Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާ

އެދަތުރު – 03

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
February 14, 2025 5 Mins Read
6 Comments

އާރާގެ ކަރުގައި އޮތް ފަށުފުލުގެ ފުޅީގެ މަތި ނެގުމަށްފަހު ވަސްބަލައިލިއެވެ. އެ ފުޅީގައި ހުރި ނޫކުލައިގެ ރެނދަން ފާޑުގެ ކުޑިތައް އޭނަގެ ހަށިގަނޑަށް ވަނުމުން އާރާގެ ދެލޮލުގެ ކަޅި ކަނޑު ނޫކުލަޔަކަށް ބަދަލުވެގެން ދިޔައެވެ. އާރާގެ އިސްތަށިގަނޑަށް މަޑު ޗޮކްލެޓް ކުލައެއް އަރައިގެން ދިޔައިރު، ލައިގެން ހުރި ހެދުން ހުދު ކުލަޔާއި މަޑު ނޫ ކުލައިގެ ތަންތަންކޮޅުން ވިދާ ފަދައިން ބަދަލުވެގެން ދިޔައެވެ. އަދި އާރާގެ ބޮލުގައިވެސް ހުދާއި ނުލުގެ ތާޖެއް އެޅިގެން ދިޔައެވެ.

***ޕާޓް 3***

” ވާއު.. ސޯ ޕްރިޓީ މާޝާﷲ.. ” މައިލީ އޭނަގެ ކޮއްކޮމެން ފެނުމުން ބުނެލެވުނެވެ. އާރާ އާއި ޝަފާ އެކަކު އަނެކަކަށް ބަލައިލަމުން ހީލިއެވެ. ” ޝަފާއަށް ތިހިރީ ސައިލެސްގެ ބާރުތައް ލިބިފަ އަދި އާރާއަށް ޒޭވިއާރގެ ބާރުތައް ލިބިފަ ތިހުރީ.. އާރާއަށް އަލި ކޮންޓްރޯލް ކުރެވޭނެ ޕްލަސް އިލޫޝަންސް ކްރިއޭޓް ކުރެވޭނެ އަދި ބޭނުންނަމަ އުދުހެވޭނެ.. ދެން ޝަފާއަށް އަނިޔާއެއް ލިބުނަސް ހީލް ކުރެވޭނެ އަދި އަލިފާން ކޮންޓްރޯލް ކުރެވޭނެ.. އާރާއެކޭ އެއްގޮތަށް އުދުހެވޭނެ.. ” ރަފަޔެލް ދެކުދިންނަށް ލިބުނު ބާރުތަކުގެ ވާހަކަ ކިޔައިދިނެވެ. ޝަފާ އާއި އާރާ ކަނުލައި އަޑުއަހަން ހުއްޓެވެ.

” ވަޓް އެބައުޓް މިލީ ސިސް.. ޑަޒް ޝީ ހޭވް އަ ޕަވާ؟ ” އާރާ ސުވާލުކޮށްލިއެވެ. ރަފަޔެލް މައިލީއަށް ބަލައިލަމުން ބޯޖަހައިލިއެވެ. ” މައިލީގެ ކަރުގައި އޮތް ފަށުފުލުގައި އިން ރިނދަލި ހުޅުވާފަ އޭގަ އިން އިތާމުތުގައި ފިރުމާލީމަ އަހަރެންގެ ބާރުތައް ލިބޭނެ. އެކަމަކު އެހެން ކަންތައް ކުރެވޭނީ އަހަރެން މީހެއްގެ ބާރުގެ ދަށުގަ ހުރިއްޔާ ނޫނީ އަހަރެން ނުރައްކަލެއްގެ ތެރޭގައި ހުރިއްޔާ.. ” ރަފަޔެލް ކިޔައިދިނެވެ. މައިލީ މަޑުމަޑުން ބޯޖަހައިލިއެވެ. ” އެހެންވީމަ ސައިލެސްމެން ސަލާމަތް ކުރަން ހިނގާދަމާ.. ” ޝަފާ ބުންޏެވެ. ” އޯހް ވަރަށް މޮޅު ޕްލޭނެއް ތީ.. ސައިލެސްމެން ސަލާމަތް ކުރަން ދަމާއޭ ކިޔާފަ ދިޔަޔަސް ސަލާމަތެއް ނުވާނެ.. ދެމީހުން ފުރަތަމަ ޖެހޭނެ ތި ބާރުތައް ބޭނުން ކުރަން ދަސްކުރަން.. ” ރަފަޔެލް ބޯހޫރުވައިލަމުން ބުންޏެވެ.

