Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިން ލަފްޒުން (24)

Dheem&Eekku Level 410 Stories100 Login500 Login
November 30, 2020 10 Mins Read
3 Comments

“އަހަރެން މިހާރު ސުހާންދެކެ ލޯތްބެއް ނުވޭ.. އަހަރެން މިހާރު އެހެން މީހަކު ދެކެ ލޯބި ވެވިއްޖެ” ލަމްހާ އެހެން ބުނެފައި ގެއަށް ވަނުމަށް ހިނގައި ގަތެވެ.

“ބުނޭ ތީ ދޮގެކޭ.. ތިއީ ދޮގެއް. ކީއްވެ އަހަންނަށް ތިހެން ތިހަދަނީ” ސުހާން ލަމްހާ އަތުގައި ހިފަހައްޓާ ހުއްޓުވިއެވެ.

“ސުހާން ޕުލީސް. އަހަރެން މަތިން ހަނދާން ނައްތާލާ..” ލަމްހާއެހެން ބުނެފައި އެތެރެއަށް ވަނެވެ.

****

ދޮރުން އެތެރެއަށް ވަދެވުމާއެކު ލަމްހާގެ ރުއިން ފަޅައިގެން ދިޔައެވެ. ހިފެހެއްޓުމެއް ނެތި ލަމްހާއަށް ގިސްލެވެން ފެށިއެވެ. އަނގަމަތި އަތް އަޅާ ރުއިން މަތަ ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ބޭކާރު ކަމަކަށް ވިއެވެ. އިސް އުފުލާލި ވަގުތު ދޮރާށި ކައިރީ ގަސްތަކަށް ފެން ދޭން ހުރި ލުވޭޒާ ފެނިފައި ލަމްހާ ސިހުނެވެ.

“ދަރިފުޅާ ކިހިނެއްވީ؟” ލަމްހާ ރޮނީކަން އެނގުމުން ލުވޭޒާ ހާސްވެފައި އަހާލެވުނެވެ.

“ކަމެއް ނުވޭ؟” ލަމްހާ ގޭގެ ދޮރާ ދިމާއަށް ދުއްވައި ގަތެވެ. ލަމްހާގެ ފަހަތުން ދިއުމުގެ ބަދަލުގައި ލުވޭޒާ ނުކުތީ ބޭރަށެވެ. ދޮރާށިން ބޭރަށް ބޯ ދިއްކޮއްލާފައި ލުވޭޒާ ބޭރު ބަލާލިއެވެ.

ލަމްހާ އެތެރެއަށް ވަނުމުންވެސް ސުހާންއަށް އެފިޔަވަޅުމަތީ ހުރެވުނެވެ. ލަމްހާގެ ބަސްތަށް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ސުހާން ހީކުރީ ހަގީގަތް އެނގުމުން ލަމްހާ އޭނާއަށް މާފް ކޮއްދީފައި އެނބުރި އޭނާގެ ގާތަށް އަންނާނީ ކަމަށެވެ. ނަމަވެސް ލަމްހާ އޭނާ ދުރުކޮއްލުމުން ސުހާން މުޅިން ގޮތް ހުސްވިއެވެ. ލަމްހާގެ އަނގައިން އެފަދަ ބަސްތަށް އެހާ ފަސޭހައިން ބޭރު ކުރެވުނީ ކިހިނެއް ހެއްޔެވެ. ދެމީހުން އެކުގައި ވޭތު ކުރެވުނު ދުވަސްތަކާ ހަނދާންތަށް އެއީ ލަމްހާއަށް އެއްވެސް އެއްޗަކަށް ނުވަނީ ހެއްޔެވެ. ދެމީހުން ވަކިވިތާ ކުޑަ ދުވަސްކޮޅެއް ތެރޭ ލަމްހާ އޭނާ މަތިން ހަނދާން ނައްތާލީހެއްޔެވެ. ލޯތްބަކީ އެހާ ފަސޭހައިން ހަނދާން ނައްތާލެވޭނެ އެއްޗެއް ހެއްޔެވެ. ހަމަ ގައިމުވެސް ސުހާންއަކަށް ލަމްހާ މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ.

ސުހާންގެ ލޮލަށް ޖަމާވި ތާޒާ ކަރުނަތައް ދެލޯ ފޫދުއްވާލާ ކޯތާ ފަތް މައްޗަށް ބަނޑުންވިއެވެ. މެއާ ދިމާލުގައި އަތް އަޅާލެވުނި ހިތަށް ތަދުވާން ފެށީމައެވެ. ލަމްހާ ދުރުވަމުން ދިޔަ މަންޒަރު ފެނުނު ފަހުން ސުހާންގެ ހަށިގަނޑުން ބައެއް މަދުވި ކަމުގެ އިހްސާސް ކުރެވުނެވެ.

 

“ދަރިފުޅާ.. ލަމް.. ދޮރު ހުޅުވަބަލަ” ލުވޭޒާ ލަމްހާގެ ކޮޓަރީގެ ދޮރުގައި ތަޅަން ފެށިއެވެ. 10 ވަރަކަށް މިނެޓު ވަންދެ ތެޅުމުންވެސް ލަމްހާ ދޮރު ނުހުޅުވުމުން ލުވޭޒާ އޭނާގެ ކޮޓަރިއަށް ގޮސް ގޭގެ ހުރިހާ ދޮރެއްގެ ޑަބަލް ތަޅުދަނޑި ފަތި ހިފައިގެން އައެވެ. ލުވޭޒާ ދޮރު ހުޅުވާފައި ވަތް އިރު ލަމްހާ އިނީ އެނދުކައިރީ ބިންމަތީ އިށީންދެއެވެ. ދެފައި ކުރުކޮށްގެން އިން ލަމްހާ އަދިވެސް ރޮނީއެވެ. ލުވޭޒާ އައިސް ކައިރީ ހުއްޓުނު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

“ދަރިފުޅާ.. ދެން ހުއްޓާލަބަލަ. މަންމައަށް ކިޔައިދީބަލަ ވެގެން އުޅޭ ގޮތެއް. ދަރިފުޅު ތިހެން ރޮންޏާ މަންމަ ވަރަށް ދެރަވާނެ” ލުވޭޒާ ލަމްހާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ.

“ކަމެއް ނުވޭ މަންމާ” ރޮއެފައި ހުރިވަރުން ލަމްހާގެ އަޑު އައީ ކެނޑިގެނެވެ.

“ކަމެއް ނުވާނަމަ ދަރިފުޅު ތިހާވަރަށް ރޮނީ ކީއްވެ؟ މަންމަ އަޑުއެހިން ދަރިފުޅު ބޭރުގަ ހުރެގެން ދެއްކި ހުރިހާ ވާހަކައެއް. އެއީ ކާކުތަ؟” ލުވޭޒާއަށް ހުރިހާ ކަމެއްވެސް އެނގޭކަން އަންގާލިއެވެ.

