެ ހަށިގަނޑުގައި އެފަދަ ގޮތަކަށް އަތްޖައްސާލީތީވެސް އިވާންގެ ހުރިހާ އިނގިލިތަކެއް ބިންދާލަން ބޭނުންވިއިރު އޭނާގެ ރުޅި ކޮންޓްރޯލްކުރެވެނީ ކިރިޔާއެވެ.

“ބޮޑީގާރޑް ނައިނާ… އައި އެޕޮލަޖައިޒް…” ހިނދުކޮޅަކަށް ދެމިގެންދިޔަ ހިމޭންވަގުތުކޮޅަކަށްފަހު އިވާން ހިތްހަމަނުޖެހިފައި ހުރެވެސް މައާފަށް އެދުނެވެ. އެއާއިއެކު ދުރަށް ހިނގައިގަތީ ހައިޒަލްއަށް ކަޅިއަޅާލަމުންނެވެ.

އެއާއިއެކު ހައިޒަލް ނަޒަރު ނައިނާއަށް ހުއްޓުނުއިރު އެ ކަޅު ދެލޮލުން ހިތްހަމަނުޖެހުމާއި އެއްވަރަށް ތަފާތު އެހެން އަސަރުތަކެއްވެސް ފެނިލިއެވެ. އިރުކޮޅެއްވަންދެން އެތޫނު ނަޒަރު ނައިނާގެ މޫނާއި އަމާޒުކޮށްލައިގެން ހުރިގޮތުން ނައިނާގެ ނޭވާ ހާސްވާގޮތްވިއެވެ. ބޭއިހްތިޔާރުގައި ހައިޒަލްއާއި ގާތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެވަގުތު ހައިޒަލް ފަސްއެނބުރި ނައިނާއާއި ދުރަށް ހިނގައިގަތްއިރު މުށްކަވާލެވިފައިވާ އަތަށް އިތުރަށް ބާރުވެގެންދިޔައެވެ.

*************************                                                   މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު މިޑޯވިއުގެ ޑައިނިން ރޫމްގައި އަވަދިނެތި ނޯކަރުން ހަރަކާތްވަމުންދިޔައީ ހުކުރު ނަމާދު ވަގުތު ނިމުމުގެ ކުރިން ކާމޭޒުމަތި ތައްޔާރުކުރެވޭތޯއެވެ. އިޔާނާ އެއްފަރާތެއްގައި ނޯކަރުންގެ ހަރަކާތްތައް ދެކެން ހުރިއިރު ދޭތެރެއަކުން ޑައިނިން ރޫމްގައި ހަރަކާތްތެރިވަމުންދިޔަ ޝަލީންއަށް ނަޒަރު ހުއްޓެއެވެ. ޝަލީން ތައްޔާރުކުރި ޕުޑިން ޓްރޭއަކަށް އަޅަން ހުރިއިރު އަޔާނާ ދިޔައީ ޝަލީންގެ އެންމެ ކުޑަ ހަރަކާތަށް ދާންދެން ދިރާސާކުރަމުންނެވެ.

ސުފުރާމަތި ތައްޔާރުކޮށް ނިމުމުން ނޯކަރުންނަށް ޑައިނިން ރޫމް ދޫކޮށްދިޔުމަށް އަޔާނާ އެންގިއެވެ. ފަހަރަކު ނޯކަރު ނިކުންނަމުންގޮސް ޑައިނިން ރޫމްގައި އަޔާނާއާއި ޝަލީން އެކަނިވިއެވެ. އޭރު ޝަލީން ފޯނުން ޕުޑިން ޓްރޭގެ ފޮޓޯ ނަގަމުން ދިޔައެވެ. ހެވިފައިހުރިއިރު ކޮންމެވެސް މީހަކަށް ފޮޓޯ ފޮނުވަނީހެން ހީވެއެވެ.

