Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 20

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 1, 2020 4 Mins Read
2 Comments

 

އެެރިކް ކުޅޭ ފުރަތަމަ މެޗު ބެލުމަށްޓަކައި އެރިކްމެން ރަށުގެ އެ ހިސާބު ގަނޑުގައި އުޅޭ އެންމެން ކަހަލަ ގޮތަކަށް އެރިކްމެން ގޭ ކައިރީ އަޅުވައިފައި ހުރި ބޮޑު ސްކްރީން ކައރިއަށް ޖަމާވިއެވެ. ކޮންމެ މީހެއްގެ މޫނު މަތިން ވެސް ފެންނަނީ އެރިކްއާ މެދު ފަޚުރުވެރިވެފައިވާ ކަމެވެ.

ޖަރުމަންގެ އެޓޭކަކީ މި ވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް އެޓޭކެވެ. އެ މީހުންގެ ކުރިއަށް ކުޅޭ ހަލުވި ކުޅުންތެރިން ހުއްޓުވުމަކީ އެންމެ މޮޅެތި ޑިފެންޑަރުންނަށް ވެސް އުނދަގޫ ކަމެކެވެ.

ސުމެއް ސުމެއްގެ ނަތީޖާއިން މެޗު ނިމުމުން ޖަރުމަން ޓީމަށް ވުރެ ބޮޑަށް ފްރާންސް ޓީމަށް ހިތްހަމަ ޖެހުން ލިބުނެވެ. ފްރާންސްގެ ގޯލު ކީޕަރާއި ޑިފެންޑަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެެވެ. ޚާއްސަކޮށް ޤައުމީ ޓީމަށް މުޅިން އަލަށް ކުޅެދިން ޒުވާން އެރިކްގެ ފަރާތުންނެވެ. މެޗުގެ އެންމެ ފަހު ވަގުތުގައި ގޯލު ކީޕަރު ކަޓުވާފައި ޖަރުމަނުގެ އެންމެ ކުރިއަށް ކުޅޭ ކުޅިންތެރިޔާ ގޯލަށް ފޮނުވާލި ބޯޅަ ދުވެފައި އައިސް ގޯލު ރޮނގު މަތިން ކޯނަރަކަށް އެ ބޯޅަ އެރިކް ބޭރުކޮށްލިއެވެ. ފްރާންސްގެ ހުރިހާ ކުޅުންތެރިން ވެގެން އައިސް އެރިކްގެ އެ ދިފާޢު ފާހަގަ ކޮށް އެރިކްއަށް ތަޢުރީފު ކުރިއެވެ. ޖަރުމަނު ކުޅުންތެރިން ވެސް ތިބީ އެރިކްގެ އެ މޮޅު ކުޅުމުން ހައިރާންވެފައެވެ. އޭގެ ކުރިން ވެސް އެރިކް ވަނީ ޖަރުމަންގެ ކުރިއަށް ކުޅޭ ކުޅުންތެރިން އަތުން ގިނަ ބޯޅަތަކެއް ހޯދާފައެވެ. އެ މެޗުން ފްރާންސް ބަލި ނުވެ އެއްވަރު ވުމުގައި އެރިކްގެ ދައުރު ވަރަށް ބޮޑެވެ. ޔަޤީނުންވެސް ސަޕޯތަރުންނާއި ކޯޗު އޭނާއާ މެދު ފަޚުރުވެެރިވާ ފަދަ ކުޅުމެއް އެރިކް މެޗުގައި ދެއްކިއެވެ.

ޖަރުމަން އަދި އާސެނަލްގެ ކީޕަރު އާރޗީ މެޗު ނިމުމުން އައިސް އެރިކްގެ މޮޅު ކުޅުމަށް ތަޢުރީފު ކުރިއެވެ. އަދި އާސެނަލްގައި އެންމެ ފަހުން ކުޅުނު މެޗުގައި އޭނާ ވަޢުދުވީ ފަދައިން އެރިކް މޮޅު ކުޅުމެއް ދެއްކުމުން އާރޗީ އޭނާގެ ޖާރޒީ އާއެކު ޖަރުމަންގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޑިފެންޑަރު ކަމަށްވާ ސްޓެފާން ސަލްވަޓޯރގެ ސޮއެ ކުރި ޖާރޒީ އެރިކްއަށް ދިނެވެ. ސްޓެފާންއަކީ އެރިކްގެ ‘އައިޑޮލް’އެވެ.

