Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 16

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
October 26, 2020 5 Mins Read
16 Comments

“ޒާޔާ ދެން ހުއްޓާލާ. ނުރޮއެ ދޮން ގާތު ބުނެބަ ކިހިނެއްވީ؟ ދޮންއަށް އެނގޭ ބޮޑު ކަމެއް ވެއްޖެކަން ބުނެބަ ކިހިނެއްވީ؟” ޒާޔާ އުނދަގުލުން ނަމަވެސް އޭނާ ރިއަންއާ ރަށްޓެވިކަން އަލައިކާ ގާތު ބުންޏެވެ. “ރިއަން. ޝާރިމް ކޮއްކޮ ރިއަން؟” ޒާޔާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމާއެކު އަލައިކާއަށް ޖެހުނީ ޝޮކެކެވެ.
****

ބުންޑަސް ލީގާއި ގައި އިޝަލް ކުޅުނު މެޗުން ބޮރޫޝިއާރ ޑޯރޓްމަންޑަށް ތިން ޕޮއިންޓު ނުލިބުނު ކަމުގައި ވިއަސް އޭނާގެ ފެންވަރު އެ މެޗުގައި ދައްކައިލިއެވެ. އަނިޔާއިން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން ގިނަ ބޯޅަ ތަކެއް ސަލާމަތްކޮށް އޭނާގެ ޓީމަށް ޕޮއިންޓެއް ހޯދައިދިނެވެ. އިދިކޮޅު ޓީމުން ޖެހި ޕެނަލްޓީ ވެސް އިޝަލް ވަނީ މަތަކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ލިބުނީ އިޝަލްއަށެވެ. ޑޯރޓްމަންޑުގެ ކޯޗާއި ކެޕްޓަނުގެ ތަޢުރީފުގެ ބަސްތައް އިޝަލްއަށް ލިބުނެވެ. ފުރަތަމަ މެޗުގައި ދެއްކުޅުނު ކުޅުމާއި މެދު އިޝަލް ވަރަށް ހިތްހަމެޖެހުނެވެ. މެޗު ނިމުނު ފަހުން އަކްމަލް ގުޅާފައި ދަރިފުޅަށް މަރުޙަބާ ކިއެވެ. އަދި ދަރިފުޅާ މެދު ފަޚުރުވެރިވާކަމަށް ވެސް ބުންޏެވެ. އެ މެޗުގައި އޭނާ ކުރި ސޭވްތަކުގެ ވީޑިއޯތައް އޭނާގެ ރަޙުމަތްތެރިންނާއި ސަޕޯޓަރުން އިންސްޓަގްރާމް ސްޓޯރީތަކާއި ފޭސްބުކަށް ލާފައި އޭނާ ޓެގުކޮށްފައި ހުއްޓެވެ.

މިންހާ އާއި ޔޫސުފް ޑޯރޓްމަންޑް މެޗުގެ ހައިލައިޓްސް ބަލައިފައި އިޝަލްއަށް ގުޅިއެވެ. މިންހާގެ ފަރާތުން ލިބުނު ތަޢުރީފުގެ ބަސްތައް އެހެން އެންމެންގެ ފަރާތުން ލިބުނު ތަޢުރީފަށް ވުރެ އިޝަލްއަށް ޚާއްސަވިއެވެ.

އާންމު ގޮތެއްގައި ފުޓުބޯޅަ ނުބެލި ކަމުގައި ވިއަސް އިޝަލް ކުޅޭ މެޗަކަށް ވުމުން މިއާ ޑޯރޓްމަންޑް މެޗު ބެލިއެވެ. އިޝަލްގެ މޮޅެތި ސޭވްތައް ފެނި މިއާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭންގިފައެވެ. އެރިކް އޭނާއާ ވާހަކަ ދެއްކި ނަމަވެސް އެކަމެއް މިއާއަށް ރޭކައިވެސް ނުލައެވެ. “އޭ މިއާ ކިހިނެއްވެފަ؟ އެބަ ވާހަކަ ދައްކަމޭ. ކޮންއިރަކުތަ މިއާ ފުޓުބޯޅައަށް ޝައުޤުވެރި ވާން ފެށީ؟” މިއާ އަތުގައި ހިފައި އެރިކް ތަޅުވައިގަތެވެ. ސިހިފައި މިއާ ކީކޭހެެއްޔޭ އަހައިލިއެވެ. އެރިކް ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކޮށްލުމާއެކު ނޭންގެއޭ ބުނެ މިއާ ހީގަތެވެ.