“ދަރިފުޅުގެ ބައްޕަ ހާދަ ލަސްވެއްޖެއޭ… ޝަލީ މަންމަ އެބައޮތޭ ދަރިފުޅާއި ވާހަކައެއް ދައްކާލަންވެފައި…” އިޔާނާ އަތުގައި އަޅާފައިވާ ހިމަ ގަނޑިއަށް ނަޒަރެއް ދެމުން ޝަލީންގެ ސަމާލުކަން ހޯދުމުގެ ގޮތުން ވާހަކަދެއްކިއެވެ. ޝަލީން ފޯނަށް ފުރިހަމަ ސަމާލުކަން ދީގެން ހުރިގޮތުން އިޔާނާއަށް ދެވަނަ ފަހަރަށް ޝަލީންއަށް ގޮވާލަންޖެހުނެވެ.

“ޝަލީ… މަންމަ އެބަ ވާހަކަދައްކަމޭ…” އިޔާނާ ތަންކޮޅެއް ބާރަށް ބުނެލުމާއިއެކު ޝަލީންގެ ނަޒަރު އިޔާނާއަށް ހުއްޓުނުއިރު ވަގުތުން ފޯން ނިއްވާލަމުން މަންމައަށް ސަމާލުކަންދިނެވެ.

“މިތާ އިށީދެބަލަ… މަންމަ ވާހަކައެއް ދައްކާލަންވެގެން…” އިޔާނާ އޭނާާއާއި އެންމެ ކައިރިއަށް އިންގޮނޑިއަށް އިޝާރާތްކޮށްލަމުން ޝަލީން ގާތު އިށީނުމަށް އެދުނެވެ.                                                                   އެއާއިއެކު އިޔާނާ ޝަލީންއަށް ބަލާލީ ހަށިފުރާ ނޭވާއެއް ލަމުންނެވެ. އޭނާއަށް ޝަލީންއާއި ބެހޭގޮތުން މި ކުރެވޭ ޝައްކުތަކަކީ ވަހުމަކަށްވުމަށް އަޔާނާއަށް އެވަގުތުކޮޅުވެސް އެދެވުނެވެ. އޭނާއަށް ހީވާ ހީވުން ތެދަކަށް ވެގެންގޮސްފިނަމަ އިޝާރުއާއި ޝަލީންއާއި ދެމެދު ހަނގުރާމައެއް ފެށިގެންދިޔުމަކީ ނުވެނުދާނޭކަމެކެވެ. އިޝާރު ކުދިންދެކެ ވާލޯތްބާއިއެކުވެސް ހަރުކަށިކަމާއިއެކު ގޮތުގައި ހިފަހައްޓާނެކަން އެއްފަހަރު ސާބިތުކޮށްދީފިއެވެ. އެފަހަރު ކަންތައް ނިމުނީ ދެބަފައިންގެ ގުޅުން ދުވަަހަކު ގޯސްނުވާވަރަށް ގޯސްވެގެންނެވެ. އޭނަގެ އަތުން ދޮށީ ދަރިފުޅު ބީވެގެންނެވެ. ވީއިރު އެގޮތަށް ޝަލީންއާއިމެދު ކަންތައް ވުމަކަށް އޭނާއަށް ދުލެއްނުކުރެވޭނެއެވެ.

އޭރު ޝަލީން އޭނާގެ މަންމަ މޫނަށް ބަލަހައްޓައިގެން އިނީ ސުވާލުއުފެދި، ކަންކަން އިނގެން ބޭނުންވެފައިވީކަމުގެ ނަޒަރަކުންނެވެ.

