އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ނަވާރަވަނަބައި)
އޮފީސްގަޑި ނިމުމުގެ ކުރިން ރާއިން އައިޝާ ގާތަށް ދިޔައީ މިއަދު ހަވީރު އޭނަޔާއެކުގަ ހޫދު ފޮނުވުމަށް އެދުމަށެވެ. ރާއިންގެ މަންމަގެ އެދުމެއްކަމަށް ބުނުމުން އައިޝާ ނިކަންފަސޭހައިން އެއްބަސްވެސް ވިއެވެ.
“ކޮބާ ހިނގާ ގެޔަސްދާން. މަންމަމެން މިހާރު ތިބޭނީ ގޭގަ. އަހަރެންނަށް ވަރަކަށް ގުޅާނެކަންނޭގެ. ލަފާތަނަށްވެސް ނުދަންވިއްޔަ” ގެޔަށް ދިޔުމަށް ނުކުމެގެން އައި ރެހާން ފެނުމުން ރާއިން ބުނެލިއެވެ. ރެހާން ފެމުން ރާއިންއަތުގަ ހިފައިގެން ހުރި ހޫދުވެސް ދުވެފަގޮސް ރެހާންގައިގައި ބައްދާލިއެވެ. މިއަދު އެކުޑަކުޑަ ހޫދު އެހެން ބައްދާލުމުން ރެހާންގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބިގެން ދިޔައެވެ. ހޫދު އެއީ އޭނަގެ ދަރިޔަކަށް ވާނަމަ މިދުނިޔެމަތިން ރެހާންއަށްވުރެ އުފާވެރި މީހަކު ނުހުންނާނެއެވެ. އެގޮތަށް ގަބޫލުކުރަން ބޭނުންވިޔަސް ސަނާޝް ރެހާންގެ ދަރިއެއް ހުންނަކަން ނާންގަފާނެ ކަމަކަށް އެ ހިތް ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. ރާއިން ލަސްނުކޮށް ގެޔަށްދާން އެދުމުން ރެހާން ހޫދު އުރާލައިގެން ހިނގައިގަތެވެ. ކާރު ތެރޭގައިވެސް އެންމެ ވަގުުތު ކޮޅަކަށްވެސް ހޫދު އަތުން ދޫކޮއްލާކަށް ރެހާން ބޭނުމެއް ނުވިއެވެ. ހޫދު އުނގައްލައިގެން މަޖާވާހަކަތަށް ދައްކަމުން ދިޔައިރު ރާއިންވެސް އިނީ ނިކަން އުފަލުންނެވެ. މިއަދަކީ އޭނަ އެންމެ ލޯބިވާ މީހުންގެ ހަޔާތަށް ވަރަށްްވެސް އުފާވެރި ދުވަހަކަށް ވެގެން ދާނެއެެވެ.
” މިތާގައި ދެމީހުން މަޑުކުރޭ. ފުރަތަމަ ހޫދު އެތެރަށް ވަންނާނީ. ދެން ރެއިންބެ އިނގޭ ހޫދޫ..” ރާއިން ހޫދުއާ އެއްވަރުވާނެހެން އެއްކަކޫ މައްޗަށް އިށީނދެލަމުން ބުނެލިއެވެ. ބޯޖަހާލިއިރި ގޭމެއް ކުޅެނީކަމަށް ހީކޮށް ހޫދު ހުރީ މަޖާވެލާފައެވެ. ރެހާންވެސް ރާއިން ބުނާގޮތެއް ހަދައިގެން މަޑުކުރީ އޭނާ މިޖައްސަން އުޅެނީ ކޮން ޑްރާމާއެއްކަމެއް ނޭނގޭތީއެވެ. ހަވީރުން އިތުރަށް ޔަގީން ކޮއްދޭނަމޭ ބުނެފަ މިގެނައީ ގެޔަށް ވިއްޔާއެވެ.
ގޭ ދޮރުހުޅުވުނު އަޑަކާގޭގައި ސައިބޯން އިށީނދެލައިގެން އިން ނަސްރީނާ ތެދުވިއެވެ. އޭނަގެ ފިރިމިހާ ހައިތަމްވެސް ތެދުވީ އެވާނީ ރެއިންއަށޭ ބުނެއެވެ. އެދެމީހުން ރާއިންއަށް ލޯބިން ކިޔަނީ ރެއިންއެވެ.
” ދަރިފުޅާ ރެއިން. މަންމަ ނައިސްގެން ޝަކުވަކުރި ކުއްޖާ ނުވެސް އާދޭ މަންމަމެން ލަފާތަނަށްވެސް. ހަމަ ދުވަސްކޮޅަކު މަންމަމެނާ ދުރުގަ އުޅެލީމަ ހަނދާންނެތުނީ ދޯ.” ފޮތިކޮޅަކުން އަތްފުހެމުން އައިއިރު ނަސްރީނާ ދިޔައީ އޭނާގެ ދަރިފުޅާ ޝަކުވާ ކުރަމުންނެވެ.
“މަންމާ ވަރަށް މުހިންމު ކަމެއްގަ އުޅުނީމަ ހަނދާނުވިއްޔޭ.” އެކަން ރާއިން މާ ބޮޑުކަމަކަށް ހަދާނުލުމުން ނަސްރީނާ ދެރަވިއެވެ. އިތުރަށް އެއްޗެކޭ ބުނަން އުޅުނު ދުލުން ހަމަ އެކަނި ނުކުތް ލަފްޒަކީ ‘ މަންމަގެ ރެއިން’ އެވެ. ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރި ނަސްރީނާގެ ލޮލުން އުފަލުގެކަރުނަ ހިލުނެވެ. އޭނާގެ ދަރިފުޅު އަދިވެސް އެެހުރި އޭނަ ދޫކޮށް ދިޔައިރު ހުރިވަރަށެވެ. ކުޑަވެސް ތަފާތެއް އެތުއްތު ތުއްތު ފުރާނަޔަށް އައިސްފައެއް ނެތެވެ. ހަމަ އެ މައުސޫމު ބެލުމާއި ބަލާލި ކޮންމެމީހެއްގެ ހިތަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެފަދަ ހިނިތުންވުމެވެ. ނަސްރީނާ ކުރިޔަށް އަޅާލި ފިޔަވަޅު ހުއްޓުނީ އެތެރެއަށް ވަދެގެން އައި ރެހާން ފެނިފައެވެ.
