“ހައި.. ޑޫ ޔޫ ލަވް މީ…” ނައިނާގެ ޖުމްލައާއިއެކު ހައިޒަލް ބަލާލީ ސިހިފައިކަހަލަގޮތަކަށެވެ. އެދެލޮލުން ހިނދުކޮޅަކަށް ނަމަވެސް ތަފާތު އަސަރެއް ފެނިލިއެވެ. މަޑުންމަޑުން ނައިނާގެ ކޮނޑުގައި ހިފަހައްޓާލެވިފައިވާ އަތް ތިރިވެގެންދިޔައިރު ހައިޒަލް ފުންނޭވާއެއްލަމުން ދުރުބަލާލިއެވެ. އެއާއިއެކު ނައިނާ ހައިޒަލްގެ އަތުގައި ހިފަހައްޓާލިއެވެ. “ހައި ޓެލްމީ… ލޯބިނުވިޔަސް ތިހިތުގައި އަހަންނާއިމެދު ކޮންމެވެސް އެއްޗެއް އެބައޮތެއްނު… ދެޓްސް އިނަފް ފޯރ މީ… ހައިގެ ދުލުން ލޯބިވެއޭ އަހަންނާއި ރުހެމޭ ބުނެދޭނެ ދުވަހަކަށް އަހަރެން އިންތިޒާރުވެސް ކޮށްފާނަން… ހައި ޕްލީޒް އަހަންނަށް […]
ފިޔަވަޅުތަކެއްގެ އަޑުއިވުމާއިއެކު ރައިހާން ނައިނާއާއި ދުރުވެލަމުން ފަސްއެނބުރިބަލާލުމާއި މޫނުމައްޗަށް އެރި ގޮށްމުށުގެ އެތިފަހަރުގެ ބާރުކަމުން މޫނުމަތިން ކުދި ކޮކާ ބުރާލިހެން ހީވިއެވެ. އޭރު ހައިޒަލް ދަތްކުނޑިވިކާލައިގެން ރައިހާންގެ މޫނު ޖެހޭހާ ގާތުގައި ހުރިއިރު އެ ތޫނު ނަޒަރުން އެކަނިވެސް ރައިހާން ފިއްސާލަފާނެހެން ހީވިއެވެ. ތުންފަތުގެ ކައިރިފަށުން ފޭދުނު ލޭތަށް އިނގިލިން ފުހެލަމުން ރައިހާން އިސްއުފުލާ ބަލާލިއިރު ހައިޒަލް މުށްކަވާލެވިފައިވާ އަތް ދެވަނަ ފަހަރަށްވެސް ރައިހާންގެ މޫނާއި ދިމާލަށް މަޅާލީއެވެ. އެއާއިއެކު ނައިނާ އެދެމެދަށް ވަދެގަތްއިރު ހައިޒަލް ވަގުތުން […]
މެންދުރުގެ ހޫނުކަން ކެނޑި ހަވީރުގެ ފިނިކަން ފަޒާއަށް އަތްގަދަކުރަން ފެށިއެވެ. ހައިޒަލް ކެބިންގައި އިނދެފައި ހަވީރުވީފަހުން ނިކުމެގެން އައިރު ވަށައިގެން ނަޒަރު ހިންގުނީ ނައިނާ ފެނިލާތޯއެވެ. ހައިޒަލް ކެބިންގައި އިންއިރުވެސް ތިރިކޮށްލެވިފައިވާ ބްލައިންޑަރސްތަކުގެ ދޭތެރެއިން ނައިނާގެ މޫނު ފެނިލާތޯ ބެލުނު އަދަދެއްވެސް ނޭނގުނެވެ. މެންދުރުއްސުރެ ނައިނާގެ މޭޒު ހުސްކޮށްވާތަން ފެނި ހިތަށް ނޭނގޭފަދަ ހުސްކަމެއް ލިބުނުއިރު ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. ހައިޒަލް ވިސްނުމެއްގައި ހުރެގެން ނައިނާގެ ކެބިންއާއި އަރާހަމަވީ ވަގުތަކީ ކެބިންގެ ދޮރު ހުޅުވާލައިފައި ޝެނާ […]