“ދަރިފުޅާ…. މަންމައަށް އިނގޭ ޝަލީއަކީވެސް ހެޔޮވިސްނޭވަރުގެ ކުއްޖެއްކަން… މަންމަ އަބަދާއި އަބަދު ނަސޭހަތް ނުދިނަސް ދަރިފުޅަށް ހެވާއި ނުބައި މިހާރު ވަކިކުރަން އިނގޭނެ… އެކަން މަންމައަށް ޔަގީންވާއިރުވެސް މަންމައަށް މިވާހަކަތަށް ދެކެވެނީ ޝަލީއާއި މެދު ވިސްނޭވަރުން… ތިއީ މަންމަމެންގެ ހުރި ހަމަ އެކަނި އަންހެންދަރިފުޅު… ވީއިރު ދަރިފުޅު ހިތާމަކުރަންޖެހޭފަދަ އެއްވެސް ކަމެއްވާކަށް މަންމައަކަށް ނޭނދެވޭ…” އިޔާނާ ޝަލީންގެ އަތުގައި ހިފާލަމުން އެ މޫނަށް ބަލާލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. ޝަލީންގެ ފުރާވަރުގެ އަހަރުތަށް ފާއިތުވެ ވިހީގެ އަހަރުތަށް ގުނަމުންދާއިރު އަދިވެސް އަޔާނާއަށް ޝަލީންއާއިމެދު ކުޑަކުއްޖެއް ގޮތަށް އަމަލްތަށް ބެެހެއްޓެނީ އެ ދަރިފުޅުގެ ދެކެ ވެވޭ ލޯތްބެއްގެ ބޮޑުކަމުންނެވެ. ޝަލީން ޒުވާން އުމުރަށް އެޅިނަމަވެސް އަދިވެސް ޝަލީންއާއިމެދު ކަންބޮޑުވެ ފިކުރުކުރެވެނީ ދަރިފުޅާއިމެދު ވިސްނޭލެއް ބޮޑުކަމުންނެވެ.

“ތިހެނެއް ނޫނޭ އަޅުގަނޑު ނުބުނަމެއްނު މަންމާ…” ޝަލީން އިޔާނާގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ.

“ދަރިފުޅަކީވެސް ޒުވާނެއް… ތި ހަށިގަނޑު ތެރޭ ހިނގަނީ ޒުވާންކަމުގެ ލޭ ޒުވާންކަމުގެ ޖޯޝް… ޒުވާންކަމުގެ ޖޯޝްގައި ވަރަށް ފަސޭހައިން ހިތް އޮޔާލާދާނެ… ތިމާ އެންމެ ގަޔާވާ މިސްރާބަކަށް ތިމާގެ ހިތް ދިލާލާނެ… ފަހުން ހިތާމަކުރަންޖެހޭފަދަ ގުޅުންތަށް ބަދަހިކުރެވޭ ސަބަބަކީ އެއީ…” އިޔާނާ ކޮންމެ ވާހަކައެއްވެސް އަމުނާލަމުންދިޔައީ ވިސްނުންތެރިގޮތަކަށް ޝަލީންއަށް އިބްރަތެއް ނަގައިގަނެވޭނެފަދަ ގޮތަކަށެވެ.

“ދަރިފުޅު މަންމައަށް ވައުދުވެދީބަލަ މަންމައަށް އެއްވެސް ކަމެއް ނުފޮރުވާނަންކަމަށް… ސިއްރު ނުކުރާނަންކަމަށް… އަމިއްލައަށް ނިމުންމުންތަށް ނުނިންމާނެކަމަށް…” އިޔާނާގެ ޖުމްލައާއިއެކު ޝަލީންއާއި ދިމާލަށް ބަލާލިގޮތުން ޝަލީން ފިނިވިއެވެ. އޭނަ މިހިސާބަށް މިއައީ އޭނަގެ ބޮޑު ސިއްރު މަންމަމެންނަށް ވަންހަނާކޮށްހުރެގެންކަމަށްވާއިރު ހިތަށް ނޭނގޭފަދަ އުނދަގޫކަމެއް އެކަމުން ލިބުނެވެ.

