Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިންސާފު ލިބޭނެބާ – 16

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
January 25, 2025 5 Mins Read
24 Comments

ދާރިއަންގެ މޫނު މިޔާއަށް ފެނުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ޕެޕާރ ސްޕްރޭފުޅި، ލައިގެންހުރި ހަރުވާޅުގެ ޖީބަށްލަމުން ދާރިއަންއާއި ކައިރިވެލިއެވެ. ” ސޮރީ ސޮރީ އަހަރެން ހީކުރީ ވަދީހު އައީ ކަމަށް.. އާރ ޔޫ އޯކޭ؟ ވަރަށް ތަދުވޭތަ؟ އަހަރެން ކީއްކޮށްދޭންވީ؟ ” މިޔާ ހާސްވެފައި ހުރެ އަހައިލިއެވެ. ” ފެ..ން.. ފެން ” މައިނޭވާލަމުން ދިޔަ ދާރިއަންގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. މިޔާ އަވަސް އަވަހަށް ކުޑަ ޖަގަކަށް ފެން އަޅައިގެން އައިސް ފޮތިގަނޑަކަށް ފެންއަޅައި ދާރިއަންގެ މޫނުގައި ހާކަން ފެށިއެވެ. ދާރިއަން ހުރީ ޕެޕާސްޕްރޭ ނޭފަތަށް ވަދުމާއިއެކު ކޮށިއަރާ ގޮތް ވެފައެވެ.

***ޕާޓް 16***

ފަނަރަ މިނެޓްވަރު ފަހުން އޭނަ ހަމައަކަށް އެޅޭވަރުވީއިރު އޭނަގެ މޫނު ވަނީ އެއްކޮށް ރަތްވެފައެވެ. ދެލޮލުން ފެންއައުމުގެ ސަބަބުން ދެލޯ ދުޅަވެ، އޭނައަށް ލޯހުޅުވައިގެން އިނުންވެސް ވަނީ ދަތި ކަމަކަށްވެފައެވެ. ދާރިއަންއަށް ވެފައި ހުރި ވަރުން މިޔާ ހުރީ ރޮވޭގޮތްވެފައެވެ. ” އައިމް ސޮރީ.. ” ނޭފަތް ދަމާލަމުން ކުޑަކުއްޖަކު ގޯސްކަމެއް ކުރެވިގެން މާފަށް އެދޭފަދައަކުން މިޔާ މާފަށްއެދުނެވެ. މިޔާ މާފަށް އެދުންލެއް މައުސޫމްކަމުން ދާރިއަން ގާތަށް ހިނިއައެވެ. ” މި ކުއްޖާ ކައިރިއަށް އަންނަ ކޮންމެ ފަހަރަކު އަހަރެންނަށް އަނިޔާއެއް ލިބެޔޭ އެބަ.. ދެން މައްސަލައެއް ނޫނެއްނުން ތީތި ވޯކް ކުރާކަން އެނގިއްޖެއެއްނުން މިހާރު.. ” ސަމާސާ ރާގަކަށް ހިނިގަނޑެއް ޖަހައިލަމުން ދާރިއަން ބުންޏެވެ.

މިޔާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނަ ހުރީ ދާރިއަން ރުޅިއައިސްދާނެނެތީ ކަންބޮނޑުވެފައެވެ. ދާރިއަން މިޔާއަށްވީ ގޮތް ފެނުމުން ހިނިތުންވެލިއެވެ. ” އަމިއްލަ ލޮލަށް ނުޖަހައްޗޭ އަނެއްކާ ދިލަފަށެއް ނަގާލާ އެބަ އާހް.. ” ދާރިއަން ފޮތިކޮޅުން މޫނުފޮހެމުން ބުންޏެވެ. ” އަހަރެންވެސް މީ މޮޔައެއްނޫން އަމިއްލަ ލޮލަށް އަޅާކަށް.. ” މިޔާ އަނގައަށް ގޮތެއް ހަދައިލަމުން ބުންޏެވެ. މިޔާ ހަދައިލި ގޮތުން ދާރިއަން ހިނގަނޑެއް ޖަހައިލިއެވެ. ” އަހަރެން މިއައީ އުފާވެރި ހަބަރެއް ހިފައިގެންނޭ.. ” ދާރިއަން ބުންޏެވެ. އެއާއެކު މިޔާ ޝައުގުވެރިކަމުން ފުރުރިފައިވާ ނަޒަރަކުން ދާރިއަން އާއި ދިމާލަށް ބަލައިލިއެވެ. ” އާހް އަހަރެން ބުނަން އުޅުނު ވާހަކަ ވެސް ހަނދާން ނެތިއްޖެ، ދެލޮލުން ދިލަ ނަގާވަރުން.. ” ދާރިއަން ޑްރެމެޓިކްކޮށް ބުންޏެވެ. އޭނަގެ ލޮލުން މިހާރު ދިލަނެގުން ރަނގަޅުވެއްޖެއެވެ. ނަމަވެސް މިޔާ ތަޅުވައިލުމުގެ ގޮތުން އޭނަ އެހެން ބުންޏެވެ.

” އަނގައަކުންނެއް ނޫނެއްނުން ދިލަ ނަގަނީކީ ދިލަ ނެގިޔަސް ވާހަކަ ދެއްކިދާނެއެއްނުން.. ” މިޔާ ލޯއަޅައިލަމުން ބުންޏެވެ. ދާރިއަންއަށް ލާނެތް ގޮތަކަށް ހީލެވުނެވެ. އެއާއިއެކު މިޔާ ދާރިއަންގެ ނަމަށް ދަމާލަމުން ގޮވައިލިއެވެ. ” އޯކޭއޯކޭ މި ބުނަނީ.. މިޔާ ދޮންބެއަށް އެނގޭ މިޔާ މިތާގަކަން ހުރީ.. އަހަރެންނާ މިޔާ ދޮންބެއާ މި މަސައްކަތް ކުރަނީ މިޔާ މިތަނުން ސަލާމަތްކުރަން.. އިންޝާ ﷲ ދެން މިޔާ މިތާ އެހައި ގިނަ ދުވަހަކު ހުންނާކަށް ނުޖެހޭނެ… ” ބޮޑު ހިނިތުންވުމަކާއިއެކު ދާރިއަން ބުންޏެވެ. މިޔާގެ ހަށިގަނޑަށް ފިނިގަނޑެއް އެރިއެވެ. މިއޮތް ހުރިހާ ދުވަހު އޭނަ ހުރީ މިތަނުން ސަލާމަތް ނުވެވޭނެކަމަށް ހަދައި އުންމީދު ކަނޑައިލައިގެންނެވެ. ނަމަވެސް ދާރިއަންގެ ހަބަރުން އޭނާގެ އުންމީދުގެ ހުޅުކޮޅު ދިއްލިގެންދިޔައެވެ. އެހެންނަމަވެސް އޭނަ ބިރުގަތީ އޭނަ މާ ބޮޑަށް އުންމީދުކޮށްފަ އޭނަ ސަލާމަތް ނުވެއްޖެނަމަ ވާނެ ދެރަ ހިތަށް އަރާފައެވެ.

