Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ބާވިސްވަނަބައި)

Awa Level 4100 Comments10 Stories100 Login
December 1, 2017 6 Mins Read
76 Comments

“މަންމިގެ ހޫޑީ. މަންމި ބަލިވީމަވެސް އަބަދު މަންމި އެކަނި ކޮއްލާފަ ދަނީދޯ” ހޫދުގައިގައި ބައްދާލަމުން އައިޝާ އެހެން ބުނެލީ ދެރަވެފައިވާކަހަލަ އަޑަަކުންނެވެ. އަދި ނަސްރީނާމެންނަށް އެތެރަށް ވަނުމަށް ދައުވަތު ދިނެވެ.
” ރެހާންމެން ދިޔައީ މާދަމާ ދަތުރު ގެންދަން މަސް ހިފަން. އަހަރެން ބުނިން މިސޮރު ބަހައްޓާފަ ދާށޭ. އަހަރެން ގެންދާނަމޭ. އައިޝާ ބަލީމަ މިގެޔަށް އަންނަން އެހެން ބުނީ. މިހާރު ކިހިނެއްތަ؟” ނަސްރީނާ ބެހެއްޓި ގާތްކަމުން އައިޝާ ހިސާބަކަށް ލަދުގަތެވެ. ކުރިން ދިމާވެފައި ނުވިނަމަވެސް ނަސްރީނާއަކީ އައިޝާގެ އަސްލު މައިދައިތައެވެ. އަނެއްކާ ނަސްރީނާއަށް ވެސް އެކަން އެނގުނީބާއޭ އައިޝާ ހިތަށް އެރިއެވެ.. ރަނގަޅޭބުނެ ބޯޖަހާލިއިރު އެމޫނުމަތީގައިވި ފުން ހިތާމަ ނަސްރީނާއަށް ފާހަގަ ކުރެވުނެވެ.
“ގިނަވަގުތު އަރާމް ކުރީމަ ދޯ އަވަހަށް ރަނގަޅުވާނީ. މާދަމާ ދަތުރު ދެވޭވަރު ވާނެޔެއްނު އޭރުން” ނަސްރީނާ ހުންނަނީ ރެހާންއާ އައިޝާ އެކުގައި އުޅޭތަން ބަލާލަން ކެއްމަދުވެފައެވެ. އެކި ވާހަކައިގަ ތިއްބާ ޒާމިންގެ އާއިލާވެސް އެގެޔަށް އަޔެވެ. އެންމެންވެސް އައިޝާ ގާތުން އެދުނީ ރަނގަޅުނަމަ މާދަން ދަތުރު ދިއުމަށެވެ. ދާން ބޭނުންނުވިނަމަވެސް އެންމެންގެ އެދުމަށް ފުރަގަސް ދޭކަށް އައިޝާއަކަށް ނުކެރުނެވެ. މައްސަލައަކީ މުޅި ދުވަހު ރެހާންގެ ކުރިމަތީގައި އުޅެންޖެހޭތީއެވެ. އެކަމަށްވެސް ކެއްކޮއްލާން ޖެހޭނެތާއެވެ. އައިޝާ މިދަތުރުގައި ބައިވެރި ވިޔެއްކަމަކު އުޅޭނީ ރެހާންއާ ވީހާވެސް ދުރުންނެވެ. އިއްޔެގެ ހާދިސާއަށްފަހު ރެހާން އައިޝާއާ ވާހަކަ ދައްކަން މަސައްކަތް ކުރާނެކަން އޭނަޔަށް އެނގެއެވެ. ނަމަވެސް އައިޝާ އެފުރުސަތެއް ރެހާންއަކަށް ނުދޭނެއެވެ.
އަރައިގެން އައި އިރާއެކު އެންމެންވެސް ތިބީ ދަތުރުދާން ތައްޔާރުވެގެންނެވެ. އައިޝާވެސް ދަތުރުދާން ނުކުތްއިރުގައި ލެންސް ލައްވާން ހިތަށްއެރިނަމަވެސް ނުލައްވާ ނުކުތީ މިހާރު ރެހާންއަށް ފޮރުވުމުގެ ބޭނުމެއް ނެތީމައެވެ.
ދަތުރުދާން އެންމެ ފޯރި އަރުވާލައިފައި އުޅޫނީ މަންހާއެވެ. ހޫދުވެސް ދަތުރު ދާހިތުން ހުއްޓެއްކަމަކު އެންމެ ވަގުތުކޮޅަކަށްވެސް ރެހާންގެ އަތުން ދޫކޮށެއްނުލައެވެ. އައިޝާ ހުރީ މިކަމާ ބޯގޮވާވަރު ވެފައެވެ. ހޫދުއަށް ވިސްނާދިނުމަށްފަހު ކުޑަވަގުތުކޮޅަކަށްވެސް އޭނަ އައިޝާގާތަށް ގެންނާކަށް ރެހާންއެއް ނޫޅުނެވެ. ހޫދުއަކީ އައިޝާގެވެސް ދަރިއެއްކަން ރެހާން ހަނދާނެތް ކަހަލައެވެ. ނޫނެކެވެ. ހޫދުއަކީ އައިޝާގެ އެކަނި ދަރިއެކެވެ. ސިކުނޑީގެ ތެރޭގައި ބޮޑު ހައިޖާނު ގަނޑެއް ހިނގަމުން ދިޔައިރު އައިޝާއަށް ކައިރީގަ ވާކަމެއް ރޭކާވެސް ނުލައެވެ. އެންމެން ފޯރިނަގާފައި ލަވަބާޒީ ކުޅެމުން ދިޔައިރު މާދުރު ނޫން ހިސާބެއްގައި އައިޝާ އެކަނިމާއެކަނިން އިށީންދެލައިގެން އިނެވެ. އެގޮތަށް މާގިނައިރަކު އައިޝާއަކަށް ނީނދެވުނެވެ. ރީނާޒް އޭނަ އަތުގަ ހިފައިގެންގޮސް އެނމެންނެތެރޭގަ ބެއިންދިއެވެ.
