Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ކައިވެނި

Ara
Ara Level 210 Stories100 Comments
July 29, 2024 5 Mins Read
4 Comments

އާ ދުވަހަކަށް އިރު މަރުހަބާ ކިޔަން ތައްޔާރުވެފައިވާ އިރު، ވައިޓްރޯސް ގޭތެރެއިން އިވެނީ އުފަލާއި ހިނިތުންވުމުގެ އަޑެވެ. އެހެން ނުވާންވީ ސަބަބެއް ވެސްނެތެވެ. މުއްސަނދި ދެމަފިރިން ކަމުގައިވާ ޢަޒީޒާ އާއި ޒާހިދުގެ ހުރި ހަމައެކަނި ދަރިފުޅު ރާޔާގެ ކައިވެނި ކުރެވެން ހަފުތާ އަކަށްވީއެވެ. މުޅި ރަށް ވެސް ތައްޔާރު ވަމުންދަނީ އެ ކައިވެނި ހަފްލާއަށެވެ. ނަމަވެސް އެ އުފާވެރި މާހައުލުގައި ވަރަށް ބޮޑު ފިކުރެއް ގައި އިން އަންހެން ކުއްޖަކު އެބައިނެވެ. އެއީ ރާޔާއެވެ. އޭނާގެ ނުޤަބޫލު ގައި ކައިވެނި ކުރެވެން އުޅޭއިރު ކިތަންމެ ބޭނުން ވިޔަސް ގަދަކަމުން ވެސް ހިނިތުންވެލާނީ ކިހިނަކުންހެއްޔެވެ؟ އޭނާގެ ކައިވެނި ކުރެވެން އުޅޭ ވާހަކަ ވެސް ބައްޕަ ޒާހިދު ބުނީ މީގެ ހަފުތާއެއް ކުރިންނެވެ. ކައިވެނި ހަމަޖެއްސި އިރު އޭނާ ކައިރިން އަހާލުން އެއީ މުހިއްމު ކަމެއްގެ ގޮތުގައި ވެސް އޭނާގެ ބައްޕަ ނުދެކުނީތީ ހިތުގައި ވީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ. އޭނާ ލޯބިނުވާ، ނުވެސް ދެކޭ މީހަކާއި އެކު މުޅި ދިރިއުޅުން ހޭދަކުރަނީ ކިހިނަކުންހެއްޔެވެ؟ މިފަދަ ޙިޔާލުތަކެއްގައި އިންދައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ސުދާ އަތުވެއްޖެއެވެ. އެއާއިއެކު ރާޔާ އޭނާގެ ހިތުގައިވާ ހުރިހާ ޝަކުވާއެއް ބަންޑުންކޮށްލިއެވެ. “ދެން ރާޔާ ޒާހިދުބެ ގާތު ބުނެބަލަ އަދި މެރީ ކުރަން ބޭނުމެއްނޫނޭ.. އަހަރެންނަށް ހީވަނީ ޒާހިދުބެ އަށް ވިސްނޭނެހެން.” ސުދާ އޭނާގެ ޙިޔާލުދިނެވެ. “އަދި މީހަކާ ނީންދެވިގެން އަވަސް އަރުވާއިގެން އުޅޭވަރެއް ވެސް ނުވޭދޯ؟ އަދި އަހަރެންނަށް އެންމެ ފަންސަވީސް އަހަރު. ގޭގެ ކުލަލާން ވިޔަސް ގަންނަށް ވީ ކުލައަށް ދާންދެން ބައްޕަ އަހަރެންގެ ގާތު އަހާނެ. އެކަމު އަހަރެމެން ދިރިއުޅުމުގެ އެވަރުގެ ބޮޑުކަމެއް ކަމެއް ނިންމާލި އިރު ބައްޕަ އަހަރެންގެ ގާތު އަހާ ވެސް ނުލާ.” ރާޔާ އަށް ހިތުގައި ޖެހި ރޮވެންފެށުނެވެ. ރާޔާ ނިންމީ ސުދާ ވެސް ބުނި ގޮތަށް ކައިވެންޏަށް ނުޤަބޫލު ވާހަކަ ބައްޕަ ގާތު ބުނުމަށެވެ.

