” ކޮބާ ގެޔަށް ދޯ ދެން ތިދަނީ. އަހަރުމެން ދާނީ އަތިރިން އެމީހުން ނަގައިގެން” ކާރުދޮށުގައި ހުއްޓިލި ޒާމިން ފެނުމުން ރެހާން ބުނެލިއެވެ. “އާ އަހަރެން ދަނީއޭ. އަދި ހޫދު ގެޔަށް ލައިފައި ހަމަޖެހިލެވޭނީވެސް. ” ޒާމިން ސައިކަލު ދުއްވާލަމުން ރެހާންމެނަށް ހަނާ އަޅާލިއެވެ. ކާރު ޖެޓީ ކައިރިއަށް މަޑުކޮއްލިއިރު ލޯންޗު ލަފަނީއެވެ. އަތިރިމަތީގައި މީހުން އުޅުނެއްކަމަކު އެލޯންޗް ލަފާތަނަށް ރެހާންމެން ނޫންބަޔަކު ނާދެއެވެ. ރާއިން ކާރުން ފެއިބިގޮތަށް ދުއްވައިގަތީ ލޯންޗް ދޮށަށެވެ. ރެހާން ސިފަކޮއްދީފައިވާލެއް މޮޅުކަމުން […]
“އެޔޮއް އަންނަނީ މަންމި.” މީހުންތަކުގެތެރެއިން ހޫދު ދުއްވައިގަތީ ކުއްލިއަކަށެވެ. ރެހާންވެސް ކުރިޔަށް އެޅި ފިޔަވަޅު ހުއްޓުނީ ކުރިމަތިން ފެނުނު ހިތްގައިމު މަންޒަރުންނެވެ. ފަޔާ ހަމައަށް އަންނަވަރުގެ އަޅިހުލައިގެ އަބާޔާއެއް ލައިގެން ހުރިއިރު އިސްތަށިގަނޑު ނިވާކޮއްފައި ހުރީ މަޑު ފިޔާތޮށި ކުލައިގެ ޝޯލްއަކުންނެވެ. އުނަގަނޑާ ހަމައިން ފިޔާތޮށި ކުލައިގެ ބެލްޓެއް އަޅާފައިވުމުން ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ނިއްކުރިމަތީގައި ހުރަހަށްވާގޮތަށް ރިހިކުލައިގެ ހިމަހިމަ ބޭންޑެއް އަޅާފައިވާއިރު ޝޯލް އޮޅާލާފައިވާގޮތުން ހިޖާބް މޮޑެލްއަކަށް ދުލެއްނުުކުރެއެވެ. ހެދުމާއި އެންމެ ގުޅޭނެ ގޮތަކަށް […]
އޮފީހުގައި ބުރަ ދުވަހެއްކަމުން ރެހާން އިނީ ފުދޭވަރަށް ޕްރެޝާރގައެވެ. ދުވަހަކީ މުވައްޒަފުންގެ ފަރާތުން އަންނާނެ ޝަކުވާއެއް އަހަން އެންމެ ބޭނުންވި ދުވަހެއްވެސް ނޫނެވެ. ނަމަވެސް ބައެއް ސީނިއާ ނަރުހުންގެ ކިބައިން ތަނުގެ ބައެއް މުވައްޒަފުންގެ ހެދުންއެޅުން ހުންނަ ގޮތުގެ ހިތްހަމަ ނުޖެހުން ފާޅުކޮށް ރެހާންއަށް އެ މައްސަލަ ހުށައެޅިއެވެ. ހާއްސަކޮއް ޒުވާން ނަރުހުން ޔުނީފޯމް ބޭނުން ނުކުރާ ގަޑި ތަކުގައި އެކަށީގެންނުވާ ހެދުންތަށް ބޭނުންކުރުމަކީ ހޮސްޕިޓަލުގެ މުވައްޒަފުންނާމެދު ރަށުގެ މީހުން ނޭދެވޭ ވާހަކަ ދައްކާނެ ކަމެއް ކަމުގައިވެސް […]
