Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިއަން ސިލްސިލާ 2 – ހަނގުރާމަ 9

Aashii
Aashii Level 310 Stories100 Login
June 21, 2021 2 Mins Read
2 Comments

 

ކުއްލިޔަކަށް ރާއިދު އެތަނުން ފެނުމުން ޕީޖިވިއޯންގެ ހިތުގައި ގޮތްނޭނގޭ އިހްސާސްތައް ދުވެލިއެވެ. މޫޑު ގޯސް ވީއެވެ. އޭތި ނުވެސް ވިސްނާ ހުއްޓާ ރާއިދު ފެނުމުންނެވެ. އޭތި މަންޒަރު ބަލަން ހުއްޓާ ރާއިދު އޭނާގެ ދަނޑިގަނޑުން އިޝާރާތް ކޮށް ޕީޖިވިއޯންގެ  އަތުގައި އޮތް ދަނޑިގަނޑު މާ ދުރަށް އެއްލާލިއެވެ. 

 

ޕީޖިވިއޯން ވަރަށް  ހާސްވެ ކަންބޮޑު ވިއެވެ. “ކަލޭ އަހަރެން މަރާލަން އުޅެނީތަ؟ ..” ބިރުން ހުރެ އޭތި އަހާލިއެވެ. ރާއިދުގެ މޫނުގައި ހިނިތުންވުމެއް ފާޅުވިއެވެ. “އާން! ކަލެއަށް ކުރެވުނީ ކީއްތަ؟ މީހުންނަށް އަނިޔާދީ މެރުމެއް ނޫންތަ؟ އެހެންވީމަ ކަލޭ މަރުވީމަ އެންމެ ރަނގަޅު ވާނީ. އަހަރެން ހީކުރީ ކަލޭގެ ނިމުން އައީކަމަށް . އަހަރުތަކެއް ކުރިން!..” ރާއިދު ޖަވާބު ދިނެވެ. 

 

“އަސްލު؟ އެކަަމަކު ހަނގުރާމަ ކޮއްފަ އަހަރެންގެ ނިމުން ގެނުވަންވާނީ! ..” ޕީޖިވިއޯންގެ ބިރުވެރިކަން ފިލައި މޫނުމަތީގައި ރުޅިވެރިކަން ގެނުވީއެވެ. ރާއިދުގެ ހައިރާންކަން އިތުރުވިއެވެ.  ނަމަވެސް އެއްވެސް ކަހަލަ ބިރުވެރި ކަމެއް ނެތެވެ.  ޕީޖިވިއޯން އޭތީގެ ކަޅުފޮތިގަނޑުގެ ތެރެއިން ނެގި ދަނޑިގަނޑު ފެނިފައި އަލަށް ރިއާނާ ވެސް ހައިރާންވިއެވެ.

 

ދަނޑިގަނޑު އަތަށް ހެޔޮވަރުވެސް ކޮއްނުލެވި އުޅެނިކޮށް ރާއިދު އިނގިލީގެ އިޝާރާތުން އެދަނޑިގަނޑު އޭނަގެ ބާރުގެ ދަށަށް ގެނުވިއެވެ. ރާއިދު ހުރީ މަލާމާތުގެ ހިނިތުންވުމެއް  އޭއްޗަށް ރައްދު ކޮއްގެންނެވެ.  މިތަން ފެނިފަޔާއި ޕީޖިވިއޯންގެ ބާރު އެހާ ގަދަ ނުންކަން އެނގުމުން މަލާމާތުގެ ރާގެއްގައި ރިއާނާ އާއި ނަޔާނީގެ އިތުރުން ލިލިޔަން ވެސް ހީގަތެވެ.

 

“ކަލޭ!!!! ..” ޕިޖިވިއޯންގެ ލޭ ކެކިގަތެވެ. ބާރަކަށް ހަޅޭއްލަވައިގަނެފައި ރާއިދާއި އެހެން މީހުންނާއި ދިމާލަށް ދުއްވައިގަންނަން އުޅުނެވެ. ގަޔަށް އަރާށެވެ. ނަމަވެސް ރިއާނާ ބަސްތަކެއް ކިޔާފައި އޭނަގެ ދަނޑިގަނޑު ކުރިއަށް ދިއްކޮއްލުމުން ޕީޖިވިއޯން ހުރިތަނަށް ގަނޑުވިއެވެ. ހަރަކާތެއްވެސް ނުކުރެވުނެވެ. ފައި ކުރިއަށް ނަގަން އުޅުމުގެ ތެރޭގައި އޭތި ވެއްޓުނީ ކުރިމައްޗަށެވެ. ނޭފަތަށް ވީތަދުން އޭތި ރޮއެގަތެވެ.