ރޭގަނޑުގެ ވަގުތެވެ. ޒާހިދު ޢަޒީޒާ އަދި ރާޔާ ތިބީ ކެއުމަށް އިންސާފު ކުރާށެވެ. އެކަކު ވެސް ވާހަކައެއް ނުދައްކައެވެ.
ކުރިމަތީ ގައި އިން ބަތްތަށި ހާވާލަ ހާވާލައި ރާޔާއިނެވެ.
ކުޑަކޮށް ވެސް އޭނާ ކާހިތެއްނެތެވެ.”ދަރިފުޅާ ކާއެއްޗެހި ނުބައީތަ؟” ޢަޒީޒާ އަށް ރާޔާ ނުކައި އިންނަކަން ފާހަގަވެގެން ސުވާލުކޮށްލިއެވެ.”ނޫން މަންމާ އަހަރެން ކާހިތެއްނެތް.” މިހެން ބުނެފައި ރާޔާ ކޮޓަރި އަށް ދާން ހިނގައިގަތެވެ. “އަނެއްކާ އެ މަންޖެ އަށް ކިހިނެއްބާ އެވީ؟” ޢަޒީޒާ އިނީ ކަންބޮޑުވެފައެވެ. “އެ ވާނީ ކައިވެނި ކުރާ ދުވަސް ކައިރިވާތީ ހާސްވަނީ ކަމަށް” ޒާހިދު ބުންޏެވެ. އޭނާ އެއީ މާ ބޮޑުކަމަކަށް ނުހެދިއެވެ. ނަމަވެސް ޢަޒީޒާ އަކަށް މަޑަކުން ނީންދެވުނެވެ. ކޮންމެވެސް ކަމެއް ވެއްޖެކަމަށް އޭނާގެ ހިތް ބުނަންފެށިއެވެ. އެހެންކަމުން ކާންއިން ބަތް ތަށި ދޫކޮށް ރާޔާގެ ކޮޓަރި އާއި ދިމާލަށް މިސްރާބު ޖެހިއެވެ.”ދަރިފުޅާ ރާޔާ ކިހިނެއް ވީ؟” ޢަޒީޒާ ކަންބޮޑުވެ ހުރެ އެއްސެވެ. “ކަމެއް ނުވޭ މަންމާ. އެހާ ބޮޑަށް އަހަރެންނާ ދޭތެރޭ ނުވިސްނާ” ރާޔާ މަޑުމަޑުން ބުންޏެވެ. އޭރު އޭނާގެ ލޮލުގައި ކޮންމެވެސް ވަރަަކަށް ކަރުނައިގެ އަސަރުހުއްޓެވެ. “އެހެން ނުވާނެ، ދަރިފުޅު ކޮންމެވެސް ކަމަކާ ފިކުރު ކުރާހެން މަންމަ އަށް ވަރަށް އެބަ ހީވޭ.. ސިއްރު ނުކޮށް މަންމަ ގާތު ބުނެބަލަ ދަރިފުޅާ.” ޢަޒީޒާ ވަރަށް ލޯބިން ރާޔާގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ. “މަންމާ އަހަރެން ބޭނުމެއްނޫން މި ކައިވެނި ކުރާކަށް، ކޮންމެވެސް ގޮތަކުން މިކަން ހުއްޓުވައިދީ މަންމާ.” ރާޔާ އަށް ރޮވެންފެށުނެވެ. “ދަރިފުޅުގެ ހަޔާތުގަ އެހެން ކުއްޖެއް ހުރީތަ؟”ޢަޒީޒާ ކޮށްލީ ސުވާލެކެވެ. “ނޫން މަންމާ އަހަރެން ބޭނުންވަނީ އަހަރެން އަމިއްލައަށް އިޚުތިޔާރު ކުރާ މީހަކާ ކައިވެނި ކުރަން” “ދަރިފުޅަށް ވެސް އިނގެއެއްނު ބައްޕަގެ ގޮތް، ބައެއް ކަންކަމުގަ ވަރަށް ބޯހަރު ވާނެ އެކަމު ދަރިފުޅު ދެކެ އެހާ ލޯބިވެސް ވާނެ. މަންމަ އަށް ވެސް ތި ކައިވެނީގެ ވާހަކަ އިނގުނީ ހަމަ ދަރިފުޅަށް ވެސް އިނގުނު ރޭގަ، ބުނި އެއީ ޚާލިދުގެ ދަރިއެކޯ.. އޭނަގެ ފަސް ފިރިހެން ކުދިން ތިބޭ. ނޭނގޭ މަންމަ އަކަށް އޭގެން ކޮން ކުއްޖެއް ކަމެއް. ބައްޕަ ބުނި ބޭރުގަ ކިޔަވަން ހުރެފަ ވަރަށް ފަހުން މާލެ އައި ސޮރެކޭ އެއީ. ކޮންމެގޮތެއްވިޔަސް ދަރިފުޅުގެ ނުޤަބޫލުގަ ކައިވެނި ކުރަން މަންމަ ވެސް ހިތްހަމައެއް ނުޖެހޭ. ބައްޕަ އާއި ތި ވާހަކަދައްކަން މި ދަނީ” ޢަޒީޒާ އެތަނުން ދިޔައީ ރާޔާގެ ހިތަށް ހަމަޖެހުމެއް ގެނެސްދީފައެވެ.