“އިމްރާން” ފަހަތުން އިވިގެންދިޔަ ހައިތަމްގެ އަޑާއެކު ރާއިން އޭނާގެ ބައްޕައަށް ބަލާލިއެވެ. ހައިތަމްއަށްވެސް ރެހާންއެއީ ކާކުގަން އިނގިއްޖެކަލައެވެ. އެދެމީހުންފެނި ރެހާންއަށްވެސްވީ ހަމަ އެވަރެވެ. ގަބުވެފައި ހުރިތާގައި ޖެހި ބުދެއްހެން ހުރެވުނީއެވެ. ދެން ކަންތަށް ކުރަންވީގޮތެއް ރެހާންއަކަށް ނޭނގުނެވެ. އެދިގު އެސްފިޔަތަށް ކަރުނައިން ބަރުވާކަމުގެ އިހުސާސް ރެހާންއަށް ކުރެވުނެވެ. ދެވަނަ ސިކުންތުގައި ރެހާން ނަސްރީނާގެ ގައިގައި އޮޅުލައިގަތެވެ.
“މަންމާ” އަހަރުތަކެއްވަންދެން ހިތުތެރޭގައި ފޮރުވަމުންދިޔަ އުދާސްތަށް ރެހާންގެ އެންމެ ލަފްޒަކުންވެސް ފާޅުވާން ހުއްޓެވެ. ނަސްރީނާވެސް ރެހާންގައިގައި ބައްދާލައިގެން ހުރެ ބޮލުގައި މަޑުމަޑުން ފިރުމާލިއިރު ލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ. ދެމައިން ރޯތަން ބަލަން ހުރި ހައިތަމްއަށްވެސް އުފަލުން ރޮވުނެވެ. އަދި ހޫދުގެ އަތުގައި ހިފާއްޓައިގެން ހުރި ރާއިންގެ ކޮނޑުގައި އަތްވަށާލަމުން ބަލާލީ ފަޚުރުވެރި ބައްޕައެއް ފަދައިންނެވެ. އޭނަގެ ދަރިފުޅު މިއަދު އެކޮއްދިނީ މިވީ ފަންސަވީހަކަށް އަހަރު ތެރޭގައި ހައިތަމަށްވެސް ނުކުރެވިފައިވާ ކަމެކެވެ. އެންމެ ކުޑަމިނުން ރެހާންގެ ފޮޓޮއެއްނަމަވެސް ނަސްރީނާއަށް ހޯދާ ދެވޭތޯ ހައިތަމް ވަނީ ވަރަށް މަސައްކަތް ކޮއްފައެވެ. ނަމަވެސް ހައިތަމްގެ ހުރީހާ މަސައްކަތެއް ފެނަށްވެގެންދަނީ އިމްރާންގެ ސަބަބުންނެވެ. އިމްރާންއަށް ހީވި ކުއްހީއެއްގެ ސަބަބުން އެދެމެދުގައިއޮތަ ދުވަސްވީ އެކުވެރިކަންވެސް ނިމިގެންދިޔައީއެވެ.
“މަންމަ އަޅުގަނޑަށް މައާފުރައްވާ. މިއޮއް ހިރިހާ ދުވަހު އަޅުގަނޑު މަންމަޔާ ދޭތެރޭ ވިސްނަމުން ދިޔައީ މުޅިން ގޯސްކޮށް. މިހާރު އަޅުގަނޑަށް ހުރިހާ ކަމެއްވެސް އެނގޭ.” ރެހާން ކިޔަމަންތެރި ދަރިއެއްހެން އިސްޖަހާލައިގެންހުރެ ވާހަކަ ދައްކަމުންދިޔައިރު އެއަޑުގައިވަނީ ލަދުވެތިކަމެވެ.. ނަސްރީނާ ރެހާންގެ އަތުގައި ހިފާލައިގެން ގެންގޮސް ސޮފާގަައި ބައިންދަމުން އެކަމާމެދު ނުވިސްނުމަށް އެދުނެވެ. ނަސްރީނާގެ ހިތުގައި ރެހާންމެންނާ މެދު އެެއްވެސް ޝަކުވާއެއް ނުވާކަމަށް ބުނެލިއެވެެ. އޭނާގެ ލޮލުގެ ކޮއިފަދަ ދަރިފުޅަށް އަދިވެސް އެއްފަހަރު ފުންނަޒަރަކުން ބަލާލިއެވެ. ވޭތުވެދިޔަ އަހަރު ތަކުގެ ތެރޭގައި ރެހާންއަށް އެތަށް ބަދަލުތަކެއްވަނީ އައިސްފައެވެ. ރެހާންއަށްވެސް ލިބިފައިވަނީ އޭނާގެ ބައްޕަ އިމްރާންފަދަ ކަސްރަތީ ހަށިގަނޑެކެވެ. ރެހާން ފެނުމުން ހީވަނީ ހަމަ އިމްރާންގެ ޒުވާން ދުވަސްވަރުގެ ތަސްވީރެއް ހެންނެވެ. ރެހާންގެ ކޮންމެ ސިފަޔަކުންވެސް ނަސްރީނާއަށް ހަނދާންކޮށްދެނީ އިމްރާން މަތިންނެވެ.
