Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 14

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
October 17, 2020 5 Mins Read
29 Comments

އާސެނަލް ސަޕޯޓަރުންނާއި ކުޅުންތެރިން އުފާފާޅު ކުރަމުން ދިޔައިރު ލިވަޕޫލް ކުޅުން ތެރިން މާޔޫސްވެފައި ދަނޑުމަތީ ތިއްބެވެ. އެންމެ ފަހު ވަގުތު އާސެނަލުން ލަނޑު ކާމިޔާބު ކުރުމުން ހުރިހާ ކުޅުންތެރިން ތިބީ ހިތްހަލާކުވެފައެވެ. އުޑުފައިން ވިނަގަނޑު މަތީ އިށީންދެލައިގެން މޫނުގައި ދެއަތް އަޅައިގެން ޔޫސުފް އިނެވެ. އޭނާ ވަނީ މުޅިންހެން މާޔޫސްވެފައެވެ.

އަކްމަލް ގޮސް ޔޫސުފްއާ ސަލާންކޮށްލައިފައި ދަނޑުމަތިން ނެގިއެވެ. “ދެރަނުވޭ. ޔޫ ޕްލެއިޑް ވެލް. ފުޓުބޯޅައިގައި މިހެން ވެސް ވާނެ. ޔޫސުފް ލިވަޕޫލަށް ކުޅުނަސް ޔޫސުފްގެ ކުޅުމާއި މެދު ވަރަށް ފަޚުރުވެރިވޭ” ޔޫސުފް ދެރަވެފައި ހުރުމުން އަކްމަލް ޔޫސުފް ގައިގައި ބައްދައިލައިފައި އޭނާ ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރިއެވެ. ޔޫސުފް ހަމައެކަނި ބޯ ޖަހައިލައިފައި ހިނިތުންވެލީއެވެ.

އެރިކް ވެސް އައިސް ޔޫސުފްއާ ސަލާން ކުރިއެވެ. ކުޅުނު ވަގުތު ވީ ކަންތަކަށް ދެ ކުޅުންތެރިން ވެސް މާފަށް އެދުނެވެ. ޔޫސުފް އެރިކްގެ ކުޅުމަށް ތަޢުރީފު ކުރިއެވެ. “ބުނަން ބްރޯޖެހީ ވަރަށް މޮޅު ގޯލެއް. އަހަރެން ނެތިން ދޮގު ހަދާކަށް” އެރިކް ރަކިވެފައި ހުރެ ވެސް ޝުކުރު އަދާކުރިއެވެ.

އާސެނަލް ކުޅުންތެރިން ޗޭންޖިން ރޫމަށް ދިޔައިރު ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުންވެގެން އިޝަލް ހުއްޓެވެ. އެރިކްއަށް ޗޭންޖިން ރޫމް ތެރެއަށް ރަނގަޅަށް ނުވަދެވިގެން އުޅެނިކޮށް އޭނާ ނޭވާ ހާސްވާ ވަރަށް އައިސް އިޝަލް އޮޅުލައިގަތެވެ.

“މިއަދު ވަރަށް އުފާވެއްޖެ. ތި އެންމެންނާ މެދު ވެސް އަހަރެން ފަޚުރުވެރިވަން. މިއަދު ތި މީހުން އެންމެން ދެއްކި ހިތްވަރަށް ސާބަސްދެން. ލީގުގަ ކުރިއަށާ ހުރި މެޗުތައް ހަމަ މި ގޮތަށް ކުޅޭނެކަމަށް އުއްމީދު ކުރަން. އަހަރެން ޑޯންޓްމަންޑަށް ދިޔަޔަސް ހިތް އަބަދުވެސް ވާނީ އާސެނަލްއާ އެކު” އިޝަލް އޭނާގެ އެކުވެރިންގެ ކުޅުމަށް ތައުރީފުކޮށް އާސެނަލްދެކެ ލޯބިވާ ވަރު ހާމަކުރިއެވެ. “އޭ އެލެކް އަހަރުން އެންމެން ރޮއްވާލަންތަ ތިއުޅެނީ؟” އިޝަލްގެ ބަސްތައް ކޮންމެ ކުޅުންތެރިއެއްގެ ވެސް ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރިއެވެ. އިޝަލްއަކީ ޓީމުގެ ހުރިހާ ކުޅުންތެރިންނާ ވެސް ގުޅުނު އެކުވެރި މިޒާޖެއްގެ ކުޅުންތެރިއެކެވެ. ބައެއް ކުޅުންތެރިންނަކީ ބީ ޓީމުން ފެށިގެން ވެސް އޭނާގެ އެކުވެރިންނެވެ. އެންމެ ގާތް އެކުވެރިޔަކީ އެރިކް ކަމުގައި ވިއަސް އެހެން ކުޅުންތެރިންނާ މެދު ވެސް ގާތް ގުޅުމެއް ވަނީ އުފެދިފައެވެ. އާސެނަލްއަކީ އޭނާގެ ދެވަނަ އާއިލާއޭ ބުނަކުން ދޮގަކަށް ނުވާނެއެވެ.

