Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (އެކާވިސްވަނަބައި)

Awa Level 4100 Comments10 Stories100 Login
November 30, 2017 6 Mins Read
58 Comments

“ސާބަހޭ ދޮންބެތީ އެކްސްރޭ މެޝިންއެއްތަ. އެވަރަށް ބެލީމަ އަހަރެން ހީކުރީ ސްކޭންއެއް ހައްދާލަނީކަމަށް” ކެންޓީން ދޮރުމަތީގައި ކުޅިބަލަން ހުރި ރާއިން ރެހާންއާ ދިމާއަށް ބުނެލިއެވެ. އެހާ ރަނގަޅު ފުރުސަތެއް ލިބުމުންވެސް ރެހާން އެއައީ އެތާގަ އިދެފަ އަނގައިން އެންމެ ބަހެއްވެސް ބުނެނުލާ ވިއްޔާއެވެ.
“ހެހެހެ.. އެކުޑަ ޓެސްޓެއް ހަދާލީއޭ. އަހަރުމެން މެރީކުރިކޮޅުގަ އޭޝްއާ ދިމާއަށް އެހެން ބެލީމަ ވަރަށް ގިނައިރުވަންދެން އިންނާނެ ކުޑަކުއްޖެއްހެން ބަލަހައްޓައިގެން. ފަހުންފަހަށް އައިއްސަ މޫނުމައްޗަށް އެހާ ކުލަވަރުތަށް އަރަން ފެށީމައޭ ލޯބިވާކަން ބަސްޓުވީ.. މިހާރުވެސް އެއިރަކާ ހަމަ ތަފާތެއްނެތް. ހިތުން އެހުރީ އަހަރެންނަށް އޮޅުވާލައިގެނެއްނު” ފުންހިޔާލަކަށް ގެއްލިފައިހުރެ ރެހާން ވާހަކަ ދައްކަމުން ދިޔައެވެ…
“އޭ އަހަރެންނަށް ހީވަނީ ވާރޭ ވެހެން އުޅެނީހެން. ބާލާބަލަ ކަޅުކޮއްލިވަރު..” ރެހާންމެން ކެންޓީންދޮށުން ފެނުމުން އެމީހުންގާތުގައި މަޑުކޮއްލަމުން ޒާމިން ބުނެލީ ކުޑަދޮރުން ފެންނަމުންދާ ބަނައުޑު ދައްކާލަމުންނެވެ.
“މިއޮތީ ދަތުރު ދެވިފައެއްނު. ވިއްސާރަވެއްޖެޔާ ހުރިހާ ޕްލޭންތައް ފަނިވީ” ރާއިންހުރި ދަތުރުދާހިތްވެފައެެވެ. އެދަތުރުގެ ތެރެއިން ރެހާންއާ އައިޝާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އޭނަވަނީ ޕްލޭންތަކެއް ރާވާފައެވެ.
“އަދި މިއަދު ކަޅުކޮއްލިޔަށް ހޮނިހިރު ދުވަހަށް ވާއިރަށް ވިއްސާރަ އަލިކޮއްލާނެ އިންޝާﷲ.” ރެހާންވެސް ކޮންމެގޮތެއް ހަދާފަނަމަވެސް މިދަތުރުގަ ދާން ބޭނުމެވެ.
“އަހަ. ހޫދު ދަރިފުޅު ހޮސްޕިޓަލުގަ ކީއްކުރަނީތަ؟ ކޮންކުއްޖަކާ އެކުގަތަ އައީ؟” އެތެރެއަށް ވަދެގެންއައި ހޫދު ޒާމިންއަށް ފެނުނެވެ.
“މިއައީ ކާފަޔާ އެކުގައޭ. ގޭގަ މީހަކު ނުހުންނާނެތި މަންމިބުނީ މަންމިޔާއެކުގަ ގެޔަށްދާން ހޮސްޕިޓަލަށް އަންނާށޯ. މިހާރު ކާފަ ހިނގައްޖެ” ފަތިވަރެއްހެން އަމުނާލަމުން ހޫދު އައިޝާހުންނަ ކޮޓަރިޔާ ދިމާެއަށް ހިނގައިގަތެވެ.
” މަޑުކޮއްބަލަ. ގޭމްއެއްއެބައިނޭ.” ރާއިން ހޫދުގެ ކޮނޑުގައި ހިފާއްޓަލަމުން އޭނަޔާ އެއްވަރުވެލަން އެއްފައިމައްޗަށް އިށީންދެލިއެވެ. ރާއިން ގޭމެކޭ ބުނުމުން ހޫދު އުފަލުން އެއްބަސްވެލިއެވެ. ރާއިން ބުނާގޭމަކުން ހޫދުއަށް އަބަދުވެސް ވޮންޑަކޯން ލިބޭތީއެވެ. ހޫދުގެ މަންމިއާ ރެހާންބެ އެކުގައި ފޮޓޯނެގުވުމުންވެސް ރާއިން ހަދިޔާ ދިންކަން ހަނދާންވުމުން ހޫދު ހުރީ އުފަލުންނެވެ.
“ހްމްމްމްމް. ހޫދު ކުރަވީ ކަމަކީ މިއަދު ވާރޭ ވެހިއްޖެޔާ މަންމި ތެއްމާލަންވީ” ރާއިންގެ ޖުމަލަ އިވިފައި ރެހާންއާ ޒާމިންއަށް ވެސް ހެވުނެވެ. އަނެއްކާ ކޮންމެވެސް މޮޅު ޑްރާމާއެއް ޖައްސަން އުޅެނީބާއެވެ. ހޫދު ތިކަން ވާނެޔޭ ބުނުމަށް ފަހު ދުރުގައި ހުރި އައިޝާފެނުމުން އެދިމާއަށް ދިޔައެވެ.