މިޔާގެ މޫނަށް އުންމީދުގެ ކުލަ އާރަފައި ކުއްލިއަކަށް އުއްބައްތިއެއްގައި ރޯވެފައިވާ ހުޅުކޮޅަށް ވައިޖެހުމުން ނިވޭ އުސޫލުން މިޔާގެ މޫނަށް އެރި އުންމީދުގެ ކުލަވަރު ނިވުމުން ދާރިއަން ހައިރާންވިއެވެ. ” މިޔާ ކިހިނެތްވީ؟ އަހަރެންނަށް ގޯސް އެއްޗެކޭތަ މި ބުނެވުނީ؟ ” މަޑުމަޑުން ދާރިއަން އަހައިލިއެވެ. މިޔާ ބޯހޫރުވައިލިއެވެ. ” އަހަރެންނަށް މީހުންނަށް އިތުބާރުކުރަން އުދަނގޫ.. ދާރިއަން އަހަރެންނަށް ތިހުރިހާ އުންމީދެއް ދީފަ އެކަން ކާމިޔާބު ނުވިޔާ ކިހިނެތްވާނީ.. ” މިޔާ އެސްފިޔަދަކުގެ ތެރޭގައި ފޮރުވިފައިވާ ކަރުނަތައް ސިއްރު ކުރުމުގެ ގޮތުން އެސްފިޔަތަށް ތިރިކޮށްލިއެވެ. މިޔާ ފޮރުވަން އުޅުނު ކަރުނަތައް ދާރިއަންއަށް ފެނުނެވެ. މިޔާގެ ސުވާލުން ދާރިއަންގެ ހިތުގައި ރިއްސާލިއެވެ.

” މިޔާ ލުކްއެޓް މީ.. ” ދާރިއަން މަޑުމަޑުން ބުންޏެވެ. ދާރިއަން ދިޔައީ މިޔާގެ ކޮންމެ ހަރަކާތަކަށް ފަރުވައިތެރިކަމާއިއެކު ބަލަމުންނެވެ. މިޔާ މަޑުމަޑުން ދާރިއަންއަށް ބަލައިލިއެވެ. ” އަހަރެން ދިރިހުރިހައި ހިނދަކުން މިޔާ ސަލާމަތް ކުރާނެކަމަށް އަހަރެން ވައުދުވަން.. އަހަރެންނަކީ ވައުދު އުވައިލާ މީހެއް ނޫން.. އަހަރެން މިޔާ ސަލާމަތް ކުރާނަން. ” ދާރިއަން އަޒުމާއިއެކު ބުންޏެވެ. ދާރިއަންގެ ވާހަކައިން މިޔާގެ ހިތަށް ފިނިކަމެއް ވެރިވެގެން ދިޔައެވެ. މަޑުމަޑުން ދާރިއަންއަށް އިތުބާރު ކުރަމޭ ބުނާފަދައަކުން އޭނަ ބޯޖަހައިލިއެވެ. ދާރިއަން ފޯނު ނަގައި މީހަކަށް ގުޅައިލިއެވެ. އެމީހަ ފޯނު ނެގުމުން ސްޕީކާރއަށްލިއެވެ.

” ދާރިއަން ކަމެއްޖެހުނީތަ؟ ” ފޯނުން އައި މާވިންގެ އަޑުން މިޔާގެ ހިތައް މަސްހުނި އިހްސާސްތަކެއް ވެރިވެގެން ދިޔައެވެ. އެއްކޮޅުން އޭނަ ބޭނުންވީ ލޯބިވާ ދޮންބެގެ އަޑު ތިން އަހަރަށްފަހު އިވުމުން ރޯށެވެ. އަނެއްކޮޅުން އޭނަ ބޭނުންވީ އެހާ ދުވަހަށްފަހު ލޯބިވާ ދޮންބެގެ އަޑުއިވުމުން ހީ އުފާފާޅުކުރާށެވެ. މިޔާ ދެލޯ ކަރުނުން ފުރި ބަންޑުންވިއެވެ. ” ދޮންބޭ ” ތުރުތުރު އަޅާ އަޑަކުން މިޔާއަށް ގޮވައިލެވުނެވެ. މާވިންގެ އަޑު ކަރުގައި ތާށިވިކަމުގެ އިހްސާސް އޭނައަށް ކުރެވުނެވެ. ލޯބިވާ ކޮއްކޮގެ އަޑު ތިން އަހަރަށްފަހު އިވުމުން އޭނަގެ ހިތުގައި ހިފައި ބާރުކޮށްލިފަދަ އިހްސާސެއް ކުރެވުނެވެ. ” ކޮއްކޯ ” މާވިންއަށް މަޑުމަޑުން ގޮވައިލެވުނެވެ. މިޔާއަށް ގިސްލެވެންފެށިއެވެ. ދާރިއަން މިޔާ އަތަށް ފޯނުދެމުން ދުރައްޖެހިލީ ދެބޭންނަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެމުންނެވެ.