“އަހަރެން އެވާހަކަ ދައްކާކަށް ބޭނުމެއް ނޫން.. އަހަރެން ބޭނުންވަނީ އެކަނި ވެލަން. ޕުލީސް މަންމާ” ލަމްހާ ބުނެލިއެވެ.

“ދަރިފުޅު އެކަނި ވެލަން ވަގުތު ކޮޅެއް ދީފަ މަންމަ ހިނގައްޖެއްޔާމުން މަންމަ ގާތު ހުރިހާ ވާހަކައެއް ބުނާނަންތަ” ލުވޭޒާ އަހާލިއެވެ.

ލަމްހާ އައެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެހެން ނޫންނަމަ ލުވޭޒާ ދުރަށް ނުދާނޭކަން އޭނާއަށް އެނގެއެވެ.

ލުވޭޒާ ކޮޓަރިން ނުކުތުމުން ލަމްހާއަށް އަނެއްކާވެސް ރޮވުނެވެ. ހިތްވަރު ކޮއްފައި ލަމްހާ ސުހާންއާ ދިމާއަށް އެބަސްތަށް ބުނަމުން ދިޔައިރުވެސް ލަމްހާގެ ހިތް ފިސްފިސް ވަމުން ދިޔަ ކަހަލަ އިހްސާސެއް ކުރެވުނެވެ. ލަމްހާގެ މެޔަށް ތޫނު ތީރުތަކެއް ހަރަމުން ދިޔަ ކަހަލަ އިހްސާސެއް ކުރެވެމުން ދިޔައެވެ. މޭގައި އަތް އަޅާޅައިގެން ހުރީރު ލަމްހާގެ އެތެރެ ހަށީގައި ތޫފާނެއް އުފެދިފައި ވާކަހަލައެވެ. ހަށިގަނޑުގެ ގުނަވަންތަށް ތަރުތީބުން ނެއްޓި ވިއްސިވިހާލި ވަމުން ދާހެން ހީވާން ފެށިއެވެ.

އެދުވަހުގެ ހަތަރު ދަމު ލަމްހާ ވޭތު ކުރީ އެނދު މަތީގައެވެ. ލުވޭޒާ ކާން ގެނައުމުންވެސް ލަމްހާ ކާކަށް ބޭނުމެއް ނުވިއެވެ. ހީވާގޮތުން އޭނާ އަމިއްލަ ނަފްސަށް އަދަބު ދެނީއެވެ. ބަނޑުހައިވި ނަމަވެސް އޭނާގެ އަރުތެރެއިން އެއްޗެ ދިރުމަކީ ވޭނަކަށް ވެއްޖެއެވެ. މިއީ ފުރަތަމަ ދުވަހެވެ. ދެން އޮތް ދުވަސްތަށް އޭނާ ވޭތުކުރާނީ ކިހިނެއް ކަމެއްވެސް ލަމްހާއަކާށް ނޭނގުނެވެ.

“ދަރިފުޅާ.. ތިހެން ރޮއެ ހިތާމަ ކުރަނީނަމަ އެހެން ކަންތަށް ކުރަން ނިންމީ ކިއްވެ. މަންމަ އަށް އެނގޭ ދަރިފުޅު އޭނާދެކެ ވަރަށް ލޯބިވާކަން. އެހެން ނޫންނަމަ ތިހެނެއް ދަރިފުޅު ނޫޅޭނެ” ލުވޭޒާ އެނދުގެ މަގަތުގައި އިށީންދެ ލަމްހާގެ ބޮލުގަ ފިރުމާލިއެވެ.

“ދަރިފުޅު އެހެން މީހަކު ދެކެ ލޯބި ވާކަން އެނގޭނަމަ ވިޝާމްއާ އިންނާކަށް މަންމަ ނުބުނީމުސް.. ކީއްވެ ދަރިފުޅު ނުބުނީ.. އެދުވަހު މަންމަ ކައިރީ ބުނިނަމަ ބައްޕައާވެސް ވާހަކަ ދެއްކީމުސް” ލުވޭޒާ ބުނެލިއެވެ.

“އަހަންނަކަށް ނޭނގެ ސުހާން އަހަރެން ހޯދަން އަންނާނެ ކަމެއް.. އެކަން އެނގޭނަމަ އަހަރެންވެސް އެއްބަހެއް ނުވީމުސް. އެކަމު މިހާރު މާ ލަސްވެއްޖެ” ލަމްހާ ބުނެލިއެވެ.
“ކައިވެނި ކުރަން ހުރިހާ ކަމެއް ހަމަ ޖެހިފަ އޮތަސް ދަރިފުޅު ނުގަބޫލު ކަމެއް ކުރާކަށް މަންމަ ބޭނުމެއް ނޫން” ލުވޭޒާ ބުނެލިއެވެ.

“މަންމަ ބޭނުން ނުވިއަސް ބައްޕަ.. ދެން އަހަރެން މިވާހަކަ ބައްޕަ ކައިރީ ބުނެފި ނަމަ އަނެއްކާވެސް ޖެހޭނީ މައްސަލައެއް.. މިހާދުވަސް ކޮއްފަ އަހަރެންގެ އާއިލާ ކައިރިއަށް އާދެވުނީމަ ދެން އަނެއްކާ އެހެން ވާކަށް އަހަރެން ބޭނުމެއް ނޫން” ލަމްހާ ބުނެލިއެވެ.

“އެކަމު އޭރުން ދަރިފުޅުގެ މުޅި ދިރިއުޅުން ހަލާކުވާނީ.. އެކުއްޖާ އެދިޔާއީ ވަރަށް ދެރަވެގެން. ދަރިފުޅު އެތެރެއަށް ވަތްފަހުންވެސް އެތަށް އިރަކު އޭނާ ބޭރުގަ ހުރި.. ތިދެކުދީން އެކަކު އަނެކަކު ދެކެ ވަރަށް ލޮބިވާކަން މަންމައަށް އެނގޭ” ލުވޭޒާ ބުނެލިއެވެ.

“މަންމާ.. ބައްޕަ ކައިރީ ސުހާންގެ ވާހަކަ ނުބުނައްޗޭ.. އަހަރެން ބޭނުމެއް ނޫން ބައްޕަ އަޅުގަނޑު ދެކެ ރުޅި އަންނާކަށް. މިހާރު މިކައިވެންޏަށް ނުގަބޫލު ވެއްޖެއްޔާ ބައްޕަގެ އަގު ވެއްޓޭނީ.. އަހަންނަށް ސުހާން ހަނދާން ނައްތާލެވި ދާން. އޭނާއާ ދުރުގަވެސް އުޅެވިދާނެ. އެކަމު ކިހިނެއް އަހަރެންގެ އާއިލާ ދުރު ކޮއްލާނީ. އެހެން ނޫނަސް އަހަރެން ބޭނުން ވާގޮތަށް އެއްވެސް ކަމެއް ވެފައެއް ނެތެއްނުން..” ލަމްހާ ބުނެލިއެވެ.