އާރާއާއި ޝަފާ އޯކޭއޭ ބުނުމުން ރަފަޔެލް އެމީހުން ގެންދިޔައީ އެރަށުގައި މީހުން ނޫޅޭ ސަރަހައްދަކަށްށެވެ. ” މިތާ ހުރި ހުރިހާ ގަހެއްގަ ރޯ ނުކޮށްލާ އެ ދަރުކޮޅުގަ ރޯކޮށްލެވޭތޯ ބަލާބަ.. ފޯކަސް ޝަފާ ކުރަން ބޭނުންވާ ކަންތަކަށް..” ރަފަޔެލް ބުންޏެވެ. ޝަފާ ބޯޖަހައިލަމުން ރަފަޔެލް ބުނިގޮތަށް ކަންތައް ކުރަން ފެށިއެވެ. އޭނަގެ ރަތްކުލައިގެ ދެލޯ ދިއްލެން ފެށިއެވެ. ޝަފާ ދަރުކޮޅަށް ބަލަން ހުއްޓައި އެދަރުކޮޅުގެ ފަހަތުގައި ހުރި ގަހުގައި ހުޅުހިފިއެވެ. ޝަފާ ހާސްވެފައި ރަފަޔެލްއަށް ބަލައިލިއެވެ. ” ޝަފާއަށް އަމިއްލައަށް އެ އަލިފާންގަނޑު ނިއްވާލެވޭނެ.. ގަހާ ދިމާލަށް ބަލާފަ އަލިފާންގަނޑު ނިއްވާލަން ހިތަށް އަރުވާ.. ” ރަފަޔެލް ބުންޏެވެ. ޝަފާ ހާސްވެފައި ހުރެ އެހެން ކަންތައް ކުރިއެވެ. ނަމަވެސް އަލިފާންގަނޑު އިތުރަށް ފެތުރެން ފެށިއެވެ. ރަފަޔެލް އޭނަގެ ބާރުތަށް ބޭނުން ކޮށްގެން ފެނުން އަލިފާންގަނޑު ނިއްވަން ފެށިއެވެ. ” ޝަފާ ކާމް ޑައުން އެންޑް ފޯކަސް.. ” މައިލީ ޝަފާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުންޏެވެ.

ޝަފާ ފުންނޭވާއެއްލުމަށްފަހު ގަހަށް ބަލައިލިއެވެ. އާރާވެސް ޝަފާއަށް ހިތްވަރު ދިނުމުގެ ގޮތުން، ޝަފާގެ އަތުގައި ހިފައިލިއެވެ. އިރުކޮޅަކު އަފިފާންގަނޑު އެހެން ހުރުމަށްފަހު ކުއްލިއަކަށް ގެއްލުނެވެ. އެ އަލިފާންގަނޑު އެރީ އުޑަށް ކަމެއް ނޫނީ ވަނީ ބިންފަޅާފަ އަޑިއަށް ކަމެއް ނޭނގެއެވެ. ” ދެން ބަލާބަލަ އެ ދަރުކޮޅުގަ ރޯކުރެވޭތޯ.. ” ރަފަޔެލް ބުންޏެވެ. ޝަފާ ދަރުކޮޅަށް ބަލައިލުމާއިއެކު ރޯވިއެވެ. ” ޔެސް.. ” ޝަފާއަށް އޭނަގެ ބާރުތައް ކޮންޓްރޯލް ކުރެވުމުން ބުނެވުނެވެ. ” ނޮޓް ބޭޑް.. އުދުހެން ދަސްކުރާނީ ފަހުން.. އަހަރެންނަކަށް ހިޔެއް ނުވޭ އުދުހެން ޖެހޭނެހެނެއް.. ” ރަފަޔެލް ހިނިތުންވަމުން ބުންޏެވެ.

