Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 11

Belle Level 310 Stories100 Comments100 Login500 Login
July 1, 2019 5 Mins Read
28 Comments

” ކޯރާ އަކީ މަގޭ ގާލް ފްރެންޑެއް ނޫން. އެއީ ޝިފާ އަށް އެނގެން އެހާ މުހިންމު ކަމެއްނޫން. ބައި ދަ ވޭ އެންޖޯއި ޔުއާރ އީވްނިންގް ވިތް ޔުއާރ ފްރެންޑްސް ” ޝިފާ ދިއުމުން ޓައީއަށް ދުލެއް ދިނެމެވެ. ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށުމުން ނަގާ ބަލާލެވުނެވެ. ހައިރާންވީ އެތަށް  ދުވަހެއްފަހުން މި ފޯނުކޯލް އައުމުންނެވެ. ފޯނު ނެގުމުގެ ބަދަލުގައި ނިއްވާލިއެވެ.

 

 

*************************

 

 

ޝިފާ މަޑުމަޑުން ހިނގާލާފައި ގޮސް ނަތާމެން ކައިރީ ސޯފާގައި ރީތިކޮށް ހަމަޖެހިލިއެވެ. ކަމެއް ވީކަމަށް ނުހަދާ ހީލިއެވެ.

 

 

” އައި ހޭޓް ދިސް މޭން ގަޓްސް. ޒައިކް އަށް ހީވަނީ މިލިއަނަރެއްގެ ދަރިއެއްވީމަ ޝިފް އާ ދޭތެރޭ ބޭނުން ގޮތަކަށް ކަންތައް ކުރެވިދާނެޔޭތަ! އެހެން ހީވަންޏާ އެއީ ކުއްހީއެއް، އަހަރެން މަޑަކުން ނުހުންނާނަން ޝިފް އަށް ދެރަގޮތެއް ވާތަން ބަލާކަށް. ހިތަށް އަރާ އެފޮނިކަމާ ބޮޑާކަން ކަނޑުވާލަން މޫނުމަތީ ބޮނޑިއެއް އަޅާލާފާނަމޭ” ސައިފް ހުރީ ފުދޭވަރަކަށް ރުޅިގަދަވެފައެވެ. ގެއަށް މެހެމާނުން އައީމަވެސް ކަމޭހިތަން ނޭނގުނުތާ އެންމެން ކުރިމަތީ ޝިފާ އާއި ވާހަކަ ދެއްކި ހަރުކަށި ގޮތުން ހިތްހަމަ ނުޖެހިފައެވެ.

 

 

ސައިފް އަކީ ޝިފާގެ ބައްޕަގެ ހުރި ހަމައެކަނި ތިމާގެ ކުއްޖާއެވެ. ދިމާވި ހާދިސާއެއްގައި ސައިފްގެ މައިންބަފައިން ނިޔާވުމުން ސައިފްގެ ހުރިހާކަމަކާ އިލްހާމް ހަވާލުވިއެވެ. ރަޝިޔާގައި ޑޮކްޓަރުކަން ކިޔަވަން ހުރި ސައިފް އަށް ކައިވެނި ޕާޓީއަށް ނުދެވުމުން އެންމެ އަވަހަށް އެއްދުވަހުގެ ޗުއްޓީއެއް ނަމަވެސް ނަގައިގެން ޝިފާ ކައިރިއަށް އައީއެވެ.

