Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލައިކާ

Ara
Ara Level 210 Stories100 Comments
July 24, 2024 5 Mins Read
2 Comments

ލައިކާ އަށް ލޯހުޅުވާލެވުނު އޭނާ އަށް އޮވެވުނީ އަނދިރި ކޮޓަރިއެއްގައެވެ. ނޫނެކެވެ. އަނދިރި ކޮޓަރިއެއް ނޫނެވެ. ހޮސްޕިޓަލެކެވެ. އަލިކަމެއް ހުރީ ވަރަށް ފަނޑުކޮށެވެ. ފާރު ވަނީ ރެނދުލާފައެވެ. މަކުނުވާ އެކި ތަންތަނުގައި ހުއްޓެވެ. ކައިރީ ކުޑަ މޭޒަކާއި ގޮނޑި އެއްވެސް ހުއްޓެވެ. ލައިކާގެ ހިތަށް ވަނީ ބިރުވެރިކަމެކެވެ. އޭނާ އެތަނަށް އާދެވުނީ ކިހިނެއް ކަމެއްވެސް ހަނދާނެއްނެތެވެ. އޭނާ ފިޔަވައި އިތުރު މީހަކުވެސް އެތަނުގައިނެތެވެ. ޙުދު އޭނާ އަކީ ކާކުކަން ވެސް އޭނާގެ ހަނދާނަކުނެތެވެ. ދެން ލައިކާގެ ލޯ ގޮސް ހުއްޓުނީ ކައިރީގައި އިން މޭޒަށެވެ. މޭޒުމަތީގައި ކުޑަ ގަނޑު ކޮޅެއް އޮތެވެ. ލައިކާ އެނަގައި ކިޔާލިއެވެ. “އަހަރެންނަށް އިތުބާރުކުރޭ ، ތި ހޮސްޕިޓަލުން ދޭ އެއްވެސް ބޭހެއް ނުކާތި އަހަރެން މީ ކާކުކަން ފަހުން އިނގޭނެ” އޭނާގެ ހިތަށް އިތުރަށް ވަނީ ބިރުވެރިކަމެވެ. އެޔާއި އެކު ސިކުނޑީ ގައި ވަނީ ޖަވާބު ބޭނުންވާ އެތަކެއް ސުވާލުތަކެވެ. އެފަދަ ހާލަކު ލައިކާ އުޅެނިކޮށް ދޮރުހުޅުވާފައި ވަނީ އަންހެނެކެވެ. އޭނާގެ އަތުގައި ފެންތައްޓެއް އިތުރުން ބޭސް ކާޑެއްއޮތެވެ. ލައިކާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ހާދާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. “ހޭލެވުނީ ދޯ؟ އަވަހަށް މި ބޭސް ގުޅަ ކާލާ، ކޮންމެ ދުވަހަކު ދެއިރު މި ބޭސް ކާންވާނެ އިނގޭ.” ހިނިތުންވުމަކާއި އެކު ނަރުސް ކުއްޖާ ބުންޏެވެ. “އަހަރެން މިހާރު ރަނގަޅު ބޭސް ނުކެޔަސް ރަނގަޅު ވާނެ، އަހަރެން މި ހޮސްޕިޓަލުގަ މިއޮތީ ކީއްވެ؟” ތެޅިތެޅި އޮތް ހިތަކާއި އެކު ލައިކާ އެއްސެވެ. “ކާރެއް ތެރޭގައި އެކްސިޑެންޓް ވެފަ އޮތްވާ ފެނުނީ އިތުރު މީހަކު ނެތް ކާރުތެރޭގަ އެއް.. މާ ބާރަށް ދުއްވީ ދޯ؟” ނަރުސް ކުއްޖާގެ އެ ޖަވާބުން ލައިކާގެ ހިތުގައި އުފެދުނީ އިތުރު ސުވާލުތަކެކެވެ. އެކްސިޑެންޓްވި އޭ ބުނާއިރު އޭނާގެ ހަށިގަނޑުގައި އެއްވެސް ޒަޚަމެއްގެ ނިޝާނެއްނެތެވެ. ހަމައެކަނި ބޮލުގައި އަޅާފައިވަނީ ބެންޑޭޖްއެކެވެ. “އަހަރެން މިތަނުގައި އޮންނަތާ ކިހާ ދުވަހެއް ވެއްޖެ؟ އެކްސިޑެންޓް ވީއިރު ކީއްވެ އެއްވެސް ޒަޚަމެއް ފެންނަން ނެތީ؟” ލައިކާ އަނެއްކާ ވެސް އެއްސެވެ. “ފަނަރަ ދުވަސް.. ލައިކާގެ ނަސީބު ވަރަށް ރަނގަޅު މާ ބޮޑެތި އަނިޔާތަކެއް ނުވޭ ބޭރުފުށުން.. ދެން މި ބޭސްގުޅަ ކާލާ އަވަހަށް” “އަހަރެން ބުނީމެއްނު މިހާރު އަހަރެން ރަނގަޅޭ ދެން ކީއްކުރަން ކާ ބޭހެއް؟” މި ފަހަރު ލައިކާ ކުޑަކޮށް ނުރުހުންވިއެވެ. “ނޫނޭ ޑޮކްޓަރ އަންގާފަ އޮތީ މި ބޭސް ކޮންމެހެން ވެސް ކާންޖެހޭނެ ކަމަށް އޭރުން އެއްކޮށް ރަނގަޅު ވާނީ” ނަރުސް ކުއްޖާ ހުރީ ދޫދޭ ގޮތަކަށް ނޫންކަން އިނގުމުން ލައިކާ އަށް މަޖުބޫރުވީ ބޭސް ކޭކަމުގެ ދަޅަ ދައްކާށެވެ. އެކަން އޭނާ ވަރަށް ފަސޭހައިން
ކާމިޔާބުކުރިއެވެ. ނަރުސް ކުއްޖާ އެތަނުން ދިޔުމުން އަވަސް އަވަހަށް އަނގައި ތެރޭގައި އޮތް ބޭސްގުޅަ ނަގައި ކައިރީގައި އިން ޑަސްބިނަށްލިއެވެ. ނަމަވެސް ލައިކާ އަށް ނޭނގޭ ކަމަކީ އެ މަންޒަރު ބަލަން ދުރުގައި އެ ނަރުސް ކުއްޖާ ހުރިކަމެވެ.