ރަފަޔެލް އާރާއަށް ގޮވައިލިއެވެ. ޝަފާ މައިލީ ގާތަށް އަންނަމުން އަތާ އަތް ޖަހާލިއެވެ. ” އާރާގެ އަލީގެ ބާރުތައް ބޭނުން ކުރެވޭނީ ޒޭވިއާރގެ ކަނޑި ބޭނުންކޮށްގެން.. އާރާ އަތުގަ ކަނޑިއެއް ނެތީމަ އެ ބާރުތަކެއް ބޭނުމެއް ނުކުރެވޭނެ.. އެކަމަކު އާރާއަށް މީހުންގެ ލޮލަށް އެތަނެއްގަ ނުހުންނަ އެއްޗެހި ދެއްކުމުގެ ބާރު ހުންނާނެ.. އަހަރެން ބޭނުންވަނީ އާރާގެ ސިކުނޑިއަށް ސިފަކުރަން ޒޭވިއާރ ކަނޑި ހިފައިގެން ހުއްޓަ ދެން އާރާގެ ސިކުނޑިއަށް ސިފަވި ގޮތް އަސްލަށް ބަދަލުކުރަން.. ” ރަފަޔެލް އާރާ ކުރަން ޖެހޭ ކަންތައް ބުންޏެވެ.

އާރާ ބޯޖަހައިލަމުން ރަފަޔެލް ބުނިގޮތަށް ކަންތައް ކުރިއެވެ. އާރާގެ ހިޔާލަށް ޒޭވިއާރ ގެނައުމުން ކުއްލިއަކަށް އަތަނުން ފާޅުވީ މިދިޔަ އަހަރު އާރާއަށް ޒޭވިޔާ ފުރަތަމަ ފެނުނު ވަގުތު އޭނަގެ ކުރި މައްޗަށް އެރި ބިރުވެރި ޖިންނިއެވެ. އާރާ ސިއްސައިގެން ގޮސް ފަހަތަށް ޖެހިލީ އެއީ އަސްލެއްކަމަށް ހީކޮށެވެ. ހަމަ އެވަގުތު ރަފަޔެލް އޭނަގެ ފެނުގެ ބާރުތައް ބޭނުންކޮށް އޭތީގެ ހަށިގަނޑަށް ހޫނުފެން އަތުން ދޫކުރިއެވެ. ނަމަވެސް ރަފަޔެލް ދޫކުރި ފެންތައް ދިޔައީ އޭތީގެ ހަށިގަނޑުގެ އެތެރެއިން ބޭރަށްށެވެ. ރަފަޔެލްއަށް އެވަގުތު އެއީ އާރާގެ ބާރުން އުފެއްދި އެއްޗެއްކަން އެނގުނެވެ. ރަފަޔެލް ބޯހޫރައިލާފައި މައިލީގެ ފަހަތައް ވަދެ ފިލާ ހުރި އާރާ އާއި ދިމާލަށް ބަލައިލިއެވެ.

އެ ބިރުވެރި އެތި އެއްވެސް ކަމެއް ނުކޮށް ހުރުމުން އާރާއަށް އޭއްޗާއި ދިމާލަށް ބަލައިލިއެވެ. ވީ ގޮތް އެނގުމުން އާރާއަށް ބޯކަހައިލެވުނެވެ. އެންމެންގެ ނަޒަރު އާރާއާއި ދިމާލަށް ހުއްޓިފައި ހުރިތަން ފެނުމުން އާރާ ” ވާޓް ” އޭ ބުނެލިއެވެ. އެއާއިއެކު ޝަފާ އާއި މައިލީ ހޭންފެށިއެވެ. ” އަމިއްލަ މީހާ ބާރުތައް ބޭނުން ކޮށްފަ އެހެންމީހުން ބިރުގަނުވާފަ، އަމިއްލަ މީހާ އަމިއްލައަށް ބިރުގަނުވާފަ ތިހުންނަނީ ފިލާ.. ” ރަފަޔެލް ބޯހޫރުވައިލަމުން ހިނިއައިސްފައި ހުރެ ބުންޏެވެ. ” އާރާ ހީކުރީ އެއީ އަސްލެއް ކަމަށްށޭ.. ” އާރާ ފަހު ބަހަށް ދަމައިލަމުން ބުންޏެވެ. ” އާއްކޮ މޮޅު އެނގޭ.. ” މައިލީ ހެމުން އާރާ އާއި ދިމާލަށް ބުންޏެވެ. އާރާ ލޯ އަޅައިލުމަށްފަހު މައިލީގެ އަތުގައި އޭނަގެ އުޅަބޮށިން ޖެހިއެވެ.