” ދޮންބެއަށް.. މާފު ކުރޭ ކޮއް..ކޯ.. މިއޮތް ހުރިހާ ދު.. ދުވަސް ވީއިރުވެސް ދޮން..ބެ ހުރީ ކަނުބަނދެވިފައި.. ” މާވިންގެ އަޑުއައީ ކެނޑިކެނޑިގެނެވެ. މިޔާއަށް މާވިން ގާތުގައި ނެތް ނަމަވެސް ބޯހޫރައިލެވުނެވެ. ” ދޮންބެ ތިހެން ނުބުނޭ.. ދޮންބެ މާފަށް އެދޭވަރުގެ ކަމެއް ނުކުރޭ.. ” ގިސްލަމުން މިޔާ ވާހަކަ ދެއްކިއެވެ. ” އަހަރެން ދުވަހަކުވެސް ބައްޕައަކަށް މާފެއް ނުކުރާނަން… ” ރުޅިވެރި ކަމާއިއެކު މާވިން ބުންޏެވެ. އޭރު އޭނަގެ ހަށިގަނޑު ދިޔައީ ހިތާމަޔާއި ރުޅީގެ ސަބަބުން ތުރުތުރު އަރަމުންނެވެ. މިޔާއަށް އެއްޗެކޭ ނުބުނެވުނެވެ. އޭނައަށް ދެވުނީ ގިސްލެވެމުންނެވެ. ” ކޮއްކޯ ހުއްޓާލާ ޕްލީޒް ދޮންބެއަކަށް ކެތެއްނުވާނެ ކޮއްކޮ ތިހެން ރޯ އަޑު އަހާކަށް.. ދޮންބެ ކޮއްކޮ ސަލާމަތްކޮށްދޭނަން މީ ދޮންބެ ވާ ވައުދެއް. ” މާވިން ބުންޏެވެ. ” އަހަރެން ދޮންބެއަށް އިތުބާރު ކުރަން.. ” ނޭފަތް ދަމާލަމުން މިޔާ ބުންޏެވެ.

ޒާލިކް ހުރީ ދާރިއަންގެ މަސައްކަތަށް ބޭނުންވާނެފަދަ އިތުރު ތަކެތި އުފައްދާށެވެ. އޭރު އޭނަ ގާތު ޔުނާން އަދި ލާމިއު އުޅެއެވެ. ” ޕިސްޕިސް ކަލޭ އަންހެނެއްހެން ކޮން ޗުކުޗުކުއެއްތަ ތި ތަޅުވަނީ؟ ” ޒާލިކް އަމިއްލައަށް ދެބުމަ ގޮށްޖަހައިގެން ހުރެ ވާހަކަ ދައްކާތީވެ ޔުނާންއަށް ބުނެވުނެވެ. އެއާއިއެކު ޒާލިކް ޔުނާން އާއި ދިމާލަށް ލޯއަޅައިލިއެވެ. ” ޔުނާންވެސް އެބުނީ ތެދެކޭ.. ކަލޭ ކޮންކަމަކާތަ އެހާ ނައްޓާފަ ތިހުންނަނީ މިއަދު؟ ” ލާމިއު ސުވާލުކޮށްލިއެވެ. ” އަދިވެސް މަގޭ ރުޅިމަޑު.. އެ އުކައިލްގަނޑު މަގޭ ހުރިހާ އެއްޗެއް ފޭރިގަނެގެން އެހުންނަނީ.. ފުރަތަމަ މަށަށް ލިބެންޖެހޭ ޕްރޮމޯޝަން ދެން މަގޭ ލިޔާ.. ލިޔާވެސް މޮޔަވެފަ އެހުންނަނީ.. ” އަނގައަށް ގޮތެއް ހަދައިލަމުން ދެބުމަގޮށްޖަހައިލަމުން ޒާލިކް ބުންޏެވެ.