 

 

އެތައް ވާހަކަ ތަކެއް ދެއްކުމުގައި އެންމެން ގިނަ ވަގުތު ތަކެއް އެގޭގައި ހޭދަކުރިއެވެ. ދިމާ ނުވާތާ ގިނަދުވަސް ވުމުން ތިންމީހުންގެ މެދުގައިވެސް ވާހަކަ ހުސްނުވިއެވެ. އެންމެން ޝައުގުވެރިވީ ސައިފް އަށް ކަމުދާ އަންހެން ކުއްޖަކާ ދިމާވި ވާހަކަ ބުނުމުންނެވެ. ސައިފް ވާހަކަ ދެއްކިއިރު ދުވަހަކު އުފާ ނުވާ ވަރަށް ހުރީ އުފާވެފައެވެ. އެކުއްޖާގެ ވާހަކަ ކިޔާދިންއިރު މޫނުމަތިން ކުޑަކޮށް ހިތާމައިގެ އަސަރު ފާޅުވިއެވެ. ސައިފް ކިތަންމެ ގާތްކަން ބޭނުން ވިއަސް އަދި އެހާ ފަސޭހައިން އެ ކުއްޖާ ކާމިޔާބު ނުކުރެވޭނެކަން ބުނެލީ ހިނިތުން ވުމަކުންނެވެ.

 

 

” ޝިފް ބޭބީ . ޔަމާން ކިހާ ނައިސް. އެހާ ކެއަރިން” ޝިފާ އެކަމާ އެއްބަސްވިއެވެ. ރޯންގް ކަޒިންއަކާ އެކު އުޅެނީ ކީއްކުރަންހޭ ނަތާއަށް އަހާލެވުނީ ޒައިކް ދެކެ އަންނަ ރުޅިއަކުންނެވެ.

 

 

” އަހަންނަކަށް ނޭނގެ ޒައިކް އެހާ ކެއާ ނުކުރާއިރުވެސް އޭނަދެކެ ރުޅިއައިސްގެން ހުންނާކަށް ނުކެރޭ ގިނަ އިރަކު. ހަނީ މޫންއަށް ގޮސްވެސް އޭނަ އުޅުނީ އޭނަގެ ގާލްފްރެންޑާ އެކީ ހެން ހީވަނީ. އަހަރެން އެންމެ ދުވަހަކު ޔަމާން އާއެކީ ދިޔަކަމަށްޓަކާ ވަރަށް ރުޅިއައިއްސަ ހުންނަނީ. އެކަމް އަހަރެން ކަންނޭގެ އޭނަދެކެ ރުޅިއަންނަންވީ. އެކަމް ޒައިކްދެކެ ރުޅި އަންނާކަށް ނުކެރޭ، ނޭނގެ ހިތައް ވަރަށް ތަދުވޭ” ޝިފާގެ ވާހަކަތަކުން ދެމީހުން ހުރީ ކޮސްވެފައެވެ. ޒައިކް ޝިފާއަށް ރަނގަޅު ނޫންކަން އެނގުނެވެ. އެކަމާ ޝިފާ ހިތާމަކުރާކަން އެނގުމުން ނަތާގެ މެއަށް ބާރުވިއެވެ.

 

 

” ދެޓް ސަން އޮފް….އާރގްގްގްގް..އޭނަ ހިތައްވެސް އަރުވާގެން ނުވާނެ ޝިފް އަށް މުޅިއުމުރަށް ހިތާމަ ދޭނަމޭ. އަހަރެން އެފުރުސަތެއް ނުދޭނަން ” ނަތާ މަޑުމަޑުން ޝިފާގެ އަތަށް ފިތާލަމުން ހިތްވަރު ދިނެވެ.

 

 

” ދެން ބުނެބަ އޭނަ ޝިފް އާ އެއް ރޫމެއް ޝެއާ ކުރާއިރު ސްލީޕް ކޮއްފިތަ” ނަތާގެ ސުވާލުން މޫނުއެއްކޮށް ރަތްވިކަމުގެ އިހުސާސް އަމިއްލަޔަށްވެސް ޝިފާ އަށް ވިއެވެ.

 

 

” ސައިފް އޭނައަށް ކޯއްޗެއްތަ ކާންދީގެން ތިގެނައީ، އެހާ ސުވާލް ގިނަ” ލަދުގަންކަން އަންގާކަށް ޝިފާ ބޭނުމެއް ނުވިއެވެ. އެހެން ވާހަކައެއް ފެށޭތޯ ބެލިއެވެ.

