Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިންސާފު ލިބޭނެބާ – 18

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
February 3, 2025 5 Mins Read
14 Comments

މިއަދު އަހަރެމެން ދަޔާން މިތަނަށް މިގެނައީ ދަޔާންގެ އެންމެ ފަހު ޓެސްޓު ފުރިހަމަ ކުރަން.. ” ޝިމާއު ބުންޏެވެ. އޭނަގެ އަތުގެ އިޝާރާތަށް ތިހާމް އާއި ވަދީހު ކަނުބަދެފައިވާ ފިރެހެނެއް ގެނެސް ކުޑަކަކޫ މައްޗަށްވާ ގޮތަށް ބޭންދިއެވެ.

***ޕާޓް 18***

ދާރިއަންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. އެ ފިރެހެން މީހާއަށްކޮށްފައި ހުރި ވަރުން އޭނާގެ ހިތުގައި ވަނީ ހަމްދަރުދީ އުފެދިފައެވެ. އެމީހަ ކަނުބަދެފައިވާއިރު އޭނަގެ އަނގަޔަށް ވަނީ ފޮތިގަނޑެއް ކޮށްޕާލައިފައެވެ. އޭނަގެ އަނގައިގެ އެއްފަރާތުގައި ލޭތައް ހިކިފައިވާއިރު ނިތްކުރި މަތީ ހުރި ރަތްކަން ގަދަ ލޭތައްވެސް ވަނީ ހިކިފައެވެ. އެމީހައަށް ވަދީހުމެން ވަރަށް އަނިޔާކޮށްފައި ހުރިކަން އެނގެއެވެ. ދާރިއަންގެ ނިތްމަތީ ފިނިދަލެއް ހިއްލައިގެން ދިޔައެވެ.

” މީނަ ކޮޕުންނަށް އަހަރެމެން މަސްތުވާތެކެތީގެ ވިޔަފާރިކުރާ ސްޕޮޓްތައް ބަސްޓުކޮށްލި.. އަހަރުމެންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފަ ހިތުން މާމޮޅު ކަމެކޯ ކުރެވިގެން މި އުޅެނީ.. މީނަ މީ އެހެން ގޭންގެއްގެ މީހެއް އެމީހުންނަށް ދޯކާދީގެން ފިލާ އުޅެފަ އަނެއްކާ މި ގޭންގަށްވެސް ދޯކާދީގެން އުޅޭ މީހެއް. ދަޔާން ކޮށްދޭންވި ކަމަކީ މީނައަށް އަހަރުމެން ގޭންގަށް ބިޓްރޭ ކުރާ މީހުންނަށްވާ ގޮތް އަންގާދޭންވީ.. އެހެންގޮތަކުން ބުނާނަމަ މީނަގެ ދުވަސް ދުއްވާލަންވީ.. ” ޝިމާއު އެމީހަ ދާރިއަންގެ ފައި ދޮށަށް ކޮށްޕާލަމުން ބުންޏެވެ. ދާރިއަންއަށް ހިންދިރުވައި ލެވުނެވެ. އިންސާނުންގެ ތެރޭގައި އުޅޭ ޝައިތާނުންނަށް މި މީހުން ވާނެކަން ޔަގީނެވެ.

” އަހަރެން މީހަކު މަރާލާ ނަމަ އަހަރެން ބޭނުން އެމީހެއްގެ ވަނަވަރާއި މައުލޫމާތު ބަލަން.. މީނަ މީ އިނދެގެން އުޅޭ މީހެއްތަ ނޫނީ ދަރިއެއް ހުންނާ މީހެއްތް؟ މީނަ މީ މީނަގެ މައިންބަފައިންގެ ކިތައްވަނަ ދަރި؟ މީނަގެ ނަމަކީ ކޮބާ؟ ” ދާރިއަން އޭނަގެ ސުވާލު ފޮށި ހުޅުވައިލިއެވެ. ” ތީ ކަލޭ ކީއްކުރަން ބަލާ އެއްޗެއް؟ ” ވަދީހު ފާޑަކަށް އަހައިލިއެވެ. ” އަހަރެން މި ކަންތައް ކުރާނީ އަހަރެން ބޭނުންވާ ގޮތަށް.. އަހަރެން ބޭނުންވޭ މިކަންތައް ކުރުމުގެ ކުރިން މިހުރިހާ މައުލޫމާތެއް.. ” ދާރިއަން އޭނާގެ ގޮތުގައި ހިފައްޓާލިއެވެ.