ނިދުމުގެ ކުރިން މިއާ އިޝަލްއަށް މެސެޖު ކޮށްލިއެވެ. މިއަދު އޭނާ މެޗު ބެލިކަމަށާއި އިޝަލްގެ ކުޅުން ވަރަށް މޮޅޭ ކިޔައިފައެވެ. ކޮންމެސް ދުވަހަކުން އިޝަލް ކުޅޭތަން ހަމަ ލޮލަށް ބަލާލަން ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރާކަމަށް ވެސް މިއާ ލިޔެލިއެވެ. މިއާ މެސެޖު ފޮނުވިތާ މިނެޓެއްގެ ތެރޭ އިޝަލް ޖަވާބު ފޮނުވިއެވެ. ޝުކުރު އަދާކޮށްފައި އެރިކްއާ އެކު މެޗު ބަލާލަން ޖަރުމަނަށް އައުމަށް ބުނެފެއި އޮތެވެ. އެރޭ ފުދޭވަރަކަށް ގިނަ އިރު ވަންދެން އިޝަލް މިއާއާ ވާހަކަ ދެއްކިއެވެ.

ޔާޒްއަށް ޒާޔާ އާއި ރިއަން އުޅެނީ ރަށްޓެހިވެގެން ކަން އެނގުމުން ރިއަންއާ ރުޅިވާން ވަގުތުން ޒާޔާ ގާތު ބުންޏެވެ. އެކުވެރިޔާގެ ނަފްރަތާއި ކުރިމަތިލާން ޖެހުނު ފަދައިން ބޭބެގެ ނަފްރަތާއި ކުރިމަތި ލާން ޖެހިދާނެ ކަމުގެ ބިރަށް ޒާޔާ ރިއަންއާ ރުޅިވިއެވެ. އޭނާގެ އާއިލާ ނުރުހޭ އިރު ރިއަންއާ އެއްކޮށް ނޫޅެވޭނެކަމަށް ޒާޔާ ރިއަން ގާތު ބުންޏެވެ. “އެއީ އަހަންނަކީ ޝާރިމްގެ ކޮއްކޮއަށް ވީމަ؟ ޒާޔާއަށް އެނގޭތޯ މަށާ ބޭބެއަކީ ތަފާތު ދެ މީހުންކަން. އަހަރެން ކުރިން ވެސް ބުނިން ދޯ އަހަރެން ހަޔާތުގަ އެންމެ ރިގްރެޓް ކުރާ ކަމޭ އެއީ އަހާންއަށް އެހެން ހެދުން. އަހަރެން އޭރު ބޭބެ ބުނިގޮތް ހެދުނީ އަހަންނަކީ ނުވިސްނޭ ކުޑަ ކުއްޖަކަށް ވީމަ. އަހަރެން މާފަށް އެދެން މަސަައްކަތް ވެސް ކުރިން. އެކަމު އަހާން އަދި އަހާންގެ އާއިލާއިން ވެސް އެ ފުރުސަތު މަށަށް ނުދިން.” ރިއަން އަމިއްލަ ނަފްސުގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ. “ރިއަން އެ ދުވަހު އަހަރެން ބުނި ގޮތް ހަދައިގެން ރީތިކޮށް ހުރިނަމަ މިހެން ވާކަށް ނުޖެހުނީސް ދޯ. ރިއަން ވެއްޖެ އަހަރެން ނާންނާށޭ ބުނެ ބުނެ އޮއްވަ އަންނަން. ރިއަންކަން މޮޅީ ދައްކަން. ރިއަން ހިތުގަ އަހަންނާ މެދު ޒައްރެއްގެ މިންވަރަށް ވެސް އިޙްސާސްތަކެއް ވާނަމަ ދެން އަހަންނާ ވާހަކަ ދައްކަން މަސައްކަތެއް ނުކުރާނެ. އަހަރެން ދިޔަދީ ރިއަން. ޕްލީޒް” ރިއަން ޒާޔާ ހުއްޓުވަން މަސައްކަތް ކުރުމެއް ނެތި ޒާޔާ ދިޔަދިނެވެ. އޭނާއާއެކީ އުޅެގެން ޒާޔާއަަށް އުފަލެއް ނެތްނަމަ ޒާޔާ ހިފަހައްޓާކަށް ރިއަން ބޭނުމެއް ނުވެއެވެ.

