ލޯތްބައްޓަކައި (4 ވަނަ ބައި)
ވެންނުމަށް ރަފްގާ ބުނުމާއެކީ އެ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަދެގެން އައި ބާރަވަރަކަށް އަހަރުގެ އަންހެންކުއްޖާ އައިގޮތައް އައިސް ރަފްގާގެ ގައިގަ އޮޅުލައިގަތެވެ.”ހެޕީ ބަރތްޑޭ ކޫ” އެ ކުއްޖާ އޭނާގެ ލޮބުވެތި އަޑުން ރަފްގާއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާލުމަށްފަހު ރަފްގާއާއި ދުރުވެލިއެވެ.ރަފްގާވެސް އެކުއްޖާގެ ކޮލުގައި ހިފާލަމުން ތެންކިޔުއޭ ބުނެލިއެވެ.ދޮން ދޮން ހަންގަނޑެއް ލިބިފައި ވާއިރު އެ ކުއްޖާގެ ފަން ފަތްކޮޅެއްފަދަ އިސްތަށިގަނޑު އޮތީ މިނިވަންކަމާއިއެކު ދޫކޮށްލާފައެވެ.ލައިގެން ހުރި ދަނބުކުލައިގެ ކަކުލާ ހަމަޔަށް އަންނަ ހެދުމާއި ގުޅޭ ބޭންޑެއް ބޮލުގައި އަޅާލެވިފައި ވީއިރު ނިންމައްޗަށް ވެރިފައި ހުރި ކުދި އިސްތަށިތަކުގެ ސަބަބުން އިތުރަށް ލޯބިކަމަށް ދައްކައެވެ.ބޮޑު ދެލޮލަކާއި ގަދަ މުށި ކުލައިގެ ކަޅިއެއް ލިބިފައިވީ އިރު ފިޔާތޮށި ކުލަ އަރާ ކުޑަ ތުންފަތުގެ ސަބަބުން އެ ކުއްޖާގެ މައުސޫމުކަން އިތުރުވެއެވެ.”ކޫ އަދިވެސް ރެޑީ ވަނީތަ؟މިހާރު ފޯ އޮކްލޮކް ވެއްޖެ އޭ”ރަފްގާ އަނެއްކާ ވެސް ތައްޔާރުވާން ފެށުމުން އެ ކުޑަ ކުއްޖާ ޝަކުވާ ކޮއްލިއެވެ.”ނުހާ ހޭވް ޕޭޝަންސް ކޫ މިނިމުނީ އޭ ހަމަ،އެންމެން އައީތަ؟”ނުހާއަކީ ރަފްގާ އާއި ދެބެންގެ ދެދަރި ކުއްޖެކެވެ.ނުހާގެ މަންމަ ރޫމާއަކީ ރާއިދާގެ އެއްބަނޑު އެއްބަފާ ދައްތައެވެ.”ޔެސް އެންމެން އެބަތިބި ދޮންބެ ވެސް އެބައިން”ސޯފާގައި އިށީނދެ އިން ޝޫރާ ފެނުމުން ލޯ އަޅާލަމުން ނުހާ ބުނެލިއެވެ.”ކޫ ވެސް މި ދަނީ ޝޫ ދައްތަ އާ އެއްކޮން އިން އަ ވައިލް”ރަފްގާ އިރުކޮޅަކުން ދާނެ ކަމަށް ބުނުމުން އެންމެ ރަނގަޅުކަމަށް ބުނެ ޝޫރާއާއި ދިމާލަށް ލޯ އަޅައިގެން ހުރެ ނުހާ އެކޮޓަރިން ނިކުމެގެން ދިއައެވެ.