Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކަ

ޕޯޝަން – 10 (ފަހުބައި)

Aashii
Aashii Level 310 Stories100 Login
June 22, 2021 2 Mins Read
0 Comments

ބިރުވެރި ހަޅޭކެއްގެ އަޑާއި އެކު ދޮލަނގުން މައްޗަށް ފާޅުވީ އެއްކަލަ މުސްކުޅި ދައިތައެވެ. އެލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އަދި ވަކީން ރީހާނާ ފެނިފައި އެ އަލިފާނަށް ތެޔޮ އެޅުނެ ފަދައެވެ. ރީހާނާގެ ގާތަށް ލާނެތް ހިންޏެއް އައިސްފައި ވާއިރު ޒާހިރާގެ މޫނުމަތި ވަނީ ބަނަވެ ފުސްވެފައެވެ.

“ވަރަށް ގިނަ ދުވަހު ތިގޮތަށް އުޅެވިއްޖެ ދޯ؟ ..” ރީހާނާ ހަޅޭއްލަވައިގަތެވެ. ހީވީ އެގެއަށް ބިންހެލުމެއް އައި ހެންނެވެ. ޔޫވް އާއި ޔޫލީ ހައިރާންވެ އަންތަރީސް ވިއެވެ. ޒާހިރާ ހީނގަތެވެ. މޮޔައަކާއި ތަފާތެއް ނެތޭ ރީހާނާގެ ހިތަށް އެރިއެވެ.

“އަދިވެސް ހޭން ދޯ އެނގެނީ؟ އަނާއަށް އެހާލު ޖައްސާފަ ..” ރީހާނާގެ އަޑު ބާރުވެގެން ދިޔައެވެ. ޒާހިރާ ހިނިގަނޑު މަޑުކޮއްލިއެވެ. “ތިއުޅެނީ ކީއްކުރަން؟ ..” މިފަހަރު ވާހަކަ ދެއްކީ ޒާހިރާއެވެ. “ކީއްކުރީ އަނާއަށް؟ ..” ބަދަލުގައި ރީހާނާ ކޮއްލީ ސުވާލެކެވެ. ޒާހިރާ އަނާއަށް ކުރި ކަންތައްތައް ކިޔައިދެމުން ދިޔައީ އަމިއްލަ ޙައިސިއްޔަތާއި މެދު ފަޚުރުވެރި ވެފައި ހުރެއެވެ. އޭނައަށް ނޭގުނީ ، އެވާހަކައިގެ އެއްވެސް އަކުރެއް ފިއްޔެއް ވައްޓައި ނުލައި ރީހާނާ ރިކޯޑް ކުރަމުން ދިޔަކަމެވެ.

“އަނހަ! ..” ޒާހިރާގެ ދުލުން ބޭރުވީ އެންމެ ލަފްޒެކެވެ. ހައިރާންވެގެންނެވެ. ކުރިމަތީ ހުރި ދޮރުން ވަދެގެން އައީ އެކިއްލާގެ ރަސްގެފާނެވެ. އޭނާ ދެންމެ ދެއްކި ވާހަކަތައް އަޑުއިވުނު ކަމެއްވެސް ނޭނގެއެވެ. ރީހާނާގެ މޫނަށް ބަލައިލެވުނީ ތެޅިގެންފައެވެ. ބަދަލުގައި ރީހާނާ ވެދުން ކޮއްލީ ލާނެތް ހިނިތުންވުމެކެވެ.

*******
ޒާހިރާ ޖަލަށް ލެވުނެވެ. ރީހާނާ ހެއްކަކަށް އެ ރެކޯޑިންގ ދެއްކީއެވެ. އޭގެން އެކަނިވެސް އެމައްސަލާ ބަލާ ނިމިގެން ދިޔައެވެ. އެވަރުން ފުދުނީ ރީހާނާއަށެވެ. ޒާހިރާ ޖަލަށް ލީއިރު އޭނަގެ ބާރުތަކާއި އެހެން ވެސް އެއްޗިހިތައް އޭގެ ހައްޤުވެރިނަނަށް ދޭން ރަސްގެފާނު މަޖުބޫރު ކުރެއްވިއެވެ. ދުނިޔެއިން ނެތިވެ ގޮސްފައިވާ މީހުންގެ ބާރުތައް ޚުދު އެމަނިކުފާނު އަމިއްލަފުޅަށް ރައްކާކުރެއްވީއެވެ.

މައްސަލަ ބަލާ ނިމިގެން ދިޔައިރު އަނާ ވެސް ކުރީގެ ހާލަތަށް އެނބުރި ރުޖޫޢަ ވިއެވެ. މަންމަ އަށް ޝުކުރުކޮށް މަންމަގެ ކިބައިން މަޢާފަށް އެދުނެވެ. ތިން ކުދިން ވެސް އަދަބެއް ލިބިގަންނަން ބޭނުންވީތީ ވިސްނާލަން އިރުކޮޅެއް ނެގުމަށްފަހު ރީހާނާ އަވަހަށް ގޮސް ދޮންނަ މެޝިނަށް އެގޭގަ ލެއްވިހާ އަންނައުނެއް އެޅިއެވެ. އެއަށްފަހު އޭގެ ތެރެއަށް ގަރުދިޔަ އެޅީ އަނާ ޔޫވް އަދި ޔޫލީގެ ކުރިމަތީގައެވެ. މިއަދު ރީހާނާ ހަވާލުކުރި އަދަބަކީ އެހުރިހާ އެއްޗެއް އަލުން ދޮވެ ހިއްކައި އިސްތިރިކޮށް ފަށްޖަހާފައި އަލަމާރިއަށް ލުމެވެ. ޔޫވްއަށް ހީނގަނެވުނެވެ.

-ނިމުނީ-

 

މިބައި ތަންކޮޅެއް ކުރުވެދާނެއެވެ. އެކަމަށްޓަކައި މަޢާފަށް އެދެމެވެ. އަދި މިވާހަކަ ކެތްތެރިކަމާއިއެކު ބަރާބަރަށް ކިޔައި ވިދާޅުވި އެންމެހާ ކިޔުންތެރިންނަށް ޝުކުރު ދަންނަވަމެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ހިތްދަތި ދުވަސްތައް 12

Next

ލޯބިވެވުމުން 3

Next
June 22, 2021

ލޯބިވެވުމުން 3

Previews
June 22, 2021

ހިތްދަތި ދުވަސްތައް 12



All Right Reserved!