Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޯލޯތްބެއްގެ ފެށުން 21

Belle Level 310 Stories100 Comments100 Login500 Login
July 24, 2019 7 Mins Read
18 Comments

” މަންމަ އޮތީ ހޮސްޕިޓަލްގަ. ޑޮކްޓާރ ބުނީ އެންމެ އަވަހަކަށް ދިއުމަށް. އަދި ވަރަށް ބޭޑް ނިއުސް އެއް އޮތް ކަމަށް ބުނީ. ޝިފް މިދަނީ ކާރު ނެރެން އާދޭ އަވަހަށް” އަވަސް ނޭވާތަކެއް ލަމުން ވާހަކަ ދައްކާ ނިންމުމަށްފަހު ބޭރަށް ނުކުތުމަށް ހިންގައިގަތެވެ.

 

 

 

*******************

 

 

 

ޒައިކުގެ ސިކުނޑި ދިޔައީ ބާރަށް އެނބުރެމުން ނެވެ. މިނެޓަކަށް ވުރެ މިނެޓެއް ހިތުގެ ތެޅުން އިތުރުވަމުން ދިޔައެވެ. ނޭވާ ހާސްވެއެވެ. އަތްފައި ފިނިވާހެން ވެސް ހީވާ ފަހަރު އާދެއެވެ. އާންމުކޮށް ކާރުދުއްވާ މިންވަރަށް ވުރެ ބާރަށް ދުއްވޭ ކަމުގެ އިހުސާސް ވެސް ނުވެއެވެ. ވީކިހިނެއް ކަމެއް ނޭގުނަސް ބޮޑުދައިތަ އަށާ މަންމަ އަށް ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޝިފާއަށްވެސް އެނގުންވިއެވެ.

 

 

 

އިހުތިޔާރަކާ ނުލައި ޒައިކުގެ ލޮލުން ކަރުނަ ފޭދުނެވެ. އެހެނީ ލިވީ އޭނައާއި ވަކިވެ ދިޔަ ގޮތް ހަނދާނަކުން ނުފިލައެވެ. ހަމަ އެގޮތައް ބޮޑުދައިތަ އަކީވެސް އޭނާގެ ހަޔާތުގައި މަންމަގެ މަގާމު ފުރި އަންހެނެކެވެ. އޭނާ ދެކެ ލޯބިވިއެވެ. ލޯބީގެ މައްޗައް ރުޅި އިސްކުރިއަސް އަބަދުވެސް އޭނަދެކެ ލޯބިވާކަން ހާމަ ކުރެއެވެ. އެގޮތައް ނިމި ދިއުން އެއީ އޭނައަށް ބަރުދާސްތު ކުރަން އުނދަގޫ ކަމަކަށް ވާނެއެވެ.

 

 

 

މަންމަ އަށް ގޮތެއް ވެއްޖެނަމަ ހަމަ ގައިމުވެސް އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. ހިތައް ވަސްވާސް ވަންނަމުން ފުރެމުން ދިޔައެވެ. ވިސްނުން ގެންދަން ނުޖެހޭ ހިސާބައް ވިސްނުން ގެންދެވުނެވެ. ކުރަމުން ދިޔަ ހިޔާލުތަކުން އެއްފަރާތް ވެވުނީ ޝިފާ އޭނާގެ އަތުގައި ފިރުމާލުމުންނެވެ. އެމަޑު އަތުގެ އެންމެ ބީހިލުމަކުންވެސް ހިތައް ފިނިކަން ލިބުނު ކަހަލައެވެ. އެހެނަސް މިހާ ނާޒުކު ވަގުތެއްގައި ލިވީގެ ހަނދާން ވުމުން ހިތުގައި ފުންވެފައިވާ ޒަޙަމްތަކަށް ނިމުމެއް ނާންނަކަން އެނގުނެވެ. ލިވީ އޭނާ ދޫކޮށްލާފައި ދިޔަ ސަބަބެއް އެއްފަހަރުވެސް އިނގޭނެނަމައެވެ. ހަމަޖެހިލައިގެން ނޭވާއެއް ލެވުނީސްތާއެވެ.

 

 

 

ހޮސްޕިޓަލް އަށް ވަދެވުމުން ރިސެޕްޝަން ކައިރިއަށްގޮސް މައުލޫމާތު އޮޅުންފިލުވުމަށްފަހު އަވަހަށް އެދިމާއަށް ހިނގައިގަތެވެ. އޭރު ކޮޓަރިއެއްގެ ބޭރުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ބައްޕަ އިންނެވީ ލޮލުން ކަރުނަ އަންނަހާލުގައެވެ. ބައްޕަ އަށް ވާހަކަ ނުދެއްކުމުން އާއިލާގެ އެކުވެރި ޑރ ވާހަކަ ދައްކަން ފެށިއެވެ.