“މަންމި ހިނގާ ވާރޭ ތެމެން. ޕްލީޒް. މިހާރު ވަރަށް ގިނަދުވަސް ވެއްޖެއެއްނުނުތެމޭތާ” ހޫދުގޮވައިގެން އައިޝާގެޔަށް ވަތްތަނާ ވާރޭ އޮއްސާލިއެވެ. ހީވަނީ ފުރިފައިވާ ބަނޑިޔަލެއް އޮއްސާލިހެންނެވެ. ހޫދުކުރުނުކޮށް ކިޔަން ފެށުމުން އައިޝާ އެކަމަށް އެއްބަސްވި ތެމިގެން ގޯތިންބޭރަށް ނުދެވޭނެކަމަށް ޝަރުތުކޮށްފައެވެ.
ވާރޭ ތެމެން ތައްޔާރުވެގެން އައިޝާ ނުކުތްއިރު ހޫދު ހުރީ ތެމިގެންނެވެ. ގޯތިތެރޭގަ ހެދިފައިވާ ފެންގަނޑުގެ ތެރޭގައި އުފަލާއެކު ދުވަމުން ދާއިރު އައިޝާގެ ހިތަށް ހަމަޖެހުން ލިބެއެވެ. އައިޝާވެސް ހޫދުއާ އެެއްވަރު ކުޑަކުއްޖަކަށް ވެގެން ވާރެޔާތެމެން ނުކުތީ މިމަންޒަރުތަށް އެހެން މީހަކަށް ނުފެންނާނެކަން އެނގޭތީއެވެ.
“މަންމި. ހިނގާ ފިލާކުޅެން. މަންމި ފުރަތަމަ ލޯމަރާފަ އެއްކަލަ ރެއިން ލަވަކިޔާ. ނިމެން ވާއިރަށް ހޫދު ފިލާނަން” ހޫދު މަޖާވެލާފައި އެހެން ބުނީ އޭނާގެ މަންމަ ވާރެޔާ ތެމިއްޖެކަން ރާއިންއަށް އަންގަން ބޭނުންވެގެންނެވެ. ލޯމަރައިލައިގެން ހުންނަ ގަޑިގައި ހޫދުއަށް ރާއިން ބަލާ ދެވިދާނެއެވެ.
” ރެއިން ރެއިން ގޯއަވޭތަ؟” އައިޝާ އަހާލީ ހޫދު އެބުނި ލަވަޔެއް ޔަގީން ނުވުމުންނެވެ.
“ނޫނޭ މަންމީ. އަނެއް ރެއިން ލަވަ. މަންމި ހޫދުއަށް އެކަނިން ކިޔާދެމެއްނު.” ހޫދު އައިޝާއަށް ހަނދާން ކޮށްދެވޭތޯ ބެލިއެވެ. އެބުނީ ކޮން ލަވައެއްކަން އެނގުމުން އައިޝާ ކުޑަހިނދުކޮޅަކަށް ފަސްޖެހުނު ނަމަވެސް ހޫދު އުފާވާނެކަން އެނގުމުން އެއްބަސް ވިއެވެ. އެހެން ނޫނަސް މިޔޮއްބޯ ވާރޭ ތެރޭގަ އައިޝާ ލަވަކިޔާ އަޑު އެހެން މީހަކަށް އިވޭނީއެއްވެސް ނޫނެވެ. އައިޝާ ލޯމަރާލުމުން ޗީޓް ނުކުރާށޭ ކިޔާފައި ހޫދު ދުއްވައިގަތީ ރާއިން ބަލައެވެ.
“އިޓްސް ލައިކްއަ އިޔަރ ވިދްއައުޓް ރެއިން އޯއޯ.
އައިމް މިސިން ޔޫ ސޫމަޗް ކޭންޓް ހެލްޕް އިޓް އައިމް އިން ލަވް
އަޑޭ ވިދްއައުޓްޔޫ އިސް ލައިކްއަ އިޔާ އިދްއައުޓް ރެއިން”
އައިޝާގެ ޖާދުވީ އަޑުން ލަވަ ކިޔާލަމުން ނަށާލިއެވެ. އެލަވަޔަކީ އައިޝާ ދުވަހަކުވެސް ހިތުން ފިލާނެ ލަވަޔެއް ނޫނެވެ. ލޯމަރާލައިގެން ލަވަކިޔަމުން ދިޔައިރުގައި އަދިވެސް އެދުވަހުގެ ހަނދާންތަށް އެބަހުއްޓެވެ. ރެހާން ބަލަހަށްޓައިގެން ހުރިގޮތް ހަނދާންވުމުން އަދިވެސް ލަދުގަނެއެވެ.
ފަހަތުގައި މިމަންޒަރުތަށް ބަލަން ހުރި ރެހާންއަށް ބަޔާންކުރަން ދަތި އުފަލެއް ލިބިގެން ދިޔައެވެ. އަދިވެސް އޭނާގެ އޭޝް ދެގޮތެއްނުވާކަން ޔަގީންވިއެވެ. އެދުވަހު އަޑުގައިވި ލޯބި މިއަދުވެސް އެއަޑުގައި ވެއެވެ. އެއިރެކޭ އެއްފަދައިން މިޔަދުވެސް ނަށާލަމުން ލަވަކިޔަމުން ދިޔައިރު އެއްވެސް ހިޔާލެއް ފިކުރެއް ނެތެވެ. މޫނުމަތީގައިވާ ހިނިތުންވުން ފެނުމުން އައިޝާއަށް އެތަށް ހިތާމައެއް ކުރިމަތި ވެފައި ވާކަން މީހަކު ހީވެސްް ނުކުރާނެއެވެ.