“އައިޝާ ދަރިފުޅު އެކަނިން ދުރުގަ ތިއިންނަނީ އަދިވެސް ކުޑަކޮށް ބަލީތަ” ޒަމްރާއާ ޖެހިގެން އައިޝާ އިށީނުމުން އޭނައަހާލީއެވެ. ނަސްރިނާވެސް އައިޝާ މަޑުމަޑުން އިންނާތީ ބަލީހޭ އެހިއެވެ. ނޫނެކޭ ބުނުމަށްފަހު އައިޝާވެސް އެންމެންނާއެކުގައި ލަވަބާޒީގައި ބައިވެރި ވެވޭތޯ މަސައްކަތް ކުރިއެވެ. ލަވަބާޒީގެ ފޯރިގަދަވުމުން ޒަމްރާއާއި ނަސްރީނާ އެގަޑިއަށް ކާއެއްޗެއް ތައްޔާރުކޮއްލުމަށްޓަކައި ދިޔައެވެ. އެމީހުންގެ ފަހަތުން ހޫދުވެސް ތެދުވެގެން ދިޔައީ ރެހާންގެ ފޯނުން ގޭމް ކުޅެމުންނެވެ. ހޫދު އެތަނުން ދިޔުމުން ރާއިންގެ ރޭވުން ފަސޭހައިން ކުރިޔަށް ގެންދެވެނެޔޭ ހިތަށް އެރިއެވެ.
“ދެން ހިނގާ މޫދަށް ދަމާ. މިހާރު ދާނިޝްމެންވެސް އެތިބަ އަންނަނީ. އެމީހުން ބުންޏޭ މޫދަށް އެރެންވާއިރަށް އަންނާނަމޭ” އެދިމާއަށް އަންނަ ހޮސްޕިޓަލްގެ ދެތިންކުއްޖަކު ފެނުމުން ރާއިން މޮޅު ހިޔާލެއްދިނެވެ. މޫދަށް އެރުމުގެ ތެރެއިން އައިޝާގެ އިހުސާސްތަށް ބޭޒާރުވެއްޖެނަމަ ކިހާ ރަނގަޅުހެއްޔެވެ.
“އާޝިއަކަށް ނެރެވޭނެއެއްނު. އާޝި އެލާޖިކްވާނެ.” މަންހާ އެހެން ބުނުމުން ތެދެކޭ ކިޔާލައިފައި އައިޝާ ހިނގައިގަތީ އެއްގަމަށެވެ. މޫދުގައި އެމީހުންނާއެކުގައި ސަކަރާތް ޖަހަން ވެއްޖެނަމަ ރެހާންއަށް އޭނަޔާ ގާތްވުމުގެ ފުރުސަތު ލިބިގެން ދާނެޔޭ އައިޝާ ހިތަށް އެރިއެވެ. މަންހާ އެހެން ބުނުމުން އެކަމުންވެސް ސަލާމަތްވީތާއެވެ. އެމީހުންނަށް އިނގިފައިވާ ގޮތުންނަމަ އައިޝާ މުދަށް އެރުމުން އެލާޖިކްވެއެވެ.
އައިޝާމެން ހިގާފައި ދިޔަތަން ބަލަން ރެހާންހުރީ ސުވާލުގެ ނަޒަރަކުންނެވެ. ރެހާންގެ އޭޝް މޫދަށް އެލާޖިކްވީ ކޮންއިރަކުބާއޭ އޭނަ ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އައިޝާ މޫދައްއެރުމުން އެލާޖިކް ނުވާނެކަން ރެހާންއަށް ޔަގީނެވެ.
” އޭނަ މޫދަށް އެލާޖިކްވެޔޭ ބުނީ ކާކުތަ؟” ރެހާންގެ ހިތުތެރޭގަ އޮތް ޖުމްލަ ދުލާ ހިސާބަސްވެސް އަޔެވެ. ޒާމިން ހައިރާންވިނަމަވެސް އޭގެ ޖަވާބު ދިނެވެ.
“ޒާމިން ދުށިންތަ އޭނަ އެލާޖިކް ވެފަ ހުއްޓާ؟ އެހެންނޫނަސް ތިބުނީ ހަޔެއްކަ އަހަރު ވެދާނެޔެ މޫދަށް ނޭރޭތާ. މިހާރު ރަނގަޅުވެފަ ހުންނާނީ” ރެހާން ޔަގީންކަމާއެކުގަ ބުނެލުމުން ޒާމިންވެސް ބޯ ޖަހާލިއެވެ. އެހާ ގިނަ ދުވަސްވުމުން ފަހަރެއްގައި ބަދަލުވެސް އައިސްފާނު ނޫންހެއްޔެވެ.
“އޭ މާހެވިފަ ދާނެކަމެއްނެތް އިނގޭ މިންނުމެން. ވިސްނައިގެން ތިބޭނީ. ހަމަރަނގަޅަށްވެސް ތެންމާލާނަން” ރާއިން ތަންކޮޅެއް ބާރަށް ބުނެލީ މަންހާމެންނަށް އަޑުއިއްވާލާށެވެ. އެންމެން މޫދަށް ހިނގައިގަތްއިރު ރާއިން ވިސްނަމުން ދިޔައީ އެދެމީހުން ތެންމާލާނެ ގޮތަކާމެދުގައެވެ. މޫދުގައި ކުޅިވަރު ކުޅުނު އިރުވެސް އެންމެންގާތުގައި އަހައިގެން އެމީހުން ތެންމަން މޮޅު ޕްލޭނެއް ރޭވޭތޯ މަސައްކަތް ކުރިއެވެ.