 

 

ރޭގަނޑުވެ އެންމެން ދިއުމުން މުޅިތަން ސާފުކުރަން ފެށިއެވެ. ވާޅަކަށްވެސް ހުއްޓުމެއްނެތި މަސައްކަތް ނިންމާލުމަށްފަހު ހިންދެމިލިއެވެ. ސާފުތާހިރު ކަމަކީ ޝިފާ އެންމެ ލޯބިކުރާ އެއްކަންތަކެވެ. ބަދިގެއަށް ވަދެ އެއްޗިހި ތަރުތީބު ކޮށްލުމަށްފަހު މަތީ ކަބަޑަށް އަތް ފޯރުވަން އުޅެއުޅެ ނުވިއެވެ. އެންމެ ފަހުން ތިރި ގޮނޑިއަކަށް އަރައިގެން ކޮރާލި ގޮތަކުން ބެލެންސް ނުވެގެން އަރިއަޅާލިއެވެ. އަޑުގައި ނެއްތަނަށް ހަޅެއް ލަވައިގަތުމަށްފަހު ލޯމަރާލެވުނީ ދެން މުށިގަނޑުގައި ޖެހޭނީކަން ހިތަށްއަރުވަމުންނެވެ.

 

 

 

އެހެނަސް ނޭފަތުގައި ޖެހުނީ ޒައިކް ޖަހާ ސެންޓްގެ މީރުވަހެވެ espanolviagra.net. އެދެ އަތުތެރޭ ހައްޔަރު ވެފައިވީއިރު ހިތް ނެގިނެގިފައި ޖެހެއެވެ. ލޯހުޅުވާލުމުން ފެނުނީ ހާމަވެފައިވާ ޒައިކްގެ މޭމައްޗެވެ. ފިރެހެން ވަންތަކަމުން ފުރިފައިވީ ހަށިގަނޑެކެވެ. ސަބްނަމް ތިކި ތަކެއްފަދައިން ދާތިކިތައް ތިރިއަށް ފައިބަމުން ދިޔައިރު ދެލޮލުން ފެނިގެން ދިޔައީ ކޮން ކުލައެއްކަން ބުނެދޭކަށް ނޭނގުނެވެ. އެދެއަތުން އުނަގަނޑުގައި އަޅުވާލެވިފައި ވީއިރު މިވަގުތުކޮޅު އެތައްއަހަރަކަށް ދިގު ދެމިގެން ދިއުމަށް ދެމީހުންނަށްވެސް އެދެވުނެވެ. ދެމީހުންގެ ވެސް ހިތް އަވަސްވެ ، ހިއްސުތައް ހޭލަންފެށިކަހަލައެވެ.

 

 

” ދައްތާ، ގިނަ ދުވަހެއް ނުވެ މާމަ ދަރިން ލިބޭނެ ކަމަށް އުންމީދު ކުރަން ފެނޭ. މިފެންނަ މަންޒަރުން އެކަން ތެދުކަން އެބަ ފެނޭ ” ދަންނައަޑެއް އިވުމުން ކުއްލިއަކަށް ޒައިކް ދުރުވެލިއެވެ. މަންމަ އާއި ބައްޕަ އަދި ބޮޑުދައިތަ ފެނުމުން ލަދުގަންނަމަވެސް ވަރަށް އަވަހަށް އެކަން ފޮރުވާލަމުން ސިޓިންގް ރޫމަށް ދައުވަތު ދިނެވެ. ޓީޝާޓެއް ބޮލުން މަހާލަމުން އަވަހަށް މަންމަ ކައިރީ އިށީންނަމުން ވެސް ޝިފާއަށް ބަލާލެވުނެވެ. ޝިފާ ހުންނާނީ ލަދުންކަން އެނގި ހިތުގެ ތެރޭގައި އުފާވެރިކަމުގެ ހިޔަންޏެއް ދުވެލިއެވެ.