އެރިކް ޑިފެންޑަރަކަށް ވުމުން އެރިކް އާއި އާރޗީގެ އެކުވެރިކަން ވަނީ ވަރަށް ބޮޑަށް ބަދަހި ވެފައެވެ. ދެ ކުޅުންތެރިން ކޮންމެވެސް ވާހަކައެއް ދައްކައިފައި ހޭންފެށިއެވެ. އާރޗީ އެެރިކްގެ އިސްތަށިގަނޑު ހާވާލުމުން އެރިކް ވެސް އާރޗީގެ އިސްތަށިގަނޑު ހާވައިލިއެވެ. އެ ދެކުޅުންތެރިން ފެންނަ ފެނުމަށް ހީވަނީ ޒަމާނުން ސުރެ ދަންނަ އެކުވެެރި ކުޅުންތެރިން ހެންނެވެ. އެ ދެކުޅުން ތެރިންގެ މެދުގައިވި ވަރުގަދަ އެކުވެރި ކަމުގެ ވާހަކަ ކޮމެންޓޭޓަރުން ވެސް ފާހަގަ ކުރިއެވެ.

 

މެޗު ނިންމާފައި އެމީހުން ތިބެން ހަމަޖެހިފައި އޮތް ހޮޓަލަށް ފްރާންސް ޓީމު ދިޔައެވެ. ކުޑަކޮށް ތާޒާ ވެލައިގެން ސޯޓާކާއި ޓީޝާޓެއް ލައިގެން އެރިކް ނިދަން ކަމަށް އެނދުގައި ޖައްސައިލިއެެވެ. ނިދުމުގެ ކުރިން ފޯނު ބަލައިލިއިރު ޓެލެގްރާމުން މިންހާ މެސެޖް ކޮށްފައި ހުއްޓެވެ. މިންހާ އޮންލައިންގައި އިނުމުން މެސެޖަށް ޖަވާބު ދިނުމުގެ ބަދަލުގައި އެރިކް ގުޅައިލިއެެވެ.

“މިނީ ނުވެސް ނިދަނީތަ؟” މިންހާ ފޯނަށް ޖަވާބު ދިނުމުން އެރިކް ފުރަތަމަ ވެސް އަހައިލިއެވެ.
“ކިހިނެއްވީ އަހަރެން ނިދަންވީތަ؟ ރިކީ ބޭނުމިއްޔާ އަހަރެން ދަނީ ނިދަން”

“އުނހޫ ނޫން. އެހެން ބުނި އެއްޗެއް ނޫން. ކިހިނެއްތަ؟ ކޮރެއާގަތަ އަދިވެސް؟” މިންހާ ފޯނު ބާއްވާފާނެތީވެ ކުޑަކުއްޖެއް ފަދައިން އެރިކް ދެކޮޅު ހަދައިލިއެވެ. އެރިކްގެ އަޑުއައި ގޮތުން މަޖާ ވެގެން މިންހާގެ އަނގައިން ލުއި ހުނުމެއްގެ އަޑު ނުކުތެވެ.

“މިހާރު މިތިބީ އެއާޕޯރޓުގަ ރާއްޖެ ދާން. މާދަމާ ނޫން އަނެއް ދުވަހު އޮވޭ އޭއެފްސީ ނޭޝަންސް ލީގު ޗެމްޕިއަންޝިޕްގެ މެޗެއް މާލޭގަ. އޯކޭ ރިކީ ދާން ވެއްޖެ. ބޯޑިންއަށް ގޮވައިފި ޓޭކް ކެއާރ”

“އޯކޭ އަ ޕްލުސް (ގުޑް ބާއި އިން ފްރެންޗް) . ޔޫ ޓޫ ޓޭކް ކެއާ” ފޯނު ބޭއްވިއިރު އޭނާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ވިއެވެ. ނިދުމުގެ ކުރިން އެއް ފަހަރު ވިއަސް މިންހާގެ އަޑު އަހައިލެވުމުން އެ ހިތަށް ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ.

އެރިކް ފޯނު ބޭއްވުމާއެކު މިންހާ ފުން ނޭވައެއް ދޫކޮށްލިއެވެ. އަހާން އާއި ޒާޔާގެ ކަންތައް އިނގުމުން އޭނާ އެ އިންނަނީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. މަދު ވަގުތު ކޮަޅަކަށް ނަމަވެސް އެެރިކްއާ ވާހަކަ ދައްކައިލެވުމުން ހިތަަށް ހަމަޖެހުން ލިބިގެން ދިޔައެވެ.