“ދަރިފުޅަށްވެސް އިނގޭނެ ބައްޕައަކީ ހަރުކަށި އުސޫލްތަކެއްގެ ވެރިއެއްކަން…. ބައްޕަގެ އުސޫލްތަކާއި ހިލާފުވުމުން ކަންތައްވެގެންދާނޭގޮތް ވަރަށް ރަނގަޅަށް ދަރިފުޅަށް އިނގޭނެ… މަންމަ އެއްވެސް ހާލަތެއްގައި ނޭނދެން ދޮންބެއާއި ބައްޕައާއި ދެމެދު ހިނގިފަދަ ހަމަނުޖެހުމެއް ދަރިފުޅާއި ބައްޕައާއި މެދު ހިނގާކަށް… މަންމަ ނޭނދެން ބައްޕަގެ އުސޫލްތަކާއި ދެކޮޅަށް ދަރިފުޅުހަދާކަށް… ދޮންބެ ބައްޕައާއި ދެކޮޅުވެރިވެ އަމިއްލައަށް ގޮތް ނިންމުމުން އޭގެ ސަބަބުން ކަންތައް ގޯސްވެގެންދިޔަތަން އެންމެ ގާތުން ފެނުނީ ދަރިފުޅަށް… ބައްޕަ އެގޮތަށް ކަންތައްކުރައްވަނީ ދަރިފުޅުމެންނަށް އެންމެ ރަނގަޅުގޮތަކީއެއީކަމަށް ބައްޕައަށް ފެނިލައްވާތީ… ދަރިފުޅު ވައުދުވެބަލަ ދޮންބެ އެޅިފަދަ ކަތިފިޔަވަޅެއް ދަރިފުޅު ނާޅާނޭކަމަށް… ދެވަނަ ފަހަރަށް މާޒީ ތަކުރާރުވެއްޖެނަމަ މަންމަގެ ހިތް ހަލާކުވެދާނެ” އިޔާނާ ޝަލީންގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭރު އެ މޫނުން ފެންނަމުންދިޔައީ އާދޭހުގެ ކުލަވަރެވެ. އޭނަ ޝަލީންއަށް ކުރާ އިތުބާރާއިއެކުވެސް ޔަގީންކަމަކަށް އެދޭފަދަ ކުލަވަރެކެވެ.

“މަންމައާއި ބައްޕަގެ ނުރުހުމުގައި އަޅުގަނޑު އެއްވެސްކަމެއް ނުކުރާނަން…” އެ ބަސްތަށް ބުނެލަން ޝަލީންއަށް ކިތަންމެހާވެސް އުނދަގޫވިއެވެ. ބައްޕަގެ ރުހުމާއިނުލާ މަޔާންއާއިއެކީ ފެށި ގުޅުން ކުރިއަށް ދަމުންގޮސް ޝަލީން އެތަށް އިންތަކެއް ފަހަނައަޅައިގޮސްފިއެވެ. މަޔާންގެ ލޯބީގައި ޝަލީންވަނީ އެނބުރިނާދެވޭހާ ދިގު ރާސްތާއެއް ކަނޑައްތުކޮށްފައެވެ. ބައްޕަގެ މައްޗަށް ފުރަތަމަ ފަހަރަށް ނުކިޔަމަންތެރިވާން ޝަލީންއަށް މަޖުބޫރުކުރީ އެ ލޯތްބެވެ. މައިންބަފައިންނަށް ކަންތައް ސިއްރުކުރީ އެ ލޯބީގެ ސަބަބުންނެވެ.

*************************

އިރުއޮއްސި ވަގުތުތަކެއް ފާއިތުވެގެންދިޔަފަހުންް ހައިޒަލްގެ ބްލޫސްގެ ބްރިޖްމަތިން ހިނގާލައިފައި އައިރު ދުރުން ފެންނަމުން ދިޔަ ރީތި މަންޒަރުތަކަށް ނަޒަރު ހުއްޓުނެެވެ. އިރުގެ އެންމެ ފަހު ދޯދިތަށް އޮއްސިގެންގޮސްފައިވާއިރު އުޑުމަތި ޖަރީކޮށްލާފައިވަނީ ރަތްވިލާތަކުންނެވެ. ރަތް އޮރެންޖް އަދި ކްރިމްސަން ކުލައިގެ ވިލާތަކުން އުޑުމަތި ފުރާލައިފައިވާއިރު އުޑުމަތި ހުޅުރޯކޮށްލާފައިވާހެން ހީވެއެވެ.

