އަޅުގަނޑު ލިޔަމުންދާ އޭލިޔަން ސިލްސިލާގެ ދެވަނަ ވާހަކައަކީ ދެފަހަރު ދެގޮތަށް އަޕްލޯޑް ކުރެވިފައިވާ ވާހަކައެއް. އެކަމައްޓަކައި ކިޔުންތެރިންގެ ގާތުން އަޅުގަނޑު ނިހާޔަތަށް މަޢާފަށް އެދެން ??? ނަމަވެސް މީގެން ރަނގަޅު ވާހަކައަކީ އަޅުގަނޑު ފަހުން ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދިން ވާހަކަ. އަދި ކުރިން ލިޔުނު ވާހަކަ އަލުން ފަށައިގެންަ ނުގެނެސް ދެވޭނެ ކަމުގައި އަޅުގަނޑު ދަންނަވަން.
އަޅުގަނޑު ލިޔާ ވާހަކަތަކަށް ކިޔުންތެރިންގެ އެއްބާރުލުމާއި ސަޕޯޓް ބޭނުންވާނެ. ކުށްތައް ފެންނަ ނަމަ އެކަން އަންގާލަދެއްވައި ރަނގަޅު ގޮތް ބުނެލަދިނުމަކީ އަޅުގަނޑު ވެސް އެންމެ އެދޭ ގޮތް. ކިޔުންތެރިންނާއި ހަމައަށް ކޮންމެ ދުވަހަކު ވެސް ދެވާހަކައިގެ ބައިތައް ގެނެސް ދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. އިންޝާﷲ


