އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ވިހިވަނަބައި)
އައިޝާއަށް ހާއްސަކުރެވިފައިވާ ރޫމަށް ވަދެވުމާއެކުހެން ހަމަޖެހުމުގެ ނޭވަޔެއް ދޫކޮއްލިއެވެ. މިއަދު ރެހާންއަށް ނުބައި ޒާތެއްގެ އެއްޗެއް ކެވިގެން އުޅެނީ ބާއޭ އައިޝާ ހިތަށް އެރިއެވެ. އެއީ އެހެންނޫންނަމަ ހިތުން ރުހުމުން އައިޝާއާ ވާހަކަ ދައްކާ ހަދާމީހެއްނޫނެވެ. ރެހާން އައިއްސުރެ އެދެލޮލުން އައިޝާއަށްޓަކައި ނުރުހުންނޫން އެހެން އެއްޗެއް ނުދެކެއެވެ. ރެހާންގެ ފަރާތުން އިތުރު ކަމަކަށް އައިޝާ އުންމީދެއްވެސް ނުކުރެއެވެ. ދެވަނަ ފަހަރަކަށް އައިޝާގެ ހަޔާތުން ރެހާންއަށް އެމަގާމު ދޭކަށް ނުވިސްނައެވެ. އެދުވަހު އައިޝާ ކުނިކޮޅެއް ފޮޅާލާހެން ރެހާންގެހަޔާތުން ބޭރުކޮއްލީ އެއާދޭސްތަކާ ރުއި ރުއިމަށް ފުރަގަސްދީފައެވެ. ކުރިންނަމަ އައިޝާހުރީ ހޫދުއަށްޓަކައި ރެހާންއާ އެކުގައި އުޅުމަށް ތައްޔާރަށެވެ. ނަމަވެސް އެވަރުގެ އުފަލެއްވެސް ރެހާންއަކަށް ހައްގެއްނޫނެވެ. ރެހާންއަކީ އެހެން ފިރިހެނުން ފަދައިން އައިޝާގެ ދިރިއުޅުމާ ކުޅެލަން އުޅުނު މީހެކެވެ. ލޯބީގެ ދަޅަދެއްކުމަށްފަހު މަލުގެ ފޮނިކޮޅު ބޯލާފައި ނަގާ އެއްލާލީއެވެ. ލޯބިވެވުމުން އެހިތް ކުދިކުދި ކޮއްލީއެވެ. އެކަހަލަ މީހަކަށް އައިޝާ ކުރަން ބޭނުންވަނީ ހަމައެކަނި ނަފުރަތެވެ. ނަމަވެސް ކިތަންމެ ވަރަކަށް ހިތަށް ވިސްނަދޭން މަސައްކަތްކުރިނަމަވެސް އަދިވެސް އެހިތުގެ ކަނެއްގައި ރެހާންއަށްޓަކައިވީ ސާފުލޯބި ފޮރުވިފައި ވެއެވެ. ހިތުގެ އެދުންތަކުގެ މައްޗަށް ސިކުނޑީގެގޮވުންތަށް އިސްކުރުމަށްފަހު އައިޝާ ބެލީ މަސައްކަތާއިގެން ކުރިޔަށް ދެވޭތޯއެވެ. އެ ހިޔާލުތަކަކީ ބޭކާރު ހިޔާލުތަކެއްކަން ހިތަށް ވިސްނައިދެމުންނެވެ.
އަވަދިވެތި އުޅުނު އައިޝާ މަސަތްކަތް ހުއްޓާލައިފައި ފޯނުބަލާލީ ރެހާންގެ މެސެޖެއް އައުމުންނެވެ.
*ހަތަރުގަޑިބަޔަށް* މިހެންޖަހާލައިފައިވާ ކުރު މެސެޖެކެވެ. ކުރިން ގަޑި ނުބުނެވުމުނެ ގަޑި ބުންލީކަމަށް ވާނީއޭ އައިޝާގެ ހިތަށްއެރިއެވެ.
އައިޝާގެ ޖަވާބެއްނައުމުން ރެހާންއަށް ދެވަނަ މެސެޖެއް ނުކޮއް ނީނދެވުނެވެ.
*އޭރުގަ ގަޑި ނުބުނެވުނީމަ* މިހެން ލިޔެލުމަށްފަހު ސްމައިލީއެއް ޖަހާފައި ފޮނުވާފައިން މެސެޖް ފެނުމުން އައިޝާ ފޫހިވިއެވެ. ރެހާން ރަނގަޅަށްވެސް މޮޔަވެފަ ހުރި ދުވަހެކޭ އައިޝާ ހިތަށްއެރިއެވެ. ކޮންމެހެން ދާންވީގަޑި ރެހާން ނުބުންޏެއްކަމަކު އޭނަޔަށް ރާއިންކުރެންވެސް އޯޅުންފިލުވާލެވިދާނެނޫންހޭ އައިޝާއަށް ބުނެލެވުނެވެ.
‘އޯކޭ’ އެކަނިން ޖަހާލައިފައި އައިޝާ މެސެޖްއެއްކޮއްލުމުން ރެހާންއަށްް އިތުރު މެސެޖެއް ކުރާކަށް ނުކެރުނެވެ. މިޔަށްވުރެ އައިޝާ ކުރިމައްޗަށްއަރާ ވާހަކަ ދައްކާލެވުންނަމަ މާބޮޑަށް ހިތްހަމަ ޖެހުނީހެވެ ރާއިންގެ މޮޅު ޕްލޭންތަކަށް މުޅިންވެސް ވާނީ މިހެނޭ ކިޔުމަށްފަހު ރާއިންއަށް މެސެޖްކޮއްލާ އައުމަށް ބުންޏެވެ.