ރޭގަނޑުގެ އަނދިރިކަމުގައި ރަންކުލައިން ދިއްލާފައިވާ ބްލޫސްގެ އާ އިމާރާތް “ބްލޫސް ފެޝަން” ފެންނަނީ ވިދަމުންދާ ތަރިއެއްފަދައިންނެވެ. އެއީ އަލްހާންގެ ކާމިޔާބު ވިޔަފާރީގެ ތެރެއިން ރިހާނާ ހުޅުވައިފައިވާ ގޮތްޕެކެވެ. ރިހާނާ އިސްވެހުރެގެން ފެށި ވިޔަފާރި އެންމެފަހުން ކުރިއަަރަމުންގޮސް އަލްހާންއާއި އެއްހަމައެއްގައި ހިފަހައްޓާލައިފިއެވެ. ބްލޫސް ފެޝަންއަށް ހާއްސަކޮށްގެން އިމާރާތެއް ބިނާކުރެވުނީ މީގެ ދެއަހަރު ކުރިންނެވެ. އާރކިޓެކްޗަރުންގެ ފުރިހަމަ މަސައްކަތާއިއެކު ބްލޫސްއާއި ބްލޫސް ފެޝަންގެ އާ އިމާރާތް ބިއްލޫރި ބްރިޖްއަކުން ގުޅުވައިލައިފައިވާއިރު އެއީ ބްލޫސް އެންމެ ރީތިކޮށްލާ އެއްބައިކަމުގައިވަނީ ވެފައެވެ.

ހައިޒަލް ޖީބަށް އަތްޖަހައިލައިގެން މަޑުހިނގުމެއްގައި ބްލޫސް ފެޝަންގެ އިމާރާތާއި އަރާހަމަވިއިރު ރިހާނާ އޭނާގެ ކެބިންއިން ނިކުމެގެން އަންނަނީއެވެ. ނޫޑް ޕިންކްކުލައިގެ ސޫޓާއި ޕެންސިލް ސްކާރޓްގައި ހުރިއިރު ކޮށްފައިވާ ސްޓައިލިޝް މޭކަޕްގެ ސަބަބުން ބަލައިލައިފައި ޒުވާން ދެކުދިންގެ މަންމައެކޭ އެކަކުވެސް ނުބުނާނެއެވެ. ކަރުގައި ވިދަމުންދިޔަ ގަހަނާތަކާއިއެކު އަގުބޮޑު ސެންޓްގެ ވަހުން މާހައުލު އެއްފަސްވިއެވެ.

ރިހާނާ ފޯނެއްގައި ހުރެގެން އައިރު ބުމަގޮށްޖެހިފައިވާގޮތުން ކަމަކާއި ހިތްހަމަނުޖެހިފައި ހުުރިހެން ހީވިއެވެ. ހައިޒަލް ފެނުމާއިއެކު އިތުރަށް އެ މޫނު ބަނަވެގެންދިޔަގޮތުން ވިއްސާރަވިލާގަނޑެއްގެ ނިވާ މޫނަށް އެޅުނުފަދައެވެ. އެ މޫނުން އެކަނިވެސް ހައިޒަލްގެ މޫނު ދެކެން ނުރުހޭވަރުވީ ހާމައަށެވެ. އެ މޫނު ފެނުމާއިއެކު ރިހާނާގެ ރުޅިވެރިކަން ދެގުނަވެގެންދިޔަފަދައެވެ. ރިހާނާ ދަތްތަކަށް ބާރުކޮށްލަމުން  އަތްމުއްކަވާލިއިރު ހައިޒަލްއާއި ދިމާލަށް ހަލުވި ފިޔަވަޅުތަކެއްގައި އަންނަންފެށިއެވެ.

ހައިޒަލްގެ ކައިރިއަށް އަޅާލި ފިޔަވަޅާއިއެކު ރިހާނާގެ އަތުގެ ހޫނުހަމަލާ ހައިޒަލްގެ ކޯތާފަތްމައްޗަށް އަރައިގެންދިޔައެވެ. އެވަގުތު އެހިސާބަށް އަރާހަމަވި ނައިނާގެ ދެލޯ ބޮޑުވެގެންދިޔައިރު ވަގުތުން ތަބެއްގެ ފަހަތަށް ވަދެ ނިވާވިއެވެ.