ޒާޔާ އުއްމީދު ކޮށްގެން ހުރީ ގަދަކަމުން ނަމަވެސް ރިއަން އޭނާ ހުއްޓުވާނެ ކަމަށެވެ. އޭރުން ރިއަން އާއި ޝާރިމްގެ އެއްވެސް ތަފާތެއް ނެތްކަން އޭނާއަށް ޔަޤީންވެ ރިއަންއާ ވަކިވާން ފަސޭހަވާނެއެވެ. ނަމަވެސް ރިއަން އޭނާ ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރުމުން ހިތަށް އުނދަގޫވިއެވެ. ރިއަން ބުނިފަދައިން ރިއަންއާކީ ޝާރިމް ނޫންކަން ޤަބޫކު ކުރަން ފަސޭހަވިއެވެ. ހިތް މަތީ ގާ ގަނޑެއް ބާއްވައިފައި ޒާޔާ ރިއަންއާ ވަކިވިގެން ދިޔައެވެ.

ޒާޔާ ލޮލު ކޮޅަށް ގެއްލުމާއެކު ރިއަން ލޮލުން ކަރުނަ ތިއްކެއް ވެއްޓިގެން ދިޔައެވެ. ބޭބެ ޝާރިމްއާ މެދު ހިތުގައިވި ރުޅިވެރިކަން ކުރިއަށް ވުރެ ބޮޑުވިއެވެ. ބޭބެގެ ސަބަބުން އޭނާގެ މުޅި ޙަޔާތް ވަނީ ބަނަވެފައެވެ. އެންމެންނަށް ހީވެފައި އޮންނަނީ ޝާރިމް ފަދައިން އޭނާއަކީ ވެސް އެެއްވެސް އުޅުމެއް ނެތް ލާޗާރު ބިޗާރަށް އުޅޭ ޒުވާނެއް ހެންނެވެ. ޝާރިމް ފަދައިން ގަދަ ބާރުން ހުރިހާ ކަމެއް ކުރަން އުޅޭ މީހެއްގެ ގޮތުގައި އޭނާ ވަނީ މަޝްހޫރުވެފައެވެ. ޝާރިމް އާއި އޭނައަކީ ތަފާތު ދެ މީހުންކަން ހަމަ އެކަނި ބަލައިގަތް ދެ މީހުންނަކީ އަހާން އާއި ޒާޔާއެވެ. ނަމަވެސް ބޭބެގެ ނުބައި ވަސްވާހުގައި ޖެހި ކުރެވުނު ކަމަކުން އަހާން މުޅި އުމުރަށް އޭނާއަށް ނަފުރަތު ކުރެއެވެ. މިއަދު އޭނާ ލޯބިވާ އަންހެން ކުއްޖާވެސް ގެއްލިގެން އެ ދިޔައީ އޭނާއަކީ ޝާރިމްގެ ކޮއްކޮއަށް ވީމައެވެ.

