Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 10

Belle Level 310 Stories100 Comments100 Login500 Login
July 1, 2019 5 Mins Read
6 Comments

 

” ޗެލެންޖް ކުރަންތަ ބޭނުންވަނީ. އެހެންވިއްޔާ އަޑުއަހާ ޝިފާ ކިތަންމެ ވަރަކަށް ތިހެން އުޅުނަސް އަހަރެންގެ ހިތަކުން ޖާގައެއް ނުލިބޭނެ. އިނޮސެންޓު ފޭސްގެ ފަހަތުގައި އަބަދުވެސް އަންހެނުންގެ މަކަރުވެރިކަން ވާނެ. އަހަރެންގެ އަތުގައި ކައިވެނީގެ މި އަނގޮޓި އޮތަސް އަހަރެން ނުދެކެން މީ އެއްވެސް މާނައެއް ހުރި ކަމަކަށް ” ކިތަންމެ ބާރު ލާފައި ޒައިކް ވާހަކަ ދެއްކިއަސް އެ ހިތުގެ ތެޅުމުގެ އަޑު އިވުނެވެ. ދެން ޒައިކް ކޮށްލީ އޭނާ ހިތަށްވެސް ނާރާ ކަމެކެވެ.

 

****************

 

ދެއަތުން އުފުލާލައިގެން ޝިފާގެ ހަށިގަނޑު ލުއި ފަތެއްހެން ގެންގޮސް އެދުމަށްޗަށް ކުޑަކޮށް ވައްޓާލިއެވެ. ޝިފާ ހުރީ ޒައިކް ގެ މި ނުފެންނަ އާދަ ފެނި މާނަ ނަގަންވީ ކިހިނެއް ކަމެއް ނޭނގިފައެވެ. އެއްފަރާތަކަށް ވެއްޓިފައިވާ އިސްތަށި ކޮޅު، އަތުން ރީތި ކޮށްލުމަށް ފަހު ޝިފާގެ ދެލޮލަށް ބަލާލިއެވެ. ޒައިކް ގެ ދުލުން ” ބިއުޓިފުލް” އޭ ބުނެލުމާއެކު ޝިފާ ހުރީ ލަދުން ވިރޭ ވަރުވެފައެވެ. އެހާ ކައިރީ ގައި ދެލޮލަށް ބަލަން ޒައިކް ހުރުމުން އެހެން ދިމާއަކަށް ނުބެލެއެވެ. އެކަމަކު މާ ގިނައިރު ވަންދެން އެދެ ލޮލުގެ ބާރަށް ބަލަން ހުރުމަކީ ޝިފާއަށް ކެރޭނެ ކަމެއް ނޫނެވެ. މަޑުމަޑުން ޒައިކް މޫނު ކައިރި ކުރިވަރަކަށް ޝިފާ ދިޔައީ ހާސްވަމުންނެވެ. ވާން އުޅޭގޮތެއް ނޭނގޭތީ ހިތް ބިރުންނެވެ. ޒައިކްގެ ތުންފަތުގެ ބީހުމުން ޝިފާއަށް އެތަށް ހާސް އުފަލެއް ލިބުނު ކަހަލައެވެ. ސިކުންތު ކޮޅަކަށް ދެމިގެންދިޔަ ރީތި އުފާވެރި ހަނދާންތަކެކެވެ. ޒައިކްގެ ބޮލުގެ އިސްތަށި ގަނޑުތެރެއަށް ޝިފާގެ އަތް މަހާލަމުން އެ އަމަލުގައި ފުރިހަމައަށް ދެމީހުން ބައިވެރިވިއެވެ.

 

” އައި ޑޯންޓް ފީލް އެނީތިންގ ފްރޮމް ޔޫ ” ދެލޯ ބޮޑު ކޮށްލަމުން ޒައިކް އާ ދިމާއަށް ބަލާލިއިރު ޝިފާގެ އެ ރީތި ދެލޮލުން ކަރުނައިގެ އަސަރުން ފެންކަޅިވެއްޖެއެވެ.

 

” ހައު ޑެއާރ ޔޫ ސްޓޯލް..މައި ފަސްޓް..” ޝިފާގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ޒައިކް އަމިއްލަ އަނގަމަތީ އަތް އަޅާލުމުންނެވެ.

