އޭލިޔަން ސިލްސިލާ 2 – ހަނގުރާމަ 8
“ކަލޭދޯ އޭތި ނެގީ! ..” ޕީޖިވިއޯން އައި ރުޅީގައި އެމީހާއާއި ދިމާލަށް ރަހުމެއް ނެތް ބަސްތަކެއް ބުނެލިއެވެ. އޭރު އޭނާގެ ލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އެމީހާ ހުރީ ބިރުން، ކިރިޔާ ނުރޮވިއެވެ. “ނޫން! ސާހިބާ. ނޫން..” ދެއަތުން މޫނު ފޮރުވާލަމުން އެމީހާ ޖަވާބުދިނެވެ. ޕީޖިވިއޯން ނުލަފާ ގޮތަކަށް ހީލިއެވެ.
“ރޫނާ!! ކަލޭ ދޯ އޭތި ނެގީ؟؟ އަހަރެން ކަލޭ މަރާލާނަން!! ކަލޭ މަރާލާ މީހަކަށް އަހަރެން ވާނަން..”
ރުޅިއައިސް ރަތްވެފައިވާ ޕީޖިވިއޯންގެ ލޮލުގައި ނުރައްކާތެރި ވިދުވަރެއް ހުއްޓެވެ. މިފަހަރު ހަމަ ޔަގީނުންވެސް ރޫނާ މަރާލާނެއެވެ.
**********
‘އެކްސްޕެލިޔަރމަސް! ..”
ގަދަފަދަ އަޑުފަތްގަނޑާއި އެކު ދޮރު މާދުރަށް ވިއްސައިގެން ޖެހުނުއިރު ރޫނާ އާއި ދެންތިބި ކުދިންވެސް ސިއްސައިގެން ދިޔައެވެ.. ނުދާނީ ވެސް ކިހިނެތް ހެއްޔެވެ. އެއީ އެމީހުން އިންތިޒާރު ކޮއްގެންވެސް ހުރި ކަމެއް ނޫންވިއްޔާއެވެ! އެހެންވި ނަމަވެސް ރޫނާ ދަނޑިގަނޑު އަތަށް ހެޔޮވަރުކޮއްލިއެވެ. ރިއާނާ އާއި ނަޔާނީ އަދި ލިލިޔަންވެސް މެއެވެ. ނުރައްކާ ވަރަށް ބޮޑުކަން އެނގުނީއެވެ.
“އަހަންނަށް އިންތިޒާރު ކުރަނީ ދޯ؟ ..”
ނުލަފާ ހިނިތުންވުމަކާއި އެކު ފުސްވެގެން އައި ހިރަފުސް ތެރެއިން ރިއާނާއަށް ފެނުނީ ޕީޖިވިއޯނެވެ. އޭނަގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. އެހާ ވަރެއްގެ ސަލާމަތްތެރި ކަމެއް ނެތޭ އޭނަގެ ހިތް ބުނެލިއެވެ. އެހެން ހުއްޓާ ރޫނާ ލޮލުގެ އިޝާރާތުން އޭނައަށް ދައްކާލީ މޭޒުމަތީގައި ބާއްވައިފައި އޮތް ޕީޖިވިއޯނުގެ ޖާދޫގެ ދަނޑިގަޑެވެ. ފުރުސަތުގެ ބޭނުން ހިފައި ރިއާނާ އަވަހަށް އޭތި އަތަށް ނެގިއެވެ.
“ދީތީތި! ހަމަ މިހާރު! ..” ޕީޖިވިއޯން ހީކުރީ އޭނަގެ އަމުރަށް ކޮންމެ މީހަކުވެސް ތަބާވާނޭ ކަމަށް ހެއްޔެވެ. ނޫނެކެވެ. އެހެނެއް ނޫނެވެ. ތހީކުރީ ނުބައި ކޮށެވެ. ތިކަހަލަ ނުބައި މީހަކަށް މަޖުބޫރީ ހާލަތުގައި މެނުވީ ތަބާވާނޭ މީހަކު ނުހުންނާނެއެވެ. ޔަގީނެވެ. އޭތީގެ ޚާދިމަށް ވެސް އެއުޅެނީ ބިރު ދައްކައިގެންނެވެ. އެހެންނަމަ ކޮންފަދަ ހެއްޔެވެ!
ރޫނާ ހުޝިޔާރު ކަމާއިއެކު ދަނޑިގަނޑު ވައިގެ ތެރޭގައި ވައި ކަފާލުމަށްފަހު ޕީޖިވިއޯނާއި ކުރިމަތި ލިއެވެ. “ރިޑަކްޓޯ އިންކަކާޓެމްޓޭ! ..” ރޫނާ ޖެއްސީ ތަންކޮޅެއް ބާރުގަދަ ސްޕެލްއެއް ނަމަވެސް އޭނަގެ ދަނޑިގަނޑަށް އެކަން ހަޖަމް ނުވީ ކަންނޭނގެއެވެ. އެ ދަނޑިގަނޑު ފީވެގެން ފިލާތައް ކުނޑިއަށްވާ ކަހަލަ ގޮތަކަށް ބުރިވިއެވެ.