އަނެއްކާ ވެސް ލައިކާ އެކަނިވިއެވެ. ހީވާގޮތުން އޭނާގެ ހިތުން އަދިވެސް ބިރުވެރިކަމާއި ހާސްކަން ނުފިލައެވެ.
ނަމަވެސް އެންމެ ކުޑަމިނުން އޭނާގެ އަމިއްލަ ނަން އިނގުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވާ ކަހަލައެވެ. އެކޮޓަރި އަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ފޯނަށް އައި މެސެޖެއްގެ އަޑުންނެވެ. ލައިކާ ހައިރާންވިއެވެ. ފޯނެއް އެތަނުގައި އޮވެ މިއޮތް ހުރިހާ އިރު އޭނާއަކަށް އެކަމެއް ނޭނގުނެވެ. ހިތް އަވަސްވެފައިވާ ހާލު އެ ފޯނު އޭނާ ނެގިއެވެ. ތިރީސް މެސެޖު އޭނާ އަށް އެ ނަންބަރުން ލިބިފައިވެއެވެ. ނަމެއްގެ ގޮތުގައި ސޭވްކޮށްފައިވަނީ ރީނާއެވެ. ކުރީގެ މެސެޖުތައް ކިޔުމުން އެއީ ލައިކާގެ އެންމެ ގާތް އެކުވެރިޔާ ކަން އޭނާ އަށް އިނގުނެވެ. އެ ތިރީސް މެސެޖުގައި މުޅިން ވެސް ހުރީ ލައިކާގެ އެއްވެސް ޚަބަރެއް ނުވާތީ ހަނދާންވާ ވާހަކައެވެ. އަދި އޭނާ ހުރީ ކޮންތާކުތޯ ސުވާލުކޮށްފައެވެ. އަވަސް އަވަހަށް އެ ނަންބަރަށް މެސެޖް ފޮނުވައި އޭނާ އޮތީ ހޮސްޕިޓަލުގައި ކަން އެންގިއެވެ.

