Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިޔަން ސިލްސިލާ 2 – ހަނގުރާމަ 1

Aashii
Aashii Level 310 Stories100 Login
June 14, 2021 2 Mins Read
2 Comments

ފެންނަމުން ދިޔައީ ގަނޑުވަރެކެވެ. އެތައް އޭލިޔަނުންނެއް އުޅެމުންދާ ގަނޑުވަރެކެވެ.  

ބާރުގަދަ އޭލިޔަނުންނާއި ނިކަމެތިކަން ލިބިފައިވާ އޭލިޔަނުންނެވެ. މިއީ އެސޫފިތަކުގެ  

ވަތަނެވެ. ކޮންމެ އޭލިޔަނަކަށް ވެސް އެއެއްޗެއް  ބޭނުން ގޮތަކަށް އުޅުމުގެ ފުރިހަމަ 

މިނިވަންކަން ލިބިފައިވެއެވެ.  އޭރު ގަޑިން ހަވީރު ހަތަރެއް ޖެހީއެވެ. އެތާގައި މަސައްކަތް 

ކުރަން ތިބި އެންމެންގެވެސް ސަމާލުކަން ދަމައިގަތީ ހަނި ކޯރިޑޯއެއްގެ ތެރެއިން ދުވެފައި 

އަންނަ ދެއަންހެން ކުދިންގެ ފިޔަވަޅުތަކުގެ އަޑެވެ. އުމުރުން ސޯޅަ އަހަރުވެ ފުރާ ފުރިހަމަ

ވެފައި ވީއިރުވެސް އެއީ ދެ ތުއްތުކުދިން ފަދައެވެ.

 

*****

 

ވިލާގަނޑެއްގެ މަތީގައި ރޫނާ އިނީ ދެފައި ކުރުކޮއްލައިގެންނެވެ.  އިންގޮތުންވެސް އެއިނީ ވަރަށް ބޮޑަށް ހާސްވެފައިކަން އެނގެއެވެ. ބައެއްފަހަރު އަތުގައި އަޅާފައި އޮތް ފަށަށް ބަލައިލައެވެ. އަނެއްބައިފަހަރު ވިލާގަނޑުން ތިރިއަށް ބަލައިލައެވެ. ރޫނާ މިއުޅެނީ ކީއްކުރަން ކަމެއް، އެއްގޮތަކަށްވެސް އޭނަގެ ފުރަގަހުގައި ހުއްޓިލައިގެން ހުރި ނަޔާނީއަކަށް ނޭނގުނެވެ. އަނެއްކާ ރޫނާ ވައްކަން ކުރަނީ ބާއެވެ.

 

“ރުނާ! …” 

 

ނަޔާނީގެ އަޑަށް ރޫނާ ސިއްސައިގެން ގޮސް ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ. ފަހަތަށް ބަލައިލާފައި ރޫނާ ހިނިތުންވެލިއެވެ. މިއީ އަބަދުވެސް އޭނާ އިންތިޒާރުކުރާ ދުވަހެވެ. ނަަމަވެސް ރޫނާ އެކްޓު ދައްކައި  އުޅުނު ގޮތުން އެއްވެސް ކަމެއް ވީހެން ހިޔެއް ނުވެއެވެ.  

 

“ނަޔާ!! ކޮބާ  ލިލީ؟ ..”

 

“ރުން ދެންމެ ކީއްކުރީ؟ މީ ކޯއްޗެއް؟ ..”

 

ނަޔާނީއަށް ރޫނާ ޖެއްސީ އެކްޓުކަން ނަގައިގަނެވެން ސިކުންތެއްވެސް ނުނެގިއެވެ . އޭނާ އިޝާރާތް ކުރީ އޭނަގެ އަތުގައި އޮތް ފަށަށްކަން ރޫނާއަށް އެނގުމާއިއެކު ކިޔައިދޭން އަނގަ ހުޅުވާލިއެވެ. ރޫނާ އެއުޅެނީ ކިޔައިދޭންކަން އެނގުމުން ނަޔާނީ ހިތްހަމަ ޖެހިފައި ރޫނާގެ ގާތުގައި އިށީދެލިއެވެ. ހީވަނީ، އެ ވިލާގަނޑަކީ އިށީންނަން ބަހައްޓައިފައި ހުންނަ  ސޯފާ ގޮޑިއެއް ހެންނެވެ. 

 

“ލިލީ ވެއްޖެ ފާހަނާގަ. ފާހަނާ ކުއްޖެއް ވީމަ އެހެންނު ވާނީ ..” 

 

ނަޔާނީއަށް ބުނެވުނެވެ. ރުނާ ހިނިތުންވެލިއެވެ.

 

“ނާޔާ! ބަލާބަ.. މީގެ މެދަށް.. ސޮރީ އިނގޭ ތަންކޮޅެއް ކުރިން ނާޔާއާއި ލިލީ ގާތުގަ ނުބުނެވުނީމަ!.. ..” 

 

ރޫނާ މާފަށް އެދުމުން ނަޔާނީ ބޯޖަހައިލައިފައި ވެސް ބަލަމުން ދިޔައީ ރޫނާ ދެއްކި، އޭނަގެ އަތުގައި އަޅާފައި އޮތް ފަށަށެވެ.