“ޔޫ ރިއަލީ ލަވް ރެއިން؟ ރައިޓް؟” އައިޝާގެ ލަވަކިޔުން ހުއްޓުނީ ދާދިގާތުން ފިރިހެންވަންތަ އަޑެއް އިވުމުންނެވެ. އެއަޑެއް އައިޝާއަކަށް ނޯޅޭނެއެވެ. އެއީ އައިޝާގެ ހިތާފުރާނައިން ލޯބިވި ރެއިންގެ އަޑެވެ. އެހާ ގާތުން އެއަޑު އިވުމުން އައިޝާގެ ގައިން ހީބިހި ނަގާލިއެވެ. މަޑުމަޑުން ލޯހުޅުވާ ބަލާލީ މީ ހީވާހިވުމަކަށް ވުމަށް ދުއާކުރަމުންނެވެ. ލޯބިވެތި ގޮތަކަށް ރެހާން އައިޝާއާ ދިމާއަށް ބަލަހަށްޓައިގެން ހުރިތަން އޭނަޔަަަށް ފެނުނެވެ. އެ ފަން އިސްތަށިކޮޅުގެތެރެއިން ބޮސްދެމުން ފައިބާ ފެންތިކިތަކަމެދު އައިޝާއަށް ހަސަދަވެރި ވެވުނެވެ. އެއީ ހަމައެކަނި އައިޝާގެ ހައްގެކޭވެސް ހިތަށް އެރިއެވެ. ހަމަ އަސްލަސްވެސް ރެހާން އެތާގައި ހުރިކަން ރޭކާލުމުން އައިޝާ ހާސްވިއެވެ. މިޔޮށް ހުރިހާ ދުވަސްވަންދެން ރެހާން އަށް ފޮރުވައިގެން އުޅުނު ކަންތަށް މި ފަޅާއެރީއެވެ. މިއަދު ހަމަ ރަނގަޅަށްވެސް ބޭޒާރު ވެއްޖެއެވެ. ގޭގެ ދޮރޯށި ތަޅުލައިފައި އުޅުނުނަމަ މިހެނެއް ނުވިސްއެވެ. މާރީއްޗަށް ލަވަކިޔަން އެނގިގެން އަޑުގަދަކޮށް ލަވަކިޔަން ވެއްްޖެޔޭ އައިޝާ ހިތަށްއެރިއެވެ. ލެންސް ނުލައްވާ ވާރޭތެރޭގަ އުޅުމުން އައިޝާގެ ލޮލުގެ އަސްލުކުލަޔަކީ މަޑު މުށިކުލައެއްކަން ރެހާންއަށް ޔަގީންވާނެއެވެ. އައިޝާއާ ސަނާޝްއަކީ އެކެއްކަން އެނގުމުން ރެހާން ކަންތަށް ކުރާނީ ކިހިނަކުން ބާއޭ އައިޝާ ހިތަށް އެރިއެވެ. ދެން ރެހާން އޭނާގެ ހަޔާތަށް އެނބުރި އަތުވެއްޖެނަމަ ހަދާނީ ކިހިނެއްބާއެެވެ. ރެހާންއަށް ހޫދަކީ އޭނާގެ ދަރިއެއްކަން މިއަދު އެނގޭނެއެވެ. ރެހާން ހޫދުއާއެކުގަ އުޅެން ބޭނުންވެއްޖެނަމަ އައިޝާ ދޭނީ ކޮން ޖަވާބެއްބާއެވެ.
ނޫނެެކެވެ. އައިޝާއާއި ހޫދުގެ ހަޔާތަށް އެނބުރި އައުމުގެ ހައްގެއް ރެހާންއަކަށް ނޯންނާނެއެވެ. އެދުވަހު އައިޝާއަށް ފުރަގަސްދިން މީހަކަށް މިއަދު އޭނަވެސް ފުރަގަސް ދޭނެއެވެ. އައިޝާ ހިތުގައި ޖައްސާ ރޮއްވާލިމީހަކަށް އޭނަ އެހާ ފަސޭހައިން މާފެއް ނުކުރާނެއެވެ. ރޮއިރޮއި އޮއްވާ އެއަތުން ދޫކޮއްލިއިރު އައިޝާދާނެ އިތުރު ތަނެއް ނުހުންނާނެކަން ރެހާންއަށް ހަމަ ރަނގަޅަށްވެސް އެނގޭނެއެވެ. މިފަދަ ހިޔާލުތަކުން އައިޝާގެ ބޮލަށް ބަރުވާހެން އޭނާޔަށް ހީވިއެވެ. ލޮލަށް ޖަމާވި ކަރުނަތަށް ހިފެހެއްޓުމެއްނެތި ދޫކޮއްލީ މިވާރޭގައި އެކަރުނަތަށް ރެހާންއަށް ފާހަގަ ނުވާނެކަމަށް ހީކޮށެވެ.
ރެހާންގެ ހިތުގައިވީ އެއްޗެއް އައިޝާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ. މީގެ ދެތިންދުވަސް ކުރިން ރެހާންއަސް އައިޝާއަކީ ކާކުކަމާއި ހޫދުއަކީ އޭނާގެ ދަރިޔެއްކަން އިނގުނުކަން އައިޝާއަށް އެނގޭނީ ކިހިނަކުންހެއްޔެވެ. އެހިތުގައި އަޅާވޭން އަދިވެސް އެދަނީ ފޮރުވަމުންނެވެ. އައިޝާގެ މައާފް ހޯދުމަށް ބޭނުންވެފައިވާ މިންވަރު ހިނިތުންވުމުގެ ފަހަތުގައި ފޮރުވާލައިގެން ހުރިއިރު ރެހާންއަށް އައިޝާ ރޯކަން އެނގުނެވެ. ހުރިހާ ހަގީގަތެއް ރެހާންއަށް އެނގިއްޖެޔޭބުނެ ލޯބިން އައިޝާގައިގައި ބައްދާލަން ރެހާން ބޭނުންވިއެވެ. އެލޮލުގައިވާ ކަރުނަތަށް ފުހެލަދޭން ބޭނުންވިއެވެ.