“ފޫލް ޕްރޫފްއޭ ކިޔާފަ މުޅިންދޭނީ އެކަލަ ތާކުންތާކު ނުޖެހެ ހިޔާލުތަށް. އަހަރެންމީ ޓީންއޭޖް ކުއްޖެއްތަ އެހެން މެސެޖްކޮށް ހަދަން. ދެބުރަށް މެސެޖްކުރީމަވެސް ރިޕްލައި އަކަށް އައީ ހަމައެކަނިން އޯކޭ؟” ކެބިންގެ ދޮރުހުޅުވުނު އަޑަށް ފޯނަށް ނަޒަރު ހުއްޓާލައިގެން ހިނިތުންވެފައިން ރެހާން ބުނެލިއެވެ.
“ކާކަށް މެސެޖްކުރީ” ޒާމިންއަށް ރެހާން ބުނިއެއްޗެއްގެ މާނަ ނަގައެއް ނުގަނެވުނެވެ. ވަދެގެން އައީ ރާއިންނޫންކަން އެނގުމުން ރެހާން ރަނގަޅައްވެސް ހާސްވިއެވެ. މިކަންތައްގަނޑު އަދި ޒާމިންއަށް އެނގޭކަށް ރެހާން ބޭނުމެއް ނުވެއެވެ. ހަގީގަތް އެނގުމުން ރެހާންއާ ދޭތެރޭ ޒާމިން ދެކޭނެގޮތެއް އެގެނީކީ ނޫނެވެ.
” އެއީ އަހަރެން ބުނެގެނޭ” ޒާމިންގެ އިތުރު ސުވާލުތަކުން ރެހާން ސަލާމަތްވީ ރާއިން އައުމުންނެވެ. ރާއިން ރެހާންއަށް ބަލާލުމަށްފަހު ހަމަޖެހިލުމަށް ލޮލުން އިޝާރާތް ކޮއްލިއެވެ. އަދި ޒާމިންއަށް ހުރިހާކަމެއް އަންގަންވީ ވަގުތު ކައިރިނުވާ ކަމަށް ރާއިންވެސް ގަބޫލުކުރެވެއެވެ. ދެމީހުން ލޮލުންކުރަމުންދިޔަ އިޝާރާތް ޒާމިންއަށް ރީއްޗަށް ފެނުނެވެ. ދެބެންވީމަ މިހާރު އޭނާ ބާކީ ކޮއްލީއޭ ކިޔާ ޝަކުވާ ކޮއްލިނަމަވެސް ރެހާންމެން އެގޮތެއް ނުވާނެކަން ޒާމިންއަށް އެނގެއެވެ. އެޔަށްވުރެ އެތިންމީހުންގެ އެކުވެރިކަން މާވަރުގަދަ ވާނެއެވެ.
” އޭ ބުނީމެއްނު މިންނު ކޮންމެވެސް ދަތުރެއް ދާން ބުންޏޭ. ހިނގާ މިއަންނަ ހޮނިހިރުގަ ދަމާ ކައިރީގަ އޮންނަ ފަޅުރަށަށް” ޒާމިން ކޮއްފާނެ އިތުރު ސުވާލަކުން ސަލާމަތްވުމަށް ރާއިން އަވަހަށް އެހެން ވާހަކައެއް ފެށިއެވެ. ޒާމިންވެސް އެމައުލޫއާވެގެން ކުރިޔަށް ދިޔައީ މަންހާ އަނެއްކާ ދަތުރު ދާވާހަކަ ކިޔާފައި ވާތީއެވެ. ރެހާންމެންގެ މަންމަ އައުމުން މިހާރުގަ ދަތުރުދާން ފުދޭވަރަކަށް މީހުންވެސް ތިބޭނެއެވެ. މަންހާ ބަނޑުބޮޑުވިޔެއްކަމަކު މާބޮޑު އުނދަގޫތަކެއް ނުވާތީ ޒާމިންވެސް ނިންމީ އަންނަ ހޮނިހިރުގައި ދަތުރު ދާށެވެ. ތިން އެކުވެރިންވެގެން ދަތުރުގެ ކަންކަން ކުޑަކޮށް ރާވާލުމަށްފަހު މިރޭ އެކަމާބެހޭގޮތުން އެންމެންގެ ހިޔާލު ހޯދުމަށް ރެހާންމެންގެޔަށް ދިޔުމަށް ނިންމިއެވެ.