ހައިޒަލް ކޯމަތީގައި އަތްއަޅައިލައިގެން ހުރެ ރިހާނާއަށް ބަލާލީ ގަބޫލުނުކުރެވިފައި ހުރިކަހަލަގޮތަކަށެވެ. މަންމަ ފެށުނީއްސުރެ އޭނަ ދެކެ ނަފްރަތުކުރިޔަސް މިވީހާތަނަށްވެސް އޭނާއަށް އަތް އިސްކޮށްފައެއް ނުވެއެވެ. ފުރަތަމަފަހަރު މަންމަގެ އަތުގެ ހޫނުކަން އޭނާގެ މޫނަށް ފޯރިއިރު އެދެލޮލުން އެވަގުތު ހައިރާންކަމާއިއެކު ހިތްހަލާކުކޮށްލާފަދަ އަސަރުތަކެއް ފެނިލިއެވެ.

“އިނގޭތަ ޝެރީލްއަކީ ކާކުކަން؟” ރިހާނާ ދެލޯ ހަނިކޮށްލައިގެން ހުރިއިރު އެ ލޮލުން ރުޅިވެރިކަން ނޫން އެއްޗެއް ނުފެނުނެވެ. “އަހަރެންގެ ބިޒްނަސް ޕާރޓްނަރ ޝުޒޭންގެ ދަރިފުޅު… އަހަރެން ހިތަށް އަރާ ކާކު ކައިރިން ދަސްކޮށްގެން ބާވައޭ ހައިޒަލް އަންހެންކުދިން ފަހަތުން ނުފިލައިގެން ތިއުޅެނީ… ހައިޒަލްގެ ސަބަބުން ރައްޓެހިން ކުރިމަތީ އަހަރެން ބަދުނާމްވަނީ… ފިރިހެން ދަރިއަކު ލިބިފައި ހުރީތީ ލަދުގަންނަން ޖެހުން ނޫންކަމެއް ނުވޭ… އަހަރެން ލޯބިނުވިޔަސް ހައިޒަލްއަށް ރަނގަޅު ތަރުބިއްޔަތެއް ދިިނިން…” ރިހާނާ ވާހަކަދެއްކީ ހިތްހަމަނުޖެހިފައިހުރެއެވެ. ހައިޒަލްއަށް ފަހު ޖުމްލަތަކުން އުނދަގޫވިވަރުން ލޯމަރާލެވުނުއިރު ދަމާލައިފައި މަންމާއޭ ކިޔާ ގޮވާލުމާއިއެކު ރިހާނާ ހައިޒަލްގެ މޫނަށް ބަލާލީ ނުރުހިފައެވެ.

“ތިހެން ނުކިޔާށޭ… މަންމަ… މަންމަ… މަންމަ…. ތިދުލުން އެހެން ކިޔާ އަޑު އިވޭ ކޮންމެފަހަރަކު އަހަރެންގެ ލޭހުނުވޭ…” ރިހާނާ ރުޅިންގޮސް މޮޔަވެފައިވާފަދަ ގޮތަކަށް ހަޅޭލަވައިގަތެވެ. އެއާއިއެކު ހައިޒަލް ހުއްޓުން އެރިއިރު ނޭނގިހުއްޓާ ލޮލަށް ކަރުނަތަށް ގިނަވާންފެށީ އެ ޖުމްލަތަކުން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (68)

  1. ??

    love thiss…whn next…cant wait for next part❤️❤️

    1. dhiraa wish
      ??

      thnks

  2. Dhirasa ge fan

    Yay me first dhw mi bai vx v reethi ???alhey keevetha haizal mumma haizal dheke rulhi??? annany n BTW kn irakun next part avaskohladheythi???

    1. dhiraa wish
      Dhirasa ge fan

      hehehe…. insha allah maadan

  3. shara

    V reethi mi stry,,??????abadhu vx vaahaka kiyan,, but comment mi kury adhi alah,,?????? keep it,,????? waiting nxt prt ??????????????????????????????????