އޭގެ ގަޑިއިރެއް ފަހުން ރީނާ އެތަނަށް އައެވެ. ލައިކާ ފެނުމުން ރީނާ އަށް ލިބުނީ ޝޮކެކެވެ. “ލައިކާ މިތަނުގަ ކީއްތަ ތިކުރަނީ؟ ލައިކާ ގެއްލިގެން ހޯދާތަން ފަނަރަ ދުވަސް މިވީ” “ގެއްލިގެންނޭ؟ އެކަމު އަހަރެން އެކްސިޑެންޓް ވީ އެއްނޫންތަ؟” ބޭއިޚްތިޔާރުގައި ލައިކާ އަށް އަހާލެވުނެވެ. ލައިކާ އަށް ނަރުސް ކުއްޖާގެ ފަރާތުން އިނގޭ ހުރިހާ މައުލޫމާތެއް ރީނާ އާ ހިއްސާކުރިއެވެ. “ލައިކާ އެކްސިޑެންޓްވި ކަން އިނގޭ އެކަމަކު ފެނުނީ ކާރު އެއްކޮށް ފުނޑުފުނޑު ވެފަ އޮތްވަ ލައިކާ އެއްނުފެނުނު.. ލައިކާ.. މީ ކުރީގެ ހޮސްޕިޓަލެއްނު، މީ މީހުން ނޫޅޭ ހިސާބުގަ ވަކިން އިންނަތަނެއް.. ލައިކާ ތީ ރާއްޖެ އެންމެ މުއްސަނދި މީހާގެ ދޮށީ ދަރި..” މީގެ އިތުރުން ވެސް ލައިކާގެ އިތުރު އަންހެން ކޮއްކޮ އެއް ހުންނަކަމާއި އޭނާގެ ނަމަކީ ލަޔާލް ކަމަށާއި އެއީ ނަރުހެއް ކަން ރީނާ ކިޔައިދިނެވެ. އަދި މީހާރު ލައިކާގެ މައިންބަފައިން ވީ މެލޭޝިޔާ ގައި ކަމަށް ބުންޏެވެ. އޭނާ އެކްސިޑެންޓްވެ ގެއްލުނީ އެމީހުން ފުރިތާ ތިން ދުވަސް ފަހުން ކަމުގައި ކިޔާދިނެވެ. އަދި ރީނާގެ ފޯނުން ލައިކާގެ އާއިލާގެ ފޮޓޯތައް ދެއްކިއެވެ. ލައިކާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ލައިކާގެ ކޮއްކޮ ލަޔާލް އޭ ކިޔާފައި ރީނާ ދެއްކި ފޮޓޯ އެއީ އިތުރު ދެވަނަ އެހެން މީހެއްނޫނެވެ. އެއީ
ލައިކާ އަށް ބޭސް ހިފައިގެން އައި ނަރުސް ކުއްޖާއެވެ. ރީނާ އަށް މިކަން އިނގުމުން އޭނާ ހޮސްޕިޓަލުތެރެ ބެލިއެވެ. ނަމަވެސް ލަޔާލް އެއް ނުފެނުނެވެ. “ލައިކާ އަށް ހީވި ގޮތަކަށް ވެސް ވެދާނެ އެއްނު ލަޔާލް މަސައްކަތް ކުރަނީ އާ ހޮސްޕިޓަލުގަ.. އެހެން ނޫނަސް މީ އެއްވެސް ނަރުހެއް މަސައްކަތް ކުރާތަނެއް ނޫން.. މިތަން މިހާރު ބޭނުން ކުރާނީ ގުދަނެއްގެ ގޮތުގަ.. ލައިކާ މިތަނަށް ގެނަ މީހަކާ، މި ނޯޓު ލިޔުނު މީހަކާ މެދު އަހަރެން މިހާރު މި ވިސްނާނީ، ކޮންމެވެސް މީހަކު ލައިކާ އަށް ގެއްލުމެއް ދޭން ބޭނުންވާކަން މިހާރު އެނގިއްޖެ.. އަހަރެން މިކަމުގެ ހަޤީޤަތް ހޯދާނަށް” ރީނާ ދިނީ ލައިކާ އަށް ޔަޤީންކަމެކެވެ.

