Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިންސާފު ލިބޭނެބާ – 20

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
February 10, 2025 5 Mins Read
20 Comments

” ތީކާކު؟ ” ކަމާލްއާއި ދިމާލަށް އިނގިލި ދިއްކުރަމުން ލަމްއާން އަހައިލިއެވެ. ” އަހަރެން މީ ޑޮކްޓަރެއް.. އަހަރެންގެ ނަމަކީ ކަމާލް.. ” ކަމާލް ލަމްއާންގެ ސުވާލަށް ޖަވާބުދިނެވެ. ” މީ ކޮންތަނެއް؟ ކޮބާ އަހަރެން މަރާލަން އުޅުނު ދެ މީހުން؟ ތީ ވެސް ގޭންގު މީހެއްދޯ.. ” ލަމްއާން ހާސްވެ ހުރެ އެކިއެކި ސުވާލިތަށް ކުރަން ފެށިއެވެ.

***ޕާޓް 20***

ކަމާލް ލަމްއާންއަށް ބަލައިލަމުން މަޑުމަޑުން އިށީނުމަށް އިޝާރާތް ކުރިއެވެ. ލަމްއާން އިރުކޮޅަކަށް ކޮޅަށް ހުރުމަށްފަހު އޭނަ ކުރިން ބާއްވާފައި އޮތް އެނދުގައި އިށީނެވެ. ” އަހަރެން މީ އެއްވެސް ގޭންގެއްގެ މީހެއްނޫން.. އަދި ލަމްއާން ތި ބުނާ، ލަމްއާން މަރައިލަން އުޅުނު ދެމީހުންނަކީވެސް ގޭންގު ބައެއް ނޫން.. އެމީހުން އުޅުނީކީ ލަމްއާން މަރައިލާކަށްވެސް ނޫން.. ” މަޑުމައިތިރިކަމާއި އެކު ލަމްއާންގެ ސުވާލަށް ކަމާލް ޖަވާބު ދިނެވެ. ” އަހަރެންނަށް ކިހިނެތް އެނގެނީ ކަލޭ ތިހަދަނީ ތެދުކަމެއް؟ ” ޝައްކެއްގެ މަތީ ހުރެ ލަމްއާން އަހައިލިއެވެ.

ކަމާލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ” އަހަރެން މީ އެމް.ވީ.އެސް.އޭ ގެ މެންބަރެއް.. މިއީ ފުލުހުންގެ މައްޗަށް އަނެއްހެން އޮންނަ ތަނެއް. ލަމްއާންއަށް ފެނުނު ދެމީހުން އުޅުނީ ލަމްއާން މަރައިލާކަށެއްނޫން.. ސަލާމަތްކުރަން.. އަހަރެންނަށް އެނގޭ ގަބޫލު ކުރަން ފަސޭހަ ވާހަކައެއް ނޫންކަން މި ދައްކަނީ.. އެކަމަކު މިއީ ހަގީގަތަކީ.. ” ކަމާލް ބުންޏެވެ. ލަމްއާން ކަމާލް ބުނި ވާހަކަ އަޑުއަހަން ހައިރާންވެފައި ހުއްޓެވެ. އޭނައަށް އެވާހަކަތައް ގަބޫލުކުރުންވީ އުނދަގޫ ކަމަކަށްށެވެ. މާވިންއާއި ދާރިއަން އެކޮޓަރިތެރެއަށް ވަދުނެވެ.