ނުހާ ދިއުމާއިއެކު ޝޫރާ ހަށިފުރާ ނޭވާއެއް ދޫކޮށްލި ގޮތުން ހީވީ މިއޮތް ހުރިހާއިރު ނޭވާ ނުލާ ހުރި ހެނެވެ.”އަޅެ ޝޫ އެއީ އެންމެ ބާރަ އަހަރުގެ ކުއްޖެކޭ އެކަމް ޝޫ ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭހެން”ޝޫރާއާއި ދިމާކޮލަމުން ގައްޔައް ސެންޓުކޮޅެއް ޖަހާލަމުން ރަފްގާ ބުނެލިއެވެ.”ބިރުގަންނާންނު ނުހާއަށް އަހަރެން ފެންނަ ކޮންމެ ފަހަރަކު ހުންނާނީ އެހެން ލޯ އަޅައިގެން. އޭނަޔާ އެކުވެރިވާން ކުރި ހުރިހާ މަސައްކަތެއް ވެސް ބޭކާރު”ހާސްވެފައި ހުރެ ޝޫރާ ބުނެލި ގޮތުން ރަފްގާ ގެ ގާތައް އައީ ލާނެއް ހިންޏެކެވެ.”ހާސް ނުވެބަލަ ހަމަ ނުއްކޮގެ ދޮންބެދައްތަ އަކަށް އަދި އަހެރެންގެ ތުއްތުދައްތައަކަށް ޝޫ އޭ ވާނީ”ރަފްގާގެ ޖުމްލައާއެކު ޝޫރާ ލަދުން އިސްޖަހާލިއެވެ.”ހޫން ދެން ހިނގާދާން”ރަފްގާގެ ދިމާކުރުން ތަކުން ސަލާމަތް ވުމަށްޓަކައި ޝޫރާ އޭނާގެ އަތުގައި ހިފައިގެން އެ ކޮޓަރިން ނިކުމެގެން ސިޑިއާއި ދިމާލަށް މިސްރާބުޖެހިއެވެ.”ބަލާބަ އޭނީ ޝޫ ގެ ރޯމިއޯ”ސިޑީގެ މެދަކާ ހިސާަބަށްގޮސް މަޑު ކޮށްލަމުން ސޯފާގައި ސިޑި އަށް ފުރަގަސް ދީގެންއިން ޒުވާނާއަށް އިޝާރަތް ކޮށްލަމުން ރަފްގާބުނެލިއިރު އެ މޫނުމަތީގައިވަނީ ލާނެތް ހިނިތުންވުމެކެވެ.ރަފްގާ އިޝާރަތް ކޮއްލި ދިމާލަށް ބަލަހައްޓައިގެން ގެއްލިފައި އިން ޝޫރާގެ ހިތް ދިއައީ އޭރު އޮބިނޯންނަ ވަރަށް ތެޅެމުންނެވެ.”އަހާ މިއޮތް އައީނު ބަރތްޑޭ ގާލް”ޝޫރާއާއި ރަފްގާއާއި ދެމީހުނަށް އެއްފަހަރާ ބަލާލެވުނީ ބަދިގެ އާއި ދިމާލުން ނިކުތް ރޫމާ ވާހަކަދެއްކުމުންނެވެ.ރޫމާގެ އަޑަށް ސޯފާގައި އިން ޒުވާނާވެސް ތެދުވެ ސިޑިއާއި ދިމާލަށް ބަލާލިއެވެ.ގަދަ މުށި ކުލަޔަށްދާ ފަން އިސްތަށިކޮޅު ރީތިގޮތަކަށް ހިއްލާލައިފައި ހުރި އިރު ލައިގެން ހުރީ ކަޅުކުލައިގެ ޖިންސުފޮތީގެ ސޯޓަކާއި ހުދުކުލައިގެ ހުޑީ އެކެވެ.ކަސްރަތީ ބައިމަތި ފުޅާ ހަށިގަނޑަކާއި އަލި ހަންގަޑުގެ ސަބަބުން ބޮޑަށް ވައްތަރީ ހޮލީވުޑް ގެ ތަރިއަކާއެވެ.