ޒިޔާދު އެޕާޓްމަންޓަށް ވަދެގެން އައީ ބިރުގަނެފައި ހުރި މީހެއް ފަދައަކުން ނޫނެވެ. އޭނާގެ އަތުގައި އޮތް ބަޑި އަމާޒުވެފައި ހުރީ ސީދާ ޒޭންއަށެވެ. އޭނާގެ ދަރިފުޅު ދިރިހުރިކަން އެނގުމުން ލިބުނު އުފަލަށްވުރެ އޭނާގެ ރަސްކަމަށް އޮތް ނުރައްކާ އޭނާއަށް މާ ބޮޑެވެ. ޒިޔާދުގެ ތުންފަތަށް ވެރިވީ ބިރުވެރި ހިނިތުންވުމެކެވެ. އޭނާ ހިފަހައްޓައިގެން ހުރި ބަޑީގެ މުށް އިތުރަށް ބާރުކޮށްލަމުން، ޒޭންގެ ދެލޮލަށް ސީދާ ބަލާލިއެވެ. “ކަލޭ ހީކުރީ ކަލޭގެ އެ ކުޑަކުޑަ ޑްރާމާ އަކީ އަހަރެން ސިއްސުވާލެވޭނެ […]
ޒިމާމް ހޭލިއިރު ބޭރުން އިރުގެ ރަން އަލިކަން މުޅިތަނަށް ފެތުރިފައިވެއެވެ. އިނާ އޭނާގެ ކައިރީގައި ނެތުމުން ޒިމާމް ކުޑަކޮށް ސިހިފައި ތެދުވިއެވެ. “އިނާ؟” ޒިމާމް ގޮވާލިއެވެ. “އެބަ އުޅެން.” ބަދިގެއާ ދިމާލުން އިނާގެ އަޑު އިވުނެވެ. ޒިމާމް ތެދުވެގެން ގޮސް ބަލާލިއިރު އިނާ ހުރީ ކޮފީ ތައްޔާރުކުރާށެވެ. އޭނާ ލައިގެން ހުރީ ޒިމާމްގެ ހުދު ގަމީހެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހަމަޖެހުމެވެ. ޒިމާމް ފަހަތުން ގޮސް އިނާގެ އުނަގަނޑުގައި އަތްއަޅުވާލިއެވެ. “އަހަރެން ހީކުރީ އިނާ އަހަރެން ދޫކޮށްލާފައި […]
އެރޭ ފަތިހު ޒިޔާދުގެ ފޯނަށް މެސެޖެއް އައެވެ. އޭގައި އޮތީ ޒިމާމްގެ އެޕާޓްމަންޓްގެ ބިންމަތީގައި އޮތް ޒިޔާދުގެ މީހުންގެ ފޮޓޯއެކެވެ. އަދި އޭގެ ތިރީގައި ލިޔެފައި އޮތެވެ. “ކަލޭގެ ކޮންމެ ހަމަލާއެއް އަހަރެން ހުއްޓުވާނަން. ކަލޭގެ ނިމުން އަންނާނީ ކަލޭގެ އަމިއްލަ ދަރިފުޅުގެ އަތުން.” ޒިޔާދުގެ އަތުން ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އޭނާގެ ނޭވާ އަވަސްވިއެވެ. “ނޫން… އެއީ އޭނައެއް ނޫން. އޭނަ ވަނީ މަރުވެފައި.” ޒިޔާދު މޮޔައެއް ފަދައިން ހަޅޭއްލަވައިގަތެވެ. ޒިޔާދުގެ މުޅި ދުނިޔެ […]
ޕާޓީގެ މެހެމާނުން ހައިރާންކަމާއި ބިރުވެރިކަމެއްގެ ތެރޭގައި ތިއްބާ، ޒިމާމް އިނާގެ އަތުގައި ހިފައިގެން ސްޓޭޖުން ތިރިއަށް ފޭބިއެވެ. އޭނާގެ ދެލޮލުން ފެންނަނީ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ފަދަ ރުޅިވެރިކަމެކެވެ. “ޒިމާމް. މަޑުކުރޭ!” ޒިޔާދު ތުރުތުރުލާ އަޑަކުން ގޮވާލިއެވެ. “ކަލެއަށް ތި ކުރެވެނީ ކިހާ ބޮޑު ކަމެއްކަން އެނގޭތަ؟” ޒިމާމް ހުއްޓުނެވެ. ނަމަވެސް ފަސްއެނބުރި ބަލައެއް ނުލިއެވެ. “ބައްޕާ އަހަރެން ހީކުރީ ބައްޕައަކީ އަހަރެން ދެކެ ވަރަށް ލޯބިވާ މީހެއްކަމަށް. އެކަމަކު މިރޭ އެނގިއްޖެ ބައްޕައަކީ […]
ޒިޔާދާއި ޒިމާމްގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަން މުޅި ގޭތެރެއަށް ފެތުރިގެން ދިޔައެވެ. ޒިޔާދު އޭނާގެ އޮފީހުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިއިރު އޭނާގެ ސިކުނޑީގައި ވަނީ އިނާއަށް އޮތް ނަފްރަތެވެ. “ބައްޕާ. އަހަރެން މިހާރު މީ ކުޑަކުއްޖެއް ނޫން.” ޒިމާމް އޮފީހަށް ވަދެ ޒިޔާދުގެ ކުރިމަތީގައި ހުއްޓުނެވެ. “އަހަރެން މި ވިޔަފާރިއަށާ މި އާއިލާއަށްޓަކައި ކުރި ހުރިހާ ކަމެއް ބައްޕައަށް އެނގޭނެ. ޒޭންގެ ކަންތައް ނިންމާލީވެސް އަހަރެން. އަހަރެންގެ ހަޔާތުގެ ނިންމުންތައް ނިންމާނީ ވެސް އަހަރެން އަމިއްލައަށް.” […]