ދެމެދުގައި ހިނގައި ދިޔަ ހާދިސާއަށް ފަހު އަހާން ވެސް އަދި ޒާޔާ ވެސް އަނގައިންނެއް ނުބުނެއެވެ. ކަންދިމާ ކުރި ގޮތުން ބޯޓުގައި ދެމީހުން ވެސް ތިބެން ޖެހުނީ ޖެހިޖެހިގެންނެވެ. ސީޓުގައި އިށީން ގޮތަށް ކަންފަތަށް ހެޑް ސެޓް ޖަހައިގެން ދެ ލޯ މަރައިގެން އޮތެވެ. ޒާޔާ ވެސް ފޯނުން ފިލްމެއް އަޅުވަައިގެން އެ ބަލަން އިނެވެ.

ޒާޔާ އާއި އަހާންގެ ޙާލަތު އިޝަލްއާ ޙިއްސާ ކުރަން މިންހާ އިނީ ނުހަނު ބޭނުންވެފައެވެ. ނަމަވެސް ޤައުމީ ޓީމާއެކު މުހިންމު މެޗުތައް ކުރިއަށް އޮއްވައި އިޝަލްގެ ސިކުނޑި ހާސްކުރުވާކަށް ވެސް މިންހާ ބޭނުމެއް ނުވިއެވެ. ފްލައިޓަށް އެރުމުގެ ކުރިން އިޝަލްއަށް ފޮނުވަން ބޮޑު މެސެޖެއް ލިޔެފައި ވެސް ފުހެލީއެވެ.

 

ޔުއޭފާއިން ޔޫއެފާ ނޭޝަންސް ލީގު ތަޢާރަފު ކުރިތާ ގިނަ ދުވަސްތަކެއް ނުވެ އޭއެފްސީއިން އޭއެފްސީ ނޭޝަންސް ލީގު ޗެމްޕިއަންޝިފް ތަޢާރަފު ކުރިއެވެ. ވަކި ފޯމެޓަކަށް ކުޅޭ އެ މުބާރާތުގައި އޭއެފްސީގައި ރެޖިސްޓާރކޮށްފައިވާ ހުރިހާ ޤައުމެއް ބައިވެރިވިއެވެ. ގްރޫޕްތައް ބަހައިފައި ވަނީ ޤައުމުތަކުގެ ފެންވަރަށް ބަލައިފައެވެ. ރާއްޖެއާއެކު ގްރޫޕް އޭގައި ޔޫއޭއީ، ޗައިނާ ، ޖަޕާން ، ސައުދީ އަދި އޮސްޓްރޭލިއާ ވާދަ ކުރެއެވެ. ރާއްޖޭ އިން އަމިއްލަ ދަނޑުގައި ކުޅެން ޖެހެނީ ވާދަވެރި އޮސްޓްރޭލިއާ އާއި ދެކޮޅަށެވެ. އަހަރެއްހާ ދުވަސް ކުރިން އެ މުބާރާތުގައި އޮސްޓްރޭލިއާ ދަނޑުގައި ކުޅުނު މެޗުން އެކެއް ސުމެއްގެ ނަތީޖާއަކުން އޮސްޓްރޭލިއާ ވަނީ އެ މެޗު ކާމިޔާބު ކޮށްފައެވެ. އަމިއްލަ ދަނޑުގައި ރާއްޖެއިން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ މެޗުން އެންމެ މަދު ވެގެން ދެލަނޑުގެ ފަރަގަކާއެކު ރާއްޖެއިން މޮޅުވާން ޖެހެއެވެ.

އެތައް ދުވަހަކަށް ފަހު އަމިއްލަ ކޮޓަރީގައި ނިދާލަން ލިބުމުން ފުދޭވަރަކަށް ގިނައިރު ވަންދެން އަހާން ނިދިއެވެ. ނުވަގަޑިއިރުގެ ދަތުރަށް ފަހު އޭނާ ވަނީ މުޅިން ވަރުބަލިވެފައެވެ. އަނެއްކޮޅުން ނުވިސްނަން ހުރިނަމަވެސް ޒާޔާއާ މެދު ވިސްނެއެވެ. ފްލައިޓުގައި ޖެހިޖެހިގެން ތިބިއިރުވެސް އަނގައިން ނުބުނެވުމުން އަހާންގެ ހިތުގައި ރިހުމެއް ވިއެވެ. އޭނާގެ ސަބަބުން ޒާޔާ ދެރަވެއްޖެކަން ހިތަށް އަރާ ކޮންމެ ފަހަރަކު ހިތް ހަލާކުވެއެވެ. އޭނާއަށް ދިމާވެފައިވި މަޖުބޫރީގެ ސަބަބުން އެ ނޫން ގޮތެއް އަހާންއަކަށް ނެތެވެ.