ފުން ކަނޑެއްފަދަ ދެލޮލުގައިވަނީ ކަޅުކަންގަދަ ކަޅިއެކެވެ.ރަފްގާމެން ފެނުމުން ކުޅެން އިން ފޯނުނަގައި ސޯޓުގެ ޖީބަށްލަމުން ފިރެހެންވަންތަ ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ.”ނިކްޔަން”ޝޫރާގެ ތުންފަތް މަޑުމަޑުން ހަރަކާތް ކޮއްލުމާއެކު އެނަން ބޭރުވެގެން ދިއައެވެ.ނިކްޔަންގެ އެންމެ ހިނިތުންވުމަކުންވެސް އޭނާގެ ހިތަށް އާދަޔާ ހިލާފު ހަމަޖެހުމެއް ލިބިގެންދެއެވެ.މީގެ ތިން އަހަރު ކުރިން އޭނާއާއި ނިކްޔަން އާއި ބައްދަލުވީއިރު އޭނާ އުޅުނީ ގުރޭޑު ހަތެއްގައެވެ.އޮސްޓްރޭލިއާގައި އުޅުމަށްފަހު ނިކްޔަން އާއި އޭނާގެ އާއިލާ މާލެ އައީ އެއަަހަރުގައެވެ.ނިކްޔަން ކިޔަވަންވަނީ ރަފްގާއާއި ޝޫރާވެސް ކިޔަވަމުން ދިޔަ ސުކޫލަށެވެ.ރަފްގާއާއި ޝޫރާއަށް ވުރެން އެއް އަހަރު ދޮށި ނިކްޔަން ގުރޭޑު އަށެއްގައި ކިޔަވަން ފެށުމާއެކު އެތައް އަންހެންކުދންނެއް ނިކްޔަންގެ ރީތިކަމުގެ ޖާދޫގައި ޖެހެމުން ދިއައިރު އޭގެ ތެރޭގައި ޝޫރަާ ވެސް ހިމެނެއެވެ.”ޝޫ ތިވަރަށް ބަލަންޏާ ތުއްތު ލަދުގަނެފާނެ”ޝޫރާގެ ގައިގަ ކޮއްޓާލަމުން އެހެން ބުނެލުމަށްފަހު ރަފްގާ ތިރިއަށް ފައިބައިގެން ދިއުމުން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން ޝޫރާވެސް ސިޑިން ފޭބިއެވެ.”ރަފް ބޭބީ ހިއަރ އިސް ޔުއަރ ގިފްޓް”ރަފްގާ އައިސް ސޯފާގައި އިށީންނަން އުޅުމުން އެއްއަތުން އޭނާގެ ކޮލުގައި ހިފާލަމުން އަނެއް އަތުގައި އޮތް ރިހި ކުަލައިގެ ކުޑަފޮށި ނިކްޔަން ރަފްގާއަށް ދިއްކޮއްލިއެވެ.އޭރުވެސް އެ މޫނުމަތީގައިވަނީ ހިތްކަތިލާފަދަ ހިނިތުންވުމެކެވެ.”ތޭންކްސް ތުއްތޫ އެކަމް މިހާރު އަހަރެން މީ ބޭބީއެއް ނޫނޭ”ތުންކޮޅު ދަމާލަމުން ރަފްގާ ބުނެލިގޮތުން އެތާތިބި އެންމެނަށްވެސް ހެވުނެވެ.ލަސް ނުކޮށް އެންމެން އަަވަސްވެގަތީ ކޭކް ފަޅާށެވެ.
………………………..