” ދެން އޭތި އެތާ ނުބަހައްޓާ ގެއްލުވާލަބަލަ.. އަހަރެންގެ ބޮލަށް ތަދުވޭ އޭއްޗާހުރެ އެބަ.. ” ރަފަޔެލް އެ ބިރުވެރި އެއްޗަށް ލޯ އަޅައިލަމުން ބުންޏެވެ. ” ކިހިނެއް އެހެން ހަދާލީ؟ ” އާރާ އަހައިލިއެވެ. ” އާރާގެ ސިކުނޑީގަޔާއި ހިތުގައިވާ ހުރިހާ ބިރުވެރިކަމަކާއި ބޭކާރު ހިޔާލުތައް ފުރަތަމަ ފޮހެލާ.. އެއަށްފަހު އޭތި ގެއްލުވާލަން ހިތަށް އަރުވާލާ އޭރުން ގެއްލުވާލެވޭނެ.. ” ރަފަޔެލް ކިޔައިދިނެވެ. އާރާ ރަފަޔެލް ބުނިގޮތަށް ކަންތައް ކުރުމުން އެބިރުވެރި އެތި ގެއްލިގެން ދިޔައެވެ.

ރަފަޔެލް މައިލީއަށް ބަލައިލުމަށްފަހު އޭނަގެ ބެލްޓުގައި ހަރުކޮށްފައިން ކުޑަ ދެ ކަނޑީގެ ތެރެއިން އެއް ކަނޑިދިނެވެ. ” ސެލްފް ޕްރޮޓެކްޝަންއަށް މައިލީ މީތި ބޭނުން ކުރާނީ.. އެކަހަލަ ޖިންނީންގެ ހިތަށް ކަނޑި ހަރައިލީމަ މަރުވާނެ… ” ރަފަޔެލް ބުންޏެވެ. މައިލީ ބޯޖަހައިލަމުން ކަނޑީގައި ހިފިއެވެ. ” އެންމެން މިހާރު ތައްޔާރުކަމަށް އަހަރެން މި ބަލަނީ.. ކިތަންމެ ބޮޑަށް ބިރުގަތުނަކަސް ޕެނިކް ނުވާތި.. ބާރުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ކުރެވޭނީ ވަރަށް ހަމަޖެހިގެން.. ބިރުގަންނަ ހާލަތެއްގަ ފޯކަސް އޮން ޔުއާރ ބްރީތިން އޯކޭ؟ ” ރަފަޔެލް ނަސޭހަތް ދިނެވެ. ހުރިހާ ކުދިންވެސް ކަނުލައި އަޑުއެހިއެވެ. ރަފަޔެލް ވާހަކަ ދެއްކުން ނިންމާލުމަށްފަހު ސައިލެސްމެން ހައްޔަރުކޮށްފައި ހުރިތަނަށް ދިޔުމަށް މިސްރާބުޖެހިއެވެ.