“”ރެހާން. ބޭބެ ވަރަސް އުފާވެއްޖެ ދަރިފުޅާ މަންމަޔާ ބައްދަލުވީމަ. ދަރިފުޅު ނުފެނިގެން އެމަންމަ އެޅިކަރުނަ އެންމެ ގާތުން ފެނުނީ ބޭބެޔަށް” ރެހާންގެ އަނެއްފަރާތުގަ އިށީނަމުން ހައިތަމްވެސް ބުނެލީ އަސަރާއެކުގައެވެ. ރެހާންއަށް ހައިތަމް އެނގޭކަމަށް ބުނުމުން ހައިރާންވިއެވެ. ނަމަވެސް ވާހަކަތަށް ކިޔައިދިންވަރަކަން އެ ހައިރާންކަން އެކި އިހުސާސްތަކަށް ބަދަލުވެގެން ދިޔައެވެ. މުދަލާއި ފައިސާގެ ދަހިވެތިކަމުގައި އާސިމާ އެހާ ދަށުދަރަޖައަކަށް ވެއްޓިދާނެކަމަކަށް ހައިތަމް ހިޔެއް ނުކުރެއެވެ. އާސިމާ، ހައިތަމް، ނަސްރީނާ އަދި އިމްރާނާ ހަތަރު މީހުންނަކީވެސް އެއްދުވަސްވަރެއްގައި ހަތަރު ރަހުމަތްތެރިންނެވެ. އެގުޅުން ކެނޑިގެން ދިޔައީ އާސިމާގެ ސަބަބުންނެވެ. ނަސްރީނާއާ އިމްރާން ކައިވެނިކުރުމުން އާސިމާ އެކަމާ ހަސަދަވެރިވިއެވެ. އެކުވެރިންގެ އުފަލުގައި ބައިވެރިވާން ހައިތަމް އާސިމާއަށް ކިތަންމެވަރަކަށް ނަސޭހަތް ދިންނަމަވެސް އޭނަދިނީ ބީރު ކަންފަތެކެވެ. އިމްރާންމެންގެ ދެމަފިރިންނަށް ކުއްޖަކު ލިބުމުންވެސް އާސިމާ ރޭވުންގަނޑު ހުއްޓައެއްނުލައެވެ. އާސިމާގެ ރޭވުމުގައި ކުލަޖެހެންފެށީ ނަސްރީނާއަށް ދެވަނަ ކުއްޖަކު ލިބުމުންނެވެ. ނަސްރީނާ ކުދިންގެ ކޮޓަރީގަ ނިދާފައޮތް ރެޔެއްގަ އެދެމަފިރިންގެ ކޮޓަރިޔަށށް އާސިމާވަދެ އެންމެންވެސް ބޮޑު އޮޅުންބޮޅުންގަޑެއްގެ ތެރެއަށް ވައްޓާލިއެވެ. އިމްރާނާއި އެއްއެނދަކުން އާސިމާފެނުމުން ނަސްރީނާއަށް އެކަމަކަށް ކެތެއް ނުވިއެވެ. ގެދޫކޮށް ހަގު ފިރިހެންދަރި ގޮވައިގެންގޮސް ހައިތަމްއަށް ފެނުނު މަންޒަރު ކިޔައިދިނެވެ. އެވާހަކަތަށް ހައިތަމް ގަބޫލުކުރަން ބެނުންނުވީ އިމްރާން ނަސްރީނާއާވެގެން އުޅޭވަރު އެންމެރަނގަޅަށް އެނގޭމީހަކީ އޭނަޔަށްވާތީއެވެ. އެތަށް ގޮތަކުން ނަސްރީނާއަށް ވިސްނައިދިނުމަށްފަހު އިމްރާންގާތަށް ދާން އެއްބަސްވިއެވެ. ނަމަވެސް ދެމީހުންނަށް ގެޔަށް ވަދެވުނުއިރު މުޅި މަންޒަރު އޮތީ ބަދަލުވެފައެވެ. ކުއްވެރިވެފައިވީ ހައިތަމްއާ ނަސްރީނާއެވެ. އިމްރާންއަށްނޭގި ސިއްރުން ބައްދަލުކޮށްހެދިކަމަށްވީ އެދެމީހުންނެވެ. އަދި ހައިތަމްގެ ދަރިޔަކަށް ނަހަލާލަށް ބަލިވެއިންކަމަށްވެސްވި ނަސްރީނާއެވެ. ރާއިންއަކީ އިމްރާންގެ ދަރިއެއް ނޫންކަމާއި އެއީ ހައިތަމްގެ ނަހަލާލު ކުއްޖެއްކަމުގެ ތުހުމަތު ކުރެވުން ވީ ނަސްރީނާއަށް ކެއްކުރުން ދަތިކަމަކަށެވެ. އިމްރާންގެ މިވާހަކަތަކުން ނަސްރީނާ ހިތުގައިޖެހި ރޮމުން ދިޔައިރު ހައިތަމްދިޔައީ ވިސްނާދެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހައިތަމްދެއްކި އެއްވެސް ވާހަކަޔަކަށް އަޑުނާހާ އިމްރާން ނަސްރީނާ ވަރިކޮއްލިއެވެެ. އެފަދަ ބޭވަފާތެރިން އޭނާގެ ހަޔާތަށް ބޭނުން ނުވާކަމުގައި ބުނަމުންނެވެ. އެދުވަހު ހާލުގައި ޖެހުނު ނަސްރީނާއަށް އެހީތެރިވި ހަމައެކަނި ފަރާތަކީ ހައިތަމްއެވެ. ނަހަލާލު ދަރިޔެއްކަމަށްބުނެ ނަސްރިނާޔާއެކު ފޮނުވާލި ރާއިންގެ ޒިންމާނެގީ ހައިތަމްއެވެ. އެކުއްޖާޔަށް ބައްޕައެއްގެ ލޯބިދީގެން ބަލާ ބޮޑުކުރަން ނިންމިއެވެ. މީހުން ނަސްރީނާއަށް ކޮއްފާނެ މަލާމާތުން ސަލާމަތްކޮއްދިނުމަށް ނަސްރިނާއާ ކައިވެނި ކުރިއެވެ. މަޖުބޫރުން ކުރެވުނު ކައިވެންޏެއްނަމަވެސް މިއަދު އެ ދެމަފިރިން އުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. ހައިތަމްއަށް ދަރިންނުލިބޭކަން އެނގުނެއްކަމަކު ނަސްރީނާގެ ހިތުގައި އޭނާޔަށް ދެވިފައިވާ ގަދަރާއި ލޯތްބާއި އިޚްތިރާމް އަދިއަދަށް ދާންދެންވެސް ފަނޑުވެގެންނުދެއެވެ.