އިޝަލް އަންނަންދެކަށް އަހާންމެން މަޑުކޮށްގެން ތިއްބެވެ. ޒާޔާ ހުރީ އަވަހަށް ދާން ބޭނުންވެފައެވެ. އިޝަލް ނުލާ ދާން ހިނގާށޭ ވެސް ބުނެވުނީ އެހެންވެއެވެ. އަނެއްކޮޅުން މިންހާ ހުރީ ދާން ބޭނުންނުވެފައެވެ. މެޗު ނިމުނު ފަހުން ލޮލަށް އެރިކްއެއް ނުފެނެއެވެ. އެރިކް ދުށުމަށް އެދި އޭނާގެ ހިތް ބޭޤަރާރު ވަމުން ދިޔައެވެ.

“ހެލޯ ޒާޔާ” ޒާޔާގެ ނަމުން މީހަކު ގޮވައިލުމާއެކު އެންމެން އެއްފަހަރާ އެމީހަކަށް ބަލައިލިއެވެ. އެ މީހާ ފެނުމުން ވަގުތުން އަހާންގެ ދެބުމަ ގޮށް ޖެހުނެވެ. އަދި އަލިފާން ބެލުމަކުން އެމީހާއަށް ބަލައިލިއެވެ. “ކަލޭ ކީއްތިކުރަނީ މިތާ؟” އެ ޒުވާނާ ލައިގެން އިން ޓީޝާޓުގެ ކަރުގައި އަހާން ހިފައިގަތެވެ. “ޖީޒް އަހާން. އަހަރެން މި އައީ ކާލޭ ހޯދާކަށް ނޫން. ޒާޔާ ހޯދަން” އެ ޒުވާނާގެ މޫނު މަތީގައިވީ މަލާމާތުގެ ހިނިތުންވުމެކެވެ. އަހާންގެ އަތް ފޮޅުވައިލައިފައި އޭނާ ޒާޔާއަށް ބަލައިލިއެވެ. “ޒާޔާ އެމީހުންނަށް އަހަރެން ތަޢާރަފެއް ނުކޮށްދޭނަންތަ؟” ނުތަނަވަސް ކަމާއެކު ޒާޔާ އަހާންއަށް ބަލައިލިއެވެ. އަހާންގެ ލޮލުން އެތައް ސުވާލެއް ޒާޔާއާ ކުރާ ފަދައެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ ރިހުމެވެ. “ޒާޔާ ޕްލީޒް ނުބުނާތި އެއީ” އަހާންއަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ ކުށްވެރިއެއް ފަދައިން ޒާޔާ އިސްޖަހައިލުމުންނެވެ. ޒާޔާ ބުނުމަކާ ނުލައި ވެސް އެއީ ޒާޔާގެ ކާކުކަން އަހާންއަށް ވިސްނިއްޖެއެވެ. “އަހާންއަށް ތިހީވީ ހަމަ ރަނގަޅަށް. ޒާޔާއަކީ އަހަރެންގެ ގާލްފްރެންޑް. އަހަންނަކީ ޒާޔާގެ ބޯއިފްރެންޑް” ޒާޔާގެ އުނަގަނޑުގައި އެ ޒުވާނާ އޭނަގެ އަތް ވަށައިލިއެވެ. އެ މޫނު މަތިން ފެންނަމުން ދިޔައީ ކާމިޔާބީގެ ހިނިތުންވުމެވެ. އަހާންގެ މޫނަށް ވެރިވި ހިތްދަތިކަމާއި ރުޅުވެރިކަމުން އެ ޒުވާނާގެ ހިތަށް ހަމަޖެހުން ލިބުނު ފަދައެވެ.

