Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 32

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 28, 2022 4 Mins Read
1 Comment

“ދޮންތާ ރަނގަަޅަށް މިންކޮ ބަލާދެއްޗޭ” ފުރަން ގެއިން ނުކުތުމުގެ ކުރިން އިޝްމާ ގާތު ޔޫސުފް އެދުނެވެ. “ޔޫސުފް ނުބުންޏަސް ދޮންތަ މިންނު ބަލައިދޭނަމޭ. އަލްކޮ އާއި އިޝަލްއާ އެއްވަރަށް މިންނުއަކީވެސް ދޮންތަގެ ކުއްޖެކޭ” މިންހާ ބޮލުގައި ފިރުމާލަމުން އިޝްމާ ބުނެލިއެވެ.”މިންނު އެކަނި؟” ޔޫސުފް ދެރަވާކަމަށް ހެދުމުން އިޝްމާ ހެމުން ދެފަރާތަށް ބޯ ހޫރާލިއެވެ.
***

ސިޓިން ރޫމް ސޯފާގައި އިށީންދެލައިގެން އިޝަލް އިނީ މިންހާގެ އިންތިޒާރުގައެވެ. ލަންޑަނަށް ގޮސް ހަމަޖެހެވުމާއެކު ރޭގަނޑު ކެއުމަކަށް ދާން އިޝަލް މިންހާއަށް ދަޢުވަތު ދިނެވެ. އަށެއް ނުޖަހަނީސް އިޝަލް ތައްޔާރު ވެގެން ނުކުތެވެ. އޭނާއަށް ލާން ހިތްހަމަ ޖެހޭ ވަރުގެ އަންނައުނެއް ވެސް އިޚްތިޔާރު ކުރެވުނީ ވަރަށް އިރުންނެވެ. އޭނާ ހިތްހަމަ ޖެހުނީ އަޅި ކުލައިގެ ގަމީހާއެކު ގަދަ ނޫ ކުލައިގެ ޖެކެޓާއި ޖިންސެއް ލާށެވެ. ކުޑަކޮށް ދިގުވެފައި އޮތް އިސްތަށިގަނޑުވެސް ތަފާތު ގޮތް ގޮތަށް ހަދަހަދާފައި އެންމެ ފަހުން އަބަދުވެސް އޮންނަ ގޮތަށް ދޫކޮށްފައި ބޭއްވިއެވެ. އެއް ފުޅިން ސެންޓު ޖަހައިގެން ހިތްހަމަ ނުޖެހުނު ކަމަށް ދެތިން ފުޅިން ސެންޓު ވެސް ޖެހިއެވެ. ހިތް އަވަސްވެފައި ހުންނަ ވަރުން ގިނަ ފަހަރަށް އުޅެވެމުން ދަނީ ކިހިނެއްކަން ވެސް އިޝަލްއަށް ނޭންގެއެވެ.

އަށެއް ޖަހައި ފަސް މިނެޓު ހިނގި ފަހުން ވެސް މިންހާ ނުފޭބުމުން އިޝަލް އަތު އަޅާފައި އޮތް ގަޑިއަށް ބަލާލިއެވެ. މިންހާގެ އިންތިޒާރުގައި އިން އިރު މަޑު މަޑުން ބިންމަތީގައި ބޫޓުގެ ކޮޅުން ތަޅަމުން ދިޔައެވެ.

ސިޑިން މީހަކު އަންނަ އަޑު އިވުމާއެކު އިޝަލް އެނބުރި ބަލައިއެވެ. ކަކުލާ ހަމައަށް އަންނަ ކަނޑު ނޫ ކުލައިގެ ހެދުމާއި އެކު އެ ކުލައިގެ ޝޯލަކާއި ކަޅު ޖިންސެއްގައި މިންހާ ފެންނަލެއް ވަަރަށް ފުރިހަމައެވެ. ލޯކައިރީ އަޅާފައި ހުރި އަނދުން ފިޔަވާ އިތުރު މޭކަޕެއް ކޮށްފައި ނުވާއިރުވެސް އެހާ ފުރިހަމައެވެ. ކަޅި ޖަހައިލަން ވެސް ނޭންގިފައި ފާޑަކަށް ހެވިފައި މިންހާއަށް ބަލަން އިޝަލްއަށް ހުރެވުނެވެ.

