ވިޝާމްގެ ހަށިގަނޑު ދުރު ކުރަން މަސައްކަތް ކުރަނިކޮށް ގޭގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ލަމްހާ ސިހިފައި ބަލާލިއިރު ދޮރުމަތީ ހުރީ ސުހާންއެވެ. ވިޝާމްއާއި ލަމްހާ ތިބިގޮތް ފެނިފައި ސުހާންގެ އަތުގައި އޮތް ކޮތަޅު ދޫވިއެވެ. **** “ސުހާން..” ވިޝާމް އޭނާގެ ގައިން ދޫކޮއްލި ވަގުތު ބަލާފައި ލަމްހާވެސް އަވަހަށް ދުރަށް ޖެހިލިއެވެ. “ސުހާން.. މިއީ ތިހީކުރާ ކަހަލަ ކަމެއް ނޫން” ލަމްހާ އަވަހަށް ބުނެލިއެވެ. ސުހާން އެއްވެސް ބަހެއް ނުބުނެ އެތެރެއަށްވަނެވެ “ކަލޭ މިތާ ކީއްތިކުރަނީ؟” […]
އެހިސާބު ވަށައިގެން ހޯދަނިކޮއް ސުހާންގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ރިހިފަށެވެ. އެފަށް ނަގާފައި ސުހާން އެފަށް ރީތިކޮއް ބަލާލިއެވެ. އެއީ ލަމްހާގެ ފަށްކަން އެގުމުން ސުހާންގެ ހިތަށް ވަނީ ގޮތް ނޭނގޭ ބިރެކެވެ. ކުރިމަތީގައި ހުރި ވީރާނާވާން ކައިރި ވެފައިވާ އިމާރާތަށް ބަލާލެވުނީ ލަމްހާ ވީ އެތަނުގާ ކަމަށް އެހިތް ބުނަމުން ދާތީއެވެ. **** ދެމީހުންވެގެން ލަމްހާ ވެއްދީ ކޮޓަރިއަކަށެވެ. ލަމްހާގެ ބުރަކަށީގައި އަޅާ ކޮއްޕާލި ގޮތުން ލަމްހާ ބިންމައްޗަށް ވެއްޓުނެވެ. ވެއްޓުނު ގޮތުން އޭނާ […]
ސުހާންގެ ލޯބި ލަމްހާ ގަބޫލު ނުކުރިނަމަވެސް ސުހާން ލަމްހާއާ އެކުވެރިކަން ބާއްވަން ބޭނުމެވެ. ލޯބިވެރިއެއްގޮތުގައި ކާމިޔާބު ނުކުރެވުނު ނަމަވެސް ލަމްހާގެ ހިތުގައި ސުހާންއާ ދޭތެރޭ ކުޑަވެސް ހާއްސަކަމެއް ވާނަމަ އޭނާއަށް ފުދޭނެއެވެ. **** ޖެހިގެން އައި ދުވަހެވެ. މިއަދު ސުހާންގެ ހުންވެސް ހަމައަކަށް އެޅިއްޖެއެވެ. ކޮފީއެއް ގިރާލައިގެން އައިސް ސުހާން އިށީނީ ސްޓަޑީ ރޫމްގައި ހުރި މޭޒެއް ކައިރީގައެވެ. ލެޕްޓޮޕު ހުޅުވާލައިގެން އޭނާ އޮފީހުގެ ނުނިމި ހުރި މަސައްކަތްތައް ހަދަން ފެށިއެވެ. ސުހާން ގެންގުޅޭ ފައިލެއް ނުފެނިގެން […]
ލަމްހާ ރޭގަނޑު ޝިފްޓު އޮންނަ ދުވަސް ދުވަހު ލީން ބަލައި ދެނީ ސުހާންއެވެ. ފުރަތަމަ ލަމްހާ އެކަމާ އިންކާރު ކުރިއަސް މިހާރު ހިތްހަމަ ޖެހެއެވެ. ލީންވެސް އެގޮތް ބޭނުން ވާތީ ލަމްހާއަށް މަޖުބޫރު ވީއެވެ. ސުހާންއަށް އޭނާ އިތުބާރު ކުރެވެއެވެ. ސުހާންވެސް ލީންއާ ދޭތެރޭ ހާއްސަ ގޮތަކަށް ދެކެވެއެވެ. ލީންއަކީ އޭނާގެ އަމިއްލަ ދަރިފުޅު ނަމަ ކިހާ ރަނގަޅު ވީސްހެއްޔެވެ. **** އާދުވަހަކަށް އިރު އެރީ ސުހާންގެ ހަޔާތުގެ ސޮފްހާގައި އަނދިރި ދުވަހެއް ލިޔެލަމުންނެވެ. ދަންވަރު ވަގުތެއްގައި […]
ސުހާން ކާރު މަޑުކޮއްލީ ތަންކޮޅެއް ދުރުގައެވެ. އެވަގުތު މަގުގެ އެއްފަރާތުން ހިނގާފައި އައި ލަމްހާއަށް ސުހާންގެ ކާރު ފެނުނެވެ. އެދިމާއަށް ހިނގައި ގަތްތަނާ ކާރުން ފޭބި ސިއާ ފެނިފައި ލަމްހާގެ ފިޔަވަޅު ހުއްޓުނެވެ. **** ސުހާންގެ ކާރުން ސިއާ ފޭބިތަން ފެނިފައި ލަމްހާގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް ޖެހިހެނެވެ. އެއްވެސް އިހްތިޔާރަކާ ނުލައި މެޔާ ދިމާލުގައި އަތް އެޅުނީ ހިތާއި ނާރުތަކުގައި މީހަކު ބާރަށް ހިފާ ފިއްތާލި ކަމުގެ އިހްސާސެއް ކުރެވުމުންނެވެ. ލަމްހާ އަވަހަށް […]