” ރެއިން ދަރިފުޅު ބައްޕަ މާލޭގަތަ އުޅެނީ؟ ބައްޕަމަތިންވެސް ވަރަށް ހަނދާންވޭ” ނަސްރީނާ އެނގެންބޭނުންވެފަ އިންނާނެތި ހައިތަމް ރެހާންކުރެން އަހާލިއެވެ. އެޔާއެކު މާޔޫސީގޮތަކަށް ރެހާން އިސްޖަހާލުމުން ޖަވާބު ހައިތަމްއަށް އެނގުނެވެ. ހިތްވަރުކޮއްލާފަ ނަމަވެސް ރެހާން ހުރިހާ ހަގީގަތެއް ނަސްރީނާމެންނަށް ކިޔާދިނެވެ. އޭނާގެ ދިރިއުޅުން ބޮޑު އޮޅުންބޮޅުންގަނޑެއްގެތެރެޔަށް ވެއްޓިގެންދިޔަގޮތާއި އިމްރާން ދުނިޔެ ދޫކޮށްދަމުން ކުރި ވަސިއްޔަތެވެ. އެވާހަކަތަށް އެނގުމުން ނާސްރީނާއާ ހައިތަމްއަށް ވަރަށް އަސަރުކުރިއެވެ. ނަސްރީނާގެ ދިރިއުޅުން ހަލާކުކޮއްލި ފަދައިން ރެހާންގެ ދިރިއުޅުމާވެސް އާސިމާ ކުޅެލީތީ ނަސްރީނާ އާސިމާދެކެ އިންތިހާއަށް ފޫހިވިއެވެ. ދެބަފައިންގެ ދިރިއުޅުމާވެސް ކުޅެލާފައިވަނީ ހަމަ އެއްގޮތަކަށެވެ. އެއީ ކޮންކަހަލަ އަންހެނެއްބާއެވެ. އެކެއްވެސް އުފަލުގަ އުޅޭތަން ބަލަން ކެއްނުވަނީބާއެވެ.
ވާނުވާއެއް ނެނގި ހޫދު މަޑުމަޑުންއިނީ ރެހާން ރޯކަން އެނގޭތީ ދެރަވެފައެވެ. މިތާގައި ދެއްކި ވާހަކަ މާބޮޑަށް ނޭގުނަސް ރެހާންއަށް އޭނާގެ މަންމަ ފެނުމުން ރޮވުނީކަން އެނގުނެވެ. އެކަމަކު މަންމަ ފެނުމުން ކުދިން ރޯނެބާއޭ ހޫދުގެ ހިތަށް އެރިއެވެ. ހޫދު ހިނގާލައިފައިގޮސް ރެހާންގެ އުނގަށްއަރާ އިށީނދެލިއެވެ. އަދި އެކުޑަ ދެއަތުން ރެހާންގެލޯ ފުހެލީ ވަރަށް ލޯބިންނެވެ.
“އަހަ މީކޮންކުއްޖެއްތަ؟ ކޮންނަމެއް ކިޔަނީ” ހައިތަމް ތަނަށް ވެރިވެފައިވާ ހިމޭންކަން ފުދުއްވާލިއެވެ. މިއޮއްހުރިހާއިރުވަންދެން އެންމެންވެސް ތިބީ އެތާގައި ހޫދު އިންކަން ހަނދާންވެސް ނެތިފައެވެ. ދުވަސްގަނޑަކަށްފަހުން ހުރިހާ ހަގީގަތެއްއިނގުމުން އެހެންވެސް ވާނެތާއެވެ.
“ރެއިންބެ ދެން ނުރޮއިބަލަ. ނޫނިއްޔާމު ހޫދުއަށްވެސް ރޮވިދާނެ. މަންމި ބުނުއްވީ ކުދިން ރޮއިމަ ހެޕީ ވާކަހަލަ އެއްޗެހި ބުނާށޯ. ރެހާންބެޔަށް އެނގޭތަ؟ ކޮއްކޮގެ އަސްލުނަމަކީ މުހަންމަދު ހޫދު ރެހާން އޭ. ކޮއްކޮގެ ކާފަޔަށް ކިޔަނީވެސް އިމްރާނެއޭ މަންމިބުނީ. ދެން ނުރޮއްޗޭ. އެކަމު އެއްވެސް ކުއްެޖެއް ގާތުގަ ނުބުނާތި. މަންމި ބުނީ އެއި ސީކްރެޓްއެކޭ ކޮއްކޮ މިހާރު މިކިޔާދިނީނު ސީކްރެޓެއްވެސް” ހޫދު ޅަގޮތަކަށް ރެހާންއަށް ވިސްނައިދޭތަންފެނި އެންމެންނަށް ހެވުނެވެ.
” ކޮބާ ދޮންބޭ. ދެންވެސް ގަބޫލު ނުކުރާތި އިނގޭ. ބުނޭ އަވަހަށް އެއީ ކޮންމެސް އެހެން ރެހާންއަކާ އިމްރާންއެކޭ. ސަނާޝްވެސް ހަމަ ފޮރުވަފާނެ ދޯ ކޮންމެސް ސަބަބެއް އޮންނާނެ. އަހަންނަށް ޔަގީން. އައިޝާއަށް ފުރަތަމަ ދުވަހުވެސް އެނގޭނެ ދޮންބެ. ހަމަ ނޭނގޭ ކަމު ހަދައިގެން އެހުންނަނީ” ރާއިންއަށް އޭނައަށް ހީވި ހީވުން ތެދަކަށް ވިކަން ޔަގީންވެއްޖެއެވެ. ރެހާންވެސް މިހާރު ގަބޫލު ކޮއްފީމޭ ބުނެލިއިރު އުފަލުގެ ކޮޅެއް ނެތެވެ.