ރޭގަނޑުގެ ކަޅު އަނދިރިކަމުގެ ތެރޭގައި ހަތަރު މީހުން ހިނގަމުން ދިޔައިރު ގަސްގަހުގެ ފަތާއި، ދޫނި ސޫފާސޫފީގެ އަޑުތައް އިވެމުން ދިޔައެވެ. އެކުދިންނަށް ސިހުމެއް ގެނުވީ ކާޅު ގޮވާ އަޑު އެކުދިންގެ ކުރިމަތިން އިވެން ފެށުމުންނެވެ. ” މެފެސްޓޯ؟ ” ޝަފާއަށް އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ބުނެވުނެވެ. އަދި އަޑުއަންނަ ދިމާލަށް ދުވެފައި ދިޔައެވެ. އޭރު އެ ކާޅުގެ ދެ ފިޔަގަނޑުވަނީ ބިންދައިލާފައެވެ. ” އޯހް މައި ގޯޑް.. ” އާރާ ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ. ރަފަޔެލް އުޑުފައިން އިށީނދެ އެ ކާޅަށް ލިބިފައި ހުރި ގެއްލުންތައް ބަލަން ފެށިއެވެ.

” ޝަފާއަށް މެފެސްޓޯ ހީލް ކުރެވޭނެ.. ” ރަފަޔެލް ބުންޏެވެ. ” އެކަމަކު ޝަފާއަށް މެފެސްޓޯއަށް އިތުރަށް އަނިޔާ ދެވިއްޖެޔާ ކިހިނެތް ހަދާނީ.. ޝަފާ ފުރުތަމަ ފަހަރު އަލިފާނުގެ ބާރުތައް ބޭނުން ކުރަން އުޅުނު އިރުވެސް ކިރިޔާ މުޅި ވަލުތެރެ އަންދާނުލެވުނީ..” ޝަފާ ބިރުން ހުރެ ބުންޏެވެ. ” އެކަމަކު ފަހުން ޝަފާއަށް އެ އަލިފާންގަނޑު ހުއްޓުވުނެއްނުން.. ވީ އޯލް މޭކް މިސްޓޭކްސް ޝަފާ.. މިސްޓޭކް ހެދިގެން ދަސްވާނީ.. ” މައިލީ ޝަފާއަށް ވިސްނައިދިނުމުގެ ގޮތުން ބުންޏެވެ. ” ތެދެއް ޝަފައްތާ.. ރަފަޔެލް ބުނިގޮތަށް ފޯކަސް އޮން ޔުއާރ ބްރީތިން އެންޑް ކްލިއާރ ޔުއާރ މައިންޑް.. ޔޫ ކޭން ޑޫ ދިސް.. ” އާރާ ޝަފާގެ ކޮނޑުގައި ހިފައިލަމުން ހިތްވަރުދޭ ރާގަކަށް ބުންޏެވެ.

ޝަފާ ބޯޖަހައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އޭނަގެ ހިޔާލުތައް އެއްފަރާތް ކޮށްލަމުން ލޯ މަރައިލިއެވެ. ޝަފާ ލޯ ހުޅުވައިލިއިރު އޭނަގެ ދެލޯ ދިޔައީ މަޑު ރަތް ކުލައަކުން ދިއްލެމުންނެވެ. ޝަފާ މަޑުމަޑުން މެފެސްޓޯގެ ފިޔަގަނޑުގައި އަތް ޖައްސައިލުމުން އޭތީގެ ފިޔަގަނޑު ރަނގަޅުވެގެން ދިޔައެވެ. އަދި މެފެސްޓޯ ‘ކާކާ’ ކިޔަމުން ޝަފާ ވަށައިގެން އުދުހެން ފެށިއެވެ. ހީވީ އޭގެ ބަހުރުވައިން ޝަފާއަށް ޝުކުރު އަދާކުރިހެންނެވެ. އޭތި އުދުހި އުދުހިފައި އައިސް ޝަފާގެ ކޮނޑުގައި ޖެއްސިއެވެ.