” ޕިސްޕިސްޕިސް.. ކަލެޔަށް ތިވަރެއް ވަނީ އަންހެނަކާ ހެދިތަ؟ މި ދުނިޔޭގަ އަންހެނުން އުޅޭނޭ ދާލިޔާ ނޫނަސް.. އާ އެހެންޏަ އަންހެނުން ހުސްވެގެނެއް ނޫން ވިއްޔާ މި އުޅެނީކީ.. ކަލޭވާ ރަނގަޅު.. އުކައިލްއަކީ ކަލޭގެ ބޮސްއަށް ވާއިރު އޭނައާ ދިމާލަށް ހުރެގެން އެތިވަރު ތި ގޮވަނީ ” ބޯހޫރާލަމުން ޔުނާން ބުންޏެވެ. ޒާލިކް އައި ރުޅިން އޭނާގެ މޭޒު މަތީ ހުރި އެއްޗެހިތައް އަތުން ޖަހައި ވަރައިލިއެވެ. އެއާއިއެކު ޔުނާން އަދި ލާމިއު ސިހުނެވެ. ” ޒާލިކް ތީ ކޮންކަމެ- ” ލާމިއުގެ ޖުމުލަ ފުރިހަމަ ކުރުމުގެ ކުރިން ޒާލިކް ބޭރަށް ނުކުމެ ބާރުބާރަށް ވޯކްޝޮޕްގެ ދޮރު ޖަހާފިއެވެ. ޔުނާން އާއި ލާމިއު ހައިރާންވެ ހުރެ އެކަކު އަނެއްކަކަށް ބަލައިލިއެވެ. އެއީ ދުވަހަކުވެސް ޒާލިކް އުޅުނު ގޮތެއް ނޫނެވެ.

ދެ ހަފްތާ ވޭތުވެ ނިމިގެން ދިޔައީ ވަރަށްވެސް އަވަހަށްށެވެ. ދާރިއަންއަށް މިފަހަރުވެސް ހޭލެވުނީ ދާރިއަން ދޮރުގައި ތަޅާ އަޑަށްށެވެ. އޭނައަށް ހޭލެވުމުން މޫނުމަތީ ބާލީސްއަޅައި ބާރުކޮށްލިއެވެ. މާވިން ކޮޓަރިއަށް ވަން އަޑަށް އޭނަ ކޮއްޅަށް ޖެހުނުވެ. ” މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ؟ މަގޭ އަނބެއް ހުންނަނަމަ އޭނައަކަށް ދުލެއް ނުކުރާނެ.. ” ނިދިކޮޅު ހަރާބުވުމުން އައި ރުޅީގައި ދާރިއަން ބުންޏެވެ. މާވިން ގާތަށްއައީ ލާނެތް ހިންޏެކެވެ. މި ވޭތުވެ ދިޔަ ދެހަފްތާގެ ހާލަކީ މީއެވެ. ” ތި ތައްޔާރުވާން އުޅެބަލަ.. މަ އަޑުއެހިން ކަލޭގެ އެންމެ ފަހު ޓެސްޓް އޮތީ މިއަދޭ.. ” މާވިން ސީރިއަސް ވެލަމުން ބުންޏެވެ.

