ލޯތްބެއްގެ ފެށުން 27
” ހޭ ޝިފް، ހިނގާ އަވަހަށް އެއާޕޯޓަށްދާން. މިހާރުވެސް މާލަސްވެސްޖެ. ނަތާ ،ނަތާ އަވަސް. މިހާރު ވޭނަށްވެސް ގުޅައިފިން” ސައިފް ލަސްވެގެން އުޅުނީ އަވަހަށް ނުދެވިގެންނެވެ. މިދަތުރަކީ ޝިފާގެ މުޅި ދިރިއުޅުން އެފުއްމިފުށައް ޖަހާލާނެ ދަތުރެއްކަން ޝިފާއަށް އިނގޭނެ ނަމަ ހަމަ ގައިމުވެސް ނުދާނެ ކަން ގައިމެވެ. ހަނގުރާމައިގެ މައިދާނުގައި ފަތަޙަ ލިބެމުން ދަނިކޮށް އެތައްހާސް ލޮންސިއަކާއި ކަނޑީގެ ހަމަލާތަކުން ހަށިގަނޑު ކޮށި ދާފަދައެވެ.
*****************
ހުރިހާ ލަގެޖް ތަކެއް ވޭނަށް އެރުވުމުގައި ސައިފު އުޅެއެވެ. ހުރިހާ ކަމެއް ނިމުމުން އަތުގެ ބޮޑުވާ އިނގިލިން ރަނގަޅު ކަމަށް ބުނަމުން ވޭނަށް އެރުމަށް އެންމެނަށް އެންގިއެވެ. ޝިފާއަޢި ނަތާ އަވަހަށް އެރުމުން ވޭން ނައްޓާލިއެވެ. ނަތާގެ އަނގަ ހިމޭނުން ހުއްޓަދޭނެހެއްޔެވެ. އޭނަ ބަލަމުން ގެންދާ ކޮރެއަން ޑުރާމާއެއްގެ ވާހަކަ ފަށަފަށައިގެން ދައްކަން ފެށިއެވެ. އެ ޑުރާމާގައި އުޅޭ ރީތި ފިރެހެން ކުދިންގެ ވާހަކައެވެ. ސައިފު ހުރީ ދުއްވަމުން ދިޔަ ވޭނުން ނަތާ ބޭރު ކޮށްލަން ތައްޔާރު ވެގެނެވެ. އެހާވެސް ކޮރެއަން ޑުރާމާތަކަށް ނަފްރަތު ކުރެއެވެ. ދެމީހުންގެ ކޯޅުން ފެނިފައި ޝިފާގެ މޫޑު ރަނގަޅު ވަމުން ދިޔައެވެ. ދަތުރުގެ އުފަލުން މަޙުރޫމު ނުވުމަށް އަމިއްލައަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ.
މަތިންދާ ބޯޓުގައި ހުރިއިރުވެސް ޝިފާ ހުރީ ވިސްނުމަކަށް ގެއްލިފައެވެ. ސައިފުމެނާއެކީ ހޮޓެލްގައި އެކުގައި ހުރިކަމުގައި ވީނަމަވެސް އޭނާ މިހުރީ ކަމެއް ރާވައިގެނެވެ. އެކަކު ކައިރީވެސް އަދި އެސިއްރު ހާމަ ކުރުމަކަށް ހިތެއް ނޭދެއެވެ.
ދިގު ދަތުރަކަށްފަހު އެންމެނަށް ނިއުޔޯކަށް ދެވުނެވެ. ނިއުޔޯކުގެ އާ މާހައުލު އެންމެނަށްވެސް ވަރަށް ކަމުދިޔައެވެ. ދެގަޑިއިރުގެ ދަތުރަކަށްފަހު ހޮޓެލްއަށް ދެވުނެވެ. ނަތާއާއި ޝިފާ އެއް ރޫމެއްގައި ހުރިއިރު ޖެހިގެން ހުރި ރޫމުގައި އުޅެނީ ސައިފުއެވެ.