ދެ އެކުވެރިން ތިބީ ދެން ކަންތައް ކުރަންވީ ގޮތް ނޭނގިފައެވެ. “ރީން ބުނީމެއްނު މިހާރު މިތަން ބޭނުން ކުރަނީ ގުދަނެއްގެ ގޮތުގައޭ.. އޭރުން އަހަރެންގެ މެޑިކަލް ރެކޯޑްތައް މިތަނުގަ ހުންނާނެ ދޯ؟” މާޔޫސްވެފައި ރީނާ އަށް ވެސް އާ ހިތްވަރެއް ލިބުނީ ލައިކާގެ އެ ޖުމުލައިންނެވެ. “އާނ ހިނގާ” މިހެން ބުނެ ދެ އެކުވެރިން އެކީގައި ހިނގައި ގަނެފައި ލައިކާ ހުއްޓުނެވެ.”އެކަމަކު ތަޅުދަނޑި ކިހިނެއް ހޯދާނީ؟” ލައިކާ އެއްސެވެ. “އެކަމާ ހާސްނުވޭ އަހަރެން ތިކަން ހަމަޖައްސާނަން” މިހެން ބުނެ ރީނާ ފޯނުނަގައި ކޮންމެވެސް މީހެއްގެ ނަންބަރަށް ގުޅާލިއެވެ. އިރުކޮޅަކުން ދެބައި އުމުރުގެ އަންހެނަކު ތަޅުދަނޑި ފައްޗަކާއި އެކު އައެވެ. އަދި ރީނާ އަތަށް ދިނުމަށް ފަހު ބޭރުގައި އިން ގޮނޑިބަރިއަކު އެމީހާ އިށީނެވެ. ރީނާ އެ ތަޅުދަނޑި ފައްޗަކާއި އެކު ދިޔައީ ތަންކޮޅެއް ދުރުގައި ހުރި ކޮޓަރިއަކާއި ދިމާލަށެވެ. ލައިކާ ވެސްް އެ ގޮނޑިބަރީގައި އިށީނެވެ. އެ އަންހެންމީހާ ލައިކާގެ މޫނަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ. ލައިކާ ވެސް އެ އަންހެންމީހާ ބަލާލާފައި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ލައިކާގެ ހަނދާނުގައި އެއީ ކާކު ކަމެއް އެއްވެސް ވަރަކަށްނެތެވެ. “ލައިކާ މިހާރު ރަނގަޅުތަ؟” އެ އަންހެންމީހާ އެއްސެވެ. “އާނ ތީ ކާކު؟” “އަހަރެން ލިޔުނު ނޯޓު ލައިކާ ކީންތަ؟” މިތަނުގަ ހުރި ކުއްޖާ ދިން އެއްވެސް ބޭހެއް ލައިކާ ކެއިންތަ؟ ލައިކާ އަށް އިނގޭތަ ލައިކާ މަރާލަން އުޅެނީ ކާކުކަން؟” އެ އަންހެންމީހާގެ ފަހު ޖުމުލައިން ލައިކާގެ ދެލޯ ބޮޑުވިއެވެ. “އަހަރެން މަރާލަންށޭ؟” ކާކު އަހަރެން މަރާލަން އުޅެނީ؟” ވާހަކަ އެ ހިސާބަށް ދިޔަތަނާ ރީނާ ވަރަށް ބާރަށް ލައިކާ އަށް ގޮވަންފެށިއެވެ. އަވަސް އަވަހަށް ލައިކާ ރީނާ ހުރި ކޮޓަރި އާއި ދިމާލަށް ދުވެފަ ކަހަލަގޮތަކަށް ދިޔައެވެ. އޭރު ރީނާ އަތުގައި ބޮޑު ފައިލެއް އޮތެވެ.އެ ފައިލުގެ ބޭރުގައި ލައިކާގެ ނަން ޖަހާފައިވެއެވެ. ރީނާ އެ ފައިލު ލައިކާ އަތަށް ދިނެވެ.
އޭގައި ވަނީ ހޮސްޕިޓަލުގައި އޮތް ފަނަރަ ދުވަހު ލައިކާ އަށް ދީފައިވާ ބޭހުގެ ތަފްސީލާއި ބެލި ޑޮކްޓަރުގެ އިތުރުން ނަރުސްގެ ނަމެވެ. ނަރުސް ކުއްޖާގެ ނަމަކަށް އޮތީ ލައިކާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ލަޔާލްގެ ނަމެވެ. ލައިކާގެ އަތުން ފައިލު ދޫވެގެން ވެއްޓުނެވެ. ބުނާނެ އެއްޗެއް ނޭނގި ގަބުވެފައި އޭނާ އަށް ހުރެވުނެވެ. އެވަގުތު ބޭރުގައި އިން އަންހެން މީހާ އެތަނަށް އައެވެ. “ލައިކާ މަރާލަން އުޅެނީ ލައިކާގެ ކޮއްކޮ ލަޔާލް އެއީ ވަރަށް ނުބައި ނުލަފާ އަންހެނެއް..