Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 5

Belle Level 310 Stories100 Comments100 Login500 Login
June 23, 2019 5 Mins Read
26 Comments

ފޯނުގެ އެލާމް އަޑަށް ޒައިކް އަށް ލޯހުޅުވާލެވުނީ، އަވަސްކަމާއެކުއެވެ. ސޯފާގައި ރީތިކޮށް ނިދާފައިއޮތް ޝިފާ ލޮލުގައި އަޅައިގަތީ ތެދުވި ފަހުންނެވެ. ޝިފާގެ މޫނަށް ކަޅި ހިންގާލެވުނެވެ. ހިމަދިގު ރީތި ނޭފަތުން ނަޒަރު ހުއްޓާލެވުނީ ފިނިފެންމަލެއްފަދަ ތުނި ތުންފަތަށެވެ. އަމިއްލަ ތުންފަތުގައި ދަތްއަޅާލެވުނީ ޝިފާ އޮތްލެއް ލޯބިކަމުންނެވެ.

ކައިރިއަށް ގޮސް މޫނަށް ބަލަން ހުރެވުނީ ފޫހިކަމެއްނެތިއެވެ. ނިއްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްކައިރި ކޮއްލެވުނީ އުނދަގުލެއް އިހުސާސް ކުރެވިދާނެތީއެވެ. ނިދާލާފައި އޮތްއިރުވެސް މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. ކުއްލިއަކަށް އަތްދަމައިގަތުމަށްފަހު ކޮޅަށް ތެދުވީ އަމިއްލަ ނަފްސުދެކެ ރުޅިއަންނަހާލުއެވެ. ދެން ދުވަހަކުވެސް އަންހެން ކުއްޖެއްގެ މޮޅެތި ވާހަކަ ތަކަށް ނުހެއްލުމަށް ކުރި އަޒުމް ގުޑާނުލުމަށް އިތުރަށް އަޒުމް ކަނޑައެޅިއެވެ. އެރުޅިވެރިކަމަށް އިތުރު ބޮޅެއް އެކުވީ، ޝިފާ ލޯހުޅުވާލަން އުޅުނުހެން ހީވުމުންނެވެ. އަވަސްއަވަހަށް ފާޙާނާއާ ދިމާއަށް ހިނގައިގަތެވެ.

***********

ޝިފާ ލޯހުޅުވާލުމަށްފަހު ބާލީހުގަބައްދާލިއެވެ. ބާލީސް އެއްލާލުމަށްފަހު ތެދުވެ އިށީންނީ މުޅި ކޮޓަރިތެރެ ބަލަމުންނެވެ. އަމިއްލަ ކޮޓަރީގަ ނޫންކަން ހަނދާންވުމުން ދެލޯ ބޮޑުކޮއްލިއެވެ. ކޮޓަރީގަ އެކަނި ބާއްވާފަ، ޒައިކް ދިޔައީކަމަށް ނިއްމުމަށްފަހު، ފާޙާނާ އާ ދިމާއަށް ހިނގައިގަތީ ރީތިވެލުމަށެވެ. ލޯމަރައިގެން ހުރެ އިނގިރޭސި ލޯބީގެ ލަވައެއް ކިޔަމުން ލޯގަނޑު ކުރިމަތީ ނަށާލިއެވެ. ޝިފާގެ މިރީތި ކަން ދެކެން ޒައިކް ހުރިކަމެއް ޝިފާއަށް ރޭކާވެސް ނުލައެވެ. ލައިގެން ހުރި ހެދުން ބޭލުމަށް އަތް ހިއްލާލަން އުޅުނުވަގުތު އެއްކަރީގައި ހުރި ޒައިކް ފެނި ހަޅެއްލަވައިގަނެވުނީ އަޑުގައި ނެއްތަނަށެވެ. ބާތްޓަބް ވަށައިގެން ފަރުދާ ދަމާފަހުރުމުން މީހަކު ހުރިކަން ނޭނގުނީއެވެ. އަމިއްލައަށް ޖެއްސުނު ވައްތަރު ހިތަށްއެރުމުން ހަށިގަނޑަށް ލޮޅުން އެރިކަހަލައެވެ. އުނުގައި ތުވާލި އޮޅާލާފައި ހުރިއިރު އެރީތި އިސްތަށިގަނޑުން ފެންތިކިތިކި ތަޅައެވެ. ސަވަޖެލްގެ މީރުވަސް ދޮވަން ފެށީ ޒައިކް ކައިރިވާންފެށުމުންނެވެ. ނޭވާހިފަހައްޓާލަން ޖެހުނެވެ. އެހެނަސް ނުކުމެގެން ދިޔައީ އެއްވެސް އެއްޗެކޭނުބުނެއެވެ.