ހޫދުއާއެކު ތައްޔާރުވެލުމަށްފަހު މަޑުހިނގުމެއްްގައި އައިޝާދިޔައީ ރާއިންމެންގެޔާ ދިމާއަށެވެ. މިގެތަށް އެހާކައިރީގަ ހުންނަކަން އެއީ ނަސީބެކޭ އޭނާ ހިތަށް އެރިއެވެ. އެހާ ކުޑަތަންކޮޅަކަށް ހިނގާފައި ދިޔައިރުވެސް ހޫދު ދިޔައީ ހުއްޓާނުލާ އަނގަތަޅަމުންނެވެ. ސުކޫލުގަ ހިނގި މަޖާ ކަންކަމުގެ ވާހަކައެވެ. ރާއިންގެ މަންމަމެންގެ ވާހަކައެވެ. އެގެޔަށް ދާތީ ހޫދުހުރީ ވަރަށް އުފަލުންކަން އައިޝާއަށް އިނގެއެވެ. ރާއިންމެންގޭ ދޮރުމައްތީގައި ހުއްޓިލުމަށްފަހު އައިޝާ އަނެއްފަރާތަށް އެނބުރިލީ މީހަކު އޭނަޔާ ދިމާއަށް ކަޅިޖަހާނުލާ ބަލާކަން އިނގުމުންނެވެ. ކުރިމަތީގަ ހުރިގޭގެ ދޮރާށީގައި ލެގިލައިގެން ޖަނާން ހުރިތަން ފެނުމުން އައިޝާ ވީފޫއްސެވެ. ބުރުގާ އަޅާއިފައި ހުއްޓަސް ޖަނާން އޭނަޔަކަށް ނޯޅޭނެއެވެ. ކިތަންމެ ފޫހިވިނަމަވެސް ޖަނާންއަށް ހިނިތުންވުމެއް ދިނުމަށްފަހު އައިޝާ އެތެރެއަށް ވަދެގެން ދިޔައެވެ. ޖަނާން އެހުންނަނީ އައިޝާއަކީ ކާކުކަން ނޭގިފަކަން އެމޫނުމަތިން ރަނގަޅަށް ފާޅުވާން ހުއްޓެވެ. މީހެއްގެ ދިރިއުޅުން ހަލާކުކޮއްލުމަށްފަހު އެކަންތަށް މަތިން ހަނދާންނައްތާލަން ޖަނާންމެނަށް ހާދަފަސޭހައޭ އައިޝާ ހިތާހިތުން ކިޔާލިއެވެ.
“މާމާ. ކާފާ.” ދޮރުން އެތެރަށް ވަދެވުމައެކު އައިޝާގެ އަތުން އަތް ނައްޓުވާލަމުން ހޫދު ދުއްވައިގަތީ ސޯފާގައި އިށީނދެގެންތިބި ނަސްރީނާމެންނާ ދިމާއަށެވެ. ހޫދުގެ މިއަމަލުން ހައިރާންވިނަމަވެސް އައިޝާ މޫނުމަތިން އެކަން ނުދައްކާ ހިނިތުންވެލިއެވެ. މިމީހުންނަށް ހޫދު ލައްވާ މާމަ ކިޔުއްވީ ރާއިންކަން އައިޝާއަށް ޔަގީނެވެ.
“ދޮންބޭ. މިޔޮއްއައީ އެމީހުން.” ސިޓިންރޫމަށް އައި ރާއިންއަށް އައިޝާމެން ފެނުމުން ގޮވާލީ ރެހާންއަށް އަޑުއިވޭނެ ވަރަށެވެ. ރާއިން ދޮންބެކިޔާފައި އެގޮވި ކާކަށްބާއޭ އައިޝާ ހިތަށް އެރިއެވެ. ރާއިންގެ ބޭބެޔެއް ހުންނަކަމެއް އޭނަޔަކަށް އެނގިފައެއް ނުވެއެެވެ. އެކަމު ބޭބެޔެއްވެސް އެހުރީތާއެވެ. އެބުނާ ދޮންބެޔެއް ރާއިންގެ މަންމަމެންނާއެކުގަ މިކޮޅަށް ބަދަލުވީއޭ އައިޝާ ހިތާހިތުން ކިޔާލިއެވެ. ނަސްރީނާ އައިޝާގެ އަތުގަ ހިފައިގެން ގެނެސް ގޮޑީގައި ބެއިންދުމުން އައިޝާ ހިސާބަކަށް ލަދުވެސް ގަތެވެ. ދުވަހަކުވެސް ނުފެންނަ އަދި އައިޝާ ނުވެސް ދަންނަ މީހަކު އޭހާ ގާތްކޮށް ކަންތައްކުރުމުން ކޮންމެމީހަކުވެސް ލަދުގަންނާނެއެވެ. ނަސްރީނާއާއި ހައިތަމް އައިޝާއާ ވާހަކަ ދައްކަމުންދިޔައީ އަމިއްލަ ދަރިޔަކާ ވާހަކަ ދައްކާހާ ގާތްކޮންނެވެ. ސަބަބަކީ ކޮބާކަން ނޭނގުނު ނަމަވެސް އައިޝާވެސް އެމީހުންނާ އަދަބުވެރިކަމާއެކުގައި ވާހަކަދައްކަމުން ދިޔައެވެ. އެމީހުންނެތެރޭގައި އައިޝާ ބީރައްޓެހި ވެފައި އިންނަމަވެސް ހޫދު އުޅުނީ ވަރަށް ހަމަޖެހިލާފައެވެ. ހީވަނީ މާކުރީއްސުރެ ދެކެފަރިތަ ބަޔެއްހެންނެވެ.