    1. dhiraa wish
      shara

      thnks

  4. Koo

    Finally mikiyunii. V riithi mi part vx. Masha Allah. ❤️Dhiraaa ur amazing. N MAY GOD was you. When nxt part???? Hope thankolheh avahah kiyaalan libeyne kamah. Insha Allah ❤️❤️❤️❤️❤️❤️❤️

    1. Koo
      Koo

      Sorry there is a mistake. May God bless you ?

    2. dhiraa wish
      Koo

      thnks… insha allah maadan up kohlaanan

    3. Laalu
      Koo

      Koo hiyhama jehiyje dhw… He hey… Koo ah vaavaru hama laalu ah vx vani He heyyyy… ?

  5. strange girl

    dhiraa, you are the best writer ever….this story cant be better than this….you r my favourite writer….keep writing…..i will wait even if it takes weeks its worth it

    1. dhiraa wish
      strange girl

      hehehe thnks dear

  6. Laalu

    V v v nice mi prt vx???

    1. dhiraa wish
      Laalu

      thnks

  7. Xaaan

    Masha Allah mi partves vvvvvvvvv reehi dhiraa ehme kiyaahihvi hisaabun thi ninmaaly plx avahah up kohladhehchey ingey

    1. dhiraa wish
      Xaaan

      thnks.. dhiraa bunaa date ah dhiraa up kohla den bt site is taking so much time to publish it

  8. Laalu

    Finally Haizal loves Naina… Hehey mihaaru hiyvey mi story maa perfact hen…. Luv it dhirooo luv kyp up the gud work ??????❤️❤️????

    1. dhiraa wish
      Laalu

      thnks

  9. Koo

    Laalu vx mihaaluga dhw ?????

    1. dhiraa wish
      Koo

      not only laalu enmen vx

  10. Laalu

    Yeah same dear…. Koo thiy teenager eh tha…. ?

    1. Koo
      Laalu

      Yeah I ‘m 16 this year ???

  11. Laalu

    I wanna friend of you can I ? aslu laalu vx miy koo eh??

    1. Koo
      Laalu

      Yeah ??

  12. Samy

    Haizal ge mamma akee haira dho

    1. dhiraa wish
      Samy

      lets see

  13. Mina

    Miadhu ge part up nuvany rha dhen…mee iyeve part eh nun

    1. dhiraa wish
      Mina

      dhiraa adi up nukuran.. just knw i came home frm scool. mrning 6 45 ga daagothah dhiraa ah geyah aadevenee 3 ga… i need time to upload it. i am swry

  14. Koo

    Miadhuge part upload kohdhibaa pls plx. Mihaaru kon ireh mikamah husvegn onnannie?????

    1. dhiraa wish
      Koo

      insha allah haveerun dhiraa upload kohlaanan… i need some time

  15. twinkle

    vara salhi mi part vx omg… i can’t wait for next part….u are awesome. vara kiyaa hiy vaa story ey mi

    1. dhiraa wish
      twinkle

      thnks

  16. Laalu

    Thanks dear….. ???

    1. dhiraa wish
      Laalu

      anytime

  17. Laalu

    Can ya tmrw koo?

    1. Koo
      Laalu

      how old u????

  18. Laalu

    I mean c ya hehey…

    1. Koo
      Laalu

      Hehe how????

  19. Sanaan

    Saabas laalu thehaavara comments nuko one comment ge there leye Bala

  20. Koo

    Haveeru vx othy up veythw but nuve adhi vx ????alhe Dhiraaa haizal mathin miss vany eyyyy ????Koo

    1. dhiraa wish
      Koo

      hahahahhahah.. omg shud i need ti chnge nairas name to KOO……….

    2. dhiraa wish
      Koo

      i am swrry.. haveerun up kuran huree bt dhiraa 3 ga scl in aissa tired vefa hureema pray kohgen ohvaa nidunee.. i am swry dear

  21. Laalu

    Non of Ur business…

  22. Laalu

    School ga ulheni V young 10 nunimey adhi…. Hw old r u….. Comment bainnu dhimaavaaniy… No other choice…. sad… ?