 

” އޯހް ބުނަން ތިއުޅުނީ އަހަންނޭ އެނަސީބު ވެރިޔަކީ …މްމްމްމް….ސޯ ހެޕީ ” ކުއްލިއަކަށް ޝިފާއަށް އައި ބާރުގަނޑެއްވެސް ނޭނގެއެވެ. ރުޅިއާ އެއްވަރަށް ހިތާމަ އެކުލެވުމުން ބާރުބާރަށް ޒައިކް މޭގައި އަތް އަޅުވާލައި ކޮށްޕާލިއެވެ. ދުވެފައި ގޮސް ފާޙާނާއަށް ވަންގޮތަށް ދޮރު ތަޅުލިއަޑު އިވުނެވެ.

 

” ޑެމިޓް…ކީއްތަ މިކުރެވުނީ ” ފާހާނާއިން ޝިފާ ނުނިކުމެގެން ޒައިކް ދެފަހަރަކު ޓަކި ވެސް ޖަހައިފިއެވެ. އެންމެ ފަހުން އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ހުރެހުރެވެސް އޭނާ ފާޙާނާއަކުން ނުނިކުތެވެ.

 

މިރޭ ޝިފާ އާއެކު ހޭދަވެގެން ދިޔަ މަދު އެހެނަސް އުފާވެރި ސިކުންތު ކޮޅުމަތިން އަދިވެސް ހަނދާން ނުނެތެއެވެ. ޝިފާ ރުޅިއަރުވާލަން އެހެން ބުނިކަމުގައި ވިއަސް،  މީން ދުވަހަކު އުފާ ނުވާވަރަށް އެ ކުޑަ ހިނދުކޮޅު ބަޔާން ނުކުރެވޭ އުފަލެއް ލިބުނެވެ. ޝިފާ ރުޅިއައިއްސަ ހުންނައިރު ވަރަށް ރީއްޗެވެ. އެހާ ލަދުރަކި ވެފަ ބުލަޝް ވެއެވެ. އަންހެން ކުދިންގެ ކިބައިން ޒައިކް ބޭނުންވާ ސިފަ އަކީ ލަދުވެތިކަމާ ލޯއްބާ ކުލުނެވެ. ޝިފާ ގެ އެ ރީތި އާދަތަކަށް ލިވީއަކަށްވެސް ވާދައެއް ނުކުރެވޭނެއެވެ. އެކަމަކު ލިވީއަށް ދެވިފައިވާ ހިތް އެހެން އަންހެން ކުއްޖަކަށް އަލުން އިތުބާރު ކޮށްފަ ދޭން ޖެހިލުންވެއެވެ.

 

” ވަޓް. އަދި މިގަޑީގަވެސް ލިވީ މަތިންތަ ހަނދާންވާން އެނގުނީ ” ލިވީގެ އެއްވެސް ހަނދާނެއް ވާކަށް ޒައިކް ބޭނުން ނުވާ ކަހަލައެވެ.

 

އެރެއަށް ފަހު އެދެމެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ޒައިކް ވާހަކަ ދައްކަން އުޅުނަސް ޝިފާ އެފުރުސަތެއް ނުދެއެވެ. އެއަށް ވުރެ ހިތުގައިލީ ޒަޙަމް ވަރުގަދައެވެ. ކޮންމެ ރެއަކު ޝިފާ ކައުޗް ގައި ނިދާތީ ޒައިކް އަށް އުނދަގޫ ވިއަސް އެބަސް އަލުން އަނބުރާ ގެންނާކަށް ބޭނުމެއް ނޫނެވެ. ބުންޏަސް ޝިފާ އެނދުގައި ނުނިދާނެކަން ޒައިކް އަށް ކަށަވަރެވެ. އެކަމް އަމިއްލަ ގެއަށް ދެވުމުން ކުރާނެ މޮޅު ކަމެއް ރާވާލިއެވެ.  ޕެރިސް ގައި ހަތް ދުވަސް ހޭދަކުރުމަށްފަހު ޝިފާ ގޮވައިގެން ޒައިކް ފުރީ އެމެރިކާގައި ހުރި އަމިއްލަ ގެއަށް ދިއުމަށެވެ. އެންމެ ބޭނުން ވިފަދައިން ހުރިހާ ނޫސްތަކެއްގެ ފަހަ ސުރުޙީގައި ވަނީ އެދެމީހުން ހަނީމޫން ގައި ޕެރިސް ގައި އުޅުނުވާހަކަ ތަކާއި ފޮޓޯ ތަކެވެ. މިހާރު ތަންކޮޅެއް ހަމަޖެހިލައިގެން އޭނަޔަށް އުޅެވިދާނެ އެވެ. އެކަމަކު އެދުވަހުގެ ފަހުން ޝިފާ އެއްވެސް ވަރަކަށް ވާހަކަ ދައްކަން މަސައްކަތް ނުކުރާތީ މުޅި ދަތުރު މަތީވެސް ޒައިކް ހުރީ ވަރަށް ފޫހިވެފައެވެ. އެރީތި އަޑުއަހާލާ ހިތުން ކެއްވަނީކީ ނޫނެވެ. ރުޅިއަރުވާލެވުމުން އަދި މާ ލޯއްބެވެ.