“އައިޝާ. މިހުރީނު އަހަރެންގެ ދޮންެބެ” ރެހާންއައިސް ރާއިންއާ ޖެހިގެންއިން ސޯފާގައި އިށީނުމުން ބުންޏެވެ. އައިޝާއަށް ދެލޯބޮޑުކޮއްލެވުނީ އެހެންހޭ އަހާލަމުންނެވެ. އައިޝާއަށް ވީގޮތް ފެނިފައި އެންމެންނަށް ހެވުނެވެ. މިއޮއްހުރިހާ ދުވަސްވަންދެން އައިޝާ ހޯދިމީހަކީ މިއީއެވެ. އައިޝާ މިރަށަށް ބަދަލުވުމުގެ މައިގަޑު މަގުސަދަކީވެސް ނަސްރީނާ ހޯދުމެވެ. ރެހާން ކިތަންމެގޯސްކޮށް އޭނަޔާމެދު ކަންތައް ކުރިނަމަވެސް ރެހާންއަށް އޭނާގެ މަންމަ ހޯދައިދިނުމުގައި އެހީތެރިވުން އައިޝާދެކެފައިވަނީ އަމިއްލަ ޒިންމާއެއްގެ ގޮތުގައެވެ. އައިޝާ ބައްޕައެއްގެ ގޮތުގައި ދެކުނު އިމްރާން މިދުނިޔެ ދޫކުރަމުން ކުރި ވަސިއްޔަތަކީ ރެހާން އަށް އޭނާގެ މަންމަގެ ކުށެއްނެތްކަން އަންގައިދިނުމެވެ. އަދި މަންމަ ހޯދުމަށް ރެހާންއަށް އެހީތެރިވުމެވެ. މިވީ މާރަނގަޅަކަށް ނޫންހެއްޔެވެ. އައިޝާއަށް ނަސްރީނާ ފެނުނުއިރު ރެހާންއަށް ވަނީ މާކުރިން މަންމައާ ބައްދަލުވެފައެވެ. ރެހާންގެ މޫނުމަތިން ފެންނަ ހިނިތުންވުމުން އޭނާގެ މަންމައާމެދުގައި އެއްވެސް ނުރުހުންތެރިކަމެއް ނެތްކަން ހާމަވެގެން ދެއެވެ. އިމްރާން ކިޔާދީފައިވާ ވާހަކަތައް ހަނދާންކޮއްލުމުން ނަސްރީނާއާ ޖެހިގެންއިނީ ހައިތަމްކަން އައިޝާއަށް އެނގުނެވެ. ނަމަވެސް މިކަން އިތުރުމީހަކަށް އެނގުނަނުދެއެވެ. އައިޝާއަށް ގަބޫލުކުރެވޭ ގޮތުގައި އެކަކަށްވެސް އޭނަމީ ކާކުކަން އަދިއެއް ނޭނގެއެވެ.
” ހާދަ މަޑުމަޑުން ތިއިންނަނީ” އައިޝާ މަޑުމަޑޫން އިނުމުން ނަސްރީނާއަކަށް ކަމަކު ނުދިޔައެވެ. ރެހާން ކިޔައިދީފައިވާ ގޮތުންނަމަ އައިޝާއަކީ ވާހަކަ ދައްކަން ފަށައިފިނަމަ އަނގަހުއްޓާލަންވެސް ނޭނގޭ ކުއްޖެކެވެ. ނަމަވެސް ދިމާވެފައިވާ ކަންތައްތަކުގެ ސަބަބުން އެމިޒާޖަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފުރަތަމަ ދުވަހުވެސް ނަސްރީނާއަށް އެނގުނެވެ. މަޑުމަޑުން އައިޝާއާ ތަފާތު ވާހަކަތަށް ދެއްކޭތޯ ނަސްރީނާ މަސައްކަތް ކުރިއެވެ.
“ރެއިންބެ ބުނީމެއްނު މާމަ ބަޖިޔާ ހަދާނެއޭ. ކޮބާ؟ މިހާރު ހޫދު މިހުރި ވަރަށް ކާހިތުން” ރެހާންގެ އުނގަށް އަރަމުން ހޫދު އަހާލިއެވެ. މިއަޑުއިވި އައިޝާ ހޫދުއަށް ގޮވާލިއެވެ. ހޫދުގެ މިހުންނަ ސަކަ ހަލަނި މިޒާޖު ލިބިފައި ހުރީ ރާއިންގެ ފަރާތުންކަންނޭނގެއެވެ. ރާއިންވެސް އެހެން ހުރެފަ ކޮންމެފަދަ އެއްޗެކޭ ކިޔަންވެސް ޖެހިލުމެއް ނުވާނެއެވެ.
” އެބުނާހެން އެސޮރު އިންނާނީ ހައިވެފައެއްނު މިހާއިރުވާއިރު. ހިނގާ އެންމެން ސައިބޯން. މަންމަ ހުންނާނި ސައި ތައްޔާރުކޮށްފައޭ” އައިޝާގެ އަތުގައި ހިފައިގެން ތެދުވެ ހިނގައިގަންނަމުން ނަސްރީނާ އެންމެންނަށް ބުނެލިއެވެ. ނަސްރިނާ އައިޝާގެ އަތުން ދޫކުރަންވެސް ނޫޅުނޭ އޭނަހިތައްއެރިއެވެ. ނަސްރިނާއާއެކު މަޑުމަޑުން ހިނގާފައި ކާގެޔަށް ވަތް އައިޝާގެ ނޭފަތުގައި ދިވެހި ހެދިކާ ތަކުގެ ވަސްޖެމުން ބަނޑުފުރިއަރާހެން ހީވިއެވެ. ކައްކަންމޮޅުވިޔެއްކަމަކު އައިޝާ ދިވެހިކެއްކުނަތަށް ކައްކަން އެހާ ޝައުގުވެރިކަމެއް ނުހުރެއެވެ. އަމުދުން އެކަހަލަ ހެދިކާ އެއްޗެހި ވަރަށް މަދުންނޫނީ އައިޝާ ހަދައެއްނޫޅެއެވެ.