އިތުރަށް ޝިފާގެ އަމަލުތަކަށް ރުހެވޭ ގޮތްވަނީއެވެ. ކުރާކޮންމެ ކަމެއްގައިވެސް ހިތް ދަމައިގަންނަ ގޮތް ހުރެއެވެ. ސިފަވަނީ ޝިފާ ލަވަކިޔާލިލެއް ފުރިހަމަކަމުންނެވެ. އުފާވެރި ހެނދުނަކުން ފެށުނީ އެވެ.

“މަންމަ ބުނި ގެއަށް ސައިބޯން އަންނާށޭ! ދާންބޭނުމިއްޔާ އާދޭ” ޝިފާ ތައްޔާރުވެ ނިމުމުން ބޭނުންވާ ގޮތް ޒައިކް ހާމަކުރީ ހިޔާލް ބަދަލުވުމުގެ ކުރިންނެވެ. ޝިފާގެ މޫނުމަތިން ފެނުނު އުފާވެރިކަން މިހާރަކު ނެތެވެ. ބޭނުންވަނީވެސް އެގޮތެވެ.

“މިއަދު ހަވީރުގެ ފުލޭޓުން ފުރަން. ޝިފާ ދާންބޭނުމިއްޔާ ބޭގް ޕެކް ކުރާތި!” ކާރަށް އިތުރުހިމޭންކަމެއް އައީ ޒައިކް އަމުނާލި ބަސްތަކަކުންނެވެ. ޝިފާ ދައްކަން ބޭނުންވާ ވަރަށް ވާހަކަ އެބަހުއްޓެވެ. ހިތަށް ވިސްނައިދެމުން ހަމަހިމޭންކަން ހިޔާރުކުރީ ބޯޖަހާލަމުންނެވެ.

“ދަރިފުޅުމެން އަވަހަށް އާދޭ! ބައްޕަ މިހުންނަނީ ދަރިފުޅުމެނާއެކީ ސައިބޯންވެގެން” އަހަންނަށް ބަލާލެވުނީ ޒައިކް އަށެވެ. ކަމެއްވީހެނެއް ހީވެސް ނުވެއެވެ. ބައްޕަ ގައިގާ ބައްދާލަމުން ވާހަކަ ދައްކަން ފެށިއިރު، ރޭގަ ކިޔުނުއެއްޗެހި މަތިން ޒައިކް ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ. އެންމެންގެ ލޮލުގައި އަނދުން އަޅުވަން ވަރަށް މޮޅެވެ.

“ބައްޕާ، މިއަދު ހަވީރު ފުރަންމިއުޅެނީ ޒައިކްއާއެކު” އެންމެންގެ މޫނުމަތިން ހައިރާންކަން ފާޅުވާން ހުރިނަމަވެސް ޒައިކް ހުރީ ވަރަށް ހަމަޖެހިލައިގެނެވެ. ޒައިކް އެހާ އަވަހަށް ފުރާތީ މަންމަމެން ވަރަށް ޝަކުވާ ކުރިއެވެ. އެކަމަކު ޒައިކް އާއެކު ފުރުމަށް ބައްޕަ ހުއްދަދިނެވެ.