“ހެހެ.. ތެންކިޔު ބެސްޓީ.. ބަލަ. މީގެ މެދުގަ މިއިން ފާހަގަ އެނގޭތަ؟ މިއީ އަހަރެމެންގެ ދުޝްމަން އޭލިޔަނުން އުޅޭ ކިއްލާގެ ފާހަގަ ..” ރުނާ ކިޔައިދިނެވެ. ނަޔާނީ އިނީ ވަަރަށް ހަމަޖެހިލައިގެންނެވެ.

 

“ދެން؟ ކިހިނެތްވީ؟؟ ..” ނަޔާނީއަކަށް ނޭނގުނެވެ. “ދެން ނާޔާ!!! .. މިފަށް ފެނުނީ މިގަނޑުވަރުގެ ގުދަނު ތެރެއިނޭ.. އެތާގަ ތިބޭނީ އަހަރެމެންގެ އެންމެ ބާރުގަދަ ޖާދޫަގަރުންގެ ދަނޑިކޮޅުތައް.” ރޫނާ ހާސްވެފައި ބުނެލިއިރު އެބުނެލީ ތެދެއް ބާއޭ ނަޔާނީގެ ހިތަށް އެރިއެވެ. ތެދަކަށް ނުވާނެނަމައޭ ކިޔައި ހިތަށް އެރީ ކިތަށް ފަހަރު ކަމެއް ނޭނގެއެވެ.  “އަސްލު؟ ..”

 

“ދެން ރުން ކީއްކުރަން މިއޮތް ރޯމާ ދުވާލު ގަޑީގަ ބޮޑުފަލަ ދޮގެއް ހަދަންވީކީ؟ ..” ރޫނާގެ ލޮލުގައި އާދަޔާޚިލާފު ވިދުވަރެއް ހުއްޓެވެ.  އަވަސް އަވަހަށް  އެލަފުޒުތައް އަމުނާލުމުން ނަޔާނީގެ ގާތަށް ހިނިއައެވެ. 

 

 “ލުކް ރުން.. ޔޫ ޑޯންޓް ހޭވްޓު ކެޔަރ އެބައުޓް އިޓް! ޔުއަރ މަދަރ އެންޑް ފާދަރ ވިލް ހޭންޑްލް އިޓް.. ” ރޫނާގެ ދެއަތުގައި ހިފައިލަމުން ނަޔާނީ ހިތްވަރުދިނެވެ. ރުނާ ބޯޖަހައިލުމަށްފަހު ވިލާގަނޑުން ތެދުވިއެވެ. 

 

“އަދިވެސް ލިލީ އަންނާކަށް ނޫޅޭދޯ؟ ..”

ހީގަންނަމުން ރުނާތެދުވެ، ލައިގެންހުރި ޓްރޮކްޝޫޓުގެ ޖީބަށް އެފަށް ލިއެވެ. “އާން!.. ފާހަނާ މިތުރެއް އެއީ..” ނަޔާނީވެސް ރައްދުދިނެވެ.

 

“ޕޮއް!! ..”

 

“އާތްތް!..” ރޫނާއާއި ތަންކޮޅެއް ފަހަތުގައި ހުރި ނަޔާނީއަށް ހަޅޭއްލަވައި ގަނެވުނީ ކަންފަތް ބުޑުގައި ލިލިޔަން ވައިއަޑުން ޕޮއް ކިޔާލީމައެވެ. ރޫނާ ސިހިފައި ފަހަތަށް ބަލާލައި ބިދިބިފައި ހެމުންދިޔަ ލިލިޔަންއަށް ލޯއަޅައިލިއެވެ. 

 

” މިވެސް ދެންދޯ؟ ..” ރޫނާއަށްވެސް ހީލެވުނެވެ.

 

  ލިލިޔަންވެސް ހެމުން ހެމުން ގޮސް ރޫނާގެ ކޮޑުގައި އަތް އަޅުވާލިއިރު ދެން ފެނުނީ ބިންމައްޗަށް ވެއްޓިފައި އޮތްވައެވެ.  އާއެކެވެ. ނަޔާނީ ގޮސް ލިލިޔަން ފައިދަތި އެޅުވީއެވެ.

-ނުނިމޭ-

އައްސަލާމަލައިކުމް: މިއީ އޭލިޔަން ސިލްސިލާގެ ދެވަނަ ވާހަކައެވެ. މިއީ މުޅިން ތަފާތުކޮށް ލިޔެފައިވާ އޭލިޔަން ސިލްސިލާގެ ދެވަނަ ވާހަކައެވެ. އަދި ކުރިން ލިޔުނު ވާހަކަ ނުގެނެސް ދެވޭނެ ވާހަކަ ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. ޝުކުރިއްޔާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ނަފްރަތަކީ ލޯބީގެ ފެށުން 3

Next

ހިތްދަތި ދުވަސްތައް 8

Next
June 14, 2021

ހިތްދަތި ދުވަސްތައް 8

Previews
June 14, 2021

ނަފްރަތަކީ ލޯބީގެ ފެށުން 3

2 Comments!

  1. inya says:
    June 14, 2021 at 4:14 pm

    Ooovvv!! It’s u Again… Tnqx for the nice story LiLy..

  2. Aashii LiLiyan says:
    June 15, 2021 at 11:32 am

    Thankyou

Comments are closed.

Next Episodeއޭލިޔަން ސިލްސިލާ 2 – 2←


All Right Reserved!