ލުވޭޒާ ހިތުގައި ޖެހުނެވެ. ހަމްޒާގެ އަބުރާ އިއްޒަތަށް ލަމްހާ އޭނާގެ އުފާތަށް ގުރުބާން ކުރަން އެހުރީ ތައްޔާރަށެވެ.

ލުވޭޒާ އެކޮޓަރިން ނުކުތް އިރު ރަނގަޅަށްވެސް ރޮވިއްޖެއެވެ. އޭނާގެ ދަރިފުޅުގެ ދިރިއުޅުމާ ދޭތެރޭ ހިތުގައި ޖެހުނެވެ.

“ދަރިފުޅަށްވެސް މިކަން އެނގޭތަ؟” ލަމްހާ ކޮޓަރ ކައިރީ ބޭރުގައި ހުރި ލަޔާންއަށް ލުވޭޒާ ބުނެލިއެވެ.
ލަޔާން އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ.

“ކީއްވެ މަންމަ ކައިރީ ނުބުނީ؟” ލުވޭޒާ ބުނެލިއެވެ.

“އަޅުގަނޑަށް އެނގުނީވެސް ވަރަށް ފަހުން. އެކަމު ލަމްހާ ބުނީ އެކަކު ކައިރީވެސް ނުބުނާށޭ.. މަންމަ އަށް އެނގޭނުން ލަމްހާގެ ގޮތް. ލަމްހާ ކަމެއް ކުރަން ނިއްމާފި ނަމަ އެކަމެއް ކުރާނެ. އެހެން އެންމެން އެކަމާ ދެކޮޅުވިއަސް ކުރާނެ. އަހަރެމެންވެސް ރަނގަޅުވާނި މިކަމާ އަޅާ ނުލިއްޔާ.. އާއިލާގެ އިތުރު ހަމަ ނުޖެހުމެއް އުފެއްދުމަށް ވުރެ ރަނގަޅުވާނީ އެގޮތް” ލަޔާން ބުނެލިއެވެ.

“ދަރިފުޅަށް އެނގޭތަ ލަމްހާ އެއުޅޭ ހާލެއް. ނުކައި ނުބޮއެ އޮވެ ލަމްހާ އޭނަގެ ހަށިގަނޑަށް އެދެނީ ބޮޑު އަނިޔާއެއް. ރޮއެ ރޮއެ މީހާ އެހުރީ ވަރު ދެރަވެފަ. ލަމްހާ އެހެން އުޅުމަށްވުރެ ގޭގަ ހަމަނުޖެހުމެއް އުފެދުނަސް މަންމައަށް ރަނގަޅު. އާއިލާގެ ހަމަ ޖެހުމަށް އަމިއްލަ ދިރިއުޅުން ހަލާކު ކުރުމުގެ އެއްވެސް ފައިދާއެއް ނެތް” ލުވޭޒާ އެހެން ބުނެފައި އޭނާގެ ކޮޓަރިއަށް ވަނެވެ.

ދުވަސްތަށް ފާއިތުވަމުން ގޮސް ހަމްޒާމެންގެ ކޮމްޕެނީގެ އެނިވާސަރީ ދުވަސް އަތުވެއްޖެއެވެ. ޕާޓީއަށް ދާ ގަޑި ކުޑަތަން ވަމުން ދިޔައިރުވެސް ސުހާން އޮތީ ސޯފާގައި އޯށޯވެލައިގެންނެވެ. ބޯދަށަށް އަތް ލައްވާލައިގެން އޮތް އިރު އޭނާގެ ދެލޯ ވަނީ ތެމިފައެވެ. އިރު އިރުކޮޅާ ނޭފަތް ދަމާލާތީ އޭނާ ރޮނީކަން އެނގެޔެއެވެ. ސޯފާ ކައިރީ ހުރި ތިރި މީޒު މަތީއޮތް ސިގިރޭޓު ފޮށިން ސިނގިރޭޓެއް ނަގަން އަތް ދަމާލިއެވެ. ނަމަވެސް އޭގައި އެންމެ ސިނގިރޭޓެއްވެސް ނެތެވެ. ހުސް ފޮއްޓާ ދިމާއަށް ބަލާލާފައި ބިންމަތީ ހުރި ސިނގިރޭޓު ފިލްޓަރު ތަކަށް ބަލާލެވުނެވެ. ސުހާން މިހާރު ފުލުފުލުގައި އެއްފޮށި ހުސްކޮއްލާފިއެވެ. ސުހާން ބަލިކަން އެނގުނު ފަހުން ސިނގިރޭޓު ބުއިން ހުއްޓާލާފައި ވީނަމަވެސް މިދެދުވަހު ސިނގިރޭޓު ބޮވުނީ ހާސްވެފައި ހުރި ވަރުންނެވެ. ހިތަށް ކުޑަވެސް ހަމަ ޖެހުމެއް ލިބޭތޯއެވެ.

އެނދުގެ މަގަތުގައި ހުރި ކުޑަ މޭޒު ވަތްގަނޑުން އެހެން ފޮއްޓެއް ހިފައިގެން އައިސް ސުހާން ހުއްޓުނީ ކުޑަ ދޮރު ކައިރީގައެވެ. އޭރު އިރު ވިލާތަކު ތެރޭ ފޮރުވި އަނދިރި ވެއްޖެއެވެ. މަގުގައި ހޮޅިބުރިތަށް ދިއްލަން ފަށައިފިއެވެ. ދުރު ދުރަށް ބަލާލަމުން އަނެއްކާވެސް ސިނގިރޭޓެއް ރޯކޮއް ތުންފަތުގައި ޖައްސާލިއެވެ. އެވަގުތު ބެލް އަޅާލި އަޑު އިވުނެވެ.

ދޮރު ހުޅުވާލިއިރު އެއީ އާޒިމްއެވެ. އާޒިމް އެތެރެއަށް ވަދެފައި ސޯފާގައި އިށީނެވެ.

“ބަލަ ޕާޓީއަށް ނުދަނީތަ؟” އާޒިމް އަހާލިއެވެ.

“ނޫނޭ.. ދާނަން. އާޒިމްވެސް ތައްޔާރުވާން ނުގޮސް މިތަނަށް ތިއައީ ކިއްވެ” ސުހާން ބުނެލިއެވެ.

“ކަލޭ ފޯނު ނުނަގައިގެން.. ލައްކަ ފަހަރު ގުޅީމަވެސް ފޯނެއް ނުނަގާ ވިއްޔާ.. ކޮންތާކަށްތަ ފޯނު ލައިގެން ތިއުޅެނީ” އާޒިމް ބުނެލިއެވެ.

ސުހާން މޭޒުމަތި އޮތް ފޯނު ނަގާ ބަލާލިއިރު އާޒިމްގެ 3 މިސްކޯލު ފެނުނެވެ.

“ސުހާން.. ހާދަ ވަރަކަށް ސިނގިރޭޓު ބޮއެފަ މިހިރީ.. ތިއުޅެނީ އަމިއްލައަށް މަރުވާންތަ” އާޒިމް ބުނެލިއެވެ.