 

“ހަޅޭއްނުލަވާ!! އާބްރަކަޑާބަރާ! ..” ރާއިދު އޭތި ބިންމަތީގައި އޮއްވާ ބައިބަޔަށް ވިއްސިވިލާހި ކޮއްލިއެވެ. އެއާއިއެކު މުޅި ގަނޑުވަރުގައި ގަދަފަދަ ވައެއް ހުރަސް ކޮއްލިއެވެ. ތަން ސާފުވުމާއިއެކު ވަގުކަލޭގެ (ޚާދިމް) އުޅުނީ ދުއްވައިގަންނާށެވެ. އެއާއިއެކު ރާއިދު ކޮއްޓެއް ހަދާ އޭގެ ތެރޭގައި އެމީހާ ބަންދު ކޮއްލިއެވެ. އެމީހާ ރޯންފެށިއެވެ.

 

********

 

ހޮސްޕިޓަލުގައި ބާއްވާފައި އޮތް ރޫނާއަށް ލޯހުޅުވާލެވުނީ ހާދިޘާ ހިނގިތާ އޭގެ ދެދުވަސް ފަހުންނެވެ. ފުރަތަމަ ވެސް އޭނަ ލިލިޔަން އާއި ނަޔާނީގެ ގާތުގައި އެހީ  ޕީޖިވިއޯންގެ ވާހަކައެވެ. އޭއްޗަށް ވީ ކިހިނެއް ހެއްޔޭ އެވެ. އެއާއިއެކު އެކުދިން ރޫނާއަށް ހުރިހާ ކަމެއް ވީ ގޮތުގެ ތަފްސީލް ކިޔައިދިނެވެ.  ވާހަކަތައް އަޑުއަހައި ނިމުމުން ޕީޖިވިއޯންގެ ނިމުން އެފަދަ ގޮތަކަށް އައީތީ ރޫނާ ވަރަށް އުފާވިއެވެ. އަދި ޚާއްސަކޮށް އޭނާގެ ބައްޕައަށް އެގަޑީގައި ދައްކަން އެނގުނީމައެވެ. 

 

ރާއިދާއި ރިއާނާ، އެދެމީހުންނަށް ރޫނާއާއި މެދު ކަންތައް ކުރެވުނު ގޮތުން އެކަމާއިމެދު ވަރަށް ދެރަވާ ކަމަށް ބުނެ މާފަށް އެދުނެވެ. ރޫނާ ލަހެއް ނުވެ މަޢާފް ކޮއްދިނެވެ.  އަދި ވަކިން ޚާއްސަކޮށް ރޫނާ އާއި ނަޔާނީ އަދި ލިލިޔަންއަށް ރާއިދު ޝުކުރު އަދާކުރިއެވެ.

 

*******

 

“އާދޭ އަވަހަށް. ލިލީ އާއި ނާޔާ ދަނީ އޭ މަންމާ! ..” ރޫނާ، ދުވަމުން އައި ރިއާނާގެ ގާތުގައި ބުނެލީ މާނޭވާ ލަމުންނެވެ. ޚުދު އޭނަވެސް އެހުރީ މާނޭވާ ލެވިލެވި އެވެ. ލިލިޔަން އާއި ނަޔާނީ، އަނބުރާ އެކުދިންގެ ދުނިޔެއަށް ދަނީއެވެ. ނަޔާނީގެ މަންމަ ނާހިދާ އާއި ލިލިޔަންގެ މަންމަ މަރިޔަމްގެ ހުއްދައާއި އެކު ކޮންމެ ބަންދު ދެދުވަހު ރޫނަ އާއި އެކީ ވަގުތު ހޭދަ ކޮއްލަން އެދެކުދިން އަންނަނީއެވެ. ތިން ކުދިން ކުރާ ކޮންމެ ކަމެއްވެސް ކުރަނީ އަނެކާގެ ހުއްދައާއި އެކު އަނެކާ އެދޭ ގޮތަށެވެ. އެކުދިންގެ ގުޅުން ވަރަށް ވެސް ވަރުގަދައެވެ. އެހެންކަމުން އަބަދުވެސް އެކުދިން ކުރާ ކަންތައްތަކުގެ ނަތީޖާ ވަރަށް ފޮންޏެވެ.

-ނިމުނީ-

އޭލިޔަން ސިލްސިލާގެ ދެވަނަ ވާހަކަ މިހާ ހިސާބުން މިނިމުނީއެވެ. ތިން ވަނަ ވާހަކަ އާއި އެކީގައި އަޅުގަނޑު ބައްދަލު ކޮއްލާނަމެވެ. އަޅުގަނޑަށް ކިޔުންތެރިންގެ ފަރާތުން ލިބުނު އިތުބާރާއި ޔަގީންކަމަށް ފަށް ފަށުން ޝުކުރު އަދާކުރަމެވެ. ވައްސަލާމަޢަލައިކުމް!

 

ޝުކުރިއްޔާ!!!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ޕޯޝަން – 9

Next

ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު 7

Next
June 22, 2021

ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު 7

Previews
June 21, 2021

ޕޯޝަން – 9

2 Comments!

  1. Anuu says:
    June 21, 2021 at 12:58 pm

    first view, first like, first comment.

  2. Aashii LiLiyan says:
    June 21, 2021 at 1:15 pm

    Hehe.. Yeah.

Comments are closed.

Next Episodeއޭލިޔަން ސިލްސިލާ: ވަރަ – 1←


All Right Reserved!