ސިޑީގެ ވަކި ހިސާބަކަށް މިންހާ ފޭބުމާއެކު އިޝަލް ގޮސް ސިޑި ކައިރީ ހުއްޓިލިއެވެ. އަދި އޭނާގެ އަތް މިންހާއަށް ދިއްކޮށްލިއެވެ. ހިނިތުންވުމަކާއި އެކު މިންހާ އަތުގައި އިޝަލް ހިފިއެވެ. އެ އަތުން ދުވަހަކުވެސް ދޫ ނުކުރާނަމޭ އިޝަލް ހިތުގައިވިއެވެ.

ވިހި މިނެޓު ދުއްވުމަށް ފަހު އިޝަލް ގޮސް ކާރު މަޑުކޮށްލީ ލަންޑަންގެ އެންމެ މަޝްހޫރު އެއް ރެސްޓޯރަންޓު ކުރިމަތީގައެވެ. އިޝަލް ކާރުން ފާބައިފައި ގޮސް މިންހާ ފައިބަން ކާރުގެ ދޮރު ހުޅުވައިދިނެވެ.

ޕާކިން ސަރަހައްދުގައި ކާރު ޕާކު ކުރަން ތަޅުދަނޑި ދީފައި މިންހާ ގޮވައިގެން އިޝަލް އެތެރެއަށް ވަނެވެ. އިޝަލް ގޮސް އޭނާގެ ނަން ބުނުމާއެކު ރިސެޕްޝަން ގައި އިން ކުއްޖާ އެ ދެ މީހުން ގޮވައިގެން އިޝަލްގެ ނަމުގައި ރިޒާރވް ކޮށްފައި އިން މޭޒަށް ދިޔައެވެ.

މުޅި ތަނުގައި ވަނީ ފަނޑު އޮރެންޖު ކުލައެވެ. ގިނަ އަދަދެއްގެ ބަޔަކު އެ ވަގުތު ރެސްޓޯރަންޓުގައި ރޭގަނޑުގެ ކެއުމަށް އައިސް ތިއްބެވެ. ދުރު ދުރުގައި މޭޒުތައް ހުރިއިރު ކޮންމެ މޭޒެއްގެ ވެސް މެދުގައި އުއްބަތިއެއް ދިއްލައިފައި ހުއްޓެވެ. އުއްބަތި ކައިރީގައި ބިއްލޫރި ފުޅިއެއްގައި ރަތް ފިނިފެންމަލެއް ހުއްޓެވެ.

ރެސްޓޯރަންޓްގެ މާހައުލުން މިންހާއަށް ނުތަނަވަސްކަން ލިބެމުން ދިޔައެވެ. އެ ތަނަކީ ލޯބިވެރިން އައުމަށް ޚާއްސަކޮށް ހަދާފައިވާ ތަނެއްކަން ބަލާލި ކޮންމެ ދިމާއަކުން ވެސް ފެންނަމުން ދިޔައެވެ. އިޝަލް އޭނާއާ މެދު ތަފާތު ނަޒަރަކުން ދެކެނީތޯ ފުރަތަމަ ފަހަރަށް މިންހާ ހިތުގައި ސުވާލު އުފެދުނެވެ. އެއާއެކު އޭނާގެ ހިތުގައި ބިރުވެރިކަން ވެސް އުފެދުނެވެ. ނަފްސަަށް ލިބެމުން ދިޔަ ނުތަނަވަސްކަން ފޮރުވުމަށްޓަކައި މިންހާ ގަދަކަމުން ހިނިތުންވެލިއެވެ.

ވެލެރީ އޭނާގެ އެކުވެރިޔަކާއެކު ‘ޑަބަލް ޑޭޓް’އަށް އައެވެ. އޭނާ އައީ ކޮންމެހެން އަންނަ ހިތަކުން ނޫނެވެ. އޭނާ އަދިވެސް ހުރީ އެެރިކްގެ އިންތިޒާރުގައެވެ. ނަމަވެސް އެކުވެރިޔާ ކުރުނުކޮށް ކިޔާ ވަރުން އަންނަން އެއްބަސްވީއެވެ. ވެލެރީ ލޮލުގައި އިޝަލްއާއެކު އައިސް ހުރި މިންހާ އަޅައިގަތެވެ. މިންހާ އާއި އިޝަލްއާ ދެމެދު އޮތް ގުޅުން ނޭންގުނު ކަމުގައި ވިއަސް މިންހާއަކީ އެރިކްގެ ލޯބިވެރިޔާކަން ވެލެރީއަށް ވަނީ އެނގިފައެވެ. “ރިކްގެ ގާލްފްރެންޑް ރިކްގެ ބެސްޓް ފްރެންޑާއެކު؟ ކިހިނެއް މިވީ؟” ވެލެރީގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. އެކުވެރިޔާ ގާތު މަޑުކުރުމަށް ބުނެފައި މިންހާ އާއި އިޝަލް ތިބި މޭޒާއި ދިމާއަށް ވެލެރީ މިސްރާބު ޖެހިއެވެ.