” ހާދަ ބޮޑުކުއްޖެކެދޯ ހޫދުމީ. އައިސްބަލަ ނިކަން ކާފަ ކައިރިއަށް. މީ ހޫދުގެ ކާފަޔެއް އިނގޭ” ހައިތަމް ހޫދުގެނެސް އޭނާގެ އުނގުމަތީގައި ބައިންދާލަމުން ބުނެލިއެވެ. ހޫދު ރެހާންއާ ރާއިންކުރެން އަސްލުވެސްހޭ އަހާލުމުން ދެމީހުންވެސް ބޯޖަހާލިއެވެ. އަދި ދެންއެހުރީ މާމައެކޭ ބުނެލިއެވެ. ކުއްލިޔަކަށް މާމަޔަކާ ކާފައެއް ލިބުމުން ހޫދުހުރީ ވަރަށް އުފަލުންނެވެ. ސުކޫލުގަ ބާއްވާ މުބާރަތްތަކުގަވެސް ކުދިންގެ މާމަޔާ ކާފަ ކުޅޭތަން ބަލަންދާ މަންޒަރު ހޫދުއަށް ވަނީ ފެނިފައެވެ. ނަމަވެސް ހޫދުގެ މަންމައާއި ޒާމިންމެންނޫންބަޔަކު ނުހުރެއެވެ. މިއަދުން ފެށިގެން މާމަމެން ހުންނާނެތީ ހޫދުއިނީ ވަރަށް ފޮނިވެލާފައެވެ. އުފާވެރި ވަގުތުކޮޅަކަށްފަހު އެންމެން އެކީގައި ސައިބޯން އެރިއެވެ. ހޫދު ހިޔާލަކަށް ގެއްލިފައިނުމުން ރާއިން ކީއްވީހެ އަހާލިއެވެ.
“ރެއިންބޭ. މިހާރު މާމަޔަކާ ކާފަޔެއްވެސް ލިބުނީނު. އެކަމް ބައްޕިއެއް ނުލިބޭ އަދިވެސް.” މައުސޫމް ގޮތަކަށް ރެހާންގެ މޫނަށްބަލާލުމަށްފަހު ހޫދުކޮއްލި ސުވާލުން އެންމެންގެ މޫނުތައް ބަނަވިއެވެ. ހައިތަމްއާ ނަސްރީނާތިބީ މިރޭ ވަގުތަކުން ރެހާންއާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.
“ރެއިންބެ ތީނީނު ބައްޕަ ކިޔަން.” ރާއިން މަޖާވެލަމުން ބުނި ޖުމްލައިން ހޫދުއަށްވެސް މަޖާވިއެވެ. އެންމެންނަށް ހެވުނުނަމަވެސް އެތެރެއިން ތިބީ އުދާސްވެފައެވެ. އިރުއޮއްސުމުގެ ކުރިޔަށް ގެޔަށްދާން ޖެހޭތީ ހޫދު އެވާހަކަ ރެހާންއަށް ހަނދާންކޮއްދިނެވެ. އިރުއޮއަސެން މާގިނައިރެއް ނެތުމުން ނަމާދުކޮށް ނިންމައިގެން އެންމެން އެކީގައި ހޫދު ލާން ދިއުމަށް ނިންމިއެވެ.
“ދައްތާ… ކޮންބަޔެއްތަ ރެއިންއުޅޭ ގެޔަށް އައިސްގެން އެއުޅެނީ. ދެންމެގަ އަހަރެން ދޮރޯށިދޮށުގަ ހުއްޓާ ދެތިންމީހަކު ކާރަށްއެރި. ޔަގީނުންވެސް އެތާގަހުރި ބޮޑު ފިރިހެންމީހާ އެއީ ކުރިން ނުދަންނަ މީހެއް” މަގުމަތިން ރެހާންމެންނާއެކުގަ ކާރަށްއެރި ހައިތަމްފެނުމުން ޖަނާން ހުރީ އެއީ ކާކުތޯ ބެލުމަށް ޝައުގުވެރިކަން އުފެދިފައެވެ. ޖަނާންއަށް ވަނީ މިއަދު އެގެޔަށް ދެމަފިރިޔަކު އައިކަން އެނގިފައެވެ. މިވާހަކަތަކަށް އާސިމާ މާބޮޑު އަޅާލުމެއް ނުދިނީ އޭނަޔަށް އެހާ މުހިންމު ވާހަކަތަކަކަށް ނުވާތީއެވެ. ނަމަވެސް ރީނާޒް ދިޔައީ އެއިން ކޮންމެ ޖުމަލައެއް ކަނުލާ އަޑު އަހަމުންނެވެ. މެދުއުމުރެއްގެ ދެމަފިރިޔެއްވިއްޔާ އެވާނީ ރާއިންގެ މައިންބަފައިންނަށޭ ރީނާޒް ހިތަށް އެރިއެވެ. އަނެއްކާ ރާއިން ބުނި ބޮޑުވާހަކަޔަކީ ޕްރޮޕޯޒް ކުރުމަށްފަހު އެމީހުންނާ ބައްދަލުކުރަން ގެންދިޔުމެއް ނޫންބާއެވެ. ރީނާޒްދިޔައީ ހިތާހިތުން ހުވަފެނީ ގަނޑުވަރުތަށް ބިނާކުރަމުންނެވެ. ކުރިމަތިވެގެންއަންނަ ކަޅުވިލާގަނޑުގެ އަސަރެއް އޭނަޔަކަށް ނުކުރެއެވެ. ރީނާޒް އިތުރަށް ފޮނިވެލީ ރެހާން ގުޅާފައި މިރޭ އަށެއްޖަހާއިރަށް އެގެޔަށް އައުމަށް ބުނުމުންނެވެ. ރެހާންގާތުގައި ރާއިން އެވާހަކަތަށް ދެއްކީބާއޭ އޭނާ ހިތަށް އެރިއެވެ.
