އަނދިރި ކޮޓަރިއަކެވެ. އެ ކޮޓަރި އަށް ވެރިވެފައިވާ ހަމައެކަނި އަލިކަންވަމުން ދިޔައީ ހުޅުވާފައިވާ ލެޕްޓޮޕްގެ ސްކްރީންގެ އަލިންނެވެ. ލެޕްޓޮޕުން އަޅުވާފައިވާ ސާރާ އަހުމަދު ނަމަކަށް ކިޔާ އަންހެން ކުއްޖެއްގެ ފޭސްބުކް ޕްރޮފައިލް އަށް ބަލަން ވަރަށް ޝައުގުވެރިކަމާއެކު މީހަކު އިނެވެ. އޭނާގެ ޕްރޮފައިލް ގައިވާ ހުރިހާ ފޮޓޯތަކެއްހެން ބެލުމަށް ފަހު ފުރެންޑް ރިކުއެސްޓު ފޮނުވާލިއެވެ. ލަސްތަކެއް ނުވެ ރިކުއެސްޓު ޤަބޫލުކުރިކަމުގެ ނޯޓިފިކޭޝަން ލިބުމުން އެ މީހާގެ އެއްމިޔައަކުން ހިނިތުންވެލިއެވެ. އެނދުމަތީގައި ފޮތެއް ކިޔަން އޮތް ސާރާ ސިހުނީ […]
އަހަރެންނަކީ އަހަރެންގެ އާއިލާގެ އެންމެ ދޮށީ ދަރިއެވެ. އަދި އަހަރެންގެ މަންމަ އެންމެ ނަފުރަތު ކުރާ ދަރި ވެސްމެއެވެ. އެންމެ ފުރަތަމަ ސްކޫލް ނިންމި އިރު ރަނގަޅު ނަތީޖާ އެއްނުލިބުމުންނެވެ. ދެން ޑިގުރީ އަށް ފަހު އިތުރަށް ނުކިޔެވުނުންނެވެ. އޭގެ ފަހުން ރަނގަޅު ވަޒީފާއެއްގައި ނޫޅޭތީއެވެ. އިތުރަށް އަހަރެން ނުކިޔެވީ ކިޔަވާ ހިތްނެތީމައެވެ. ނަމަވެސް އަހަރެން މަސައްކަތް ކުރަނީ އަހަރެން ކިޔެވި ދާއިރާގައެވެ. ކުޑައިރުއްސުރެ އޮފީހެއް ގައި މަސައްކަތްކުރުން އެއީ އަހަރެން ދެކޭ ހުވަފެނެކެވެ. އެކަން އަހަރެން […]
“ތީ ކޮން ކުދިބައެއް؟ ކޮންއިރަކު ކީއްކުރަން އައިސް ތި އުޅެނީ؟” ހުރިހާ އެންމެން ސިހުނީ ދުވަސްވީ ފިރިހެނެއްގެ އަޑުންނެވެ. *************************** “އަޅުގަނޑުމެން މިއީ މިރަށަށް ދަތުރު އައިސް އުޅޭ ބައެއް. ބޭބެ ތީ ކާކު؟” ޖަވާބު ދިނީ ނިހާދެވެ. “އަހަރެންމީ މިރަށް ބަލަހައްޓާ މީހާ. ހުސެއިންފުޅު. ވީ އެންމެ އަވަހަކަށް މިރަށުން ފުރާ. އަދި ބުނަނަން، ބާރައިގެ ފަހުން ރަށުތެރެއަށް ނުކުމެ ނޫޅޭތި. ހުސެއިންފުޅު ދިނީ ވަރުގަދަ އިންޒާރެކެވެ. ނިހާ އަދި ނީލަމް ހުރީ ވަރަށް ބިރުންނެވެ. […]
ނިހާ އޭނާގެ ދަބަހުން ފޯނު ނަގައި ނިހާދުގެ ނަންބަރަށް ގުޅާލިއެވެ. ފޯނު އޮތީ ނިންވާލާފައެވެ. ނިހާ ވެސް ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. “އޭނަ ވެސް އަންނާނޭ، ހިނގާބަލަ ލިސްޓުގަ ހުރި ހުރިހާ އެއްޗެއް ގެނެވުނުތޯ ޗެކްކޮށްލަން” ނިހާ އޭނާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފޮރުވަމުން ނީލަމް ގާތު ބުންޏެވެ. އަޔާޒު ހުރީ ކައްޕި ނާންނާތީ ކަންތައް ބޮޑުވެފައެވެ. އެހެންކަމުން އަޔާޒު އުޅުނީ ކައްޕިގެ ފޯނަށް ގުޅޭތޯއެވެ. ތިން ފަހަރު ގުޅުމުން ވެސް ކިޔަނީ ފޯނު އޮތީ ނިވާލާފައިކަމަށެވެ. ****************************** […]