ސިޓިންގރޫމްގައި އެއްމެން ވާހަކަ ދައްކަން ހުރިއިރު ޒައިކް ހުރީ ފޯނަށް ބަލާށެވެ. އެހެނަސް ހިޔާލް އެނބުރެމުންދިޔައީ ޝިފާ އާއި ދިމާއަށެވެ. ރޭގަ އެވަރަށް އެއްޗެހި ކިޔުމުންވެސް ފުސްމޫނުވެސް ހަދާނުލައެވެ. މިކަހަލަ ރީތި ސިފަތަކުން ޝިފާ ވަނީ ޒައިކްގެ ރުހުން ހޯދާފައެވެ. ޝިފާގެ ކޮޓަރި ބަލާލަން ދާހިތްވިއެއްކަމަކު ކައިރީގައި ތިބި އެއްމެނަށް ބަލާލުމަށްފަހު އެޙިޔާލް ދޫކޮށްލިއެވެ. ޒައިކް ގެ ނަޒަރު ޝިފާގެ ކޮޓަރިއާ ދިމާއަށް ހުއްޓިފައި ހުރިކަން އެނގުމުން، އިލްހާމް އަށް ހިތްހަމަޖެހުން ލިބުނެވެ. އޭނަގެ ދަރިފުޅަށް ހޯދައިދެވުނީ ރަނގަޅު ދިރިއުޅުމެއްކަމަށް ނިއްމުނެވެ.

” ދަރިފުޅާ ޒައިކް. ދޭބަލަ ޝިފާއަށް އެހީވާން ޕެކް ކުރަން. އެކަން ކުރަން ޖެހިއްޖެއްޔާ އެއްދުވަސް ވެސް މަދުވެފަ އޮންނާނީ ” ވަރަށް ނޫންކަމަށް ހެދެމުން ޒައިކް ހިނގައިގަތީ ހިތުގެ އަޑިން އިލްހާމްއަށް ޝުކުރު އަދާކުރަމުންނެވެ.

ކޮޓަރި ދޮރު ހުޅުވާލިއިރު ޝިފާ ހުރީ ޕާރްސަލްތައް ކަނޑާށެވެ. ޒައިކް ފެނުމާއެކު މަޑުޖެހިލިކަން އެނގުނެވެ. މަޑުމަޑުން ހިނގާލުމަށްފަހު ޝިފާކައިރީގައި ހުރި ޕާރްސަލްތައް ކަނޑަން ފެށުނީ ޝިފާގެ ހާސްކަން ފިލުވާލަދިނުމަށެވެ. ޝިފާގެ ނަޒަރު އިރުއިރުކޮޅުން ހުއްޓޭކަން ޒައިކް އަށް އިނގުނެވެ.

” ބައްޕަ ބުނި ޕެކް ކުރަން އެއްދުވަސް ލިބުނަސް މަދުވާނެވާހަކަ. އެހެންވެ ހެލްޕްވާން މިއައީ. މިހުރިހާ ގިފްޓްތަކެއް ގެންދަންތަ ތިއުޅެނީ؟” ޝިފާއަށް ބަލާލެވުނީ ޒައިކް ވާހަކަ ދެއްކިލެއް ރީތިކަމުންނެވެ.

“ނޫން. މިހުރީމަ ކަނޑާހިތުން. ނަތާވެސް އެބައާދޭ ގިފްޓްކަނޑާހިތުން. ޕެކް ކުރާނީ މިކަން ކޮއްފަ” ވާހަކަ ދެއްކުމުގައި ހުރި މަޑުމައިތިރިކަމުން އިތުރު ފުރިހަމަކަމެއް މާހައުލަށް ވެރިވި ކަހަލައެވެ.

” ޝިފާއަށްވެސް އިނގޭނެ މިއީ އެރެންޖް މެރިޖެއްކަން. މިކައިވެންޏަށް އަދި އަހަރެން ތައްޔާރެއްނޫން. އަހަންނަށް އިނގޭ ޝިފާވެސް ތައްޔާރުނުވާނެކަން”

ދައްކަން ބޭނުން އެތައް ވާހަކައެއް ހުރިނަމަވެސް ހުއްޓާލަން ޖެހުނީ ނަތާ ވަދެގެން އައީމައެވެ. އަހަރެންގެ ދެއަށް މުއްކެވިގެން ދިޔައީ ފަހަތުން ރީޙާން އައުމުންނެވެ. އެދެމީހުން ފެނުމުން ޝިފާގެ މޫނުމައްޗަށް ގެނުވި އުޖާލާކަމުން އަހަރެންގެ ހިތް ނުތަނަވަސްވިއެވެ.

