Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަތުރު (ދެވަނަ ބައި)

Ara
Ara Level 210 Stories100 Comments
July 31, 2024 3 Mins Read
4 Comments

ނިހާ އޭނާގެ ދަބަހުން ފޯނު ނަގައި ނިހާދުގެ ނަންބަރަށް ގުޅާލިއެވެ. ފޯނު އޮތީ ނިންވާލާފައެވެ. ނިހާ ވެސް ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. “އޭނަ ވެސް އަންނާނޭ، ހިނގާބަލަ ލިސްޓުގަ ހުރި ހުރިހާ އެއްޗެއް ގެނެވުނުތޯ ޗެކްކޮށްލަން” ނިހާ އޭނާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފޮރުވަމުން ނީލަމް ގާތު ބުންޏެވެ. އަޔާޒު ހުރީ ކައްޕި ނާންނާތީ ކަންތައް ބޮޑުވެފައެވެ. އެހެންކަމުން އަޔާޒު އުޅުނީ ކައްޕިގެ ފޯނަށް ގުޅޭތޯއެވެ. ތިން ފަހަރު ގުޅުމުން ވެސް ކިޔަނީ ފޯނު އޮތީ ނިވާލާފައިކަމަށެވެ.
******************************

ބައިގަޑިއެއްހާއިރު ފަހުން ނިހާދު އަތުވެއްޖެއެވެ. އޭރު އޭނާ ހުރީ މާނޭވާ ލެވިލެވިއެވެ. “ކޮބާ ތީ ދޯ ދަތުރު ދާން ފޯރިއަރުވާފަ އުޅުނު މީހާ އަށް ވީވަރަކީ އަހަރެމެން މިތަނުގަ ތިބޭތަން ކޮންއިރެއް މިހާރު.” އަޔާޒު ނިހާދު އާއި ދިމާކޮށްލިއެވެ. “އެހެން ވެސް ވާނެ ދޯ. އެންމެ ރަނގަޅު ނިދިކޮޅު ދޫކޮށްފަ އަހަރެން މިއައީ ހޭލެވުނު އެންމެ އަވަހަކަށް. ކޮބާ ކައްޕި؟” ކައްޕި ނެތްކަން ނިހާދު އަށް ފާހަގަކުރެވުނެވެ.
“އޭނަ ވީތަނެއް އެނގުނީ ހަމަ އޭނަ އަށް. ކިހާ އިރެއް މިހާރު އޭނަ އަށް ގުޅާތަން. ފޯނު ނިއްވާލަފައޭ ކިޔަނީ. ދެން ކިހިނެއް ހަދަނީ؟” އަޔާޒު ނުރުހިފައި ބުންޏެވެ. “ހިނގާ އެ ގެއަށް” ނިހާދު އާއި އަޔާޒު މިސްރާބު ޖެހީ ކައްޕި މޫސަގެ ގެއަށެވެ.
ވިއްސަކަށް މިނެޓު ފަހުން އެމީހުން އައީ ކައްޕި މޫސަ އާއި އެކުގައެވެ. ނަމަވެސް ރަނގަޅަކަށް ކައްޕި އަށް ސަމާލުކަން ދިން ނަމަ އެއީ ކައްޕި މޫސަ ނޫންކަން އެމީހުންނަށް އިނގުނީސް ކަންނޭނގެއެވެ.

ދެ ގަޑިއިރެއްހާއިރުގެ ދިގު ދަތުރަކަށް ފަހު ރީތިފުއްޓަށް ދެވިއްޖެއެވެ. އެންމެން ވެސް ތިބީ ހިތްހަމަޖެހިފައެވެ.
ކައްޕި އެމީހުން އެރަށަށް ބޭލުމަށް ފަހު ދިޔައެވެ. ރަށުތެރެއަށް އެރުމުން އެރަށުގެ ގުދުރަތީ ރީތިކަން ފެނި ނާމާން ރަށެކޭ ކިޔައިގެން ކުރެވުނު ބަހުސް މަތިން މުޅިންހެން ހަނދާންނެތިއްޖެއެވެ.