ފަލަކްގެ ފަހަތުން ގޮސް ފާލިހްވެސް ޑޮކްޓަރުގެކުރިމަތީގައި ހުއްޓިލިއެވެ.”ޑޮކްޓާރް މަންމަ….”ޑޮކްޓަރުގެ ބަހަކަށް އިންތިޒާރު ކުރަމުންދިޔަ ފަލަކް އެންމެފަހުން ކެތްނުކުރެވިގެން އަހާލީ އެއްވެސް އެއްޗެކޭ ނުބުނެ ޑޮކޓަރު ހުންނަން ފެށުމުންނެވެ.”ވީ ޓްރައިޑް އަވަރ ބެސްޓް ބަޓް ސޮރީ ވީ ކުޑުންޓް ސޭވް ހަރ”ޑޮކްޓަރުގެ އެ ޖެމްލަ ފަލަކް އާއި ފާލިހްގެ ކަންފަތައް އަޑުއިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ.ކަނޑާލެވުނު ރުކެއް ހެން ހުރިތަނައް ތިރިވެ ފަލަކްއަށް އިށީނދެވުނު އިރު އޭނާގެ ދޮންކޯތާފަތުގައި ބޮސްދެމުން ތާޒާ ކަރުނަތައް ފައިބަންފަށައިފިއެވެ.ފާލިހްގެ ހާލަކީތޯއެވެ.ހުރިތާ ގަނޑުވެފައި އޭނާއަށް ހުރެވުނީ އެސްފިޔަ ޖަހާލަން ވެސް ނޭނގިފައެވެ.މުޅި އުމުރުގައިވެސް އޭނާއަށް ލޯބިވެވުނު ހަމައެކަނި މީހަކީ ރަޝްފާއެވެ.އެތައް އުނދަގުލަކާއި އެކު ހާސިލްކުރި އެ ލޯތްބާދުރަށް ގޮސް ސޯޅައަހަރުވަންދެން އޭނާހުރީވެސް ހަމަ އެ ލޯތްބައްޓަކައެވެ.ރަޝްފާއާއި ފަލަކްގެ ސަލާމަތައްޓަކައެވެ.”ނޫން އެހެނެއް ނުވާނެ މަންމަ ނުދާނެ ފަލަކް ދޫކޮއްފައެއް”ފާލިހްއަށް ފަލަކްގެ އަޑު އިވުމުން ބަލާލި އިރު ރޮމުން ރޮމުން ފަލަކް ކޮއޅަށް ތެދުވެ އޮޕަރޭޝަން ތިއޭޓަރާއި ދިމާލަށް ދުއްވައިގަންނަނީއެވެ.ފާލިހްއަށް ފަލަކްގެގައިގަ ހިފަހައްޓާލެވުނީ ކިރިޔާއެވެ.ހަބަރު ހުސްވެގެން ފަލަކް އޭނާގެ އަތުތެރެއަށް ދެމުނެވެ.ދެ ގަޑީރުވެގެން ދިޔައިރުވެސް ފަލަކް ހޭނެރުމުން ޑޮކްޓަރުންގެ ލަފަޔާއެކު ފާލިހް ރަޝްފާގެ ޖަނާޒާގެ ކަންތައް ނިންމާލުމަށް އަވަސްވެގަތެވެ.ރަޝްފާގެ ޖަނާޒާގެ ކަންތައް ނިންމާލައިފައި ފާލިހް ހޮސްޕިޓަލަށް އައިރު ވެސް ފަލަކް ހޭނާރައެވެ.ޑޮކްޓަރުން ބުނީ ގނައިރު ނުކައިހުރުމުގެ ސަބަބުން ގައިގަ ވަރުނެތީކަމުގައެވެ.ފަލަކް އޮތް އެނދުގެ ކައިރީގައި އިށީނދެލައިގެން އިންފާލިހް އަށް ސިހުން ލިބުނީ މަންމާ އޭ ކިޔާ ފަލަކް ގޮވާލި އަޑު އިވުމުންނެވެ.ދެލޯ ތަޅުވާލުމަށް ފަހު މަޑުމަޑުން ދެލޯ ހުޅުވާލި ފަލަކް އެންމެ ފުރަތަމަވެސް އަހާލީ މަންމަ ކޮބައިތޯއެވެ.”ފަލަކް ބައްޕަ މިއައީ މަންމަ ވަޅު ލާފަ”ފާލިހްގެ ޖެމްލައާއެކު ފަލަކް އިންތަނުން ތެދުވެ އައިވީނައޓާލަން މަސައްކަތް ކުރުމުން ވަރޑުގައި ތިބި ނަރުހުންނާއި ފާލިހްއަށް އޭނާ ހިފަހައޓައިލެވުނީ ވަރަށް އުނދަގުލުންނެވެ.”ފަލަކް”ބާރަށް ފާލިހް އޭނާގެ ނަމުން ގޮވާލުމުން ފަލަކް އެއްކޮން މައިތިރިވިއެވެ.އަދި ފާލިހްގެ މެދުހަށީގައި ބައްދައިގަންނަމުން ރޮއެގަތެވެ.ފަލަކް އަށް ހިތްވަރު ދިނުމުގެ ގޮތުން ފާލިހް އޭނާގެ ބޮލުގައި ފިރުމަމުން ދިޔަނަމަވެސް ފާލިހްގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ.ވަރޑުގައި ތިބި ނަރުހުންވެސް މިމަންޒަރު ބަލަން ތިބީ ހިތްދަތިވެފައެވެ.