އެއާއިއެކު ދާރިއަންގެ ނިދިކޮޅު ފިލައިގެން ދިޔައީ ކޮންތާކަށް ކަމެއް ނޭގެއެވެ. ދެލޯ ދެ ކާއްޓަށް ހަދައި ބޮޑުކޮށްލަމުން މާވިން އާއި ދިމާލަށް ބަލައިލިއެވެ. ” އެންމެ ފަހު ޓެސްޓު؟ މީހަކު މަރައިލުން؟ ” ދާރިއަން ހިންދިރުވައިލަމުން ބުންޏެވެ. މާވިން ބޯޖަހައިލިއެވެ. މާވިން ހުރީ ވަރަށް ހަމަޖެހިފައެވެ. މިކަމުން ދާރިއަން ގާތަށް ކުޑަކޮށް ރުޅިއައެވެ. ” ކަލޭ މާ ހަމަޖެހިގެން ތިހުންނަނީ ކޯއްޗެއްވެގެންތަ އޭ؟ މަ ބޭނުމެއް ނޫން އެކަކުވެސް މަރާކަށް.. މަށަށް ވާނަމަ މަ މަރާލާނީ އެ ވަދީހު.. މަޑުކޮށްބަލަ.. ކަލޭވެސް މި ގޭންގަށް ވައްދާނީ އެ ޓެސްޓްތަށް ހަދާފައެއްނުން؟ ކަލޭ މީހަކު މަރާފަތަ ތިހުރީ؟ ” މަޑުމަޑުން ދާރިއަން ސުވާލުކޮށްލިއެވެ. ” ކިހިނެތް ހީވަނީ؟ ” އެއްމިޔަކަނުން ހީލަމުން މާވިން ސުވާލުކޮށްލިއެވެ.

” މާވިން ސަކަރާތް ނުޖަހާ ބުނެބަލަ.. ” ދާރިއަން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ. ” ތިބުނީ ތެދެއް އަހަރެންނަށްވެސް ޖެއްސި މީހަކު މަރަން.. ” މާވިން ބުންޏެވެ. ” ކަލޭ އޭނަ މެރިންތަ؟ ” ދާރިއަން އަހައިލިއެވެ. ” އާނ އެމީހުން ދެކޭގޮތުންނަމަ އަހަރެން އޭނަ މަރާލީން.. ” މާވިން ސިއްރުވެރި ގޮތަކަށް ބުންޏެވެ. ” އެމީހުން ދެކޭ ގޮތުން ނަމައޭ؟ ” ދާރިއަންއަށް އަހައިލެވުނެވެ. ” އާނ އަހަރެން ގާތު މަރާލަން ބުނި މީހަކީ ގޭންގަށް ބިޓްރޭ ކުރި މީހެއް.. އޭނަ ބޭނުންވީ އަންހެންކުއްޖަކަށްޓަކައި އައު ފެށުމެއް ފަށަން.. އެހެންވެ ގޭންގު މީހުން މަށަށް އެމީހަ މަރައިލާން ޖެއްސީ.. ” މާވިން ބުންޏެވެ. ” ދެން ކަލޭ ކީއްކުރީ؟ އެމީހުން ދެކޭ ގޮތުގަ އޭނަ މަރައިލީމޭ ތިބުނަނީ ކީއްވެ؟ ” މާވިންގެ ވާހަކަ ޝައުގުވެރިކަމާއިއެކު އަޑުއަހަންހުރެ ދާރިއަން ކުރިން ކުރި ސުވާލު އަނެއްކާވެސް ތަކުރާރުކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ޑައިރީ ( އެ އަންހެން ކުއްޖާ ) ފަހު ބައި

Next

ފުރަތަމަ ނަޒަރުން (8)

Next
January 25, 2025

ފުރަތަމަ ނަޒަރުން (8)

Previews
January 24, 2025

ޑައިރީ ( އެ އަންހެން ކުއްޖާ ) ފަހު ބައި

24 Comments!

  1. Nawar says:
    January 25, 2025 at 8:56 pm

    maavin ah maraalan jehsy ukail eii noonbaa…
    Ekm ukail biteh vx nugengulhey 🤔🤔
    Tuesday ey kiyaafa miadhu genes shiny a vrh surprise vi….
    Anyways mi part vx varah varah reethi..,,
    Whn next??