 

 

 

” ޝީ އިޒް އިން ކޯމާ ” ހިތްވަރު ދިނުމުގެ ގޮތުން އަހަރެންގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.

 

” ބަޓް ވައި ސޯ ސަޑެންލީ؟ ވަޓް ހެޕެން ޓު މޯމް ” ޒައިކް ގެ ސުވާލުން ޑރ ގެ ނިއްކުރިއަށް ރޫތައް ގިނަވިއެވެ.

 

 

 

” މިދައްކަނީ ޒައިކް ގެ ބޮޑުދައިތަގެ ވާހަކަ. ކޯމާ ގައި އޮތީ . އެކަން އެނގުމުން މަންމަ އަނބުރައިގަތީ ” އޮޅުން ފިލުވައި ދެމުން ޑރ ބަލާލިއެވެ.

 

 

 

” ކޮބާ ސަބަބކީ ރުމޭނިއާ އާންޓް އަށް އެހެން ދިމާންވާން ޖެހުނު ؟ ” ގޮނޑީގައި އިށިންނަމުން ޑރ ކައިރިން އެ ވާހަކަތައް އަޑުއެހުމުގެ ޝައުގުވެރިކަން ޒައިކް ހާމަކުރިއެވެ.

 

 

 

” ރުމޭ އަށް އިނގޭނެ މީގެ ފަސްވަރަކަށް މަސްކުރިންވެސް، ސިކުނޑީގަ ޓިއުމަރެއް ހުރިކަން ”

 

 

 

” ހާރ ބްރެއިން ޓިއުމަރ ” ޒައިކް ގެ ދެލޮލުން ފެނުނީ އިންތިހާއަށް ބިރުވެރިކަމެވެ.

 

 

” ޔެސް، ދާއިމީ ގޮތެއްގަ ބޮލުގަ ރިހޭ ވާހަކަ ދައްކާނެ އަބަދުވެސް، ވަރަށް ކިޔަކިޔައިގެން ޓެސްޓް ހަދަން އައީ، ޓެސްޓް ހެދިފަހުން އިނގުނީ ސިކުނޑީގަ ޓިއުމަރެއް ހުރިކަން ” ކުރިންވެސް ވާހަކަ ދައްކަމުން ދިޔަ ރާގުގައި ޑރ ކުރިއަށް ގެންދިޔައެވެ.

 

 

 

” ކީއްވެ އެއްވެސް ކަމެއް ނުކުރީ . ރަނގަޅު ވާނެތަ؟ ޔޫ ނޯ މައި ގްރޭންޑް ޕޭރެންޓް އޯލްސޯ ޑައި ދިސް ކޮންޑިޝަން، މީ ފެމިލީ އަށް ވާރުތަ ކުރާ ކަމަކީތަ؟ ” ޒައިކް އަޑު ކުރިއަށްވުރެ މަޑެވެ. އެއަޑުގައި ހިތްދަތިކަން ވިއެވެ.

 

 

 

” ޔެސް ، އިޓްސް ޕޮސިބުލް، ބަޓް ވެރީ ރޭރް،  ” ޑރ ގެ ޖަވާބުން ޒައިކް ހާސްވިއެވެ. އަދި ބޮލުގައި ދެއަތުން ހިފެހެއްޓުމަށްފަހު ކޮޅަށް ތެދުވެވުނެވެ. އަނެއްކާ އިށީންނީ އިތުރަށް ޑރ ވާހަކަ ދެއްކުމުންނެވެ.

 

 

 