“މިތަނުން ކޮންމެ މީހަކު މޫދުން އެރިޔަސް އެމީހުން ދުވެ ފިލާނެ. މިންނު ނުދިޔަސް ގައިމު އައިޝާ ދާނެ ދޯ؟ މިންނުއާ މާގިނަ ސަކަރާތެއްވެސް ނުޖެހޭނެ ތެއްމަންށެ ކިޔާފަ” އެންމެންގެ ތެރޭގައި ވާހަކަ ދައްކަމުން ދިޔައިރުވެސް ރަނގަޅު ހިޔާލެއް ނުލިބުމުން ލީން ބުނެލިއެވެ. ލީންއަކީވެސް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޒުވާން ޑޮކްޓަރެކެވެ. ރާއިންގެ އެދުމަށް ދަތުރު އައީ އެމީހުންނާ ކޮންމެވެސް ވަރަކަށް އެކުވެރި ވީމައެވެ.
“އަހަރެން އަރަންތަ ވާގޮތެއް ބަލަން. ޔަގީނަށްވެސް އައިޝާ ހިތަށްވެސް ނާރާނެ އަހަރެން އެކަހަލަ ކަމެއް ކޮށްފާނެޔެކޭ” ރެހާންއަށް މޮޅު ހިޔާލެއްއަޔެވެ. އެމީހުން ތެންމާލަން ރެހާންއަށް ކެރޭނެތޯ އެންމެން ކިޔެވެ. އަމުދުން އައިޝާއާ ރެހާންއަކީ ރީއްޗަށް ވާހަކަ ދައްކާ ބައެއްވެސް ނޫންކަން އެންމެންނަށް އިގެއެވެ. ޒާމިން އޭރުވެސް އައިޝާ ގަޔަށް ލޮނު ނޭޅުމަށް ބުންޏެވެ.
“ޓްރަސްޓްމީ ޒާމިން. އޭނަޔަށް އެއްވެސް ކަމެއް ނުވާނެ. އެކަމު އަހަރެން އައިޝާ މޫދައް ލައިފިއްޔާ ތިމީހުން އަހަންނަސް ޓްރީޓް ދޭންވާނެ އިނގޭ” ރެހާން މޫދުން އަރަމުން އެންމެންނަށް ބުނެލިއެވެ.
ކުޑައިގެ ހިޔަލުގައި މަޖާމޮޑުމަށް އެއްޗެހި ކޮށަމުން ދިޔައިރު އެންމެންވެސް ތިބީ އޮލަވާހަކައެއްގައެވެ. ނަސްރީނާއާއި ޒަމްރާ އެމީހުންގެ ދަރިންގެ ކުޑައިރުގެ ވާހަތަށް ކިޔަމުން ދިޔައިރު މަންހާއާ އައިޝާ ތިބީ ޝައުގުވެރިކަމާއެކުގައި އަޑުއަހާށެވެ. ނަސްރީނާ ކިޔާދެމުން ދިޔައީ ރެހާންއާއި ރާއިން ކުޑައިރު ކޮށްފައި ހުންނަ މަޖާ ކަންކަމުގެ ވާހަކައެވެ. މަންހާ ހީހީފައި އެމީހުންނާ ދިމާކުރާން ވިސްނަމުން ދިޔައިރު ޒަމްރާ ދިޔައީ މަންހާ ކޮށްފައި ހުރި ޖޯކް ކަންކަން ކިޔާދެމުންނެވެ. އައިޝާވެސް ހީހީފައި މަންހާ އާ ދިމާކުރަމުން ދިޔައެވެ.
“އޭ އެޔޮށް އަންނަނީ ރެހާން. ޔަގީން އަހަރުމެން ދެމީހުންނަށް އަންނަ ހަމަލާ އެއްކަން އެއީ” މަންހާއަށް މޫދުން އަރައިގެން އަންނަ ރެހާން ފެނުނެވެ. އައިޝާވެސް އެދިމާއަށް ބަލާލިއެވެ. ނަޒަރު ވަކިކޮއްލަން ނެގުނީ ރެހާންގެ ހިތްގައިމުކަމުންނެވެ. ތެމިފައިވާ އިސްތަށިގަނޑުގެ ސަބަބުން އިތުރަށް ރީތިކަމަށް ދައްކައެވެ. ގަޔަށް ހިފާފައިވާ ޓީޝާޓްގެ ސަބަބުން އެކަސްރަތީ ހަށިގަނޑު ވަރަށް ރީއްޗަށް ފާޅުވަން ހުއްޓެވެ. ހަރުހިތެއް ދެއްވާފައި ވީނަމަވެސް ހާދަ ރީތި ފިރިހެނެކޭ އައިޝާ ހިތާހިތުން ކިޔާލިއެވެ. ދެވަނަ ސިކުންތުގައި އައިޝާ އިސްޖަހާލީ ރެހާން އޭނަޔާ ދިމާއަށް ބަލާކަން އެނގުމުންނެވެ.
” އާޝި އަހަންނަށް ދުވެ ނުފިލުނަސް ޔޫ އަށް ފިލިދާނެދޯ. ވަގުތު އޮއްވާ އަވަހަށް ދުވޭ” ރާއިން އެކަހަލަ ކަމެއްކުރިޔަސް ރެހާން ނުކުރާނެޔޭ ނަސްރިނާ ބުނިކަމުގައިވިޔަސް މަންހާއަށް އެކަމެއް ގަބޫލެއް ނުކުރެވުނެވެ. ރެހާންއައިސް ކައިރީގައި ހުރި ފެންފުޅިވެސް އައިޝާގެ ބޮލަށް އަޅާލައިފާނެޔޭ މަންްހާ ކިޔެވެ. ނަމަވެސް އައިޝާ މިކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ރެހާންއަށް އައިޝާގެ އަތުގަވެސް ހިފާލަން ނުކެރޭނެޔޭ ހިތާހިތުން ކިޔާލިއެވެ.