“މަށެއްވެސް ދެން އެކަހަލަ މޮޔަ ކަމެއް ނުކުރާނެއްނު” ސުހާން ބުނެލިއެވެ.
“ނޭނގެ.. އަމިއްލައަށް މަރުވާން ބޭނުނޮ ނުވަންޏާ މިހާވަރަކަށް އެޔެއް ނުދަމާނެ ދޯ. ޑަކްޓަރު ނުބުނޭތަ ސިނގިރޭޓު ނުބޯށޭ.. އަނެއްކާ ކުރިއެކޭ ހެން ބޮލުގަ ރިހެން ފަށާފިއްޔާ ކިހިނެއް ހަދަނީ” އާޒިމް ނުރުހުން ފާޅުކުރިއެވެ
“އާޒިމް ދެން ދޭ ގެޔަށް.. އަހަރެންވެސް މިދަނީ ތައްޔާރުވާން” ސުހާން ބުނެލިއެވެ.
“އޯކޭ.. އަންނާނަން ބަލާ. 8 ޖަހާއިރަށް އިނގޭ” އާޒިމް އެހެން ބުނެފައި ނުކުންނަން ހިނގައި ގަތެވެ.

އާޒިމް ފޮނުވާލާފައި ސުހާން ދޮރު ތަޅުޅާފައި އައިސް އެނދު މައްޗަށް ވެއްޓިގަތެވެ. ހަގީގަތުގައި ސުހާން ޕާޓީއަކަށް ދާކަށް ބޭނުމެއް ނޫނެވެ. އެރޭ ލަމްހާ ކަންތަށް ކުރިގޮތުން ލަމްހާ ކުރިމައްޗަށް ދާނެ ހިތްވަރެއް ސުހާންގެ ނެތެވެ. ދެވަނަ ފަހަރަށް ލަމްހާގެ ފަރާތުން ދެރަވާ ފަދަ ބަސްތަކެއް އަޑު އަހާކަށް އޭނާ ބޭނުމެއް ނޫނެވެ. އިތުރަށް އެ ހިތް ހަލާކުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް އެ ޕާޓިއަށް ދިޔުން ނޫން ގޮތެއް ސުހާންއަކަށް ނެތެވެ.

ފެންވަރާލައިގެން ސުހާން ނުކުމެ ތައްޔާރު ވެލިއެވެ. ހުދު ގަމިހާއި ކަޅު ކުލައިގެ ވެސްޓު އަދި ފަޓުލޫނުގައި ސުހާން ވަރަށް ވެސް ރީއްޗެވެ. ކުރުކޮށް ކޮށާ ލެވިފައިވާ މުށި އިސްތަށި ގަނޑު ޖެލް ލައި މައްޗަށް ހިއްލާލިއެވެ. ގަޔަށް ސެންޓު ޖަހާލާފައި ފޯނާއި ވޮލެޓު ފަޓުލޫން ޖީބަށް ޖާހާލިއެވެ. ގެއިން ނުކުތުމުގެ ކުރިން ކަޅު ކުލައިގެ ސުއިޓު ކޯޓެއް ގަޔަށް މަހާލިއެވެ. ތިރިއަށް ފޭބިއިރު އާޒިމް އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ބިޒްނަސް ޕާޓީއެއް ކަމުން އާޒިމްވެސް ހުރީ ވަރަށް އޮފިޝަލް ކޮށެވެ. ވަޅު ފެހި ކުލައިގެ ސުއިޓެއްގައި ހުރި އާޒިމްވެސް އަންހެން ކުދިން ހިތްތަކާ ކުޅެލާހާ ރީއްޗެވެ. ސުހާން ކާރަށް އެރުމުން އާޒިމް ދުއްވާލިއެވެ.

ގަޑި ކުޑަތަން ވަމުން ދިޔަވަރަކަށް ޕާޓީ ހަމަޖެހިފައިވާ އޮތް ހޯލަށް މީހުންތަށް އެއްވަމުން ދިޔައެވެ. ވަންނަމުން ދިޔަ މެހެމާނުންތައް ކައިރީ ލަޔާންއާއި ހަމްޒާ ހުރީރު ލަމްހާ އާއި ނައުރާ ހުރީ ތަންކޮޅެއް ދުރުގައެވެ. ލުވޭޒާވެސް ރައްޓެހި ބަޔަކާ އަނގަތަޅަން ހުއްޓެވެ.

ޕާޓީގެ “ޑުރެސް ކޯޑު” ކުލަޔާ ގުޅޭގޮތަށް ލަމްހާ ލައިގެން ހުރީ ކަނޑު ނޫކުލައިގެ ހެދުމެކެވެ. ލޭސް ފޮތިންނާއި ކުދި އެސްތަކަކުން ޒަރީ ކުރެވިފައިވާ ދިގުކޮށް ހުރި އެހެދުމުގައި ލަމްހާ ހީވަނި “ބްރައިޑްސް މެއިޑް” އެއް ހެނެވެ. ލަމްހާގެ ރީތިކަމަށް ތައުރީފް ނުކޮއްލާ އެކަކުވެސް ނެތެވެ.

އިރު ކޮޅަކުން ވިޝާމްވެސް އެތަނަށް އައެވެ. އޭނާއަށް ގޮވަމުން ދިޔަ މީހުންނަށް މާބޮޑު ސަމާލު ކަމެއް ނުދީ އޭނާ ހިނގައި ގަތީ ލަމްހާއާ ދިމާއަށެވެ.

ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނުގައި ވިޝާމްވެސް މިރޭ ވަރަށް ރީއްޗެވެ. އޭނާގެ ކަޅުކަން ގަދަ އިސްތަށިގަނޑު ފަހަތަށް ފުނާ އަޅާފައި ހުރީރު ބަލާލަން ވަރަށް ވެސް ހިތްގައިމެވެ. ނަމަވެސް އެ ރީތިކަން ފެނި ލަމްހާގެ ހިތުގައި ތައުރީފެއް ނެތެވެ. ހަގީގަތުގައި ލަމްހާ މިހާރު ވިޝާމްދެކެ ފޫހިވެއެވެ. އޭނާގެ ދިރިއުޅުމަށް ވިޝާމް ނައިނަމަ މިހާރު އޭނާއާ ސުހާން ހުރީހީ އުފަލުގައެވެ. އޭނާގެ ހުރިހާ ހިތާމައެއްގެ އަސްލަކީ ވިޝާމްއެވެ.

“ލަމް.. މިރޭ ވަރަށް ރީތި.. އަނެއްކަވެސް ލަމްދެކެ ލޯބި ވެވިއްޖެ ކަންނޭގެ” ވިޝާމް ސަމާސާ ރާގަކަށް ބުނެލިއެވެ. ލަމްހާ އެކަމަށް އަޅާ ނުލި ނަމަވެސް ވިޝާމް ހޭން ފެށިއެވެ.