 

 

ޝިފާ އަތުގައި ހިފަހައްޓާލައިގެން ރުމޭނިއާ ހުރިއިރު ހިތާމައިގެ އަސަރު ހުއްޓެވެ. އޭނަގެ އަންހެން ދަރިފުޅު ދުނިޔޭގައި ހުރިނަމަވެސް އެކުއްޖާއަށްވެސް މިނަސީބެއް ނުލިބޭނެއެވެ. އޭނަ ހާދަވަރަކުން ޒައިކް ފަހަތުން އުޅުނެވެ. ޒައިކް ހާސިލް ކުރަން ކޮންމެ ކަމެއް ކުރުމަށް އަތުކުރި އޮޅާލައިގެން ހުއްޓެވެ. އެކަމަކު ތަގުދީރުގައި އެނަސީބެއް ނުލިބުނެވެ. ޒައިކް ދެކޮޅު ހެދުމުން އަމިއްލައަށް މިދުނިޔޭގެ ކެހިވެރިކަމުން ސަލާމަތްވީއެވެ. އެކަމުގެ ބަދަލުގައި ރުމޭނިއާ އަށް ކުރެވުނު ކަންތަކާ މިއަދު ލަދުގަނެއެވެ. މުޅި ދުނިޔެއަށް އެކަން ސިއްރު ކޮށްލައިގެން ހުއްޓަސް ކޮންމެވެސް ދުވަހަކުން އެކަން އަންގަން ބޭނުންވެއެވެ. ކައިވެންޏަށް ނުދެވުމުން މައާފަށް އެދުނެވެ.

 

 

” ޝިފާ  ދަރިފުޅާ ބައްޕަ ވަރަށް އެކަނިވެރި ދޯ، ނަހުލާ ނިޔާވުމުން އެކަކާވެސް ހަޔާތުގެ ބާކީބައި ހިއްސާކުރާކަށް އިލްހާމް ބޭނުމެއް ނުވޭ. މުޅި ދިރި އުޅުން އެ ދުއްވާލަނީ ހަމައެކަނި ވިޔަފާރި ކުރުމުގައި. މަންމަމެންވެސް ގެއަށް އައިސް އެންމެ ފުރަތަމަވެސް ޒައިކްމެން ދެކިލަން މިގެއަށް މިއައީ، ބައްޕަ ބޭނުމެއް ނުވި ލަސްކުރާކަށް، ދެން ބޮޑުދައިތަ އާ ދިމާވީ ކާރަށް އަރަނިކޮށް. ދަރިފުޅާ ބައްދަލު ނުވާތީ އެއައީ ބައްދަލު ކޮށްލަން” ރޫބީގެ ވާހަކަ ތަކަށް ޒައިކް ބޯ ޖަހާލިއެވެ. އެހެނަސް އާއިލާގެ އެކަކަށްވެސް ޒައިކް ގެ ހިތުގައި ޝިފާއަށް އެއްވެސް އަޅާލުމެއް، އޯގާތެރިކަމެއް ހުރިކަން އަނގާކަށް ބޭނުމެއް ނުވެއެވެ. މިރޭ އެފެނުނު މަންޒަރުންވެސް ޒައިކް ގާތަށް ރުޅިއައެވެ. އެކަހަލަ މަންޒަރެއް ފެނިގެން ބައްޕަމެން ހިތުގައި އާ އުންމީދެއް އާ ކުރުމަކަށް ހިތެއް އެއްބަހެއް ނުވިއެވެ. އޭނަވެސް ހިސާބައްވުރެ ކެއްތެރިކަން ކުޑަވަނީ ހެއްޔެވެ. ލޯބި ފެވިފައިވާ ހިތުން އެ ލޯބި ފިލަނީކީ ނޫންބާއެވެ.

