Skip to content
އެސްފިޔަ

ބަސްނޭހުމުން ވީގޮތް

 

**

ވެހެމުން ދިޔައި ވާރޭ އެހެންދުވަހަށް ވުރެން ބޯކޮށްފިޔޭ

ގުގުރައި ވިދާ އަޑުތައް އަހަން، އިން ހިތްވަނީ ބިރުގަނެފަޔޭ

 

ދުވަހަކު އެހެން ބޯކޮށްމެ ނުވެހުނު ވާރެޔޭ ވެހެމުންދިޔޭ

މާވެސް ކުޅެން އިން ކުޑައަލީ ހުއްޓާމެލާކަށް ނުވިޔެއޭ

 

އިރުކޮޅަކު ގޭކުޑަ ކޮޓަރި ތެރެއިން ރޯއަޑޭ ޖެހުނީ މަގޭ

ކުޑަކުޑަ އެތުއްތުވި ރުއިމެކޭ، ކޮރަމުން ދިޔައި މާމާ މަގޭ

 

ގޮސް ބެލިއިރުގަ ފެނުނީ އެވެއްޓިފަ އޮތް ފުރާނަޔޭކޭ

ވިންދެއް ނެތިސް ހަށިގަނޑު އޮތަސް، ވާނޭ އެފައިދާއެއް ނެތޭ

 

ކުޑަ އަލީ ބަސްނޭހުމުން ދިޔައީ ވަކިވެގެން ދުނިޔެއިން

ދެންވެސް އަހާށޭ އަޚްއަޚުން މިދެނީ ރަނގަޅު ނަސޭހަތޭ

(ނިމުނީ