“ދޮންބެ އައިޝާ ރުއްސާކަށް ނުޖެހޭނެ. ދެދުވަހެކެތެރޭގަ މަންމަ އެކަން ކޮއްލަފާނެ. ދަނބިދަރި ފެނުނީމަ އެދަނީނު އަތުގަިފައިގެން. ދަރިންނަސް ބަލާލުމެއްވެސް ނެތި” ފަހަތުގައި މަންޒަރު ބަލަންއިނަ ރާއިން ރެހާންއާ ދިމާކޮއްލިއެވެ. ރާއިންގެ ވާހަކައިން ހައިތަމަށްވެސް ހެވުނެވެ. އަދި ރެހާންއަށް ދޮންބެކިޔަންޔާ އައިޝާޔަށް ނަމުންކިޔައިގެން ނުވާނެކަމަށް ބުންޔެވެ.
“ކޮބާ ބައްޕަވެސް އެހުންނަނީ މުޅިން އައިޝާކޮޅަށް ގޮސް ހުސްވެފަ. ސޮރީ… ދޮންބެދައްތަ” ރާއިންބެލީ އަދިވެސް ރެހާންއާ ދިމާކުރެވޭތޯއެވެ. އައިޝާ އަލުން އޭނަގެ ދޮންބެގެ ހަޔާތަށް އަންނާނެ ދުވަހަކީ ރާއިން ވަރަށް އުފާވާނެ ދުވަހެކެވެ. ސޯފާގަ ކުޑަކުދިންތަކެއްހެން ސަކަރާތް ޖަހަންތިބި ރާއިންމެންނަށް ބަލާލުމުން ހައިތަމްއަސް މިއަދު އޭނާގެ އެކުވެރިޔާއަށްޓަކާ ބޮޑުކަމެއް ކޮއްދެވިއްޖެކަމުގެ ތަސައްލީލިބިގެންދިޔައެވެ. އެއެކުވެރިޔާ ދުނިޔެ ދޫކޮއްދިޔީ ހައިތަމްއަށް އުފާވެރި އާއިލާއެއް ހޯދަދީފަކަމުގެ އިހްސާސް ކުރެވުނެވެ. މިހާރު ހައިތަމްގެ ހުންނަނީ އެންމެ ކުއްޖެއްނޫނެވެ. ރާއިންއެކެ އެއްފަދައިން ރެހާންއަކީވެސް އޭަގެ ދަރިޔެއްކަމުގައި ދެކެއެވެ. ރެހާންވެސް ހައިތަމްއާ ދޭތެރޭގައި ދެކެނީ ހަމަ އެފަދައިންނެވެ. މަންމަގެ ފިރިމީހާގެ މަގާމުގައި ހުންނަ މީހަކީ ހަމަ ރެހާންގެ ބައްޕަކަމުގައި ބުނެ ހައިތަމްއާ މުހާތަބު ކުރަނީވެސް ހަމައެފަދައިންނެވެ. ސަކަރާތްގަނޑު ހުއްޓާލައިފައި ރާއިންމެން ތެދުވީ ބަދިގެތެރެއިން ނަސްރީނާގެ ދެވަނަފަހަރަށް ގޮވި އަޑުއިވުމުންނެެވެ.
ސައިބޮމުންދިޔައިރު އައިޝާ އިރުއިރުކޮޅާ ގަޑިއަށް ބަލާލައެވެ. އައިޝާ އިނީ އެގެއިން ދާން ބޭނުންވެފައެވެ. ރެހާންގެ ތޫނުނަޒަރު ހުއްޓުމެއްނެތި އައިޝާއާ އަމާޒުވަމުންދާކަން އައިޝާއަށް ފާހަގަވިއެވެ. އެބެލުންތަކަކީ އައިޝާއަށް ކެއްކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ.
“ދޮންބެ އެދިމާގައި އާވައްތަރެއްގެ ހެދިކާއެއްހުރީތަ” ރެހާން މާވަރަކަށް އައިޝާއަށް ބަލާކަން ރާއިންއަށްވެސް ފާހަގަވިއެވެ. އެހެންބުނެލި އަޑަށް އިސްޖަހައިގެންއިން އައިޝާބަލާލިއެވެ. އެވަގުތު އައިޝާއާ ރެހާންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ކުޑަހިނދުކޮޅަކަށް އައިޝާ ހުއްޓުންއެރިނަމަވެސް މީހަކަށް އެެކަން ފާހަގަވުމުގެ ކުރިން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. އަދި ހިތާހިތުން ރެހާންއަށް ކުދިކިޔަމުން ދިޔައެެވެ. ރެހާންއެވަރަށް ބަލަންޏާ ރާއިންއަށްވެސް އެކަން ފާހަގަނުވެއެއް ނުދާނެނޫންހެއްޔެވެ. ރެހާން ރާއިންގައިގައި ބޮނޑިއެއް އަޅާލުމުން ހޫދުއަށް މަޖާކަމަކަށް ވެގެން ހޭންފެށިއެވެ. ކުޑަރެއިންބެ މާގިނައިން ވާހަކަ ދައްކާތީ ވާގޮތޭ ކިޔާފައި ރާއިންއަށް ވިސްނާދިނެވެ. ބައެއްފަހަރު ޒާއިންވެސް އޭނަގެ މަންމަ މާގިނައިން ވާހަކަ ދައްކަންޏާ އެކަލަ ކަންކަން ކުރާނެޔޭ ބުނުމުން އައިޝާ އިތުރަށް ލަދުގަތެވެ. އައިޝާއަށް ލިބިފައި މީނީ ފިސާރި ކުއްޖެކޭ ހިތަށް އެރިއެވެ.