އަހާން އެންމެ ސިކުންތުކޮޅެއް މަޑު ކުރުމެއް ވެސް ނެތި އެ ތަނުން ދިޔައެވެ. ހިތްހަމަ ނުޖެހިފައި ހުރެ އެ ޒުވާނާއަށް ބަލައިލައިފައި ޒާޔާ އަހާން ފަހަތުން ދިޔައެވެ.

“އަހާން ޕްލީޒް މަޑުކޮށްބަ” ދުވަމުން ކަހަލަ ގޮތަކަށް ޒާޔާ އަހާންއާ ހަމަ ކުރިއެވެ. ޒާޔާ ފަހަތުން އަންނަކަން އެނގޭތީވެ ގަސްތުގައި އަހާން ބާރަށް ހިނގީއެވެ. ޒާޔާ އައިސް އޭނާ އަތުގައި ހިފެހެއްޓުމުން އަހާން ނިކަން ބާރަށް ޒާޔާގެ އަތްފޮޅުވާލިއެވެ. އަހާންގެ ލޮލެކޭ އަނގުރު އަލިފާން ގަނޑެކޭ އެއްގޮތެވެ. “މަ ބޭނުމެއް ނޫން އެއްވެސް ވާހަކައެއް ޒާޔާއާ ދައްކާކަށް. ޒާޔާއަށް ވުރެ ރަނގަޅަށް އޭނާ އަހަންނަށް ހެދި ގޮތް އެނގޭނެ ދެވަނަ މީހެއް ނުހުންނާނެ” ރުޅިއަށް ވުރެ ބޮޑަށް އަހާން ހުރީ ދެރަވެފައެވެ. އެ އަޑުގައި ރިހުން އެކުލެވިގެން ވިއެވެ. “އަހާން ޕްލީޒް” “ބުނެފީމެއްނު ބޭނުމެއް ނޫނޭ އަޑު އަހާކަށް. ކީއްކުރަން މަގޭ ފަހަތުން ތި އަންނަނީ. ޒާޔާގެ ބޯއިފްރެންޑް ހުންނާނެ ޒާޔާގެ އިންރިޒާރުގަ. ޖަސްޓް ލީވް މީ އެލޯން” އަހާންގެ ލޮލުން ފެންނަމުން ދިޔަ ވޭނީ އަސަރުން ޒާޔާގެ ހިތަށް ތަދުވިއެވެ. ދެމީހުން ކިތަންމެ ވަރަކަށް ޒުވާބުކޮށް ތޮޅެ ހެދިއަސް އަހާންއަކީ އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހާންއަށް ނޭންގުނު ކަމުގައި ވިއަސް އެ ހިތުން އެންމެ ފުރަތަމަ ޖާގަ ދެވުނު ކުއްޖަކީ ވެސް އަހާންއެވެ. ފުރާވަރަށް އަޅަމުން އައިއިރު އޭނާގެ ހިތުގައި އަހާންއަށްޓަކައި އިޙްސާސް ތަކެއް އުފެދެމުން އައެވެ. ނަމަވެސް އެކުވެރިޔާ ގެއްލިދާނެ ކަމުގެ ބިރަށް މިއަދާ ހަމައަށް އެކަން ސިއްރެއްގެ ގޮތުގައި އޭނާ ވަނީ ބާއްވާފައެވެ.