ލައިކާގެ މައިންބަފައިން މެލޭޝިޔާ އަށް ފުރުމުން ފުރުސަތުގެ ބޭނުން ހިފައި ފުރަތަމަ އޭނާ މަސައްކަތް ކުރީ އެކްސިޑެންޓް ކޮށްލައިގެން ލައިކާ މަރާލަން.. އެކަމު އެކަމުން ލައިކާ ސަލާމަތްވީމައި އޭނާ ލައިކާ މިތަނަށް ގެނެސްގެން ދެން ބެލީ ފާޑުފާޑުގެ ބޭސްތައް ދީގެން މަރާލަން.. އަހަރެންނަށް ވެސް ފައިސާގެ ދަޅަ ދައްކައިގެން މިކަމުގައި ބައިވެރިވެ ކުރުވީ، އޭނަ އަހަރެން ކައިރީ ވައުދުވި އެއްލައްކަ ރުފިޔާ ދޭނެކަމަށް.. އޭނަ ބުނި ހުރިހާ ކަމެއް އަހަރެން ކުރިން ފައިސާގެ ދަހިވެތިކަމުގަ، އަހަރެންގެ ދޮށީ ފިރިހެން ދަރިފުޅުގެ ކާރުން ޖައްސައި އެކްސިޑެންޓް ކޮށްލީ.. ލައިކާ މަރުނުވީމަ އަހަރެން ދެކެ ރުޅި އައިސްގެން އޭނަ އަހަރެންނަށް ދޭންބުނި އެއްލައްކަ ރުފިޔާ ވެސް ނުދިން އަދި މި ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ދައްކައިފިނަމަ އަހަރެން މަރާލާނެ ކަމުގެ އިންޒާރު ދިން..” އޭރު ލައިކާގެ ލޮލުން ހޯސްލާފައީ ކަރުނަ ފައިބަމުންދިޔައެވެ.”ދައްތަ އަށް ފަހުން ވިސްނުނީ މިކުރެވުނީ ކިހާ ނުބައި ފާފައެއްކަން ލައިކާ އަހަރެންނަށް މާފުކުރާނެ ކަމައް ހީކުރަން” “ލަޔާލް އަށް އަހަރެން މަރާލައިގެން ކޮންއެއްޗެއްތަ ލިބޭނީ؟” އޭރު އޭނާ ވަނީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. “އޭނާ އަބަދު ވެސް ބޭނުންވަނީ ލައިކާ އަށް ވުރެ މޮޅުވާން ހުރިހާ ކަމަކުން ވެސް.. މިހާރު އޭނަ ބޭނުން ވެެގެން އުޅެނީ ލައިކާ ބައްޕަގެ ތިން ރިސޯޓް އެކަން އޭނަ އަށް ވާން އޮތީ ލައިކާ ނެތް ދުވަހަކުން..”
ލައިކާ އަށް މިހާރު ހުރިހާ އެއްޗެއް ވެސް ސާފުވެއްޖެއެވެ.
ރީނާ އަދި އެ އަންހެންމީހާ އާދެ! ހައްވާފުޅުގެ އެހީތެރި ކަމާއި އެކު ޕޮލިހަށް ދިޔައެވެ. ހައްވާފުޅު ވެސް ތެދުބަހުން ބަޔާންދިނެވެ. ކޯޓަށް ވެސް ދިޔައެވެ. ގަސްތުގައި މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ލަޔާލް ޢުމުރަށް ޖަލަށްލިއެވެ. އިތުރު ދައުވާތައް ވެސް އޭނާގެ މައްޗައް ކުރިއެވެ. ލައިކާ އަށް އެ އަނިޔާ ދިނުމުގައި ބައިވެރިވި އެންމެނަށް ހައްޤު އަދަބު ލިބުނެވެ. ހައްވާފުޅު ވެސް ހަމަސް ދުވަހަށް ގޭ ބަންދުކުރިއެވެ. ލައިކާގެ ހާލަތު މިހާރު ދަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.