ޒާޔާ ބޭރުން އައިސް ގެއަަށް ވަނީ އަހާން ސޯފާގައި އިންދައެވެ. އަހާން ފެނުމުން އަޅައިވެސް ނުލައި ޒާޔާ ބެލީ ކޮޓަރިއަށް ދެވޭތޯއެވެ. ފަހަކަށް އައިސް އަހާން އެކަނި ހުރެއްޖެނަމަ ޒާޔާ އޭނާއާ ވާހަކަ ދައްކަން މަސައްކަތް ކުރެއެެވެ. އަހާން އަޅައި ނުލިނަމަވެސް އަހާން ވާހަކަ ދައްކާތޯ އެތައް އިރަކު ޒާޔާ އިންތިޒާރުގައި އިނދެއެވެ. މިއަދު ޒާޔާ އަޅައިލުމެއް ވެސް ނެތި ދިއުމުން އަހާންއަށް އުނދަގޫވިއެވެ. އޭނާގެ ރުހުން ދެން ނުލިބޭނެ ކަމަށް ޒާޔާ ބަލި ޤަބޫލުކޮށް މަސައްކަތް ކުރުން ހުއްޓާލީ ބާއޭ އަހާންގެ ހިތަށް އެރިއެވެ.

އަހާން ޒާޔާ ކޮޓަރި ކައިރިއަށް ދިޔައިރު ދޮރު ހުރީ ނުލައްޕައެވެ. އަހާން އެތެރެއަށް ވަންނަން އުޅެފައި އަހާންއަށް ހުއްޓެވުނީ ޒާޔާގެ ވޭނީ ރުއިމުގެ އަޑު އިވުމުންނެވެ. ޒާޔާ އެހާ ދެރަވެގެން ރޯއަޑު މީގެ ކުރިން ދުވަހަކުވެސް އަހާން އަޑެއް ނާހައެވެ. އަހާން ހިތުގައި މީހަކު ހިފައި ބާރު ކުރިކަމުގެ އިޙްސާސް ކުރެވުނެވެ. އިޚްތިޔަރަކާއި ނުލައި ދަގަށްފާނަށް ދަމާ ބާރެއްހެން އަހާން ޒާޔާއާ ދިމާއަށް ދަމައިގަތެވެ.

އެނދު ކައިރީ އިށީންދެލައިގެން އިން ޒާޔާ އިނީ ކަކުލުގައި ބޯ އަޅައިގެންނެވެ. ގިސްޖެހުމާއެކު ޒާޔާގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ޒާޔާ އެވަރަށް އެ ރޮނީ ވަރަށް ބޮޑަށް ހިތުގައި ޖެހިގެންނެވެ.

“ޒާޔާ އައި އޭމް ސޯ ސޮރީ. ޒާޔާ ޕްލީޒް ހުއްޓާލަބަ” އަހާން ޒާޔާ ގެނެސް އޭނާ މޭތެރޭގައި ފޮރުވައިލިއެވެ. އަހާން ހީކުރީ ޒާޔާ އެވަރަށް އެ ރޮނީ އޭނާ ޒާޔަ ދެކެ ރުޅި އައިސްފައި ހުރުމުން ކަމަށެވެ.

އަހާން އަތުތެރޭން ވީއްލިގަންނަށް ބޭނުންވި ނަމާވެސް ޒާޔާ ގައިގައި އެ ހިތްވަރެއް ނެތެވެ. ރޮއެ ރޮއެ އޭނާ ހަށިގަނޑުން ހަކަތަ ހުސްވެއްޖެއެވެ. ވިސްނާ ވިސްނާ ސިކުނޑި ވަރުބަލި ވެއްޖެއެވެ.