 

ފުލައިޓުން ފައިބައިގެން ގެއާ ހަމައަށް ދެވެންދެންވެސް އެދެމެދުގައިވަނީ ބޯފާރެއް ލެވިފައެވެ. ވިސްނުމަކަށް ގެއްލިފައި ވީފަދައަކުން ދުރު ބަލަން ހުރުމަށްފަހު ޝިފާ އާއި ދިމާއަށް ބަލާލިއިރު، ނިދިފައިވީ ތަން ފެނުނެވެ. ކަނދުރާ އޮތް ގޮތުން ތަދުވެދާނެތީ ޒައިކް ކަންބޮޑުވިއެވެ. ނުފެންނަ ކަމަށް ހެދެން އުޅުނަސް އެކަމެއް ނުވިއެވެ. މަޑުމަޑުން ޝިފާގެނެސް އޭނާގެ ކޮނޑުގައި ލައްކޮށްލިއެވެ. އެރީތި އިސްތަށިގަނޑުން ދުވާ މީރުވަހުން އޭނާއަށް ނޯއް ދަމާލެވުނެވެ. އެހާ ގާތުގައި ޝިފާ ވުމުން އޭނާ އަށް ކުރެވޭ އިޙުސާސް ބުނެދޭކަށްވެސް ނޭނގެއެވެ.

 

ކާރު މަޑުކޮށްލިއިރުވެސް ޝިފާ އޮތީ ނިދިފައެވެ. ގޮވާލަން ބޭނުން ވިއަސް މިފުރުސަތު ގެއްލުވާލާކަށް ޒައިކް ބޭނުމެއް ނުވިއެވެ. އަތްމައްޗަށް ޝިފާ ނަގަމުން ގެއަށް ވަންއިރު ޑްރައިވަރު ފޮށިތައް ނެރެން އުޅުނެވެ. ގޭގެ ސެކިއުރިޓީ އާއި މެއިޑް މަރުޙަބާކިއެވެ. އެމީހުންނަށް ހިނިތުން ވުމެއް ދިނުމަށްފަހު ޒައިކް ވަނީ ކޮޓަރިއަށެވެ. ހުދުކުލައިގެ އެބޮޑު އެނދުގެ އެއްފަޅިއެއްގައި ޝިފާ ބާއްވާލިއެވެ. އަދި ޝިފާގެ މޫނަށް ބަލާލަމުން ހީލިއެވެ. ނިދާލާފައި އޮންނައިރު ރީތިކަމުގެ މިސާލެކެވެ.

 

ބޭރަށް ނުކުމެ މަސައްކަތު މީހުން ލައްވާ ކޮޓަރީގައި ހުރި ކައުޗް ނެރުނެވެ. ދެން ޝިފާއަށް ޖެހޭނީ އެނދުގައި ނިދާށެވެ. ކިތަންމެ ނުރުހުނަސް އެވެ. އެނދުގެ އަނެއް ފަރާތުގައި ޒައިކް އޮތްތާލި އިރުވެސް އެދެމެދުގައި ވީ ހުސްޖާގަ ކިތަންމެހާވެސް ބޮޑެވެ. ލޯމެރެމުން ދިޔައިރުވެސް ޝިފާގެ ރީތި ސޫރަ ހިތުގައި ކުރެހިފައުވެއެވެ.

 

” ވަޓް ދަ ހެލް އިޒް ގޮއިންގ އޮން ” އެހާ އަރާމުކޮށް ނިދާލާފައި ވީއިރު އަޑު ގަދަވުމުން ޒައިކް ދެލޯ ހުޅުވާލިއެވެ.