“ނަސީބެއް ޓެންޓު ޖަހާ އެކަހަލަ ސަކަރާތެއް ޖަހަން ނުޖެހޭކަން ތަންކޮޅެއް ވަލުތެރޭގަ ހުންނާނެ ކުޑަގެ އެއް ހިނގާ އެދިމާލަށް” ނިހާދު އެރަށުގެ ވާހަކަތައް ކިޔައިދެމުން ދިޔައިރު ހީވީ އެއީ އޭނާ ކުރިން ވެސް އައިސް ބާކޮށްފައިވާ ރަށެއްހެންނެވެ. “މީނަ އަށް ހާދަ މޮޅަކަށް އެބަ އެނގެއޭ ދޯ މިރަށުގެ ކަންކަން” ނީލަމް ދިމާކޮށްލުގެ ގޮތުން ބުނެލިއެވެ. “އާނ އަހަރެން ނެތް ނަމަ ތިމީހުން ކިހިނެއް މިކަހަލަ ތަނެއްތަ ގަޑިއިރަކަށް ވެސް އުޅޭނީ” ނިހާދު ހެމުން ބުންޏެވެ. ފަނަރަވަރަކަށް މިނެޓް ފަހުން ހަތަރު އެކުވެރިންގެ މަޑުކޮށްލީ އާދައިގެ ގޮތަކަށް ހަދާފައިވާ ކުޑަގެ އެއްގެ ދޮރުމަތީގައެވެ. އެންމެ ފުރަތަމަވެސް ނިހާގެ ލޮލުގައި އަޅައިގަތީ އެގޭގެ ބޭރުފާރުގައި ލާފައި ހުރި ކުލައެވެ. “ކާކުތަ ދެން ކަޅު ކުލަ ލަނީ ބޭރު ފާރުގަ” ނިހާ އަށް ނުހުރެވިގެން ބުންޏެވެ. “އިނގޭތަ އަހަރެންގެ ގެއްލުނު ބޮޑުބެ ބުނި ރަތް އަދި ކަޅު ކުލައަކީ ޖިންނި ޝައިޠާނުން ވަރަށް ގަޔާވާ ކުލައެކޭ” ނީލަމް ނިހާގެ ކަންފަތް ދަށުގައި ސިއްރުސިއްރުން ބުނެލިއެވެ.
ނިހާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ނަމަވެސް ދަތުރުގެ މަޖާކަން ނަގާލަން ބޭނުންނުވާތި އެކަމަކަށް އިތުރު ޖަވާބެއް ނުދެއެވެ. އެންމެ ފުރަތަމަ ގޭތެރެއަށް ވަނީ ނިހާދެވެ. އޭނާގެ ފަހަތުން ނީލަމް އަޔާޒް އަދި ނިހާ ވެސް ވަނެވެ. “ދެކޮޓަރި ތަ ހުންނަނީ މިތަނުގަ؟” ގޭތެރެއަށް ނަޒަރު ހިންގާލަމުން ނީލަމް އެއްސެވެ. “އާނ ނީލަމް އާ ނިހާ އަށް ރަނގަޅު ކޮޓަރި އެއް ބަލާފަ ނަގާ ފަހުން މައްސަލަ ޖައްސައިގެން ނުވާނެ އިނގޭ” ނިހާދު ޖަވާބުދިނެވެ. “އެ އޮތީ ކޮން ފޮތެއް” ތަންކޮޅެއް ދުރުގައި ހުރި ލަކުޑި މޭޒެއް މަތީގައި އޮތް ފޮތެއް ފެނިގެން ނިހާ އެއްސެވެ. ހަތަރު އެކުވެރިން އެއް ފަހަރާ އެދިމާލަށް ދިޔައެވެ. ފޮތް އޮތީ ވަރަށް ބޮޑަށް ހިރަފުސް އަރާފައެވެ. ނީލަމް އެފޮތް ނެގިއެވެ. އަދި އަވަސް އަވަހަށް ގަނޑުތައް އުކަންފެށިއެވެ. “ތި ވައްތަރީ ކޮންމެވެސް މީހެއްގެ ޑައިރީ އަކާ. ހުއްދަ ނެތި މީހުންގެ ޕާރސަނަލް އެއްޗެހީގަ އަތްލާކަށް ނުވާނެ. އެހެން ނޫނަސް ދަތުރު އައިސް މިކަހަލަ ބޭކާރު ކަންކަމާ އުޅޭނި ކަމެއް ނެތެއްނު. ހިނގާ ބީޗަށް.” ނިހާދު ހުރީ ފޫހިވެފައެވެ. އެ ޑައިރީ އަކަށް އޭނާގެ އެއްވެސް ސަމާލު ކަމެއްނެތެވެ.