” ދަރިފުޅާ ހޫޑީ. ހިނގާ އެތެރެޔަށް. މަންމި ހީކަރުވައިފި މިހާރު” އައިޝާގެ ކަރުނަތައް ފުހެލުމަށް ރެހާން އުފުލާލި އަތް މަޑުޖައްސާލީ އައިޝާ ހޫދުއަށް ގޮވާލުމުންނެވެ. އޭރު ހޫދު ރާއިންގެ އަތުގަ ހިފައިގެން އެތެރެއަށް ވަންނަނީއެވެ. ހޫދު އަދި ހުންނަން ބޭނުންކަމަށް ބުނުމުން އައިޝާ އެތެރަށް ވަދެގެން ދިޔައީ އިތުރަށް އެތާގައި އެންމެ އިރުކޮޅަކުވެސް ކެއްނުވާނެތީއެވެ. އައިޝާ ދިޔުމުން ރެހާން ހޫދުއާ އެކުގައި ވާރޭ ތެރޭގައި ސަކަރާތް ޖަހަން އުޅުނެވެ.
އެހަފްތާގެ ކުރިޔަށް އޮތް ދުވަސްތަކުގައި އައިޝާ ސަލާމް ބުނެފައި ގޭގަ މަޑުކުރީ ރެހާންއާ ކުރިމަތިލާނެ ހިތްވަރު ނެތުމުންނެވެ. އަދިވެސް ރެހާންގެ ތޫނު ނަޒަރުން އައިޝާގެ ހިތުގެ އެންމެ ހިމަނާރާވެސް ކުޅެލައެވެ. އެހިތަށް ކިތަންމެ އަސަރެއް ކުރިނަމަވެސް އެކަން ފާޅުކުރާކަށް އައިޝާ ބޭނުމެއް ނުވެއެވެ. އެކަމަކު އެގޮތުގައި ރެހާން ކުރިމައްޗަށް ނާރައި އުމުރު ދުވަހު އުޅެވޭކަށްވެސް ނެތެވެ. މިރަށް ދޫކޮށް އައިޝާގެ އުފަން ރަށަށް ބަދަލުވިނަމަވެސް އައިޝާއަށް ލިބޭނެ މާބޮޑު ހިތްހަމަޖެހުމެއް ނޯންނާނެއެވެ. ބައްޕަ ނިޔާވުމަށްފަހު އެރަށުގައި އައިޝާގެ އާއިލާ މީހެއްވެސް ހުރީކީ ނޫނެވެ. ފިރިމީހާ ނުލައި ރަށުގަ އުޅެންވެއްޖެނަމަ މީހުން ފާޑުފާޑުގެ ވާހަކަތަށް ދައްކާނެއެވެ. އެކަމުން އައިޝާގެ އިއްޒަތާ އަބުރަށް ހުތުރެއް އަރާކަށް އޭނަ ބޭނުމެއް ނުވެއެވެ. ދެންހުރި އައިޝާ ބައްޕައެއްކަމުގައި ދެކުނު އިމްރާންއެވެ. އެބައްޕަވެސް ވީ މީގެ އަހަރުތަކެއް ކުރިން މިކެހިވެރި ދުނިޔެ ދޫކޮށް އަބަދުގެ ހަމަޖެހުން ލިބިގެންވާ އާލަމަށް ދަތުރުކޮށްފައެވެ. ބައްޕަ ކުރިވަސިއްޔަތަށް އަމަލުކުރަން ބޭނުންނަމަ މިރަށުގައި ހުރުން ނޫންގޮތެއް ނެތެވެ. ބައްޕަ އައިޝާއާ އެންމެ ފަހުން ދިމާވިދުވަހުގައިވަނީ އެރަށުން އައިޝާއަށް ގެޔެއް ހަދިޔާ ކޮއްފައެވެ. އަދި ރަށަކީ ރެހާންގެ މަންމަގެ ރަށް ކަމުގައި ވުމުން އެރަށުގައި ދިރިއުޅުން އާބާދު ކުރުމަށް ވަސިއްޔަތް ކުރިއެވެ. މިރަށުން ބަދަލުވެއްޖެނަމަ އެ ފުރަގަސް ދެވުނީ ހަމައެކަނި އިމްރާންގެ ވަސިއްޔަތަށް އެކަންޏެއްނޫނެވެ. ވޭތުވެދިޔަ ހައަހަރު ދުވަސްވަންދެން އައިޝާގެ އުފަލާ ހިތާމައިގައިވެސް ބައިވެރިވި ޒާމިންގެ އާއިލާއަށްވެސް ފުރަގަސްދެވެނީއެވެ. ބައްޕައެއް ނެތަސް ހޫދުއަށްވެސް ލިބިފައި އުފާވެރި އާއިލާ އެކުޑަކުއްޖާގެ އަތުން ނިގުޅައި ގަނެވެނީއެވެ. ރެހާން އަޔެއްކަމަކު އައިޝާއަށް އެލިބިފައިވާ އުފާވެރި ހަޔާތާ ދުރަށް ދާން ޖެހޭނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. އެހަޔާތާ ދުރަށް ދާންޖެހޭނީ ރެހާންއެވެ..