“ރިދް… އައިމް ސޮރީ…” ހައިޒަލްގެ ޖުމްލައާއިއެކު ރިދާ އިސްއުފުލާ ބަލާލިތަނާ ހައިޒަލް ރިދާގެ އަތުގައި ހިފާ އޭނައާއި ގާތަށް ދަމާލިގޮތުން ރިދާ ހައިޒަލް މޭގައި ލައްވިއިރު ސިހިފައި ކަހަލަގޮތަކަށް ހައިޒަލްގެ މޫނަށް ބަލާލީއެވެ. އެެއާއިއެކު ހައިޒަލް ރިދާގެ މޫނަށް ބަލާލަމުން ރިދާގެ ތުނި އުނަގަނޑުގައި އަތްއަޅުވާލިއެވެ. އޭރު މަޑުހިނގުމެއްގައި ނައިނާ އައިސް އެ ހިސާބާއި އަރާހަމަވީއެވެ. ފެނުނު މަންޒަރުން ނައިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައިރު އެ އެ ލޮލުން ފެނުނީ ހިތްހަލާކޮށްލާފަދަ ވޭނީ އަސަރުތަކެވެ. “ބޭބީ… ޔޫ […]
“ހައިޒަލް ދެކެ ލޯބިވާތީ… ޑޭމިޓް އައި ލަވް ޔޫ…” އެ ޖުމްލަތައް ނައިނާގެ ދުލުން ބޭރުވީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ. ހިނދުކޮޅަކަށް ނައިނާ ހުއްޓުންއެރިއިރު ބާރަށް ރޮއެގަންނަމުން ހައިޒަލް މޭގައިި ދެއަތުން ތަޅައިގަތެވެ. “ވަޓް….” އެބަސްތަކުން ލިބުނު ޝޮކްގެ ބޮޑުކަމުން ބުނާނެ އެއްޗެއްވެސް ހައިޒަލްގެ ދުލަކަށް ނައެވެ. ނައިނާ އޭނަދެކެ ލޯބިވެދާނެކަމަށް ހައިޒަލް ދުވަހަކު ހިޔެއްނުކުރެއެވެ. އެތައް އަންހެންކުދިންގެ ދުލުން އެ ލަފްޒުތައް އިވި ބާވެފައިވިޔަސް ނައިނާގެ ދުލުން އެ ލަފްޒުތައް އިވުމުން ހިތަށްކުރި އަސަރު ބަޔާން […]
ވަށައިގެން ރޯވަމުންއައި އަލިފާންގަނޑާއި ދުރަށް ދުވަމުންދިޔަ ފަސްއަހަރުގެ ފިރިހެން ކުއްޖާގެ ގިސްލުމުގެ އަޑުން ދޭތެރެއަކުން ފަޒާ ހިސޯރުކޮށްލާއިރު އެއަޑު މެދުކެނޑިގެންދަނީ ދުމުގެ ވަހުން އުނދަގޫވެގެން ދޭތެރެއަކުން ކެއްސާލާގޮތުންނެވެ. ދުރަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު އެ ކުއްޖާ ފަސްއެނބުރި ބަލާލަނީ ޖެހިލުންވެފައިހުރެއެވެ. އޭނަ ޝިކާރަކުރަން ފަހަތުން އަންނަ ހުޅުގަނޑުން ސަލާމަތްވެވޭނެކަމާއިމެދު ހިތުގައި ބިރުވެރިކަން އުފެދިފައި ހުރެއެވެ. އެ މޫނުމަތިން ފެންނަ ޖެހިލުންވުމާއި ސިހުމާއިއެކު ދޭތެރެއިން ބާރަށް ރޮއެގަންނަނީ އެހީއަކަށް އެދިއެވެ. އެއާއިއެކު ތުންފަތް ހަރަކާތްކުރަމުން މަޑުމަޑުން ކޮންމެވެސް އެއްޗެކޭ […]