އިނާ ރަށަށް ފުރަން އޮތީ ޖެހިގެން އައި ދުވަހުއެވެ. އެރޭ ޒިމާމް އިނާ ގޮވައިގެން ރޭގަނޑުގެ ކެއުމަކަށް ދިޔައީ މާލޭގެ އެންމެ އުސް އަދި އެންމެ އަގުބޮޑު ރެސްޓޯރެންޓަށެވެ. މުޅި ތަން އޮތީ ހަމައެކަނި އެ ދެމީހުންނަށްޓަކައި ހުސްކޮށެވެ. ކެއުމުގެ ތެރެއިން ޒިމާމް އިނާގެ އަތުގައި ހިފާލިއެވެ. “އިނާ. އަހަރެން ދުވަހަކުވެސް ހީއެއް ނުކުރަން އަހަރެންގެ ހަޔާތަށް މިފަދަ ބަދަލެއް އަތުވެދާނެ ކަމަކަށް. ފުރަތަމަ އިނާ ފެނުނު ދުވަހު އަހަރެން ފޫހިވި. އެކަމަކު މިއަދު..” ޒިމާމް އޭނާގެ […]
ޕާޓީ ނިމި މެހެމާނުން ދިޔައިރުވެސް ޒިމާމް ހުރީ ހަމައަކަށް ނޭޅިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ އެންމެ ފަހުން ފެނުނު މެސެޖާއި ޕާޓީއިން ފެނުނު ހިޔަންޏެވެ. ޒިޔާދު ހުރީ ޒިމާމްގެ އަމަލުތަކުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. “ދަރިފުޅާ. ކިހިނެއްވެގެން ތި އުޅެނީ؟” ޒިޔާދު ހަރުކަށިކަމާއެކު އަހާލިއެވެ. “މުޅި މާލޭގެ އިއްޒަތްތެރިންގެ ކުރިމަތީގައި ކަލޭ ތި ސާބިތުކޮށްދިނީ ކަލޭގެ ސިކުނޑި ހަމަނުޖެހޭކަން. ޒޭން މަރުވެއްޖެ. އޭނަގެ ވާހަކަ ދެން އިތުރަށް ދައްކަން ނުހަދާ.” ޒިމާމް އިސްޖަހާލިއެވެ. އޭނާ އަށް […]
އިނާ ލޯންޗުން ފޭބިއިރު ޒިމާމް ހުރީ ބޮޑު ކާރެއްގެ ކައިރީގައި އިނާގެ އިންތިޒާރުގައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކާމިޔާބީގެ ފަޚުރެވެ.”މަރުހަބާ އިނާ. ތި ސާބިތުކޮށްދިނީ ބާރުގަދަ މީހުންނާ ގުޅިގެން އުޅުމުގެ މުހިންމުކަން. ކޮބާ ޕެންޑްރައިވް؟” އިނާ އެއްވެސް ޖެހިލުމެއް ނެތި އޭނާގެ އަތްދަބަހުން ޕެންޑްރައިވް ނަގައި ޒިމާމަށް ދިއްކޮށްލިއެވެ. “މިއޮތީ. މީގެ ބަދަލުގައި އަހަރެން ބޭނުންވަނީ އަހަރެންގެ ސަލާމަތާއި އަހަރެންގެ އާއިލާއަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން.” ޒިމާމް ޕެންޑްރައިވްގައި ހިފިއެވެ. އޭނާ ހީވަނީ އުފަލުން ގޮސް […]
ޒޭން އާއި އިނާ ފަޅު ރަށުން ފުރީ އިރުއޮއްސި މުޅި ދުނިޔެ ކަޅު އަނދިރިކަމުގެ ތެރެއަށް ގެނބިފައި ވަނިކޮށެވެ. ޒޭން ދުއްވަމުންދިޔަ ކުޑަ ލޯންޗުގެ އިންޖީނުގެ އަޑު ފިޔަވައި އިތުރު އަޑެއް އެ ސަރަހައްދަކު ނެތެވެ. އިނާ އިނީ ލޯންޗުގެ ކުރީކޮޅުގައެވެ. އޭނާގެ އަތުގައި ޒޭން ދިން އޭނާގެ ބަޑިއޮތެވެ. އޭނާގެ ނަޒަރު ހުރީ ޒޭންގެ މޫނަށް ހުއްޓިފައެވެ. “އަހަރެމެން މިދަނީ މާލޭގެ ހުޅަނގު ފަރާތުން. އެއީ ފުލުހުން އެންމެ މަދު ސަރަހައްދު. ކޮމިޝަނަރުގެ ގެ ހުންނަނީ […]