ޕޯޝަން – 9
ރީހާނާ އޭނާގެ މާޒީ ކިޔައިދިނެވެ. ޔޫލީ އާއި ޔޫވްގެ ދެލޯ ބޮޑުވެފައިވާ މިންވަރު ފެނި އަޑުއަހަން އެނދުމަތީގައި އޮތް އަނާގެ ގާތަށް އައީ ހިންޏެވެ. އަދި އެމީހުންނަކަށް އަނާ ހޭލައިގެން އަޮތް ކަމެއް ނޭނގެއެވެ.
އަނާ އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. އެވަގުތު އޭނަގެ ހޭ އެއްކޮށް ދިޔައެވެ. ނޭވާ ހިނދިގެން ގޮސް ގޮނދަޑީގައި ބޯ ޖައްސާލެވުނު ވަގުތު އޭނަގެ ލޯ އެއްކޮށް މެރުނެވެ.
“ދައްތާ ދެން ކިހިނެއް އަނާ ސަލާމަތް ވާނީ؟؟؟ ..” ޔޫވްގެ އަޑު ފަނޑު ފަނޑުކޮށް ނަމަވެސް އަނާގެ ހިނދުރީ ތެރޭ ލައްވާލިއެވެ. އެވަގުތު އޭނަގެ ބޮލު ތެރޭގައި ދިޔައީ ބޮޑު ހައިޖާލުގަނޑެއް އުފެދެމުންނެވެ. ” އެކަން ދޯ. އެބައޮތް ބޮޮޑު މަސައްކަތެއް ކުރަން ޖެހިފަ. ތިކުދިންވެސް އެހީވާންވާނެ. “. ހިނިތުންވެލާފައި ރީހާނާ ގޮސް ކޮޓަރިން ބޭރުގެ ތަޅުންގަނޑުމަތީ ބަހައްޓާފައި ހުރި އެއްޗިހިތައް އަތަށް ނަގައިގެން ކޮޓަރިއަށް ވެއްދިއެވެ.
“ތިއީ ކޮން އެއްޗިހިތަކެއް؟ ..”ޔޫވް އާއި ޔޫލީ އަށް އަހާލެވުނީ އެއްފަހަރާއެވެ. އެވަގުތު ދެކުދިން ދެކުދިންނަށް ބަލާފައި މޫނު ކުނި ކޮއްލިއެވެ. އެއްޗިހިތައް އެނދުގައި ބަހައްޓާފައި ރީހާނާ ހިންދެމިލި އިރު ތުން ފަތުގައި ހިނިތުންވުމެއް ވިއެވެ.”މިއީ ޒާހިރާ އަށް ދޭ ހަދިޔާ އެއް ..” ޔޫލީ އަށް ދެލޯ ބޮޑުކޮއްލެވުނެވެ. އެއެއްޗިހި ތައް ތިބި ގޮތުންނެވެ. ތެދެކެވެ. އޭގެތެރޭގައި އޮތީ ދޮލަނގަކާއި ތުނޑު ހިމަ ފިއޮއްސެއްގެ އިތުރުން ފަސް ލީޓަރުފެ ފެންފުޅިއެކެވެ. އޭތި ފުރާ އަޅައިފައި ހުރީ ދިޔާ ފާޑުގެ އެއްޗެކެވެ.
“އެހް؟؟ ..” ޔޫލީއަކަށް އޮޅުމެއް ނުފިލިއެވެ. “މިބުނީ މިއީ ޒާހިރާއަށް ދޭ ހަދިޔާއެކޭ.. އެކަމް ގެއްލުންވާ ކަހަލަ ..” ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޔޫލީއަށް ހެވުނެވެ. އޭނައަށް އެނގުނީއެވެ. “އޯވްވް ..”ޔޫވް އެހެން ބުނެލިއިރު ގާތަށް އައީ ހިންޏެވެ.
“ހެހެ. ދެންން؟ ކީއްކުރާނީ؟ ކޮންކަމެއް ކޮއްދޭންވީ ..” ސީރިއަސްކަން މޫނުމައްޗަށް ގެންނަމުން ޔޫލީ އަހާލިއެވެ. “ތިކުދިން އާދޭ ދައްތައާއި އެކީ ސިޓިންގ ރޫމްއަށް. ދައްތަ ގެންދާނީ ދޮލަނގު ..”ރީހާނާ ދޮލަނގު ހިފައިގެން ދިޔުމުން ޔޫލީ އާއި ޔޫވްވެސް ރީހާނާގެ ފަހަތުން އެއްޗިހިތައް ހިފައިގެން އައެވެ.
“ކީއްކުރަން؟ ..” އެސުވާލު ނުކޮށް ޔޫލީއަކަށް ނުހުރެވޭ ފަދައެވެ. “ސާބަހޭ. ޒާހިރާ މިތަނަށް ގެންނާނީ. ދެން އޭނަ ފަޟީހަތް ކޮއްލާނީ ..”ރީހާނާ ބުނެލިއެވެ. އެއަށްފަހު ގޮނޑިއެއް ހިފައިގެން އައިސް އެތަނުގެ މެދުގައި އިށީނެވެ. ދޮލަނގު ބެހެއްޓީ އޭނަގެ ގާތުގައެވެ. އަދި އެއަށް އެޅީ އެއްކަލަ ދިޔާ ފާޑުގެ އެއްޗެވެ. ޔޫވް އާއި ޔޫލީ މަންޒަރު ބަލަން ހުރެފައި ގޮޑިއެއް ހިފައިގެން ދުރަށް ޖެހިލީ އެތަނުގައި ހުންނަން ނުކެރިގެންނެވެ.
އިސާހިތަކު ގަދަ ވައެއް މުޅި މާހައުލު ހިސޯރުކޮއްފިއެވެ. ދެތިން ސިކުންތު ވަންދެން އެވައި އެގޮތުގައި ދެމިހުރުމަށް ފަހު ހިނދިގެން ދިޔައިރު ރީހާނާގެ އަނގައިން ނިކުންނަމުން ދިޔައީ ދުވަހަކު ވެސް ޔޫވް އާއި ޔޫލީ އަޑު އެހި ބަސްތަކެއް ނޫނެވެ. ގުޑިލާން ވެސް ނުކެރިފައި އެދެކުދިން ތިއްބެވެ. އިރުކޮޅެއް އެގޮތުގައި ހޭދަކޮއްލުމަށްފަހު އަތުގައި އޮތް ތުނޑު ތޫނު ހިމަ ދިގު ފިޔޮހި ރިހާނާ ކޮއްޕާލީ ދޮލަނގު ތެރެއަށެވެ.
ބިރުވެރި ހަޅޭކެއްގެ އަޑާއި އެކު ދޮލަނގުން މައްޗަށް ފާޅުވީ އެއްކަލަ މުސްކުޅި ދައިތައެވެ. އެލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އަދި ވަކީން ރީހާނާ ފެނިފައި އެ އަލިފާނަށް ތެޔޮ އެޅުނެ ފަދައެވެ. ރީހާނާގެ ގާތަށް ލާނެތް ހިންޏެއް އައިސްފައި ވާއިރު ޒާހިރާގެ މޫނުމަތި ވަނީ ބަނަވެ ފުސްވެފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