” ހޭ ބަޑީ.. މިސްޑް މީ؟ ” ރަފަޔެލް މެފެސްޓޯގެ ބޮލުގައި ހުރި ކުދި ފިޔަތަށް ހަޑިކޮށްލަމުން ބުންޏެވެ. އެއާއެކު މެފެސްޓޯ ރަފަޔެލްގެ އިނގިލި ކުރީގައި ދާގަތެވެ. ” އާ.. އަތްދޯތް.. މި އެއްޗެއް އަބަދުވެސް އަހަރެންގެ ގައިގަ ދަތް އަޅާނީ.. ” ރަފަޔެލް މެފެސްޓޯއަށް ލޯ އަޅައިލަމުން ބުންޏެވެ. އޭނަ ދިޔައީ މެފެސްޓޯ އޭނަގެ ދަތް އެޅި އިނގިއްޔަށް މަޑުމަޑުން އަނގައިން ފުމެމުންނެވެ. ” ރަފަޔެލް ފުރަތަމަ އެޔާ ނުބެހުންނަމަ އެހެނެއް ނުވީސްއެއްނުން.. ރަފަޔެލްގެ ކަޒިންސްތައް ސަލާމަތް ކުރަން ދާންވީ އަވަހަށް.. ” މައިލީ ރަފަޔެލްއަށް ދިމާކޮށްލާފައި ބުންޏެވެ.

އެހެން ބުނުމާއިއެކު މެފެސްޓޯ އުނދުއްސައިގަތެވެ. އޭތި ހީވީ އެކުދިންގެ ގާތު އޭތީގެ ފަހަތުން އަންނަން ބުނިހެންނެވެ. ޝަފާމެން އޭގެ ފަހަތުން ގޮސް ހުއްޓެވުނީ ބޮޑު ހޮހަޅައެއްގެ ކައިރީގައެވެ. އެ ހޮހަޅައިން ތިރިޔަށް ދެވެން ސިޑިއެއް ފަދަ އެއްޗެއް ހުއްޓެވެ. ޝަފާމެން ތިރިއަށް ފޭބި ތަނާހެން ވަދެވުނީ ބޮޑު ބިންގަރާހަކަށްށެވެ. ” މި ވާނީ އެމީހުންގެ ސިއްރު ލެޔާ ކަމަށް.. ” ރަފަޔެލް މަޑުމަޑުން ބުންޏެވެ. އެމީހުން ހިނގަމުން ދިޔައިރު ލެބްއެއްކަހަލަ ތަނެއް ފެނުނެވެ. އެތާގައި ލެބޯޓަރީގައި ބޭނުން ކުރާ ފަދަ ބައިވަރު ތަކެތި ހުއްޓެވެ. ރަފަޔެލްއަށް އަމިއްލަ ބޮލުގައި އަތް އަޅާ ތިރިވެވުނެވެ. އޭނާގެ ނޭވާ ހުރީ އަވަސްވެފައެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ބިރުވެރިކަމެވެ.

” ރަފަޔެލް ކިހިނެތްވީ؟ ” މައިލީ ރަފަޔެލްއާ އެއްވަރަށް ތިރިވަމުން އެހިއެވެ. ” މިއީ އަހަރުމެން އެކްސްޕެރިމެންޓް ކުރަން ގެނާ ކަހަލަ ތަނެއް.. މި މީހުންގެ އަތްދޮށުގަ ސައި އެންޑް ޒެވް ހުރިއްޔާ ވަރަށް ނުރައްކާވާނެ..  އައިމް ހޭވިން ފްލޭޝްބެކްސް.. ” ރަފަޔެލް ވަރަށް އުނދަގުލުން ބުންޏެވެ. ” ރަފަޔެލް.. ހަމަޖެހިބަލަ.. ރަފަޔެލް ތިހުރީ އެކަނޏެއްނޫނެއްނުން.. އަހަރެމެންވެސް މިހުނީ ރަފަޔެލްއާއި އެކު.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ” މައިލީގެ ވާހަކަތަކުން ރަފަޔެލް ހަމަޖެހުނެވެ. ” މަޑުކޮށްބަލަ އެހެންވީމަ ޒޭވިޔާމެން އެއީ ޖިންނިނެއް ނޫންތަ؟ ” އާރާ އަހައިލިއެވެ.