” ކޮބާ ދެން ކޮންތާކަށް ދުވަނީ. އަދި އަހަރެން ސެއިންޓްއަކަށް ހަދައިގެން ތި ތިބީނު މިތާގަ” ކުޑަދަށުގަ ހުރި ފެންފުޅީގެ މަތި ހުޅުވާލަމުން ރެހާން ހީލިއެވެ. މަންހާގެ ގަޔަށް އެޅިޔަސް އައިޝާގެ ގަޔަށް އެއިން އެންމެ ފެންފޮދެއްވެސް އަޅަން ނުކެރޭނެޔޭ އައިޝާ ހިތަށް އެރިއެވެ. ބަލަބަލާ ހުއްޓާ މަންހާގެބޮލަށް ރެހާން އެ ފެންފުޅި ހުސްކޮއްލުމުން އައިޝާ ޕަކަޕަކަ އަޅާފައި ހޭން ފެށިއެވެ. ހޫދުއަށްވެސް މިމަންޒަރުފެނި ގަދަޔަށް ހެވުނީ ފެންފުޅި އޮއްސާލުމުގެ ކުރިން ރެހާން އެޔަށް ކުލައަޅާ ގިރުވާލީމައެވެ. މަންހާ ތުން އޫކޮށްގެން އިނދެ ކުދިކިޔަމުން ދިޔައެވެ.
” އަދި ވަރަށް ގަދަޔަށް އެބަހެޔެއްނު އެންމެންނަށް ދޮގުހަދާފަ. މިއަދު އެނގިދާނެތާ ތިވާ އެލާޖިކެއްވެސް” ރެހާން ގެނައި ކުއްލި ހަރަކާތަކާއެކު އައިޝާ އަތްދަނޑި މައްޗަށް އުފުލާލިއެވެ. އައިޝާ ދޫކޮއްލާށެ ކިޔާ ރެހާންގެ އަތުގަ ހިފަމުން ބޮޑާ ހާކާލީ ކުޑަކުއްޖެއްހެންނެވެ. އޭރު ހޫދުވެސް މިކަން މަޖާވެގެން ރެހާންއަށް ‘ހޮޕްހޮޕް’ ކިޔަމުން ދެއެވެ. މަންހާމެންވެސް ރެހާންއަށް އެކަހަލަ ކަމެއް ކުރަން ކެރުމުން ތިބީ ހައިރާންވެފައެވެ. ނަސްރީނާ ހެވިފައި މިމަންޒަރު ބަލަން އިނެވެ.. އެދެކުދިން އަބަދުވެސް އެހެން އުޅޭންނަމަޔޭ ނަސްރީނާ ހިތަށް އެރިއެވެ.
“ކޮބާ. ދޮންބެ ތި ގަދަ މީހެކޭ. ރީއްޗަށް ނައިމަ އެއަންނަނީ ކޮނޑަށް ލައިގެން” އައިޝާ ގޮވައިގެން އަންނަ ރެހާން ފެނުމުން ރާއިން އެންމެންނަށް އެމަންޒަރު ދައްކާލިއެވެ. އޭރު އައިޝާ ގަދަ ހަދަމުން ދެއެވެ. އެކަމަކު ރެހާންގެ އެބާރުގަދަ މުލައްދަނޑިގެ ކިބައިން ސަލާމަތް ވެވިދާނެހެއްޔެވެ. ކާމިޔާބީގެ ހިނިތުންވުމެއް ދެމުން ރެހާން އައިޝާ މޫދަށްލިތަން ބަލަން އެންމެން ތިބީ ކޮސްވެފައެވެ. ރެހާންއަށް އެހާ ހިތްވަރެއް ލިބުނީ ކޮންތާކުންބާއޭ ޒާމިން ހިތަށްް އެރިއެވެ.
“ދޫކޮއްނުލާ. ޕްލީޒް ފަތާކަށް ނޭނގެޔޭ” އައިޝާ ރަނގަޅަށް ތެމޭވަރުވުމުން ރެހާން އައިޝާގައިން ދޫކޮއްލިނަމަވެސް އައިޝާ ހުރީ ރެހާންގެ ކަރުގައި އަތް އަޅުވާލައިގެންނެވެ. އައިޝާގެ މި ލޯބިވެތި އަދާއިން ރެހާންގެ ހިތުގެ އެންމެ ފުންމިނަށްވެސް އަސަރު ކުރުވިއެވެ. މަޑުމަޑުން އައިޝާގެ އުނަގަނޑުގައި އަތް ވަށާލުމަށްފަހު ކަމެއް ނުވާނެޔޭ ބުނެލީ އޯގާތެރިކަމާ އެކުގައެވެ. އައިޝާ ލޯހުޅުވާލުމަށްފަހު ރެހާންގެ ކޮޑުން އަދިވެސް އަތް ދޫކޮއްލާކަށް އައިޝާ ހިޔާލެއް ނުކުރިއެވެ. މިވަގުތުކޮޅު ދިގުދެމިގެން ދާނެނަމައޭ ރެހާން ހިތަށް އެރިއެވެ.
“ސާބަސް. އަހަރެން ހީކުރީ އަސްލުވެސް އެލާޖިކް ވަނީކަމަށް. ތި ވާ އެލާޖިކްއެއީ ފަތަން ނޭނގޭތީ ވާގޮތެއްދޯ” އައިޝާއަށް ވީގޮތް ފެނި ޒާމިންއަށް ހެވުނެވެ. އައިޝާވެސް ޒާމިންއަށް ލޯއަޅާލުމަށްފަހު ރެހާންއާ ދުރުވެލަމުން ޒާމިންއާ ދިމާއަށް ލޮނުތަށް އުކައިގަތެވެ. ރެހާންއާ ގާތްވެލުމުން އެހިތަށް ފިނިކަމެއް ލިބިގެން ދިޔަނަމަވެސް އެކަން ގަބޫލުކުރާކަށް އައިޝާ ބޭނުމެއް ނުވިއެވެ.