“ދެން ގެނެބަލަ ތީތި.. މިހާރު ލީން ހުންނާނެ އަހަރެން ނުގޮސްގެން ލަސްވެފަ” ލަމްހާ އެހެން ބުނެފައި ފަށުގައި ހިފިއެވެ. ސުހާން އެފަށް ދަމައިގަތް ވަގުތު ފަށް ކެނޑިގެން ވެއްޓުނެވެ. **** “ސޮރީ.. އަހަރެން ގަސްތަކުއެއް ނޫން” ލަމްހާގެ ރުޅިވެރި ނަޒަރު އޭނާއަށް ހުއްޓުމުން ސުހާން ދެރަވިއެވެ. އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫނެވެ. “އެހެންނޭވާނީ ދެންވެސް ކުޑަކުއްޖެހެން އުޅެންޏާ.. ކުރިންވެސް އެފަށް އަހަރެންނަށް ރީތިކޮށް ދިންނަމަ އެހެނެއް ނުވީހެއްނުން” ލަމްހާ ނުރުހުންވެފައި ދުރަށް ހިގައިގަތެވެ. “ލަމް […]
“އަހަރެން ކިހިނެއް ލަމްހާ ގާތު އަހާނީ.. އަހަރެން ފެނުނަސް އޭނާ ރުޅި އަންނަ ހެން ހީވަނީ.. ކޮންމެވެސް އެއްޗެކޭ ކިޔާ ކޯޅެން ފަށާނެ” ސުހާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އެރެއަށް މަސައްކަތް ނިންމާލާފައި އާޒިމް ފަހަތުން ސުހާންވެސް ނުކުމެގެން ދިޔައެވެ. އާދުވަހަކަށް އިރު އަރައިފިއެވެ. އެހެން ދުވަސް ދުވަހަށް ވުރެ އަވަހަށް މިއަދު ލަމްހާއަށް ހޭލެވުނެވެ. މާރިއާ އައުމުގެ ކުރިން ހެނދުނުގެ ސައި ހަދާފައި އޭނާ ވަނީ ފެންވަރާށެވެ. ލޯގަނޑު ކުރިމަތީ ހުރެ ރީތި ވެލާފައި އޭނާގެ […]
“އެއީ ސުހާން ބޭބެ އެއްނުން.. މަންމިގެ ފުރެންޑެކޭނުން” ލީން ބޯ އަރިކޮއްލާފައި ބުނެލިއެވެ. “ސުހާން..” ލަމްހާއަށް އެނަން ކިޔާލެވުނެވެ. އަދި ފަސް އެނބުރިފައި ބަލާލެވުނެވެ. ކާރުގައި ލައްވެލައިގެން ހުރި ސުހާން އޭނާއަށް ފެނުނެވެ. ލަމްހާއާއި ދިމާއަށް ބަލާލާފައިވެސް ނުފެންނަކަމަށް ހެދި އަނެއް ފަރާތަށް އެނބުރުނެވެ. ސުހާންގެ މިއަމަލުން ލަމްހާގެ ހިތަށްް ކުޑަކޮށް އުނދަގޫވިއެވެ. އެހެންޏާ އޭނާ ފެންނައިރަށް ކޮންމެވެސް އެއްޗެކޭ ކިޔާ ޖެއްސުން ކޮއްލާތީ ސުހާން އެހެން ކަންތަށް ކުރުމުން ލަމްހާ ހައިރާންވިއެވެ. **** އެރެއެވެ.. ސިޓިން […]
އާޒިމް ކާރު ފެނުމުން ސުހާން އެދިމާއަށް ހިނގައިގަތެވެ. ކުރީ ސީޓުގައި އަންހެން ކުއްޖަކު އިންކަން އެނގުމުން ސުހާން އެރީ ފަހަތަށެވެ. “އާޒިމް ކަލޭ ވަގު ބިޓުން ގެން ގުޅޭކަން އެނގިއްޖެއްޔާ އޭޝްލީ މެޑަމް ކަލޭގެ ދުވަސް ދުއްވާލާނެ އިނގޭ” ކުރީ ސީޓުގައި އިން ކުއްޖާއާ ދިމާއަށް ބަލާލަމުން ސުހާން ދިމާކޮއްލިއެވެ. ލަމްހާވެސް ފަސްއެނބުރި ބަލާލީ އެވަގުތުއެވެ “ކަލޭތަ؟” ދެމީހުނަށް އެކުއެކީ އަހާލެވުނެވެ. **** “ކަލެއެކޭ މަށާ އަވަލަވައިގެން އުޅޭ ޖިންނި އެކޭ ނެތޭނުން ތަފާތެއް.. ހަމަ ދާހާތާކުން […]