” އަހަރެންނަށް ލަމްއާންއަށް އެވަގުތު އަނިޔާވެރިވެވުނު ކަމަށްޓަކައި މާފަށް އެދެން.. އެވަގުތު އެހެން ކަންތައް ކުރުމަށް މަޖުބޫރުވީމަ އަހަރެން އެހެން ކަންތައް ކުރީ.. ” ލަމްއާނަށް ވިސްނައި ދިނުމުގެ ގޮތުން ދާރިއަން ބުންޏެވެ. ” ލަމްއާން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނައަށް ކަމާލް ދެއްކި ވާހަކަ ގަބޫލު ކުރެވުނެވެ. އެމީހުން ލަމްއާން މަރައިލަން އެޅުންނަމަ ލަމްއާން މިހާރު ދިރިނުހުންނާނެއެވެ. ” އަހަރެން ސަލާމަތްކޮށްދިނީތީ ޝުކުރިއްޔާ.. އެކަމަކު އަހަރެން އަހަރެންގެ އާއިލާ ގާތަށް ދާން ޖެހޭ.. ” ލަމްއާން ބުންޏެވެ. ” ތިކަން އެނގޭ އަހަރުމެންނަށް.. އެކަމަކު ލަމްއާންގެ އާއިލާ ގާތަށް ދިޔުން މިހާރު އެހާ ބުއްދިވެރިއެއް ނޫން.. ލަމްއާން ޖެހޭނީ ބޭރު ގައުމަކަށް ބަދަލުވާން.. ގޭންގު މީހުންނަށް ކަލޭ ފެނިއްޖެއްޔާ މަރައިލާނެ.. ” މާވިން ބުންޏެވެ.

” ތިހެނެއް އަހަރެންނަކަށް ނުހެދޭނެ.. އަހަރެންގެ ކޮއްކޮއަކާ އަންބެއް އެބަހުރި.. ” ލަމްއާން ބުންޏެވެ. ” ލަމްއާން ފެނިޖެއްޔާ އެމީހުންނަށްވެސް ނުރައްކާވާނެ.. ” މާވިން ބުންޏެވެ. ” އެނޫން އެހެންގޮތެއް އެބައިން.. ލަމްއާން އެއްކޮށް އައިޑެއްޓިޓީ ބަދަލުކުރުމަށްފަހު އެމް.ވީ.އެސް.އޭ އާ ޖޮއިން ވާންވީ.. އޭރުން މިތަނުން ލަމްއާންއަށް ޕްރޮޓެކްޝަން ލިބޭނެ.. އަދި އަމިއްލަ ނަފުސު ދިފާއުކުރާ ޓްރެއިނިންވެސ ލިބޭނެ.. ” ދާރިއަން ވިސްނާލުމަށްފަހު ބުންޏެވެ. މާވިން ދެލޯ ބޮޑުކޮށްލިއެވެ. އަދި ދާރިއަންގެ ޓީޝާޓްގައި ހިފައި ދަމާފައި ދުރަށް ގެންދިޔައެވެ.

” ކަލޭ މޮޔަވީތަ؟ ” މާވިން އެކޮޓަރިން ނިކުތުމަށްފަހު ދާރިއަން ފާރަށް ގަންނުވައިލަމުން އެހިއެވެ. ” މަށެއް މޮޔައެއްނުވެ.. ކަލޭއަށް ކީހިނެތްތަވީ؟” ދާރިއަން ވާނުވާގައި ހުރެ ސުވާލުކޮށްލިއެވެ. ” މީސްމީހުން މިތަނަށް ވެއްދުމުގެ ހުއްދައެއް މަގޭ އަތަކު ނޯވެއޭ.. އެއީ މިތާގެ އެންމެ ބޮޑުންގެ އަތުގައި އޮންނަކަމެއް.. ކަލޭ އޭނައާ ދިމާލަށް އެހެން ބުނާކަށް ނުޖެހެއެއްނުން.. ” މާވިން ދަތްކުނޑިވިކާލަމުން ބުންޏެވެ. ދާރިއަން ބޯކަހައިލިއެވެ. ” ދެން މިތާގެ މެނޭޖަރު ކައިރީގަ ނަމަވެސް ބުނަމާ؟؟ ” އަނގައަށް ގޮތެއް ހަދައިލަމުން ދާރިއަން ބުންޏެވެ. މާވިން ފުން ނޭވާއެއް ދޫކޮށްލިއެވެ. ” މަގޭ އަތުން މަރުވާން އުޅޭ އެއްޗެއް މީ.. ” ދާރިއަންއާއި ދިމާލަށް ދެލޯ ވަށްކޮލަމުން ބަލައިލަމުން މާވިން ބުންޏެވެ. ” ތެންކްސް ބަޑީ.. ” މާވިން ބުނި އެއްޗަކަށް އަޅައިލުމެއްނެތި ދާރިއަން ބުންޏެވެ.