……………………………
ގޭތެރެއަށް ވަދެގެންދިޔަ އާލިމް ހުއްޓުނީ ސިޓިންރޫމްގައި އިން އޭނާގެ މާމަ ހާޖަރާ ގޮވާލުމުންނެވެ.ހަ ބުރީގެ އެ އިމާރާތުގެ ދެވަނަ ބުރީގައި ހަނީފްގެ އާއިލާ އުޅޭއިރު ދެންހުރި ފަންގިފިލާތައް ހުންނަނީ ކުއްޔައް ދޫކޮއްފައެވެ.އައިސްފައި ހުރި ރުޅި ފިނި ކުރެވޭތޯ މަސައްކަތް ކުރަމުންގޮސް ސޯފާގައި އިށީނދެ އިން ހާޖަރާގެ ކުރިމަތީގައި ކަކޫޖަހައި އިށީންނަމުން އާލިމް ހާޖަރާއާއި ހަތަރުކަޅި ހަމަކޮއްލިއެވެ.”އާލް އަނެއްކާވެސް ބައްޕަ އެއްޗެކޭ ބުނީތަ؟”އާލިމްގެ މޫނުގެ ކުލަވަރުހުރި ގޮތުން ހަނީފްއާއި ދެމީހުންގެ ދެމެދުގައި ދެބަސްވުމެއް ހިނގީކަން ދެނެގަންނާކަށް ހާޖަރާއަކަށް އުނދަގުލެއްނުވިއެވެ.ކުޑައިރުއއސުރެ އާލިމް ބަލައި ބޮޑުކޮށް އެވަރުކުރީ އޭނާ ކަމުގައިވީއިރު އާލިމްއަށް އަންނަ އެންމެެ ކުޑަބަދަލުވެސް ދެނެގަންނާކަށް އޭނާއަކަށް އުނދަގުލެއް ނުވާނެއެވެ.”މާމާ ކީއްވެތަ މާމަގެ ދަރީގެ ހިތް އެހާ ހަރީ، އަދި މަންމަ ނިޔާވިތާ އެއް އަހަރުވެސް ނުވޭ އެކަމް އޭނަ އެޔޮތް އަަވހަށް ކޫޑި އަންހެނެއް ގެނެސް މިގެޔައް ވެއްދީ،އަހަރެންނަށް މިހާރު ހީވަނީ މަންމަ އެކްސިޑެންޓް ކޮއްލީވެސް އެ ހަނީފްހެން.”ރުޅިއާއެކު އާލިމްގެ ލޮލުން ކަރުނަ ނީރާލީ މަންމަ މަތިން ހަނަދާންވުމުންނެވެ.”އާލް ތިހެން ނުބުނޭ،އާލްގެ ބައްޕަ ކިތަންމެ ހިތް ހަަރަސް މީހެއް މަރައެއް ނުލާނެ “އާލިމްގެ އަޑުގައި ހަނީފްއަށްޓަކައި ވީ ނަފްރަތު ހާޖަރާއަކަށް ސިއްރެއްނުވިއެވެ.އާލިމްއަށް ކިތަންމެ ވަރަކަށް ވިސްނައިދިނަސް އޭނާގެ ހިތްދެން ހަނީފްއަށް ހެޔޮ ނުވާނެކަން ހާޖަރާއަށްވެސް އިނގެއެވެ.”