ހޫދު ގެޔަށްލުމަށްފަހު ރެހާންއާއެކުގައި ވަދެގެންއައި ރާއިންހުރީ ނެގިމަޑުވެފައެވެ. އަބަދުވެސް މަޖާކޮށްއުޅޭ މިހާގެ މޫނުމަތީގައިވާ ސީރިޔަސްކަން ރެހާންއަށް ފާހަގަވުމުން ކަމެއްވެފަތޯވެސް އަހާލިއެވެ. މާބޮޑުކަމެއް ނުވެޔޭބުނެ ކޮޓަރިޔަށް ވަދެގެން ދިޔަ ރާއިން ދިޔައީ އެކަންތައްތަށް އިނގުމުން ރީނާޒްއަށް ވާނެ ގޮތަކާމެދުގަ ވިސްނަމުންނެވެ. ރީނާޒްގެ ހިތުގައިވެސް ރާއިންއަށްޓަކާާ ވިންދެއްޖަހާކަން ރާއިންއަށް ވަނީ ޝައްކުކުރެވިފައެވެ. ނަމަވެސް ފާފަވެރި ގުޅުމަކަށް އަރައި ނުގަނެވެނިސް ރާއިންއަށް ހުރިހާ ކަމެއް އެނގުނުކަމީ ނަސީބެކެވެ. ކޮއްކޮއެއްދެކެ ލޯބިވެވޭނީ ހަމައެކަނި އެއްބަޑު އެއްބަފާ ކަމުގެ ހައިސިއްޔަތުންނެވެ.
ރީނާޒްއާ ޒާމިން ގެޔަށް އައީ އެކުގައެވެ. ދެމީހުންނަށްވެސް ރެހާން ދައުވަތުދީފައިވާކަން އެނގުމުން އެކަކު އަނެކެއްގެ މޫނަށް ބަލާލައިފައި ހިނިތުންވެލިއެވެ. އެތެރަށް ވަތްއިރު ރެހާންގެ އިތުރުން ދެންތިބީ ރާއިންގެ އާއިލާކަން ޒާމިންއަށް އެނގުނީ މިއަދު އެމީހުން އަންނަ ވާހަކަ ބުނެފައިވާތީއެވެ. އަނެއްކާ މީކޮން ބައްދަލުވުމެއްބާއޭ ޒާމިންގެ ހިތަށް އެރިއެވެ.
” ޒާމިން. ނާޒް… އަހަރެންގެ ހަޔާތުގެ ލިބޭނެ އެންމެ އުފާވެރި އެއްހަބަރުދޭން ތިމީހުން މިގެނައީ.. މިހުރީ އަހަރެންގެ މަންމަޔަކީ. ދެން މިހުރީ މަންމަގެ ފިރިމީހާ. ދެން އަހަރެންގެ ކޮއްކޮ” ހުރިހާދަތްތަށް ފެންނަވަރަށް ހީލަމުން ރެހާން ފަހަރަކު މީހަކަށް އިޝާރަތްކޮއްލަމުން ކިޔާދިނެވެ. އަދި ރާއިންއާ ރެހާންއަކީ އެއްބަނޑުއެއްބަފާ ދެބެންކަމާއި މިޔަދު ކަންތައްވެގެންދިޔަ ގޮތް ކިޔާދިނެވެ. ސިއްރުކުރީ އައިޝާގެ ހަގީގަތެވެ. ޒާމިންއާ ރީނާޒްއަށްވެސް މިކަންވީ ކުޑަވަރެއްގެ ޝޮކަކަށެވެ. އެންމެންނަށް ބަލާލައިފައި ރީނާޒް ހިނިތުންވެލިނަމަވެސް އެހިތުގަހި އުފެދިފައިވާ ހައިޖާނުގަޑު މަތަކުރެވޭތޯ ބެލިއެވެ. މިއޮއް ހުރިހާއިރު ފޮނި ހުވަފެންތަށް ދެކުން މީހާ މިވީ އެއްބަފާ ބޭބެޔަށްތާއެވެ. ބަދުނަސީބު ކުއްޖެކެވެ. ދުވަހަކުވެސް ރާއިންއަށް އެފަދަ ނަޒަރަކުން ނުބަލަން ހިތާހިތުން ވައުދުވެލިއެވެ. ނަމަވެސް އެބަސްނާހާ ހިތް އެކަން ގަބޫލުކުރާނެބާއެެވެ؟
ރެހާންގެ އެންމެ ގާތް މީހުންނާ އެކުގައި އެއުފާވެރިކަން ހިއްސާ ކުރެވުމުން އުފާވެރިކަން ދެގުނަވެގެން ދިޔަހެން ރެހާންއަށް ހީވިއެވެ. މިއުފަލުގައި އައިޝާއާ އޭނާގެ ދަރިފުޅު ބައިވެރިވާނެނަމަ ރެހާން ވެގެންދާނީ މި ދުނިޔޭގަހުރި އެންމެ އުފާވެރި މީހާއަށޭ ރެހާން ހިތަށް އެރިއެވެ. އަދި އައިޝާގެ ކިބައިން މައާފް ހޯދުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން ހިތާހތުން އަޒުމުކަނޑައެޅިއެވެ
މިއަދު ހޮސްޕިޓަލަށް ވަދެގެން ދިޔައިރު ރެހާންގެ މޫނުމަތީގައި އެހެންދުވަސްދުވަހުގައި ނުވާފަދަ ހިނިތުންވުމެއް ވެއެވެ. ލިބިފައިވާ އުފާވެރިކަން މޫނުމަތިންވެސް ފާހަގަވަނިތާއެވެ. ފެންނަ ކޮންމެ މުވައްޒަފަކަށް ހިނިތުންވަމުން ދިޔައިރު ދެލޯ ބޭގަރާރުވެފައިވަނީ އެންމެ ސޫރައެއް ދެކިލުމަށެވެ. އެހިތުގެ ރާނީ ފެނޭތޯ ފަރާތްފަރާތަށް ނަޒަރު ހިންގަމުން ދިޔައެވެ. އެވަގުތު ލިފްޓު ކައިރީގައި ހުއްޓިލައިގެން ހުރި އައިޝާފެނުމުން މިފުރުސަތުގެ ބޭނުން ހިފާލަން ހިތަށް އެރިއެވެ.