ޝިމާއު އަތް ޖަހަން ފެށިއެވެ. އޭނަ ހުރީ ނުބައި ފާޑަކަށް އެއްމިޔަކަނުން ހީލައިގެންނެވެ. ” ވަރަށް ރަނގަޅު.. މާވިންގެ ކައިރީގަ އުޅުނީމަ އެބަ ފެނޭ ތަފާތުތައް.. މާވިންއަކީވެސް ހަމަ ކޮންމެ ކަމެއްގައިވެސް އަމިއްލަ ގޮތުގައި ހިފައްޓާ މީހެއް.. އެކަމަކު އޭނަ އަހަރުން މީހެއް މަރާލަން ޖެއްސީމަ މަރައިލި ތިހުރިހާ ސުވާލަކާ ނުލާ.. އެކަމަކުވެސް މައްސަލައެއް ނެތް.. ވަދީހު ކަލޭ ގެންގުޅޭ އަންހެން އެތި ކައިރީ ބުނޭ މީނަގެ މައުލޫމާތު ހޯދާށޭ.. ދިހަ މިނެޓު ލިބޭނީ އަވަސްކުރޭ.. މަ މީ އެހާ ކެތްތެރިކަން ހުންނަ މީހެއް ނޫން.. ” ޝިމާއު ވަދީހުއަށް އަމުރު ކުރިއެވެ. ވަދީހު ބަސްއަހާ ކުޑަކުއްޖެއް ފަދައިން ޝިމާއުގެ ބަހަށް ބޯޖަހައިލުމަށްފަހު މިޔާ ކައިރިއަށްދާން ހިނގައިގަތެވެ. ދާރިއަންގެ ނިތްމަތިން ދާހިއްލިއެވެ. އޭނަގެ ސަބަބުން މިޔާއަށް އެއްވެސް ގެއްލުމެއްވާކަށް ދާރިއަންއެއް ބޭނުމެއް ނުވިއެވެ. ހިތާހިތުން މިޔާއަށް ވަދީހު އަނިޔާ ނުކުރުމަށް ދުޢާކޮށްލިއެވެ.

ވަދީހު ހިނގަމުން ގޮސް މިޔާގެ ކޮޓަރިއަށް ތަޅުދަނޑިޖެހުމަށްފަހު ވަދުނެވެ. އޭރު މިޔާ އިނީ ކޮމްޕިޔުޓަރުން ކޮންމެސް އެއްޗެއް ބަލާށެވެ. ” އޭތް ކަލެޔަށް މިތާ އަގުބޮޑު އެއްޗެހި ބަހައްޓާފަ ހުންނަނީ ކަލޭ އެއިން ބޭކާރު ކަންތައްތައް ކުރާކަށެއް ނޫނޭ.. ހަމަ މިހާރު މީނަގެ މައުލޫމާތު ހޯދާ ނޫނީ ދުވަސްގަޑަކަށްފަހު މަގޭ ބެލްޓުގެ ހުރި ހޫނުކަން ދައްކާލަން ޖެހިދާނެ.. ވަދީހު އިންޒާރުގެ ރާގަކަށް ބުންޏެވެ. މިޔާއަށް ހިންދިރުވައިލެވުނެވެ. ” ކާ…ކާ..ކުގެ؟ ” މިޔާގެ އަޑު އައީ ކެޑިކެޑިގެންނެވެ. ވަދީހު މިޔާއާ ދިމާލަށް ފޮޓޯގަނޑެއް އެއްލިއެވެ. ” ކަލެޔަށް ލިބޭނީ އެންމެ ދިހަ މިނެޓު.. އަވަހަށް މަސައްކަތް ފަށާ.. ” ވަދީހުގެ ބުނުމަށް މިޔާގެ އަތުގެ އިނގިލިތައް ހަލުވިކަމާއިއެކު ކޮމްޕިޔުޓާރ ކީބޯޑްގައި ދަތުރު ކުރަން ފެށިއެވެ.