 

ޝިފާ ވަނީ ޒައިކް ގެ އަތުތެރޭ އެވެ. ދުރަށް ދިއުމަށް މަސައްކަތް ކުރަނީއެވެ. ކަންބޮޑުވެފައިވާ ދެލޮލާ ބުލަޝް ވެފައިވާ ކޯފެނުމުން ޒައިކް އަށް މަޖާވިއެވެ.

 

” ކީއްވެ މި އެނދުގައި މިއޮތީ ” ކަންބޮޑުވެފައިވާ އަޑަކުން އެހިއެވެ. ޒައިކް އަށް ކުޑަކޮށް ދުލެއްދެވުމުން ވަރަށް އަވަހަށް ތެދުވެ އިށީނިއެވެ. މި ބޮޑުއެނދު ހުއްޓަ އެހެން ތާކު ނިދުމަށް ހުއްދަ ނެދެވޭނެޔޭ ބުނުމަށްފަހު ޒައިކް ފާޙާނާ އަށް ވަންނަން ދިޔައެވެ.

 

” އައި ހެޓް ޔޫ ”

 

” މީ ޓޫ ”

 

ދެމީހުންގެ ކޯޅުންގަނޑު ކެނޑުނީ ޒައިކް ފާޙާނާ ދޮރު ލައްޕާ ލުމުންނެވެ.

 

” އަހަރެން ފާޙާނާގަ އުޅުނަސް މިތާ ތަން ކުޑައެއް ނޫން. ބޭނުމިއްޔާ ޖޮއިން ވެލަން އާދޭ ” ޝިފާގެ ރިއެކްޝަން އަންނާނެ ގޮތް އެނގި ހުރެ ޒައިކް ދޮރުހުޅުވާލުމަށްފަހު، ވާހަކަ ދެއްކީ އެތެރެއިން ހީލަހީލަ ހުރެއެވެ. ޝިފާ އައި ރުޅިން އަތުޖެހެން އޮތް ބާލީސް ޒައިކް އާ ދިމާއަށް ހޫރާލިއެވެ. ޒައިކް ލޯ ބޮޑުކޮށްލުމަށްފަހު ދޮރު ލައްޕާލިއެވެ. ކުރެވުނު ކަންތަކާމެދު ލަދުގަތުމުން ޝިފާ މޫނުގައި އަތް އެޅުމަށްފަހު ހީލިއެވެ.

 

ތައްޔާރު ވެލައިގެން ޒައިކް ސައިބޯން ދިޔައިރު ޝިފާ ހުރީ ފަށައިގެނެވެ. ޖޫލީ ތައްޔާރު ކުރިއެއްޗިއްސަށް ބަލާލުމަށްފަހު އެ ކާހިތް ނުވީ ޝިފާ ކާލެއް މީރުކަމުންނެވެ. ޝިފާ އަމިއްލައަށް ތައްޔާރު ކުރި އެއްޗިހި ކާން ހުރިއިރު ޒައިކްވެސް ބޭނުންވީ އެތަށިން ރަހަބެލުމަށެވެ. އެހެނަސް އިސްވެ ބުނާކަށް ނުކެރުނެވެ.

 

” ބުރެކް ފާސްޓް ނުބައީތަ ”  ޒައިކް ކާން ހުރިގޮތުން ޝިފާ ކައިރިއަށް ހިނިއައެވެ. ނޫން ކަމަށް ހެދެމުން ޒައިކް ފެންތަށި ދަމާލިއެވެ.

 

” މިދަނީ އޮފީހަށް ، ކީއްކުރާނީ ދެން ” ޒައިކްގެ ސުވާލުން ޝިފާއަށް ބަލާލެވުނެވެ.

 

” ކުރާނެ މާގިނަކަމެއް ނެއް ، މިހެން އެނބުރޭނީ ދެން ” ޝިފާ މޫނަށް ޖެއްސި ވައްތަރުން ހީލެވުނެވެ. ކާރަށް އަރައިގެން ޒައިކް ދިޔަ ތަން ބަލަން ހުރުމަށްފަހު ޝިފާ ދިޔައީ މިރީތި ގެ ބަލާލުމަށެވެ.

