” މިވެސް ދެންދޯ؟ ..” ރޫނާއަށްވެސް ހީލެވުނެވެ. ލިލިޔަންވެސް ހެމުން ހެމުން ގޮސް ރޫނާގެ ކޮޑުގައި އަތް އަޅުވާލިއިރު ދެން ފެނުނީ ބިންމައްޗަށް ވެއްޓިފައި އޮތްވައެވެ. އާއެކެވެ. ނަޔާނީ ގޮސް ލިލިޔަން ފައިދަތި އެޅުވީއެވެ. “ނަޔާނީ!! އައިވިލް ކިލްޔޫ! ..” ލިލިޔަން ސަމާސާއަކަށް ހަދާފައި ހަޅޭއްލަވައިގަތެވެ. “ހެހެ!.. އައިވިލް ކިލް ޔޫ ފަސްޓް! ..” ނަޔާނީ ރައްދު ދިނެވެ. ދެމީހުން ދެމީހުންނަށް ކޯޅެމުން ދިޔައެވެ. ރޫނާ މިމަންޒަރު ބަލަން ދުރުގައި އިނެވެ. އޭނަގެ […]
ފެންނަމުން ދިޔައީ ގަނޑުވަރެކެވެ. އެތައް އޭލިޔަނުންނެއް އުޅެމުންދާ ގަނޑުވަރެކެވެ. ބާރުގަދަ އޭލިޔަނުންނާއި ނިކަމެތިކަން ލިބިފައިވާ އޭލިޔަނުންނެވެ. މިއީ އެސޫފިތަކުގެ ވަތަނެވެ. ކޮންމެ އޭލިޔަނަކަށް ވެސް އެއެއްޗެއް ބޭނުން ގޮތަކަށް އުޅުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވެއެވެ. އޭރު ގަޑިން ހަވީރު ހަތަރެއް ޖެހީއެވެ. އެތާގައި މަސައްކަތް ކުރަން ތިބި އެންމެންގެވެސް ސަމާލުކަން ދަމައިގަތީ ހަނި ކޯރިޑޯއެއްގެ ތެރެއިން ދުވެފައި އަންނަ ދެއަންހެން ކުދިންގެ ފިޔަވަޅުތަކުގެ އަޑެވެ. އުމުރުން ސޯޅަ އަހަރުވެ ފުރާ ފުރިހަމަ ވެފައި ވީއިރުވެސް އެއީ ދެ […]
***** ޝުކުރުން ފުރޭ ހިތްތައް އުޖާލާ، ކައު ސާހިބާއަށް އަދާ ނިއުމަތް ދެވުނު މީ ހަމަ އެދުވަހޭ އަދު ބުނަން އޭސާޙިބާ ހިތްދަތި ކަމާ އެކުގައި އުޅުނު އެދުވަސްތަކޭ ހަމަވީ ފަނާ ވީނެތިވެގެން އުޅެވުނު އުފާ އަނބުރައި މިއައި ދުވަހަށް އަޚާ އަޅުވެތިކަމާ، އަނިޔާތަކާއި އެކުގައި އުފުލި ވީބުރަ ވިދާ މާލަސްތަކެއްނުވެ ގެން އައީ ކައުސާހިބާ ނަސްރުން ހިތާ ވީމާތްވި އިސްލާމްދީނުގައި ސާބިތުވެގެން ހުރި ބޭކަލާ ފެތުރުއްވި މާތް ވީދީނުގައި ހުރި […]
ދުވަހަކީ އާދައިގެ ދުވަހެއް، ރީތި އުޑުމަތި ސާފު ދުވަހެއް، ދެގަޑި ސުންއެސިކުންތު ވެވިގެން ބޮޑުގަޑިން އެއެޅީ އެލާރމް ދުވެފައޭ ނިކުތީ ގެއިން އައިޝާ ކިޔާ ކުުއްޖެއްމެ އަންހެން ބާރު ހިނގުމެއްގާ ދިމާކޮށްލީ އަނެއް ގޯޅިން ލަބަން މާޔޫސްވެގެން ހުއްޓައިލުމަށް ޖެހުނީ އެފެންނަން އޮތް ގުރޫޕް ބޮޑު އެކެމެރާތައް ހިފައިގެން ތިބިބައެއް، ހަމަކޮސް ވެގެން ވީގޮތެއް، ވާންއޮތް ގޮތެއް، ނުބަލާ ބެލީ އައިޝާމެ ދާން މާ އަވަސް އަރުވައިގެނެއް ދާން އުޅުނަކަސް ނުދެވުނު […]
މާތް ރިވެތި ހުލްގުގެ އެސަބަބުން، ކާމިޔާބޭ ދެއްވަނީ ނިޔަނެތިވި އަޚްލާގުގައި ހިފެއްހެއްޓުމުން ލިބިގެން ދަނީ މާތް ފަރާތުގެ ހަޟްރަތަށް އަދު ދަންނަވާ ފުރިހަމަ ދުޢާ ޝައްކު ލިބިގެން އޮއެވަރެއްގާ ފެތުނަކަސް ތެދަކީ މިއީ މާތް ފޮތުން ކިޔަވާ އަވަސްކޮށް، ތެދު މަގުން ފަރުޟާއި އެކީ ޒިކުރުކޮށް ތައުބާ އެވާންވީ ކުދިކުށަށް، އަވަހަށް މެއީ ބޮޑު ކުށަށް އަވަހަށްމެ މާފް ދޭނެ ފަރާތީ މާތް އިލާހް ދެރަވަނީ މިޒަމާނު ޅަ ސިކުނޑިއަށް މިކަން ނޭނގޭނެތީ […]