” ސާރޖަރީ ކުރުން ހަމައެކަނި އޮޕްޝަން އަކަށް އިނީ. އެކަމަކު ބައެއް ކަންކަން އަހަރެމެން ހީކުރިވަރަށް ވުރެ އުނދަގޫ. ހުރިހާ ކަމެއް އެނގުނު އިރު ރުމޭ ހުރީ އެންމެ ފަހު ސްޓޭޖްގަ. ސިކުނޑީގެ މުހިންމު ބައިތަކަކަށް ޓިއުމަރ ފެތުރިފައި ވުމުން އަހަރެމެން ދިނީ ފިފްޓީ ފިފްޓީގެ ޔަގީންކަމެއް. އަދި ކާމިޔާބުވިނަމަވެސް ، ހުރިހާ މެމޮރީ ތަކަކާ، ވާހަކަދެއްކުމުން އަދި ފެނުމުގެ ނަސީބު ގެއްލިދިއުމުގެ ފުރުސަތު ވަރަށް ބޮޑު. އަހަރެމެން ވަރަށް ބޮޑަށް އެދުނިން ސާޖަރީ އަކަށް ދާން. އެކަމަކު ރުމޭ ދެކޮޅު ހެދީ އެކަކަށްވެސް ނޭނގި އިސްލާމްވި. އަދި ކުރެވިފައިވާ ކުއްތަކަށް ތައުބާވި، އެހުރިހާކަމެއް އެންމެ ގާތުން އަހަރެން ދުށިން. އާއިލާގެ އެކަކަށްވެސް މިކަން އިނގޭކަށް ރުމޭ ބޭނުމެއް ނުވޭ” ޒައިކް އަނގަ މަތީ އަތް އަޅައިލީ އެހުރިހާ ވާހަކަ ތަކެއް އަޑުއިވުމުންނެވެ. އެއްއިރެއްގައި އެއީ އޭނަގެ މަންމަގެ މަގާމުގައި ހުރި އަންހެނެކެވެ. މަންމަ އޭނަ ދޫކޮށްލާފައި ދިއުމުން ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނެވެ. އެކަމަކު އޭގެބަދަލުގައި ބޮޑުދައިތަގެ އަންހެން ދަރިފުޅަށް ނޫނެކޭ ބުނެ ބާކީކޮށްލެވުނީއެވެ.

 

 

 

ޒައިކްގެ ނޭވާ ތާށިވީހެން ހީވާން ފެށިއެވެ. މިހުރިހާ ކަމެއް އެނގުމުން މަންމަ އަށް ވާނެގޮތް ޒައިކްއަށް އޮޅިފައެއް ނެތެވެ. ބޮޑުދައިތަ އަންހެން ދަރިފުޅު މަރުވުމުން މަންމަ ފަހުންވެސް ޒައިކް ކުއްވެރިކޮށް ދެއްކި ވާހަކަ ޒައިކް ހަނދާނުން ނުފިލައެވެ. ކޯމާއިން ހޭއަރާނެ ކަމުގެ ޔަގީންކަން ނެތްވާހަކަ ބުނުމަށްފަހު ޑރ ދިޔައެވެ. އޭރު މަންމަ އޮތް ކޮޓަރިއަށް ބައްޕަ ވަދެއްޖެއެވެ.

 

 

 

ދެމީހުން އެކަނި ވިއެވެ. ޝިފާއަށް ބަލާލުމަށްފަހު އޭނާ އިސްޖަހައިލީ ކުއްވެރިއެއް ފަދައިންނެވެ. ދެއަތުން މޫނު ފޮރުވާލިއިރުވެސް އިނގިލިތައް ދޭތެރެއިން ކަރުނަ ފޭދެއެވެ. ހަނދާނަށް އަންނަނީ ބޮޑުދައިތަ ކޮށްދިން ކަންތައްތަކެވެ. ބަލިވުމުން ދަރިއެއްފަދައިން ލޯބިދީގެން އެތައް ރެއެއްގެ ނިދި ނަގާލިއެވެ. މަންމަ އެނބުރި އައުމަށްފަހުވެސް ފަހުން ބޮޑުދައިތަ އާ މާ ގާތް ގުޅުމެއް މަންމަ އަށްވުރެ ބޮޑައް އޮތެވެ. އެ ގުޅުން ކެނޑުނީ ބޮޑުދައިތަގެ އަންހެން ދަރިފުޅު އަމިއްލައަށް މަރުވި ފަހުންނެވެ. އެދުވަސް އަލުން އަނބުރާ ގެނެވޭނެ ނަމަ މިހާރު އޭނާ އެދުވަސްތައް ގެނައީސްކަން ޔަގީނެވެ.