 

 

އެރޭގެ ކެއުން ތައްޔާރުކުރީ ޝިފާއެވެ. އެތައް ރަހަތަކަކުން މޭޒުމަތި ފަޅުފިލާފައި ވެއެވެ. ޒައިކް ވަނީ މުސާރަ ލިބޭގޮތަށް ޖޫލީއަށް ފަސް މަސްދުވަހުގެ ޗުއްޓީދީފައެވެ. ބޭނުމަކީ ޝިފާ ކައްކާ މީރު އެއްޗެހި ކެއުމެވެ. އެންމެންގެ ތައުރީފު ޝިފާއަށް ލިބެން ފެށިއެވެ. ރުމޭނިއާ ވެސް ހުރީ ޝިފާގެ މި ރީތި އާދަތައް ފެނިފަ އުފަލުންނެވެ. އޭނައަށް ކުރެވުނު ކަންތައް ރަނގަޅުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެއެވެ. އޭނަގެ ދަރިފުޅު ހުރިކަމުގައި ވީނަމަވެސް މިހާ ފުރިހަމަ އަންބަކަށް ނުވާނެކަން ޔަގީނެވެ. ގޭގެ ހުރިހާ މަސައްކަތެއް ޝިފާ އެކަނި ކުރާތީ ރޫބީ މައްސަލަ ޖެއްސިއެވެ. އެއްވެސް ބުރަކަމަކަށް އެކަންތައް ޝިފާ ނުހެދިއެވެ. އޭނަވެސް ބޭނުންވަނީ މިނިވަންކަމާއެކު ، މީހެއްގެ ހިލަމެއް ނުވާ ގޮތަކަށް މިބޮޑު ގޭގައި ޒައިކް އާ ދެމީހުން އެޅެލުމަށެވެ. ޒައިކް ވަނީ އެހެން ނޯކަރުންނަށްވެސް ޗުއްޓީ ދީ މުޅި ގެ ހިތަކަށް ހަދާފައެވެ.

 

 

ޝިފާ ސިހިގެންގޮސް މޫނުގައި އަތް އަޅާލެވުނީ، ކޮޓަރިއަށް ވަންއިރު ޒައިކް ފެނުމުންނެވެ. ބޮކްސާ ކޮޅާއެކު ބޮލުން ފެން ހިއްކަމުން ފާޙާނާއިން ނުކުން ޒައިކްއަށްވެސް ވީ އެވަރެވެ. ޝިފާ މޫނުގައި އަތް އެޅުމުން ލާނެއް ކަމެއް ކޮށްލުމަށް ހިތަށްއެރިއެވެ. އޭނަ ބޮކްސާ ކޮޅުގައި ހުރީމަ ވީވަރު އެހުރީއެވެ. އަދި ކަމެއް ކޮށްލަން ފެށީމަ ކިހާވަރަކުން ދާނެބާއެވެ. ހިތައް އެރި ޙިޔާލުން ދެފަރާތައް ބޯ ހޫރާލުމަށްފަހު އުނުގައި ތުވާލި އޮޅާލަމުން ޝިފާއާއި ކައިރިވެލިއެވެ. އަތް ނައްޓުވަން އުޅުމުން ގަދަ ހަދާލިއެވެ.

 

 

” އެހެންނޭ ވާނީ ނޮކް ނުކޮށް ރޫމަށް ވަންނަންޏާ. ދެން ފެންނާނީ މިއަށްވުރެ ބަލަން ބޭނުން ވާ މަންޒަރެއް ހެން ހީވަނީ. ދެން ލޯ ހުޅުވަބަލަ. ތުވާލި އޮޅާގެނޭ މިހުރީ، އެހެން ނޫނަސް ޝިފާކަހަލަ ރީތި ކުއްޖަކަށް އެއްވެސް ފިރެހެން ކުއްޖަކު ނުފެނި ހުރެދާނެ ކަމާމެދު ޝައްކު. ތިހާ ލަދުން ނޫޅުނަކަސް ވެދާނެ ވިއްޔަ. އެކަމަކު ވަރަށް ބޮޑަށް ތެންކިއު މިރޭ ފެމިލީއަށް ތި ކޮއްދިން ކަންތަކުން” ޒައިކް އިތުރަށް އެއްޗެއް ނުބުނުމުން ލޯމަތިން އަތް ނަގައި ލޯހުޅުވާލިއެވެ. އޭރު ޒައިކް އެއްޗިހި ލައިގެން އެނދުގައި ހަމަޖެހިލަނީއެވެ.

