ރޭވުމާ އެއްގޮތަށް ޒަމްރާ މަންހާމެން ގޮވައިގެން އައިޝާމެން ގެޔަށް އައީ ބަރާބަރު 8 ޖެހީރުގައެވެ. މިއަދު ހަތަރުދަމު އައިޝާ ކޮބާހޭ އެހުމުން ޒަމްރާ ދެއްކި ބަހާއަކީ އޭނާ ކުޑަކޮށް ބަލިވެ އުޅޭކަމެވެ. އެހެންވެ ހޫދުވެސް ގެއިން ބެރަށް ނުނެރި ބަހައްޓާފައި ހުރިވާހަކައެވެ. މަންހާއާ ޒާމިންއަށް އެނގިފައި ވާގޮތުން އެމީހުން މިގެޔަށް މިއައީ އައިޝާ ހޮސްޕިޓަލަށް ފޮނުވޭތޯ ބަލާށެވެ. ޒަމްރާ ވަރަށް ކިޔުމުންވެސް އައިޝާ ހޮސްޕިޓަލަށް ނުދިޔަސް ޒާމިންއަށް އެކަންވާނެކަން އެނގޭތީއެވެ. “މިގެ މިއޮތީ ނުވެސް ދިއްލައެެއްނު. އާޝި […]
“ކޮބާ އާޝި ފެނޭތަ. މަކަރު ނަހަދާ ބުނާތި. ހޫދުގެ މަންމި ވަރަށް މޮޅުވާނެ ބްލައިންޑް ފޯލްޑްގަ ޗީޓްކުރަން” މަންހާ ވާހަކަ ދެއްކީ ހޫދުއާއެވެ. “ހޫޑީ ދަރިފުޅާ ޕްރޮމިސް މަންމި ޗީޓް ނުކުރާނަން. މި މިންނުގަނޑު ކިޔާ އެއްޗެއްސަށް އަޅާނުލާ.” ލޯމަތީގައި ބަނދެވިފައިވާ ފޮތިގަނޑުގައި އަތް ޖައްސާލަމުން އައިޝާބުންޏެވެ. އެޔާއެކު ރާއިން އަހަރުމެންވެސް އެބަތިބީމޭ ބުނި އަޑުއިވިގެން ދިޔައެވެ. އައިޝާގެ ލޯމަތީގައި ފޮތިގަނޑު ބަދެވިފައި ވުމުން ފަހަރަކު މީހަކު އޭނަޔަށް ކޮންމެވެސް ޖެއްސުމެއް ކޮއްލާނެއެވެ. މިކަމުގަވެސް އެންމެ ފޯރިއަރުވާލީ […]
ވަރަށް ފޯރިޔާއެކު ހަފްލާ ފެށިގެން ދިޔައެވެ. އައިޝާއާ ދާނިޝްގެ ހުށައަޅާދިނުމުގެ ހުނަރު ކިތަންމެހާވެސް ފުރިހަމައެވެ. ބެލުންތެރިން އިތުރަށް ޝައުގުވެރިވާނެ ފަދައިން އެކި ވާހަކަތަށް ދައްކައެވެ. ކޮންމެ އައިޓަމެއްވެސް ކިޔާދެނީ ފުރިހަމަކަމާއެކުގައެވެ. އެކިކަހަލަ ތަމްސީލުތަކާ ނެށުންތަށް ހުށައެޅިގެން ދިޔައެވެ. ބައެއް އައިޓަމްތަކުން މީހުންތަށް ރޮއްވާލާއިރު އަނެއް އައިޓަމްތަކުގެ ސަބަބުން ހީހީ ބަނޑުގަ ގޮށްލާވަރު ވާނެއެވެ. ޝޯވް ނިމޭކޮޅަށް ދިޔުމުން އައިޝާ ބާކީބައި ހުށައަޅައިދިނުމަށް އެހެން މުވައްޒަފަކާ ހަވާލުކުރިއެވެ. ޝޯވްގެ ބާކީބައި ހުށައަޅާދިނުމަށް ހަމަޖެހުނީ ރާއިންއާއެކު އެހެން އަންހެން ނަރުހަކަށެވެ. […]