” ނޯ ޒޭވްމެން، އަހަރެމެން މީ ހަމަ ނޯރމަލް ހިޔުމަންސް.. އަހަރެމެން ކުޑައިރު ބަޔަކު އަހަރެމެން ކިޑްނެޕް ކުރީ.. ދެން ސައިންޓިސްޓުންތަކެއް އަހަރެމެންގެ ހަށިގަނޑުގައި އެކިއެކި އެކްސްޕެރިމެންޓްތައް ކުރީ.. އަހަރެމެން އެތަށް އަހަރަކަށްފަހު މިނިވަންވީމަ ފިލީ.. ނޯމަލް ހިޔުމަންސްހެން އަހަރެމެންނަށް ނޫޅެވޭތީ އިންސާނުން ނޫޅޭ ރަށެއްގަ އަހަރެމެން ދިރިއުޅެން ފެށީ..” ރަފަޔެލް ބުންޏެވެ. އާރާމެން ރަފަޔެލްގެ ވާހަކަތައް އަޑުއަހަން ހުއްޓައި ކުއްލިއަކަށް ދެ މީހަކު ދޮރުހުޅުވައިލާފައި ވަދުނެވެ. އެމީހުން ހުރީ މަތިން ތިރިއަށް ހޮސްޕިޓަލުގައި ލައިއުޅޭ ކަހަލަ ގައުންއެއްލައިގެން މާސްކް އަޅައިގެންނެވެ. އެމީހުން އައުމުން އެކި ކުދިން އެކި ތަނަތަނަށް ވަދެ ފިލިއެވެ.

” ޑޮކް ޑޭމިއަން، އެ ވައިރަސް އިންޖެކްޓްކުރުމުގެ ސަބަބުން ސަބްޖެކްޓް ވަން އެންޑް ޓޫ އެދަނީ އަހަރުމެން އެންމެ ފަހުން އުފެއްދި މަޚްލޫގުތައްހެން ސެވޭޖްވަމުން… އެކަމަކު އެމީހުންގެ ހަށިގަނޑު ދަނީ ވައިރެސްއާ ހަނގުރާމަ ކުރަމުން.. ” އެތަނަށް ވަދެގެން އައި ދެމީހުންގެ ތެރެއިން އެކަކު ބުންޏެވެ. ” ރަނގަޅު.. އެމީހުން ހީކުރީ އަހަރެންނާ ފިލައިގެން އުޅެވޭނެ ކަމަށްތަ؟ ބަލަ އަހަންނޭ އެމީހުން އުފެއްދީ އެމީހުންގެ ބާރުތައް ދިނީ.. އެކަމަކު އެމީހުން ފިލީ.. މިހާރު އަތުޖެހުނީމަ ވާނެއެއްނުން ރަނގަޅު އަދަބެއްދޭން ދޯ އަކީލް.. ” ޑޭމިއަން، އަކީލް އާއި ދިމާލަށް ބުންޏެވެ. އަކީލް ނުފަލާ ގޮތަކަށް ހީލަމުން ބޯޖަހައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 11

Next

ކަލާގެ އިންތިޒާރުގާ{2}

Next
February 14, 2025

ކަލާގެ އިންތިޒާރުގާ{2}

Previews
February 14, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 11

6 Comments!

  1. Vampire girl says:
    February 15, 2025 at 6:15 am

    Mi part vx varah varah reethi….
    Whn next?????
    Insaaf libeynebaa miadhu up kuran thr?????

    1. Maash Maash says:
      February 16, 2025 at 11:23 pm

      Thank you Vampire girl.. I’m glad u like it..
      Next part insha allah tuesdayga
      submit kohlaafa vaany but admin approve libunyma upload vaany💜🦋

  2. Cutie girl says:
    February 15, 2025 at 4:50 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    When next

    1. Maash Maash says:
      February 16, 2025 at 11:23 pm

      Thank you Cutie girl.. I’m glad u like it..
      Next part insha allah tuesdayga
      Thank you for ur support💜🦋

  3. Ghost girl 👻 says:
    February 16, 2025 at 8:28 pm

    Masha Allah 😍 Mi part ves vrh reethi when’s next curiously waiting for the next part 🫶🏻😊 keep it up dear your doin great 😃👍🏻👍🏻

    1. Maash Maash says:
      February 16, 2025 at 11:24 pm

      Thank you Ghost girl.. I’m glad u like it..
      Next part insha allah tuesdayga
      Thank you for ur support💜🦋

Comments are closed.

Next Episodeއެދަތުރު – 04←


All Right Reserved!