 

 

ރީތި ވާހަކަ ޒައިކް ބުނުމުން ވަރަށް އުފާވިއެވެ. އެހެނަސް ދެން ޒައިކް ކީ އެއްޗިއްސާމެދު ހިތުގައި ރުޅިވެރިކަން ބާއްވަން ބޭނުމަސް އެކަން ވާގޮތެއް ނުވިއެވެ. ލޯއްބަކީ ފާޑެއްގެ އެއްޗެކެވެ. މީހަކު ދެކެ ލޯބިވެވިއްޖެ ނަމަ އެމީހަކު ކުރާ ކޮންމެ ކަމެއް އެއީ ރަނގަޅު ކަމެއްކަމުގައި ދެކެވޭނެއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނެ އުޅެއެއްނޫން ހެއްޔެވެ. އެކަމަކު މިގުޅުމަށް ދޭނެ ނަމެއް އަދި ޝިފާއަކަށް ނޭނގެއެވެ. އަދިވެސް ޒައިކް އޭނައަކަށް ދަހެއް ނުވެއެވެ. އެއްފަހަރު ރީތިކޮށް ލޯބިން ވާހަކަ ދެއްކިއްޔާ އަނެއް ދެފަހަރު ހުންނާނީ ރުޅިގަދަވެފައެވެ.

 

 

**************************

 

 

ދުވަސްތައް ހަލުއި ކަމާއެކު ހިނގަމުން ދެއެވެ. ޒައިކް އާ ޝިފާގެ މެދުގައި ލެވެމުން ދިޔަ ބޯ ފާރު ތުނިވަމުން ދިޔަނަމަވެސް އިތުރު ނަމެއް މި ގުޅުމަށް ދޭން ޒައިކް ފަސްޖެހެއެވެ. ޝިފާ ކިތަންމެހާވެސް ފުރިހަމައެވެ. ބަސްމޮށުންތެރިކަމަކާ ނުލައި ކިތަންމެ ފަހަރަކު އޭނަދެކެ ލޯބިވާކަން ހާމަ ކުރިއެވެ.  އެދެލޮލުން ލޯބި ނޫން އެއްޗެއް ޒައިކް އަކަށް ނުފެނެއެވެ. ކިތަންމެ ރެއަކު ޝިފާ ނުނިދާ ހޭލާ އޮންނަކަން ޒައިކް އަށް އެނގެއެވެ. އެދެ ލޮލުން އެހެން ކުލައެއް ފެނުނަސް ނުފެންނަ ކަމަށް ހަދާލަމުން ނިދަނީއެވެ. ކިތަންމެ ފަހަރަކު ދެއަތުގެ ތެރެއަށް ގެންނަން ބޭނުން ވެއެވެ. ކައިރީގައި އޮވެމެ ހިތުގެ ގޮވުންތަކަށް ބީރު ކަންފަތެއް ދީދީ މިހާރު ވަރުބަލި ވެއްޖެއެވެ.