ގެއިން ބޭރަށް ނުނުކުތެއްކަމަކު ރެހާންމެން ބޭނުން ކޮންމެ ވަގުތެއްގައި ހޫދު ގެންދިޔުމުގެ ހުއްދަ އައިޝާ އެމީހުންނަށް ދެއެވެ. ރެހާންއާއެކުގަ ހެދަކުރެވޭ ވަގުތުތަކުގައި ހޫދު އުފާވާނަމަ އައިޝާއަށް އެއްވެސް މައްސަލައެއްނެތެވެ. އައިޝާ ރެހާންއާ ގުޅެން ބޭނުންނުވިނަމަވެސް ރެހާންއާ ހޫދު ދުރުކުރާކަށް އެއްވެސް މަސައްކަތެއް ނުކުރާނެއެވެ. ރެހާންގެ ގޭގައި ހޫދު ހޭދަކުރާ ވަގުތުތަކުގައި އޭނަ އުފާވާ ވަރު އެންމެ ރަނގަޅަށް އެގޭނެ މީހަކީ އައިޝާއެވެ. ހޫދުގެ އުފަލަށްޓަކާ އައިޝާ ހުންނަނީ ކޮންމެކަމެއް ކުރަންވެސް ތައްޔާރަށެވެ.
ގޭ ސޯފާގައި އައިޝާ އިށީނދެގެންއިނީ ވާހަކަފޮތެއް ކިޔާލާށެވެ. ހޫދު ރެހާންއާ އެކުގަ ދާވަގުތު ތަކުގައި އައިޝާ ވާހަކަކިޔުން ކަހަލަ ކަންކަން ކޮއްލައެވެ. ޒާމިންމެން ގެޔަށް ނުދިޔަ ނަމަވެސް އެމީހުންގެ ހާލުވެސް ބަލާ ހަދައެވެ. އައިޝާ ބަލިކަމަށް ބުނުމުން މިއަދު އެމީހުން ގެޔަށް އަންނަ ވާހަކަ ބުނުމުން އައިޝާ އަދިވެސް އެއިންނަނީ އެމީހުންގެ އިންތިޒާރުގައެވެ.
“އައްސަލާމްއަލައިކުމް. ދޮރުމަތިން އިވިގެން ދިޔައަޑުން އެއީޒާމިންމެން މީހެއް ނޫންކަން އައިޝާއަށް އެނގުނެވެ. ސަލާމް ބަލައިގަތުމަށްފަހު ތެދުވެލީ އޭނަ ހޯދަން އައީ ކާކުތޯ ބަލާލުމަށެވެ. ދޮރުމަތީގައި މަޑުކޮއލައިގެން ތިބި އާސިމާއާއި ޖަނާން ފެނުމުން އައިޝާ ފޫހިވިނަމަވެސް ޕަލާސްޓިކް ހިނިތުންވުމެއް ދިނުމަށްފަހު އެތެރެއަށް އައުމަށް ދައުވަތު ދިނެވެ. ސޯފާގައި އިށީންނަމުން އާސިމާއާ ޖަނާން ގޭތެރެއަށް ރަނގަޅަށް ބަލާލިއެވެ. ދެމީހަކު އުޅެންވެސް ހަދާފައި އެހުރީ ކުޑަގެޔެއް ނޫންތާއެވެ. މިގެ އެހާ ސާފުކޮށް ރީއްޗަށް އޮންނަނީ ޔަގީނަށްވެސް ނޯކަރުން ގެންގުޅޭތީއޭ އާސިމާ ހިތަށް އެރިއެވެ.. ނޫންނަމަ އައިޝާފަދަ މިޒަމާނުގެ ކުއްޖަކަށް އެކަނިމާއެކަނި ދަރިއެއް ބަލަމުން ވަޒީފާއަށްދަމުން ގޭތެރެ މިހާ ފަރުވާތެރިކަމާއެކުގަ ނުބެލެހެއްޓޭނެއެވެ.
“ނަންވެސް ބުނެނުލެވޭދޯ؟.. މީ އާސިމާ. ދައްތަ ކިޔަސް ރަނގަޅުވާނެ. ދެން މީނީ ޖަނާން އަހަރެންގެ ދަރިއެއް ކަހަލަ ކުއްޖެއް” އާސިމާއެހެން ބުނެލިއިރު އައިޝާގެ ހިތުގައިވީ ‘ނުބުންޏަސް އެގޭ’ މިޖުމްލައެވެ.
” އަސްލު ޖެނީމެން މިގެޔަށް ވަދެލީ ނެއިބާސްވީމަ.. ހާލުއަހާލަން ވާނެ ދޯ. އޭރަކަންނު ރައްޓެހިންނަށްވެސް ވެވޭނީ” ޖަނާން ފޮނިގޮތަކަށް ބުނެލި ޖުމްލައިން ކުރިޔަށްވުރެވެސް ބޮޑާވެފައި ވާކަން އައިޝާއަށް ފާހަގަ ވިއެވެ.
” ދައްތަމެން ކިހިނެއްތަ؟ އަންނާނަން އިނގޭ ބޯލާނެ އެއްޗެއް ހިފައިގެން” އާސިމާ ރަނގަޅޭ ބުނުމުން އައިޝާ އެތެރެއަށް ވަދެގެން ދިޔައެވެ. މާޒީގައި އެދެމީހުން އައިޝާއާ ދޭތެރޭ ކިތަންމެ ގޯސްކޮށް ކަންތައް ކޮއްފައިވިޔަސް އެކަން ހިތުއަޅައިގެން އަމަލުތަކުން ދައްކާކަށް އައިޝާ ބޭނުމެއް ނުވެއެވެ. މިއަދު އެމީހުން މިގެޔަށް ވަދެލީވެސް އައިޝާއަކީ އެއްދުވަސްވަރެއްގައި އެދެމީހުން އެންމެ ނަފުރަތު ކުރާ ކުއްޖާކަން ނޭނގޭތީއެވެ. އޭރާ ހިލާފަށް މިއަދު އައިޝާއަކީ ތަނަވަސް މީހަކަށް ވީމައެވެ.
