Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޮތްބަށްޓަކައި…4

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 26, 2022 5 Mins Read
2 Comments

މަހެއްހާ ދުވަސް ފަހުން ބައްޕަ ފެނުމުން ލައިރާ ކުޑަކޮށް ދުވެލާފައި ގޮސް ބައްޕަ ގައިގައި ބައްދާލިއެވެ. ދޮންމަންމަ ގާތު އޭނާ ބަހައްޓާފައި އެހާ ގިނަ ދުވަހަށް ރަށުން ބޭރަށް ދިއުމުން ބައްޕައާ މެދު ހިތިގައި ޝަކުވާވިނަމަވެސް ބައްޕަ ފެނުމުން ހުރިހާ ޝަކުވާއެއް މަތިން ހަނދާން ނައްތާލިއެވެ. ލަހުފާންއާއެކު ލައިރާ ސިޓިންރޫމަށް ދިއުމުން ރީމާ ވެސް ފަަހަތުން ދިޔައެވެ. އެއާއެކު ހަމަޖެހުމުގެ ފުން ނޭވާއެއް ޒެއިން ދޫކޮށްލިއެވެ.

 

 

ކިތަންމެ ރުޅިގަދަ ވެފައި ހުރި ނަމަވެސް ލަބާން ރުޅި ކޮންޓްރޯލް ކުރިއެވެ. ޒެއިންއާ ރުޅި ހަދައިގެން ފައިދާއަށް ވުރެ ބޮޑަށް ލިބޭނީ ގެއްލުމެވެ. އޭނާ އަތުގެ ހުރި ހުރިހާ ބާރެއް ލާއިފައި ޒެއިން މޫނު މަތީ އެތިފަހަރެއް އަޅަން ބޭނުންވި ނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރިއެވެ.

 

 

ލަބާންގެ އެކުވެރިން މެންދުރުގެ ކެއުމުގައި ބައިވެރިވާން ލަހުފާން ދައުވަތުދިނުމުން ހުރިހާ ކުދިން ވެސް އެ ދަޢުވަތު ޤަބޫލުކުރިއެވެ. ލަބާން ހިތްހަމަ ނުޖެހުނަސް އެކުވެރިން ކުރިމަތީ ޒުވާބު ކުރަން ބޭނުންނުވުމުން އެއްޗެކޭ ނުބުނީއެވެ. ލަހުފާން ބުނުމާއެކު ލައިރާ ވެސް އެމީހުންނާ ބައިވެރިވިއެވެ. އެހެންނާ ނުފެންނަ ފަދަ އުޖާލާކަމެއް އެކުއްޖާ މޫނުން ފެންނަމުން ދިޔައެވެ. ޒެއިންއަށް އިރު އިރުކޮޅާ ލައިރާއަށް ބެލެއެވެ. މަޑުމަޑުން ޒެއިންގެ ހިތް ލައިރާއަށް ލެނބެމުމް ދާކަން ޚުދު ޒެއިންއަށް އިޙްސާސް ނުކުރެއެވެ.

 

ޒެއިންގެ ނަޒަރު އިރުއިރު ކޮޅާ އޭނާއަށް ހުއްޓޭކަން އެނގުމުން ލައިރާއަށް އުނދަގޫ ވަމުން ދިޔައެވެ. ޒެއިންގެ ބޭނުމަކީ ކޮބައިކަމާ މެދު ހިތުގައި ސުވާލި އުފެދުނެވެ. ލަބާން ނަދާއާ ރުޅިވިކަން އެނގުމާއެކު ލަބާންގެ އެކުވެރިއަކާ ވައި ވެސް އެޅެން ލައިރާ ބޭނުމެއްނޫނެވެ. އެހެނަސް ޒެއިންގެ ފަރާތުން ފެންނަމުން ދާ ކަންތައް ތަކުން އެކަން ލައިރާއަށް އުނދަގޫވިއެވެ. ހިތުގެ ކަނަކުން ޒެއިންގެ ގާތްކަމަށް އިތުރަށް އެދެވުނެވެ.

