ބޯޓު މާލޭގެ ފަޅުން ނިކުމެ ނޫކުލައިގެ ކަނޑުގެ ތެރެއަށް މިސްރާބު ޖެހިއެވެ. ޒިޔާން ބޯޓުގެ ފަހަތު ސީޓުގައި އިށީނދެލައިގެން އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. ނަމަވެސް އޭނާގެ ފޯނަށް އައި މެސެޖަކުން މުޅި މީހާ ގަނޑުވި ކަހަލައެވެ. އެއީ ޝާކްގެ މެސެޖެކެވެ. އޭގައި އޮތީ ޝިފާގެ ރަށުގޭގެ ފޮޓޯއަކާއި ޝިފާގެ މައިންބަފައިންގެ ފޮޓޯއެކެވެ. އޭގެ ތިރީގައި ލިޔެފައި އޮތެވެ. “ކަލޭ ހީކުރީ ކުޑަ ރަށަކަށް ގޮސް ފިލޭނެ ކަމަށްތަ؟ މަގޭ ކައިރިން ސަލާމަތްވާން ބޭނުމިއްޔާ މަގޭ ‘ދަރަނި’ އަދާކުރަން […]
ޒިޔާންގެ މެސެޖު ފޮނުވާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފޯނު ރިންގުވާން ފެށިއެވެ. އެއީ ޝިފާއެވެ. “ޒިޔާން! ކޮންތާކު ތިހުރީ؟” ޝިފާގެ އަޑުގައި ހުރީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. “އަހަންނަށް އެނގޭ އެހާ ފަސޭހައިން އެމީހުން ޒިޔާން ދޫކޮށްނުލާނެކަން. ޒިޔާން ޕްލީޒް… އަނެއްކާވެސް ކުރީގެ ދިރިއުޅުމަށް ނުދާތި.” “މިހިރީ ގޭ ކައިރި ގޯޅިގަނޑު ތެރޭގަ” ޒިޔާން ވަރަށް އުނދަގުލުން ނޭވާލަމުން ބުންޏެވެ. “ޝިފާ ބުނިހެން މަ މަސައްކަތް ކުރީ ހަމައެކަނި އަމިއްލަ ނަފުސު ކޮންޓްރޯލް ކުރަން. މިއަދު މަގޭ އަތަކުން […]
ޒިޔާން ހޮސްޕިޓަލުގައި ހޭދަކުރަމުން ދިޔަ ދުވަސްތަކުގައި އޭނާގެ މިޒާޖަށް އައި ބަދަލު މުޅި ވޯޑަށްވެސް ފާހަގަވިއެވެ. ކުރިން ހަރުކަށިކޮށް އުޅުނު ޒިޔާން މިހާރު ކޮންމެ ނަރުހަކާވެސް މުއާމަލާތް ކުރަނީ އިހުތިރާމާއެކުގައެވެ. ނަމަވެސް އޭނާގެ ދެލޯ އަބަދުވެސް ހޯދަނީ ޝިފާއަށެވެ. ހޮސްޕިޓަލުން ދޫކޮށްލާ ދުވަސް އައިސް ޖެހުނުއިރު ޒިޔާންގެ ހިތުގައި ވަނީ ބަޔާންކުރަން ދަތި އުނދަގޫ އިހުސާސެކެވެ. އޭނާ ބޭނުންވީ މި ނަރަކައިން ސަލާމަތްވާށެވެ. އެކަމަކު ޝިފާ އާއި ވަކިވާން ޖެހުމަކީ އޭނާގެ ހިތް އެދޭ ކަމެއް ނޫނެވެ. […]
މެންދުރުގެ ވަގުތެވެ. ޒިޔާން އޮތީ އެކަނިވެފައެވެ. އޭނާގެ ރަހުމަތްތެރިންވެސް މިވަގުތު ތިބީ ބޭރުގައެވެ. އޭނާ ގަދަކަމުން ތެދުވެ އެނދުގެ މަގަތުގައި އިށީނދެލިއެވެ. ފައިގައި އިންތިހާ އަށް ރިއްސި ނަމަވެސް އޭނާގެ ހިތުގައި އޮތީ އަޒުމެކެވެ. އޭނާ ބޭނުންވީ ޝިފާ ހޯދާށެވެ. ޒިޔާން މަޑުމަޑުން އެނދުން ފޭބިއެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ. އޭނާ ފާރުގައި އަތް ވިއްދަމުން ކޮޓަރިން ނިކުމެ ބޯދިއްކޮށްލިއެވެ. ނަރުހުންގެ ސްޓޭޝަން ކައިރީގައި ޝިފާ ހުއްޓާ އޭނާއަށް ފެނުނެވެ. ޝިފާ ހުރީ އެހެން […]