މާމަ ދުވަހަކުވެސް ބައްޕަޔާ ދެކޮޅަށް އެއްޗެކޭ ނުބުނާނެކަން އަހަރެންނަށް އިނގޭ،އެކަމު މާމަ ތިހީކުރާހާ ސޯލިހު ދަރިއެއް ނޫން އެއީކީ އަހަރެން މިބުނީ ކީކޭ ކަން މާމއަށް އަދި ކޮންމެވެސް ދުވަހަކުން އިނގޭނެ،މިފަދަ ޒަމާނެއްގަ އެކަކަށްވެސް ތިހާ އިތުބާރުކުރާކަށް ނުވާނެ،ތިމާއަށް އޮޅުވާލާ މީހަކީ އެންމެ ގާތުގަ ހުންނަ މިތުރަށްވެސް ވެދާނެ”ބުނަން ބޭނުންވީ ބަސްތައް އިތްވާލުމަށް ފަހު އާލިމްގޮސް އޭނާގެ ކޮޓަރިއަށް ވައިން އިރު ހާޖަރާގެ ލޮލަށް ޖަމާވެެފައި ހުރި ކަރުނަތައް ފައިބައިގަނެފިއެވެ.އާލިމް އެ ބުނެލި ބަސްތަކުގެ ފުންކަމާއި އެބަސްތައް އޭނާ ރައްދުކުރީ ކާކަށް ކަންވެސް ހާޖަރާއަށް ރަނގަޅަށް އިނގެއެވެ.
……………………
ކޭކްފަޅާ ނިމިގެން ހުރިހާ ހަދިޔާތައް ހިފައިގެން ޝޫރާއާއެކު ރަފްގާ އެރީ މައްޗަށެވެ.ޝޫރާ ހުރުމުން ދާންބޭނުން ނުވިޔަސް ރަފްގާ އެދުމުން އެމީހުންނާއި އެކު ނުހާވެސް މައްޗައް އެރިއެވެ.ވައި ޖައްސާލަން ކަމުގައި ބުނެ ނިކްޔަން ދިއައީ ޓެރަހަށެވެ.ރަފްގާ ރޭގައި ހިތްހަމަ ނުޖެހިފައި ހުރި ވަރު ފެނުމުން އޭނާ ހީކުރީ ކޭކްފަޅަން ތިރިޔަށް ވެސް ނުފައިބާނެ ކަމަށެވެ.ނަމަވެސް އެއްވެސް ބޮޑަލެއް ނަހާކާ ހިނިތުންވެލައިގެން ރަފްގާ ހުރި ތަން ފެނުމުން އޭނާ އަށް ވެސް ހަމަޖެހި ލެވުނެވެ.ރެއިލިންގައި ދެއަތް އަޅުވާލައިގެން ހުރި އިރު ނިކްޔަންގެ ނަޒަރު ހުއްޓިފައިވަނީ ކާރުބާރު ބޮޑު މަގުމައްޗަށެވެ.އޭނާގެ ކުޑަކުޑަ އާއިލާގެ އުފާވެރި ކަމަކީ އަބަދުވެސް އޭނާ އެންމެ އިސްކަންދޭ ކަމެވެ.