“ކޮބާ ދަރިފުޅު؟” ގޭތެރެއިން އިތުރު މީހެއްގެ ހިލަމެއް ނުވާތީ އާސިމާ އަހާލިއެވެ. ރައިންއާ އެކުގައި އެގެޔަށް ގޮސްއޭ އައިޝާ ބުނީ ގަސްތުގައެވެ. އައިޝާއަށް ބުނެވޭ އެއްޗަކުން އެމީހުންނަށް އެއީ ކާކުކަން އެނގޭކަށް ބޭނުމެއް ނުވެއެވެ.
“ރާއިންއާ ރެއިން އެއި ދެބެންދޯ؟ އަހަރެންނަށްވެސް އެނގުނީ ކުރިން ދުވަހުގަ ނާޒް ބުނީމަ. ރެހާންގެ ފަރާތުން ކިހިނެއް އިނގެނީ. އޭނަ އަހަރުމެން ގެޔަށް ވަދެލަނީކީ ނޫންވިއްޔަ” އާސިމާ ނިކަން ހަމަޖެހިގެން ވާހަކަ ދައްކަމުން ދިޔައެވެ. ދައްކާހާ ވާހަކައަކަށް އައިޝާ ބޯޖަހަމުން ދިޔައީ ކިޔާނެ އިތުރު އެއްޗެއް ނޭނގޭތީއެވެ.
“އަސްލު ރެއިން މިރަށަށް އައިފަހުން ވަރަށް ބަދަލު ވެއްޖެދޯ؟ މިބުނީ އައިޝާމެން ކުރިމަތީގަ އޭނަ އުޅެނީ މާ ހަރުކަށި ބޮސްއަކަށް ވެގެނެއްނު.” ޖަނާން ރެހާންގެ ވާހަކަ ފެށިއިރު ހީވަނީ އެއީ ޖަނާންއާ ވަރަށް ގާާތް މީހެއްހެންނެވެ. އަދިވެސް ޖަނާންގެ އެ ގޮތްގަނޑު ބަދަލު ނުވަނީބާއޭ އައިޝާ ހިތަށް އެރިއެވެ.
“ކޮބާތަ ފިރިމީހާ؟ އައިޝާމެން އެހެން އުޅޭއިރުގަ މަދުމަދުން ފެނުނަސް އޭނަޔެއް ނުފެނޭ.. އަހަރެން ފުރަތަމަ ހީކުރީ ރާއިންކަމަށް އައިޝާގެ ފިރިޔަކީ” ކުޑަހުނުމަކާއެކު ޖަނާން އެހެން އަހާލީ އައިޝާއާ ރެހާންގެ އެއްވެސް ގުޅުމެއް ނެތްތޯ ޔަގީންކޮއްލުމަށެވެ. ރެހާންއަކީ އައިޝާގެ ފިރިމީހާކަމެއް އެމީހުންނަކަށް ނޭނގޭނެ ނޫންހެއްޔެވެ. އެމީހުންނަށް އެންމެފަހުން އައިޝާ ފެނުނުއިރާާ އަޅާބަލާއިރު މިހާރު އައިޝާ ހާސްބައި ތަފާތެވެ. ހައަހަރުކުރިން އާސިމާމެންނަށް ފެނިފައިވާނީ ވައް ކުކުޅުބިހެއްހެން ހުންނަ ސަނާޝްއެވެ. އެ ފަލަފަލަ ކުއްޖާއާ އައިޝާއާ އެއްވެސް ގުޅުމެއް ވާނެޔޭ އާސިމާމެން ހިތަށްވެސް ނާރާނެއެވެ.
” ފިރިމީހާ ނެތް. މިބުނީ ބޭރުގަވަނީ” އައިޝާ އެދެމީހުންނަށް އޮޅުވާލިއެވެ. ކޮންމެހެން އެދެމީހުންނަށް އެނގޭކަށް ނުވެސް ޖެހޭނެޔޭ އޭނާ ހިތަށް އެރިއެވެ. އެހެން ބުނެލުމުން ޖަނާންގެ މޫނުމަތިން ކާމިޔާބީގެ ހިނިތުންވުން ފެނިގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ރެހާން ހާސިލް ކުރުމަށް އެއްވެސް ހުރަހެއް ނެތްކަން ޖަނާންއަށް ޔަގީންވިކަހަލައެވެ.
“މަންމީ” ސޯފާގައި އިން އައިޝާ ދޮރާ ދިމާއަށް ބަލާލީ ހޫދުގެ އަޑުއިވުމުންނެވެ. އޭރު ނަސްރީނާއާ ހައިތަމްގެ އަތުގަ ހިފާލައިގެން ހޫދު އެތެރަށް ވަދެގެން އާދެއެވެ. ސޯފާގައިއިން އާސިމާ ފެނުމުން ނަސްރީނާއާ ހައިތަމްގެ މޫނުމަތި ބަނަވެގެން ދިޔަގޮތް އައިޝާއަށް ފާހަގަ ބިއެވެ. އާސިމާގެ މޫނުމަތިންވެސް ހީވީ ހުޅަގު މޫސުމުގެ ވިއްސާރަ ހަދާލިހެނެވެ. މިމީހުން މިގެޔަށް އައީ ކީއްކުރަން ބާއޭ އާސިމާ ހިތަށްއެރިއެވެ. އެތާގައި ނީނދެ އަވަހަށް ގެޔަށް ދާން އާސިމާ ބޭނުންވިއެވެ. ކަމެއް ހަނދާން ވެއްޖެ ކަމަށްބުނެ އާސިމާ ޖަނާން ގޮވައިގެން ނުކުތީ ކީއްވެކަން އައިޝާއަށް ވަރަށް ރަނގަޅަށް އިގުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ލޯބި އަހަރެން ވާނަމޭ (11)