ރިއަންއާ އޭނާ އެ ވަކިވީ ރިއަންގެ ހިތާއީ އެއްވަރަށް އަމިއްލަ ހިތް ވެސް ހަލާކުކޮށްފައެއެވެ. ބިއްލޫރި ކޮޅެއްހާ ނާޒުކު އޭނާގެ ހިތުގައި ކޫރުން އެޅިފައި ވަނިކޮށް އެ ހިތަށް ހަމަޖެހުން ގެނެސްދިނީ ރިއަންއެވެ. އޭނާގެ ތުންފަތް މައްޗަށް މަޢުނަވީ ހިނިތުންވުން ގެނެސްދިނީ ރިއަންއެވެ. ރިއަން ނުހަނު ލޮތްބާއެކު ބަލައިގެން ގެންގުޅު އޭނާގެ ހިތް މިއަދު ޒާޔާ އެ ފުނޑު ފުނޑު ކޮށްލީއެވެ. ލޯބިވެރިން އެކަކު އަނެކަކުގެ ހިތް ހަލާކު ކުރުމަކީއާ ކަމެއް ނޫނެވެ. ނަމަވެސް އަމިއްލައަށް އަމިއްލަ ހިތް ހަލާކުކުރެވި ދާނެ ކަމަކަށް މީގެ ކުރިން ޒާޔާ ޤަބޫލެއް ނުކުރެއެވެ. އަމިއްލަ ހިތް ހަލާކު ކުރުން ނޫން ގޮތެއް މިއަދު ޒާޔާއަކަށް ނެތެވެ. ބޭބެގެ ބަސް ޤަބޫލު ނުކޮށް ރިއަންއާ ވަކި ނުވެ އުޅެފި ނަމަ މުޅި އާއިލާގެ ރުޅިއާ އޭނާއަށް ކުރިމަތި ލާން ޖެހުނީހެވެ. އޭރުން ނަމަވެސް ޒާޔާގެ ހިތް ހަލާކުވީހެވެ. އާއިލާއަށް ޓަކައި ޒާޔާ ރިއަންއާ ވަކިވިއިރު މި ވަރަށް ހިތްދަތި ވެދާނެކަމަކަށް ޒާޔާ ހިއެއް ނުކުރެއެވެ. އެހެނަސް ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެއްކުރުން ޒާޔާއަށް ވީ އުނދަގޫ ކަމަކަށެވެ.

“ޒާޔާ ޕްލީޒް ހުއްޓާލަބަ. މަށަށް އޯކޭއޭ ޒާޔާ ރިއަންއާ އެއްކޮށް އުޅުނަސް. ލުކް ރިއަން ޔޯޔޯ ދެކެ އަސްލަށް ވެސް ލޯބިވާނަމަ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އަހަރެން ބޮޑަށް ރުޅި އައީ ރިއަން ޒާޔާއަށް ހާރޓް ކޮށްފާނެތީ. އެއްވެސް މީހަކު ޔޯޔޯއަށް ހާރޓް ކުރުމަކީ އަހަންނަށް ބަލަން ފަސޭހަ ކަމެއް ނޫން” ޒާޔާ ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް ޒާޔާގެ ރުއިންވީ ހައްތަހާ ގަދައެވެ. އަހާން ލައިގެން އިން ޓީޝާޓު ޒާޔާ އަތުތެރޭ ބޮނޑިކުރަމުން ދިޔައީ ރުއިން ހުއްޓޭތޯއެވެ. ނަމަވެސް އޭނާގެ އަޑު ދިޔައީ ބާރުވަމުންނެވެ. ޒާޔާ ރޮމުން ކޮންމެސް އެއްޗެއް ކިޔަމުން ދިޔައެވެ. ރުއިމުގެ އަޑާ އެކުވެގެން އަންނާނީތީ ޒާޔާ ކިޔަނީ ކީކޭ ކަމެއް އަހާންއަށް ސާފެއް ނުވިއެވެ.