“ލަމް.. ސުހާން ފެނުނީމަ ލަމްގެ ހިޔާލު ބަދަލެއް ނުވާނެ ދޯ؟” ނައުރާ ލަޔާން ގާތަށް ދިއުމުން ވިޝާމް އަހާލިއެވެ.

“ތިބުނީ؟” ލަމްހާ އަހާލިއެވެ.

“ލަމް އަހަންނަށް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފަ އޮއްވާ ސުހާން އައުމުން އަހަރެން މިހުރީ ވަރަށް ހާސްވެފަ” ވިޝާމް ބުނެލިއެވެ.

“ހާސްނުވޭ އަހަރެންނާ ސުހާންގެ އެއްވެސް ގުޅުމެއް ނެތް. އެޔެއް ނޫންތަ ވިޝާމް ބޭނުން ވާގޮތަކީ” ލަމްހާ އެހެން ބުނުމުން ވިޝާމް ހިނިތުންވެލިއެވެ. ނަމަވެސް ދެން ބުނި އެއްޗަކުން އޭނާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ.

“އެކަމު އަހަރެންގެ ހިތުގަ ވިޝާމްއަކަށް އެއްވެސް ޖާގައެއް ނެތް. އަހަރެން ވިޝާމްދެކެ ލޯތްބެއް ނުވެވޭނެ. ކިތަންމެ ދުވަހަކު އެކީ އުޅުނަސް” ލަމްހާ އެހެން ބުނެފައި ދުރަށް ޖެހިލިއެވެ.

ވިޝާމްވެސް އެނބުރި ލަޔާން މެންނާއެކު މެހެމާނުން ގާތަށްދިޔައެވެ. ސާފު ވައިކޮޅެއް ލިބޭތޯ ލަމްހާ ބޭރަށް ޖެހިލިއެވެ. ބޭރަށް ހުންނަ ބެލަކަންޏަށް ލަމްހާ ނުކުތް ވަގުތަކީ މައި ދޮރުން ސުހާން ވަދެގެން އައި ވަގުތެވެ. ސްމާޓު ހިނގުމެއްގައި ވަދެގެން އައި ސުހާން ފެނިގެން އެންމެން ބަލަން ފެށިއެވެ. އަންހެން ކުދިން ހިތްތަށް ކަތިލެވިގެން ދިޔައިރު ފިރިހެން ކުދީން ހަސަދައިން ފުރިގެން ދިޔައެވެ.

އެތަނުގަ ގިނައީ ވިޔަފާރީގެ ދާއިރާގައި އުޅޭ މީހުން ކަމުން ސުހާން ނުދަންނަ އެކަކުވެސް އެތަނަކު ނެތެވެ. ސުހާން ކަހަލަ ނުފޫޒު ގަދަ މީހަކު ފެނުމުން އެންމެ ހީވަނީ މޮޔަވެގެން އުޅޭހެނެވެ.

ރެއިލިން ގައި އަތް އަޅުވާލައިގެން ބޭރު ބަލަން ހުރި ލަމްހާ ސިހުނީ އޭނާގެ ނަމުން މީހަކު ގޮވާލީމައެވެ. އޭރު ހަނާ އޭނާގެ ފަހަތުގައި ހުއްޓެވެ. ލުއި މޭކަޕެއް ކޮއްލާފައި ހުރުމުން އޭނާވެސް މިރޭ ކުރިއަށްވުރެ ރީތިކަމަށް ދައްކައެވެ.

“ކަމަކުތަ؟” ލަމްހާ އަހާލިއެވެ. އޭނާ ހުރީ ހަނާ އާ ވާހަކަ ދައްކާ މޫޑަކު ނޫނެވެ. އޭނާ އެއައީ ވީޝަމްގެ ވާހަކަ ދައްކަންކަން ލަމްހާއަށް އެނގެއެވެ.

“އަހަރެން ހީކުރި ވަރަށް ވުރެވެސް ލަމްހާ މޮޅު. ތިމާގެ ކުއްޖަކު އިނދެ ވަރިކޮއްފަ ހުރި މީހަކާ އިންނަންވެސް ހަމަ އޯކޭ ވިއްޔަ” ހަނާ އެހެން ބުނެލީ މަލާމާތުގެ ރާގަކަށެވެ.

“ދެން.؟” ލަމްހާ ހަށަން ބަނދެލިއެވެ.

“ހީކުރަނީތަ ތިއީ ކުރެވޭ މޮޅު ކަމެކޭ..؟ ޗީޗީ.. ލަމްހާ އެއްނު އަހަރެން ހައިރާނެއް ނުވޭ” ހަނާ ބުނެލިއެވެ.

“ތިވާހަކަ ދައްކަން ކޮންމެވެސް އެހެން ގަޑިއަކުން އާދޭ.. ތިވާހަކަ ދައްކަން މިއީ އެހާ ރަނގަޅު މާހައުލެއް ނޫން” ލަމްހާ ބުނެލިއެވެ.

“ކިހިނެއްވީ..؟ އަހަރެން ބޭނުމިއްޔާ ކިޔޭނެ.. ލަމްހާ ތިއީ އެއަށްވުރެ ލަދު ނުގަންނަ މީހެއްނުން.. ނަހަލާލަށް ބަލިވެ އިނދެ ދަރިއަކު ވިހޭ މީހަކު ފަރާތުން މިއީ އެހާ ހައިރާން ވާވަރު ކަމެއް ނޫން” ހަނާ ބުނެލިއެވެ.

“ހަނާ ބުނަން ވާހަކައެއް.. އަހަރެންގެ ދަރިފުޅޭ ކިޔައިގެން ތިކަހަލަ ފާޑު ފާޑު ވާހަކަ ނުދައްކާ.. ހަގިގަތް އޮޅިގެން އުޅޭތީ ބުނެލަ ދެން. އަހަންނެއް ނޫން ވިޝާމް ފަހަތުން އުޅެނީ.. އޭނަ އަހަރެން ފަހަތުން އުޅެނީ.. ހަނާ ތިހާ މޮޅިއްޔާ ކީއްވެތަ ވިޝާމް ނުހިފެހެއްޓީ.. ކަލޭ ވިޝާމް ހިފެހެއްޓިނަމަ އަހަރެންގެ ދިރިއުޅުން މިހެނެއް ނުވީސް” ލަމްހާ އެހެން ބުނުމުން ހަނާ ތުން އަނބުރާލާފައި ދުރަށް ހިނގައި ގަތެވެ. ހަނާ ދައްކަން ފެށި ވާހަކައަކުން ލަމްހާގެ ތަބީއަތު އިތުރަށް ގޯސްވިއެވެ.

 

ސުހާން ވަށުވާލާފައި އެކި ވާހަކަ ދައްކަން ތިބި މީހުނަށް އެހާ ބޮޑު ސަމާލުކަމެއް ނުދެވި ސުހާންގެ ދެލޯ ހޯދަމުން ދިޔައީ ލަމްހާއެވެ. މީހުންތަކުން ސަލާމަތް ވެވިގެން ސުހާން ނުކުތީ ފިނި ކޮއްލަން ބެލް ކަންޏަށެވެ.