“ރާއިން ހޭނެކަމެއް ނެތޭ. މީ މި ސަކަރާތް ބޮނޑީގެ ކަންތަށް” އައިޝާހުރީ ރެހާން ކުރިކަމަކުން ފާޑަކަށް ރުޅިއައިސްފައެވެ. ރެހާންއާ ދިމާއަށް ބަލާވެސް ނުލާ ރާއިންއާ ދިމާއަށް އެއްޗެހި ކިޔަމުން ދިޔައެވެ. ހޫދުއާއެކުގަ މޫދަށް އެރެން ދަނީ ކަމަށްބުނެ އައިޝާ އެއްގަމަށް އެރިއިރުވެސް އެމޫނުމަތިން ހިތްހަމަނުޖެހުން ފާޅުވެއެވެ.
ދުވަހުގެ ބާކީ އޮތްވަގުތުތަށް އައިޝާ ހެދަކުރީ ރެހާންއާ ދުރުގައެވެ. ހޫދުއާއެކުގައި ރާޅުޖަހާހިސާބުގަ ކުޅެން އިންއިރު ރެހާން އައުމުންވެސް އައިޝާ އެތަނުން ދިޔައީ އެންމެ ވަގުތުކޮޅަކަށްވެސް ރެހާން ގާތުގައި މަޑުކުރަން ވެއްޖެނަމަ އޭނާގެ އިހުސާސްތަށް އޮބިނޯންނަވަރު ވެދާނެތީއެވެ. އަދިވެސް އައިޝާގެ ހިތުގައި ރެހާންގެ ނަންވާކަން އޭނަޔަކަށް އެނގެކަށް އައިޝާ ބޭނުމެއް ނުވެއެވެ. ރެހާންވެސް އައިޝާއާ އިތުރު ސަމާސާއެއް ކުރަން އިތުރަށް މަސައްކަތް ނުކުރި އައިޝާ ހިތްހަމަ ނުޖެހިފަ ހުރިކަން އެނގޭތީއެވެ. އެކަމަކު މިހެން އައިޝާއާ ދުރުގައި އުޅޭކަށް ރެހާންއަކަށްވެސް ފަސޭހައެއްނޫނެވެ. ރެހާން ނިންމީ މިރޭގެ ވަގުތެއްގައި އައިޝާގެ ކިބައިން މާފަށް އެދޭށެވެ. އެހަޔާތަށް އައިޝާއާ ހޫދު ގެންނަން ބޭނުންވާކަން އަންގާށެވެ. ރެހާންގެ ހިތުގައި އަދިވެސް އައިޝާއަށްޓަކާ އޮތް ލޯބި ފަނޑުވެގެން ނުދާކަން ހާމަކޮށްދޭށެވެ.
ދަތުރުގައި އެހާވަރަށް ސަކަރާތްޖެހުމުގެ ސަބަބުން ހޫދު އިރުއޮއްސުނު އިރަށް ނިދައިފިއެވެ. އިޝާކޮއްގެން ނިދަން މަޑުކުރެވުނީވެސް އައިޝާ ވަރަށް މަސައްކަތް ކޮށްގެންނެވެ. ހޫދު ނިދުމުން އައިޝާ ސިޓިން ރޫމްއަށް ނުކުމެލީ ހިޔާލުތަކުގެ ސަބަބުން ބޮލަށް ބަރުވެފައިވާތިއެވެ. ރެހާންގެ އަމަލު ތަކުގެ ސަބަބުން އައިޝާގެ ހިތުގައިވާލޯބި ފާޅުވާކަށް އައިޝާއެއް ނޭދެއެވެ. ދެވަނަފުރުސަތެއް އައިޝާ ރެހާންއަށް ދޭކަށް ބެނުމެއް ނުވެއެވެ. މާޒީ އަލުން ތަކުރާރު ވެދާނެކަމުގެ ބިރު އައިޝާހިތް ވަށާލައިފާ ކަހަލައެވެ. ރެހާންގެ ހަނދާންތަކުން އައިޝާގެ ލޯކަރުނުން ފުރިގެން ދިޔައެވެ. ރެހާން އައިޝާއަށް އެހެން ހެދީ ކީއްވެހެއްޔެވެ. އައިޝާއާމެދު އެގޮތަށް ކަންތަށް ނުކުރިނަމަ މިއަދި އައިޝާ ވީހީ ރެހާންއާ އެކުގައެވެ. އެކަމަކު އައިޝާއަށް ކެހިވެރި ލޯތްބެއްގެ ދަޅަ ދެއްކުމަށްފަހު ރެހާން ދުވެފިލީިއެވެ.
ގޭތެރަށް ވަދެގެން އައި ރެހާންއަށް ސިޓިން ރޫމްގައި އައިޝާއިންކަން ޔަގީންވީ ފަންކާގެ އަޑު އިވުމުންނެވެ. އައިޝާ ކުރިމައްޗަށް އެރުމުން ދައްކާނެ ވާހަކަތަށް ހިތުގައި ރާވާލަމުން ރެހާން އެތެރެޔަށް ވަތްއިރު މައާފް ލިބޭނެކަމުގެ ޔަގީންކަން ރެހާންއަށް އޮތެވެ. އައިޝާ ކުރިންވެސް ރެހާންދެކެ ވީލޯތްބަށް އެއްވެސް ހިރަފުސްކަމެއް އަރާފާނެކަމަކަށް ރެހާން ގަބޫލެއް ނުކުރެއެވެ. ރެހާންއަށް ކުރެވުނު ކުށުގެ ބަދަލުގައި އައިޝާވެސް ވަނީ ހޫދުއެއީ އޭނާގެ ދަރިޔެއްކަން ރެހާންއަށް ސިއްރު ކޮއްފައެވެ. އެހެންކަމުން އައިޝާ ރެހާންއަށް މައާފު ނުކުރަންވީ އެއްވެސް ސަބަބެއް އޭނަޔަކަށް ނުވިސްނުނެވެ.