“ހައި އެލެކް” މިންހާ އާއި އިޝަލް އެއް ފަހަރާ ވެލެރީއަށް ބަލައިލިއެވެ. ވެލެރީ ފެނުމުން އިޝަލްގެ މޫނަށް ވީ ގޮތް ފެނި މިންހާ ގާތަށް ހިނިވެސް އައެވެ. “އޯ ހައިި ވެލް” ކޮންމެ އަކުރަކަށް ދަމާލަމުން އިޝަލް ބުނެލިއެވެ. “ރިކްގެ ގާލްފްރެންޑް ސްޓީލްކޮށްގެން ދޯ އެލެކް ތި އުޅެނީ” މަލާމާތުގެ ރާގަކަށް ވެލެރީ ބުނެލިއެވެ.

އިޝަލްގެ ހިތަށް ލޮޅުން އަރައިގެން ދިޔައެވެ. މިންހާއަށް ނިޞްބަތްކޮށް އެރިކްގެ ‘ގާލްފްރެންޑް’އޭ ބުނުމުން ސިހިފައި މިންހާއާ ދިމާއަށް ބަލާލެވުނެވެ. އޭނާގެ ހިތަށް ތަފާތު ސުވާލު އަރައި ފައިބަމުން ދިޔައެވެ. މިންހާގެ ގޮތް ރަނގަޅަށް ދަސްވެފައި ވުމާއެކު މިންހާގެ މޫނަށް އެރި ކުލަވަރުން އެއީ ކިހާ ވަރެއްގެ ހަޤީޤަތެއްކަން ދެވަނަ ވިސްނުމަކަށް ނުގޮސް އިޝަލްއަށް ފަހުމު ވިއެވެ.

ވައްކަމެއް ކުރަނިކޮށް ފަޅާ އެރިކަމުގެ އިޙްސާސް މިންހާއަށް ކުރެވުނެވެ. އިޝަލްގެ ސުވާލުން ފުރިގެންވާ މޫނު ފެނުމާއެކު ކުށްވެރިކަން އިޙްސާސް ކުރެވި އިސްޖަހައިލެވުނެވެ.

ވެލެރީ ކުރަމަތީ ބޮޑު ހައިޖާނެއް އުފައްދަށް ބޭނުން ނުވުމާއެކު އިޝަލް ނަފްސު ހަމައަކަށް އަޅުވާ މޫނު މަތީ ކުލަވަރު ބަދަލުކޮށްލައި ހިނިތުންވިއެވެ. “ވެލް ވައި ޑޯންޓް ޔޫ ޓެލް ރިކް އެބައުޓް އަސް؟ މަށާ މިންހާގެ ފޮޓޮއެއް ނަގާފަ ރިކްއަށް ފޮނުވާލަބަ މަ ރިކްގެ ގާލްފްރެންޑް ޖަހައިގަނެފިއޭ ބުނެފަ” އިޝަލް އޭނާގެ ފޯނުން މިންހާއާ އެކު ސެލްފީއެއް ނެގިއެވެ. ހުރިހާ ދައްތަކެއް ފެންނަ ވަރަށް އިޝަލް ހީނގެން ހުރިއިރު އޭނާގެ އެއް އަތް އޮތީ މިންހާ ކޮނޑުގައި ވަށާލާފައެވެ. އިޝަލްގެ ހަރަކާތްތަކުން މިންހާ އަދި ވެލެރީވެސް ހައިރާންވިއެވެ. ސެލްފީ ނެގިއިރު މިންހާގެ މޫނު މަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ.