“މަންމި ހޫދު ނަމާދަށް ދާނަމޭ ރެއިންބެޔާ އެެކުގަ” ހޫދު ދުވެފަގޮސް ރެހާންގެ އަތުގަ ހިފާލީ ގެޔަށްދާ ހިތްނެތީމައެވެ. އައިޝާ ބެނުންވަނީ މިވަގުތު އަވަހަށް ގެޔަށްް ދާށެވެ. ނަސްރީނާ ގާތުގައި ހޫދު ނަމާދަށް ގެންދިޔުން ބަހަނާއަކަށް ހެދުމަށްފަހު ގެޔަށް ދިޔުމްށް އޮތް ކުޑަފުރުސަތުވެސް ގެއްލިގެން ދިޔައީ ހޫދު އެހެން ބުނުމުންނެވެ. ބޭނުންނުވިނަމަވެސް އައިޝާ ޖެހުނީ ހޫދުމެން ނަމާދުން އަންނަންދެން އެގޭގައި މަޑުކުރާށެވެ. ގެޔަށް ދިޔަސް އިރުކޮޅަކުން މިގެޔަށް އަންނަން ޖެހޭނެއެވެ. މަންހާގެ އެދުމަށްދަތިރު ދާން ރާވަން އެގަޑިޔަށް އެންމެން މިގެޔަށް އަންނާނެތީއެވެ.
ގޭތެރޭގައި ވަރަށް ފޯރިޔާއެކުގައި ދާންއުޅޭ ދަތުރުގެ ކަންކަން ރާވަމުން ދިޔައެވެ. މަންހާގެ ބަޑަށް އަދި ކިރިޔާ މަހެއް ފުރިފައިވާތީ ރަށުން ބޭރަށްދާކަށް އައިޝާ އެއްބަހެއް ނުވިއެވެ. އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށްވުމުން އެކަހަލަ ކަންކަން އައިޝާއަށް ރަނގަޅައަށް އިގޭނެތީ އެންމެންވެސް އައިޝާގެ ނިންމުމަސް ތާއީދުކުރިއެވެ. ދަތުރުދާން ކަނޑައެޅި ރަށުގަ ދަޓުރުދިއުމަށް ހާއްސަކޮއްފައި އޮންނަ ސަރަހައްދަށެވެ.
“ނާޒް. ކޮންތާކުން ތިއަންނަނި” ގެޔަށްވަދެގެން އައި ރީނާޒް ފެނުމުން އާސިމާއަހާލީ އިރުއޮއްސުނީރު އާސިމާ ގެޔަށް އައިއްސުރެ އަދި ރީނާޒް ފެނިފައި ނުވާތީއެވެ. އެމޫނުމަތި މިލާމޯޅިވެފައިވާކަން އާސިމާއަށް ފާހަގަވިއެވެ.
“މިއައީ ދޮންބެމެންގެއިން. އަންނަ ހޮނިހިރުގަ ދޮންބެމެންނާއެކުގަ ދަތުރުދާ ރާވާލާފަ” މަންމަޔަށް ފާހަގަވުމުގެ ކުރިޔަށް ރީނާޒް ބެލީ މޫނުގެ ކުލަވަރު ބަދަލުކޮއްލެވޭތޯއެވެ.
“އެހެންތަ. ދޮންބެ މަންމަގާތުގަ ނުބުނޭ. ދެން ނޭނގޭނެދޯ. ދޮންބެޔަށް ގުޅާލާފަ ބުނައްޗޭ މަންމަމެންވެސް ދާވާހަކަ.” މާލޭގެ ހަލަބޮލިކަމުން ކުޑަދުވަސްކޮޅަކަށް ދުރަށް ޖެހިލެވިފައިވާއިރު އާސިމާވެސް ބޭނުންވަނީ ދަތުރުގޮސް މަޖާކޮއްލާ ހަދާށެވެ. އަދި މިދަތުރު ދެވިއްޖެނަމަ ޖަނާންއާ ރެހާން އެއްތަނަކުން ދިމާވާނެތީވެސް އާސިމާ ނިކަން އުފާވިއެވެ.
“ދޮންބެގެ މަންމަވެސްދޭ. މަންމަޔަކަށް ނޭނގެދޯ އެމީހުން ރަށުގަ އުޅޭކަމެއް. ރާއިންގެ މަންމަޔަކީ ހަމަ ދޮންބެގެވެސް މަންމަޔޭ. ރާއިންގެ ބައްޕަޔަށް ދޮންބެވެސް މިހާރު ކިޔަނީ ބައްޕަ. މިބުނީ ރާއިންބެ… ވަރަށް ހިތްހެޔޮ އެމީހުން އަހަރެންނަށްވެސް” ރީނާޒް ގަސްތުގައި އެވާހަކަބުނެލީ އާސިމާ މިދަތުރުގައި ބައިވެރިވާން ނޭދޭތީއެވެ. އާސިމާދާކަމުގައި ވާނަމަ ދާނީ ޖަނާންވެސް ގޮވައިގެންނެވެ. ޖަނާން ހުންނާނީ އޭނަގެ ދޮންބެޔާ އައްޓަމަހެއްހެން ތަތްލަވާފައޭ ރީނާޒް ހިތަށް އެރިއެވެ.