 

 

“އަހަންނަކީ ވަރަށް ގޯސް މީހެއް ޝިފް. އަހަރެން ލޯބިވާ ހުރިހާ އެންމެން ދަނީ ދިރިއުޅުމުން ވަކިވަމުން. އަހަރެންދެކެ ލޯބިވާ އެންމެން ވެސް. އެއްވެސް މީހެއްގެ ލޯއްބެއް ހައްގެއް ނޫން. އެއަށްވުރެ ބޮޑު ކުށެއް ކުރެވިފައިވަނީ. ޝިފް ވެސް އަހަރެން ދޫކޮށްލާފަ ދޭ. އަހަންނަށްވުރެ ރަނގަޅު މީހުން ލިބޭނެ. މިހާ ދުވަސް ވީއިރުވެސް ޝިފްދެކެ ލޯބިވާން ކުރިމަސައްކަތް ކާމިޔާބު ނުވާކަން ޝިފް އަށްވެސް އިނގެއެއްނު. ޔޫ ޝުޑް ލީވް މީ ” ތުރުތުރު ލަމުން ޒައިކް އަޑުއަންނަނީ ކެނޑިކެނޑިގެނެވެ.

 

 

 

” ޑޯންޓް ޔޫ ޑެއާރ ސޭ ދިސް ޒައިކް. އެއްވެސް މީހަކު ޒައިކް ދޫކޮށްލާފައެއް ނުދޭ. ޒައިކް މައިން ބަފައިން ޒައިކް ދެކެ ލޯބިވޭ. އަދި ރުމޭ އާންޓް ވެސް ކިހާ ކެއާރ ކުރި. އަމިއްލަ ދަރިފުޅު އެގޮތައް މަރުވުމުން ކޮންމެ މަޔަކުވެސް ދެރަވާނެ. އޭރުގަ ވާހަކަ ނުދެއްކީ އެ ދެރައިގެ ސަބަބުން ކަމަށް ވުމީ އެކަށީގެންވާ ކަމެއް. އަމިއްލަ އަށް ގޮތް ނުނިންމާ. އެންމެންނަށް ވުރެ ބޮޑަށް އަހަރެން ޒައިކް ދެކެ ލޯބިވޭ. ޒައިކް އަށް ނޭގުނަސް އިއްޔެއަކު މިއަދަކު ނޫން ޒައިކް ފެނިގެން ލޯބިވެގެން މިއުޅުނީ.  އިނގޭތަ ޔަމާން ދެކެ ޒައިކް ރުޅިއަޔަސް ޔަމާން ޒައިކް ދެކެނީ ތީ އެއްބަނޑު އެއްބަފާ މީހެއް ގޮތުގަ. އޭނަގެ އެ ބިޒިނެސްގެ ފިފްޓީ ޕަސެންޓް ޝެއާ އޮންނަނީ ޒައިކް ނަންމަތީ. މީ ދުވަހަކުވެސް އެކަކަށްވެސް ނާންގަން އޭނަ މަގޭ ގާތުގަ ދެއްކި ވާހަކަ. އެކަމަކު ޒައިކް ތިގޮތައް ވާހަކަ ދެއްކުމުން މި ބުނެވުނީ ” ޒައިކް ހައިރާންވެ ޝިފާއާ ދިމާއަށް ބަލާލީ ޝިފާ ދެއްކި ވާހަކަ ތަކަކީ ސަމާސާއެއް ނޫނަކަން އެ މޫނުމަތިން ހާމަވެގެން ދިޔައީތީއެވެ.

 

 

 

” އަހަރެން ކިތަންމެ ގިނަ ދުވަހެއް ވިއަސް ޒައިކް ދެކެ ފޫއްސެއް ނުވާނެ. އެއަށްވުރެ ލޯބިވޭ. ޒައިކް އުފާވާ ކޮންމެ ކަމެއް ކުރުމަށް އަހަރެން ފަހެއް ނުޖެހޭނަން. ތި މޫނުމަތީގެ އުޖާލާކަން ގެއްލޭކަށް ބޭނުމެއް ނޫން. އިންތިޒާރުކުރާނަން އަހަރެންދެކެ ޒައިކް ލޯބިވާނެ ދުވަހަކަށް. ކިތަންމެ ގިނަދުވަހެއް ވިއަސް ފަރުވާލެއް ނެތް ” ޒައިކް ގައިގަ ބައްދާލަމުން އެ މޭމަތީ ޝިފާގެ މޫނު ނިވާ ކޮށްލިއެވެ.

 

 

 

މިގޮތުގައި ދެމީހުން ހުރީ ކިހާ ވަގުތަކު ކަމެއް ނޭގުނެވެ. ލޮލުން ކަރުނަ ހުސްވިކަހަލައެވެ. ދެމީހުންނަށް ދުރަށް ޖެހިލެވުނީ ކުރިމަތިން ހިނގާފައި އައިސް ހުއްޓިލީ ޔަމާން ފެނިފައެވެ. މިފަހަރު ޒައިކް މޫނުމަތިން ހިނިތުންވުމެއް ޔަމާން އަށް ދިނެވެ. އޭނަދެކެ ޔަމާން ލޯބިވާކަން އެނގުނުފަހުން ހިތައް އުފާވެރިކަން ލިބުނުނަމަވެސް ލަދުވެތިކަން ވެރިވީ ޝިފާ އާ ދެމީހުން އެކުގައި ވުމުން ދެމީހުންގެ މެދުގައި ގުޅުމެއް އޮތްކަމަށް އޭރު ޝައްކު ކުރެވުނީއެވެ.