އައިރުޅީގައި ނުކުންނަން ހިނގައިގަތީ ނަތާ ގޮވަގޮވާ ހުއްޓައެވެ. އެއާޕޯޓަށް ދިޔައީ ޖޯން އާއިއެކުއެވެ. ބައްޕަ އަށް ގުޅުމަށްފަހު ޝިފާ ގޮވައިގެން އައުމަށް ބުނީ އިތުރަށް ރީޙާން ފެނުމަށް ބޭނުން ނުވާތީއެވެ.

ޗެކިން ވުމަށް އެތެރެއަށް ވަންނަ ގަޑިޖެހުނު އިރު ޝިފާ އުޅުނީ ކުޑަކުއްޖެއް ހެނެވެ. ބައްޕަ ގައިގާ ބައްދާލައިގެން ހުރެގެން ރޮނީއެވެ. އެމަންޒަރު ފެނުމުން އަހަރެންވެސް ދެރަވިއެވެ. އަހަރެންގެ ފިޔަވަޅުތައް އަވަސްވީ ދުރުން ރީޙާން ވަރަށް ބާރަށް އަންނަތަން ފެނުމުންނެވެ. ޝިފާ ކައިރިއަށް ގޮސް ކުޑަކޮށް ގަޔާ ކައިރިކުރުމަށްފަހު ދިއުމަށް އެދުނީމެވެ. ވަރަށް އުނދަގުލުން ބައްޕަ އާއި ދުރުވެލުމަށްފަހު ނަތާ ގައިގާ ބައްދާލިއެވެ. ދެން އަހަރެން ފަހަތުން ހިނގައިގަތެވެ. ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

*************

އެއާޕޯޓުން ނުކުމެ، ދިގު ދަތުރަކަށްފަހު ކާރުމަޑުކޮށްލުމުން ދެމީހުން ކާރުން ފޭބިއެވެ. ޝިފާއަށް ހައިރާންކަމާއެކު ބަލާލެވުނީ ކުރިމަތިން ފެނުނު ރީތި ގެއަށެވެ. ރޭގަނޑު ކަމުގައި ވިއަސް ދިއްލާފައިވާ ގިނަ އަދަދެއްގެ ބޮކި ތަކުން ދުވާލުގެ އަލިކަމާކައިރި ކުރާހައިވެއެވެ. ގޭގެ ބޭރުން ބަލާލާފައިވެސް އާދައިގެ ގެއެއްނޫންކަން އެނގޭހާވެއެވެ. ރަތްކުލައިގެ ޔުނީފޯމް އަޅައިގެން ހުރި ދެ ގާޑުން ދޮރުމަތީ ހުއްޓެވެ. ވަށައިގެން ހައްދާފައި ހުރި މާގަސްތަކުން މުޅި މާހައުލަށް އުފާވެރިކަން ލިބެއެވެ.

” މިގެ ވަރަށް ރީތި. އައި ރިއަލީ ލައިކް އިޓް” ގެއަށް ނަޒަރު ހިންގާލަމުން އަހަރެން ވާހަކަ ދެއްކީމެވެ.

“އޮފް ކޯޒް. މިއެއްނު މަށާ ކައިވެނި ކުރުމުގެ އެއް ބޭނުމަކީ. މައި ހައުސް، މައި ނޭމް، މައި މަނީ..އައި ޑޯންޓް މައިންޑް..ޝިފާ ބޭނުން ގޮތަކަށް އުޅޭ، ބަޓް ޑޯންޓް އެކްސެޕްޓް އެނީތިންގް ފްރޮމް މީ” ޒައިކް ބޭނުން އެއްޗެއް ކިޔުމަށްފަހު ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ.

ކާރު ޑްރައިވަރ ފޮށިތަކާ އެއްޗެހި ގެންދިޔައިރު، ގެއިން ނުކުމެގެން އައި އަންހެން މެއިޑަކު އެތެރެއަށް ވަނުމަށް ބުންޏެވެ. ހުރިހާއެއްޗެއް ވެއްދީ ޒައިކް ގެ ކޮޓަރިއަށް ކަމަށް ބުނީ ޑްރައިވަރެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުން ކޮޓަރިތެރެއަށް ވަނީމެވެ.