“ހަލޯ ސަންޝައިން. ކީކޭ؟ ” ލެޕްޓޮޕްގެ ސްކްރީންއަށް ގެއްލިފައިއިނދެ ރެހާން ފޯން ނަގާ ކަންފަތުގަ ޖަހާލީ ސަނާޝް ގުޅިކަމަށް ހީކޮށެވެ. މާބޮޑަށް ހަނދާންވީކަމަށް ވެދާނެއެވެ. “ރެއިން. ވަރަށް އަވަހަށް ގެޔަށް އާދެވިދާނެތަ.” އަނެއްކޮޅުން އިވިގެން ދިޔައީ އާސިމާގެ އަޑެވެ. އެއަޑުގައި އެކުލެވިފައިވާ ހާސްކަން ރެހާންއަށް އިހުސާސް ކުރެވުމުން ކުރަންހުރި މަސައްކަތް ބަހައްޓާފައި ގެޔަށް ދިޔުމަށް އަވަސްވެގަތެވެ. އަނެއްކާ ސަނާޝްއަށް ކަމެއްވީބާއެވެ؟ “އޭ ނިހާން. ބައްޕަ ގާތުގަ ބުންލައްޗޭ މުހިންމުކަމަކު އަހަރެން ގެޔަށްދިޔަ ވާހަކަ” ރެހާންއަށް ނިހާންއާ ދިމާވީ […]
“ބައްޕަ ބަލަ ރެހާންް. އެފޮތް ނުދިނީ” ކޮޓަރިން ނުކުމެގެން އަންނަ އިމްރާންފެނުމުން ސަނާާޝް ކުޑަކުއްޖެއްހެން ބޮޑާހާކާލިއެވެ. ސަނާޝްއަށްއެހެން ބުނެވުނުތަނާހެން ރެހާންގޮސް ކޮޓަރިޔަށް ވަދެއްޖެއެވެ. އެތަންފެނި ސަނާޝްވެސް ރެހާންގެ ފަހަތުންދިޔަތަން ބަލަންހުރި އިމްރާންއަށް އެކުދިން އުޅުނުގޮތް ފެނިފައި ހެވުނެވެ. “ދެން ތިދީބަލަ. މާފު ކޮއްފީމޭ. މިހާރު ދުވެދުވެ ވަރުބަލި ވެއްޖެއޭ” ކޮޓަރިޔަށް ވަތް ސަނާޝް އުނަގަނޑުގައި އަތް އަޅުވާލީ ވަރުބަލި ވެގެންނެވެ. ސަނާާޝް މާފްކުރުމުން ރެހާން އެފޮތް ދިނީ ކުރިންވެސް ތިގޮތް އޮތެއްނޫންހޭ ކިޔާފައެވެ. ރެހާން އެހެން ބުނުމުން […]
“އަހަރެން ބުނިންދޯ ހެކިހިފައިގެންނޫނީ ރެއިން ކުރިމައްޗަށް ނާރާނަމޭ. މިއައި ހެކި ހިފައިގެން. ރެއިން ޖެހޭނެ އަހަރެން ހުރިހާ ވާހަކަކައެއް ދައްކާނިމެންދެން އަޑުއަހަން” ޖަނާންގެ ބަހާ އެއްބަސްވުމުން ރެހާން ބޯޖަހާލިއެވެ. ” ޝޮކެއްވެސް ލިބިދާނެ އަހަރެން މި ދައްކަން އުޅޭ ވާހަކައިން. އަހަރެންނަށްވެސް ފުރަތަމަ އިގުނީމަ ވަރަށް ހައިރާންވި. ގަބޫލެއްވެސް ނުކުރެވުނު ސަނާޝް އެހެން އުޅިފާނެ ކަމަކަށް. ރެއިން ސަނާޝް އިޒް ނޮޓް ވާރޖިން.. އޭނަ އެކަހަލަ ގުޅުމެއް ކުރިން ހިންގާފައިވާކަމުގެ ހެކި އަހަރެން އަތުގަ އެބަހުރި” ޖަނާންގެ […]