 

 

 

އެންމެން އިށީންދެގެން ހުއްޓަ ބައްޕަ ނުކުމެ މަންމަ ހޭ އެރި ވާހަކަ ބުނުމުން ހިނގައި ގަތީ މަންމަ ކައިރިއަށް ވަނުމަށެވެ. ޒައިކް ފެނުމުން ރޫބީއަށް ކަރުނަތައް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. މަންމަ ކައިރިއަށް ޖެހިލުމަށްފަހު ބައްދާލުމަށްފަހު ހިއްވަރު ކުރުމަށް އެދުނީމެވެ.

 

 

 

ދެހަފްތާ ފާއިތު ވެގެން ދިޔައީ ގެއިން ހޮސްޕިޓަލް ގައެވެ. އޮފީހުގައި މަދު ވަގުތު ކޮޅެއް ހޭދަކުރުމަށްފަހު އާއިލާއަށް ވަގުތު ދޭން ޒައިކް ބޭނުންވެއެވެ. މިއަދުވެސް ޝިފާ ހޮސްޕިޓަލް އަށް ލުމަށްފަހު ޒައިކް ދިޔައީ އޮފީހަށެވެ. ރޭގަ ނުނިދާ މަންމަމެން ހުރުމުން ހެނދުނު ގެއަށް ފޮނުވާލުމަށްފަހު ޝިފާ މަޑުކުރަން އެއްބަސް ވިއެވެ. ޒައިކް ދިއުމުން ޝިފާ ގޮނޑީގައި އިށީންދެ ރުމޭނިއާ ގެ އަތުގައި ހިފާލުމަށް ފަހު ފިތާލިއެވެ. ދަރިފުޅުގެ މަރަށްފަހު ފިރިމީހާވެސް ވަކިވުމުން މިއާއިލާ ނޫން އެހެން ބަޔަކު ރުމޭނިއާގެ ނެއްކަން ޝިފާ އަށް އިނގެއެވެ.

 

 

 

ރުމޭނިއާ އަށް އިސްލާމް ދީނުގެ ފުރިހަމަ ހިދާޔަށް ލިބުނު ކަމަށްޓަކައި ޝިފާ ޝުކުރުވެރިވިއެވެ. ޒައިކް އާ ކައިވެނި ކޮށްގެން މިވީ ދުވަސްތަކުގައި އޭނައަށް ފުރިހަމަ ލޯއްބާ އަޅާލުން ރުމޭނިއާގެ ފަރާތުން ލިބުނެވެ. ކޯމާއަކަށް ދިއުމުގެ ދެދުވަސް ކުރިން އޭނައާ ބައްދަލު ކުރުމަށްފަހު ރުމޭނިއާގެ ހުރިހާ ވިޔަފާރިއަކާ މުދަލެއް ޒައިކް އަދި އޭނާގެ ނަން މައްޗައް ބަދަލުކުރި ވަހާކަ ބުނެ އެކަކު ކައިރީވެސް އެވާހަކަ ތައް ނުބުނުމައް ބުންޏެވެ. ކީއްވެތޯ ސުވާލުކުރުމުން ފަހުން އިނގޭނެ ކަމަށް ބުންޏެވެ. ޝިފާގެ ދެލޮލުންވެސް ކަރުނަ އައީ މަންމައެއްހާ ލޯބިން އެނައަށް ލޯބިދީ މިކަހަލަ ގޮތަކަށް ނިމުން އައީތީއެވެ.