ކޮޓަރި ވަރަށް ރީއްޗެވެ. އެއްމެ އަގު ބޮޑެތި ފަރުނީޗަރުކަން ބަލާލުމުންވެސް އެނގެއެވެ. އެއްބިތް ފުރިފައި ވަނީ އަލަމާރިންނެވެ. ހަމަ އެ ޑިޒައިނުގެ ބެޑާ، ޑްރެސިން ޓޭބަލް ވަނީ ހުދު ކުލައިންނެވެ. ދިގުދިގަށް ދެމިފައިވާ ދޮރުފޮތި ވެސް ވަނީ މަންޒަރު އެޅި ހުދުކުލައިންނެވެ. އެއްކައިރިއެއްގައި ހުރި އެނދެއްވަރުގެ ސޯފާ ސެޓްގެ މަޑުކަން އިހްސާސް ވާކަހަލައެވެ. ފޮށިން އެއްޗެހި ނެގުމަށްފަހު އަލަމާރިއަށް އަޅަން ފެށުނީ ގޭގައި ގެންގުޅޭ މީހަކު އައިސް އެކަން ކޮށްފާނެތީއެވެ.

*******

އަހަރެންގެ އަންހެނުން ކޮޓަރިތެރެއަށްއެކަނި ދޫކޮށްލުމަށްފަހު ، ދެވަނަބައިގެ ބެލްކަންޏަށް ނުކުތީމެވެ. ސިގިރެޓް އެއް ބޯންފެށުނީ ބޯހާސްކަން ފިލުވާލުމަށެވެ. މިކަމަކީ ބައްޕަ އަށްވެއް ސިއްރުން ކުރާކަމެކެވެ. ލިވީ ވަކިވެ ދިއުމަށްފަހު ސިނގިރެޓް އަކީ އަހަރެންގެ އެކުވެރިއެކެވެ. ޝިފާގޮވައިގެން ގެއަށް ވަން ވަގުތު ހަނދާންވީ ލިވީ ގޮވައިގެން ފުރަތަމަ މިގެއަށް އައި ދުވަސްމަތިންނެވެ. އެހަނދާންތައް އާވުމުން ޝިފާ އާއި ދިމާއަށް އެއްޗެހި ކިޔުނީ އިޙުތިޔާރުން ބޭރުންނެވެ. ދެގަޑިއިރު ހުރުމަށްފަހު ރޫމަށް ދިއުމަށް ހިނގައިގަތީމެވެ.

ކޮޓަރި ދޮރު ހުޅުވާލުމުގެ ކުރިން ފުން ނޭވައެއް ލީމެވެ. އަހަރެންގެ އިންތިޒާރުގައި ޝިފާ ނުނިދާ ހުންނާނެ ކަމަށް ހީކުރެވުނެވެ. އެހެނަސް ޝިފާ އޮތީ ހަމަހިމޭންކަމާއެކު ނިދާފައެވެ. މަޑުމަޑު ނޭވާތަކެއް ލަމުން ދިޔައެވެ. ހީވީ އެތައްއަހަރެއްފަހުން ލިވީ އެނދުގައި ނިދާލާފައި އޮތްހެނެވެ. އަހަރެންގެ ނޭވާ ތާށިވިހެން ހީވިއެވެ. ދެލޯ ބޮޑު ކޮށްލުމަށްފަހު ކައިރިއަށް ޖެހިލީމެވެ.

އަހަރެންގެ އަމިއްލަ ނަފްސަށް އަޑުލައިގަތީމެވެ. ލިވީ ގެ ހަނދާންތައް އުނދަގޫ ކުރާތީއެވެ. ޝިފާ ވަރަށް ކިއުޓެވެ. ފިނިފެންމަލެއް ފަދައިން ކައިރިވީވީހެން މީރުވަސް ދުވައެވެ. ޝިފާދެކެ ލައިކް ވެވުނީ ނޫންބާއެވެ. ދެފަރާތަށް ބޯހޫރާލެވުނީ މިކަން ގަބޫލު ކުރަން ބޭނުން ނުވާތީއެވެ. ކުރެވެމުންދިޔަ ޙިޔާލުތަކުން ނުކުމެވުނީ ދެލޯ ބޮޑުކޮށްލުމަށްފަހު ޝިފާ ތެދުވުމުންނެވެ.