 

 

ޝިފާ އަށް ނޭނގުނަސް ބައެއް ރޭރޭ ޝިފާ ނިދުމުން އެ ތުންފަތުގެ މީރުކަން ހޯދެއެވެ. ހަށިގަނޑުގެ ގޮވުންތަކަށް އިޖާބަ ދެވިދާނެތީ ގިނަ އިރުތަކެއް ނުވަނީސް ދުރުވުން އާދައަކަށް ވިއެވެ. އެހެނަސް ދެން ދުވަހަކުވެސް ޝިފާ ދޫކޮށްލުމަކަށް ހިތެއް އެއްބަހެއް ނުވާނެއެވެ. ދިރިއުޅުން މިހާ ފުރިހަމަ މިވަނީ ޝިފާ އޭނަގެ ހަޔާތުގައި ކޮންމެވެސް ނަމެއްގައި ވާތީކަން އެނގެއެވެ. ލިވީ އާއިއެކު ހޭދަކުރި ލޯބީގެ ދުވަސް ތައް ހަނދާން ނުނެތުނު ނަމަވެސް، ޝިފާއާއި އެކު ހޭދަކުރެވުނު މަދު ދުވަސް ކޮޅުގައި އެތަކެއް ހަނދާންތަކެއް، އެތަކެއް އުފާވެރިކަމެއް ލިބިފައިވެއެވެ.

 

 

އޮފީސް ބަނދު ދުވަހެއްކަމުން ޒައިކް ކާން ނުކުން ނަން ވާއިރަށް ޝިފާ އުޅުނީ ކާން ހެދުމުގައެވެ. ފަސްމަސް ވެފައި ވާއިރު ޖޫލީ އަލުން އަނބުރާ ގެއަށް އައެވެ. އޭނައަށް އެހީ ތެރިވުމުގައި ޖޫލީ ފަހަތަކަށް ނުޖެހެއެވެ. ޝިފާ އަށް އެހާ ގަދަރު ކުރެއެވެ. ޓީޝާޓަކާ އެކު ކުރު ސޯޓެއް ލައިގެން ޒައިކް އައި އިރު ފުރިހަމަކަމުން ބަލަހައްޓައިގެން ހުންނަ ހިތްވިއެވެ. އެރީތިކަން ދުވަހަކު ފަނޑުނުވުމަށް އެދި ދުޢާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. ޒައިކް އިށީން ނުމާއެކު ޝިފާއަށްވެސް ކައިރީގައި ކާން އިށީންނަން ބުންޏެވެ.

 

” މިރޭ އެބެއް އާންޓުމެންގޭގަ ޕާޓީއެއް. ދެމީހުންނަށް ދައުވަތު ދީފައި އޮތީ. ވާނެ ދާން ” ޒައިކް ގެ ވާހަކައަށް ޝިފާ އެއްބަސް ވިއެވެ. އަދި ލާނެ ހެދުމެއް ގެނެސްދޭނެކަމުގައި ޒައިކް ބުނުމުން ޝިފާ އުފަލުން އުދުއްސައި ނުގަތީ ކިރިއާއެވެ. ކުޑަކޮށްނަމަވެސް އޭނަ އާއިމެދު ވިސްނާ ކަމަށްޓަކާ އުފާކުރެއެވެ. އަދި އުންމީދަކީ އޭނަދެކެ ޒައިކް ވަރަށް ބޮޑަށް ލޯބިވުމެވެ. އެދުވަހަކުން ދުނިޔެމަތީގައި ހުރި އެންމެ އުފާވެރި ކުއްޖާއަށް އޭނަވާނެކަން ޔަގީނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

އަހަރެން އެނބުރި އަންނާނަން (13 ވަނަބައި)

Next

ޝައިމް 2

Next
July 1, 2019

ޝައިމް 2

Previews
July 1, 2019

އަހަރެން އެނބުރި އަންނާނަން (13 ވަނަބައި)

28 Comments!

  1. Belle says:
    July 1, 2019 at 8:58 pm

    Hei it’s part 11, loebegge feshun. Hope everyone will like this part too. Thanks for everyone support ???????. Hope this support will continue till the end ?????