ކުޑަ އިރުކޮޅަކަށްފަހު ކޮމްޕިޔުޓަރުގެ ސްކްރީން ފުރައިލީ އެމީހާގެ މައުލޫމާތުތަކުންނެވެ. ވަދީހު މިޔާއަށް ކުޑަކުޑަ ޕެންޑްރައިވްއެއް އެއްލިއެވެ. ” ތިއަށް ތި ހުރިހާ އެއްޗެއް އަޅާ.. ފަސް މިނެޓް ބާކީ.. ” ބަރު އަޑަކުން ވަދީހު ބުންޏެވެ. މިޔާ އަވަސްއަވަހަށް ވަދީހު ބުނި ގޮތަށް ކަންތައް ކުރަން އުޅެގަތެވެ.  މިޔާ ވަދީހުގެ މޫނަށް ބަލައިލުމެއް ނެތި ޕެންޑަރައިވް އޭނައަށް ހަވާލު ކުރިއެވެ. ވަދީހު މިޔާ ދިން ފެންޑްރައިވް ޖަހައިގަތުމަށްފަހު މިޔާގެ މޫނު މަތީގައި ޖެހިއެވެ. ” ދެންވެސް ބޭކާރު ކަންތައްތައް ތި ކޮމްޕިޔުޓަރުން ނުކުރާތި.. ނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ.. ” ވަދީހު އެހެން ބުނުމަށްފަހު މިޔާގެ ކޮޓަރީގެ ދޮރު ޖަހައި ތަޅުލިއެވެ. މިޔާގެ ދެލޯ ފެންކަޅިވިއެވެ. ވަދީހު ޖެހިތާގައި މަޑުމަޑުން ފިރުމައިލިއިރު އޭނަގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. ދެލޯ ފުހެލުމަށްފަހު ނޭފަތް ދަމާލިއެވެ. ހިލަ ހިތްތަކެއްގެ މައްޗަށް ކަރުނަ އޮހޮރުވާގެން ވާނެ ކަމެއް ނެތްކަން އޭނައަށް އެނގެއެވެ.

ވަދީހު ޕެންޑްރައިވް ހިފައިގެން އެންމެން މަޑުކޮށްގެން ހުރި ތަނަށް ދިޔައެވެ. އޭނަ އެތާއިން ލެޕްޓޮޕަކަށް ޕެންޑްރައިވް ޖަހާލިއެވެ. ދާރިއަން ހުރީ މިޔާގެ ހާލެއް އެނގުމަށްޓަކައި ކެތްމަދުވެފައެވެ. އޭނަގެ ސަބަބުން މިޔާއަށް ގެއްލުމެއްވާކަށް ދާރިއަންއެއް ނޭދެއެވެ. ނަމަވެސް އޭނަ ކެތްކޮށްގެން މަޑުން ހުރީ މީހަކަށް އޭނާގެ އިހްސާސްތަކާއި މެދު ޝައްކެއް ވެދާނެނެތީއެވެ. ވަދީހު ލެޕުގައި ހުރި، ކަނުބަނދެފައި ހުރި ފިރެހެން މީހާގެ މައުލޫމާތު އެންމެންނަށް ފެންނަ ގޮތަށް ބެހެއްޓިއެވެ.