“އަ…އި …ބް….ރޯ…ކް އަ….ޕް ވި…ތް ރި….އަން” ނުސާފުކޮށް ނަމަވެސް ޒާޔާ ބުނީ ކީކޭކަން އަހާންއަށް އަޑު އިވުނެވެ. “އަހަންނާ ހެދިތަ؟” ޒާޔާ އޭނާ ގަޔާ ދުރުކޮށްލަމުން ދެރަވެފައި އަހާން އަހައިލިއެވެ. “ނޫން. ފެމެލީ އެކަކު ވެސް އޯކޭ އެއް ނުވާނެ ރިއަންއާ އެއްކޮށް އަަަހަރެން އުޅޭކަށް. އާއިލާއިން ނުޤާބޫލުގަ އެއްވެސް މީހަކާ އެއްކޮށް އުޅޭކަށް ބޭނުމެއް ނޫން” ގިސްލެވެމުން ދިޔަ ހާލު ޒާޔާ ބުނެލިއެވެ. “ރިއަން ޔޯޔޯ ދެކެ ލޯބިވޭތަ؟” އިސްޖަހައިގެން އިން ޒާޔާ ދަތްދޮޅީގައި ހިފައި އިސްއުފުލާލަމުން އަހާން އަހައިލިއެވެ. ޒާޔާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. “ރިއަން ޔޯޔޯދެކެ ލޯބިވާނަމަ އެއްވެސް މީހަކަށް ތި ދެމީހުން ދުރެއް ނުކުރެވޭނެ. ލުކް އައި އޭމް ރިއަލީ ސޮރީ ދެޓް އައި އޯވާރ ރިއެކްޓެޑް ބިފޯރ. އަހަންނަށް ރިއިލައިޒް ނުވީ ރިއަންއަކީ ޒާޔާއަށް ކިހާ މުހިންމު މީހެއްކަން. އައި ޕްރޮމިސް އައި ވިލް މޭކް ޝުއާރ ޔޫ ބޯތް އާރ ގޮންނާ ގެޓް ޓުގެދާރ” އަހާން ޒާޔާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ލޮތްބާއެކު ފުހެދީފައި ޒާޔާ ނިތުގައި ބޮސްދިނެވެ. އޭނާއަށް ރުޅި އާދެވުނީ ކޮންމެހެން ޒާޔާ ރަށްޓެހިވީ ރިއަންއާ ވެގެން ނޫންކަން އަހާންއަށް ވިސްނުނެވެ. އެއީ ރިއަން ނޫން ކޮންމެ މީހެއް ކަމުގައި ވިއަސް އޭނާ ހިތުގައި ޖެހި ރުޅި އައިހެވެ. އޭނާއަަށް ނޭންގުނު ކަމުގައި ވިއަސް އޭނާއަށް އެ ވަނީ ޒާޔާދެކެ ލޯބިވެވިފައަވެ. ޚުދު އަހާން ވެސް ހީކުރީ އޭނާ ޒާޔާ ދެކެ ރުޅިއައީ ޒާޔާ ރިއަންއާ ރަަށްޓެހިވުމުން ކަމަށެވެ. އެއީ އަސްލު ސަބަބު ނޫންކަން އަހާންއަށް ރޭކައިލީ ދެންމެއެވެ. ޒާޔާއާ ރުޅި ހަދައިގެން މި އޮށް ހުރިހާ ދުވަހު ހުރެވުނީ އޭނާ މާފުކޮށްފި ނަމަ ޒާޔާ އާއި ރިއަންގެ ލޯބީގެ ވާހަކަ އަޑު އަހަން ޖެހިދާނެ ކަމުގެ ބިރަށެވެ. މިއޮަށްހާ ދުވަހު އޭނާ އެ އުޅެނީ ހަޤީގަތަަށް ފިލައިގެންނެވެ.