    1. Nawar says:
      January 25, 2025 at 8:58 pm

      Alhugandah olhuny… heekury Tuesday ga ey kamah buny sorry 😐😔😔

    2. Maash Butterflyyyyy says:
      January 26, 2025 at 8:29 am

      Hehe lets see dhww..
      Tuesdayga butterfly buneemey mi part genesdheyny saturdayga ey😅
      Thankyou darling I’m glad u like it..
      next part tuesdayga insha allah💜🦋

  2. Anonymous says:
    January 25, 2025 at 10:47 pm

    this part is also beautiful

    1. Maash Butterflyyyyy says:
      January 26, 2025 at 8:50 am

      Thank you Anonymous glad u like it💜🦋

  3. cutie girl says:
    January 25, 2025 at 11:45 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    anehkaa kaaku maavin ah maraalan jehshee
    ukail and dhaaliya gulhuvachey
    miyaa dhaarian ves
    they all are made for each other
    i appreciate your hard work
    love you butterfly

    1. Maash Butterflyyyyy says:
      January 26, 2025 at 8:53 am

      Thank you cutie girl glad u like it💜🦋
      Next part insha allah tuesdayga..
      Thankyou for ur support darling
      Lets see dhw maavin kaaku thw maraaly..
      Love you more darlingg💜🦋

    2. Maash Butterflyyyyy says:
      January 27, 2025 at 9:08 pm

      Thank you cutie girl.. I’m glad u like it..
      Next part submit kohlaafin dhemme hama.
      thank you for ur support darling..
      Lets see dhw dhen vaagoii..
      I appreciate ur support💜
      Love you more darlingg💜🦋

    3. Maash Butterflyyyyy says:
      January 27, 2025 at 9:26 pm

      My bad.. I didnt saw my previous reply hehe sorry😅

  4. Maash Butterflyyyyy says:
    January 26, 2025 at 9:08 am

    So guys I need 3 girl names and 5 varakah boy names vigil service agents ah.. I’m gonna let you pick the names and komme kujjehge name thaku therein one name storyga himanaanan insha allah💜🦋

  5. zozo says:
    January 26, 2025 at 4:39 pm

    boy names thakuga alhugadah varah loabi nameh AYANSH akee
    girl eh ge gothuga SEHRISH
    hope u like these names

    1. Maash Butterflyyyyy says:
      January 27, 2025 at 9:09 pm

      Thank you zozo.. I love those names💜🦋

  6. Your fav bab says:
    January 26, 2025 at 5:50 pm

    Very nice and interesting
    I love this story so much
    When next???
    I’m going further more curious
    Hhehehehhe….
    Girl names therein I like:- kiyaaraa, Nalvi (Nalko)
    Boys names therein I like:- lamaan, Raahool,

    1. Maash Butterflyyyyy says:
      January 27, 2025 at 9:11 pm

      Thank you Your fav bab.
      Aww I’m glad u like it..
      Next part mihaaru submit kohlaafin.. admin approve kohleema upload vaane..
      hehe i see
      Thank you i love those names💜🦋

  7. Nawar says:
    January 26, 2025 at 8:18 pm

    GIRLS
    yukabith
    Mishya
    Raiha
    Kiyara
    Afreen
    Ayaany
    Zoya
    Naira
    Yalvy
    Yaisha
    Naash
    Nimra
    Hoorain
    Boys
    Yaanish
    Zaish
    Shail
    Yazdhaan
    Kamil
    Firushaan
    Nazaan
    Naizak
    Maaish
    Alaan
    Ishaan
    Idhaan
    Dhiflaan
    Kayaan
    Nuaim
    Naisham