” މީނަގެ ނަމަކީ އަހްމަދު ލަމްއާން ލޫތު.. މީނަގެ ބައްޕައެއް ދުނިޔޭގައެއް ނެތް.. މީނަގެ ހުންނަނީ މަންމައަކާއި ދައްތައަކާއި ފަނަރައަހަރުގެ ކޮއްކޮއެއް… މީނަގެ އަންހެނުންގެ ދެއަހަރުގެ ފިރެހެން ކުއްޖެއް ހުރޭ.. މީނައަކީ ފަންސަވިސް އަހަރުގެ މީހެއް.. ކަލޭ އެހެންނޫނަސް ކީއްކުރާ އެއްޗެއް މީ.. ” ވަދީހު ހުރިހާ އެއްޗެއް ކިޔައިދިނުމަށްފަހު އަހައިލިއެވެ. ” އެއީ މަގޭ އަމިއްލަ ހިތްހަމަޖެހުމަށް.. މަ ބޭނުންވޭ މަ މަރާމީހުންގެ ހުރިހާ އިންފޯއެއް.. ފަހަށް ޓޮރޮފީއެއްގެ ގޮތުގައި ބަހައްޓަން.. އަމިއްލަ ބޮޑީ ކައުންޓެއް ބަހައްޓަން އަނެއްހެން ބުނާ ނަމަ.. ” ދާރިއަން ނުލަފާ ގޮތަކަށް ހީލަމުން ބުންޏެވެ. ދާރިއަންގެ ވާހަކައިން މާވިންގެ ދެލޯ ބޮޑުވިއެވެ. އަދި ކަނު ބަނދެފައި ހުރި މީހާވެސް ބިރުން ތެޅިގަތެވެ.

ޝިމާއު ހިނިގަނޑެއް ޖަހައިލިއެވެ. ” ސާބަހޭ ދަޔާން.. ތި ގޮތުގަ ހިފައްޓާތި.. ” ޝިމާއު އަތް ޖަހަމުން ބުންޏެވެ. ދާރިއަން ނުލަފާ ގޮތަކަށް ހީލިއެވެ. ” އެހެންވީމަ މިކަމާ އުޅެންވީނުން.. ” ވަދީހު ދާރިއަންއާއި ދިމާލަށް ބަލައިލަމުން ބުންޏެވެ. ވަދީހުގެ އެންގުމަށް ތާމިން އާއި ދެން ހުރި ގޭންގު މީހާ އައިސް ހަތިޔާރުތަކެއް މޭޒުމައްޗަށް ނަގަން ފެށިއެވެ. އެކި ވައްތަރުގެ ވަޅިތަކާއި ބަޑިތަކެވެ. ދާރިއަން މޭޒުމަތީ އޮތް ފޮތިގަނޑު ނެގިއެވެ. އަދި އެތާ ހުރި އިސްކޫރަކުން އެ ފޮތުގަނޑު ތެންމާލައިގެންގޮސް ލަމްއާންގެ ގާތު ހުއްޓުނެވެ. ދާރިއަން ލަމްއާންއާއި އެއްވަރަށް ތިރިވުމަށްފަހު އޭނަގެ ލޮލުގަޔާއި އަނގަމަތީ އައްސާފައި އޮތް ފޮތިގަނޑު މޮހައިލިއެވެ. އޭރު ގޭންގު މީހުން ތިބީ ދާރިއަން ކުރަން އުޅޭ ކަމެއް ޝައުގުވެރިކަމާއިއެކު ބަލާށެވެ.

” އަހަރެމެންގެ މި އާއިލާއެއް ކަހަލަ ގޭންގަށް ދޯކާ ދިން މީހެއްގެ ނިމުން އަންނަން ޖެހޭނީ ވަރަށް ހިތިކޮށެއްނުން.. އަހަރެންނަށް ގަބޫލު ކުރެވޭ ގޮތުގައި ތިތާ ތިހުރި އެއްޗިއްސުން ގެނެސްދޭނީ އަވަސް މަރެއް އެކަމަކު.. ތެތް ފޮތިގަނޑަކުން ނޭވާ ހާސްކޮށްލީމަ ލިބޭނީ ލަސް މަރެއް އަދި ނުލާހިކު ވޭން ދެނިވި ވާނެ.. ” ދާރިއަން ވާހަކަ ދައްކަމުން އެމީހާގެ އަނގައިގައި އޮތް ފޮތިގަނޑު ނެގިއެވެ. ދާރިއަންގެ ވާހަކަ ހުރި ގޮތުން ހީވަނީ އޭނަ އަސްލަށްވެސް މީހަކު މަރާލަން އުޅެނީހެންނެވެ. އެހެން ހިތަށް އެރުމުން މާވިންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