އެތަނުގައި ހުރި ލަމްހާވެސް ފެނުނީ އެވަގުތުއެވެ. ލަމްހާ ފެނުމުން ސުހާން ކުޑަކޮށް ހުއްޓުން އެރިއެވެ. ލަމްހާ މިރޭ ރީތިކަމުން ސުހާންގެ ހިތް އަވަސްވާން ފެށިއެވެ. ކުރިއެކޭ އެއްފަދައިން ލަމްހާ ގެނެސް ގާތް ކޮއްލާ އެ ނިތްކުރިއަށް ބޮސްދޭން ބޭނުންވިއެވެ. މަޑު މަޑުން ސުހާން ހިނގާފައި ގޮސް ލަމްހާ ކައިރީ ހުއްޓުނެވެ. މީހަކު އައިކަމުގެ އިހްސާސް ކުރެވިގެން ލަމްހާ އެނބުރުނު ވަގުތު އަރި އަޅާލިއެވެ. ކަށި ދިގު ފައިވާނަކީ އޭނާ އާންމުކޮށް އަރާ އުޅޭ އެއްޗެއް ނޫންކަމުން ވަރަށް ނުފަރިތައެވެ.

ސުހާން ހުށިޔާރު ކަމާއެކު ލަމްހާ ހިފެހެއްޓިއެވެ. ދެތިން އިންޗި އެއްހާ ކައިރީ ހުރި ސުހާންގެ މޫނަށް ލަމްހާއަށް ބަލާލެވުނެވެ.

ތުނިކޮށް ތުންބުޅި ފަޅާފައި ހުރުމުން ފިރިހެންވަންތަކަން އިތުރު ވެފައި ވެއެވެ. ކުޑަ ރަތް ކަމެއް ހުރި ސުހާންގެ ދެލޮލުން ފެންނަނީ ވަރުބަލި ކަމެވެ. ސުހާން ތަހައްމަލު ކުރަމުންދާ ވޭންތަ އެ ދެލޮލުން ބަޔާން ކޮއްދޭ ފަދައެވެ. ލަމްހާ ނޭވާ އެތެރެއަށް ދަމާލި ވަގުތު ލުއި މީރު ވަހެއް ދުވިއެވެ. ލަމްހާގެ ހިތަށް ހަމަޖެހުމާ ރައްކާތެރިކަން ގެނެސްދޭ އެވަހެވެ. ސުހާންގެ ވަހެވެ. ސުހާންގެ ސޫރައަށް ގެނބިފައިވާ ލަމްހާ ހަމަ ބިމަށް ފޭބުނި ސުހާންގެ ހޫނު ނޭވާ އައިސް މުނުގައި ބީހިލީމައެވެ.

“ތެންކްސް” ލަމްހާ ދުރު ބަލާލަމުން ބުނެލިއެވެ.

“ވެލްކަމް” ސުހާންވެސް ދުރަށް ޖެހިލިއެވެ. އެދެމެދަށް ވެރިވީ ގޮތް ނޭގޭ ހަމަ ހިމޭންކަމެކެވެ. އެދެމެދުގައި ވި ދުރުކަމުން ދެމީހުންނަށްވެސް އުނދަގޫ ވާން ފެށިއެވެ. އެ ހިލޭކަމަކަށް ދެމީހުންވެސް ފަރިތައެއް ނޫނެވެ.

“ލަމްހާ.. އަހަރެން މިއުޅެނީ ވަރަށް އަވަހަށް ދާން..” ސުހާން ބުނެލިއެވެ.

“ތިވާހަކަ އަހަރެން ކައިރީ ބުނާކަށް ނުޖެހޭނެ.. ސުހާން އުޅޭ ނޫޅެ ގޮތް ބަލާކަށް އަހަރެން ބޭނުމެއް ނޫން..” ލަމްހާ ބުނެލިއެވެ.

“އަހަރެންގެ ކުށަކީ ކޮބާ؟ އަހަންނަށް އެހާ ބޮޑު އަނިޔާއެއް ތިދެނީ ކިއްވެ.. އަހަރެން ލަމްހާދެކެ ވާލޯބި އިހްސާސެއް ނުކުރެވޭތަ.. މިގޮތަށް އަހަރެން ބާކީ ކޮއްލާނެ ނަމަ ކީއްވެ އަހަންނާ އިންނާނަމޭ ބުނީ؟” ސުހާންގެ އަޑު ކުރެކުނެވެ.

“ތި ސުވާލު ތަކުގެ ޖަވާބު ބޭނުންތަ” ލަމްހާ ވެސް ކޮއްލީ ސުވާލެކެވެ.

“ނޫން.. އެކަމު މި ސުވާލުތަކާ މެދު ލަމްހާ ވިސްނާލަން އެދެން. ލަމް ތިއީ އަހަރެންގެ ފުރަތަމަ ލޯބި. އަދި އެންމެ ފަހު ލޯބިވެސްމެ. ކިތަންމެ ދުވަހެއް ވިޔަސް އަހަރެން ލަމްހާ ދެކެ ލޯބި ވާނަން. މި ހިތުގަ ވިންދު ހުރިހާ ހިނދަކު އަހަރެން ލަމްހާ މަތިން ހަނދާނެއް ނުނެތޭނެ. އަހަރެން ވީ ލޯބީގެ ބަދަލު މިހެން ލިބޭނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން.. ” ސުހާން ބުނެލިއެވެ. އަދި ލަމްހާގެ ޖަވާބަކަށް މަޑު ނުކޮށް އެތަނު ދިޔައެވެ.

“ސުހާން.. އަހަންނަށް މާފް ކުރޭ” ލަމްހާ އެބަސްތަށް ބޭރުކުރަން ބޭނުން ވިނަމަވެސް ކެތް ކޮއްލިއެވެ.

ސުހާން ދިޔަ ދިމާއަށް ބަލަން ހުރެ ލަޔާން ލަމްހާ ކައިރިއަށް ދިޔައެވެ. ލަޔާންގެ މޫނު މަތީވީ ހައިރާން ކަމެވެ. ލަމްހާ ލޯބިވާ ސުހާންއަކީ ރޯޔަލް ގާޑެންގެ ބޮޑު މީހާކަމަކަށް ލަޔާން ހިއެއް ނުކުރެއެވެ. ބައްޕަގެ އެދުމަށްވިއަސް ސުހާން ކަހަލަ މީހަކު ދޫކޮއްލާފައި ވިޝާމްއާ ކައިވެނި ކުރާނީ ބޮޑު މޮޔައެއް ނޫންހޭ ލަޔާން ހިތަށް އެރިއެވެ.

