ޕޯޝަން – 8
“ޔެސް.. ޔޫލް ބަލާބަ..”. ދުވެފައި ޔޫލީގެ ގާތަށް ޔޫވް ދިޔައިރު ޔޫވްގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. “ވަޓް؟ ..” ޔޫލީގެ ބޮލަށް އުނދަގޫވިއެވެ. “ބަލާބަ! މިއޮތީ އެ ޕޯޝަން!! ..” ޔޫވްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ޔޫވްގެ ރުޅިވެރިކަން ހިނދިގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ.
“ޕޯޝަނޭ؟؟ ކީކޭތަ؟؟ ..” ޔޫލީ އަނެއްކާވެސް އެއްސެވެ. އޭނާ ހީކުރީ އޭނައަށް އަޑުއިވުނީ ނުބައި ކޮށް ކަމަށެވެ. “ޔެޕް. މިއޮތީ. ކިޔާބަ. ޕޮލިޖޫސް ޕޯޝަންއަކީ ދައިތަ ހެދި ޕޯޝަން. އެޕޯޝަން އެވެރުނީ އަނާގެ ފަޔަށޭ. މި ޕޯޝަންގެ ސަބަބުން މީހާގެ ފައި އެއްކޮށް ހަރުވެ ، ތަދު އުފެދޭ. މީތި ހުންނާނީ ހަމަ އެކަނި އެންމެ ދެ ދުވަހަށް. ވިޗް މީންސް އަނާ އިސް ގޮއިން ޓު.. “. ޔޫވް ހުއްޓާލިއެވެ. އެޖުމްލަ ކިޔަން އޭނަގެ ހިތަށް ނުކުޅަދާނަވީއެވެ. ޔޫލީ އޭނަގެ އަތުން ބޮލުގައި ހިފަހައްޓާލިއެވެ.
*********
އެނބުރި ރީހާނާ ކޮޓަރިއަށް ވަތް އިރު އެނދުގައި އިސްޖެހިފައި ޔޫލީ އިނެވެ. ޔޫވްގެ ހާލަކީ ކޮބައިތޯއެވެ؟ އަތުގައި އޮތް ފޮތުގެ އެ ޖުމްލައަށް އެތައް ފަހަރަކު ޔޫވްއަށް ބެލުނެވެ. ހިތުގައި އުފެދުނު ޝަކުވާތަކާއި އެކު އޭނާ އިސްއުފުލާ ބަލާލީ ކުރިމަތީގައި ރީހަނާ ހުއްޓި ހުރުމުންނެވެ. އިތުރަށް ސުކުންތެއް ލަސްވެސް ނުކޮށް ރީހާނާގެ އަތަށް ޔޫވް އެފޮތުގެ އެގަޑު ހުޅުވާލާފައި ދިނެވެ.
“މީ ކޯއްޗެއް؟؟ ..”. ރީހާނާ އަހާލިއެވެ. އޭގެތެރެ ބަލާލި ވަގުތު އޭނަގެ ދެލޯ އަތަށް ނައީ ކިރިޔާއެވެ. ކުޑަކޮށް އަރިއަޅާލާ ގޮތްވުމާއި އެކު ޔޫވް އާއި ޔޫލީ އޭނަގެ ގައިގައި ހިފެހެއްޓިއެވެ. ހުރި ހަމަ އެކަނި ދަރިފުޅަށް ގޮތެއް ވާކަށް އޭނަ ނޭދެއެވެ.
ރީހާނާއަށް ހަމަޖެހިލެވުނީ އޭގެ ފަނަރަ ވަރަކަށް މިނެޓް ފަހުންނެވެ. އޭރު އޭނަގެ ހިތުގައި އާދަޔާޙިލާފު ޖޯޝެއް އުފެދިފައި ވެއެވެ. އަނާ އައްޓަކައި ބަދަލު ހިފުމުގެ ރޫހެވެ. “އަމްމްމްމް.. ޔޫލީ!! ޔޫވް.. އިނގޭތަ އެ ދައިތަ ހުރި ގޮތް؟ ކިހިނެއް އެ މޫނު ހުރީ؟؟ ވަރަށް މުސްކުޅިތަ؟ ..”. ރީހާނާ އެދެކުދިންގެ މޫނަށް ބަލާލިއެވެ.