މާވިން ކަޅިއަބުރައިލަމުން އެތަނުގެ މެނޭޖަރުގެ ކެބިންއަށް ގޮސް ދޮރުގައި ޓަކިޖެހިއެވެ. ދޮރު ފަހަތުން ވަނުމަށް ބުނުމުން އޭނަ ވަދުނެވެ. އޭރު ގިނަ ބަޔަކު އެ ކެބިން ތެރޭގައި ހަރަކާތް ތެރިވަމުން އުޅެއެވެ. ” އަހަ މާވިން.. ކިހިނެތްވީ މިތަނަށް ތިއައީ.. ” ޒިޔަލް އަހައިލިއެވެ. ” އަހަރެން މިއައީ ނިޔު ކެޑިޑޭޓެއެއް ރިކުއެސްޓް ކުރަން.. ” މާވިން ޒަޔަލްއަށް ބަލައިލަމުން ބުންޏެވެ. ” އޭނަގެ މައުލޫމާތުތައް ހޯދާފަ އަހަރެންނަށް ގެނޭ.. މިކަމަށް އެލިޖެބަލް ވަންޏާ ލައިޓެސްޓާރއިން ޓެސްޓްކޮށް ޕާސްވީމަ މިކޮޅަށް ވެއްދިޔަސް އަހަރެންގެ މައްސަލައެއްނެތް.. ޒަޔަލް ބުންޏެވެ. މާވިން ބޯޖަހައިލަމުން ކެބިންއިން ނިކުމެގެން ދިޔައެވެ.

މާވިން ކެބިންއަށް ނިކުމެގެން ހިގައިގަތްތަނާހެން ހޫރީންއާއި ދިމާވިއެވެ. ހޫރީންއަށް މާވިން ފެނުމުން ތުންފަތުގައި ދަތްއަޅައިލާ މާވިންއާއި ދިމާލަށް އޭނާގެ ތޫނު ދެލޮލުން ބަލައިލިއެވެ. ހޫރީންގެ މި އަމަލުން މާވިންގެ ބޮލަށް ހިޔާލެއްވެދެގެން ދިޔައެވެ. ނުލަފާ ގޮތަކަށް އޭނައަށް ހީލެވުނެވެ. މާވިން ހޫރީންއަށް ބަލައިލަމުން ލޮލުގެ އިޝާރާތުން ކައިރިއަށް އައުމަށް އެދުނެވެ. މާވިންގެ އެދުމަށް ހޫރީންގެ ދެލޯ ވިދައިލި ފަދައެވެ. ފެނުންނަގައިފައިވާ މަހެއް ފަދައިން ތެޅެމުން ފޮޅެމުން ހޫރީން މާވިންގެ ގާތަށްދިޔައެވެ. އަވަސް ކުރަން ހަދައިގެން އަމިއްލަ ދެފައި އޮޅުނު އިރުވެސް ހޫރީންއަކަށް ނޭނގުނެވެ. މާވިން ހުރީ އޭނާގެ ހިިނިގަނޑު ހިފަހައްޓާލައިގެންނެވެ.

ކުރު އިސްކޮޅަކާއި ހިމަ ހަށިގަނޑެއް ލިބިފައިވާ ހޫރީން ބަލައިލަން ހަޑިއެއްނޫނެވެ. ރަތްކަން ގަދަ ލިޕްސްޓިކްއެއް ތުންފަތުގައި ހާކައިފައިވާއިރު ތުންފަތް ރަތްކަމުން ހީވަނީ ލޭކޮޅެއްހެންނެވެ. ހަށިގަނޑުގެ ބައްޓަން އެނގޭފަދަ ހެދުމެއްލައިގެން ހުރިއިރު އޭނަގެ ވަނާތައް ހުރީ ހާމައަށްށެވެ. ހޫރީންއަކީ ފެށުނީއްސުރެ މާވިންއާ މޮޔަވެފަ ހުންނަ ކުއްޖެކެވެ. މިކަން މާވިންއަށް އެނގުނު ނަމަވެސް ނޭންގޭކަމަށް ހަދައިގެން ހުންނަނީއެވެ. ހޫރީން މާވިންގެ ސަމާލުކަން ހޯދަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން މާވިންއަށް އެނގެއެވެ. އެހެންކަމުން މާވިން އެކަމުގެ ބޭނުން ހިފަން ނިންމިއެވެ.