ޚާލިދަކީ ރާޔާ ކުޑައިރު އެގެއަށް އައިސްއުޅުނު އޭނާގެ ބައްޕަގެ ވަރަށް ގާތް އެކުވެރިއެކެވެ. އެއީ ކާކުކަން ރާޔާ ހަނދާންހުރެއެވެ. މީގެ ދެތިން އަހަރު ކުރިން ވެސް ދިމާވިއެވެ. ނަމަވެސް އޭނާގެ ދަރިންގެ ނަމެއް ނޭނގެއެވެ. ދުވަހަކު ނުވެސް ދެކެއެވެ.

އިރުކޮޅަކުން ރާޔާ އަށް އިވުނީ އޭނާގެ ބައްޕަ އޭނާ އަށް ގޮވާ އަޑެވެ. ރާޔާ ވަގުތުން ދިޔައެވެ. އޭރު އޭނާގެ މަންމަ އާއި ބައްޕަ ސިޓިންރޫމުގައި ތިއްބެވެ. “މަންމަ އެ ދައްކަނީ ރަނގަޅު ވާހަކައެއްތަ؟ ދަރިފުޅު މި ކައިވެނި ކުރަން ޤަބޫލެއް ނޫންތަ؟” ރާޔާ އައުމުން ވާހަކަ ފެށީ ޒާހިދެވެ. އޭނާގެ މޫނުމަތިން ކޮންމެވެސް ވަރަަކަށް ނުރުހުންވުން ފާޅުވާން ހުއްޓެވެ. “އާނ ބައްޕާ އަހަރެން ޤަބޫލެއް ނުކުރަން މީ އެންމެ ރަނގަޅު ގޮތް ކަމަށް” ރާޔާ މަޑުމަޑުން ބުންޏެވެ. ފުރަތަމަ ފަހަރަށް ޒާހިދުގެ މޫނުމަތިން ނުރުހުންވުމުގެ އަސަރު ފެންނަށް ހުރުމުން ރާޔާ ހުރީ ކޮންމެވެސް ވަރަަކަށް ޖެހިލުންވެފައެވެ. “އަހަރެން ރާޔާ ބޭނުންގޮތަކަށް ހުރިހާ ކަމެއް ކުރަން ދޫކޮށްލިން، ފުރަތަމަ ފަހަރަށް އަހަރެން ރާޔާ ގާތު ކަމަކު އެދުމުން އަހަރެންގެ އެދުމުގައި ކޮޅުފައިން ޖަހަން ކެރުނީތީ އަހަރެން މިހުރީ ހަމަ ހައިރާންވެފަ. އަހަރެން ބޭނުންވީ ރާޔާ ވިޔަފާރީގެ ދާއިރާއިން ކިޔަވައިގެން މާލެ ގޮސް އަހަރެންގެ ކުންފުނި ބަލަހައްޓަން. އެކަމަކު ރާޔާ ޤާނޫނީ ވަކީލުކަން ކިޔަވަން ބޭނުންވާތީ އެކަން ވެސް ކުރުމުގެ ފުރުސަތު ދިނިން. އަހަރެމެންގެ ކުންފުންޏަށް މިހާރު ރަނގަޅު ވެރިޔަކު ބޭނުންވޭ. އެކަން ވާން އޮތީ މި ކައިވެނި ވެސް ކުރެވިގެން. އެހެންވީމާ ރާޔާ ނުރުހުނަސް މި ކައިވެނި ކުރެވޭނޭ” ޒާހިދުގެ ފަރާތުން އެފަދަ ޖަވާބެއް އައިސްދާނެ ކަމަށް ރާޔާ ހުރީ ކުޑަކޮށް ވެސް އުއްމީދުކޮށްގެންނެއް ނޫނެވެ. “ބައްޕާ ހުރިހާ ވެސް އެއްޗަކީ ފައިސާ އެއްނޫނޭ، މަޖުބޫރުން ކުރާ އެއްވެސް ކަމެއް ނުދާނެ ރަނގަޅަކަށް. ބައްޕަގެ އަމިއްލަ އެދުމަކަށް އަހަރެންގެ މުޅި ދިރިއުޅުން ޤުރުބާން ކޮށްލަން ހަމަ ބައްޕަ އަށް އެންމެ ރަނގަޅުތަ؟” “މިހާރު ރާޔާ އަހަރެންގެ ކުރިމަތީ ޒުވާބު ވެސް ކުރަން ފެށީތަ؟” ޒާހިދުގެ އަޑު ދިޔައީ ގަދަވަމުންނެވެ. “ބައްޕާ އަހަރެން ނުދެކެން ވާހަކަދެއްކުން އެއީ ޒުވާބުކުރުން ކަމަށް.. އަހަރެން ހީކުރީ ބައްޕަ ތީ ވަރަށް ވިސްނޭ ތަހުޒީބު މީހެއްކަމަށް.. ބައްޕަ ކިތަންމެ ބޭނުން ވިޔަސް އަހަރެންނަށް ތިކަން ކޮށްދެވޭކަށް ނެތް.” ރާޔާ އޭނާގެ ފަހުބަސް އިއްވިއެވެ.
“އެހެން ވިއްޔާ ރާޔާ އަށް އޮންނާނީ ދެގޮތް ކައިވެނި ކުރުން ނޫނީ މިގެއިން ދިޔުން” އެއްޗެއް ނުބުނެ ރާޔާ ދިޔައީ ކޮޓަރިއަށެވެ. ޒާހިދުގެ އެ ހަރުކަށި ސިފަ ފެނުމުން ޢަޒީޒާ ވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