“ލަމް.. ލަމްހާ ބުނި ސުހާންއަކީ އެ ސުހާންތަ؟” ލަޔާން ޔަގީން ކޮއްލުމަށް އަހާލިއެވެ. ލަމްހާގެ މޫނަށް އައި ބަދަލު ފެނުމުންވެސް ލަޔާންއަށް ޔަގީންވިއެވެ.

ހޯލް ތެރެއަށް ވަދެގެން އައި ސުހާން ފެނުމުން ހަމްޒާ އާއި ހަމްދާދު އެދިމާއަށް ދިޔައެވެ. ހަމްޒާމެން ފަހަތުގައި ހުރި ވިޝާމް އަދި އަހްމަދުވެސް އެމީހުން ކައިރިއަށް ޖެހިލިއެވެ.

“ސުހާން ސާރ.. މިއީ އަހްމަދު. އަހަރެންގެ ދުވަސްވީ އެކުވެރިއެއް. ދެން މިއީ އޭނާގެ ދަރިފުޅު ވިޝާމް” ހަމްޒާ ބުނެލިއެވެ.

“އައްސަލާމު އަލައިކުމް.. ހިއެއްނުކުރަން މިހެން ބައްދަލު ވާނެކަމަކަށް” ސުހާން މާނަވީ ނަޒަރަކުން އަހްމަދަށް ބަލާލިއެވެ.

“އަހްމަދު ދަންނަންތަ؟” ހަމްޒާ އަހާލިއެވެ. ސުހާން ބަލާލީ އަހްމަދާ ދިމާއަށެވެ. އަދި ހީލިއެވެ. އަހްމަދުގެ މޫނުމަތީވި ނުތަނަވަސްކަން ފެނި ސުހާން ހިނިއައެވެ.

“އާން.. ވަރަށް ކުރިން ސުރެވެސް ދަންނަން.. ދޯ” ސުހާން ބުނެލިއެވެ.

“ހަހަ.. އަ..އަހަރެން ހަނދާނެއް ނެތް” އަހަމްދު އާ ގަންނަމުން ބުނެލިއެވެ.

“އެހެންތަ..؟ އެކަމު އަހަރެން ހަނދާނެއް ނުނެތޭ.. މަންމަ ދައްކާނެ އަބަދުވެސް ތިބޭފުޅާގެ ވާހަކަ” ސުހާން ބުނެލިއެވެ.

“އަހްމަދު ދަންނަންތަ ސުހާން ސާރގެ މަންމަ” ހަމްދާދު އަހާލިއެވެ.

“އާން.. އާން.. ކުރީގެ އެކުވެރިއެއް.. އަހަރެން މިހާރު ހަނދާންވެސް ނެތް” އަހްމަދު ބުނެލިއެވެ.

“އެކަހަލަ ގުޅުން އެހާ ފަސޭހައިން ހަނދާން ނެތޭތަ؟ މަންމަ ބުނި ގޮތުގަ ތިދެމީހުން ވަރަށް ގާތް ގުޅުމެއް އޮވޭ” ސުހާން ބުނެލިއެވެ. އޭނާގެ ބޭނުމަކީ އަހްމަދު ރުޅި އެރުވުމުވެ.

“މިހާރު ހަނދާން ވެއްޖެ.. އެންމެ ފަހުން ފެނުން ވަރަށް ވުރެ މިހާރު ވަރަށް ބޮޑުވެސް ވެފަ ތިހުރީ” އަހްމަދު ގަދަ ކަމުން ހީލިއެވެ.

“ބޮޑުވާނެއްނު.. އެއީ މީގެ 13 އަހަރު ކުރި ވިއްޔަ” ސުހާން އެހެން ބުނުމުން އަހްމަދު ދެލޯ ބޮޑުވިއެވެ.  އަހްމަދު އިތުރު އެއްޗެއް ބުނަންވާއިރަ އޭނާގެ ކޮނޑުގައި ޖަހާލާފައި ސުހާން ދުރަށް ޖެހިލިއެވެ.

“ސުހާންގެ މަންމަ އަކީ ބޭރު މީހެއް. ކަލޭ ކޮންއިރަކު ބޭރު މީހާކާ އެކުވެރިވީ.. އަހަރެންނަށް އަންގާވެސް ނުލާ” ހަމްޒާ ބުނެލިއެވެ.

“އެއީ މާ ކުރީގެ ކަމެއްނު.. އެއޮއަށް އައީ އިލްހާމްމެން” އަހްމަދު އަވަހަށް ވާހަކަ އޮޅުވާލިއެވެ.

“ސުހާން” އާޒިމްއާ ވާހަކަ ދައްކަން ހުރި ސުހާން ކައިރިއަށް ގޮސް އަހްމަދު ގޮވާލިއެވެ.

“ކިހިނެއްވީ؟” ސުހާން ހީލަމުން އަހާލިއެވެ. އަހްމަދު އޭނާ ގޮވައިގެން އެއްކައިރިއަށް ޖެހިލިއެވެ.

“އެމީހުން ކުރިމަތީ އެވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟ ތިއުޅެނި އަހަރެން ރުޅި އަރުވަންތަ؟” އަހްމަދު ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. ނަމަވެސް އޭނާގެ ރޫ ގިނަވެފައިވާ މޫނުމަތިން އޭނާ އެހުރީ ވަރަށް ރުޅި އައިސްފާކަން އެނގެއެވެ.

“އަހަރެން ނުދައްކަމޭނުން ގޯސް ވާހަކައެއް. އަނެއްކާ ބައްޕަ ނުކިޔާ ނަމުން ގޮވީމަ ރުޅިއައީތަ؟” ސުހާން ބުނެލިއެވެ.

“އަހަރެން ކަލޭ ކަލޭގެ އަމާ ކައިރިއަށް ފޮނުވާލި އަހަރެމެންނަށް އުނދަގޫ ނުކުރޭތޯ.. ދެން މިއަދު އައިސް ކޮންހާ ޖެއްސުމެއް ތިކުރަނީ” އަހްމަދު ބުނެލިއެވެ.

“އަހަރެން އަހަރެން މަންމަ ކައިރިއަށް ފޮނުވާލި ކަމައްޓަކާ ވަރަށް ބޮޑާށް ޝުކުރު ވެރިވަން.. އެކަމު އަހަރެން މިއައީ ކަލެއަށާ ކަލޭގެ އާއިލާއަށް އުނދަގޫ ކުރާކަށް ނޫން.. އަހަރެން ކަލޭގެ އާއިލާއާ ދުރުގަ ހުންނަން ބޭނުން ވާނަމަ ކަލޭގެ ދަރިފުޅު ކައިރީވެސް ބުނޭ އަހަރެންގެ ދިރިއުޅުން ތެރެއަށް ނުވަންނާށޭ” ސުހާން އެހެން ބުނެފައި ދުރަށް ދިޔައެވެ.