” ހޫރް ކިހިނެތް؟.. ނުފެންނަތާ ހާދަ ދުވަހެއް ވެއްޖެޔޭ ދޯ.. ” މާވިން ބުންޏެވެ. މާވިން އޭނައާއި ވާހަކަ ދެއްކުމުން ހޫރީން ހީވީ އުފަލުން އުނދުއްސައިގެން އަރަން އުޅުުނުހެންނެވެ. ” ހޫރްގެ ހާލު ރަނގަޅު މާވީ ކިހިނެތް؟ ” ތުއި ގޮތަކަށް ހީލަމުން ތޫލި އަޑަކުން ހޫރީން އަހައިލިއެވެ. ހޫރީންގެ އަޑުގައިވި ތޫލިކަމުން މާވިންގެ ކަންފަތުގައި ރިއްސައިގަތެވެ. ” އަހަރެން ހަމަ ރަނގަޅޭ.. އަހަރެން ބުނާ ކަމެއް ހޫރްއަށް ކޮށްދެވިދާނެތަ؟ ” މާވިން ގަދަކަމުން ހީލަމުން އަހައިލިއެވެ. ހޫރީން އަވަސް އަވަހަށް ބޯޖަހައިލިއެވެ. ” އަހަރެން ކީތްކޮށްދޭންވީ.. ” މާވިންގެ ހަށިގަނޑާ ކައިރިވަމުން މާވިންގެ އަތުގެ މުލައްދަނޑީގައި ހިފައި ފިރުމައިލަމުން ހޫރީން އަހައިލިއެވެ.

” އަހަރެން އަޑުއެހިން ހޫރީ ވަރަށް ކޯޑިންއަށާ ހެކް ކުރުމަށް މޮޅު ވާހަކަ… އަހަރެން ވަރަށް އާރޖެންޓްކޮށް ބޭނުންވޭ މީހެއްގެ އިންފޯ.. ހޫރީއަށް ހޯދައިދެވިދާނެތަ.. ” ހޫރީންގެ ދެލޮލަށް ބަލައިލަމުން ހިނިތުންވަމުން މާވިން އަހައިލިއެވެ. މާވިން ދިޔައީ ރަނގަޅަށް އޭނާގެ ޖާދޫގެ ދަލުގައި ހޫރީން ހައްޔަރު ކުރަމުންނެވެ. ” މާވީ ބުނީމަ ދެން ނޫނެކޭ ނުބުނެވޭނެއެއްނުން.. ހިހިހި.. ” ހޫރީން ތޫލި އަޑަކުން ހެމުން ބުންޏެވެ. ” ތެންކްސް ހޫރް.. ” މާވިން ގަދަކަމުން ހީލަމުން ހޫރީންއަށް ލަމްއާންގެ ފޮޓޯގަނޑު ދެމުން ބުންޏެވެ.

” މީ ހުސްވެސް އެ އުޅޭ ދަރުބޮޑީގެ ކަންތަކޭ.. ” ހޫރީން ދިޔުމުން ފުންނޭވާއެއް ދޫކޮށްލަމުން މާވިން ބުންޏެވެ. އެވަގުތު މާވިން ހޯދަން އައި ދާރިއަންއަށް އެއަޑުއިވުމުން އަނގައަށް ގޮތެއް ހަދައިލިއެވެ. ” މަށާ ދިމާލަށްތަ ދަރުބޮޑިއެކޭ ތިކިޔަނީ؟ ” ދެލޯ ވަށްކޮށްލަމުން ދާރިއަން އަހައިލިއެވެ. ” ކަލޭ ނޫން ކާކުތަ މަށަށް މިކަހަލަ އުނދަގޫ ޖައްސާނީ.. ” މާވިން ބުންޏެވެ. ” ހޫނ ހެވޭ.. ކޮން އަންހެން ކުއްޖެއްތަ ކަލެޔާ ވާހަކަ ދައްކަ ދައްކާފަ އެ ދިޔައީ؟ ” ދާރިއަން އަހައިލިއެވެ. ” ބޮޑު ބޮލު ރިހުމެއް އެއީ.. މިތަނަށް ޖޮއިން ކުރިއްސުރެ މަގޭ ބޮލުން ނައްޓަން ނޫޅޭ އަންހެނެއް ހުވާ މިބުނީ.. ދެން މިފަހަރު ކުޑަކޮށް އޭނަގެ ބޭނުން ހިފާލަނީ މި.. ” މާވިން ބޯހޫރައިލަމުން ބުންޏެވެ. ” ކަޑަ ކަމެއް ނުކުރައްޗޭ ތިހެން އުޅެފަ.. ” ދާރިއަން މާވިންއަށް ވިސްނައިދޭ ރާގަކަށް ބުންޏެވެ.