ފަހަތުން މީހެއްގެ ހިލަމެއް ވިހެން ހީވެގެން އައިޝާ ފަސްއެނބުރި ބަލާލިއެވެ. ރެހާންފެނުމުން ކޮޅަށް ތެދުވެވުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. މޫނު އަނބުރާލުމަށްފަހު ކޮޓަރިޔަށްދާން ހިނގައިގަތީ ރެހާން މާފަށް އެދޭއަޑު އަހަން ބޭނުން ނުވާތީއެެވެ. އައިޝާކުރި އާދޭހުގެ އަޑު އެދުވަހު ރެހާންއަށް ނީވުނުނަމަވެސް ރެހާންގެ އެންމެ ޖުމަލަޔަކުންވެސް އައިޝާގެ ހިތް ރެހާންއަށް ފިދާވެދާނެކަމުގެ ބިރު އައިޝާއަށް ހީވެފައި ވާލެއްބޮޑުކަމުންނެވެ.
“އޭޝް.” އައިޝާ ކުރިޔަށް އަޅާލި ފިޔަވަޅު ހުއްޓާލީ ރެހާން އޭނާގެ އަތުގައި ހިފާލިހެން ހީވެގެނެވެ. މިއަދު ރެހާން އެއަތުގައި ހިފާންވީ ކީއްވެބާއޭ އައިޝާ ހިތަށް އެރިއެވެ. އަދިވެސް ރެހާން ހިތް ފުރޭވަރު ނުވަނީބާއެވެ. ނޫންނަމަ އަދިވެސް އައިޝާއާ ދިމާއަށް ކިޔަންވީ އެއްޗެހި ހުސް ނުވަނީބާއެވެ. ރެހާންގެ މޫނަށް ބަލާލުމެއްނެތި އައިޝާ ބަލާލީ އޭނާގެ އަަތަށެވެ. އެދެލޮލުގައިވާ ކަރުނަތަށް އެވަގުތު ރެހާންއަށް ފެނުމުން ހީވީ މީހަކު އޭނާގެ ހިތަށް ތޫނު އެއްޗެއް ހަރާލިހެންނެވެ. އައިޝާގެ ލޮލުން އިތުރަށް އެންމެ ކަރުނަތިއްކެއްވެސް ވެއްޓޭކަށް ރެހާން ބޭނުމެއްނުވެއެވެ.
” ދޫކޮއްލާ” އެހުރިގޮތަށްހުރެ އައިޝާ ބުނެލިއިރު އަޑުގައި މަޑުމަޑު ތުރުތުރެއްވެއެވެ. ރެހާންއަށް ބަލާލުމެއްނެތި އިސްދަށަށް ޖަހާލައިގެންހުރީ އެ ރީތި ސޫރަފެނި އައިޝާގެ ހިތް އޭގެ މަގާމު ދޫކޮށްފައި ހިނގޭދާނެތީއެވެ
“އަހަރެން މިއަތުގަ މިހިފީކީ ދޫކޮސްލާކަށްނޫނޭ އޭޝް. އަބަދުގެއަބަދަށް މިހިފީ އިންޝާﷲ” ރެހާންގެ ޖުމްލަ މެދު ކަނޑާލީ ކަރުނައިގެތެރެއިން އިވެގެން ދިޔަ އައިޝާގެ ހުނުމުގެ އަޑަށެވެ.
“ހެހެ. ރެހާން ތިހެން ބުނީމަ އަހަރެން ތިކަމަށް ހެއްލޭނެކަމަށްތަ. ރެހާން. އެއްހަރަކުން ދެފަހަރަކަށް ކައްޓެއް ނުޖެހޭނެ އަހަރެންގެ ގަޔަަށްވެސް. އަހަރެން އެހާ މޮޔަކަމަށްތަ ރެހާން ހީކުރަނީ” މަލާމާތުގެ ރާގަކަށް އައިޝާ ބުނެލިއެވެ.
“ނޫން އޭޝް ތިހެން ނުބުނޭ. ﷲ ދެނެވޮޑިގެންވާނީ އަހަރެންގެ ހިތުގައި އޭޝްއަށްޓަކާ ވީ ތެދުވެރި ލޯބި. ބައެއްގެ މަކަކުވެރި ރޭވުމެއްގެ ދަލުގައިޖެހި އޭޝްއާމެދު އެގޮތަށް ކަންތަށް ކުރެވުނީމަ މިއަދު އަހަރެން އިންތިހާއަށް ލަދުގަނޭ. އަހަރެން މިދުނިޔެއިންވެސް ހަމައެކަނި ބޭނުންވަނީ އޭޝް އަހަންނަށް މާފުކޮށްފަ މިހަޔާތަށް އަނބުރާ އައުން. ޕްލީޒް އަހަންނަށް މާފުކުރޭ” ރެހާން އިސްދަށަށް ޖަހާލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައީ ކުއްވެރިއެއް ފަދައިންނެވެ. ރެހާންއަށް އައިޝާއާމެދު ކަންތައް ކުރެވުނު ގޮތުން ހަގީގަތުގައިވެސް އެކަމާލަދުގަނެ ދެރަވިއެވެ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ކަރުނައިން ލޯފޭދިފައި……………