ރީނާޒް ބުނި އެއްޗަކުން އާސިމާއަށްހީވީ ނޭވާ ހާސްވިހެންނެވެ. ރެހާން ހެޔޮހިތުން ނަސްރީނާއާ ވާހަކަ ދައްކަނީ ކީއްވެބާއެވެ. ހުރިހާ ހަގީގަތެއް އޭނަޔަށް އެނގުނީބާއެވެ. މާޒީގެ ހުރިހާކަމެއް އިނގުނަސް އާސިމާގެ ހަޔާތުގެ އެންމެ ކަޅުސިއްރު ނޭނގޭނެޔޭ ހިތާހިތުން ކިޔާލިއެވެ. އެއީ އާސިމާޔާއެކުގައި ކައްވަޅަށް ގެންދާނޭ ސިއްރެކެވެ. އެ ބޮޑުސިއްރުގެ ހަނދާން އާވުމުންވެސް އާސިމާގެ ތަބިއްޔަތު ގޯސްވިކަހަލައެވެ. އެހެންނޫނަސް ރެހާންއަށް ހުރިހާކަމެއް އެނގޭނެނަމަ އެހެން މަޑުމަޑުން ނުހުންނާނެތާއެވެ. ނަސްރީނާގެ ކުށެއްނެތްކަން އިނގުމަކުން ވާނެ މާބޮޑުކަމެއް ނޯންނާނެތާއެވެ.
އައިޝާ އެކަނިމާއެކަނި ހޮސްޕިޓަލުގެ ކެންޓީނުގައި ކޮފީބޯން އިށީނދެލައިގެން އިންއިރު ވިސްނަމުންދިޔައީ އޮޅުން ގަނޑެއްގެ ތެރޭގައިވާ އޭނާގެ ދިރިއުޅުމާ މެދުގައެވެ. މިހެން ރެހާންއާ އެއްތަނެއްގަ މާގިނަދުވަހު އުޅެންވެއްޖެނަމަ އައިޝާއަކީ ކާކުކަން ރެހާންއަށް އެނގިދާނެތީ އިނީ ކަންބޮޑުވެފައެެވެ. ބައްޕަގެ ވަސިއްޔަތައް އިހުތިރާމް ކުރުމުގެ ގޮތުން މިރަށުގައި އުޅެން މަޖުބޫރުވެފައި ވިނަމަވެސް މިގޮތުގައި ކެއްކުރެވޭނީ ކިހާދުވަހެއް ވަންދެންބާއެވެ. ފުންވިސްނުމަކަށް ގެއްލިފައިން އައިޝާ ސިއްސައިގެން ދިޔައީ މޭޒުގައި މީހަކު ޖޯޑެއް ބޭންދިއަޑަށެވެ. އަސްއުފުލާ ބަލާލި އައިޝާއަށް އެސްފިޔަވެސް ޖަހާލަން ނޭނގިފައިނެވެ. ރެހާން އެހާގާތުން ފެނުމުން ނަފްސު އަތުން ދީލައިލައިގެންދާން އުޅުނުހެންވެސް އައިޝާއަށް ހީވިއެވެ. ނަމަވެސް ގަޑުވެފައި ވާކަހަލަ ގޮތަކަށް އެބޮޑު ދެލޮލުން ބަލަން އިނުން ނޫންކަމެއް ނުކުރެވުނެވެ. ރެހާން ފެނުނު ފުރަތަމަ ދުވަހެކޭ އެއްފަދައިންނެވެ. ރެހާން މިތަނަށް މިއައީ ކީއްކުރަން ބާއެެވެ. މިއޮއްބޮޑު ކެންޓީނުން މިނޫން ގޮޑިޔެއް އިށީންނަން ނުފެނުނީހޭ އައިޝާ ހިތާހިތުން ކިޔާލިއެވެ
އައިޝާއެހާވަރަށް ބަލާތީ ރެހާންއަށްވެސް މާޒީގެ ހަނދާންވެ ހެވުނެވެ. ހަމަ އެބޮޑުދެލޮލުން ބަލަހައްޓައިގެން އިންނައިރު ކުރިޔަސްވުރެ މާޗާލުހެން ހީވެއެވެ. ރެހާންވެސް އިށިންނަމުުން ލޯހަނިކޮއްލާފައި އައިޝާއާ ދިމާއަށް ބަލާލީ އޭނަ ލަދުގަނޭތޯ ބަލާލާށެވެ. ރެހާންގެ ތޫނު ނަޒަރުން ބަލާލިގޮތުން އައިޝާއަށް ގޮތެއްވެއްޖެކަން ގައިމެވެ. ފޮރުވަން ކިތަންމެ މަސައްކަތްކުރި ނަމަވެސް ލަދުގަތުމުން އެދޮން ކޯތާފަތަށް އަރަމުންދާ ޖަންބުކުލައެއް ނުފޮރުވޭނެޔޭ ރެހާން ހިތަށް އެރިއެވެ. ރެހާން އިތުރު ވާހަކައެއް ނުދައްކައެވެ. ކޮފީ ބޮއި ނިމެންދެން އައިޝާއާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. އެހެން އިންއިރު އެއަތުގައި ހިފާލަން ކިތަންމެފަހަރަކު ހިތްއެދުނެވެ. ލޯބިވާވަރު ބަޔާންކޮއްދެން ކިތަންމެހާވެސް ބޭނުންވިއެވެ. ނަފްސު ކޮންޓޮރޯލްކޮށްގެން އިނީ އަދި އެކަމަށް އެންމެ އެކަށިގެންވާ ވަގުތު ނުޖެހެޔޭ ހިތަށް އެރުމުންނެވެ.