އިރުކޮޅެއް ފަހުން ރާޔާ ނުކުތީ ފޮއްޓެއް ހިފައިގެންނެވެ. ޢަޒީޒާ އާއި ޒާހިދަށް އެދިމާލަށް ބަލެއިލެވުނީ އެކުއެކީގައެވެ. “އަހަރެން މި ދަނީ މިގެއިން” ޒާހިދާއި އަރައި ހަމަކުރުމަށްފަހު ރާޔާ ބުންޏެވެ. “ރާޔާ އަށް މިގެއިން ގެންދެވޭނީ އަމިއްލަ ލާރިން ގަނެފައި ހުރި އެއްޗެހި އެކަނި” ޒާހިދު އަޑަށް ރާޔާ ހުއްޓުނެވެ. އަދި އެނބުރި އައިސް އޭނާގެ ފޮށިން ޒާހިދުގެ ލާރިން ގަނެފައި ހުރި ހުރިހާ ސާމާނެއް ނަގައި އޭނާ އަށް ފެންނާނެހެން ކައިރީގައި ހުރި މޭޒުމަތީ ބެހެއްޓިއެވެ. “އަހަންނަށް މި އެއްޗެއްސާ ނުލައި ވެސް އުޅެވިދާނެ. ބޮޑު ގެއެއް ހުރީތީ، މުއްސަނދި ބައްޕަ އެއް ހުރީތީ މި ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު އަހަންނަށް ލިބުނު އެއްވެސް އުފަލެއް ނެތް. އުފާވެރި ކަމެއް، ހިތަށް ހަމަޖެހުމެއް ނުލިބެންޏާ ފައިސާތަކާއި ބޮޑުގެއަކުން އަހަންނަށް ހިފޭނެ ބޭނުމެއް ނެތް” މިހެން ބުނެފައި ރާޔާ ހިނގައިގަތީ އެގެއިން ނިކުތުމަށެވެ. “ޒާހިދު ހެޔޮނުވާނެ އެ މަންޖެ ހުއްޓުވަބަލަ.. އަހަރެންނަށް އަހަރެންގެ ދަރިފުޅާ ނުލައި ނޫޅެވޭނެ” ޢަޒީޒާ އަށް ރޮއިގަނެވުނެވެ. “އަޅާނުލާ ޢަޒީޒާ، ދާން ބޭނުންވާ މީހުން ހިފެހެއްޓުމުގެ ބޭނުމެއް ނެތް. ދުވަސްކޮޅަކު އަމިއްލަ އަށް އުޅެން ޖެހުނީމަ ވިސްނޭނެ ފައިސާގެ މުހިއްމުކަން ވެސް.. އެ ދުވަހަކުން އޭނަ އެނބުރި އަންނާނެ. އަދި އަހަރެން އިންތިޒާރު ވެސް ކުރާނަން އެ ދުވަހަކަށް.”