”ރާއީ ހާދަކަނަބޮޑު ވެފަ ތީނީ ހުރިހާކަމެއް ވެސް ރަނގަޅުތަ” ރާއިދާގެ ކަންބޮޑުވުމުން ފުރިގެންވީ މޫނު ފެނުމުން ރޫމާ އަހާލިއެވެ.”ދޮންތާ މިއަދު ހަތަރުދަމު އަހަރެން ގުޅައި ގުޅައި ފޯން އޮންނަނީ ނިއްވާލާފަ.އެހެންޔާ އޭނަ ކަންތައް ކުރި ގޮތެއް ނޫން އެއީ.އަނެއްކާ މިއަދު ހޭލީއްސުރެ އަހަރެންގެ ވާތު ލޯ ވަރަށް އެބަ ތޮޅޭ ހީވަނީ ކަމެއް ވާންއުޅޭހެން.”ރާއިދާ ވާހަކަދަައްކައި ނިމުމާއެކު ރޫމާ ޖަހާލީ ހިނިގަނޑެކެވެ.ރޫމާގެ މިއަމަލުން ރާއިދާ ހައިރާންވެ ހުރެ ކިހިނެއްވީތޯ އަހލިއެވެ.”ރާއި އަދިވެސް ތިހުންނަނީ ޅައިރުގަ ހުރި ގޮތްގަނޑު ކުޑަކުޑަ ކަމެއް ވާއިރަށް ހާސްވެގެން ގޮސް ހަލާކުވެފަ. ތިހާ ގޯސްކޮށް ނުވިސްނަބަލަ.ރަފްގެ ބައްޕަ ދިއައީ ވިޔަފާރީގެ ކަމަކުއެންނު ބިޒީވީ ކަމަށޭ ވާނީ “ރޫމާއަކީ އަބަދުވެސް އެންމެނާ ގުޅޭ ހަމަޖެހޭ މަޖާ މީހެކެވެ.”ދެން ދޮންތާ ހާސް ވާނެނު ރަފްވެސް އެހާ ދެރަ ވެފަ ހުއްޓާ ދިޔައީ ދަމުން ބުނެވެސްނުލާ ކޮންކަމަކުތޯވެސް.”ރާއިދަ އޭނާގެ ހިތުގައި ވީ ހާސްކަން އޭނާގެ ދައްތައާ ހިއްސާކުރިއެވެ.”ބަލަ ވިޔަފާރީގަ މައްސަލަތައް ދިމާވާނީ ކުއްލިޔަކަށޭ.ހަމަ ނަޔާޒް ވެސް ތިހެން ހަދާނެ ބައެއްފަހަރު”ރޫމާ ބުނެލީ އޭނާގެ ފިރިމީހާ ނަޔާޒްގެ ވާހަކައެވެ.
……………………..
އައު ދުވަހަކަށް އިރުއެރީ އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަ ޖައްސަމުނަނެވެ.ފަލަކް ތައްޔާރުވަމުން ދިއައީ ފާލިހް އާއެކު މާލެ ދިއުމަށެވެ.ނެގިމަޑުވެފައި ހުރެ ފޮއްޓަށް އެއްޗެހި އަޅަމުން ދިޔައިރުގައިވެސް އެދެލޮލުން ކަރުނަ ނުހިކެއެވެ.މަންމެގެ ހަނދާންތަކާއި އޭނާގެ ކުޑައިރުގެ ދުވަސްތައް ހޭދަކުރި ގެޔާއި ރަށް ދޫކޮށްފައި ދާން ބޭނުންނުވިޔަސް އެ މަންމައަށްޓަކައި ވެސް އޭނާ ޖެހޭނީ ބައްޕަ އާއެކުދާށެވެ.ކުރިމަތި ވާން މިއުޅެނީ ކޮންކަހަލަ ކަންތައްތަކެއްކަން ނޭގޭ ހާލު ފަަލަކް ފާލިހް އާއެކު އައްޑޫ ދޫކޮށް މާލެދާން ފުރިއެވެ.ހަމައެކަނި އެ މަންމަ ދެކެ ވާ ލޯތްބައްޓަކައެެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.