ދާލިޔާގެ އެހީތެރިކަމާއިއެކު އުކައިލް އޭނާގެ އާއިލާއޭ ކިޔައިގެން ދޮގު ވާހަކަ ފެތުރި މީހަ އަތުލައިގަތެވެ. ކޯޓު އަމުރު ދެއްކުމަށްފަހު އޭނަ ހައްޔަރުކޮށްގެން ކުޑަ ގޮޅިއަށްލިއެވެ. އުކައިލް ރުޅި އެރުވުމަށްޓަކައި އެމީހަ ދިޔައީ އެތަކެއް އެއްޗެއް އުކައިލްގެ އާއިލާއޭ ކިޔައިގެން ކިޔަމުންނެވެ. ” އަހަރެން އޭނައާ ސުވާލު ކުރަން ދާނަން.. ސާރ ގޮސްގެން މާ ކަންތައް ގޯސްވެދާނެ.. ” އިޔާދު އުކައިލްގެ ކޮނޑުގައި އަތް ބާއްވާލަމުން ބުންޏެވެ. އުކައިލް ދާން އުޅެފައިވެސް ދާލިޔާ އޭނަގެ އަތުގައި ހިފުމުން، އިޔާދު ދިޔުމަށް ފުރުސަތު ދެމުން އުކައިލް މަޑުކޮށްލިއެވެ.

އިޔާދު ހޯލްޑިން ސެލްއަށް ވަދުމަށްފަހު ކެމެރާތަކާއި ދިމާލަށް ބަލައިލިއެވެ. އަދި މަޑުމަޑުން ގޮޑީގައި އިށީނެވެ. ” އަލީ ދަހުލާން އާދަމް.. މިތަނަށް ގެނެވިފައިވަނީ ކީއްވެގެންކަން އެނގޭތޯ.. ” އިޔާދު ދަހުލާންއަށް ބަލައިލަމުން އަހައިލިއެވެ. ” ކަލޭމެންގެ މީހަކާ ބެހުނީމަ ޔޯލަ.. މަށަށް ކޮންކަމެއް.. ” ދަހުލާން ނުލަފާ ގޮތަކަށް ހީލަމުން ގޮޑީގައި ލެގިލާ ހަމަޖެހިލަމުން ބުންޏެވެ. ” ޕޮލިހުންގެ މައުލޫމާތަކީ އެކި މީހުންނަށް އެނގޭ މައުލޫމާތެއް ނޫން.. ކިހިނެތް ދަހުލާންއަށް ޕޮލިހެއްގެ މައުލޫމާތު ލިބުނީ؟ ” އިޔާދު އަހައިލިއެވެ. ” ދެން އެނގޭނު އެހެން މިހެން.. އެގޮތް މިގޮތައް.. ކަލޭމެން ގެންގުޅޭ ޕޮލިސް ޗިކު ދޯ މަ ބަސްޓްކޮށްލީ.. ފައްކައޭދޯ އޭތި.. ” ދަހުލާން ނުލަފާގޮތަކަށް ހީލަމުން އެ ކޮޓަރީގައި ޖަހާފައިވާ ބިއްލޫރިގަނޑަށް ބަލައިލަމުން ބުންޏެވެ.