ތެދެކެވެ. އެކަނި އެހެން އުޅެން ރާޔާ އަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އޭނާގެ އެކައުންޓު ގައި އިނީ އެންމެ ފަސްހާސް ރުފިޔާއެވެ. ގެސްޓް ހައުސް އެއްގައި އެ ލާރިން އުޅެމުން ކެއުމުގެ ކަންތައް ހަމަޖެއްސުމަށް ވީ ދަތިކަމަކަށެވެ. ނަމަވެސް އޭނާ އަކީ އެހާ އަވަހަކަށް ހިތްވަރު އެލުވާލާނެ ކުއްޖެއް ނޫނެވެ. ވަރަށް މަސައްކަތުން އޭނާ އަށް ރެސްޓޯރެންޓެއްގެ ވެއިޓަރު ކަން ލިބުނެވެ. މާގިނަ ލާރިތަކެއް ލިބޭ ވަޒީފާއެއް ނޫން ނަމަވެސް ވަޒީފާއެއް ލިބުނީތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.

އާދައިގެ މަތިން ރެސްޓޯރެންޓްގެ މަސައްކަތްތައް ނިންމާލުމަށް ފަހު ވެފައިވާ ވަރުބައްޔާއި އެކު އެތަނުގައި އިން ގޮނޑިއެއްގައި ރާޔާ ޖައްސާލިއެވެ. އޭނާ އަށް ވިސްނެމުން ދިޔައީ އޭނާގެ ހާލަތާއި މެދުގައެވެ. ދާދި ފަހަކާއި ޖެހެންދެން އޭނާ އަކީ އޭނާގެ މައިންބަފައިންނާއި އެކު އުފަލުން ދިރިއުޅެމުން އައި ކުއްޖެކެވެ. ނަމަވެސް މިއަދު ދެކިބަލާށެވެ. ނުވެސް އިނގެ ހުއްޓާކުރިމަތިވި ތޫފާނުން އޭނާ މުޅިން މާޔޫސްވެއްޖެއެވެ. “ހައި، ހާދަ ދެރަވެފައި އިންހެން ހީވެޔޭ.” ރާޔާ އަށް ޙިޔާލީ ދުނިޔެެއިން ނިކުމެވުނީ ޒުވާން ފިރިހެނެއްގެ އަޑަށެވެ. “ނޫން ދެރަވެފަ އެއް ނޫން ހަމަ އިނދެވުނީ ވިސްނާލަން. އެކަމު ތީ ކާކު ކަމެއް އަދި ނޭނގުނު” ރާޔާ ޖަވާބުދިނެވެ.
“އަހަންނަށް ކިޔަނީ ނަސީފް މާ ދެރަވެފަ އިންހެން ހީވެގެން އަހާލެވުނީ ހަމަ” ރާޔާ އޭނާގެ ހާލަތު ނަސީފް އަށް ކިޔައިދިނެވެ. “އަހަންނަކީ ވެސް ހަމަ ތިކަހަލަ ކަމެއް މެދުވެރިވެފައިވާ މީހެއް. އަހަރެން މިރަށަށް އައީ މި ރަށު ކުއްޖަކާ މެރީކުރަން. އެކަމަކު އެކަމެއް ނުވި. ދެން އަހަރެން ހިތަށް އެރީ މިރަށުގަ ދުވަސްކޮޅަކު އުޅެލާފައޭ މާލެ ދާނީ” މާޔޫސްކަން ފޮރުވުމަށް ހިނިތުވެލަމުން ނަސީފް އޭނާގެ ވާހަކަ ކިޔާދިނެވެ.