Owwwww❤️❤️❤️❤️❤️? varah Reethi mi part… Alhe e family falak ah welcome kuraaneba.. I mean falak ge dad ei Raf get dad dhww?
Ahahha you got it ! Lets see if they welcome her or notttttt dhww …everyone is doing everything for their love so we can’t blame them tooo dhww❤️ Thankyouuu
Ahsalaamu alaikum readers
Here is the fourth part hope you all like it .i would really appreciate it if you all comment and tell me what you think about the stories current track and if there are any mistakes you notice please let me know.I love you all stay safe❤️
Masha Allah mi prt vx varah salhi …. Alhe falak ah kihinei baa dhww vaanee … Curiously waiting 4 nxt … Nxt prt avahah up kohdhehchey … Siss ….. if u don’t mind can u tell me u n Lilly thee frnds or family thr can u tell me bunevenyyya ….. Aslu mi hn mi ahaalee u talk very closely to her thts y ….. I’m a fan of Lilly too …. Can u tell me …. Btw I use my cute name 4 her strys comment ….. Stay safe …. Lym
❤️❤️❤️ Luv u
Asluwes dhwww i even wonder what will happen to falak and liywunu haa awahakah up kohdheynan ingeyy ly❤️ And me and lilly are cousins and best frnds … dhebenge dhedhari ?❤️ Dhw dhyburi … stay safe yeoja ?❤️❤️❤️❤️❤️
Ohh thts y u too aa tht much close n funny ??…. N thnkyw telling me❤️ …. I thought u will be angry if I asked. ?????? Anyways I’m waiting for nxt part igey …. So I’m changing my name ( yeoja ) for Afu ingey cuz comment liyaairu ginainn ehn liyeveythi also I use tht name for Lilly siss ge stry ah vx …. N I’m 14 years girl who liked to read strys n comment ??? … Luv u
Ahahaha ofcrs rulhi eh naahnaannu dhw ? we both are crazy together ehnwe ei ?? thankyou afuuu ly❤️ Im also 15 years old ehaa bodeh nuwaane ?❤️❤️❤️
N can we be frnds ???
Lilly siss ge stry ga vx ….
Plx I want be your friend ingey
Ofcrs we can be friends?❤️ Thankyou so muchh for the lav♥️♥️
anenhen comment kureema pending araathee ingey??♀️?♀️?♀️ ooooooo my afuu is here tooo i mish u gohodoyaahooafaaburihanganda❤❤❤❤❤❤
Ahahahha dhey baii kaaan? gohododhyburiyaa miss youu moreee ?❤️
Ahhahahahahah yaaa I’m here too??? …. U two ge stories aaa very funny like u too ahahhahah????? … Aphxxx siss whn nxt prt ??? I can’t wait to read nxt prt …. Lysm … Thnkyw so much aphxxx siss …. Stay safe
Luv yah ❤️❤️❤️❤️
Next part tmrw afuu❤️ Thankyou dear lym❤️
Hehe.. I Same age kudhin dhww miulhenee hama… Im 15 too.. And is crazy over stories.last week my mom told me not to read these stories. But I just can’t leave this hobby.. I love love love reading and writing stories. ?
Ahahha yes we all same age sorta and i will submit 5th part today you guys can get to read it maybe tmrw love you all thankyouuu ❤️❤️❤️❤️
Mi part ves varah sali ingey sis
And I guess this is my first comment on this story. Mithaa mioleny 14 an 15 year ge kudhin dhw. And I am also 14.
Thankyouu ril and this is your second comment ey darling…yess mithaa miulheny hama teenagers…glad you like it ❤️❤️❤️❤️
Mi pt vx V reethi ingey and can’t wait to read nxt prt
Shukurann❤️?
Wow aphxxx haadha reehchey I love your stories ????❤️❤️❤️❤️
Thankyouuu nia darling very happy to hear❤️❤️❤️❤️❤️