Next

ކަރުނައިން ލޯފޭދިފައި 2

Next
December 2, 2017

ކަރުނައިން ލޯފޭދިފައި 2

Previews
December 1, 2017

ކަރުނައިން ލޯފޭދިފައި……………

76 Comments!

  1. Awa says:
    December 1, 2017 at 6:49 pm

    Salaam all??miothy up kollevifa. Was v busy so thankolheh kuruvedhaane. My apologies for that. Nd hope all of you will like this ep also??LOVE YOU ALL???❤❤??????

  2. Xaaaan says:
    December 1, 2017 at 6:50 pm

    Yey first dhw

    1. Awa says:
      December 1, 2017 at 6:50 pm

      Yes dear you first??

  3. Manna says:
    December 1, 2017 at 6:56 pm

    Yaay me 2nd vrh salhi

    1. Awa says:
      December 1, 2017 at 7:17 pm

      Yeh. Thanks dear

  4. Manna says:
    December 1, 2017 at 6:57 pm

    Luv ya awa ????☺️☺️☺️☺️????????????????????????????

    1. Awa says:
      December 1, 2017 at 7:17 pm

      Lymm dear

  5. sweetie says:
    December 1, 2017 at 7:03 pm

    Salhi. Anebbaives avahah up kodhehchey.

    1. Awa says:
      December 1, 2017 at 7:18 pm

      Thanks sweetie. I’ll try my best dear???

  6. Herrr says:
    December 1, 2017 at 7:09 pm

    Alhey nimenytha??

    1. Awa says:
      December 1, 2017 at 7:19 pm

      Adhi onnaane konmes varakah?

  7. Juvey says:
    December 1, 2017 at 7:10 pm

    Juvey second tha ..v nice ❤??

    1. Awa says:
      December 1, 2017 at 7:19 pm

      Thanks juvey dhoonii??????????

  8. annoying reader says:
    December 1, 2017 at 7:10 pm

    wonderful amazing ? varah reethi nothing else to say. nw waiting for ash and rains reunion ? cant wait for the next part love it

    1. Awa says:
      December 1, 2017 at 7:21 pm

      Thankyou sm dear.. ly????

  9. Xaaaan says:
    December 1, 2017 at 7:11 pm

    Masha Allah v reethi????????

    1. Awa says:
      December 1, 2017 at 7:22 pm

      Thanks xaaaan??????

  10. Aiy says:
    December 1, 2017 at 7:14 pm

    V reethi mi part vs? Dhn alhey edhemeehun gulhuvaba… waiting waiting

    1. Awa says:
      December 1, 2017 at 7:22 pm

      Thankyou darling..
      Dhn balamaa dgw emeehunah vaa goiyy??

  11. Minath says:
    December 1, 2017 at 7:16 pm

    Konme faharaku ves vaahaka ninmaalaany enme reethivaa hisaabun alhe avahah up kuraathi ingey loabi

    1. Awa says:
      December 1, 2017 at 7:23 pm

      Awwwwwn. Eyrun dhw minath mn kudhin inthixaaru kuraanee??LYSM

  12. shahdher❕ says:
    December 1, 2017 at 7:20 pm

    v reethi♥️?.when next part?

    1. Awa says:
      December 1, 2017 at 7:25 pm

      Thanks dear.??? InshaAllah tmrw??

  13. Riii says:
    December 1, 2017 at 7:26 pm

    Awa… Dhoony.. Vv reethi… vv salhi…. Vvv kamudhey….. Vvv nala…. Whn nxt prt…. ???????

    1. Awa says:
      December 1, 2017 at 7:28 pm

      Rii… dhoony… thankyou so much… love you so much.. inshaAllah tmrw??

  14. Yaloo says:
    December 1, 2017 at 7:33 pm

    Alhey eysh dhn rein ah maaf khdhybala dhww..nxt prt ah vvvvv bodah wait kurevey dhn vaane goi kiyaalaa hithun..n stry hama habbu..whn nxt prt??

    1. Awa says:
      December 1, 2017 at 9:56 pm

      Thanks yaloo????inshaAllah tmrw

  15. G says:
    December 1, 2017 at 7:38 pm

    Maashaa allah vvv reethi dhen kon irakun genesdheynee

    1. Awa says:
      December 1, 2017 at 9:57 pm

      Thanks dear?inshaAllah tmrw?

  16. Aishath Shikaa Niyaash says:
    December 1, 2017 at 7:54 pm

    Hiyeh nuvey ash maaf kuraane heneh. Hahaha. Neynge zuvaabu kuran noon kameh fahtaaney kee eh. Heevanee moosun badhalu kohleema hen ash rein ah maafu kuraanee. Dhen ekam vaagotheh balan hingaa. Varah asarukuri rein maafah edhuni iru. Alhugandu nama ehen bunaa irah maaf kureemus. Ekam hiyeh nuvey ash ah asareh kuriheneh

    1. Awa says:
      December 1, 2017 at 9:58 pm

      Thanks darling??????
      Lets see dhw vaa goiyy??

  17. Lollipop and ice cream says:
    December 1, 2017 at 7:59 pm

    Haadha reechey….hama bunaane ehcheh neiy!! A super job awa!

    1. Awa says:
      December 1, 2017 at 9:58 pm

      Thanks dear????????

  18. Shann says:
    December 1, 2017 at 8:02 pm

    Hi Awa, adhi alah igey mi story ah comment eh mi kohly.. Ekam story hama baraabarah kiyan.. Thy haadha gavaidhun story up kohdhey kuhjekey dhw.. Hama saabas dheyhaavey.. Mihaa gavaidhun up kuraa story eh adhi mifahakah aisa nudheken.. Thy hama ehvana

    1. Awa says:
      December 1, 2017 at 10:00 pm

      Awwwwwnn. Thankyou so so much?????? i’ll try my best kuriyah oiyy part thahvx migothah up kollan?

  19. Sal Ly says:
    December 1, 2017 at 8:05 pm

    V nice??

    1. Awa says:
      December 1, 2017 at 10:00 pm

      Thanks??????

  20. Shaaaaa says:
    December 1, 2017 at 8:05 pm

    Alhey hadha reechey. Vaahaka up veythw balabala mihunnany. Esfiyaga mihaaru liyaaa vahaka thakuge therein enmme reethi vaahaka meeee. Avahay next part upload kohdhehchey plx

    1. unaal says:
      December 1, 2017 at 9:07 pm

      yeah dhw.. nau n awa ge story vrh reethi. for me
      n mi part vc vrh reethi

    2. Awa says:
      December 1, 2017 at 10:01 pm

      Thans shaaaa darling???i’ll try my best ingey??