ނިހާދުގެ އެދުމުގެ މަތިން ހުރިހާ އެންމެންވެސް ނުކުތީ އަތިރިމައްޗަށް ދިޔުމަށެވެ. ނިހާދު އާއި އަޔާޒު ދިޔައީ މަސްބާނާށެވެ. ނިހާ އާއި ނީލަމް އިނީ އަތިރިމަތީގައި މެންދުރަށް މަސްބަތާއި ސެލެޑު ތައްޔާރު ކުރުމަށް އެއްޗެހި ކޮށާށެވެ. ނިހާ ފިޔާ ކޮށަން އިނެތް ކަމަކު އޭނާގެ ސިކުނޑި ގައި އެނބުރެމުން ދިޔައީ އެރަށާއި ބެހޭގޮތުން މީހުން ދައްކާފައި ހުރި ބިރުވެރި ވާހަކަތަކެވެ. “އޭތް ނިހާ ކޮން ކަމަކާ މާވަރަކަށް ތި ވިސްނަނީ؟ އަހަރެން ކައިރީގައި ވެސް ބުނެލައިގެން އުޅެބަލަ އޭރުން ދޯ އިނގޭނީ” ޚިޔާލީ ދުނިޔެއިން ނިހާ އަށް ނިކުމެވުނީ ނީލަމްގެ އަޑުންނެވެ. “ސާބަސް ނީލު އަށް. އަހަރެން ކަމަކާ ނުވިސްނަމޭ. ހިތަށް މި އަރަނީ އަހަރެން މިއޮތް ވަރަށް ފޮޓޯ ނަގާ ހިތުން އުޅޭ މީހާ މި އާދެވުނީ ކެމެރާ ބާއްވާފައޭ. ހާދަ ހަނދާން ކުރީމޭ އެ ގެންނަށް. އެކަމު ވެސް ބަލަ މި ވީގޮތް” ނިހާ ވާހަކަ އޮޅުވާލިއެވެ. އޭނާގެ ސަބަބުން ދަތުރުގެ ބާކީ ބައިވެރިންގެ ހިތުގައި ނުތަނަވަސްކަން އުފެދެން ނޭދޭތީއެވެ. “ސޯ ސޭޑް. ދެން މި ފަހަރު ފޯނުން ހަމަ ޖައްސާލަން ދޯ މި ޖެހުނީ” ނީލަމް ހިނިތުވެލަމުން ޖަވާބުދިނެވެ. އިރުކޮޅަކުން އަޔާޒް އާއި ނިހާދު މަސްބާނައިގެން އަތުވެއްޖެއެވެ. “ކޮބާ ކިތައް މަސް ބޭނުނު؟” ނީލަމް އެއްސެވެ. “ދެ ރަތް މަސް. މިރޭގެ ކޮއްތު” އަތުގައި އޮތް ދެ ރަތް މަސް ދައްކާލަމުން ފަހުރުވެރިކަމާއި އެކު އަޔާޒް ޖަވާބުދިނެވެ.

މެންދުރުގެ ކެއުމަށްފަހު އެކި ސަކަރާތުގައި ވަގުތު ދިޔަގޮތެއް ވެސް ނޭނގުނެވެ. ގެއަށް ދެވުނީ އިރުއޮއްސި އަނދިރިވީ ފަހުންނެވެ. “މި ދަނީ ފެންވަރައިގެން ޖައްސާލަން ވަރަށް ވަރުބަލި ވެއްޖެ” ނިހާދު އެހެން ބުނެފައި ވަނީ ކޮޓަރިއަށެވެ.

ގަޑިން ރޭގަނޑު އަށްގަޑި ބައި ވަނީއެވެ. މެންދުރު ބޭނި މަސްތައް ފިހުމުގެ ތައްޔާރީ ތަކުގައި އަވަދިނެތި ނިހާދާއި އަޔާޒް އުޅެއެވެ. “ކާކު އަތުގަ ލައިޓަރު އޮތީ؟” އަޔާޒް އަހާލިއެވެ. “ނެތް އަހަރެން އަތުގަ އެއް” ނީލަމް ނިހާދު އަދި ނިހާ އެކުއެކީގައި ބުންޏެވެ. “ދަބަސް ބަލާބަލަ، ލައިޓަރު ނެތި ކިހިނެއް މި މަސް ފިހާނީ” އަޔާޒް ހުރީ ކަންބޮޑުވެފައެވެ. “ހާސް ނުވޭ އަޔާ ދަބަހުން ލައިޓަރު ދުއް ހަނދާންވޭ އަހަރެން” ނީލަމް ބުންޏެވެ. ހޯދާ ހޯދާ އެކަކަށް ވެސް ލައިޓަރެއް ނުފެނުނެވެ. “ތީ ކޮން ކުދިބައެއް؟ ކޮންއިރަކު ކީއްކުރަން އައިސް ތި އުޅެނީ؟” ހުރިހާ އެންމެން ސިހުނީ ދުވަސްވީ ފިރިހެނެއްގެ އަޑުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ތެމި ވާރޭގައި ވީމޭ 27

ދުވެފާ އައި ކުއްޖާ
Next

ދުވެފާ އައި ކުއްޖާ – ފުރަތަމަ ބައި

Next
ދުވެފާ އައި ކުއްޖާ
July 31, 2024

ދުވެފާ އައި ކުއްޖާ – ފުރަތަމަ ބައި

Previews
July 31, 2024

ތެމި ވާރޭގައި ވީމޭ 27

4 Comments!

  1. Aish says:
    July 31, 2024 at 1:32 pm

    Very interesting. But what happened to nilam ge losti vi uncle ah?

    1. Ara Ara says:
      July 31, 2024 at 1:59 pm

      Dhen inee last episode tomorrow ingeyne insha Allah 😊

  2. Cutie girl says:
    August 1, 2024 at 6:37 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    You’re my fav author
    I appreciate your hard work

    1. Ara Ara says:
      August 1, 2024 at 11:22 am

      Thank you so much 😊

Comments are closed.

Next Episodeދަތުރު (ފަހު ބައި)←


All Right Reserved!