ގުޅަން ނުގުޅަން ހުރެފައި ވެސް އެރިކް މިންހާއަށް ގުޅައިލިއެވެ. މިންހާގެ ލަދު ރަކި އަޑު ފުރަތަމަ ފަހަރަށް ފޯނުން އަޑު އިވުމުން އެރިކް އޭނާގެ އަތް މޭމަތީ އަޅައިފައި ދެލޯ މަރާލުމަށް ފަހު ވައި އަޑުން “ހާޔޭ” އޭ ބުނެލިއެވެ.
އެރިކް ވާހަކަ ނުދައްކާ ހުންނަން ފެށުމުން މިންހާ ރަކިވިއެވެ. އޭނަ ހަލޯއޭ ބުނުމުން ވެސް އެ ފޮނި ފިރިހެނާ ޖަވާބެއް ވެސް ނުދިނެވެ. “އޯކޭ. ވާހަކަ ނުދައްކަންޏާ އަހަރެން ކަނޑާލަނީ” އެރިކް އަނގައިން ނުބުނި ކަމަކަށް އެންމެ ފަހުން މިންހާ ބުނެލިއެވެ. “އުނހޫ ނޫން. ޕްލީޒް ކަނޑާ ނުލައްޗޭ” އެރިކް ނިކަން އަވަހަށް ބުނެލިއެވެ. އެއާއެކު މިންހާ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. މިންހާ އާއި އެރިކް އެރޭ އެއްގަޑިއިރަށް ވުރެ ގިނައިރު ގުޅައިގެން ވާހަކަ ދެެއްކިއެވެ. އެރިކްއަށް ފޯނު ކަނޑާލަން މަޖުބޫރުވީ މިންހާއަށް ނިދިގެން ވެއްޓުމުންނެވެ. އެރޭ ވެގެން ދިޔައީ މިންހާ އަދި އެރިކްގެ ހަޔާތުން އާ ބާބެއް ފެށުނު ރެއަކަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ނޭދެމޭ ވަކިވުމެއް-22

Next

އިންތިހާ – 15

Next
October 26, 2020

އިންތިހާ – 15

Previews
October 25, 2020

ނޭދެމޭ ވަކިވުމެއް-22

16 Comments!

  1. PRINSWSS? says:
    October 26, 2020 at 1:54 am

    Wow mi part vx vrh reethi Masha Allah
    Waiting for the nxt part
    Ly

    1. Kiyara says:
      October 26, 2020 at 3:39 am

      thanks dear

  2. Kiyara says:
    October 26, 2020 at 3:52 am

    Salam guys. here is the 16th episode of Manzil. since i managed to write more than thousands words tonight i uploaded this episode even if it is not that long. hope u guys enjoyed reading. What do u thimk will happen now? now that Ahaan has realised his love for Zayaa what will happen? Is he gonna help Zaya to be with Rian the guy who did something very terrible to him when they were kids? is Zaya ever goimg to find out that Ahaan who is her first love is in love with her? Looks like Minhaa and Eric are on the spot too. What will happen to Ishal when he finds out about his Best friend and the girl of his dream beimg in very much love. How is he gonna react? Is Arshaadh gonna accept the fact that his late son’s daughter beimg with a forigner> is he gonna approve of thier love? So many questions to be ansewerd. keep reading Manzil to get all the answers. Leave a comment on ur thuoghts. take care and stay safe everyone

  3. gi..rl says:
    October 26, 2020 at 9:20 am

    OMG thanx sis varah ufaa vehje kuras avahah up kohdhineema. Mihaaru hama varah kanthah eba vey dho. Loabee ge kolhigandeh ga jehihje mi enmen. Zaayaa and ahaan ge love chapter varah loabi. Hama mihaaru rovdhaanehen heevanee. I can’t believe ahaan is gonna sacrifice his love. Ahaan zaayaa ah yoyo kiyaairu haadha loabey dhwww… ?❤
    Mihaaru hama dhen in bai Kiyara hithun moyavanee.
    Lysssssm. ?
    ❤❤

  4. Maany says:
    October 26, 2020 at 9:25 am

    Hi sis mi part ves varah reethi masha Allah
    Keep it up sis
    Waiting for the next
    Luv uuu ❤️❤️❤️
    Stay safe

  5. ?Ril? says:
    October 26, 2020 at 10:44 am

    Heiiiii sis Mi part ves vrh sali❤️❤️❤️
    Masha Allah keep it up sis ❤️❤️❤️❤️
    Aleyyyy zaayaa and ahaan dhw so. Sad??????❤️❤️❤️❤️❤️❤️❤️❤️
    Ahaan really deserves zaayaa they both are so cute dhw siss❤️❤️❤️❤️❤️❤️
    Hehhehe minha aa erick aa dhw they are also cute ??????❤️❤️❤️❤️❤️
    Waiting for the next part ❤️❤️❤️❤️
    Love u sooo much sis❤️❤️❤️
    Stay safe ❤️❤️❤️❤️