“އާހްހްހްހް! ..” އައި ކުއްލި ޝޮކުގައި ވިއްސައިގެން ގޮސް ރޫނާ ޖެހުނީ ތަންކޮޅެއް ދުރުގައި ބަހައްޓާފައި ހުރި އެނދުގެ ފަޑީގައެވެ. އެވަގުތު ރޫނާއަށް ހަޅޭއް ލަވައިގަނެވުނެވެ. ޖެހުނު ގޮތަށް ހިރިވެސް ލާކަށް ނޭނގުނެވެ. ލިލިޔަން އާއި ނަޔާނިވެސް ‘ރޫނާ’ އޭ ކިޔައި ހަޅޭއް ލަވައިގަނެ ރޫނާގެ ގާތުގައި ދެކަކޫ ޖަހައި އިށީނެވެ. ރޫނާގެ ދެލޯ މެރުނު އިރު ޕީޖިވިއޯންގެ މޫނުމަތީގައި ހުރި ނުބައި ހިނިތުންވުން ފެނުނެވެ. ރޫނާގެ ލޯ މެރުނު ވަގުތު ޕީޖިވިއޯން ފެށީ ހޭށެވެ. ރަހުމުގެ ކަންފުޅެއް ވެސް ނެތީބާއެވެ.
ރިއާނާގެ ހިތް ފަޅައިގެން ދާވަރުވެފައި ހުރި ނަމަވެސް ދެވޭކަށް ނެތެވެ. އޭނާ މިހާރު އެތަން ދޫކޮށް ރޫނާގެ ގާތަށް ހިނގައްޖެނަމަ އެކުދިންނާއި އޭނައަށް ކޮންމެފަދަ ގެއްލުމެއް ވެސް ލިބިދާނެއެވެ. އޭުރު ވެސް ރިއާނާގެ ހިތުގައި ރޫނާގެ ބަސް ކުރިން އެހުނު ނަމައޭ އޮތެވެ. ކޮންމެއަކަސް މިއޮތީ ވަގުތު ފާއިތުވެފައެވެ.
އެންމެ ފަހަރަކުވެސް ރޫނާއާއި ދިމާލަށް ބަލައިލަން ރިއާނާގެ ހިތް އެދުނެވެ. އެއާއިއެކު ކުރަން ނުކުރަން ހުރެ ހުރެފައި ރިއާނާ ބޯ އަނބުރާލިއެވެ. އޭރު ލިލިޔަން އާއި ނަޔާނީ ރޫނާ، އަތުލައިފި ކޮއްގެން އެނދަށް އަރުވަނީއެވެ. ރިއާނާ ބޯ އަނބުރާލި ތަންފެނުމުން ޕީޖިވިއޯން އަތްމަތި އަވަސްކޮއްލީ އެތަނގައި ބޮމެއް ގޮއްވާ އިންސާނުންގެ ފުރާނަ ދުއްވާލާށެވެ. ނިކަން ދެކިބަލާށެވެ. މިއަށްވުރެ ނުބައި މަޚްލޫޤެއް އެބައުޅޭ ހެއްޔެވެ؟ ޕީޖިވިއޯންގެ ނިމުން ގެންނަ މީހަކަށްވެސް ފާފަވާނެ ހެނެއް ހިޔެއް ނުވެއެވެ.
“އޯނޯ ޔޫ ޑޯންޓް!! ..” ރާއިދު ހަޅޭއްލަވައިގަތުމާއިއެކު ރިއާނާ އަވަހަށް އެދިމާ ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. ނަޔާނީ އާއި ލިލިޔަން ވެސް ވަރަށް އުފާވިއެވެ. މެރިފައި އޮތް ރޫނާގެ ދެލޯ ވެސް ކުޑަކޮށް އެސްފިޔަ ޖަހާލިއެވެ. ހީވަނީ އެއަޑު އިވުމުން އުފާވީ ހެންނެވެ.
ކުއްލިޔަކަށް ރާއިދު އެތަނުން ފެނުމުން ޕީޖިވިއޯންގެ ހިތުގައި ގޮތްނޭނގޭ އިހްސާސްތައް ދުވެލިއެވެ. މޫޑު ގޯސް ވީއެވެ. އޭތި ނުވެސް ވިސްނާ ހުއްޓާ ރާއިދު ފެނުމުންނެވެ. އޭތި މަންޒަރު ބަލަން ހުއްޓާ ރާއިދު އޭނާގެ ދަނޑިގަނޑުން އިޝާރާތް ކޮށް ޕީޖިވިއޯންގެ އަތުގައި އޮތް ދަނޑިގަނޑު މާ ދުރަށް އެއްލާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