” ދެޓްސް މައި ބެޑް. ގެޓް ޔުއާރ ބޮޑީ އަވޭ ފްރޮމް ހިއާރ ” ވިސްނުމަކަށް ނުގޮސް އަހަރެން ހަޅޭއް ލަވައިގަތީމެވެ.

” މިއަދުން ފެށިގެން ޝިފާ ނިދަން ޖެހޭނީ ސޯފާގަ. ނައު މޫވް” ޝިފާތެދުވުމުން އަހަރެން އެނދުގައި އިށީންނީމެވެ.

” އެޓްލީސްޓް. ޓެލްމީ މައި މިސްޓޭކް” ޝިފާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އާދެއެވެ.

” ދެޓްސް ފޯރ މީ ޓު ނޯ. އެންޑް ފޯރ ޔޫ ޓު ފިގާރ އައުޓް. އިތުރަށް ސުވާލުކުރަން ނަހަދާ. އައިހޭޑް އިނަފް އޮފް ޔޫ ފޯރ އަ ޑޭ ” އަހަރެންގެ އަޑު އިތުރަށް ބާރުކޮށްލަމުން ބުނީމެވެ.

ޝިފާގެ ދެލޮލުން ކަރުނަ އަންނަ ހާލު، ސޯފާއެއްހެން ހުރި އެނދުގައި އޮތްތާލިއެވެ. ޝިފާގެ ދެލޮލުން އައި ކަރުނައިން އަހަރެންގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. ބާލީހުގައި ބޯއަޅާލުމާއެކު ލޮލުގެ ކުރިމަތިން ކުރީގެ ހަނދާން ތަކެއް އާވިއެވެ.

” އޮފީސްމަސައްކަތް މިހާރު ނިއްމާނުލަންޏާ، އަހަރެން ނިދާނީ ސޯފާގަ ” ހިތްހަމަ ނުޖެހިފައި ހުރެ ލިވީ ބުންޏެވެ. އަހަރެން ލިވީއަށް ބަލާލުމަށްފަހު ، ސައިޑް ޓޭބަލް މަތީ ލެޕްޓޮޕް ބޭއްވީމެވެ. ލިވީއަތަށް ދަމާލުމުން، ބެލެންސް ނުވެގެން އެނދަށް ވެއްޓުނެވެ. ލިވީއާ ދިމާއަށް އެނބުރުމަށްފަހު މޫނު ކައިރިކޮށްލީމެވެ.

” ސޯ ވަޓް ވެއާރ ޔޫ ސޭއިންގް. ލަވް؟ އައިލަވް ޔޫ ލިވީ “ލިވީ ކަންފަތް ކައިރީ ވައިއަޑުން ބުނެލީމެވެ.

ކުރެވެމުން ދިޔަ ޙިޔާލްތަކުން ދުރުވެވޭތޯ މަސައްކަތް ކުރީމެވެ. ލިވީގެ ހަނދާންތައް އެއްކޮށް ފޮހެލަން ބޭނުމެވެ. ލިވީ ދެކެ ލޯބިވެވުނީ އެ މަކަރުވެރިކަން ނޭނގޭ ހާލުއެވެ. ދެވަނަފަހަރަށް އެހެން އަންހެން ކުއްޖަކު ދެކެލޯއްބެއް ނުވާނަމެވެ. ނިދެމުން ދިޔައިރު ކުރެވުނު އެންމެ ފަހުގެ ހިޔާލެވެ. ދެވަނަ ފަހަރަކަށް އަންހެން ކުއްޖަކު ދެކެ ލޯއްބެއް ނުވާނަމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ދުޝްމަން – 3

Next

ކަލާޔާ ނުލާ 18

Next
June 24, 2019

ކަލާޔާ ނުލާ 18

Previews
June 23, 2019

ދުޝްމަން – 3

26 Comments!

  1. nakhu says:
    June 23, 2019 at 10:00 pm

    nice story

    1. Belle says:
      June 24, 2019 at 1:23 pm

      Thanks nakhu

  2. Nakhu says:
    June 23, 2019 at 10:01 pm

    nice story dear. keep it up.