އަހާން ފެންވަރައިގެން އައިސް ސީރީޒްއެއް ބަލަން އެނދަށް އެރިތަނުން ދޮރުގައި ޓަކިދޭން ފެށިއެވެ. ދެންވަރަށް ވަންނަން ވެގެން ދޮރު ތަޅުލާފައި ހުރުމުން ކަންނެއް ގޮތަކަށް ގޮސް އަހާން ދޮރު ހުޅުވިއެވެ. “މިންހާ؟” އުއްމީދު ވެސް ނުކޮށް ހުއްޓާ މިންހާ ފެނުމުން އަހާންއަށް ހައިރާންކަން ލިބުނެވެ. އޭނާ ހައިރާންކަން މަތީ ހުރި ގޮތަށް ހުއްޓައި މިންހާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާފައި ތަޅުލިއެވެ. “މަށަށް ދޮގު ހަދަން ހިތަށް ވެސް ނާރުވާތި އިނގޭ! އަހާން ޒާޔާ ދެކެ ލޯބިވޭ ދޯ” އިންޒާރެއް ދީފައި މިންހާ އަހާންއަށް ދޯ ދިނެވެ. މިންހާ އެހާ ޔަޤީން ކަމާއެކު ކުއްލިއަކަށް ހުރެފައި ބުނުމުން ދެކޮޅު ހަދާނެ ގޮތެއް އަހާންއަކަށް ނޭންގުނެވެ. އޮޅުވާލަން ހަދާނެ ދޮގެއް ސިކުނޑިއަކަށް ނުވިސްނުނެވެ.

އަހާން ޖަވާބެއް ނުދީ ގާވެފައި ހުރުމުން މިންހާއަށް ޔަޤީން ވިއެވެ. މިންހާ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. އަހާން އަތުގައި ހިފައިގެން ގޮސް އެނދުގައި ބައިންދާފައި އަހާން ގައިގައި ބައްދާލިއެވެ.

ފިރިހެނަކަށް ކަމުގައި ވިއަސް އަހާންއަށް ރޮވުނެވެ. އޭނާ ހިތުގައިވި ހުރިހާ އުދާހެން ކަރުނައިގެ ސިފައިގައި ބޭރުކުރަމުން ދިޔައެވެ. ދިހަވަރަކަށް މިނެޓު ވަންދެން އޭނާ ރުއެވެ. މިންހާ އެއްވެސް އެއްޗެއް ބުނުމެއް ނެތި އެ ހުރިހާ އިރު ވަންދެން އޭނާ ރޯން ފުރުސަތު ދީގެން އިނެވެ. “މިންނު އައި ލަވް ހާރ ސޯ މަޗް. އަހަންނަކަށް ނޭންގެ ކިހިނެއް ކޮންއިރަކު ކަމެއް. އެނގޭހާވެސް އެއްޗަކީ ޒާޔާދެކެ ވަރަށް ލޯބިވާކަން” ހިތުގައި އޭނާ ފޮރުވާ ރައްކާކޮށްގެން ގެންގުޅޭ ސިއްރު ދުލުން ހާމަކުރިއެވެ. އެކުވެރިޔާއާ އެކަން ޙިއްސާ ކުރެވުމުން ހިތަށް ލުއެެއްް ލިބުނު ކަމުގެ އިޙްސާސް ކުރެވިގެން ދިޔައެވެ.