” އާދޭސްކުރަން އަހަރެން މަރައި ނުލާ.. އަހަރެން މަރުވެއްޖެނަމަ އަހަރެންގެ ދަރިފުޅަށްށާއި އަންހެނުންނަށް ވާނީ ކިހިނެތް.. އަހަރެންގެ މަންމައަކީ ނިކަމެތި މީހެއް.. އާދޭސް ކުރަން އަހަރެން ދޫކޮށްލާ.. ” ލަމްއާން ދާރިއަންގެ ދެފައިގައި ހިފައި އާދޭސްކުރަމުން ރޯން ފެށިއެވެ. ބޮޑު ފިރެހެނެއް އެފަދައިން ރޯން ފެށުމުން ހިތެއް އޮތަ މީހެއްވިއްޔާ އަސަރު ކުރާނެކަން ގައިމެވެ. ދާރިއަން ލަމްއާންގެ އާދޭސްތަކަކަށް ޖަވާބެއް ނުދެއެވެ. މިވަގުތު ކުޑަކޮށްވެސް ލަމްއާންއަށްޓަކައި ހަމްދަރުދީގެ އިހްސާސް ފާޅުކޮށްލިޔަސް ގޭންގުން އޭނައަށް ޝައްކުކުރާނެކަން އެނައަށް ޔަގީނެވެ. އެހެންކަމުން އޭނަ ލަމްއާންގެ ގައިގާ އޭނަގެ ފައިން ޖަހައި ކޮށްޕާލިއެވެ.

ލަމްއާނުގެ މޫނަށް ތެތް ފޮތިގަނޑު މަހާލަން ތައްޔާރުވަމުން ދާރިއަން ލަމްއާންއަށް ބަލައިލިއެވެ. ލަމްއާންގެ މޫނުމަތިން ފެނިގެންދަނީ ގޮތްހުސްވެފައިވާ ކަމުގެ އަސަރެވެ. އޭނަ ހުރީ ބިރުން ފިތްކަނޑައިގެންދާހާ ވަރުވެފައެވެ. ” އެނީ ލާސްޓް ވޯރޑްސް.. ” އިހްސާސްތައް އެއްފަރާތް ކޮށްލަމުން މޫނަށް އެއްވެސް އިހަސާސެއް އެރުވުނެއްނެތި ދާރިއަން އަހައިލިއެވެ. ” އަ.. އަހަ..ރެންގެ.. އަން-އަންހެނާއި ދަރި..ދަރިފުޅު ގާތު އަހަރެން.. ލޯބިވާ ވާހަކަ ބުނެދީ.. ” ދެލޯ ފެންކަޅިވެފައިވާ ހާލު އޭނަ ބުންޏެވެ. ” ނިމުނީ؟ ” އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށް ދާރިއަން އަހައިލިއެވެ. ލަމްއާން ހިންދިރުވައިލަމުން ބޯޖަހައިލިއެވެ.

ދާރިއަން އެފޮތިގަނޑު ލަމްއާންގެ މޫނުގައި އޮޅައިލާ ނޭވާ ނުލެވޭ ގޮތަށް ހެދިއެވެ. އޭގެ ކުރިން އެކަކަށްވެސް ނުފެންނަ ފަދައިން މާވިން ހަދާފައިދިން އިންޖެކްޝަން ލަމްއާންގެ ކަރަށް ޖަހައިލިއެވެ. ލަމްއާނު ތެޅިގަތެވެ. ނޭވާ ނުލެވިގެން ތެޅިތެޅިފައި އޭނާގެ ހަށިގަނޑަށް އެރި ވަރުގަނޑު މައިތިރިވި އިރު އޭނަ ހީވަނީ މަރުވެފައި އޮތްހެންނެވެ. ދާރިއަން ފޮތިގަނޑު ލަމްއާންގެ މޫނުން ނެގުމަށްފަހު ލަމްއާނުގެ ކަރުގައި ދެ އިނގިލި ކުރި ޖައްސާލިއެވެ. އޭނަ ދިރިހުރިކަމުގެ އެއްވެސް ނިޝާނެއްނެތެވެ. ވަދީހު އައިސް ލަމްއާންގެ ކަރުގައި އަތް ޖައްސާލިއެވެ. ވިންދުގެ އިހްސާސް ނުވުމުން ވަދީހު ޝިމާއުއާ ދިމާލަށް ބަލައިލަމުން ބޯޖަހައިލިއެވެ.

