Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ޅެން

އައިޝާ

Aashii
Aashii Level 310 Stories100 Login
March 29, 2021 One Min Read
0 Comments

 

ދުވަހަކީ އާދައިގެ ދުވަހެއް، ރީތި އުޑުމަތި ސާފު ދުވަހެއް،

ދެގަޑި ސުންއެސިކުންތު ވެވިގެން ބޮޑުގަޑިން އެއެޅީ އެލާރމް

 

ދުވެފައޭ ނިކުތީ ގެއިން އައިޝާ ކިޔާ ކުުއްޖެއްމެ އަންހެން

ބާރު ހިނގުމެއްގާ ދިމާކޮށްލީ އަނެއް ގޯޅިން ލަބަން

 

މާޔޫސްވެގެން ހުއްޓައިލުމަށް ޖެހުނީ އެފެންނަން އޮތް ގުރޫޕް

ބޮޑު އެކެމެރާތައް ހިފައިގެން ތިބިބައެއް، ހަމަކޮސް ވެގެން

 

ވީގޮތެއް، ވާންއޮތް ގޮތެއް، ނުބަލާ ބެލީ އައިޝާމެ ދާން

މާ އަވަސް އަރުވައިގެނެއް ދާން އުޅުނަކަސް ނުދެވުނު އެގޯޅިން

 

ވީގޮތެއް ނޭނގިއްޖެޔޭ މީހުން އެހާ ވަރަކަށް ބަލަން

މީ އެއަންހެން މަންޖެއަށް ފުރަތަމަ ފެނުނު ތަސްވީރު ކޮސް

 

ދެން ބަލައިލި އިރެއްގައޭ، ފެނުނީ އެތާއޮތް ތުއްތު ކުއްޖެއް،

ދެއަތާއި ފައިގައި ހިފިގަނެން، އެއޮތީ މިތާ އޮތް ބުޅަލެކޭ ދެން

 

ބުޅަލުގެ އެކައިރިގައި އޮތީ ފިޔަގަނޑު އެރީތިވި ދޫންޏެއް

އެއްދޫނިނޫން! ދެތިން ދޫންޏެކޭ، އަވަހަށް އަހާ މީކޮންކަމެއް؟

 

އައިޝާ އެތާ ހުންނަން ވަރަށް ބޭނުންވިޔަސް ޖެހުނީމެ ދާން

މާމަގެ ގެއަށް ދާ ހިތްވެފައި ހުރުމުން ނެތީއޭ ހުރެވުމަށް

 

އެއްގޯޅި ދޫކޮށް ދެވަނަ ގޯޅި އެއެޅިއިރަށް ދެވުނީ ގެއަށް

ފުރަތަމަ ވިޔަސް ހޯދީ އެމުސްކުޅި މާމައާ މަންމައޭ ދެން

 

އަވަހަށް ދެވުނު އިރު އަޑު އިވުނު ބަދިގޭގެ ދޮރުމައްޗަށް އަރަން

އައިޝާ ދިޔައި މަންމާ އެތާ ހުންނާނެ ކަން އެނގިގެން ޔަގީން

 

ސިހުމާއި އެކީ އައިޝާއަށޭ ލެވުނީ ހަޅޭއް، ފެނުނީ ނަގުލެކޭ

އޭއްޗެއް ނުވާނޭ ނަގުލުންދާއްޓެއް ނޫން އެހެން ވެސް އެއްޗަކަށް

 

އައިޝާ ހަޅޭއް ލެވި އަޑު އިވުނު މަންމާ އައީ އަވަހަށް ވިއަސް

ސިހުމުން އެނަގުލުން ދާށިއޭ ދުއްވައިގަތީ އަވަހަށް ފިލަން

 

އޭތި ފައްސައިލެވިފަ ވާތީ ނޭވައެއް ލެވުނީ އެ އަވަހަށް

ދެން ކިޔައިދޭށޭ ފެށީ އަދު އޭނައަށް ލިބެނިވި ޝަރަފް

 

މަންމާ އަހަންނަށް އެންމެ މޮޅު ކުޅުމެއް ކުޅުނު ވެރިޔާ ލިބުން

އޭ އެންމެ ބޮޑު ފައިދާ އަހާށޭ ލިބުނު އައިޝާ އޭ ބުނުން

 

މަންމާ އަވަސްއަވަހަށް އެހެންތޯ އޭ ބުނެފަ މޮޅު ކުއްޖެއެއް

ތިޔަ ގޮތްގޮތަށް ކުރިޔަށްމެ ދާން އެނގިދާނެޔޭ ހަމަ އަދިވެސް

 

ދުވަހޭ އެނިމިގެން ދިޔައިރުގަ އައިޝާ އިނީ ގަލަމުން ލިޔަން

ދުވަހަކު ކޮޅުން ނުލިބުނު ކަމެއް، ލިބުނީ އެފެނުނު އުފާވެރިން

 

(ނިމުނީ)

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

އަބަދުވެސް ލޯބިވާނަަން 4

Next

ހިތުގެ ޝަކުވާ… ޓްރެއިލާރ

Next
March 29, 2021

ހިތުގެ ޝަކުވާ… ޓްރެއިލާރ

Previews
March 29, 2021

އަބަދުވެސް ލޯބިވާނަަން 4



All Right Reserved!