ޒާޔާ އެނބުރި އައިއިރު މުޅި މޫނާއި ދެލޯ ހުރީ ރަތްވެފައެވެ. “ރިޔަން ކީއްވެ؟ އަހަރެން ބުނިން ދޯ މިހެން ނުހަދާށޭ. ދެން ކީއްވެ؟” ރޮވިފައި ހުރެ ޒާޔާ ރިޔަންއާ ކުރިމަތިލިއެވެ. “ޒާޔާ. އައި އެމް ސޮރީ. އަހަރެން ޒާޔާދެކެ ލޯބިވާތީ މިހެން ހަދަން ޖެހުނީ. އަހާންއާ ހެދި” “އޯ ޕްލީޒް. ތީއެއް ނޫން ލޯބިވާ މީހުން ކަންތައް ކުރާނެ ގޮތަކީ. ބުނަން ވާހަކައެއް އެންމެ ރަނގަޅުވާނީ ރިޔަން މިވަގުތަށް މި ތަނުން ދިޔައްޔާ” ރިޔަންގެ ވާހަކަ މެދު ކަނޑާލަން ޖެހުނީ ރުޅިވެރިކަމާއެކު މިންހާ ވާހަކަ ދައްކަން ފެށުމުންނެވެ. މިންހާއަށް ރައްދު ދޭން ރިޔަން އަނގަހުޅުވައިފައި ވެސް ޒާޔާ އިން ގޮތް ފެނުމުން އިތުރަށް ވާހަކަ ދައްކަން ނުހަދާ އެތަނުން ދިޔައީއެވެ.

އަހާން ފަހަތުން ކިތަންމެ ދަން ބޭނުންވެފައި ހުރި ނަމަވެސް ދާކަށް މިއާއަކަށް ނުކެރުނެވެ. ޒާޔާމެން ވާހަކަ ދެއްކީ ދިވެހި ބަހުން ކަމުން މާބޮޑަށް ވާނުވާ ނޭންގުނު ކަމުގައި ވިއަސް އެކުދިން މެދުގައި ރިޔަންއާ ހެދި ބޮޑު ހަމަނުޖެހުމެއް ހިނގައިފިކަން އޭނާއަށް އެނގެއެވެ. އަދި އަހާން ހިތުގައި ވަރަށް ބޮޑަށް ޖެހިއްޖެކަން ވެސް އެނގުނެވެ.

އިޝަލް އެނބުރި އައިއިރު އަހާން ފެންނާކަށް ނެތެވެ. ޒާޔާ އިނީ ރޮވިފައެވެ. އިޝަލް ތުންފަތް މަތީގައިވި ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. ވަގުތުން ޒާޔާ ގާތަށް ގޮސް ވެގެން އުޅޭ ގޮތް އޮޅުންފިލުވިއެވެ. “ބޭނުމީ ގެއަށް ދާން” އިޝަލް އިތުރު އެއްޗެއް ބުނަން އުޅުމުން މިންހާ އެކަން މަނާ ކުރިއެވެ. “އަހާން ކޮންތާކަށް ދިޔައީ؟” އަހާން ދިޔަ ތަނެއް އެކަކަށް ވެސް ނޭންގެއެވެ. އިޝަލް އަނގައިން އަޑެއް ލައްވައިލައިފައި ފޯނު ނަގައިފައި އަހާންއަށް ގުޅައިލިއެވެ. އެތައް ފަހަރަކު ގުޅައިގެން ވެސް އަހާން ފޯނެއް ނުނެގިއެވެ. އަހާން ފޯނު ނުނެގުމުން އިޝަލް ދެން ގުޅީ ނަވާރްއަށެވެ. ނަވާރްއަށް ގުޅައިފައި އަހާން ގެއަށް ގޮއްސިތޯ އެހިއެވެ.

މިންހާ އާއި ޒާޔާ އަދި މިއާ ގެއަށް ލައިފައި އިޝަލް ދިޔައީ އަހާން ހޯދާށެވެ. ލިވަޕޫލްގެ މަގު ތަކުގައި ދުއްވައިގެން ވެސް އަހާންއެއް ނުފެނުނެވެ. އެންމެ ފަހުން އިޝަލް ޔޫސުފްއަށް ގުޅިއެވެ. އެނބުރި ގެއަށް ދިއުމުގެ ކުރިން ޔޫސުފް ވެސް ނުކުތީ އަހާން ހޯދާށެވެ.