ފެނުނު މަންޒަރުން ރެހާންއާ ރާއިންއާ ދެމީހުންނަވެސް ތިބީ އެއްވަރެއްވެފައެވެ. އިހުސާސްތަށް ފޮރުވަމުން ރެހާން ގެޔަށްދާން ހިނގައިގަތީރުވެސް ރާއިން ޖެހި ބުދެއްހެން ހުއްޓިލައިގެން ހުއްޓެވެ. “ޑރ. ރާއިން.. ހިނގާ އަހަރެންނާއެކުގަ ގެޔަށްދާން. ކުޑަކޮށް ވާރޭވެހެންވެސް ފަށައިފި.މި ކޮޅަށް އައީ ހިނގާފައެއްނު” ރެހާން ފަހަތްބަލާލަމުން ރާއިންއަށް ދައުވަތު ދިނެވެ. ހޫދުގެ އަތުގައި ބޭސްއަޅަން އުޅުނުއިރު ދެމީހުން ދިމާވެފައިވާތީ އެދެމެދުގައިވަނީ އެކުވެރިކަން އުފެދިފައެވެ. ކާރުތެރޭގައިވީ ހަމަހިމޭންކަމެވެ. ކާރުދުއްވަމުންދިޔަ ރެހާންގެ ނަޒަރު ކުރިމައްޗަށް ހުއްޓާލެވިފައިވީނަމަވެސް އޭނާގެ ވިސްނުންވީ އެހެން ތަނެއްގައެވެ. އައިޝާ ހޫދުގެ […]
“އަހަރެންގެ މާބޮޑު އާއިލާއެއް ނޯންނާނެ. ބައްޕަ ނިޔާވިތާ ހައެއްކަ އަހަރަށް މިއޮތީ. ބައްޕަގެ އަންހެނުން އުޅޭނެ މާލޭގަ. މިބުނީ އަހަރެންގެ ސްޓެޕީ. އަހަރެންނަކާ މާބޮޑު ގުޅުމެއް ނޯވޭ. މަންމަ ވީތަނެއްވެސް ޖެހޭނީ ހޯދަން. އެހެންވީމަ އެކޮޅުގަ އެހާ ގާތޮ މީހަކު ނޫޅޭ. މީ މަންމަގެރަށް ވީމަ މިކޮޅަށް ބަދަލުވީވެސް. ފަހަރެއްގަ މަންމަ ފެނިދާނެ ދޯ ” ވާހަކަތައް ކުރުގޮތަކަށް ކިޔާދެމުން ދިޔައިރު ރެހާން އިނީ ހަމަޖެހިލާފައެވެ. “މަންމައަށް ކިޔަނީ ކޮންނަމެއްތަ. ކޮން ގެޔެއްކަން އެނގޭ ؟ ” […]
“މަންމިދެން ޕްލީސް. ކޮއްކޮގެ ފްރެންޑެކޭ އެއީ.. މަންމަ ކަހަލަ ބަސްއަހާ ކުއްޖެކޭ އެވެސް. ބުނީ ކޮއްކޮބަލާވެސް އަންނާނަމޭ. މަންމީ. މިހާރު އެޔޮއް ގަޑިވެސް ކައިރިވަނީއޭ” ރެހާންއާ އެކުގައި ދިޔުމަށްހުއްދަ ހޯދުމަށް އައިޝާއާ ގުޅައިގެންހުރި ހޫދު ބޮޑާ ހާކާލިއެވެ. “ފައިން. މަންމަ މިންނު ގާތުގަ ބުނާނަން ހޫޑީ ތައްޔާރު ކޮއްލާށޭ އެގަޑިޔަށް. މިންނު އަތަށް ދެއްވާ އަވަހަށް ފޯނު. ލަވްޔޫ މަންމިގެ ހޫޑީ. އުމްމްމްމަ” އައިޝާ އެއްބަސްވީ ހަމައެކަނި ހޫދު ހިތްހަމަޖައްސާލާށެވެ. “އޯކޭއޭ އާޝި. އަހަރެން މިދު އޮފްވީމަ […]