ދުވަސްތައް ހަފުތާތަކަކަށް ބަދަލުވެ، އެމީހުންގެ އެކުވެރިކަން ލޯތްބަކަށް ބަދަލުވެގެން ދިޔައެވެ. ނަސީފްގެ އެދުމަށް ރާޔާ ވެއިޓަރުކަމުގެ ވަޒީފާއިން ވަކިވެ، އޭނާ އާއި އެކު ޤާނޫނީ ލަފާދޭ ތަނެއް ހުޅުވިއެވެ. ރާޔާގެ ޤާނޫނީ ޢިލްމާއި ނަސީފްގެ ވިޔަފާރިކުރުމުގެ ހުނަރާއި އެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތަން ވެގެން ދިޔައީ އެރަށުގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤްބޫލް ތަނަކަށެވެ.

އެއް ދުވަހަކު ހަވީރު ބައެއް ލިޔެކިޔުންތައް ތަރުތީބު ކުރަމުން ދަނިކޮށް ނަސީފަށް ރާޔާގެ އާއިލާގެ ފޮޓޯއެއް ފެނުނެވެ. އޭނާ ހައިރާންކަމާއެކު އެ ފޮޓޯއަށް ބަލަހައްޓައިގެން އިނެވެ. “އެއީ މަންމަ އާއި ބައްޕަތަ؟” ނަސީފް ހައިރާންވެ އިނދެ ރާޔާ ގާތު އެއްސެވެ. “އާނ ކިހިނެއް ވީ؟ ނަސީފް ދަންނަންތަ އަހަރެންގެ މައިންބަފައިން؟” “ރާޔާ ތީ އަހަރެންގެ ވާން އުޅުނު އަލަތު އަނބިމީހާ.” ނަސީފްގެ އެ ޖުމުލައިން ރާޔާގެ ދެލޯ ބޮޑުވިއެވެ. ތަޤުދީރުގެ ރޭވުން ނިކަން ދެކިބަލާށެވެ. އެ ދެމީހުން ބައްދަލުވީ އެންމެ ހީނުކުރާގޮތަށެވެ.
ނަސީފާއި ރާޔާ ނިންމީ އެމީހުންގެ އަލަތު ލޯތްބާއި ކާމިޔާބު ވިޔަފާރީގެ ވާހަކަ އާއިލާއަށް އެންގުމަށެވެ.
ދެފަރާތުގެ އާއިލާގެ ލޯތްބާއި އެކު ރާޔާ އާއި ނަސީފްގެ ކައިވެނި އޭގެ އެއްމަސް ދުވަސް ފަހުން ކުރެވުނެވެ. ނަމަވެސް ނުދަންނަ ދެ ބީރައްޓެހިންގެ ގޮތުގަ އެއްނޫނެވެ. އެ ކައިވެނި ވެގެން ދިޔައީ ހުރިހާ އެންމެންގެ ހިތްތަކަށް ވެސް ގެނުވި އުފާވެރި ކަމެއްގެ ގޮތުގައެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ފަލަސްތީނުގެ ހާލަތު – ޅެމެއް

Next

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…47

Next
July 29, 2024

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…47

Previews
July 29, 2024

ފަލަސްތީނުގެ ހާލަތު – ޅެމެއް

4 Comments!

  1. Cutie girl says:
    July 29, 2024 at 2:48 pm

    Mi story ves v Reethi masha allah
    Curiously waiting for next story
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard

  2. UmmAas says:
    July 29, 2024 at 8:16 pm

    Story varah varah reethi

  3. ai says:
    July 30, 2024 at 3:57 pm

    vv reethi …
    and thanks …because you give me a lot of ideas to write stories

  4. Ara Ara says:
    July 31, 2024 at 2:01 pm

    Thanks all for the beautiful comments 😊❤️

Comments are closed.



All Right Reserved!