Next

އުފާވެރި ހަޔާތަށް އެޅުނު ހިޔަނި (4 ވަނަ ބައި)

Next
November 30, 2017

އުފާވެރި ހަޔާތަށް އެޅުނު ހިޔަނި (4 ވަނަ ބައި)

Previews
November 30, 2017

ލޯބި އަހަރެން ވާނަމޭ (11)

58 Comments!

  1. Awa says:
    November 30, 2017 at 5:02 pm

    Hii guyss salaam?miothy up kollevifa. Hope you all will like it. LYSM????

  2. shah_dher? says:
    November 30, 2017 at 5:03 pm

    fantastic❤️???

    1. Awa says:
      November 30, 2017 at 6:19 pm

      Thankss dear??????

  3. Rsh says:
    November 30, 2017 at 5:08 pm

    V Reethi…..???
    When next ???

    1. Rsh says:
      November 30, 2017 at 5:09 pm

      Me first tha ???

    2. Awa says:
      November 30, 2017 at 6:20 pm

      Thanks darling?? inshaAllah tmrw

  4. oh mah god says:
    November 30, 2017 at 5:10 pm

    ovenn….. damn ur such a wtiter? alhe i didn except this story to be seen rn?? but its q8 a suprise soo thaaaanks ovennn.? im 16 soo i guess ur my sis..☺ hi sis .. ? it felt gud trryin it! btw the story is obbbi ness to da max.. LY to moon and back??

    1. oh mah god says:
      November 30, 2017 at 5:10 pm

      me second???

    2. Awa says:
      November 30, 2017 at 6:22 pm

      Hii li’l sis??thankyou so much dhoonigandaa?????LYMM❤❤❤

  5. annoying reader says:
    November 30, 2017 at 5:13 pm

    love it. haha alhey aasima akah v gotheh dhw so funny. cant wait for the next part <3 waiting for rain and ash to become one again

    1. Awa says:
      November 30, 2017 at 6:25 pm

      Meehunah goas koh edhey meehakah dhimaavaanee egoiyy??
      Thanks dear??

  6. Laara says:
    November 30, 2017 at 5:14 pm

    Mi bai ves Vrh rythiii❤️Ehkam haadha kurey?

    1. Awa says:
      November 30, 2017 at 6:26 pm

      Alhey kurutha??
      Thanks dear???

  7. Mysh says:
    November 30, 2017 at 5:16 pm

    Omggg..mi prt ves v rythi..nxt prt avas kohla dhyba awa

    1. Awa says:
      November 30, 2017 at 6:29 pm

      Thanks mysh?? tmrwga next ep?

  8. Riii says:
    November 30, 2017 at 5:18 pm

    Hiie….vvv reethi mi story… Hama asluvx… Whn nxt prt…. Waiting.. Waiting……

    1. Awa says:
      November 30, 2017 at 6:31 pm

      Hiii.. thanks dear.. inshaAllah tmrw

  9. Juvey says:
    November 30, 2017 at 5:20 pm

    Wow v v v reethi. .awa doonee ly ? ? ? ? ❤ awa doonee ur grt. .

    1. Awa says:
      November 30, 2017 at 6:33 pm

      Juvey dhoonii?? thankyou sm nd LYMM❤????

  10. Hudha says:
    November 30, 2017 at 5:24 pm

    Varah nice.. Dhen oiy part ves avas kohdheythi…

    1. Awa says:
      November 30, 2017 at 6:34 pm

      Thanks dear. I’ll try my best

  11. Mann says:
    November 30, 2017 at 5:29 pm

    Wooooooooo I’m impressed that. I’m 8th dhw. Heheheheheee ???????????????????????????☺️☺️☺️☺️☺️☺️☺️☺️☺️???

    1. Awa says:
      November 30, 2017 at 6:35 pm

      thanks mann????????????????