 

 

ކައިގެން ލަބާންއާ އޭނާގެ އެކުވެރިން ކޮފީއަކަށް އެރިއެވެ. “މަށާ ނަޔަލް ކޯހަށް ހޮވިއްޖެ. މި އަންނަ މަސްތެރޭ ފުރާ ގޮތަށް އޮތީ.” ލަބާންއަށް ވުރެ ދެން ތިބި ހަތަރު ކުދިން ދެއަހަރު ބޮޑެވެ. އެކުދިން އޭލެވެލް ނިންމިތާ އަހަރެއް ވާން ކައިރިވަނީއެވެ. އުޅުން ކޮންމެ ގޮތަކަށް ހުރިކަމުގައި ވިއަސް އެކުދިންނަކީ ކިޔެވުމަށް މޮޅު ދަރިވަރުންނެވެ. ސްކޫލުގައި ވެސް ލާނެއްކޮށް އުޅުނު ނަމަވެސް އިމްތިހާނުތަކުން ރަނގަޅު ނަތީޖާ ހޯދައެވެ. ޒެއިން އާއި ހާރިމްއަށް ވުރެ ބޮޑަށް ނަޔަލް އާއި ލިއަމް ކިޔެވުމަށް ޝައުޤުވެރިކަން ހުރެއެވެ. ޚާއްސަކޮށް ލިއަމްއެވެ. އޭލެވެލްގެ ނަތީޖާ ލިބުމާއެކުހެން ޔުނިވާރސިޓީއަށް އެމީހުން އެޕްލައިކުރީ އެހެންވެއެވެ. ޒެއިން އަދި ހާރިމްއަށް އަދިވެސް އެމީހުން މަތީ ތަޢުލީމު ހާސިލް ކުރާނީ ކޮން ދާއިރާއަކުން ކަމެއް ނޭންގެއެވެ.

 

 

ނަޔަލް އާއި ލިއަމް ފުރަން އުޅޭތީ ޒެއިން އާއި ހާރިމް ހިތާމަ ފާޅުކުރިއެވެ. ލަބާން ދެރަވި ނަމަވެސް އެކަމެއް ނުއެއް ދައްކައެވެ. ލަބާން ކިރިޔާވެސް އޭނާގެ ހަޔާތުގެ ކަންކަން ހިއްސާ ކުރާ އެކުވެރިއަކީ ނަޔަލްއެވެ.

 

ނަޔަލް އާއި ލަބާން ފިޔަވާ އެންމެން ގެއަށް ދިޔައެވެ. މިރޭ އެއްވެސް ވަރަކަށް ގެއަށް ދާ ހިތެއް ލަބާން ނެތެވެ. ނަޔަލް ނުގޮސް މަޑުކުރީ ލަބާންއާ އެކަނި ވާހަކަ ދައްކަން ބޭނުންވެފައި ހުރުމުންނެވެ.

 

“ކައޭ ބުނަން ތި އުޅޭ އެއްޗެއް ބުނެބަ ދޯ” ނަޔަލް ބަހެއް ނުކިޔާ ބަލަން ހުރުމުން ލަބާންއަށް އުނދަގޫވިއެވެ. “މަށަށް އެނގިއްޖެ ކައޭއާ ނަދާ ބްރޭކްއަޕްވިކަން. މިއަދު ލައިރާ ކައޭ ނަދާގެ ހިތްލާކުކޮށްލީއޭ ބުނީމެ ލަބާން މޫނަށް އެރިކުލަ މަށަށް ރީއްޗަށް ފެނުނު. މަށަށް އެނގޭ މަ މިހެން ބުނީމަ ލަބާން މަށާ ދިމާއަށް ބުނާނީ މިއީކީ މަށާ ބެހޭ ކަމެއް ނޫނޭކަންވެސް.. ކައޭ ކޮންމެ ގޮތަކަށް މަށާ ދޭތެރޭ ދެކުނަސް މަ ދެކެނީ ކައޭ ތިއީ ލިއަމްއެކޭ ޒެއިންއެކޭ ހާރިމްއެކޭ އެއްފަދައިން މަގޭ ގާތް އެކުވެރިއެއް ގޮތަށް….އަހަރެން ބުނަން އޮތް އެއްޗަކީ މާ ލަސްވަންދެން ނުހުންނަށްޗޭ….” ނަޔަލް ބުނި އެއްޗެއް ލަބާންއަށް ފަހުމެއް ނުވިއެވެ. އެހެން ފަހަރު ފަހަރުހެން ރުޅި އައުމުގެ ބަދަލުގައި މި ފަހަރު ލަބާން ހީނިލިއެވެ. “ކައޭ އަދި ‘ސައިކޮލަޖިސްޓް’އަކަށް ނުވާއިރުވެސް ވާވަރު މިހިރީ. ދެން އަދި ކިޔަވައިގެން އައިމަ އަމުނާ ފަތިވަރު އަޑުއަހަން ހަދައިގެން މަގޭ ކަންފަތުން ލޭކަންނޭންގެ އަންނާނީ….ދެން އެކަމު ކައޭ ދިއާމަ ވަރަށް މިސްވާނެ..” ލަބާންގެ ފަރާތުން އެހެންނާ ނުފެންނަ ސިފައެއް ފެނިގެން ދިޔައެވެ. އޭނާއަކީ މާބޮޑަށް އޭނާގެ އިޙްސާސްތައް އެހެންމީހުންނަށް ދައްކާ ޒުވާނެއް ނޫނެވެ. ދެ ޒުވާނުން ކެފޭއިން ނުކުތް އިރު ބާރަ ޖަހަނީއެވެ. ނަޔަލް ގެއަށް ދިޔަ މަގުމަތީ ލަބާން ގެއަށް ލާދިނެވެ. ގޭ ދޮރު މަތީ ސައިކަލު ހުއްޓާލުމާއެކު ލަބާން ފޭބިއެވެ. ގެއަށް ވަންނަން ގޮސްފައި ވެސް އަނބުރާލާފައި އައިސް ނަޔަލް ގައިގައި ބައްދާލިއެވެ. “އައި އޭމް ގޮއިން ޓު މިސް ޔޫ މޭން” ލަބާންގެ އަޑުގައި ކޫރުމެއް ވިޔެވެ. އޭނާއަށް ނުރޮވި އެހުރީ ކިރިޔާކަން އެނގުމާއެކު ނަޔަލް ވެސް ހައިރާންވިއެވެ. ލަބާންގެ ފަރާތުން މިފަދަ އަމަލެއް ފެނިދާނެކަމަށް ދުވަހެއްގެ ކޮޅުން ވެސް ނަޔަލް ހިއެއް ނުކުރެއެވެ. “މީ ޓޫ” ލަބާން ނިކަން އަވަހަށް ނަޔަލްއާ ދުރުވެލާފައި ބާރު ހިނގުމެއްގައި ގޮސް ގެއަށް ވަނެވެ.