    1. Koo
      Laalu

      Yeah v sad ??? don’t worry dear Laalu we will meet Insha Allah ??❤️❤️❤️

  23. Koo

    Alhe Dhiraaa mirey up kohdhibaa plx plx ?Koo Mihaaru mi part 6 varakah faharu kiihjje ??xtra class ga vx gadi cancell V ma kii mi part.. Dhnn Koo ah vx haizal eh hoadha dhiibaa alhe… ❤️❤️❤️❤️

    1. dhiraa wish
      Koo

      hahahahha… thikamaa miulhenee.. googlega jahaigen miulhenee koo ahvee haizal kobaithww?????? as i told dhiraa ah extra clss ninmaafa aiss nidunee ehn noon nama haveeru upkohla dineemuss..? bt aroung 7 i have sent it.. esfiya site is taking long time to publisj it.. i am sorry koo????✨?✨??

  24. Koo

    Ohhh its OK Dhiraaa ❤️❤️i will wait little more.. N thanx Google ga Koo ah v haizal hoadhan jahaadhiniima ummiidhu Kuran haizal Koo aa hisaabah annaane kamah ❤️❤️❤️❤️

    1. dhiraa wish
      Koo

      hehehehe okkkk ko

  25. Laalu

    Koo ah 16 dhw… Laalu 10 nimeyniy 15 years ga… Now koo ah 14…v hppy 15 ga 10 nimeythiy…. ??

    1. Laalu
      Laalu

      Sry laalu ah 14 yrs…. Typing error eh… He hey relief period eh vyma mi comment cohlevuny vx…. Bt ISA balaanan dheythere eh haavaalaafa comment bai balaaleveythw….

    2. Koo
      Laalu

      Yeah I’m 16

    3. Koo
      Laalu

      Laalu this year ga tha school nimenii dear???

  26. Sanaan

    Business athe nufata

    1. Laalu
      Sanaan

      Busainess hama ekani maana kurani viyafaari akah noon…. Ehn noonas SANAAN aaa beyhey kameh noonehnu?

    2. Koo
      Sanaan

      Heyy why your taking like this. Alhe kudakoh vx respect kolheh dhiibaa girls ah dear sanaan????

    3. dhiraa wish
      Sanaan

      laalu dnt fight.. bass ahan vaane… sanaan egen laalu gohvanee ey

  27. Sanaan

    Haatha avaha angry va kujeke dhw that’s for fun ???????????

  28. Laalu

    Nooney thi hyviy ragalhakah noon….. BTW no interest boys inna talk kuraakah ?N Im a cool girl?

    1. dhiraa wish
      Laalu

      dhiraa type kuhjeh dww miulhenee… ✌✌✌

  29. Anoo

    Kobaa next part

    1. dhiraa wish
      Anoo

      i am swry cx it is taking so much time… i have uploaded it last nyyt… bt they r taking time to publish it

  30. Koo

    Alhe Dhiraaa haadha irekey ?????Mihaaru haizal mathin miss vaathii class nimungothah miaiii geah.dhn avahah up kohdhibaa plx plx plx… Koo Mihaaru mi part kiya kiya varubalivehjje ????

    1. dhiraa wish
      Koo

      KOO thivarah haizal mathin miss vanya dhiraa ah heevanee nairaa dookoh haizal Koo kairi ah hen anaanee…
      btw dhiraa vaahaka upkohfin… site is taking long time to upload it. i am swry for tht

  31. Twinkle

    Site miihun aharemena keytherikan teach kodhenii hn hiivanii..?ekamu mi stry aka keytheri ey nuvey veene..??

    1. dhiraa wish
      Twinkle

      innallaha ma-ah swwbireen

  32. Koo

    Alhe Dhiraaa adhi vx up nuve.. Dhennnnnn ????Mihaaru mioh rovenii avas kohdhibaa Koo miothiii Haveerun feshign mikamah husve ????????

    1. dhiraa wish
      Koo

      thnks bt patient… i knw how much u guys love it… dhiraage baaru dashuga vaakamehnama dhira amihaaru upkohdineemuss.. i cnt do anything… site is taking so much time to upload

Comments are closed.