ދާނެ ވަކި މިސްރާބެއް ނެގި އަހާން ހިނގަމުން ދިޔައެވެ. އޭނާގެ ހިތަށް އެތައް އެއްޗެއް އަރައި ފައިބަމުން ދިޔައެވެ. ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާކަން އެނގި ހުރެ ވެސް އަހާން އަޅައެއް ނުލައެވެ. މި ވަގުތު އޭނަ ބޭނުމީ އެކަނި ވެލާށެވެ.

“ކިހިނެއްވީތަ އަސްލު؟” އިޝަލް އާއި ޔޫސުފް ވަކި ހިސާބަކުން ދިމާވިއެވެ. ދެމީހުން ކާރުން ޕާކު ކޮށްފައި މަގު މަތީ މަޑުކޮށްލިއެވެ. “ނޭންގެ. ހީވަނީ ޒާޔާއާ ދެމީހުން މައްސަލައެއް ޖެހުނީހެން. އަހަރެން ނުކުތް އިރު ޒާޔާ އިނީ ރޯން އަހާން ފެންނާކަށް ނެތް. ވީ ގޮތް އެހީމަ އެކަކު ވެސް ޖަވާބެއް ނުދިން. ޒާޔާ އޯކޭހެން ހީނުވީމަ މާގިނައިން ސުވާލު ނުކުރީ. އަހާންއަށް ގުޅާ ގުޅައި ވެސް ފޯނެއް ނުނެގި” އިޝަލް އޭނާއަށް އެނގިފައިވާ މިންވަރު ޔޫސުފްއަށް ކިޔައިދިނެވެ. ޔޫސުފް ދެފަރާތަށް ބޯ ހޫރާލައިފައި އަނެއްކާވެސް އަހާންއަށް ގުޅަން މަސައްކަތް ކުރިއެވެެ.

އަހާންގެ ނަފްސު ހަމައަކަށް އެޅުމުން ގަޑިން ވީވަރު ބަލައިލިއެވެ. އޭރު ރޭގަނޑު ދިހައެއް ޖަހައި ބޮޑު ވެއްޖެއެވެ. ޖީބުގައި އޮތް ފޯނު ނެގިއިރު އެއް ހާހަށް ވުރެ ގިނަ މިސްޑް ކޯލް ހުއްޓެވެ. ޔޫސުފް އިޝަލް ގެ އިތުރަށް ޒާޔާ އާއި މިންހާ ވެސް ގުޅައިފައި ހުއްޓެވެ.

އަހާން އިޝަލްއަށް ގުޅައިފައި އޭނާ ހުރިތަން ބުނެދިނެވެ. ބަލާ އައުމަށް އެދުނެވެ. އިޝަލް ވަގުތުން ޔޫސުފްއަށް ގުޅައިފައި އަހާން ގުޅިކަން އަންގައިލިއެވެ.

“ކޮންތާކު އުޅެފަ ތިއައީ؟ މަށާ ދޮންބެއާ ވެގެން އަހާން ހޯދަން މުޅި ރަށުގަ ދުއްވައިފިން. ނުފެނުނު ކަމަށް ޕޮލިހަށް ގުޅަން އުޅެނިކޮށް ތި ގުޅީ. މޭން ވަޓް ހެޕަންޑް؟” ހިތްހަމަ ނުޖެހިފައި އިޝަލް އަހާންއަށް އަޑުލިއެވެ. އިޝަލްގެ އަޑުގައިވީ ކަންބޮޑުވުމެވެ. އަހާންއަށް ގޮތެއްވިނަމަ އޭނާގެ އަމިއްލަ ނަފްސަށް ދުވަހަކު މާފު ނުކުރެވުނީހެވެ. “ކޭން ވީ ގޯ ހޯމް. އައި އޭމް ޓަޔާރޑް” އިޝަލް ކުރި އެއްވެސް ސުވާލަކަށާ އަހާން ޖަވާބެއް ނުދެއެވެ. ސީޓުގައި ބޯ ޖައްސައިލައިގެން އޭނަ ދެލޯ މަރައިލިއެވެ.