އެންމެން ވަރުބަލިވެގެން ނިދުމުން ޝިފާ ތައްޔާރުވާން ފެށިއެވެ. ކަޅުކުލައިގެ ވިދުމެއްހުރި ރީތި ޓޮޕް ކޮޅަކާއިއެކު، ރޯސް ޕިންކު ކުލައިގެ ސޯޓުކޮޅެއް ލުމަށްފަހު ބޭރުން ފަޔާހަމައަށް އަންނަވަރުގެ ވިލްނޫކުލައިގެ ޖެކެޓެއް ލިއެވެ. މަޑުމަޑުން ފޯނު ނެގުމަށްފަހު ހޭންޑްބޭގް ނަގާ ކީކާޑު ހިފައިގެން ރޫމުން ނުކުތެވެ. ހޮޓެލްގެ ކާރެއް ބުކް ކޮއްފަ ހުރުމުން ގަޑިއަށް ކާރު ތައްޔާރުގައި އޮތެވެ. ކާރައް އަރައި ހަމަޖެހިލަމުން ޑްރައިވަރު ކައިރީ ދާންވީތަން ބުނެލިއެވެ.
ޒައިކު އަށް ނޭނގޭ އޭނާ ވަނީ ޒައިކު އުޅޭ އެޑްރެސް ހޯދާފައެވެ. މެޕް މެދުވެރިކޮށް ޑުރައިވަރު ފަރިތަކަމާއެކު ކާރު ދުއްވަމުން ދިޔައެވެ . މަޑުމަޑުން އިރުގެ އަލިކަން ފިލަމުންގޮސް މުޅި ތަނަށް އަނދިރިކަން ފެތުރެމުން ދިޔައެވެ. ނިއުޔޯކުގެ ދުރުދުރަށް ދާންދެން ކުލަގަދަ ބޮކިތަކުން ދިއްލުންތައް ދިއްލެން ފެށިއެވެ. ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. ބަލާފޫހި ނުވާނެއެވެ. ހިތްތަކަށް ދިރުން ގެނުވައެވެ. ގުޅިފައިވާ ހިތްތައް އިތުރަށް ގުޅިލާމެހިދާނެ ފަދަ ރީތިކަމެކެވެ. ކާރުތެރެއިން އިވެނީ ލޯބީގެ ރީތި އިނގިރޭސި ލަވައެއް ކަމުގައިވާ އެވްރީޑޭ އައި ލަވްޔޫ މިލަވައެވެ. ލަވައިގެ ރީތިކަމާއި މާނައަށް ގެއްލިފައި ޝިފާ ހުއްޓެވެ. ގަޑިއިރެއްގެ ދިގު ދަތުރަކަށްފަހު ބޮޑު ގޭޓެއް ލާފައިވާ ގެއެއްގެ ދޮރުމައްޗައް އެރިއެވެ. ވަރަށް ވާހަކަ ދެއްކިފަހުން ސެކިއުރިޓީ ގެއަށް ވައްދަން އެއްބަސް ވިއެވެ. ކައިވެނީގެ ފޮޓޯތަކާއި ޝިފާގެ ފޮޓޯ ފާހަގަ ވެފައިވާކަމަށް ސެކިއުރިޓީ ހާމަކުރިއެވެ. އެހެނަސް ޒައިކު އަކީ ބޮސް ކަމަށްވީތީ ބުނަން ވެގެން ގުޅިއިރު ފޯނު ވަނީ ނިއްވާލާފައެވެ. ޝިފާ ލާފައި ކާރު އަނބުރާ ދިޔައީއެވެ.
ޒައިކު ވީ މީޓިންއެއް ގައިކަން ޝިފާއަށް އެނގުނީ ވައިބާރ އިން ބުނެލާފައި އޮތުމުންނެވެ. އޭނަ ނިއުޔޯކައް އައިކަން ޒައިކު އަށް ނޭނގޭނެކަން ހިތައް އެރުމުން ފާޑަކަށް ހިތައް ގޮތެއް ވެގެން ދިޔައެވެ. އޭނަފެނުމުން ޒައިކު ހިތައް އަރާނީވެސް ފަހެ ކީކޭބާއެވެ. ހިތްހަމަ ނުޖެހިވެސް ދާނެއެވެ. ނޫނީ އުފާ ވާނެބާއެވެ.
