ފަޅު ރަށުގައި ފުރަތަމަ ރޭ ފާއިތުވެ ހެނދުނުގެ ރަން ދަޅައިން މުޅި މާހައަލު އުޖާލާވެފައިވީ ނަމަވެސް ޒޭންގެ ހިތަކަށް އަލިކަމެއް ނުލިބުނެއެވެ. އޭނާ ހުރީ ގޭގެ ބޭރުގައި ހުރި ބޮޑު ގަހެއްގެ ހިޔަލުގައި ދުރުން ފެންނަން އޮތް މޫދަށް ބަލަހައްޓައިގެންނެވެ. އިނާ ގޭގެ ތެރެއިން ނިކުމެގެން އައީ ދެ ކޮފީ ތަށި ހިފައިގެންނެވެ. “ޒޭން. ރޭގަ އެއްވެސް ވަރަކަށް ނުނިދަން ދޯ؟” އިނާ މަޑުމަޑުން އަހާލަމުން ކޮފީ ތަށި ދިއްކޮށްލިއެވެ. ޒޭން ކޮފީ ތަށީގައި ހިފިއެވެ. “ނިދޭނީ […]
ޒިޔާދު ރުޅިގަދަވެގެން ހަޅޭއްލަވައިގަތެވެ. “މަރާލާ! ދެމީހުންވެސް މަރާލާ. އަހަރެންގެ އަމިއްލަ ދަރިއަކަށް ވިޔަސް އަހަރެންގެ މަގަށް ހުރަސްއަޅާ ކޮންމެ މީހަކީ އަހަރެންގެ ދުޝްމަނެއް.” އިނާގެ ކަރުގައި ވަޅި ޖައްސައިގެން ހުރި މީހާ ވަޅި ބާރުކޮށްލި ވަގުތު ޒޭން ކުއްލި ހަރަކާތަކާއެކު އޭނާގެ ބޫޓުގެ ތެރެއިން ފޮރުވާފައި އޮތް ކުޑަ ވަޅިއެއް ނަގައި އިނާގެ ފަހަތުގައި ހުރި މީހާގެ ފަޔަށް ހަރާލިއެވެ. ޒޭންގެ ހަލުވި ހަރަކާތާއެކު އިނާގެ ކަރުގައި ވަޅި ޖައްސައިގެން ހުރި މީހާ އަށް ވީ ތަދުން […]
ކާރުގެ ބޭރުން ފެންނަ މަންޒަރުތައް މަދުވަމުން ގޮސް އޮމާން މަގުތައް ނިމި ކާރު ދުއްވަން ފެށީ ހިރަފުސް މަގަކުންނެވެ. އެއީ މާލޭގެ އެންމެ އެކަހެރި ސަރަހައްދެވެ. އިމާރާތެއް ނެތް ހަމައެކަނި ގަސްތަކާއި ހުސްބިންތައް އޮތް އެ ހިސާބަށް ކާރު މަޑުކޮށްލުމާއެކު އިނާގެ ހަށިގަނޑު ގަނޑުވި ކަހަލައެވެ. ޒޭން ކާރުން ފޭބުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމަތިން ކުރިން ފެނުނު ރުޅިވެރިކަން މިހާރު ވަނީ ވަރުބަލިކަމަކަށް ބަދަލުވެފައެވެ. “ފޭބީމާ އެނގޭނެ މިތަނަށް ގެނައި ސަބަބު”ޒޭން ބުންޏެވެ. އިނާ […]
ރޭގެ އެ ބިރުވެރި ފޯން ކޯލަށްފަހު އިނާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. ޒޭން އެ ދެއްކީ ކާކުގެ ވާހަކައެއް ހެއްޔެވެ؟ އޭނާ ހުރީ ކޮންކަމަކަށް ތައްޔާރުވެގެން ހެއްޔެވެ؟ އިނާ މުޅި ރޭ ހޭދަވީ ނުނިދި ސިކުނޑީގައި އެނބުރެމުންދިޔަ އެތައް ސުވާލުތަކަކަށް ޖަވާބު ހޯދުމުގައެވެ. ހެނދުނު އިރުއެރި އިރު ޒޭން އުޅުނީ ސިޓިންގްރޫމްގައެވެ. އޭނާ ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި ޖިންސެއްގައެވެ. އޭގެން އޭނާގެ ހަށިގަނޑުގެ ވަރުގަދަކަން އިތުރަށް ހާމަވެއެވެ. އިނާ މަޑުމަޑުން ކޮޓަރިން ނިކުމެ ބަދިގެއާ ދިމާލަށް […]
ފަތިހުގެ ފިނިރޯޅިތަކާއެކު މާލޭގެ އުދަރެހުން އިރުގެ އަލިކަން ފާޅުވާން ފެށިއިރުވެސް އިނާގެ ލޮލަކަށް ނިންޖެއްނައެވެ. އޭނާ އިނީ އެނދުގައި އިށީނދެލައިގެން ކޮޓަރީގެ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. ރޭގައި އޭނާގެ ދިރިއުޅުމަށް އައި އެ ބިޔަ ހަށިގަނޑުގެ ވެރިޔާ ޒޭން މިހާރު ކުރަނީ ކީއްބާވައެވެ؟ އިނާ މަޑުމަޑުން އެނދުން ތެދުވެ ދޮރު ހުޅުވާލިއެވެ. ސިޓިންގްރޫމްގެ ތެރޭގައި ވަނީ ހަމޭންކަމެވެ. ނަމަވެސް ސޯފާގައި އިށީނދެލައިގެން އިން ޒޭން ފެނުމުން އިނާ ދިޔައީ ސިއްސައިގެންނެވެ. ޒޭން އިނީ އޭނާގެ ކުރިމަތީގައި ހުރި […]
މާލެއަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ރެއެކެވެ. މުޅި ފަޒާގައި ވަނީ ތެތްފިނިކަމެވެ. މާލޭގެ އުސް އިމާރާތެއްގެ ހަތްވަނަ ބުރީގައި ހުރި އިނާގެ ކޮޓަރި ތެރޭގައި އޮތީ މަރުފަދަ ހިމޭންކަމެއް ވެރިވެފައެވެ. ވިދާލާ ކޮންމެ ފަހަރަކު ކޮޓަރީގެ ފާރުތަކަށް އެޅިގެންދާ ހިޔަނިތަކުން މުޅި މާހައުލަށް ނުތަނަވަސްކަމެއް ގެނެވައެވެ. އިނާ އިނީ އޭނާގެ ލިޔާ މޭޒު ކައިރީގައެވެ. ކޮޓަރީގެ ބޮކި ނިވާލާފައި ހުރުމުން މުޅި މާހައުލަށް އަލިވަނީ އޭނާގެ ލެޕްޓޮޕްގެ ސްކްރީނުން ފޭދިގެން އަންނަ ހުދުކުލައިގެ އައްޔެވެ. އެ އަލީގެ […]
ޒިޔާންގެ ޝަރީއަތް ކުރިއަށް ދިޔައީ މުޅި ރާއްޖެ ސިއްސުވާލި ހާދިސާތަކެއްގެ މައްޗަށެވެ. ޝާކްގެ މުޅި ނެޓްވޯކް ފުނޑުފުނޑުވެ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައެވެ. ނަމަވެސް އެންމެންގެ ސަމާލުކަން ހުއްޓުނީ ޒިޔާންއަށެވެ. އަމިއްލައަށް ކުށަށް އިއުތިރާފުވެ ޤާނޫނީ އަދަބު ލިބިގަނެ އޭނާ ދެއްކި ހިތްވަރަށް ގިނަ ބައެއްގެ އިހުތިރާމް ލިބުނެވެ. ޝަރީއަތުގެ މަޖިލިސް ނިމި ޒިޔާންއަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވުނު ދުވަހު، ކޯޓުގެ ބޭރުގައި ހުރި ޝިފާގެ ލޮލުން ކަރުނަހިލުނެވެ. ނަމަވެސް […]
ޒިޔާންގެ ނޭވާ އަވަސްވިއެވެ. އެއްފަރާތުގައި އޭނާގެ މުޅި މާޒީއާއި އޭނާ ބައްޕައެއްގެ ގޮތުގައި ދެކުނު ޝާކް އެހުރީ އޭނާގެ ކުށްތަކުގެ ހެކި ހިފައިގެންނެވެ. އަނެއްފަރާތުގައި އޭނާގެ މުސްތަގުބަލާއި އޭނާ އެންމެ ލޯބިވާ ޝިފާ އެހެރީ ބިރުން ފިތްކަނޑައިގެންދާ ހާލުގައެވެ. “ޒިޔާން… ކާކުތަ މިއީ؟” ޝިފާގެ އަޑުގައިވަނީ ތުރުތުރުލުމެކެވެ. އޭނާއަށް ޝާކް ފެނިފައި ނެތަސް އެ މީހާގެ ހައިބަތާއި ދައްކާ ވާހަކައިން އެއީ އާދައިގެ މީހެއް ނޫންކަން އޭނާއަށް ވިސްނުނެވެ. ޝާކް މަޑުމަޑުން ޒިޔާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. […]
އިރުއޮއްސި އުޑުމަތި ރަތްކުލައިން ފެވެމުން ދިޔަ ވަގުތު ދުރުން ރަށުގެ ފެހިކަން ގަދަ މަލަމަތި ފެންނަން ފެށިއެވެ. ޒިޔާން ހަމަޖެހުމުގެ ފުން ނޭވާއެއްލިއެވެ. “ޒިޔާން، ބަލާބަލަ. އަހަރެންގެ ރަށް.” ޝިފާގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ބޯޓު ރަށުގެ ފަޅަށް ވަދެ ބަނދަރަށް ކައިރިކުރިއެވެ. ބަނދަރުމަތީގައި ޝިފާގެ އާއިލާ ތިބީ އެމީހުންގެ އިންތިޒާރުގައެވެ. ޝިފާ ބޯޓުން ފޭބި ގޮތަށް ގޮސް އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ. އެ މަންޒަރު ފެނުމުން ޒިޔާންގެ ހިތަށް އުފާވެރިކަން ލިބުނެވެ. […]