“އަހާން އިޒް ފައިން. އިޝަލްއާ އެއްކޮށް ގެއަށް އެބައާދޭ” ޔޫސުފް ގުޅައިފައި އަހާން އިޝަލްއާ އެއްކޮށް ގެއަށް އަންނަމަން މިންހާ ގާތު ބުނުމުން މިންހާ ޒާޔާ ގާތު ބުންޏެވެ. ޒާޔާއަށް އަހާން ހެޔޮ ހާލުގައި ހުރިކަން އެނގުމުން ބޮލުން ބޮޑު ބުރައެއް ލުއިވި ކަމުގެ އިޙްސާސް ކުރެވުނެވެ. “މިންނު އަހާން ދުވަހަކު މަށަށް މާފު ކުރާނެތަ؟” ޒާޔާގެ ދެލޯ ހުރީ ފެންކަޅިވެފައެވެ. އެ އަޑުގައި ވެސް ތުރުތުރުލުމެއް ވިއެވެ. ޒާޔާގެ އެ ސުވާލަށް ދޭނެ ޖަވާބެއް މިންހާއަކަށް ނޭންގުނެވެ. ރިޔަންއަށް އަހާން ނަފްރާތު ކުރާކަން އެއީ އެކަކަށް ވެސް އޮޅިފައި އޮތް ކަމެއް ނޫނެވެ. ރިޔަންއާ ކައިރިވާ މީހެއް ދެކެ ވެސް އަހާން ނަފްރަތު ކުރެއެވެ.

އަހާން ގެއަށް އައި ގޮތަށް ވަނީ އޭނާގެ ކޮޓަރިއަށެވެ.
ކިހިނެއްތޯވީ އަހާން ކިޔައިދިންތޯ ޔޫސުފް އިޝަލް ގާތު އެހިއެވެ. އިޝަލް ދެފަރާތަށް ބޯ ހޫރައިލައިފައި އަހާން އެއްވެސް އެއްޗެއް ނުބުނާކަމަށް ބުންޏެވެ.

ޒާޔާއަށް ރަނގަޅަށް ނިދުމުން މިންހާ ކޮޓަރިން ނިކުތެވެ. ރިޔަންގެ ކަންތަކުން އޭނާއަށް އެރިކްއާ ބައްދަލު ނުވުމުން ހިތާ ހިތުން ރިޔަންއަށް ކުދި ކިޔުނެވެ. ބަނޑުހައިވެފައި ހުރުމުން މިންހާ ކޮފީއެއް ބޯން ބަދިގެއަށް ވަނެވެ.

މިންހާ އެކަނި މާ އެކަނި ސިޓިންރޫމްގައި ކޮފީ ބޯން އިނެވެ. ޓީވީ ހުޅުވައިގެން އިނެއް ކަމަކު އެއަކަށް ސަމާލުކަމެއް ނުދެއެވެ. ގޭގެ ބެލް ޖެހި އަޑު އިވުމާއެކު މިންހާ ސިއްސައިގެން ދިޔައެވެ. ސޯފާ މަތީ އޮތް ފޯނުން ގަޑި ބަލައިލިއިރު އެގާރަ ޖަހަނީއެވެ. މޭޒު މަތީ ކޮފީ ތަށި ބައިންދައިފައި މިންހާ ވަރަށް ސިއްރުން ސޯފާއިން ތެދުވިއެވެ. ގޮސް ދޮރު ހުޅުވަންވީތޯ ނޫނީ ނޫންތޯ ވިސްނަން އިނެވެ. ދެވަނަ ފަހަރަށް ބެލް އެޅުމުން މިންހާ ބިރުގަތެވެ. މިންހާ ބިރުން ހުރެ ކުރިއަށް ހިނގައިގަތެވެ. ދޮރާ ހަމައަށް ދިއުމުގެ ކުރިން އަތު ޖެހުނު ދަނޑިބުރިއެއް ހިފައިގެން ގޮސް މަޑު މަޑުން ދޮރު ހުޅުވިއެވެ.