ޒައިކު ފެންނަން ނެތަސް މުޅި ހިސާބުގައި ވަނީ ޒައިކު ޖަހާ އަގުބޮޑު ސެންޓުގެ ވަހެވެ. ނަފްސައް ލުއި މީރުކަމެއް ލިބިގެން ދިޔަފަދައެވެ. ހިތްގައިމު ރީތި ގެއެކެވެ. ބަލާލި ކޮންމެ ދިމާއަކުން ފެނިގެން ދަނީ މުއްސަނދިކަމުގެ އެންމެ މަތީ ކުލައެވެ. ދުނިޔޭގެ ގިނަ ގައުމު ތަކުގައި ޒައިކުމެންގެ ވިޔަފާރި އެންމެ ކުރީސަފުގައި ވާފަދައިން ނިޔުޔޯކު ކަހަލަ ގައުމުތަކުގައި އަމިއްލަ ގެވެސް ހުންނަލެއް މަދެއް ނޫނެވެ.
ފުރިޖު ހުޅުވާލިއިރު ޗޮކުލެޓް ޕޭން ކޭކެއް ހުރިއިރު ޖޫސްޕެކެޓް ވެސް ހުއްޓެވެ. ޒައިކު އަމިއްލައަށް ތައްޔާރުކުރާ ކޭކް ވަރަށް މީރުވާނެކަން ޝިފާއަށް އިނގެއެވެ. ޖޫސްޕެކެޓަކާއި ކޭކް ނެގުމަށްފަހު ވަރަށް ހަމަޖެހިލައިގެން ކާން ފެށިއެވެ.
ޒައިކު އުޅޭ ރޫމް ހޯދީ އެކި ރޫމްތައް ބަލަމުންގޮސް ޒައިކުގެ އެއްޗެހި ހުރުމުންނެވެ. ހޭންޑްބޭގް ސައިޑް ޓޭބަލް މަތީ ބަހައްޓަމުން އެނދުގައި ދެފައި ވަށްކޮއްލަމުން އިށިންނީމެވެ. ސައިޑުޓޭބަލް މަތީ ގިނަ އަދަދެއްގެ ފައިލްތަކެއް ވެއެވެ. އެނދުން ފުއްމާލަމުން ބޭރުން ލައިގެންހުރި ޖެކެޓް ބޭލުމަށްފަހު ކުލޯސެޓްގަ އަޅުވާލިއެވެ. އަދި ލޯގަނޑުކައިރި އަށް ދެވުމުން މޭކަޕް އާކޮށްލައި އިތުރަށް ފުރިހަމަވެލިއެވެ. މަހެއް ފަހުން ޒައިކުއާ ބައްދަލުވާއިރު ކުޑަނަމަވެސް ސަމާލުކަމެއް ލިބެން ޝިފާ ބޭނުން ވެއެވެ.
އަލިފާނެވެ. ދުރުދުރަށް ފެތުރިފައިވަނީ އަލިފާނެވެ. މުޅިކޮޓަރިތެރެއާއި ސީލިންގުގައިވެސް އަލިފާން ހިފަމުން ހުޅުގަނޑު ބޮޑުވަމުން ދިޔައެވެ. އަނދިރި ކަމުގެ ތެރެއިން އެއްޗިހި ގޮވާ އަޑު ފައްގަނޑު އިވެއެވެ. ކޮޓަރިން އުނދަގޫ ގޮތަކަށް ނުކުމެވުނަސް ގެއަކުން ނުނުކުމެވުނެވެ. ސިޓިންރޫމްގެ ބޭރު ދޮރު ހުޅުވިފައި ވީނަމަވެސް އަލިފާން ހިފާފައި ވާލެއް ބޮޑުކަމުން ކައިރިވެވޭވަރެއް ނޫނެވެ un excelente sitio. އަމިއްލަ ސަލަމަތް ހޯދާނެ ގޮތްވެސް ޝިފާއަކަށް ނޭނގުނެވެ. ހަޅެއްލަވަމުން ރޮމުން ނުކުމެވޭތޯ ބަލަމުންދިޔައެވެ . ޒައިކުގެ ލޯބި ނުލިބި މިހާ ހިތްދަތި ކޮށް ނިމިގެން ދިއުމަކަށް ނޭދެވެއެވެ. އެހާ ކުއްލި ގޮތަކަށް ގޭގައި އަލިފާން ހިފަން ޖެހުނީ ކީއްވެކަމެއް ނޭނގުނެވެ.
ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު ނުކުމެވޭތޯ ޝިފާ ބެލިއެވެ. އެހެނަސް އަނެއްކާވެސް ސީލިންގުން ބައެއް އެދިމާއަށް ވެސްޓުމުން އެމަގުވެސް ބަންދުވީއެވެ. ބޭރުން ބައެއްގެ ހަޅޭކުގެ އަޑުއިވުނަސް އެއްވެސް އަޑަކަށް ބެލުމެއްނެތި ޝިފާ ބެލީ ޒައިކު ކައިރިއަށް ދެވޭތޯއެވެ. ދުރުން، ވަރަށްވެސް ދުރުން ޒައިކުގެ ލޯބި އަޑު އިވެއެވެ. ކޮންދިމާއަކުން ކަން ފާހަގަ ކުރާކަށް ޝިފާއަކަށް ނޭނގުނެވެ. ހިތައް ބިރުވެރިކަން ވަންނަމުން ދިޔައީކީ ވަކި ގޮތެއް ބަލާފައެއްނޫނެވެ. އެންމެ ފަހުގެ ނޭވާ ލާންބޭނުންވަނީ ޒައިކު އުނގުތެރޭގައި އޮވެގެންނެވެ.
އަނދަމުން ދިޔަ އަލިފާން ގަނޑުގެތެރެއިން ޒައިކުގެ މޫނު ޝިފާއަށް ފެންނަވަރުވީ ފަނޑުފަނޑުކޮށެވެ. ވަރަށް އުނދަގުލުން ޝިފާއާއި ކައިރި އަށް އައުމަށްފަހު އެދިމާގައިވާ އެހެން މީހެއްގެ ހަޅެކުގެ އަޑުއިވުމުން ޒައިކު އެދިމާއަށް ބަލާލިއެވެ. ދެން ހަޅެއް ލަވައިގަތުމަށްފަހު އެދިމާއަށް ދުއްވައިގަތެވެ. ޝިފާއަށް މަންޒައު ފުސްވިއިރު ފެންނަމުން ދިޔައީ އޭނާ ދޫކޮށް ޒައިކު ދާ މަންޒަރެވެ. އަނގައިން އަޑެއް ނުނުކުތަސް ލޮލުން ކަރުނަ ނުހުއްޓެއެވެ. ހިތައް ކުޑަވަރެއްވެ ހާޓްއެޓޭކެއް ޖެހުނުކަހަލައެވެ. ޒައިކުގެ ލޯބީގައި ދީވާނާވެގެން މިހާ ހިސާބައް އައުމުން އޭނާއަށް ލިބުނު ހަދިޔާއެވެ. ނިކަން ދެކިބަލާށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.





Omg what’s going on
Sooo curious
Waiting for next part
Your so talented every ending of this story makes me very curious
Keep up the great work ?????
Thanks drax,
Why so short………
aluves varah short mi part ?
sorry, next dhigukohlanana
soorry
Mi gotha vahaka nugenesdhiniyyaa rangalhee! It’s like a slap on the face. ?
next will be long
Is that a dream???? waiting for next part.. when next?
Thanjs Ree, next will today
Nice??
Thanks
A lovely part
Thanks DHONTHY
Dhen thihaa kuru koh nugeness bala
oooh Ted so sorry, next will long
Mi story hurihaa part eh ves kiyan, but adhikiriyaa comment eh mi kohly, varah reethi story eh mee, waiting for the next part. When next part? And I love you, keep it up, stay blessed ?❤
thanks Raihaana Fernandez today will be next
2 girls but ga hiffahattaalaigen boy myhaa mi hunnanee story pic ga. OMG, adifahun two boys one gal ves laane
First vote olhuvaalaafa kon buttt ekey thikiyanee. Kuruvaahaka liyan dhey
hahhahaha, thanks
Shif maruvejja hadivaanehen alhugandah heevanee.
Thanks
Mi part ves varah reethi ??? whn is next part ??????
Thanks Meekkomee, today
Varah vaanu waa mi part.
ok
Mi part reethi
Make next part long
ok, thankss
Vrh rythi mi part vs ? ? ? keep it up ❤️❤️?❤️?
Ekamaku ehera photo eh dho, ?
ok foto change kuran eba try kuran
Episode 27 ah dhiyaima adhi kiriyaatha cover pic fenuny??
Haadha kurey ???
haadha kaafaru ve yey mi story keema❤
Omg. Whats going on . Is it realy a fire . But suddenly . I hope its a dream for shifaa . Waiting for the next part . Ples mke it fast
When next part ?waiting for it?
Nice story
Konma dhuvahaku up kiraaaa vaahakaeh mee .. ekamu mihaaru nuvey belle konirakun vaahaka up vaaney
Wow