 

އޮފީހުގައި ވަގުތު ދިޔަ ގޮތްވެސް ނޭނގުނެވެ. ކުރިއަށް އޮތް ޕްރޮޖެކްޓް  ނިންމުމަށްޓަކައި ޒައިކް ވަރަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ހުރިހާވެސް އުންމީދަކީ މި ކޮމްޕެނީ އަކީ އެންމެ އުހުގައި ދަތުރު ކުރާ ކޮމްޕެނީތަކުގެ ލަގަބް ހިފެހެއްޓުމެވެ. އަހަރަކަށް ވުރެ އަހަރެއް ލިބޭ ފައިދާ ބޮޑުވެ ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭ ހިމެނުނަސް ހަޔާތުގައިވަނީ ހުސްކަމެވެ. ނިމުމެއް ނުވާ ހުސްކަމެކެވެ.

 

އޮފީހުން ނިމިގެން އައިސް ސިޓިންގ ރޫމަށް ވަދެގެން އައިއިރު ޖެހިގެން ހުރި ބައިން ވަރަށް ބާރަށް ޝިފާ ހަޅެއްލަވައި ގަން އަޑުއިވުނެވެ. ޒައިކް މެއަށް ހީވީ ހޫނުފެން އެއްޗެއް ޖެހިހެނެވެ. އެއްވެސް ކަހަލަ ނުރައްކަލެއް ވީބާއެވެ. ދުވެލާފައި ކަހަލަ ގޮތަކަށް ދެވުނު އިރު ޓީވީން ބިރުވެރި ސީރީޒެއް އަޅުވާފައި ވެއެވެ. މޭޒުމަތީ ޕިއްޒާ ފޮތިތަކަކާ ކޯކް ފުޅި ހުއްޓެވެ. އެއަށްވުރެ ޒައިކް ގެ ލޭ ހޫނުވީ ކުރުކޮށް ކޮށާލެވިފައިވާ ކަޅުގަދަ އިސްތަށިގަނޑެއްގެ ވެރި ފިރެހެނެއްގެ ކައިރީ ޝިފާ ހުރުމުންނެވެ. ދެމީހުންގެ ކޮނޑު ޖެހިފައި ވީއިރު އެއްއަތުން އެ ފިރެހެނާގެ ކޮނޑުގައި އަތް އަޅުވާލައިގެން ޝިފާހުއްޓެވެ.

 

” ގެސް… ހޫ އިޒް ހިއާ ޝިފް ” އެދިމާ އަށް ބަލާލެވުނީ އަންހެން ކުއްޖެއްގެ އަޑުންނެވެ. ޝިފާގެ އެކުވެރި ނަތާއެވެ. ނަތާގެ އަޑުން ޝިފާވެސް އެނބުރި ބަލާލިއެވެ. މޫނުމަތީ ހާސްކަން ވެއެވެ.

 

” ކޭން އައި ހޭވް ފިއު ވޯޑްސް ވިތް ޔޫ ” ޒައިކް އަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. އެހާމެ އަވަހަށް ތެދުވެގެން ފަހަތުން އައެވެ. ކޮޓަރި ދޮރު ލައްޕާލަމުން  ޒައިކް ކުރިމަތީ ޝިފާހުއްޓިލިއެވެ.

 

” މަގޭ ގޭގަ ކޮންބައެއްތަ އެހުރީ. ކީއްކުރަނީ ”

 

” އެއީ އަހަރެންގެ އެކުވެރިން . ވީ ވެއާރ ޖަސްޓް ހޭވިންގ ފަން ” ޝިފާގެ އަޑުގައި ރުންކުރު ކަމެއް ހުއްޓެވެ.

 

މަޖާ ކުރަނީ އެ ފިރެހެނާގެ ކޮނޑުގައި ބޯއަޅައިގެންހޭ ޒައިކް އެހުމުން ޝިފާ ކައިރިއަށްވެސް ރުޅިއައެވެ.

 

” ހީ އިޒް ނޮޓް އެނީ ގާއި. ހީ އިޒް މައި ބެސްޓް ފުރެންޑް. އަދި ބައްޕަގެ ހަމައެކަނި ލޭގެ ގުޅުން ހުރި އާއިލާ ކުއްޖެއް. މިވަރު ކަމަކާތަ ތި ގެނައީ. ” ޝިފާ ހުރީ ޒައިކް ބުނާއެއްޗެއް އަޑުއަހާށެވެ. ޝިފާގެ     ރުޅިވެރިކަން ފެނި ޒައިކް ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ. އިތުރު ފިރިހެނަކު ޝިފާ އާއި ކައިރިވާކަށް ބޭނުމެއް ނޫނެވެ. ޔަމާން އާއި، ރީޙާން ފުދިއްޖެއެވެ.