  12. Lala says:
    November 30, 2017 at 5:30 pm

    Wow.. ??vvvv waiting. Next part Upkohladheyne kamah unmeedh kurann varah varah varah varah varah varah……
    Love You So Much Awa.

    ?????
    Waiting..
    ??

    1. Awa says:
      November 30, 2017 at 6:38 pm

      Hello dear.. thankyou sssssm????i’ll upload asap??love u more????

  13. Choppi says:
    November 30, 2017 at 5:38 pm

    Ehnme kiyaa hiyvi thankolhun e nimuny… ???

    1. Awa says:
      November 30, 2017 at 6:39 pm

      Alheyyy.. ebunaahn

  14. Chim says:
    November 30, 2017 at 6:02 pm

    Hehehe..plastic hinithun vun..vvv reethi mi partves ❤

    1. Awa says:
      November 30, 2017 at 6:40 pm

      Heheheh. Thanks?????????

  15. Layaa says:
    November 30, 2017 at 6:16 pm

    Hey awa this story is amazing … ??? keep it up.. and awa i need contact you .. may i?

    1. alhan says:
      November 30, 2017 at 6:20 pm

      hw do u guys contact each other? if u dnt mind. im really curious

    2. Awa says:
      November 30, 2017 at 6:28 pm

      Thank layaa???????Yeh sure dear

    3. Hawwu (Layaa) says:
      November 30, 2017 at 7:05 pm

      Haha .. she can contact me dear.. through gmail.. dhw awa

    4. Awa says:
      November 30, 2017 at 7:38 pm

      Yeh right. Layaa contact koffa angaalahchey. Eyrah gmail check kolleveynee??

  16. unaal says:
    November 30, 2017 at 6:18 pm

    vrh reethi stry..

    1. Awa says:
      November 30, 2017 at 6:41 pm

      Thanks unaal dear???????

  17. Xaaaan says:
    November 30, 2017 at 6:56 pm

    Masha Allah v reethi??

    1. Awa says:
      November 30, 2017 at 6:57 pm

      Heii xaaaan.. hw?
      Thankyou so much dear??????

  18. sana says:
    November 30, 2017 at 7:13 pm

    Wow!very beautiful ?????????????????????????????

    1. Awa says:
      November 30, 2017 at 7:40 pm

      Thanks sana dhoonii?????????

  19. Maa says:
    November 30, 2017 at 7:45 pm

    Thanks avahah up kohdhineema.. v nice.. ??

    1. Awa says:
      November 30, 2017 at 8:05 pm

      Thanks dear????

  20. Yaloo says:
    November 30, 2017 at 8:15 pm

    Vvvvvvv salhi stry….nxt prt ah vvvv inthixaaru kurevey…whn nxt prt??

    1. Awa says:
      November 30, 2017 at 8:40 pm

      Thanks dear???inshaAllah tmrwga genesdheynan

  21. Shh says:
    November 30, 2017 at 9:36 pm

    Varah ves reethi mi baives♡♡♡. Superb.waiting for next part.

    1. Awa says:
      December 1, 2017 at 8:33 am

      Thanoss dear??????

  22. Black beauty says:
    November 30, 2017 at 9:58 pm

    Awa ehnyaa up kohlaahen konme dhuvahaku 2 part up kohdheeba pls

    1. Awa says:
      December 1, 2017 at 8:35 am

      Sorry dear. Kurin v free koh ulhunee. Ehnve daily 2 part upkohdhiny. Bt now v busy. Still daliy up kolla dheveythw balaanan?

  23. hammu says:
    November 30, 2017 at 10:22 pm

    wow….its lovely..waiting for next part….can’t sleep without reading this story..???

    1. Awa says:
      December 1, 2017 at 8:37 am

      Awwwwn.. thanks hammu??????

  24. ishaa says:
    December 1, 2017 at 10:10 am

    awa dont mind when we say to up ur story 2,3 times a day , or when we say its short… aslu ehen buneveny mi story ehaa reethi veema… hama gaimuves ishaa dhuvaalaku ethah faharah balaalan hama ekani mi story up kohli thw..every episode i read until another episode is released.. hehe.. ? this is the bestest story in this site.. nd im a big fan of yurs.. even though i dont knw much abt… i can understand yuh too will have private life problems or reasons.. thank yuh for ur hard work..?????

    1. ishaa says:
      December 1, 2017 at 10:13 am

      * every episode i read as many times i can until the another episode is released.. ?

    2. Awa says:
      December 1, 2017 at 10:51 am

      Heii ishaa..Aslu egothah up kollan buneema ufaa vanee.. n thankyou guyss v boakh bcox mi vaahakaah thihaa support dheythee??i’m really hapy t know??LYSM???????????

  25. Aki says:
    December 1, 2017 at 1:04 pm

    miadhu kihaairaku up kolha dheynee

    1. Awa says:
      December 1, 2017 at 2:10 pm

      Mireyga kanneyge up kolleveynee.. miadhu v busy koh miulheny.lap ga innanee. So phn ah alhan vx kuda vaguthukolheh beynun vaane. Bt mireyga avahah up kolleveythw v try kuraanan?

  26. Xxxx says:
    December 1, 2017 at 2:35 pm

    Wooooowww ????? v.nice..waiting 4 next part

    1. Awa says:
      December 1, 2017 at 5:17 pm

      Thanks dear??????

  27. HuMey says:
    December 1, 2017 at 2:42 pm

    alhey waiting 🙁

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (ބާވިސްވަނަބައި)←


All Right Reserved!