    1. Maash Butterflyyyyy says:
      January 27, 2025 at 9:14 pm

      Thank you Nawar..
      I love those names💜🦋

  8. Anonymous says:
    January 27, 2025 at 2:15 pm

    Butterfly varah Reethi ingey story.sorry lahun kohlevuny ma
    Rifoo ge name thakun himanaalahchey ingey
    Girls
    Nawar
    Naureen
    Neera
    Nishya
    Nishka
    Nahuma
    Nauma
    Naisha
    Naira
    Naura
    Nauha
    Nausha
    Nilma
    Dhimra
    Dhimna
    Dheema
    Dheena
    Dhifla
    Sara
    Shaina
    Shauna
    Shaila
    Shaima
    Sheena
    Shaufa
    Shaura
    Shihaama
    Shiura
    Laura
    Laara
    Laira
    Lainy
    Laika
    Laiha
    Limya
    Liviya
    Liyaanaa
    Laisha
    Loon
    Luna
    Hishma
    Hilma
    Himna
    Boys
    Nukshaan
    Nuhaik
    Nail
    Nimaal
    Nikyan
    Nihaan
    Nauhaan
    Numan
    Niumaan
    Liyaan
    Layaan
    Liam
    Luke
    Shaayan
    Shayaan
    Shiaan
    Dhen vx dhigu list eh.ekam dhen nimmaaly.hope one name viyas himanaane kamah.
    Love ya

    1. Maash Butterflyyyyy says:
      January 27, 2025 at 9:17 pm

      Thanks rifoo I’m glad u like it..
      hehe dhen thi varun ragalhuvaane.. yess rifooge name thakuthereyn name eh himanaanan..
      I love those names..
      Love you more darlingg💜🦋

  9. RIFSHA says:
    January 27, 2025 at 2:20 pm

    Mee Rifoo ge comment eh ingey butterfly.Log out vegen comment kuran mi jehuny log in vegen veema lahun submit vaathy com

    1. Maash Butterflyyyyy says:
      January 27, 2025 at 9:18 pm

      hehe yes I understand darling💜🦋

  10. shihaamaa ali shihaamaa ali says:
    January 27, 2025 at 2:38 pm

    Heyy butterflyyyyyy
    It’s been a while since a commented dhw hehe.. gurl i’ve been busy so much😭 my own comments ah ves reply dhevenii kiriya kiriya hehe.. but i read your story time v varakun.. i rlly love this story🥰
    Maavin and Dhaariyan close v dhw.. hehe i am delulu-ing a hot bromance already lol😂😭
    Anyways love the storyyy and can’t wait for next ep
    Lysm dear❤️❤️

    1. Maash Butterflyyyyy says:
      January 27, 2025 at 9:24 pm

      Heyy Shiherr
      Same I’m also very busy thats why shiher story ah vx comment nukurany.. but i read ur story hama gavaidhun hehe.. Aww thankss i love ur story too💜
      Maavin and dhaarian besties ah vany but now that u said it i can see their bromance too😭😭
      Thank youuu.. I’m glad u like it..
      Love u more darlingg💜🦋

  11. Vempire girl says:
    January 27, 2025 at 5:28 pm

    Maashaa Allah mi story varah varah reethi….
    Girls
    Kiyaaraa
    Kiara
    Kaina
    Kaureen
    Khashiaa
    kazya
    Naureen
    Nishva
    Nashwa
    Nashfa
    Malak
    Mauna
    Maira
    Maiha
    Malha
    Manha
    Lamha
    Laara
    Laina
    Luyoona
    Laika
    Aniya
    Aira
    Aika
    Aaayaa
    Aalaa
    Aasha
    Ailish
    Aaraa
    Boys
    Kayaan
    Kiyaan
    Kaain
    Khashiu
    Alvin
    Almaan
    Alshan
    Aain
    Alsham
    Aisham
    Razaan
    Rizaan
    Rishaan
    Raahin
    Naisham
    Haanim
    Hishaan
    Lausham
    Lam’aan
    Laaamiu
    Lakyan
    Aayan
    Zakuvaan
    Zimaam
    Zaamil
    Zaish

    1. Maash Butterflyyyyy says:
      January 27, 2025 at 9:25 pm

      Thank you Vampire girl I’m glad u like it..
      Thankyou for ur names.. I love them💜🦋

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 17←


All Right Reserved!