Skip to content
އެސްފިޔަ

ކައު ސާހިބާ

 

*****

ޝުކުރުން ފުރޭ ހިތްތައް އުޖާލާ، ކައު ސާހިބާއަށް އަދާ

ނިއުމަތް ދެވުނު މީ ހަމަ އެދުވަހޭ އަދު ބުނަން އޭސާޙިބާ

 

ހިތްދަތި ކަމާ އެކުގައި އުޅުނު އެދުވަސްތަކޭ ހަމަވީ ފަނާ

ވީނެތިވެގެން އުޅެވުނު އުފާ އަނބުރައި މިއައި ދުވަހަށް އަޚާ

 

އަޅުވެތިކަމާ، އަނިޔާތަކާއި އެކުގައި އުފުލި ވީބުރަ ވިދާ

މާލަސްތަކެއްނުވެ ގެން އައީ ކައުސާހިބާ ނަސްރުން ހިތާ

 

ވީމާތްވި އިސްލާމްދީނުގައި ސާބިތުވެގެން ހުރި ބޭކަލާ

ފެތުރުއްވި މާތް ވީދީނުގައި ހުރި ހަމައެކަނި މާތް ވީއަޅާ

 

މާގިނަ ދުވަސްތަކެކެއް ނުނަގަ، މާތްކަން އެދީނުން ފެތުރުނޭ

މާގިނަ އެވަގުތެއް ނުނގައޭ ބައިވެރިވިޔޭ މާތް އަޅުކަމާ

 

ވީމާ ބަލާށޭ މުސްލިމުން، މާތްވީ އަޚުން އަދު އުޚްތުނާ،

ކުށްވެރިވަނީ ތިޔަ ލޮބުވެތި މާތް އުޚްތުނެއް ހަމަ ނޫންއިނގޭ

 

 

– ނިމުނީ –