“އެހާ މުސްކުޅިއެއް ނޫން.. އެކަމް މޫނުމަތީގަ ވަރަށް ގިނަ ރޫޖެހިފަ ހުރީ ..”. ހަނދާން ހުރި ވަރަކަށް ޔޫލީއަށް އެދައިތަ ހަމަ މިހާރުވެސް ލޯމަތިން ފެންނަ ފަދައެވެ. “ވެއިޓް .. އަހަރެން ފޮޓޯއެއް ނެގީމޭ ..” ޔޫވް އުފާވެފައި އޭނަގެ ސްމާޓް ވޮޗް އިން އެ ފޮޓޯ ރީހަނާއަށް ދެއްކިއެވެ. ރީހާނާގެ މޫނު ބަނަވިއެވެ. ރުޅިއައިސްގެން ދަތްކުނޑި ވިކައިގަތެވެ.
“ދައްތަ؟؟ ކިހިނެއްވީ؟ ..” ޔޫވްއަށް އަހައިލެވުނީ ރީހާނާގެ މޫނު ހުރި ގޮތުންނެވެ. ޔޫވްގެ ގަޑިއަށް ބަލަން ހުރެފައި ރީހާނާއަށް ބަލަން ޔޫލީ ބޯހިއްލައިލީ އެވަގުތުއެވެ.
“އެއީ ދައިތައެއް ނޫން! ..”. ރީހާނާގެ އަޑު ކުރިއައްވުރެން ބާރެވެ. ހިއްސު ސަލާމަތުން ތިބި ދެކުދިން ޖެހިލުންވެގެން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. “އެއީ ޒާހިރާ! ..” ރީހާނާގެ އަނގައިން ނުކުތް ބަހާއި ގުޅުން ހުރި އެކައްޗެއް ވެސް ވިސްނައި ވިސްނައި ޔޫވްއަކަށް ނޭނގުނެވެ. ޔޫލީ ވެސް މެއެވެ. “އެއީ ކާކު؟ ..”. ހަމަޖެހެން މަސައްކަތް ކުރަމުން ޔޫލީ އެހިއެވެ.
“އެއީ ވަރަށް ބާރުގަދަ ޖާދޫގަރެއް. އޭތި އުޅެނީ އެހެން މީހުންގެ ބާރުތައް އަތުލައި އޭތީގެ ޖާސޫސުންނަށް ހަދަން. އެތައް މީހެއް މަރާލައިފައި ހުރި ނުބައި މަޚުލޫޤެއް އެއީ.. އަސްލު ކުޑައިރު ދައްތައަކަށް ނޭނގެ އެއީ އެކަހަލަ މީހެއް ކަމެއް. އެހެންވެ ދައްތަ ޒާހިރާއާއި ވަރަށް ފެރެންޑްކޮށް އުޅުނީ. އެކަމް އެއް ދުވަހަކު ޒާހިރާ ބާރުތައް ހޯދަން މަސައްކަތް ކުރާ ތަން ފެނިގެން އޭނަ އާއި ވަރަށް ދުރުވިން. އަދި މީހުންގެ ގާތުގައި އެވާހަކަ ދައްކަން ވެސް އުޅުނިން .. އެކަމް.. ދުރު ދުރުން އުޅެމުން ދަނިކޮށް އޭނަ ދައްތަ ގާތުގަ ބުނީ އަނާއަށް ކަމެއް ކިރާނަމޯ މީހެއް ގާތުގަ ބުނަން އުޅެފިއްޔާ .. އެހެންވެ އެ މަސައްކަތް ކުރުން ހުއްޓާލިން.. އެކަމަކު ދޮގުވެރިޔާ މިއަދުވެސް ދޮގު ހެދީ.. އަނާ މަރާލަން މަސައްކަތް ކުރީ ..”
ރީހާނާ އޭނާގެ މާޒީ ކިޔައިދިނެވެ. ޔޫލީ އާއި ޔޫވްގެ ދެލޯ ބޮޑުވެފައިވާ މިންވަރު ފެނި އަޑުއަހަން އެނދުމަތީގައި އޮތް އަނާގެ ގާތަށް އައީ ހިންޏެވެ. އަދި އެމީހުންނަކަށް އަނާ ހޭލައިގެން އަޮތް ކަމެއް ނޭނގެއެވެ. އަނާ އެނގޭކަށްވެސް ބޭނުމެއް ނޫނެވެ.
އަނާ އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. އެވަގުތު އޭނަގެ ހޭ އެއްކޮށް ދިޔައެވެ. ނޭވާ ހިނދިގެން ގޮސް އެނދުގެ ހެޑް ބޯޑުގައި ބޯ ޖައްސާލެވުނު ވަގުތު އޭނަގެ ލޯ އެއްކޮށް މެރުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