ނިހާ އަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. އޭރު ގަޑިން އެއްގަޑި ބައިވަނީއެވެ. ފޯނު ބަލާލިއިރު ގުޅަނީ އޭނާގެ އެކުވެރި ނީލަމް، އަޔާޒް އަދި ނިހާދެވެ. އެއީ ގްރޫޕް ވީޑިއޯ ކޯލެކެވެ. “އޭ ނިހާ ގަނޑު ވެސް ނިދަނީތަ؟ ވަރަށް ފޫހިވާތީ މި އުޅެނީ އެންމެން އާދެބަލަ މިގެއަށް ކޮފީއަކަށް” ފޯނުނެގުމުން ފުރަތަމަވެސް ވާހަކަދެއްކީ ނިހާދެވެ. “ސާބަސް ނިހާދު އަށް ބަލާބަލަ ގަޑިން ވީއިރު، އަޅެ ބުޅާތަކެއް ގޮވައިގެންތަ އަހަންނަށް މިއުޅެވެނީ” ނިހާ އާފުރެމުން ބުންޏެވެ. “ބުޅަލެއް […]
އާ ދުވަހަކަށް އިރު މަރުހަބާ ކިޔަން ތައްޔާރުވެފައިވާ އިރު، ވައިޓްރޯސް ގޭތެރެއިން އިވެނީ އުފަލާއި ހިނިތުންވުމުގެ އަޑެވެ. އެހެން ނުވާންވީ ސަބަބެއް ވެސްނެތެވެ. މުއްސަނދި ދެމަފިރިން ކަމުގައިވާ ޢަޒީޒާ އާއި ޒާހިދުގެ ހުރި ހަމައެކަނި ދަރިފުޅު ރާޔާގެ ކައިވެނި ކުރެވެން ހަފުތާ އަކަށްވީއެވެ. މުޅި ރަށް ވެސް ތައްޔާރު ވަމުންދަނީ އެ ކައިވެނި ހަފްލާއަށެވެ. ނަމަވެސް އެ އުފާވެރި މާހައުލުގައި ވަރަށް ބޮޑު ފިކުރެއް ގައި އިން އަންހެން ކުއްޖަކު އެބައިނެވެ. އެއީ ރާޔާއެވެ. އޭނާގެ ނުޤަބޫލު […]
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ތާރާ ހުރީ ބާރަ ޖަހާނެ އިރެއްގެ އިންތިޒާރުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނާގެ މޫނުމަތިން ފާޅުވާ ހުރީ އުފާވެރިކަމެވެ. އެހެން ނުވާންވީ ސަބަބެއް ވެސްނެތެވެ.މާދަމާ އަކީ ތާރާގެ ފިރިމީހާ ފައިސަލްގެ އުފަންދުވަހެވެ. ތަންކޮޅެއް ދުރުގައި ހުރި ކުޑަ މޭޒެއް ގައި ކޭކަކާއި ރަތް ފިނިފެންމަލުގެ ފިޔަތަކާއި އުއްބައްތި ތަކެއްވެސް ދިއްލާފައި ހުއްޓެވެ. ތާރާ ހުރީ ފިރިމީހާ ފައިސަލް އަންނަން ވާއިރަށް ފުރިހަމަ އަށް ތައްޔާރުވެގެނެވެ. މާގިނަ އިރުއަކު އިންތިޒާރު ކުރާކަށް ނުޖެހުނެއެވެ. […]
ލައިކާ އަށް ލޯހުޅުވާލެވުނު އޭނާ އަށް އޮވެވުނީ އަނދިރި ކޮޓަރިއެއްގައެވެ. ނޫނެކެވެ. އަނދިރި ކޮޓަރިއެއް ނޫނެވެ. ހޮސްޕިޓަލެކެވެ. އަލިކަމެއް ހުރީ ވަރަށް ފަނޑުކޮށެވެ. ފާރު ވަނީ ރެނދުލާފައެވެ. މަކުނުވާ އެކި ތަންތަނުގައި ހުއްޓެވެ. ކައިރީ ކުޑަ މޭޒަކާއި ގޮނޑި އެއްވެސް ހުއްޓެވެ. ލައިކާގެ ހިތަށް ވަނީ ބިރުވެރިކަމެކެވެ. އޭނާ އެތަނަށް އާދެވުނީ ކިހިނެއް ކަމެއްވެސް ހަނދާނެއްނެތެވެ. އޭނާ ފިޔަވައި އިތުރު މީހަކުވެސް އެތަނުގައިނެތެވެ. ޙުދު އޭނާ އަކީ ކާކުކަން ވެސް އޭނާގެ ހަނދާނަކުނެތެވެ. ދެން ލައިކާގެ ލޯ […]
އެއީ މީގެ ސޯޅަ އަހަރުކުރިއެވެ. އަހަރެންގެ މައިންބަފައިން ރަނގަޅު ތަޢުލީމެއް ހޯދައި ދިނުމުގެ ބޭނުމުގައި އަހަރެން މާލެ ފޮނުވިއެވެ. އަހަރެން ހުރީ ކުދިން ބައިތިއްބާ ގެއެއްގައެވެ. އެގޭގެ ވެރި މީހާ އަހަރެންނަށް ވަރަށް ރަނގަޅެވެ. އޭނާގެ އަހަރެންނާއި އެއް އުމުރުގެ އަންހެން ކުއްޖެއް ހުރެއެވެ. އޭނާގެ ނަމަކީ ޢަމީރާއެވެ. ވަރަށް ވެސް ރީތި އަންހެން ކުއްޖެކެވެ. ނޭނގޭ ކިތަންމެ ކަމެއްގައި ޢަމީރާ އަހަރެންނަށް އެހީތެރިވެދެއެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު ވަރަށް ލޯބިން ހިނިތުންވެލާނެއެވެ. އެއީ ނުވެސް […]