  2. Ainth says:
    July 1, 2019 at 9:00 pm

    Alhaaa haadha reecha ❤❤❤❤ … thank you ???? konmafaharaku up kuraairuga 2 parts up kohdheythey ❤❤❤ v v v salhi … dhn kondhuvahakun up kohdheyney .. ?❤❤❤ waiting

    1. Belle says:
      July 4, 2019 at 8:21 am

      Thanks Ainth

  3. Ainth says:
    July 1, 2019 at 9:02 pm

    Alha haadha reechaaa ❤?❤? .. thank you up kuraairu ga 2 parts up kohdheythey …?❤?❤ dhn kondhuvahakin up vaaney waiting ❤❤❤

    1. Belle says:
      July 1, 2019 at 9:33 pm

      Thank Ainth ????. Tomorrow I will try

  4. Nihu says:
    July 1, 2019 at 9:14 pm

    Beautiful kiyaahithun nunidhey mihaar, Mi story konme dhuvahaku up veytho eba beley iru iru kolhun ??.

    1. Belle says:
      July 1, 2019 at 9:34 pm

      Thanks Nihu bodukoh ??????????

  5. Shaa says:
    July 1, 2019 at 9:22 pm

    When 12

    1. Belle says:
      July 1, 2019 at 9:36 pm

      Every Sunday to Thursday will uploaded. Bt tomorrow I am bsy bt I will try to upload new part of the story ?????

  6. Ibsha says:
    July 1, 2019 at 9:26 pm

    Reethi

    1. Belle says:
      July 1, 2019 at 9:37 pm

      Thank you Ibsha. ????????????????????????????????

  7. Dhonthee says:
    July 1, 2019 at 9:49 pm

    Beutiful?beautiful?beutiful?
    Story hama awesome ingey.. Dhevana au emme reethi vaahaka.. i just love it❤????Keep it up my dear and dhonthi love you so much❤???❤???❤?❤????

    1. Belle says:
      July 4, 2019 at 8:22 am

      thanks Dhonthee. dhonthee vynu dhen dhonthee 1 jahaafa coment kuran. mihaar story liya dhonthy eh ulheythy hehe

  8. Luc!f3r says:
    July 2, 2019 at 2:15 am

    Ask Laftan Anlamaaz ga ulhey dhemeehun sifa vany mi vaahaka kiyaa iru

    1. Belle says:
      July 4, 2019 at 8:21 am

      hehe Luc!f3r my favourite couple ge therey himeyney hayath and murath bt mi storyga ulhey love birds aky edhemyhun sifa kurumeh noon

  9. Mihee says:
    July 2, 2019 at 7:38 am

    Vvvvv salhi plxx avas up kohdheeba…..

    1. Belle says:
      July 4, 2019 at 8:19 am

      Thanks Mihee

  10. Pinky says:
    July 2, 2019 at 8:48 am

    V salhi vaahaka. Abadh vs vaahaka upload vaane irakah wait kurevey

    1. Belle says:
      July 4, 2019 at 8:19 am

      Thanks pinky

  11. drax says:
    July 2, 2019 at 1:50 pm

    Omg ??????
    Outstanding so beautiful
    This story it’s unable to guess any seen so outstanding ?????????
    Keep up the good work

    1. Belle says:
      July 4, 2019 at 8:18 am

      Thanks drax

  12. anaya says:
    July 4, 2019 at 9:48 am

    when is the next part dear?
    love the story

    1. Belle says:
      July 4, 2019 at 10:48 am

      thanks ,

  13. Flower girl says:
    July 4, 2019 at 9:53 am

    When 12 part of this story

    1. Belle says:
      July 4, 2019 at 10:45 am

      upload kohfin yesterday ga

  14. Shif says:
    July 4, 2019 at 11:26 am

    But nufenee esfiya kudhin avas koh ladheyba v viyaa hithun can’t wait

  15. Xaa says:
    July 4, 2019 at 12:37 pm

    When 12 part of this story

  16. Belle says:
    July 4, 2019 at 2:05 pm

    part 12 and 13 vess upload koffin.

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 13←


All Right Reserved!