  6. Anonymous says:
    October 26, 2020 at 12:13 pm

    Masha Allah varah ? reethi mi part ves ?waiting for next part

  7. ??? says:
    October 26, 2020 at 3:25 pm

    When they were kids rian kykkurybaa ahaan ah??? ??vrh reethi mi part vx ❤️❤️Masha Allah ❤️❤️❤️❤️waiting for next ???

  8. MinhA? says:
    October 26, 2020 at 5:03 pm

    އޯމައި ގޯޑް???????
    މިހިތް ދެން މި ހުރެގެން ވަނީ އޭ ބުރޯކް
    ތެދަށް ވެސް ދެލޯ ހަމަ ފުރިއްޖޭ ފެނުން
    އެކީގައި މި ކީއިރު ސިހުން ވެސް ވިއޭ
    ރިއަން އޭ އެ ސާރިމުގެ ކޮއްކޮ ކަން އިނގުމުން
    ޒާޔާ ހިތޭ ހަމަ ތިކޮއްލީ ހަލާކް
    އަހާން އަށް އެވީ އެންމެ އެދެވޭ ގޮތޭ
    އިނގުން ލޯބި ވެވުނީ ޒާޔާ ކަމޭ
    އިޝަލް އަށް ވަމޭ ހިތުގެ ފުނުން ހަމްދަރުދީ
    މެޔާ ހިތް ތެޅޭ އެސޮރު ހާލަށް ޓަކައި
    ކުރަމެ ހެޔޮ ދުޢާ ދެއްވަވާތޯ އިޝަލް އަށް
    ތެދޭ މިންނު އާރާޝް އިޝަލް އަށްމެ އުމުރަށް
    މިއާ އޭ އިސާހިތަކު އޮއެވަރުގަ ޖެހޭނޭ
    ލަހެއްނުވެ އެރިކް ވެސް ފަށާނޭ އެކަން
    ކިޔާރާ މަގޭ ދޫނި އުމުރަށް ހުވާ
    ކުރަމެ ލޯބި ހިއްސާ ތިބާ އަށް ހިތުން
    ވެޔޭ އަދު ހަނދާންވެސް ކިޔާރާ މަތިން
    ހާލަތުމެ ތަން ނުލިބުމުން ނުކުރެވޭތީ
    ކޮމެންޓަށް ނިކަން އެދެމެ މާފަށް މަދެން
    މިއީ ޅެމުގެ ފެށުމޭ ދަނޭ ދެން މިކަން

    1. gi..rl says:
      October 26, 2020 at 11:48 pm

      ?????

    2. Anonymous says:
      October 27, 2020 at 12:32 am

      ?????

    3. MinhA? says:
      October 27, 2020 at 3:24 pm

      Klw keehvve yo Thiya henee?

  9. SHABAKKO 10 says:
    October 27, 2020 at 9:52 am

    Minuu don’t ???

  10. SHABAKKO 10 says:
    October 27, 2020 at 9:54 am

    ❤️❤️Mi part ves varah reethi ❤️❤️❤️❤️❤️❤️❤️
    Varah❤️ varah ❤️reethi ❤️❤️❤️❤️❤️❤️

  11. Faiherr?? says:
    October 27, 2020 at 10:38 am

    Vv nice story. Keep it up sis??????

  12. Iyaadh says:
    October 28, 2020 at 6:52 pm

    WOOW………. ZAAYA AND AHAAN ARE COUPLES hen hyvany…….those two are the cutest couples adhi fennan huri gothun…….cannot live without reading this stories episodes
    TC sis and all mazil readers

Comments are closed.

Next Episodeމަންޒިލް 17←


All Right Reserved!