އިރުއޮއްސިވަގުތުކޮޅެއް ފާއިތުވެގެންދިޔައިރު މަޔާން ހުރީ ފެންޑާގެ ތަނބަކަށް ލެގިލައިގެންނެވެ. އިރުގެ އެންމެ ފަހު ދޯދިތައް ދުނިޔެމަތިން ފުހެވިގެންދިޔައިރު ވިލާތަކުގައި ރަންކުލަޖައްސާލެވުނުހެން ހީވިއެވެ. ގިނިކުލައިގެ ވިލާތަކުން އުޑުމަތި ފުރާލިގޮތަށް އުޑުމަތި އެހެންކުލައަކުން ފަވާލެވުނުފަދައެވެ. ރޭގަނޑަށް މަރުހަބާކިޔަމުންދިޔަ ވައިރޯޅިތައް މަޔާންގެ ހަށިގަނޑާއި ސަމާސާކުރަމުންދިޔައިރު މަޔާންގެ ނަޒަރުހުއްޓިފައިވީ ބަގީޗާގެ ގަސްތަކުގެ ފަރިބަލަމުންދިޔަ ޝަލީންއަށެވެ. ރަތްކުލައިގެ ފިނިފެންމާ ގަސްބޮޑިކައިރީ ރަތްހެދުމެއްގައި ހުރިއިރު ޝަލީން ބަގީޗާގައި ފޮޅުވިފައިވާ މަލެއްފަދައެވެ. ދުނިޔެމައްޗަށް ވެރިވެފައިވާ ކުލަ އެ ރީތިމޫނާއި ކުޅެމުންދިޔަގޮތުން ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދީފައިވެއެވެ. ރަތް […]
“ހައި….” ނޭނގިހުއްޓާ ނައިނާގެ ލޮލަށް ކަރުނަތައް ގިނަވީއިރު ހައިޒަލްގެ މޫނަށް ބަލާލެވުނީ ވޭނުން ފުރިގެންވީ ނަޒަރަކުންނެވެ. ހައިޒަލް އެވަގުތު ނައިނާއަށް ފަސްދިންއިރު ނައިނާ ހައިޒަލްގެ އަތުގައި ހިފަހައްޓާލީއެވެ. ހައިޒަލްގެ ދަތްތަކަށް ބާރުކޮށްލަމުން ލޯމަރާލިއެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ހިމޭން ވަގުތުކޮޅަށްފަހު ހައިޒަލް ނައިނާއާއި ދިމާލަށް އެނބުރިލިވަގުތު އެތައްކަމެއް ހިނގައިދިޔައެވެ. ހައިޒަލްގެ ތުންފަތުގެ ބީހިލުން ނައިނާއަށް އިހުސާސްކުރެވިގެންދިޔައިރު އެ ފަން އިސްތަށިގަނޑަށް އަތްމަހާލަމުން ހައިޒަލްއާއި އިތުރަށް ގާތްވެވުނީ އެކަމަށް އެދެވުނުވަރުންނެވެ. އޭރު ނައިނާގެ ލޮލަށް ގިނަވި ކަރުނަތަށް ސައިލެއްފަދައިން ކޯތާފަތްމައްޗަށް […]
ނައިނާ އެނބުރި ބަލާލީ އެންމެ ރީތި ހިނިތުންވުމާއިއެކުގައެވެ. އޭރު ހައިޒަލްގެ ނަޒަރު ނައިނާއާއި އަމާޒުވެފައިވީގޮތުން ނައިނާ ފިނިވާގޮތްވިއެވެ. އެހެންދުވަސްތަކާއި ހިލާފަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ތަފާތު ނަޒަރަކުންނެވެ. ހައިޒަލްގެ ލޮލުން މިއަދު ފެނިލި އަސަރުން ނައިނާ އުއްކޮޅެއްފަދައިން ވިރިގެން ހިނގައިދާނެހެން ހީވެއެވެ. “ނެވަރ މައިންޑް…” ހައިޒަލް އެއްޗެކޭ ބުނާނެހެން ހީވިވަގުތުކޮޅަކަށްފަހު ބުނެލި ބަހުން ނައިނާގެ ފަރިވެފައިވާ މޫނު މަލެއްފަދައިން މިލައިގެންދިޔައެވެ. މަޑުމަޑުން އިސްއޮބައިލައިގެން ހުރެ ކެބިންއިން ނިކުންނަން ދިޔައިރު ހައިޒަލްއަށް ބަލަހައްޓައިގެން އިނދެވުނީ ތަފާތު ނަޒަރަކުންނެވެ. […]