ކޮއްކޮމެންނާއެކު ގޭމް ކުޅެން ހުރި އެރިކްގެ ފޯނަށް ހުއްޓުމެއް ނެތި މެސެޖު އަންނަން ފެށުމާއެކު ކުޅުން ހުއްޓާލާފާއި ފޯނަށް ސަމާލުކަން ދިނެވެ. ޓެލެގްރާމުން އިޝަލް ދިހަވަރަކަށް ފޮޓޯ ފޮނުވާފައި ހުރުމުން އެ ހުޅުވިއެވެ. އިޝަލް ފޮނުވާފައި ހުރި އެއްޗިއްސަށް ވުމުން އެރިކް މާ ބޮޑަކަށް ނުވިސްނައެވެ. ދިހަ ފޮޓޯ ވެސް އެއީ މިންހާއާއެކު އިޝަލް ނަގާފައި ހުރި ސެލްފީއެވެ. މިންހާގެ މޫނު ހުރިގޮތް މަޖާ ވެގެން އިޝަލް ފޮޓޯތައް ފޮނުވީ ކަމަށް އެރިކް ހީކުރިއެވެ. ކުރިންވެސް ދޭތެރެއަކުން އިޝަލް އެގޮތަށް އޭނާއަށް ފޮޓޯ ފޮނުވައެވެ. އެރިކް ފޮޓޯއަށް ރިއެކްޓް ކުރަން އުޅެނިކޮށް އިޝަލް ފޮނުވި މެސެޖާއެކު އޭނާގެ ހިތަށް ގުޑުން އަރައިގެން ދިޔައެވެ.

އޭނާ ފަހަތުން މިންހާ އަންނަކަން އެނގި ހުރެވެސް އިޝަލް ހިނގުން މަޑުކުރާކަށް ނޫޅުނެވެ. މިންހާގެ އަޑު ޖެހުމުން ވެސް އޭނާގެ ލޭކެކެމުން ދިޔައެވެ. ދެވެނީ ކޮންތަނަކަށް ކަންވެސް ބެލުމެއް ނެތި އިޝަލް ހިނގަމުން ދިޔައެވެ.

މީހުންގެ ނަޒަރު ހުއްޓެމުން ދިޔައެއް ކަމަކު މިންހާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ހޯސްލާފައި ލޮލުން ކަރުނަ އަންނަމުން ދިޔައިރު ކުރަކި އަޑަކުން އިޝަލްއަށް ގޮވަމުން ދިޔައެވެ. ފަހަތަށް ބަލާލުމެއް ނެތި ހަލުވި ހިނގުމުގައި އިޝަލް ދިއުމާއެކު އޭނާއާ އަރާ ހަމަކުރުންވީ މިންހާއަށް އުނދަގޫ ކަމަކަށެވެ. ނުބަލާ ދިއުމުގެ ސަބަބުން މަގު މަތީ އޮތް ގާގަނޑަކަށް އެރި މިންހާ ވެއްޓުނެވެ. އެއާއެކު ބާރަށް އޭނާއަށް ރޮވުނެވެ. އެވަރުންވެސް ފަހަތް ބެލުމެއްް ނެތި އިޝަލް ކުރިއަށް ދިޔައެވެ.

“އެލެކް ޕްލީޒް” ކުރިއަށް ވުރެ ބާރަށް މިންހާ އިޝަލްއަށް ގޮވިއެވެ. ހިތަށް ތަދުވެފައި ހުރި ވަރުން ތެދުވާނެހާ ހިތްވަރެއް އޭނާ ގަޔަކު ނެތެވެ. އިޝަލް ލޮލޮ ކޮޅަށް ގެއްްލެންދެކަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ.

އިޝަލް ވަރުބަލި ވެގެން ހިނގުން ހުއްޓާލިއެވެ. ދެފައިން ވާގި ދޫވެ ހުރިތަނަން އޭނާއަށް ތިރިވެވުނެވެ. ފަޔަށް ވުރެ އޭނާ ހިތުގައި އަޅަމުން ދިޔަ ވޭން މާ ބޮޑެވެ. ހިތުގައި އަތް އަޅައިގެން ހުރެ ބާރެއް ހަޅޭއްލަވައިގަތީ ހިތުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއް ލިބޭތޯއެވެ. ހަމަ އެވަގުތު ބާރު ގުގުރިއަކާއެކު ބޯކޮަށް ވާރޭ އޮއްސާލިއެވެ. ދުނިޔެވެެސް އިޝަލްގެ ހިތާމާގައި ބައިވެރިވާ ކަހަލައެވެ.