 

 

 

ފޯނުގެ އެޕަކުން ރަޙުމާން ސޫރަތް ޖެހީ އެއީ ކޯމާގައި އޮންނަ ގިނަ ބަލި މީހުންނަށް ޝިފާއެއްކަން ލިޔުމަކުން ފެނުމުންނެވެ. އެސުރަތުގައިވާ މާނައިގެ ރީތިކަން ޝިފާއަށްވެސް އިހުސާސްވެއެވެ. އަބަދު އެސޫރަތް ފޯނުން ޖަހާހިތްވެއެވެ. ގިނަ އިރު އެއްތާކު އިންނަން ޖެހުމުން ޝިފާގެ ދެލޮލަށްވެސް ބަރުކަމެއް އިހުސާސް ވީކަހަލައެވެ. އެގޮތުގައި އެނދުގައި ބޯ އަޅާލައިގެން އޮއެވުނީ ކިހާއިރަކު ކަމެއް ނޭގެއެވެ. ހަމައެކަނި އިވޭ އަޑަކީ ކީރިތި ޤުރުއާނުގެ މޫރިތި އަޑެވެ. ކުއްލިއަކަށް އަތައް ވި އިޙުސާސަކުން ބޯހިއްލައިލީ ހާސްވެ ހުރެއެވެ. އޭރު ރުމޭނިއާގެ އަތްތިލައިން ބާރަށް ހިފަހައްޓާލައިގެން ހުއްޓެވެ. ދެލޯ ހުޅުވަން މަސައްކަތް ކުރާކަން މޫނުމައްޗައް ބަލާލުމުންވެސް އެނގުނެވެ.

 

 

އަވަސް އަވަހައް ރިމޯޓުގެ ފިތަކަށް އޮބާލީ ޑރ ނާ ނަރުހުންނަށް އަންނަން އެންގުމަށެވެ. ގިނަ އިރުތަކެއް ނުވެ ނަރުހުންތަކަކާ ޑރ ބާރުބާރަށް އައިސް ވަނުމުން ޝިފާ ބޭރަށް ނުކުތީ ހާސްވެގެން ހުރެއެވެ. ފޯނު ބަލާލަންވެސް ހަނދާންވީ އިރުކޮޅެއް ފަހުންނެވެ. އަވަހަށް ޒައިކް އަށް ގުޅާ އަންނަން އެދުނެވެ. އަދި މަންމަ މެނަށްވެސް ގުޅިއެވެ.

 

 

 

ގަޑި އިރެއް ވީފަހުން ކޮޓަރި ދޮރު ހުޅުވާލުމުން އެންމެން އެއްފަހަރާ ތެދުވެ ހިނގައި ގަތެވެ. އެކަކުވެސް ސުވާލު ނުކުރަނީސް ޑޮކްޓަރ ވާހަކަ ދައްކަން ފެށިއެވެ.

 

 

 

” މިހާރަށް ރުމޭ ރަނގަޅު. އެކަމަކު އެންމެ ފަހު ސްޓޭޖް ގަ ހުރުމުން ދެން ސާޖަރީ ހެދުމަކަށް ނުފެނޭ. އެއްވެސް ޔަގީންކަމެއް ނެތް. އެންމެން ރުމޭ އާ ވާހަކަ ދައްކައިގެން އޭނަގެ މޫނަށް އުފާވެރިކަމެއް ގެނެވޭތޯ ބަލާ. އެންމެން އެކޮށް ނުވަންނާތި. ” ޑޮކްޓަރ ދާން ހިނގައި ގަތުމަށްފަހު ޒައިކް އާ ބައްދަލު ކުރުމަށް ރުމޭނިއާ ބޭނުން ވާ ވާހަކަ ބުންޏެވެ. އެންމެން އެކަމާ ރުހި ގަބޫލުވީ އެންމެ ފުރަތަމަވެސް ޒައިކް އަށް ބައްދަލުވުމުގެ ފުރުސަތު ލިބުމުންނެވެ.

 

 

 

މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ޒައިކް އެތެރެއަށް ވަނެވެ. ނޭވާލާން ފަސޭހަ ވާނެ ގޮތައް މާސްކް އަޅާފައި ވުމުން މޫނުމަތީގެ ބޮޑުބައެއް ވަނީ ގެއްލިފައެވެ. ކުޑަކޮށް ލޯހުޅުވާލާފައި އޮތުމުން ބަލާލިއެވެ. އެނދު ކައިރީ ހުރި ގޮނޑީގައި އިށީންދެލުމަށްފަހު އެއަތުގައި ހިފާ ބާރުކޮށްލީމެވެ. އެ މޫނުމަތިން ހިނިތުންވުން ފާޅުވެ ތުންފަތް ހަލުވާލަން އުޅޭހެން ހީވެއެވެ.