އޭނައަށް އުކައިލް އެ ބިއްލޫރިގަނޑުގެ ފަހަތުގައި ބަލަން ހުރިކަން އެނގޭފަދައެވެ. ދާލިޔާއޭ ކިޔައިގެން މީހަކު އެފަދައިން ވާހަކަ ދެއްކުމުން އުކައިލްގެ ރުޅިގަނޑު ކެކި އަރައިގެން ދިޔައެވެ. ދާލިޔާ އޭނަގެ އަތުގައި ނުހިފެއްޓިނަމަ އުކައިލް އެ ކޮޓަރިއަށް ވަދުނީސްކަން ޔަގީންނެވެ. ” އޭނަ އުކައިލް ރުޅިއަރުވަން ކިޔާ އެއްޗެއް އެއީ.. ޕްލީޒް އޭނަ ކިޔާ އެއްޗަކަށް އަޅާ ނުލާބަލަ.. ” ދާލިޔާ އުކައިލްގެ މުލައްދަނޑީގައި ހިފައްޓައިގެން ހުރެ ބުންޏެވެ. އުކައިލް ފުންނޭވާއެއް ދޫކޮށްލަމުން އެތަނުން ދުރަށް ހިގައިގަތެވެ.

ހޫރީން ދިން މައުލޫމާތުތައް ހިފައިގެން މެނޭޖަރ ޒިޔަލްގެ ކެބިންއަށް ދިޔަ މާވިން ހުއްޓުން އެރީ މުޅި ކެބިންގައި ރަތްކުލައިގެ ބޮކިތައް ނިވި ދިއްލެމުން ދިޔުމުންނެވެ. އެއީ އެމް.ވީ.އެސް.އޭގެ ކޯޑް ރެޑްއެކެވެ. އޭނަ ޒިޔަލްގެ ޑެސްކްއާއި ގާތަށް ދިޔައިރު ޒިޔަލް ދިޔައީ ހާސްވެ ހުރެ ފޯނުން ވާހަކަ ދައްކަމުންނެވެ. ޒިޔަލްއަށް މާވިން ފެނުމުން އަވަސް އަވަހަށް ކައިރިއަށް އައުމަށް އިޝާރަތްކޮށްލިއެވެ. ” ސާރ ކިހިނެތްވެގެންތޯ މިއުޅެނީ؟ ” މާވިން ހާސްވެހުރެ އަހައިލިއެވެ.

” އަހަރެމެންނަށް މައުލޫމާތު ލިބިއްޖެ ޕޮލިހަކަށް ހަމަލާއެއް ދޭން މަސައްކަތް ކުރާ ކަމަށް.. ވަރަށް ބޮޑަށް އެމީހުން ވަނީ އެކަމަށް ރާވާފަ.. މައުލޫމާތު ލިބޭގޮތުންނަމަ މިރޭގެ ވަގުތަކު އެކަމެއް ކުރަން ތައްޔާރުވަނީ.. އަހަރެމެންނަށް މިކަން ނުހުއްޓިއްޖެނަމަ އެމީހަގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އެބައޮތް..” އެއް ނޭވާއިން ހާސްވެފައި ހުރެ ޒިޔަލް މާވިން ކުރި ސުވާލަށް ޖަވާބުދިނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

އެ އަންހެން ކުއްޖާ 05

Next

ފަންވަރު 09

Next
February 10, 2025

ފަންވަރު 09

Previews
February 10, 2025

އެ އަންހެން ކުއްޖާ 05

20 Comments!

  1. Zozo! says:
    February 10, 2025 at 12:01 pm

    Aneh kaa e gang baehtha eulhenee emeehun ah hamalaadhen!
    Varah reethi mi part ves! Maashaaallah!
    Keep it up
    Dhen Anna part than kolheh Avas koh up koh lah chey!

    1. Maash Maash says:
      February 10, 2025 at 8:04 pm

      Vedhaane ehenvx..
      Thank you Zozo! I’m glad you like it..
      insha allah next part wednesdayga genesdheynan.. mi dhiya week vrh busy koh ulhuny but dhen eheneh nuvaane insha allah💜🦋

  2. Vampire girl says:
    February 10, 2025 at 12:53 pm

    Ukail and dhaarian and Marvin ah gotheii nahadhahcheyy dhaaliya ah vx ….
    Haadha curious kohlaafa ey thi ninmaaly…..
    Can’t wait for next
    Whn next????