އޭގެ ފަސް އަހަރު ފަހުން ލައިކާ ވީ ރާއްޖޭ ގައި ހުރި އެންމެ ކުޅަދާނަ ރިސޯޓް އޯނަރަށެވެ. އޭނާގެ ނަން ބުނުމުން އެއީ ކާކުކަން ނުދަންނަ މީހަކު ރާއްޖެއަކު ނޫޅޭނެއެވެ.

ހަސަދަ އާއި ރުޅި އާއި ނަފުރަތުން ލައިކާ އަކަށް ގެއްލުނު އެކައްޗެއް ވެސް ނެތެވެ. ނަމަވެސް އެ ހުޅުގަނޑު ރޯކުރި ލަޔާލް އަށް އެވަނީ އުމުރުގެ ބާކީ ދުވަސްތައް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހޭދަކުރަންޖެހިފައެވެ. ވިސްނާށެވެ. ތިމާ ރޯކުރާ ހަސަދައިގެ ހުޅުގަނޑު ގައި ރޯވެ އަނދައި ނިމޭނީ ވެސް ހަމަ ތިމާއެވެ.

(ނިމުނީ)

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ތެމި ވާރޭގައި ވީމޭ 24

Next

ހިތާ ކުޅެލާފާ 3

Next
July 25, 2024

ހިތާ ކުޅެލާފާ 3

Previews
July 24, 2024

ތެމި ވާރޭގައި ވީމޭ 24

2 Comments!

  1. Cutie girl says:
    July 24, 2024 at 12:23 pm

    Mi vaahaka ves v Reethi masha allah
    Curiously waiting for next story
    Keep it up

  2. Anonymous says:
    July 26, 2024 at 3:31 am

    Very nice 👍🏻👏🏻👏🏻

Comments are closed.



All Right Reserved!