 

 

” އައި ލަވް ޔޫ އާންޓް. މާފު ކުރޭ މިހުރިހާ ދުވަހަކު ވާހަކަ ނުދައްކާ ދުރުދުން އުޅެވުނު ކަމަށްޓަކައި. އާންޓްގެ ދަރިފުޅާމެދު ކަންތައް ކުރެވުނު ގޮތުން ލަދުން ނުކެރުނީ ވާހަކަ ދައްކަން ” ޒައިކް ވާހަކަ ހުއްޓާލަން ޖެހުނީ އޭނަގެ ބޮޑުދައިތަ ދެފަރާތައް ބޯ ހޫރާލުމުންވެ.

 

 

 

” އައި ލަވް ޔޫ ޓޫ. އާންޓް އަށް މާފު ކުރޭ ކުރެވުނު ހުރިހާކަމަކަށް މާފަށް އެދެން. އެދުވަހު ޒައިކް އަށް މަޖުބޫރު ކުރެވުނު ކަމަށްޓަކާ މާފު ކުރޭ. ބޭނުން ޝިފާ އާ ވަކިން ވާހަކައެއް ދައްކާލަން އެކުއްޖާ މިތަނައް ގެނެސް ދެވިދާނެތަ؟ ” އުނދަގޫ ގޮތަކަށް ވާހަކަ ދެއްކިއެވެ. ޒައިކް ބޯ ޖަހާލަމުން ތެދުވީ ބޭރަށް ނުކުތުމަށެވެ.

 

 

 

” ޝިފް ބޭބް. އާންޓް ބޭނުންވޭ ޝިފް އާ މީޓް ކޮށްލަން . ދާން ވީނު ” އެންމެން ހައިރާންވީ އެ ކުޑަ ދުވަސްކޮޅު ތެރޭ ރުމޭނިއާ ޝިފާ ދެކެ އެވަރަށް ލޯބިވީތީއެވެ. ގެއްލުނު އަންހެން ދަރިފުޅަށްޓަކާ ކަމަށްވެސް ވެދާނެއެވެ. އެންމެންގެ މޫނުތަކަށް ބަލާލުމަށްފަހު އޭނާ އެ ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ.

 

 

 

ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެލޮލުގައިވީ ކަރުނަތަކެވެ. އަވަސްއަވަހަށް ކައިރިވެލުމަށްފަހު ހިތްވަރު ކުރުމަށް ޝިފާ އެދުނެވެ.

 

 

 

” ދަރިފުޅާ ޝިފާ. ދައްތަ އަށް ޒައިކްގެ މާފު ހޯދަ ދެއްޗޭ. ދަރިފުޅު ނޫނީ ނެއް މިކަހަލަ ވާހަކައެއް ބުނާނެ މީހަކު. އަޑު އަހާނަންތަ؟ ” އެދެއަތުގައި ހިފަހައްޓާލަމުން ރުމޭނިއާ އަހާލިއެވެ. ޝިފާ ބޯ ޖަހާލުމަށްފަހު ގޮނޑީގައި އިށީންނިއެވެ.

 

 

 

” ޒައިކް އެންމެ ލޯބިވާނީ ލިވީ ދެކެ ކަން ހީވަނީ މިހާރު ޝިފާއަށްވެސް އޮންނާނީ ކިޔާ ދީފަހެން. އެދެ މީހުން ދުރު ކުރުވީ އަހަރެން . މިއަދު ދެރަވަން ކުރެވުނު ކަންތަކުން. އަހަރެންގެ ދަރިފުޅު މަރުވުމުން އެކަމުގެ ރުޅީގައި ކުރެވުނު ކަމެއް އެއީ. އަހަރެންގެ މި ދުލަކުން މާފައް އެދޭނެހާ ހިތްވަރެއް ނެތް މިއަދަކު. ޝިފާ …ލިވީ ދުނިޔޭގަ….” ރުމޭނިއާ ދެން ދެއްކި ވާހަކަ އަކުން ޝިފާ ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. އެއީ އޭނަ ދުވަހަކުވެސް އަޑު އިޥޭނެ ކަމަކަށް ހުރި ވާހކަ ތަކެއް ނޫނެވެ، އޭނަ އަތުން ޒައިކް ބީވެ ދާން ދުވަސް ތަކެއް ނެއްކަން އެނގުނެވެ.