” ތީ އެހެންވީމަ އޮފިޝަލީ ގޭންގު މީހެއް.. މިރޭ އޮންނާނެ ކަލޭ ޓެސްޓްތައް ފުރިހަމަކުރީމަ އޭގެ ޕާޓީ.. އަންނާތި.. އާނ ދެން މި މީހަގެ ހަށިގަނޑު ކޮންމެސްތާކަށްލާ.. މަށަށް ހެޔޮ ކަނޑު ފެއްތިޔަކަސް.. ” ޝިމާއު ބުންޏެވެ. ދާރިއަން ބޯޖަހައިލަމުން ލަމްއާނުގެ ހަށިގަނޑު ހިފައިގެން ނުކުތެވެ. މާވިން އޭނަގެ ފަހަތުން ނުކުތުމަށްފަހު ލަމްއާން ކާރުގެ ޑިކީއަށް އެރުވިއެވެ. އެއަށްފަހު އެމީހުން މިސްރާބު ޖެހީ ލާންޗުތަކާއި ދިމާލަށްދާށެވެ. ކާރުގައި ވަނީ ހަމަހިމޭންކަމެވެ.

” ކަލޭ ކުރިވަރުން ޖެހޭނެ އޭނަ ޑޮކްއަށް ދައްކާލަން.. އޭނަގެ ބްރީތިން ރަނގަޅުތޯ ބަލަން.. ” މާވިން ބުންޏެވެ. ދާރިއަން ފުންނޭވާއެއްލަމުން ބޯޖަހައިލިއެވެ. ލާންޗަށް އެރުމުން ލާންޗުގައި ހުރި މީހަ އެމް.ވީ.އެސް.އޭއަށް ދިޔުމަށްޓަކައި މިސްރާން ޖެހިއެވެ. ކަނޑު އޮތީ ފުދޭވަރަކަށް ގަދަކޮށްށެވެ. ރާޅުގެ ހަމަލާތަކުން ރެކެމުން ލާންޗު ކުރިއަށް ދިޔައެވެ. ލަމްއާން ސީޓެއްގައި ބާއްވާފައި އޮތް އިރު އޭނަގެ ގާތު ދާރިއަން އާއި މާވިން ތިއްބެވެ. ދާރިއަން އަނެއްކާވެސް ލަމްއާންގެ ކަރުގައި އިނގިލި ޖައްސާލިއެވެ. މިހާރު މަޑުމަޑުން ވިންދު ޖަހާ އިހްސާސް އޭނައަށް ކުރެވުނެވެ.

ކުއްލިއަކަށް މާވިންއާއި ދާރިއަން ސިއްސައިގެން ދިޔައީ ލަމްއާން ކުއްލިއަކަށް ކޮޅަށް ޖެހުމުންނެވެ. އޭނަ ހުރީ ބޮލުގަ އަތް އަޅާގެންނެވެ. ” ކަލޭމެން މަށާ ދުރުގަ ހުރޭ.. ” ހަށިގަނޑުގައި ހަކަތަނެތް ނަމަވެސް، ދާރިއަން އާއި މާވިން ފެނުމުން ލަމްއާން ހަޅޭއްލަވައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ނަމޫނާ ޒުބޭރު ( ލިބޭ މިންވަރަށް ޝުކުރުވެރިވާން ދަސްކުރަމާހެވެ.)

Next

ވާނަން އުމުރަށް ސީޒަން 2 އެޕިސޯޑް 4

Next
February 3, 2025

ވާނަން އުމުރަށް ސީޒަން 2 އެޕިސޯޑް 4

Previews
February 3, 2025

ނަމޫނާ ޒުބޭރު ( ލިބޭ މިންވަރަށް ޝުކުރުވެރިވާން ދަސްކުރަމާހެވެ.)