 

 

ސްކޫލަށް ވަން ވަގުތު ލަބާން ފެނުމުން ނަދާ ހިނިތުންވެލިއެވެ. ލަބާންވެސް ބަދަލުގައި ހީނލާފައި ނިއްއަރުވާލިއެވެ.

 

ނަދާ ފަހަތުގައި މަންޒަރު ބަލަން ހުރި ލައިރާ ލޯ އަނބުރާލިއެވެ. ލަބާން ނަދާގެ ހިތްހަލާކު ކުރުމުން ވެސް އޭނާގެ ގޯސް ސިފައެއް އަދިވެސް ނަދާއަކަށް ނުފެނެއެވެ. “ލާން އަހަރެންގެ ހިތް ހަލާކު ކުރީކީ ނޫން. ލާން އަހަރެން ދިޔަ ދިނީ އެއްވެސް މާނައެެއް ނެތް ގުޅުމަކުން” ލައިރާ ނުބުނި ކަމުގައި ވިއަސް އޭނާ ހިތުގައި ވީ ކީކޭކަން ނަދާއަށް އެނގުނެވެ. “ވަޓްއެވާރ. ލަބާން ކޮންމެ ކަމެއް ކުރިއަސް ނަދާއަށް އޭނާ ގޯހެއް ނުވާނެ. އަހަރެން ނެތިން ދެން އެއްޗެކޭ ބުނާކަން. މަށަށް މަސައްކަތް ކުރެވިއްޖެ ނަދާއަށް ވިސްނަދޭން” ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނޭ ބުނާހެން ލަބާންއަކީ ކޮންކަހަލަ މީހެކަން ނަދާއަށް ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް ނަދާއަށް އޭނާގެ އަސްލު ސޫރައަކީ ކޮބައިކަން ޤަބޫލުނުކުރެވޭނެކަން ލައިރާއަށް ވިސްނި ކޮންމެހެން ބޭކާރު މަސައްކަތެއް ކުރަން ނަހަދައެވެ.

 

 