“އޭ ދޮންބޭ. މާއަވަސްއަރުވާލައިގެން ކޮންތާކަށް ތިދުވަނީ” ގަޔަށް ކައްޓެއްޖެހިގެން އުޅޭ ފަދަޔަކުން ރެހާން އުޅޭހެން ހީވެގެން ފަހަތުގައި ހުރި ރާއިން ގޮވާލިއެވެ. އޭރު ޒާމިންވެސް ރާއިންއާ އެއްވަރަށް ހިނގަމުން ދިޔައެވެ.
“މަސްވެރިކަމު ދާންކަމަށް މިުޅެނީ” ރެހާން މާނަވީގޮތަކަށް ބުނެލި ޖުމްލަ ރާއިންމެންކުރެ އެކަކަށްވެސް ނޭނގުނެވެ. ދެވަނަސިކުންތުގައި ލިފްޓް ކައިރީގައި ހުރި އައިޝާ ފެނުމުން ރާއިންއަސް ވީގޮތް ރޭކާލިއެވެ. ޒާމިންގާތުގަ އަލުން ކައުންޓަރަށް ހިނގާށޭކިޔައި ކޮނޑަށް އަތްލައިގެން އެނބުރި ހިނގައިގަތެވެ. ޒާމިން ހުރީ ރެހާންއާއެކުގައި އަވަހަށް ލިފްޓަށް އަރާށެވެ. ރާއިން ކުރިކަމަކުން ނަގަންވީ މާނަ ނޭނގުމުން އޭނަޔާ އެކީގައި ދިޔައެވެ.
ދުވެފައި ދިޔަ ރެހާންއަށް ދޮރު ނުލެއްޕެނިސް ލިފްޓްތެރެއަށް ވަދެވުނީ ކިރިޔާއެވެ. އައިޝާއެކަނިން އެތެރޭގައި ހުރުމުން ރެހާން ކުރަން އުޅޭކަންތަށް މާފަސޭހައިންވެސް ކާމިޔާބުވާނެޔޭ ހިތަށް އެރިއެވެ. ދޮރު ލެއްޕިގެން ދިޔުމާއެކު ރެހާން ފުން ނަޒަރަކުން އައިޝާއަށް ބަލާލިއެވެ. ރެހާންގެ ‘އޭޝް’އަށް ހާދަބޮޑު ބަދަލުތަކެއް އައިސްފައި އެބަހުއްޓެވެ. އުޅުމާއި މިޒާޖުގެ އިތުރުން ބަލާބެލުމަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައި ހުއްޓެވެ. ކަކުލަށްވުރެ ތިރިޔަށް ހުރި މަޑު ކްރީމްކުލައިގެ ހެދުން ގައިގެ އެއްވެސް ތާކު ލައްވާނުލައެވެ. ބުރަކަށިފަރާތުގައި ފަސްބަޔާޖެހެންދެން ޒިބެއްލާފައި ހުއްޓެވެ. މޭމައްޗާއި އިސްތަށިގަނޑޫ ކޮފީ ބްރައުންކުލައިގެ ޝޯލް އަކުން ފޮރުވާލައިފައިވާއިރު ހަމައެކުލައި ސްކިނީއެއްލާފައި ވެއެވެ. ހެދުން އެޅުމުގައިވެސް ވަރަށް ފަރުވާތެރިވާކަން މިކަމުން ރެހާންއަށް އިނގުނެވެ. އެގޮތަށް ރީތިވެލައިގެން ހުންނައިރު އައިޝާ ހީވަނީ ހަމަ ޕަރީޔެއްހެނޭ ރެހާންގެ ހިތްބުނެލިކަހަލައެވެ. ރެހާންގެ ބެލުންތަށް އަމާޒުވެފައިވާކަމެއް އައިޝާއަކަށް ނޭނގެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. ލިފަޓަށް އެރީއްސުރެ އެހުންނަނީ އިސްނަގާ ބަލާނުލަން ހުވާކޮއްގެން ކަހަލައެވެ.
“ކިހިނެއްތަ؟” ރެހާން ޖެހިލުންވެހުރެ ފުރަތަމަ ފަހަރަށް ވާހަކަ ދައްކާލިއެވެ. އައިޝާ މަޑުމަޑުން ރަނގަޅޭ ބުނުމަށްފަހު ލިފްޓުގެ ދޮރު ހުޅުވުމުން ޒާމިންގެ ކެބިންއަށްދާން ހިނގައިގަތެވެ.
“ޒާމިން އަދި ނާދޭ މިބަޔަކަށް. ޒާމިންއަށް މެސެޖެއް އޮތިއްޔާ އަހަރެން ފޯރުކޮށްދީފާނަން” ދެންވެސް އިސްވެ ވާހަކަ ދައްކަންޖެހުނީ ރެހާންއެވެ. މިތަނަށް އައިއިރުގަ ކިތަންމެ ވަރުގަދަ އަޒުމެއްގަ ހުރިނަމަވެސް މިހާރު މީހާހުރީ ފިނިވެފައެވެ. އައިޝާ އަޅާނުލާ އައިކޮޅަށް އަނބުރާ ދާންއުޅުމުން ރެހާން މާޔޫސްވިއެވެ. ރެހާންއަށް އެއީ ސަނާޝްކަން ނާންގަން މަސަތްކަތްކުރުމުގެ ތެރޭގައި ވާހަކަވެސް ނުދެއްކުން ހިމެނުނީބާއޭ ރެހާންގެ ހިތަށް އެރިއެވެ. ފޮރުވެން ކިތަންމެވަރަކަށް މަސައްކަތްކުރި ނަމަވެސް އެކަން ރެހާންއަށް ފަޅާއަރައިފިކަން އޭނާ އައިޝާއަށް އަންގާނެއެވެ.