މެޗަށް ތައްޔާރުވަމުން ދިޔަ އަލްޔަސް އާއި ޔޫސުފްއަށް ތަފާތު އިޙްސާސްތަކެއް ކުރެވެމުން ދިޔައެވެ. އެދެމީހުން އެންމެ ފުރަތަމަ ޤައުމީ ޓީމަށް ކުޅެދިން މެޗަކީ އަމިއްލަ ދަނޑުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ދެ ކުޅުންތެރިން ވެސް ވަނީ ލަނޑު ޖަހައިފައެވެ. އެ ދެމީހުންގެ އެކިވެރި ކަމުގެ ބިންގާ ވެސް އެޅިގެން ދިޔައީ އެ މެޗުގެ ތެރެއިންނެވެ. އެކަކު އަނެކަކަށް އިތުބާރުކޮށް ލަނޑު ޖެހުމަށް އެކަކު އަނެކަކަށް އެހީތެރިވެ ދީގެންނެވެ. ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެ ދެމީހުންވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ފާޑުކީ ހުރިހާ އަނގަތައް ބަންދު ކުރިއެވެ. މިހާރު އެ ދެކުޅުންތެރިންނަކީ ދުނިޔޭގެ ވެސް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ދެކުޅުންތެރިންނެވެ. ލިވަޕޫލް އަދި ރާއްޖޭގެ ޤައުމީ ޓީމުގައި ދެކުޅުންތެރިން ދައްކާ މޮޅު ކުޅުމުގެ ސަބަބުން އެ ދެކުޅުންތެރިން މަޝްހޫރުވެފައި ވަނީ ‘ގޯލްޑަން ޑުއޯ’ގެ ނަމުންނެވެ. އެދެމީހުންގެ މެދުގައި ލިވަޕޫލް އަދި ރާއްޖޭގެ ގައުމީ ޓީމަށް ދުއިސައްތައަށް ވުރެ ގިނަ ލަނޑާއި އެސިސްޓް ވެއެވެ. ޔޫސުފް ޖަހައިފައި ހުރި ގިނަ ލަނޑުތަކަކީ އަލްޔަސް ތަނަވަސްކޮށްދިން ފުރުސަތުތަކުން ޖަހައިފައި ހުރި ލަނޑުތަކެވެ. ހަމަ އެ ގޮތަށް އަލްޔަސް ޖަހައިފައި ހުރި ގިނަ ލަނޑުތަކަކީ ޔޫސުފް ތަނަވަސްކޮށްދިން ފުރުސަތުތަކުން ޖަހައިދީފައި ހުރި ލަނޑު ތަކެވެ.

ކޮރެއާ މެޗުގައި ސަޕޯޓަރުންގެ އަޑު އިވުމާއި އަމިއްލަ ފަސްގަނޑުގައި ސަޕޯޓަރުންގެ އަޑު އިވުމުން ކުރެވޭ އިޙްސާސްތައް ތަފާތު ވިއެވެ. ބެންޗުގައި އިންނަން ޖެހުނު ނަމަވެސް އިޝަލްގެ ހިތަށް ބަޔާން ކުރަން ދަތި ހަމަޖެހުމެއް ލިބެމުން ދިޔައެވެ. ކޮންމެސް ދުވަހަކުން އަދި ސަޕޯޓަރުން ކުރިމަތީ ރާއްޖޭ ޤައުމީ ޓީމަށް ކުޅެ ދިނުމުގެ ހުވަފެން ދެކެން ފެށުނެވެ. އެ ދުވަސް ވީ މާ ދުރުގައި ނޫންކަން ހިތްބުނަމުން ދިޔައެވެ. އޭނާ ޖެހޭނީ ކެތް ތެރިކަމާއެކު އެ ދުވަހަށް އިންތިޒާރުކޮށް އެ ހުވަފެން ހަޤީގަތަކަށް ހަދަން މިހާރަށް ވުރެ ބުރަކޮށް މަސައްކަތް ކުރާށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހިތި ނިމުން 19

ram n layaan
Next

ބީވެދާކަށެއްހުވާ ނޭދެމޭ ޔާރާ

Next
ram n layaan
December 2, 2020

ބީވެދާކަށެއްހުވާ ނޭދެމޭ ޔާރާ

Previews
December 1, 2020

ހިތި ނިމުން 19

2 Comments!

  1. Kiyara says:
    December 1, 2020 at 2:21 pm

    Salam dear readers. Here is the 20th episode of Manzil. This episode will be shorter I wanted to upload this episode. Even if it is short its more than 1000 words. Hope u all enjoy reading this episode. Take care and stay safe everyone

  2. Iyaadh says:
    December 2, 2020 at 4:03 pm

    This episode is also nice bt this is shorter than usual… Can u please make the nxt episode little bit longer????
    TC.. STAY HOME. STAY SAFE

Comments are closed.

Next Episodeމަންޒިލް 21←


All Right Reserved!