ދަންވަރުވެފައި ހުރުމާއެކު ލަބާން ގޭގެ ދޮރު ހުޅުވީ މަޑުންނެވެ. ކަޅު އަނދިރިކޮށް އޮތް ސިޓިންރޫމު ތެރެއިން ލާފައި އޭނާ ކޮޓަރިއަށް ދިޔައީ ވަރަށް ބަލައިގެންނެވެ. އެއްޗެއްގައި އަޅައިގަނެގެން ވެއްޓި އަޑުގަދަވެގެން އެންމެން ހޭލަފާނެތީއެވެ. އެއްވެސް އަޑެއް ނުލައްވާ ލަބާންއަށް ކޮޓަރިއާ ހަމައަށް ދެވުނެވެ. ކޮޓަރީ ދޮރުވެސް އޭނާ ހުޅުވީ ނިކަން މަޑުންނެވެ. ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމަށްފަހު ލައިގެން ހުރި އެއްޗިހި ވެސް ބަދަލު ކުރުމެއް ނެތި އެނދަށް ވެއްޓިގަތެވެ. ޖިންސުގެ ޖީބުން ފޯނު ނަގާ ބެލިއިރު ފޯނު ނިވިފައި އޮތުމުން ޗާޖަރަށް ޖަހައިފައި ފޯނު ހުޅުވިއެވެ. އެއޮށް ދަންވެފައި ހުއްޓައިވެސް ނިދުމުގެ ބަދަލުގައި ލަބާން ފޯނު ހުޅުވީ ގޭމު ކުޅޭށެވެ. ވައިފައި ޖައްސާފައި ގޭމަށް އަރަން އުޅެނިކޮށް ނުދަންނަ ނަންބަރަކުން ވައިބާ މެސެޖެއް އައުމުން އެ މެސެޖު ހުޅުވާލިއެވެ. އެ ނަންބަރުން ހުރީ ހުސް ލައިރާ އާއި ނަދާ އެކުގައި ހުރި ފޮޓޯތަކެއް ފޮނުވާފައެވެ. ޕާކެއްގެ ތެރޭގަޔާއި ސްކޫލް ޔުނީފޯމުގައޮ ތިއްބައެވެ. ޔުނީފޯމުގައި ހުރި ބައެއް ފޮޓޯތަކުގައި ލަބާން ވެސް ހުއްޓެވެ. ލަބާން ދެ ބުމަ ގޮށްޖެހި ވަގުތުން އެނދުން ތެދުވެވުނެވެ. އޭނާ ފޮޓޯތަށް ޒޫމްކޮށްފައި އިތުރަށް ބަލަން ފެށިއެވެ. އެއަށްފަހު ކާކުތޯ އަހައި އެ ނަންބަރަށް މެސެޖު ކުރިއެވެ.

 

ފަސް މިނެޓުވީއިރުވެސް ޖަވާބެއް ނައުމުން ލަބާން އެ ނަންބަރަށް ގުޅިއެވެ. ވައިބާއިން ގުޅިއިރު ރިންގް ނުވުމުން އާދައިގެ ގޮތަށް ގުޅިއެވެ. އެ ގޮތަށް ގުޅިއިރު އެ ނަންބަރު އޮތީ ނިއްވާލާފައި ކަމަށް ބުންޏެވެ. އެ ފޮޓޯތަށް ފޮނުވި މީހެއްގެ ގޮތް ނޭންގޭތީވެ ލަބާން ކަންބޮޑުވެ ހާސްވިއެވެ. އެއްވެސް ބޭނުމަކާ ނުލާ އެ މީހަކު އެ ފޮޓޯތަށް އޭނާއަށް ނުފޮނުވާނެކަން ޔަގީނެވެ. އަނގައިން ހުތުރު ބަހެއް ބޭރުކޮށްލުމަށް ފަހު އެ ޗެޓްގެ ސްކްރީން ޝޮޓެއް ނަގާފައި އޭނާ، ޒެއިން، ލިއަމް، ނަޔަލް އަދި ހާރިމް އިންނަ ގުރޫޕަށް ލިއެވެ. އަދި އެއީ އެމީހުންގެ ކަމެއްތޯ އެހިއެވެ. އޭނާއަށް ޖެއްސުމަށާ ނޫނީ ސަމާސާއަކަށް ވެސް އެފަދަ ކަމެއް އެމީހުން ނުކުރާނެއެކޭ ލަބާންއަކަށް ނުބުނެވޭނެއެ. ނަޔަލް އަދި ހާރިމް އެއީ އެމީހުންގެ ކަމެއް ނޫން ކަމުގައި ބުނެ މެސެޖުކުރިއެވެ.

ލަބާން: “ކަލޭމެންގެ ކަމެއްކަން މަށަށް އެނގިއްޖެޔާ ނިމުނީ އިނގޭ. އެހެންވީމަ ފަޅާ އެރުމުގެ ކުރިން ރީއްޗަށް ބުނޭ”

ނަޔަލް: “ބްރޯ ހުވާ ގަންދީ ތިއީ މަގޭ ކަމެއް ނޫން. މަ ކީއްކުރަން މި ކަހަލަ ކަމެއް ކުރަންވީ”

ހާރިމް: “އެއީ ތެދެއް ތިއީ މަގޭވެސް ކަމެއް ނޫން”