  21. Zuam says:
    December 1, 2017 at 8:23 pm

    Maasha ahlla varah reethi…….

    1. unaal says:
      December 1, 2017 at 9:10 pm

      hey…zuam is a beautiful name inge. n it’s unique too ????

    2. Awa says:
      December 1, 2017 at 10:01 pm

      Thanks ??

  22. Rsh says:
    December 1, 2017 at 9:07 pm

    V Reethi….???

    1. Awa says:
      December 1, 2017 at 10:02 pm

      Thakyou so much darling?????

  23. unaal says:
    December 1, 2017 at 9:08 pm

    yeah dhw.. nau n awa ge story vrh reethi. for me
    n mi part vc vrh reethi

    1. Awa says:
      December 1, 2017 at 10:02 pm

      Thanyou sm unaal dear??happy to knw

  24. ®@@ñ! says:
    December 1, 2017 at 9:10 pm

    Vv v v v nice ???

    1. Awa says:
      December 1, 2017 at 10:03 pm

      Thankss????????

  25. Layaa says:
    December 1, 2017 at 9:32 pm

    Hei awa .. dashboard ah vadhefa comment bain layaage comment balaalaba eyrun libeyne layaage gmail .. eygeyah habareh velaaba

    1. Awa says:
      December 1, 2017 at 10:03 pm

      Hey layaa. Sure ingey??

    2. Awa says:
      December 1, 2017 at 10:10 pm

      Innaane mail kollaafa?

  26. lol says:
    December 1, 2017 at 9:51 pm

    Maaaa kuru

    1. Awa says:
      December 1, 2017 at 10:04 pm

      Asluvx dhw. Next ep dhiguvaane inshaAllah?

  27. Merr says:
    December 1, 2017 at 10:32 pm

    Wowww ❤
    Awa is the best ?
    Dhn rain and eysh ithurah dhera nukurahchey ingey ?

    1. Awa says:
      December 2, 2017 at 4:24 am

      Thanks merr… hithaamayahfahu ufaa annaane dhw?

  28. Xxxx says:
    December 1, 2017 at 11:10 pm

    V.v.reethi mi part ves..busy koh ulhemunves vaahaka daily koh up kohdhey thee thnkx??????????? waiting

    1. Awa says:
      December 2, 2017 at 4:25 am

      Thankyou so much dear??????

  29. faxoo says:
    December 1, 2017 at 11:22 pm

    Maasha Allah vv reethi mi partves☺☺☺☺nau thee hama best igey�????keep it up

  30. Shau says:
    December 1, 2017 at 11:34 pm

    Wow amazing??? varah ves reethi. Love u awa???

    1. Awa says:
      December 2, 2017 at 4:25 am

      Thanks shau.. ly too?????

  31. sana says:
    December 2, 2017 at 12:00 am

    Hey Aaw, I can’t comment this story daily because I am very busy… But Awa ah ves tanks busy koh ulhemun ves daily koh up koh dhey thee ……
    The story is super…….
    Keep it up Awa dhoonnii????

    1. Awa says:
      December 2, 2017 at 4:27 am

      Hey sana. Comment nukuriyas komme dhuvahaku kiyaalaathee v ufaavey??
      Lysm?????

  32. Mau says:
    December 2, 2017 at 4:52 am

    Comment nukurevunas mi story kiyan ingey gawaidhun? Vrh wait kurevey mi story ah.?. One of the best hama mihaaru miee❤ Keep it up❤ Vrh reethi mi story ???

    1. Awa says:
      December 2, 2017 at 5:14 am

      Thank you so much dear??really happy to know??ly???????

  33. oh mah god says:
    December 2, 2017 at 8:27 am

    omgg oven sisssss .? v lahun dhw mi cmmnt khlevuny..? im sorry thankolheh busy vi iyye.. btw story vv habeys .?? will ash and rein reunite? alhe im dying of curiousty? anyways bye siss.. dont forget ILY ALT???

    1. Awa says:
      December 2, 2017 at 9:10 am

      Its okay kokky?? vaguthu v mavx kiyaaleema happy???LYSM???
      Lets see dhw vaa goiyy??

  34. Shara Mohamed says:
    December 2, 2017 at 8:58 am

    Wow varah reethi mi story

    1. Awa says:
      December 2, 2017 at 9:11 am

      Thanks dear??????

  35. Awa says:
    December 2, 2017 at 9:13 am

    Hello all.. miulheny lapga in vaahaka document ga kuda massalaeh jehign. So miadhu thankolheh lasvedhaane up kureveyleh. Bt i’ll try my best ingey upkolleveythw. Sorry ehn v ma..

  36. Limsha says:
    December 2, 2017 at 9:34 am

    Hama varah salhi

    1. Awa says:
      December 2, 2017 at 9:38 am

      Thanks limy darling????

  37. almaas says:
    December 2, 2017 at 10:35 am

    were is first part

    1. Anonymous says:
      December 2, 2017 at 1:23 pm

      click the authors name which is on top of the story in blue colour then you’ll find all the part

  38. Ash says:
    December 2, 2017 at 5:11 pm

    Awa dhooni how r u today. I miss ur story so badly ? This part is very romantic. Kuriyah oiy part thah varah romantic kohllahchey. Next part kiyaalaa hithun keh madhuvefa. Varah intresting. Awa dhooni hama molhee ey. Keep going ?????

    1. Awa says:
      December 2, 2017 at 6:08 pm

      Hey ash. Kihineh.. awa bali??
      Next part thah rangalhuvaane inshaAllah?? mireyga up kohdheynan???

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (ތޭވިސްވަނަބައި)←


All Right Reserved!