 

 

 

މެޝިންތަކުގެ އަޑު ގަދަ ވިހެން ހީވިއެވެ. އޭރު ނޭވާ ނުލެވިގެން ރުމޭނިއާ ތެޅި ފޮޅެއެވެ. ޑޮކްޓަރާ ނަރުހުން ބާރުބާރަށް އައިސް އާއިލާ އެންމެން ޖަމާވިއިރުވެސް ޝިފާ ހުރީ ހުއްޓުން އަރާފައެވެ. އަޑުއަހަން ބޭނުން ނުވާ ވާހަކަ ތަކެއް އަޑު އިވުނީއެވެ. ހިތުގެ އެތި ކޮޅުތައް އެކި ތަނަށް ބުރައިގެން ދިޔަ ކަހަލައެވެ. ދިރިއުޅުމެއް ބިނާކުރަން ރޭނި އުސް އިމާރާތް ބިމާ ހަމަވިކަހަލައެވެ. ރިތި އައްސޭރިއެއް ހޯދުމަށް ދަތުރުކުރަމުން ގޮސް ކަނޑަށް ބެހުނުކަހަލައެވެ. ވައިގަދަ ދުވަހަކު ސަލަމަތާ ރައްކާތެރިކަން ހޯދަމުން ދިޔަ ކުޑަކުޑަ ފަތެއް ޖައްވުތެރެއަށް ދޫވިފަދައެވެ. ލޮލުގެ ފެނުމުން މަޙުރޫމު ވެފައިވާ މީހަކު ހިނގައިފައި ދަމުން ކޯރަކައް ވެއްޓި ޤަރަޣު ވުމެކޭ އެއްފަދައެވެ.

 

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

“އެއްވެސް މީހެއްކައިރީ ނުބުނާތި”

Next

ތިޔަ ލޯތްބާ ދުރަށް 3

Next
July 24, 2019

ތިޔަ ލޯތްބާ ދުރަށް 3

Previews
July 24, 2019

“އެއްވެސް މީހެއްކައިރީ ނުބުނާތި”

18 Comments!

  1. Yasha says:
    July 24, 2019 at 11:51 am

    ??????????❤️??❤️?????????????????????????????????????????????????❤️❤️????????????????????????

    1. Belle says:
      July 24, 2019 at 2:45 pm

      Thanks

  2. Mms says:
    July 24, 2019 at 12:22 pm

    Me v kihine

    1. Belle says:
      July 24, 2019 at 2:44 pm

      ey 2 part ehkoh up kuryma 22 kurin up vefa ehury, now 25 aa hama ah up koffa hunaany

  3. Ibsha says:
    July 24, 2019 at 1:10 pm

    Varah reethi

    1. Belle says:
      July 24, 2019 at 2:45 pm

      Thanks

  4. Meekkomee says:
    July 24, 2019 at 1:14 pm

    Varah reethi ingyy.????? ❤️❤️❤️

    1. Belle says:
      July 24, 2019 at 2:44 pm

      thanks

  5. naxu says:
    July 24, 2019 at 1:36 pm

    beautiful mi part vess

    1. Belle says:
      July 24, 2019 at 2:45 pm

      thanks

  6. Dhonthy says:
    July 24, 2019 at 2:14 pm

    V reethi mi part ves?????? Amazing❤️❤️ I love it… Avahah 23 vana part up kurachchey ingey Belle… Love you so much ?????

    1. Belle says:
      July 24, 2019 at 2:43 pm

      thanks Dhonthy, mihaar hunaany 25 aa hamaah ehkoh up koffa. 26(new part) up kuran vaairah hurihaa baeh up koffa hunaaany, dhen 26 up kuraany hurihaa baeh fenna varuvyma kiyun therinnah

  7. Belle says:
    July 24, 2019 at 2:47 pm

    thanks for every one. dhen bella hurihaa kudhinnaa badhalu kohlaanan 26 vana part aa eky, now 21,22,23,24,25 aa hama ah up koffa hunnaany, e hurihaa baeh esfiya admin team in up kuryma thi hurihaa kiyun therinnna fennaane

  8. Ryn says:
    July 24, 2019 at 8:13 pm

    Belle… Ooh thanks a lot

  9. Mary says:
    July 24, 2019 at 9:35 pm

    Ekam adhi ves evves part eh up nuvey dhw???kiyaa hithun iru iru kolha eba balaalevey?

  10. jana says:
    July 24, 2019 at 9:36 pm

    cant wait

  11. 1234 says:
    July 24, 2019 at 9:46 pm

    Vara reethi
    Waiting for next part

  12. ކިޔާ މީހާ says:
    July 24, 2019 at 10:01 pm

    އެސްފިޔައަށް ގުޅައިން ބަަލަންވީއެއްނު އަޕްލޯޑް ނުވާ ސަބަބު… ކިޔުންތެރިން ހާދަ އިންތިޒާރެކޭ މި ކުރަނީ..

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 23←


All Right Reserved!