** ވެހެމުން ދިޔައި ވާރޭ އެހެންދުވަހަށް ވުރެން ބޯކޮށްފިޔޭ ގުގުރައި ވިދާ އަޑުތައް އަހަން، އިން ހިތްވަނީ ބިރުގަނެފަޔޭ ދުވަހަކު އެހެން ބޯކޮށްމެ ނުވެހުނު ވާރެޔޭ ވެހެމުންދިޔޭ މާވެސް ކުޅެން އިން ކުޑައަލީ ހުއްޓާމެލާކަށް ނުވިޔެއޭ އިރުކޮޅަކު ގޭކުޑަ ކޮޓަރި ތެރެއިން ރޯއަޑޭ ޖެހުނީ މަގޭ ކުޑަކުޑަ އެތުއްތުވި ރުއިމެކޭ، ކޮރަމުން ދިޔައި މާމާ މަގޭ ގޮސް ބެލިއިރުގަ ފެނުނީ އެވެއްޓިފަ އޮތް ފުރާނަޔޭކޭ ވިންދެއް ނެތިސް ހަށިގަނޑު އޮތަސް، ވާނޭ […]
ވިސްނާލަމާތޯއެވެ. ވިސްނާލަންވީ މުޖްތަމައު އާއި މެދުގައެވެ. މިކުޑަ ދިވެހި ރާއްޖޭގެ ދޭސީން އެއް ފަސްގަނޑެއް ގައި އުޅޭ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ މިކުޑަ ފަސްގަނޑަކީ އާބާދީގެ ގޮތުން ހަތަރު ލައްކައާއި ގާތްކުރާ ވަރަސް މީހުން ދިރިއުޅޭ ގައުމެކެވެ. މި އެންމެން އެއްފަސްގަނޑެއްގައި އުޅޭނަމަ، ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްފަދައިން ވައި ނުސާފުވެ ބަލިމަނޑު ކަމެއް ފެތުރޭނޭ ކަމީ ޔަގީން ކަމެކެވެ.މި ކުޑަ ދިވެހި ރާއްޖެ ބަލިމަޑު ކަމެއްގެ ތެރެއަށް ނުގެބެވޭ ގޮތަށް އަތޮޅުތަކެއް އުފެދިފައިވާ […]
އާދޭހެވެ. މި ދަންނަވަނީ ކާމިޔާބު ދިރިއުޅުމެއްގެ ވާހަކައެވެ. ގަހެއްގެ ތެރެއިން ފުރޭނިގެން އަންނަ އިރުގެ ދޯއްޖެއްގެ ބީދައިން ކާމިޔާބު ދިރިއުޅުމަކަށް ވާސިލުވެވޭނީ ފުރިހަމަ ސިއްހަތެއް ލިބި ފުރިހަމަ ވެގެންނެވެ. ސިއްހަތެއް ނެތިއްޔާ ދިރިއުޅުމެއްގެ ބޭނުމެއް ވެސް ނެތެވެ. ސިއްހަތެއް ނެތިއްޔާ ފުރިހަމަ ކަމެއް ނުލިބޭނެއެވެ. ސިއްހަތެއް ނެތިއްޔާ އުފަލާއި އަރާމާއިއެކު ވެއަތު ކުރެވޭނެ ރަން ޒަމާން އެއޮތީ ހަމައިން ނެއްޓިފައެވެ. އަހަރެމެންގެ މުޖްތަމައުގެ އަފްރާދުންނޭވެ. މި ދިރިއުޅުމަކީ އަބަދުހެން އުފަލާއި އަރާމާއި އެކު ދުއްވާލެވޭނޭ ދިރިއުޅުމަކީ ނޫނެވެ.ތިމާ […]
ކޮރޯނާ މުސީބާތް، މިއި ބޮޑު ވަބާއެއް، ނެތޭ ނެތިވެ ގޮސްފާ، މިއީ ބޮޑު ވަބާއެއް، ކުރަންވީ ކަމެއް ނެތް، ބުނަންވީ ބަހެއް ނެތް، ދުލުން އަދު މިކިޔެނީ، މިއީ ބޮޑު ވަބާއެއް، ދުލުގަ އަދު ގޮށެއް އޮތް، މޮހޭނޭ ގޮތެއް ނެތް، މިއީ އޭގެ މިސާލޭ، މިއީ ބޮޑު ވަބާއެއް، ޑޮކްޓަރުންނާއި ނަރުހުން، ކުރީ ބޮޑު މަސައްކަތް، ނުވީ ކާމިޔާބޭ، މިއީ ބޮޑު ވަބާއެއް، ވަގުތީ އެ ފަރުވާ، ނުލިބި މަރުވެ ދިޔައީ، ފުރާނައިގެ ކިތަކެއް؟ މިއީ […]