އިންޒާރަކާއި ނުލައި އޮއްސާލި ވާރޭގެ ޝިކާރައަކަށް މިންހާވިއެވެ. ބޯވާރެއިން ސަލާމަތް ވާނެ ގޮތެއް ނެތެވެ. ހުރިތަނަކާއި މެދު ވިސްނާލަން އެނގުނީވެސް ދެނެވެ. އޭނާއަށް އައިސް ހުރެވުނީ ނުވެސް ދަންނަ ހިސާބަކަށްކަން އެނގުމާއެކު ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެހިސާބުގަނޑުން ފެންނަ މީހުން ތިބި ހާލަތުން އިތުރަށް ޖެހިލުންވިއެވެ. ގިނައީ މަސްތުގެ ހާލުގައި ތިބި ޒުވާނުންނެވެ. މަގުމާތީ ބިތަކަށް ޖެހިފައި ގުރޫޕު ގުރޫޕަށް މީހުން ތިއްބެވެ. ނުރައްކާތެރި ލޯތަށް އޭނާއަށް އަމާޒުވަމުން ދިޔައެވެ. އިޝަލް ފަހަތުން އަވަހަށް ދާން ހަދައިގެން ދުއްވައިގަނެވުނީ ފޯނާއި އަތްދަބަސް ބާއްވާފައިކަން އެނގުނީ އަހާންއަށް ގުޅަން ފޯނު ހޯދަން އުޅެވުމުންނެވެ. މީހަކަށް ގުޅޭނެ ގޮތެއް ނެތި އެކަނި ހާލަށް ބޯ ވިއްސާރާގައި ލަންޑަންގެ ގޮތް ނޭންގެ ހިސާބަކަށް ގެއްލުނީކަން އިހްސާސްވުމާއެކު ބުނެދޭން ނޭންގޭ ގޮތްތަކެއް އޭނާއަށް ވާންފެށިއެވެ. ކުއްލިއަކަށް މުޅި މީހާ ނޭވާހާސްވާހެން ހީވިއެވެ. އަތް ތުރުތުރުލުމާއެކު ގައި އައްސިވާހެން ހީވިއެވެ. ބޮލަށް އެނބުރުން އެރުމާއެކު ނޭވާ ނުލެވިގެން ތެޅިފޮޅެން ފެށިއެވެ. ހިނގަން މަސައްކަތް ކުރި ނަމަވެސް އެންމެ ފިޔަވަޅެއް ވެސް ކުރިއަށް ނޭޅުނެވެ. ބޯ ވާރޭވެހުމުގެ އިތުރަށް ލޯ ފުސްވެވެފައި ހުރުމާއެކު ރަނގަޅަށް މިންހާއަކަށް އެއްވެސް ތަނެއް ނުފެނެއެވެ. އުނދަގުލާއެކު ނަމަވެސް އޭނާއަށް ގޮވެން ފެށުނީ މަަންމައަށެވެ.

ގޭގެ ބެލް ޖެހުމާއެކު ދޮރު ހުޅުވުމަށް އެންމެ ފުރަތަމަ ވެސް އަވަސްވެ ގަތީ އަލައިކާއެވެ. ފުޅާ ހިނިތުންވުމަކާއެކު އޭނާ ދޮރު ހުޅުވަން ދިޔައީ ދުވަމުންނެވެ. އަލައިކާގެ އެ އުފާވެރިކަމުގެ ހަގީގަތަކީ ކޮބައިކަން އެނގެނީ ހަމައެކަނި އަލްޔަސްއަށެވެ. އަހާން އާއި ޒާޔާ ފާޑަކަށް އަލައިކާއަށް ބަލަން ތިއްބެވެ. “އަނެއްކާ އަލްދައްތަ ރޮނާލްޑޯއަށް ގެއަށް އަންނަ ދައުވަތު ދީގެންތަ މާ ވަރަކަށް އުފަލުން އެއުޅެނީ؟” އަހާން ޒަޔާ ގާތު ސިއްރުން ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އުމުރައް ވެސް ލޯބިވިން – ހަތަރު ވަނަ ބައި

Next

މަދަދުވެރިޔާ (26)

Next
December 29, 2022

މަދަދުވެރިޔާ (26)

Previews
December 27, 2022

އުމުރައް ވެސް ލޯބިވިން – ހަތަރު ވަނަ ބައި

One Comment

  1. Dhon.thi says:
    December 28, 2022 at 2:39 pm

    Really liked this part.. When next?….

Comments are closed.

Next Episodeމަންޒިލް 33←


All Right Reserved!