“އައިޝާ. ރާއިންގެ މަންމަ އައިޝާއާ ހޫދުއަށް މިއަދު ހަވީރަށް އެގެޔަށް ދައުވަތުދިން.” ރެހާންއާ ރާއިންއަކީ ދެބެންކަން އައިޝާއަށް އަދި ނެގޭނެތީ ރާއިން އެހެން ބުނެލިއެވެ. ޒާމިން މަންހާއާއި ޒަމްރާއަށް އެވާހަކަތަށް ކިޔާދިންނަމަވެސް އަދި އައިޝާއަށް އެކަންތަށް ކިޔާނުދޭކަން މޫނުމަތިންވެސް ފާޅުވިއެވެ. ފަހަތް ބަލާލުމެއްނެތި ދާނަމޭ ބުނެފައި އައިޝާ ދިޔައީއެވެ. ގޮތެއްގައި ހުންނަ އަންހެން ކުއްޖެއްތާއެވެ. އައިޝާއަށް ގޮތުގަ ހިފެހެއްޓެންޏާ ރެހާންވެސް ވަކި ދުލެއް ނުކުރާނެއެވެ. އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ރެހާން ކެބިންތެރެއަށް ވަދެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
69 Comments!
Comments are closed.




Hii guyss salaam??miothy 18th up kurevifa.. kuruvegen bunelima mifaharu mee 1page ithurah. Hope all of my readers will love it nd hope they will get some ans.. love you all???????
Me first dhw.. Story Hama best..
Yes you first dear??
Thankyou??
hiiii me 1st dhw… thank yuh… varah reethi… this is the bestest story in this site.. im luvin this ???
2nd mifaharu. Next time 1st hoadhan vaane??
Thnakyou so much darlind????
heiii… next part up kohlany kihaa iraku?? …
Vrh reethi. Ya. Me 2nd tha
Thanks mann??
Vrh reethi. Ya. Me 2nd tha. Ya me 3rd I love 3
Yeh me too?????????
V v v reethi
Thanks zeesh???
I guess maa bodah kiyaa hithun huryma hyvany kuru hn…. Mihaari v inthixaaru kurevey story eh mee… Story v rythi…
Heheh. Maybe dhw??? nd thankyou so so much dear???
Woooowww.story is just awesome… waiting 4 next part ?????????????
Thankss dhoonii??????inshaAllah tmrw???????
hi oven… the story is obii.. i luv the way u describe ppl.?? ur story made me crazy .? dnt mnd im already crazyyy?? ur story made me more crazyyy?? btw i hope u dnt mnd cuz idk ur real name and i made u a name? ‘OVEN’ hws it? since awa is so much like awan i lyk it better☺?? lysm oven darlll????????
Hi darling. Thankyou n luv you so much?????i also want to know yr name. Ofcourse you can call me oven??actually awa represents my initials????????
Vvv reethi…whn nxt prt?? Plxx plxx avahah up khdhehchey nxt prt kiyaa hithun kehmadhu vefa mihunnanyy…
Thanks yaloo?? maadhan reyga upkollaanan inshaAllah??
Ooooooooonn.. Adhi kiyaahiyyvany.. ??
Story ehkh upkohdhybaa ??????
Heheh?maadhamayah upkollaana inshaAllah. Kekkolla. Eh episode kuraanan ???
Wooooow. . ☺☺☺☺?avahah up kohlahcheyy. ….???❤❤❤
Thankss firooo dear????maadhan up kolleveynee?
i wish naaz eii imraan ge daughter yah nuvumah.. eyrun naaz n raain dhw.. aasima ge gotheh neynge viyya.. hama e imraan aa indhegn hure ehn myhakah vc naaz vihaafaane dhw..
story vrh vrh reethi.. avahah up kohdhehche..
Lets see dhw unaal dear????
Thankss?inshaAllah tmrw??
Wow spurb ..??❤?????
Thanks dear????
Masha allah vvvv salhi mi part vess……
KEEP IT UP AWA
Waiting 4 next part..
Gud nyt…????????????????
Thanks friendss??
Goodnight?????
Wow..vvvv reethi..obiness to the max???mihaaru hama mi story ah v inthixaru kurevey.. ❤
Thankss dear???ly❤❤❤❤❤❤❤?
awa. v v ufaaveje kudin bunaa bunumae kankan rangalhu kuraathieeve. keep it u love u ☺????????????
Hama readers ge binaa kuruvanivi faadu kiyumuge asaru??thankyou??lysm????❤❤
alhey varah reethi
Thanks dear????
Vaahaka liyaa kujjaayah Hama v sukuru…
Thankyou sm dear??????
W.salaam..oooo vr reeethi masha allah..keep it up ???
thanks aish_@??
Thank u. Mi part dhigukohladhineema. Akam kiyaahithun indhaa animuneeeeeee. Varah reethi .next bayah inthizaaru kuran avahah up kohdheyne kamuge ummeedhu kuramun???
Alhey… next ep mireyga inshaAllah? thankyou???
vaahaka hama v salhi…
thanks sham darling
Vrh reethi mibaives. Waiting for the next part. ?❤
Thanks seym??? inshaAllah tnight??
Reenaaz e ee asima ge nahalaal dhari.ehnveema raain ah indheveyne.vallahaaulam
Lets see dhw??
V Salhi ?
Thankss dear
wow, now i like how its going. story nimeny dhw :((
Thanks darling????????
Kithah part dhn iny
Neingey dear
Wowww… v nice. Mihaaru v intresting hisaabakah mi aee. Waiting curiously. ? up soon ingey awa dhoonee. U r the best. ????
Thankss ash dhoonii??? inshaAllah mireyga upkollaanan
Awa haadha rangalhey ???
Vvvvv dhigu koh dheh chei plx plx plx
Vvvv busy with whole family. Ekmvx kureh nuvaane inshaAllah??
Mirey kihaairakutha
Gadieh bunaakah neingey dhoonyaa.. hama kudakh free velaairah up kuraanan inshaAllah?
Avas kohllaga.. waiting waiting..
Waiting and waiting
awa dhooni avas kohla dheebaa ❤❤❤
Kobaaaaaa… Ava’s kureeyyyyyy… ?
Alheyy vahaka haadha laheyyy…
next part thankolheh avas kohdhyba plx plx plx