ލިއަމް: “އަހަރުން ވެސް ކީއްކުރަން މި ކަހަލަ ސަމާސާ ކުރަންވީ؟”

ޒެއިން: “މަ ނަމަ ސީދާ މަގޭ ނަންބަރުން ކައޭއަށް މެސެޖު ކުރާނީ. މަށަކީ ކާކުކަން ނޭންނޭ ގޮތަށް މީހުންނަށް މެސެޖު ކުރާ، ގަޓެއް ނެތް މީހެއް ނޫން”

 

އެކުވެރިންގެ ކަމެއް ނޫންކަން ޔަގީންވުމާއެކު ލަބާންގެ ހާސްކަން އިތުރުވިއެވެ. މީހަކު ލައިރާ އަދި ނަދާއަށް ފަރަލަނީއެވެ. އެމީހެއްގެ ބޭނުމަކީ ކޮބައިކަމާއި އެމީހަކީ ކާކުކަން ނޭންގެނީސް އޭނާއަށް ހަމައެއް ނުޖެހޭވޭނެއެވެ. ލަބާންއަށް ކޮޓަރީ ނޯވެވިގެން ގޮސް ލައިރާ ކޮޓަރީ ތަޅައިގަތެވެ.

 

ގަދަ ނިދީގައި އޮތް ލައިރާއަށާ ހޭލެވުނީ ދޮރިގައި ތަޅައިގަތް އަޑަށެވެ. ދޮންމަންމަ ކަމަށް ހިތައި ނިކަން އަވަހަށް އެނދުން ފައިބައިގެން ގޮސް ދޮރު ހުޅުވިއެވެ. އޭރު މީހާގެ ނިދި ފިލާ ހިނގައްޖެއެެވެ. ދޮންމަންމަގެ ބަދަލުގައި ލަބާން ފެނުމުން މޫނު މަތީގައިވި ބިރުވެރިކަން ރުޅިއަށް ބަދަލުވިއެވެ. “ވަޓް ދަ ހެލް. މިއޮށް ފަދަ ދަންވަރު ގަޑީ ކޮން ކަމެއް..ބައްޕައަށް..” “މަށަށް އެނގޭ އަހަރުމެން ދެމީހުން ލޮލާ ލޯ ބައްދަލު ނުވާކަން އަދި ލައިރާ މިގެއަށް އައި ފުރަތަމަ ދުވަސްކޮޅު މަށަށް ކަންތައް ކުރެވުނީވެސް ރަނގަޅަށް ނޫންކަަން. އަހަންނަށް އެނގޭ އެއްޗަކީ ބޭބެއެއްގެ ހައިސިއްޔަތުން މާގޭ ޒިންމާއެއްކަން ލައިރާ ރައްކާތެރި ކުރުމަކީ…” “ހައް. ޖަސްޓް ބި ކޯޒް މައި ޑޭޑް މެރިޑް ޔުއާރ މަމް ޑަސަންޓް މީން ޔޫ އާރ މައި ބްރަދާރ..” ލައިރާ ވަގުތުން ލަބާންއަށް ރައްދުދިނެވެ. ލަބާން ދެން ބުނެލި ޖުމްލައިން ލައިރާއަށް ހީވީ އޭނާ ފައިދަށުން ބިން ގަނޑު ފަޅައިގެން ދިޔަ ހެންނެވެ. “ރަނގަޅު މަގޭ މަންމައާ ލައިރާގެ ބައްޕަ އިނުމަކުން އަދި މަށެއް ލައިރާގެ ބޭބެއަކަށް ނުވާނެ. އައި އޭމް ޔުއާރ ބްރަދާރ ބި ކޯޒް ހީ އިޒް މައި ފާދާރ ޓޫ”

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

މަންޒިލް ތިޔޭ – އަށްވަނަ ބައި

Next

މަންޒިލް ތިޔޭ – ނުވަވަނަ ބައި

Next
May 28, 2022

މަންޒިލް ތިޔޭ – ނުވަވަނަ ބައި

Previews
May 25, 2022

މަންޒިލް ތިޔޭ – އަށްވަނަ ބައި

2 Comments!

  1. Anonymous says:
    May 28, 2022 at 2:06 pm

    Vaahaka vrh rythi ??❤️?♥️ Masha Allah ♥️ Ekm part thah nerumuga thankolheh lahyy ? unmeedhu kuran next part thankolheh avahah genesdheyne kamah ☺️☺️☺️

  2. Anonymous says:
    May 28, 2022 at 2:07 pm

    And next part thankolheh dhigu kolla dhehcheyy ☺️

Comments are closed.

Next Episodeލޮތްބަށްޓަކައި 5←


All Right Reserved!