“އެދެމީހުންނާ އެކުގަ ފިހާރަޔަށް ދިޔައީ ގޭގަ ބެނުންވާ ހުރިހާ އެއްޗެއް ނެތީތަ؟ އަހަރެން ހެދުނު އެހީމަވެސް ބުނި ދެން ފިހާރަޔަށްދާނީ ފުރަން ވީމަޔޭ” ސަނާޝްގެ މޮޔަކަމުން ރެހާންއަށް އާދެވުނި ރުޅިއެވެ. މިކުއްޖާއަށް ކަމެއްކުރަން ނޭނގުނަސް ވިސްނުމެއް ހުންނާނެޔޭ ކުރިން ރެހާން ހިތަށް އެރިއެވެ. އެކަމަކު ވިސްނުން ހުންނަނީ ހަމައެކަނި ކިޔެވުމުގަ އެކަނިކަން މިއަދު ރެހާންއަށް އެނގުނެވެ. ސަނާޝް ބަސްއަހާ ކުޑަކުއްޖެއް ފަދައިން ކޮޓަރިޔަށްވަދެ އެނދުގައި އިށީނެވެ. އެމީހުން ކުރިމަތީގަ މާ ލޯބިން އުޅިފަ ހަމަ އެކަނި ވާއިރަށް […]
ކޮޓަރިޔަށް ވަދެ އެދުމަތީގައި އޮށޯންނަމުން ސަނާޝްއަށް ރެއިންއާމެދު ވިސްނާލެވުނެވެ. އެހާރީތި ފުރިހަމަ ޒުވާނެއް އޭނަޔެއް ނުދެކެއެވެ. ބޯ އެސްފިޔަތަކާއި ވިދުންގަދަ ލޮލެކެވެ. މޫނުމަތީގައިވާ ސީރިޔަސްކަމުން ސަނާޝްއަށް ފުރަތަމަ ނަޒަރުންވެސް ކަމުގޮސްފިއެވެ. އެހިނިތުންވުމަށް ފިދާވާނަމެވެސް ސަނާޝްގެ ހިތަށް އެރިއެވެ. މީގެ އިތުރުން އިމްރާންބެ ކިޔާދީފައިވާގޮތުން ދީނަށް ލޯބިކުރާ މީހެއްކަންވެސް އެނގެއެވެ. އެހެންކަމުގައިވާނަމަ އަހުލާގުވެސް ރަނގަޅުވާނެއެވެ. ސަނާޝްއަށް އޭނާގެ ނަސީބު ކިހާ ރަނގަޅުހޭ ހިތަސް އެރިއެވެ. އޭނާގެ އުނިކަމާއެކުވެސް ރެއިންފަދަ ޒުވާާނަކު އޭނަ ގަބޯލުކުރީތީ ހިތާހިތުން ޝުކުރުވެރި ވެވުނެވެ. ސަނާޝްމެންގެ […]
ރެހާން ރާއިންއާއެކުގަ ހިނގާފައި ގެޔަށް ދިޔައީ ދާމަގުމަތީގައި ތަޅުދަނޑި ނަގާނެކަމަށް ބުނަމުންނެވެ. ރާއިން ހީވަނީ ހިނގާފައި އުޅެންޖެހިގެން ޝަކުވާކުރާއިރުގަ ކުޑަކުއްޖެއްހެންނެވެ. އެހެންކަމުން ގެޔަށްވަނުމުގެ ކުރިން ރެހާން ދިޔައީ ތަޅުދަނޑި ބަލައެވެ. ގޭތެރަށް ދިޔައިރު ރީނާޒް ސިޓިންރޫމް ސޯފާގައި ވާހައެއް ހިފައިގެން އޮތެވެ. “ދޮންބެ ތަޅުދަނޑި ބަލާ ދޯ ތިއައީ؟ ނާޒް ކޮޓަރި ސައިޑް ޓޭބަލް މަތީގަ އިންނާނެ. ގެނެސްދެންވީތަ؟ ” ކަމެއް ޖެހިގެންނޫނީ ރެހާން މިގެޔަށް ނުވަންނާނެކަން ރީނާޒްއަށް އެނގެއެވެ. ރެހާން އެނަގާނެކަމަށް ބުނަމުން ސިޑިޔާ ދިމާއަށް […]