14 Comments!

  1. Naikko says:
    February 3, 2025 at 10:32 am

    Mi part ves v v reethi
    Curiously waiting for the next
    When next???

    1. Maash Butterflyyyyy says:
      February 3, 2025 at 1:36 pm

      Thankyou Naikko.. I’m glad u like it
      Next part insha allah tomorrow genesdheveythw balaanan..💜🦋

  2. Shhhhhhh... says:
    February 3, 2025 at 11:03 am

    Haadha avahakah mibai nimunii… Adhi eha kiyaa hithun miinii..

    1. Maash Butterflyyyyy says:
      February 3, 2025 at 1:37 pm

      Sorry darling mi part ga vx innaane 1000 ah vure gina words.. maadhan vx iraadha kurehhviyya part eh genesdheynan💜🦋

  3. cutie girl says:
    February 3, 2025 at 11:46 am

    MI PART VES V REETHI MASHA ALLAH
    CURIOUSLY WAITING FOR NEXT PART
    KEEP IT UP
    DHAAYA AND UKAIL GULHUVACHEY
    DHARIAN AND MIYAA VES
    THEY ALL ARE MADE FOR EACH OTHER
    I APPRECIATE YOUR HARD WORK
    MAAVIN AND DHAARIAN AH DHERA GOTEH NUHADHACHEY
    LOVE YOU BUTTERFLY

    1. Maash Butterflyyyyy says:
      February 3, 2025 at 1:40 pm

      Thankyou cutie girl.. I’m glad u like it
      I’ll try next part insha allah tomorrow genesdheveythw
      Thankyou for ur support darling..
      Lets see dhw vagoii..
      I appreciate ur support..
      Lets see mavvin and dhaarian ah vaa goi dhw..
      Love you more darlingg💜🦋

  4. Vampire girl says:
    February 3, 2025 at 1:09 pm

    Maashaa Allah mi part vx varah varah reethi…
    Anehkaa thee dhaarian e ulhey gang gola eii noonbaa…
    Eyna bust nukohlaifihyaa rangalhu…
    Whn next??

    1. Maash Butterflyyyyy says:
      February 3, 2025 at 1:42 pm

      Thankyou Vampire girl.. I’m glad u like it
      Thats a gang member from another gang.. 2 gang ah vx betray kohfa huri meeheh..
      Lets see dhw vaa goi..
      I’ll try next part insha allah tomorrow genesdheveythw💜🦋

  5. Your fav bab says:
    February 3, 2025 at 2:00 pm

    Hey there!!
    I actually love this story so far so much
    When next??

    1. Maash Maash says:
      February 3, 2025 at 9:56 pm

      Hey darling..
      I’m glad u like it
      Next part insha Allah tuesday.. I’m having some issues so I might not be able to submit it today💜🦋

  6. shihaamaa ali shihaamaa ali says:
    February 3, 2025 at 4:17 pm

    Heyyy butterfly
    Omg haadha curious kollaafa thi ninmmaalyyy alhe😭 Lam’aan dhn kihineh baa hadhaanee
    Soooi curious
    When next?
    Lysmmm❤️❤️❤️

    1. Maash Maash says:
      February 3, 2025 at 9:58 pm

      Heyy shiherr
      I’m glad u like it
      When oi part ga vaa goi engeyne😅
      Next part insha Allah tuesday.. I’m having some issues so I might not be able to submit it today
      Love u moree💜🦋

  7. My name says:
    February 3, 2025 at 4:19 pm

    Mipart ves vrh vrh reethi 💜💙
    Vrh bodah sorry midhiya 2 part ga comment nukurevunyma 😞😞
    Take care 🙂 💕

    1. Maash Maash says:
      February 3, 2025 at 10:00 pm

      Thank you darling.. I’m glad u like it
      When oi part ga vaa goi engeyne😅
      No need to say sorry.. It’s okey.. I understand..
      Take care u too💜🦋

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 19←


All Right Reserved!