ކަޅު ހުޑީއަކުން މޫނު ނިވައިކޮށްގެން ހުރި މީހާ ފެނުމުން މިންހާ ގަތީ އަމަށަކު ބިރެއް ނޫނެވެ. މުޅިތަނަށް އަނދިރިކަން ވެރިވެފައި އޮތުމާއެކު މިންހާއަށް އެމީހާ ފެނުނީ ވަރަށް ބިރުވެރިކޮށެވެ. ދަނޑި ގަނޑު ނިކަން ރަނގަޅަށް އަތަށް ހެޔޮވަރުކޮށްފައި ލެވުނުހާ ބާރެއް ލައިފައި އެ ދަނޑިން އެމީހާ ބޮލުގައި މިންހާ ޖެހިއެވެ. އެމީހާ ނުވިސްނާ ހުރުމުން މިންހާ ޖެހުމާއެކުހެން ވެއްޓުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބީގެ ހައްގުގައި 24

Next

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (8)

Next
October 17, 2020

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (8)

Previews
October 15, 2020

ލޯބީގެ ހައްގުގައި 24

29 Comments!

  1. Kiyara says:
    October 17, 2020 at 7:30 am

    Guys here is the 14th episode of manzil. Hope u guys enjoy reading this part. Soo what do u guys think abt riyan? And what did he do to ahaan that ahaan hates him soo much? Comment ur thoughts. Take care and stay safe everyone♥️

  2. ?Ril? says:
    October 17, 2020 at 8:20 am

    Hey sis me first dhw kiyaalaafaa cmnt eh kohlaana

  3. ?Ril? says:
    October 17, 2020 at 8:32 am

    Heiii sis??❤️❤️????
    Vrh Sali mi part ves❤️❤️❤️❤️??
    Masha Allah❤️❤️❤️❤️??
    Aleyy feeling sad for ahaan ????
    So so curious on riyan ????
    Ril ah heevany minhaa ejehy Erick gaagaa hen vrh majaa vaane ingeyy hehehe????????❤️❤️❤️❤️❤️??????
    Waiting for the next part curioisely ??❤️
    Love uuu sis❤️❤️❤️❤️❤️??????
    Stay safe❤️❤️❤️? take gud care❤️❤️❤️

    1. Kiyara says:
      October 17, 2020 at 7:25 pm

      Hehehehe thanks dear♥️

  4. ⚽L#Y@♍ says:
    October 17, 2020 at 8:38 am

    Ey sis v reethi mi part vx.. Sihssaigen dhiyaee kuhli akah nerifa inthan fenuneema.. Minha e jehuny kaaku gaiga.. Waiting for nxt part

    1. Kiyara says:
      October 17, 2020 at 7:26 pm

      Thanks dear♥️

  5. ?LamHaa? says:
    October 17, 2020 at 8:54 am

    ❤️?❤️?❤️Wow maasha allah v reethi mi part vx sis
    Ahaan keevetha Riyan dheke Ehaa rulhi annanee.. N Minhaa e jehee Erik gaiga kaneyge..???? Hehe
    Curiously waiting for nxt part dear
    Stay safe n Tc
    ❤️❤️❤️❤️Lyyysssmmm

    1. Kiyara says:
      October 17, 2020 at 7:26 pm

      Thankss dear♥️

  6. Aru says:
    October 17, 2020 at 9:08 am

    Vrh salhi kobaa arsenal dhw molhuvi
    Ekamu minnu jehi kaaku gaiga baa hyvani rik
    Anyways vaahaka Vrh salhi Masha Allah

    1. Kiyara says:
      October 17, 2020 at 7:27 pm

      Thanks dear♥️

  7. starlight vixx says:
    October 17, 2020 at 10:05 am

    Varah reethi mi part ves curiously waiting for the next part

    1. Kiyara says:
      October 17, 2020 at 7:27 pm

      Thanks dear♥️

  8. gi..rl says:
    October 17, 2020 at 12:54 pm

    OMG. I think ahaan riyan dheke rulhi annanee sabakaa hurehen. And OMG I knew it Zaayaa loves Ahaan. Aww there the cutest couples. And yageen minnu ejehee Erik gaigakan. Ekam hama mihaaru vx mihuree eii kaakukan neygigen hama. Next part in irakun sis. dhen inna part in vaana gothakah VI’s nenee hama.
    Thank you so much sis. Your work makes us so happy. I don’t knw how to thank u.
    Lysm…..
    Tc.
    ❤❤❤❤❤❤