 

ޒައިކް އަށް ޝިފާ ލައިގެން ހުރި އެއްޗެހި ފެނުނީ އަދި ކިރިޔާއެވެ. ކަކުލަށްވުރެ ކުޑަތަންކޮޅެއް މައްޗައް ހުރި ފިޔާތޮށިކުލައިގެ ސޯޓުކޮޅަކާއި ، ކުރު މަތިކޮޅެކެވެ. ފައިގެ ދޮންކަން ހާމަވާން ހުރިއިރު އެއޮފްކަން ދަޅައަޅައެވެ. އެހެން އެއްވެސް ފިރެހެނަކަށް ފެނިލުމަށްވެސް ބޭނުން ނުވާއިރު އަދި ޒައިކް އަކަށްވެސް އެ އިހުސާސް ކުރުމުގެ ފުރުސަތެއް ނުލިބެއެވެ. ހިތުގައި ފާޑެއްގެ ހަސަދައެއް ލީ ކަހަލައެވެ.

 

” ދެން ތިކަހަލަ ހަޑިހެދުމެއްގަ އެކުވެރިން ކުރިމަތިން އުޅެން ވޭތަ ” ޒައިކް ގެ އަޑުން އަނގަޔަށް ގޮތެއް ހަދާލެވުނެވެ.

 

”  މިހާރު ލައިގެން ހުރި ހެދުންވެސް ކަމުނުދަނީތަ. ޒައިކްމެން މުއްސަނދިވިއަސް އަހަރެން ބޭނުމެއް ނޫން ޕެރިސްގަ އޮތް ޕާޓީ ގަ ޒައިކްގެ ގާލްފުރެންޑް ލައިގެން ހުރި ކަހަލަ އަގު ބޮޑެތި ހެދުން ލައިގެން އެކުވެރިން ކުރިމަތީ އުޅޭކަށް ” ގާލް ފުރެންޑް..އޯހް .. ޝިފާ ހީކޮށްގެން އެހުންނަނީ ކޯރާއަކީ އޭނަގެ ގާލް ފުރެންޑް ކަމަށެވެ. ޝިފާ ޖެލަސް ވީ ކަން އެނގުމުން ޒައިކް ހިތުގައި އުފާވެރި ކަމުގެ ރާޅެއް ދުވެލިއެވެ.

 

” ކޯރާ އަކީ މަގޭ ގާލް ފްރެންޑެއް ނޫން. އެއީ ޝިފާ އަށް އެނގެން އެހާ މުހިންމު ކަމެއްނޫން. ބައި ދަ ވޭ އެންޖޯއި ޔުއާރ އީވްނިންގް ވިތް ޔުއާރ ފްރެންޑްސް ” ޝިފާ ދިއުމުން ޓައީއަށް ދުލެއް ދިނެވެ. ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށުމުން ނަގާ ބަލާލެވުނެވެ. ހައިރާންވީ އެތަށް  ދުވަހެއްފަހުން އެ ފޯނުކޯލް އައުމުންނެވެ. ފޯނު ނެގުމުގެ ބަދަލުގައި ނިއްވާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

މަންމަގެ ދަރިފުޅު

Next

ސޫރަތިޔޭ (ޓްރެއިލަރ)

Next
July 1, 2019

ސޫރަތިޔޭ (ޓްރެއިލަރ)

Previews
July 1, 2019

މަންމަގެ ދަރިފުޅު

6 Comments!

  1. jiji says:
    July 1, 2019 at 8:37 pm

    Me first dhw…mi part vec vv rythi…Whn next dearr???❤❤❤???..Curiously waiting..Hope it would be uploaded soon!!

    1. Niru says:
      July 1, 2019 at 8:46 pm

      Beautiful ????????
      ????????
      ????????
      ????????
      ????????
      ????????
      ????????
      ????????

    2. Belle says:
      July 1, 2019 at 9:01 pm

      Thank you jiji ?????. Next will be tonight ???????.

    3. Belle says:
      July 1, 2019 at 9:03 pm

      Thanks Niru ?????????????

  2. Ibsha says:
    July 1, 2019 at 9:26 pm

    Reethi

    1. Belle says:
      July 1, 2019 at 9:39 pm

      Thanks for your support Ibsha ????????????????????????????????

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 11←


All Right Reserved!