ރެހާން ކަޅިޖަހާނުލައި ބަލަހައްޓައިގެން އިނުމުން އައިޝާއަށް އިސްޖަހާލިގޮތަށް އިސްއުފުލާ ބަލާލަން ނުކެރުނުތާގައި އެތަނުން ތެދުވަންވެސް ނުކެރުނެވެ. ކިތަންމެ ނޫންކަމު ހެދިގެން އުޅުނުނަމަވެސް ރެހާންގެ ބެލުމުން އަދިވެސް އައިޝާގެ ހިތަށް އަސަރު ކުރެއެވެ. ރެހާން އައިޝާއާދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތަށް ކުރިނަމަވެސް އެސޫރަ ފެންނަ ކޮންމެފަހަރަކު އެހިތުގައިވާ ލޯބި އިތުރުވެގެން ދެއެވެ. ރެހާންގެ ސަބަބުން އެތާއިންނަން ޖެހުމުން އައިޝާ އިނީ ފޫހިވެފައެވެ. މިކަހަލަގަޑިއަކު އަތުގައި ފޯނު އޮތްނަމަ ކިހާ ރަނގަޅުވިސްހެއްޔެވެ. އެރުން ރެހާން ކިތަންމެ ވަރަކަށް ބެލިޔަށް އަޅާނުލާ ފޯނާކުޅެން އިނދެވުނީހެވެ. ފަނަރަވަރަކަށް މިނެޓްފަހުން ރެހާން ތެދުވެގެން ދިޔުމުން އައިޝާއަށް ހަމަޖެހުމުގެ ނޭވަޔެއް ލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
48 Comments!
Comments are closed.




Hello guyss. Miothy up kollevifa.. nd sorry ingey late v ma.. ly all??????
V v reethi story ehmi. V inthizaaru kurevijje. Thanks
Thanks mishy???
first me ?but haadha kameh nethey
Hehe.. kuriyah oiyy ep thakuga kankan onnaanee adhi?
Story Varah Reethi.. ???
Thankss dear??
Kon irakun anehpart
InshaAllah today?
Alhey mi prt thankolheh kuru hen hyve..
Bt vrh nice.. cant wait to read nxt part.. mihaaru mi site in kiyaa stry thakuge therein nanni ah emme rythi stry miee.. whn nxt part.. maadhan mrnin ga up kohla dheyn v nu.. plxxx..
Thanks nanni darling.. inshaAllah time eh viyyaa iyye ahvure avahah upkollaanan???
varah reethi mi part ves. kuru hen heevani mirey. still love it. alhey then ash Nd rain gulhuvaba puleez ava. :* much love. tc cant wait for the next part
Awwwwn. Thankss darling??lets see dhw e meehunnah vaa goiyy??
Vvv reethi. Mi story kiyan feshi irah vure mihaaru maa exited. Thanks story genesdhey thy. Thihaa burakoh ulhemun ves. Love you awa as a friend. Take care ingey love. Bye
Thankyou si much naisha dhoonii..
Tc bye??????
aasima ge dark secret…curious to know..
interesting…stry hama reethi
E ee naaz akee nahalaal dhariehkan
Kihineh dhw ingeny.. asima akyy secret goanyeh????
Thanks dear?????
Wooow..v.reethi dear??????
Thanks dear????????❤❤
Alhamdhu lillahi. V ufavejje. V reethi. Ane baya inthizaru kuran
Thanks darling??????
V reethi ekamaku mihaaru vaahaka thah Haadha lass veyaa
Thankyou so much dear. Ulhen jehey gothun lasvanee. Ekm dhn rangalhu kolleveythw masakkaiyy kuraanan inshaAllah??
Nice, Ooh so aasimaa’s dark secret is that naaz isn’t imraan’s daughter right? Yaaay, raain and naaz. The ship has already sailed. Keep up the good work awa loabi ^.^
Lets see dhw dear??
Thanks??????
Maasha ahlla… varah varah reethi….. N waiting…
Thanks zuam??
Awa doooooOnY….. Vvv salhi mi prt.. Vx ….. Nxt prt uplord sooOoon ingey…… Lysm….
Rii dhoonii. Thankyou sm?? i’ll try my best to upload soon?lymm?❤❤❤❤
Vvvvvvvv reeeeethi stry..alhey dhn rehaan aa aisha aa gulhuvabala..whn nxt prt?? Waiting waiting..
Thanks yaloo.. next ep avahah genesdheveythw masakkaiyy kuraanan
V Salhi…
Waiting for next….
Thanks darling???
heyy ovenn… hws u? im fyn ?(jus in case u ask me ) soooo mi story haadha intresting vejje yey mihaaru.. ☺oven haadha molhey story liyan ? btw im rana.. ? oven , whats ur age? ps:dnt forget this story is my favourite ? and LYSM????
Hello rana darling. I’m fine too??thankyou sssssm????m 19 nd what abt u?
Ofcourse i’ll nevr forget that????LYMM????
This story is amazin cant wait 4 next part. Avas kolladhyba plx
Thanks dear???
Shifakurunthah genesdheefa hunnaleh furihama kamun hama heevanee story thereyga ulhevey hen. Hama heevanee kurimathin fenna hen. You are a Trusted writer. Awa dhooni vareh hama neh ?? ehaa busy koh ulhemun ves kiyuntherinna dheytherey visnaathee varah ufaavey. Appreciate kuran thikura masakkathah. Eagerly waiting for the next episode. Ly so much awa loabee ????
Awwwwn. Thankyou so muchash dhoonee??????? hama readers ge supprt libeythee up nukoh kehnuvanee????n love you much more??????
Wow varah habeys?????
Thanks dear
Varah nice mi story.. kurin comment varah nukuran.. but regular koh Kiya.. avaha up kohdhreba next part
I’m so happy t knw?thankyou so much dear…????
Kbr tha story.. haadha lahey up vaale dhw?
Thikamuga miulheny dear
Dhyn kon iraku next part anaani .. vahaka varah salhi cant wait aneh bayah….
Awa dhoony plz avahah up kohdheeba