“ހޭއި. އާޝި ދޫނި ކިހިނެއްވީތަ. މީހަކު އެއްޗެކެ ބުނީތަ ؟ ނޫނީ ކަމެއް ކުރީތަ. އަހަންނަށް ރޭވެސް ހީވިޔޭ ކަމެއްވެފަ ހުރިހެން. ނަތިންގ އޭ ނުބުނާތި. ކަމެއްނުވަންޏާ އާޝި ތިހެން ނުއެއް ރޯނެ.” މަންހާ ހުރީ ކަންބޮޑުވެފައެވެ. “މިންނު.. ރެއިން..އައި މިސްހިމް..” އައިޝާ އައް ބުނެވުނީ އެވަރަށެވެ. އަނެއްކާވެސް މާބޮޑަށް ގިސްލެވެން ފެށުނެވެ. “އޭނަ ގުޅީތަ އާޝި އަށް. ކީކޭ ބުނީ. އާޝި. ދެން ހުއްޓާލައިފަ ވީގޮތް ކިޔާދީބަލަ.” ފަސް އަހަރަށްފަހު އައިޝާގެ ދުލުން އެނަން އިވުމުން […]
“ކޮބާ މަންމީ. ހޫދު އޭރުވެސް ބުނިންދޯ ޒަމްދައްތަ ބަލާ އަންނާނެއޭ. އަޅުގަނޑު ގޮވައިގެން ޕާކަށް ދިޔަނަމަ ޒަމްދައްތައަކަށް ނޭނގޭނެ ހޯދާކަށް” ހޫދު ވަރަށް ވިސްނާފައި ބުނެލި ވާހަކައިން ޒަމްރާއާއި އައިޝާއާ ދެމީހުންނަށް އެއްފަހަރާހެން ހޭންފެށުނެވެ. ****** “އޭ ބޮޑުމީހާ.. ނަމާދަށް ދާކަށް ނުވޭތަ. ދޭބަލަ އެތެރަށްގޮސް ވުޟޫކޮއްލައިގެން އަންނަން.” ސައިކަލުގައި ދޮރާށިދޮށަށް މަޑުކޮއްލި ޒާމިން ހޫދުއާ ދިމާއަށް ބުނެލިއެވެ. “ޒާމިން. ނަމާދުކޮށް ނިމިގެން ހޫދުގޮވައިގެން މިގެޔަށް އިނގޭ އަންނާނީ. އަހަރެން ހުންނާނެ ސައިހަދާފަ. މިންނުމެންވެސް އޭރަށްވާއިރަށް އަންނާނެ.” […]
ކަޅުކުލައިގެ ޖިންސަކާ ފެހިކުލައިގެ އަތްދިގު ޓީޝާޓެއްގަ ހުރި ޒުވާނާ މަޑު ހިނގުމެއްގައި ހިނގަމުން ދިޔައީ މާ ދުރުނުން ހިސާބެއްގައި މަޑުކޮއްލައިގެންހުރި މީހާއާ ދިމާއަށެވެ. ބްލެކްރޯޒް ޕްރައިވެޓް ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖާ ޒާމިން، އޭރު އޭނާ އާ ދިމާއަށް ހިނގަމުން އައި ޒުވާނާއަށް ފެންނާނެހެން ހަނާ އަޅާލިއެވެ. އޭނާގެ ކުރިމައްޗަށް އައިސް ހުއްޓިލުމާއެކު ސަލާމަށް ދިއްކޮއްލި އަތުގަ ޒާމިން ވެސް ހިފަލީ އެ ޒުވާނާއަށް ހިނިތުންވުމެއް ދެމުންނެވެ. “އައްސަލާމްއްލައިކުމް. އައިމް ޑރ.ރެހާން އިމްރާން. ކޮމްޕެނީގެ ނިއު އޯނާރ.” ތައާރަފުވެލިއިރު […]