ޒިޔާންގެ ރަހުމަތްތެރިން ކަމައްވާ އިއްކޮއާއި ބޮޑޭ، ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމާއި ބަދަލުހިފުމުގެ ރޫހެވެ. “ކަޅޭ. ކިހިނެއް؟” އިއްކޮ އައިސް އެނދުގެ މަގަތުގައި އިށީނދެލިއެވެ. “މަށަށް އިނގޭ ކައޭ ސަލާމަތްވާނެކަން. އެކަމަކު އެ ސޮރުމެން ތިކަން ކުރި ގޮތުން މަގޭ ލޭ ކެކެނީ.” ޒިޔާން އެއްޗެކޭ ނުބުނެ ސީލިންގަށް ބަލަހައްޓައިގެން އޮތެވެ. އޭނާގެ މުޅި ހަށިގަނޑު ބަލިކަށިވެފައި އޮތް ނަމަވެސް އެކަން ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. “އިއްކޮ.. ކައޭ […]
އަހުމަދު ޒިޔާން (ކަޅޭ) އަކީ މާލޭގެ ކުށުގެ ވެށީގައި ނަން މަޝްހޫރު އަދި އެހާމެ ނުރައްކާތެރި ޒުވާނެކެވެ. އޭނާގެ ޒުވާން ދުވަސްވަރު ހޭދަވަމުން އެދަނީ މާލޭގެ ހަނި ގޯޅިތަކުގެ ތެރޭގައި “ގަދަ” ދެއްކުމުގައެވެ. އޭނާގެ މޫނުމަތީގައި ހުރި ކުދި ލަކުނުތަކާއި ދެ އަތުގެ މުލައްދަނޑީގައި ހުރި ޓެޓޫތަކަކީ އޭނާގެ މާޒީގެ ހެކިވެރިންނެވެ. އޭނާގެ ހިތަކީ އެތައް މާރާމާރީއަކަށް ހޭނި ހިލަގަނޑެއް ފަދައިން ހަރުވެފައިވާ އެއްޗެކެވެ. އެރޭ ޒިޔާން އިނީ ހަނި ގޯޅިގަނޑެއްގެ ތެރޭގައި ފާރެއްގައި ލެނގިލައިގެންނެވެ. އޭނާގެ […]
ރައުޝާ އާއި ޢަލީގެ ކައިވެންޏަކީ ބަހާރު މޫސުމެއްގައި ފޮޅިފައިވާ މާބަގީޗާއެއް ފަދަ އުފާވެރި ގުޅުމެކެވެ. ކައިވެނީގެ ފުރަތަމަ އަހަރު ވޭތުވެގެން ދިޔައީ ހުވަފެނީ ދުނިޔެއެއްގައެވެ. ޢަލީއަކީ މުރާލި އޯގާތެރި ފިރިއެކެވެ. އޭނާގެ ރީތި އަޚުލާގާއި ރައުޝާ އަށް ބަހައްޓާ އޯގާތެރިކަމަކީ މުޅި ރަށަށް މަޝްހޫރު ކަމެކެވެ. “އަހަރެން ރައުއަށް ދުވަހަކުވެސް ދެރައެއް ނުދޭނަން.” މިއީ ޢަލީގެ ދުލުން އޭރު އާންމުކޮށް ބުނާ ޖުމުލައެކެވެ. ރައުޝާ ހީކުރީ އޭނާގެ މުޅި ހަޔާތް ދާނީ މިފަދަ އުފާވެރި ދުވަސްތަކެއް […]
މާލޭގެ ހަލަބޮލި މަގެއްގައި ހުންނަ “ސިލްވަރ މިސްޓް” ކެފޭއަކީ ހަމަހިމޭންކަން ހޯދަން ބޭނުންވާ މީހުންގެ މަންޒިލެވެ. އެ ކެފޭގެ އެންމެ އެތެރޭ ކަނުގައި ހުންނަ ކުޑަ މޭޒަކީ އަޔާންގެ އަމިއްލަ މިލްކެއް ކަހަލައެވެ. އެ ހިމޭން މޭޒަކީ، އަޔާންގެ ހުރިހާ ޚިޔާލުތަކާއި ކުލަތައް މިނިވަންކަމާއެކު އުދުހޭ އޭނާގެ އަމިއްލަ ދުނިޔެއެވެ. އުމުރުން 26 އަހަރުގެ އަޔާންއަކީ ހިމޭންކަމަށް ލޯބިކުރާ ކުރެހުންތެރިއެކެވެ. އޭނާގެ އިނގިލިތަކުގައި ހުންނަ ކުލައިގެ ނިޝާންތަކަކީ އޭނާ ކުރާ ބުރަ މަސައްކަތްތަކުގެ ހެކިވެރިންނެވެ. އެއްދުވަހެއްގެ ހަވީރުގެ […]
ދިރިއުޅުމަކީ ބައެއް ފަހަރު ކިހާ ހެއްވާ އެއްޗެއްދޯއެވެ؟ އަބަދު ވެސް އެކުގައި ވާނެ ކަމަށް ހީކުރާ މީހުން ދިރިއުޅުމުން ގެއްލިދަނީ ނުވެސް އެނގި ތިއްބައެވެ. އަހަންނާއި ލުޖައިން ބައްދަލުވީ ކޮލެޖުންނެވެ. އެންމެ ފޯރީގައި އަހަރެން ކިޔަވަން އުޅުނު ދުވަސްވަރުގައެވެ. އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ލުޖައިން އަހަރެންނަށް ވަރަށް ބަލާކަން ފާހަގަކުރެވެއެވެ. ނަމަވެސް އަހަރެން މާ ބޮޑުކަމަކަށް ނުހަދަމެވެ. ބޮޑު ޚަރަދު ކޮށްފައި އަހަރެންގެ މައިންބަފައިން އަހަރެން މާލެ ކިޔަވަން ފޮނުވީ ވަރަށް ފޮނި އުއްމީދުތަކެއް […]