    1. Kiyara says:
      October 17, 2020 at 7:27 pm

      Thanks dear♥️ really happy to know

  9. Beauty girl says:
    October 17, 2020 at 3:48 pm

    Hey…kiyara sisooo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤MAASHA ALLAH ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Sis thy hama best stry writer for me forever ingey ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤but thankolheh bxy kamun hama com koh nulevey ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤hehe..sis mi part vx vvvvv obi ingey darlkolhuu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤vvvv curious nxt part ah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤good job..keep it up ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤lyssssssmmmm ❤❤❤❤❤❤❤❤TC lwbikolhuuu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Kiyara says:
      October 17, 2020 at 7:28 pm

      Thanks dear♥️

  10. MinhA says:
    October 17, 2020 at 4:00 pm

    Alheyyyyyy hama surprise v nukumefa in than fenuneema????vvvv nice…ahhkkk Liverpool dhah v dhwww??? ERIC gaiga thwcheh minnu e jehuny

    1. Eshal says:
      October 17, 2020 at 6:51 pm

      ސަންތި މިންހާ މަށަށް ޖެއްސުން ތަ ތި ކުރީ

    2. Kiyara says:
      October 17, 2020 at 7:28 pm

      Thanks dear♥️ lets see dhw kaaku gaiga kan minnu ah jehuny

    3. SHABAKKO 10 says:
      October 17, 2020 at 7:56 pm

      I think Eric
      Eric vehhjihyaa Salhi vaane dhw kiyaa

    4. MinhA says:
      October 19, 2020 at 1:11 pm

      އަމްމމްމް އެޝަލް… އައި އީވެން ޑޯންޓް ނޯވ ހޫ ޔޫ އާ… ދެން ކިހިނެއް ޖެއްސުން ކުރި ވާހަކަ ތި ބުނީ….. އެންޑް ވައި އާ ޔޫ ކޯލިންގ މީ ސަންތި މިންހާ???????އައި ޑޯންޓް ތިންކް ޔޫ އާރ އެލޯވ ޓު ކޯލް މީ ދެޓް

    5. ⚽L#Y@♍ says:
      October 23, 2020 at 12:15 pm

      Mashah Ekam Manje ingeyey

    6. Eshal says:
      October 23, 2020 at 12:26 pm

      Ekamaku Mashah Minhaa V rangalhah ingey.. Santhi akas hevehnu

    7. Eshal says:
      October 23, 2020 at 12:31 pm

      ????????heekuree the Mashah Manje neyngey Kamah.. Thee e Galhi santhi mariyabu ehnu.. Ma Mee dhanna beykaleh… Hahahahahahaha.. Dhn ingeynu dhww

  11. SHABAKKO 10 says:
    October 17, 2020 at 7:23 pm

    Saaabasssss Eshal???
    Mihnu ah ves????

  12. Maany says:
    October 18, 2020 at 6:16 am

    Hi sis mi part vx varah reethi masha Allah Alhey minha jehee kaaku gaagabaa
    Curiously Waiting for the next
    Luv uuu

  13. ?Jaeminie? says:
    October 19, 2020 at 3:36 pm

    When next… Cmkoh nulrvunas baraabarah kiyan sis ge Vaaahaka. ❤️❤️❤️❤️☺️☺️☺️
    Sis ge sifakurun thah reethikamun i guess am i uv with eashal. ?????????it just a joke but varah salhi ingey story. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. ?Jaeminie? says:
    October 19, 2020 at 3:37 pm

    When next… Cmkoh nulevunas baraabarah kiyan sis ge Vaaahaka. ❤️❤️❤️❤️☺️☺️☺️
    Sis ge sifakurun thah reethikamun i guess am i luv with eashal. ?????????it just a joke but varah salhi ingey story. ❤️❤️❤️❤️❤️❤️❤️❤️❤️❤️*****

  15. Iyaadh says:
    October 20, 2020 at 8:51 am

    WOW…………… THIS EPISODE IS Awesome……I actually read earlier but couldn’t comment cx I’m busy tht time???……. When is nxt episode¿¿????? Can’t wait for itt

Comments are closed.

Next Episodeމަންޒިލް 15←


All Right Reserved!