    1. Maash Maash says:
      February 10, 2025 at 8:06 pm

      Lets see dhw vaagoi..
      hehe vrh curious kohlaafa dhw mi nimmaalevuny..
      insha allah next part wednesdayga💜🦋

  3. Your fav bab says:
    February 10, 2025 at 1:16 pm

    E dhahkanee Ukail he vaahaaka tha??
    Ukail ah bother nahadhacheyy!!
    I luv this story it’s very inspiring
    Waiting for next impatiently
    Lysssm💗💗

    1. Maash Maash says:
      February 10, 2025 at 8:09 pm

      hama vedhaane dhww..
      hehe lets see dhw vaagoi..
      Thank you darling that means a lot..
      insha allah next part wednesdayga
      love you moree darlingg💜🦋

  4. shhhhhhhh says:
    February 10, 2025 at 1:32 pm

    wait koh koh avadhivi fahun.. finally… saturday in feshign hama mi story ge new episode eh aadheythw…..

    1. Maash Maash says:
      February 10, 2025 at 8:15 pm

      Sorry darling mi dhiya week ga ulhen jehunuleh busy kamun lasv.. dhen eheneh nuvaane iraadhakurehviyya.. Thank you for waiting for this episode💜🦋

  5. nujehey engeykah says:
    February 10, 2025 at 1:49 pm

    kaloa gayaa kihineh e v? anekka a hayyaru kuri golaa eii gang ehge meehehtha? e gang ge meehunthah tha e ulhenee polihakah hamalaa dheyn? anekka e golaa eii maavin men ulhey gang gola ehtha? or, e hamalaa dheyn ulhey police golaa akee ukail tha?
    mi curious vaa varun ulheveneekee nuney mihaaru. ehenya kiyas comment eh nukuran. ekam mi faharu hama kei nuvegen mi kuree.
    thankolheh avahah thi up koh beaa dhw

    1. Maash Maash says:
      February 10, 2025 at 8:26 pm

      V goi ingeyne dhen oii part kiyaaliima.. vama vedhaane thihen vx hama hehe.. i have nothing to say hehe🤐.. woah ur theories are awsome hehe.. vrh curious kohlevijje dhw mi part ga.. hehe vrh ufaajje story kiyaakan enguneema and mi part ah comment eh kohleemavx. next part wednesdayga up kohdheynan insha allah💜🦋

  6. shihaamaa ali shihaamaa ali says:
    February 10, 2025 at 2:18 pm

    OMG OMG OMG OMG OMG
    SOOOOOOO CRUIOUS GIRLLL I WANNA READ NEXT EP RNN CAN’T WATTT

    1. Maash Maash says:
      February 11, 2025 at 7:29 pm

      Hehehe lets see dhw vaa goi.. next part Tonight ga submit kuraanan💜🦋

  7. ^-^ says:
    February 10, 2025 at 3:47 pm

    ماشاء الله mi part vs v reethi
    When next???
    Next part thankolheh avahah up kohladhevidhaanetha pls ekm ingey mihen bunaairu vs busy vaane kan….

    1. Maash Maash says:
      February 10, 2025 at 8:31 pm

      Thank you darlingg… I’m glad u like it..
      Next part insha allah wednesdayga.. Thank you for your understanding.. dhen eheneh nuvaane insha allah💜🦋

  8. Naikko says:
    February 10, 2025 at 5:44 pm

    Mi part v v reethi
    Keep it up
    When next????

    1. Maash Maash says:
      February 10, 2025 at 8:32 pm

      Thank you Naikko.. I’m glad u like it..
      Next part insha allah wednesdayga..💜🦋

  9. lover gurll says:
    February 10, 2025 at 6:11 pm

    vv reethi mi part vx!!
    when is the next part??

    1. Maash Maash says:
      February 10, 2025 at 8:33 pm

      Thank you lover gurll. I’m glad u like it..
      Next part insha allah wednesdayga..💜🦋

  10. Cutie girl says:
    February 13, 2025 at 3:42 pm

    Mi part ves v reethi masha Allah
    Keep it up

    1. Maash Maash says:
      February 14, 2025 at 8:28 pm

      Thank you Cutie girl.. I’m glad u like it..
      Thanks for your support💜🦋

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 21←


All Right Reserved!