    1. Belle says:
      June 24, 2019 at 1:24 pm

      Thank you Nakhu

  3. Shine says:
    June 23, 2019 at 10:06 pm

    Mi part vx hama vrh reethi..?bt thnkolheh kuree..alhe plx plx dhn anna lart mi ah vure dhigu kurevey thw balaaba..love ur stry..whn is next part???

    1. Belle says:
      June 24, 2019 at 1:25 pm

      Thanks Shine . Today next part will be upload

  4. Shine says:
    June 23, 2019 at 10:07 pm

    N yay..im first dhw????

    1. Belle says:
      June 24, 2019 at 1:25 pm

      Thanks Shine, dhen faharakun first kiyaalahchey

  5. Anonymous says:
    June 23, 2019 at 10:08 pm

    Varah nice ..??wen next? Pls avahah up kohdhehchey !!!varah inthizaaru koh koh hutta up vefa miothy … love this story sooo muchhhhh❤❤❤❤❤❤❤❤???????vaahakah saabas u have a natural talent ??

    1. Belle says:
      June 24, 2019 at 9:48 am

      Thanks Anonymous, Today will update nest.

  6. Afoo says:
    June 23, 2019 at 10:14 pm

    Vrh reethi

  7. Ria says:
    June 23, 2019 at 10:16 pm

    vaahaka reethi.. ekm varah undhagoo nazru badhaluvefa huhnaneethee… theyreakun zaik ge nazaru dhen shifa ge nazaru anehbai faharu thinvanan meehaage nazarunves liyefa eba hurey… ekan raglhu kohlabala… konmeves eh nazarakun liyuneema kiyan faseyhavaane

    1. Sam says:
      June 24, 2019 at 12:51 am

      Thi bunii hama aharen hithuga vx oiy gothah…

    2. Belle says:
      June 24, 2019 at 9:46 am

      oooh, thyank u Rai , konme myhehge nazarun dhekey goh haamakuran ehen liyeveny, i will try change

  8. Ibsha says:
    June 23, 2019 at 10:23 pm

    Varah reethi

    1. Belle says:
      June 24, 2019 at 1:26 pm

      Thanks Ibsha

  9. shau says:
    June 23, 2019 at 11:48 pm

    vhk feshunu iru shifa ge nazarun liyefa hury… ekm mihaaru thi liyany zaik aa shifa aa dhemyhunge nazarun plus 3 vana myhaa vs… E than rangalhu kohlla dhybaa.. Btw story hama best! keep it up????

    1. Belle says:
      June 24, 2019 at 10:17 am

      Thanks shau, dhenfaharakun rangalhu kohlaanan.

  10. Zaa says:
    June 24, 2019 at 6:02 am

    Knme nazarakun liyefa huhtas vv rythi…ekm nazaru change vaa gady kaakuge nazarun kan jahaafa iniyyaa it will be easy….masha allah u r so talented…..vv kiyaahithun kiyaalevey stry eh mee….mihaaru mi site in emme kiyaahiyy vaa ehvhk mee…..god bless u dear….

    1. Belle says:
      June 24, 2019 at 9:48 am

      Thanks Zaa,

  11. maahu says:
    June 24, 2019 at 6:21 am

    vaahaka vvvsalhi .
    kiyaahithun inthizaaruga

    1. Belle says:
      June 24, 2019 at 9:46 am

      Thanks maahu

  12. na says:
    June 24, 2019 at 1:42 pm

    hei

    1. Anonymous says:
      June 24, 2019 at 2:34 pm

      Hi

  13. Dhiyniy..... says:
    June 24, 2019 at 2:07 pm

    Haadha hayaaiy kuda cover pic ekey…. Insaanun faafaveri kuran ulhye ulhun… ?

  14. Fua says:
    June 24, 2019 at 10:03 pm

    Mi vahaka kurinbee live ga liyanfasa fa kivatha up nukurani..
    Pls up kodiba???

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 6←


All Right Reserved!