ސުހާން ގެޔަށް ދާން ބޭނުވެގެން ދާން ނުކުންނަން އުޅެނިކޮށް ހަމްޒާ އޭނާ ހުއްޓުވިއެވެ. އަދި އެއްޗެއް ބޮއެވެސް ނުލާ ދަނިހޭ ބުނެ ތަފާތު ވައްތަރުގެ ބުއިންތަށް އަތުރާފައިވާ މޭޒުކައިރިއަށް ގެންދިޔައެވެ. ސުހާން ބޭނުން ނުވިއަސް ހަމްޒާގެ އެދުމަށް އިންކާރެއް ނުކުރެއެވެ. ކޯކު ތައްޓެއް ނަގައިގެން ބޯން ފެށިއެވެ. ހަމްޒާ އެބަ އަންނަމޭ ބުނެ ދިޔައެވެ. އެނބުރި އައީ ލުވޭޒާމެން ގޮވައިގެންނެވެ.

“މިއީ އަހަރެންގެ އަންހެނުން” ލުވޭޒާއަށް އިޝާރާތް ކުރަމުން ބުނެލިއެވެ. ކުރިމަތީ ހުރި ސުހާން ފެނިފައި ލުވޭޒާވެސް ހައިރާންވިއެވެ. މިއީ ލަމްހާ ވާހަކަ ދެއްކި ކުއްޖާކަން އޭނާއަށް އެނގުނެވެ.

“މިއީ އަހަރެންގެ ދޮށީ ދަރިފުޅު ލަޔާން އާ އޭނާގެ އަންހެނުން ނައުރާ.. ދެން މިއީ އަހަރެންގެ ހަގު ދަރިފުޅު ލަމްހާ” ހަމްޒާ އެންމެން ތައާރަފް ކޮއްދިނެވެ. ލަމްހާގެ ނަން ބުނުމުން ސުހާން ލަމްހާއަށް ބަލާލިއެވެ. ލަމްހާވެސް އިސްއުފުލާލުމުން ސުހާން އިސްޖަހާލިއެވެ.

“ވިޝާމް.. އާދެބަލަ” ތަންކޮޅެއް ދުރުގައި ހުރި ވިޝާމްއަށް ގޮވާފައި ހަމްޒާ ހަނާ އަޅާލިއެވެ.

“މިއީ އަހްމަދުގެ ދަރިފުޅު.. އަހަރެންގެ ވާން އުޅޭ ދަނބި ދަރިފުޅު” ހަމްޒާ އެހެން ބުނުމުން ސުހާން ސިހުނެވެ. ސުވާލުން ފުރިގެންވާ އޭނާގެ ދެލޯ ހުއްޓުނީ ލަމްހާ އަށެވެ. ހަމްޒާ އެހެން ބުނެފާނެ ކަމަކަށް ލަމްހާވެސް ހިޔެއް ނުކުރެއެވެ. ލަމްހާއަށް އިސްޖާހާލާފައި ތިރީ ތުންފަތް ހަފާލެވުނެވެ. މިވަގުތު ސުހާންގެ މޫނަށް ބާލާލާނެ ހިތްވަރެއް އޭނާގެ ނެތެވެ.

“ތެދެއް.. އަހަރެން މިއުޅެނީ ލަމްހާއާ ވަރަށް އަވަހަށް ކައިވެނިކުރަން.. ސުހާން ވާނެ ޕާޓިއަށް އަންނަން” ވިޝާމް ލަމްހާގެ އުނަގަނޑުގައި އަތްއަޅުވާލިއެވެ. ވިޝާމްގެ ތުންފަތް މަތީ ވަނީ ފަތަހައިގެ ހިނިތުންވުމެކެވެ.

“ސުހާން..؟” ސުހާން އަނގައިން ނުބުނުމުން ހަމްޒާ އޭނާގެ ކޮނޑުގައި ޖަހާލިއެވެ.

“އޭން.. އަނޭ.. މަރުހަބާ.. އެކަމު އެހާ ދުވަސް ވަންދެން މިކޮޅުގަ ހުންނަ ހިޔާލެއް ނުކުރަން.” ސުހާން ސިހިފައި ބުނެލިއެވެ.

“އެހެންތަ.؟ ސަކަރާތެއް ނުން” ހަމްޒާ ބުނެލިއެވެ. ލަޔާންއާއި ލުވޭޒާ ހަމްދަރުދީ ނަޒަރަކުން ސުހާންއާ ދިމާއަށް ބަލާލިއެވެ. ސުހާންގެ ސިކުނޑީގައި މިހާރު ވާނީ ކޮންފަދަ ހިޔާލުތަކެއް ކަމެއްވެސް ނޭނގެއެވެ.

ސުހާން ހިތަށްކުރާނެ އަސަރު ހަމްޒާ ނޫން އެހެން އެންމެނަށް އެނގެއެވެ.

“މަރުހަބާ ” ސުހާން ލަމްހާއާ ދިމާއަށް ބަލާލާފައި ބުނެލިއެވެ. އަދި ހަމްޒާ ގާތު ދާ ވާހަކަ ބުނެފައި އެތަނު ދުރަށް ހިނގައި ގަތެވެ.

އާޒިމްއާއެކު ހޯލުން ނުކުތް ސުހާންގެ ފައިން ވަރު ދޫވެ ތިރި ވެވުނެވެ. މޭގައި އަތް އަޅާލެވުނީ ނޭވާ ލާން ދަތި ވެގެންނެވެ.

“ސުހާން؟ ކިހިނެއްވި؟” އާޒިމް ހާސްވެފައި ބުނެލިއެވެ.

ސުހާންގެ ބޮލަށް ބަރުވެ ރިއްސަން ފެށިއެވެ. ނާށިގަނޑު ފަޅާލާފައި ސިކުނޑި ނުކުންނަން އުޅޭ ހެން ހީވާން ފެށިއެވެ. ސުހާން އަތުލަފިކޮށްގެން ތިރިއަށް ފޭބުނީ ކިރިޔާއެވެ. ނަމަވެސް ކާރާ ހަމައަށް ދެވެން ވާއިރަށް ސުހާންގެ ހަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

މަންޒިލް -1-

Next

ހިތި ނިމުން 19

Next
December 1, 2020

ހިތި ނިމުން 19

Previews
November 30, 2020

މަންޒިލް -1-

3 Comments!

  1. YEOJA says:
    December 1, 2020 at 12:23 am

    wow vrh sali mi part vess
    masha allah
    aleyyy vrh dera vehje aslu vess lamhaa suhaan uleygothun dery vaane ehnu dhw
    esfiya site gaa enme wait kurevey stry hama miee my fav hama
    suhaan ah kihineh baa evy vrh curious hama
    waittinh for next part
    stay safe

  2. Muna@@ says:
    December 1, 2020 at 12:47 am

    Mi part ves varah varah varah salhi♥️♥️ When is next part??? ♥️♥️♥️♥️

  3. shark_shaya says:
    December 1, 2020 at 12:52 am

    Wow this part is very nice . when would you Post the next part

Comments are closed.

Next Episodeތިން ލަފްޒުން (25)←


All Right Reserved!