Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަށްޓަކައި (2ވަނަ ބައި)

Afaa Level 310 Stories100 Comments
June 13, 2020 4 Mins Read
9 Comments

“‎ރަފް ދަރިފުޅާ ދެން ތެދުވެބަލަ، ޑޭޭޑް ދިޔައަކަސް އަބަދު ތިހެން. އޮންނާކަށް ނުވާންނު.ޑޭޑް ވަރަށް މުހިންމުވީމަ ނޫނީ ރަފްގެ ބަރތްޑޭ މިސް ކޮއްފަ ތާކަށް ނުދާނެކަން ދަރިފުޅަށް އިނގެއެއްނު”ރާއިދާ ދިއައީ އެނދުގައޮތް 16 އަހަރުގެ އޭނާގެ އަންހެން ދަރިފުޅަށް ވިސްނާދޭން މަސައްކަތްކުރަމުންނެވެ.ގަޑިން މެންދުރު އަނބުރާ ދޭއްޖެހިއިރުވެސް ރަފްގާއޮތް ތަނުން ހިއްލާނުލުމުން ރާއިދާހުރީ ހިސާބަކަށް ނުތަނަަވަސް ވެފައެެވެ.މިއަދަކީ ރިފްގާގެ ސޯޅަވަނަ އުފަންދުވަހަށްވެފައި ރާއިދާގެ ފިރިމާހާ ވިޔަފާރީގެ ކަމަކު ރާއްޖޭން ބޭރަށް ކުއްލިގޮތަކަށް ދިއުމުން ރަފްގާ އެެހެރީ އެކަމާ ހިތްހަމަނުޖެހިފައެވެ.ކުޑއަރުއްސުރެ ރަފްގާ އަކީ ކަމަކާހިތްހަމަނުޖެހި ރުޅިއައިސްފިނަމަ މަސަލަސް ކުރަން ނުހަނު އުނދަގޫ ކުއްޖެކެވެ.ރުޅި އައިއްސިނަމަ ގޭތެރޭގައި ހުންނަ އެއްޗެހި ހަލާކުކޮށް ހެދުމަކާވެސް ބައެއްފަހަރު ރަފްގާގެ އާދައެކެވެ.”މޯމް ޕްލީސް މިގަޑީގަ ޑޯންޓް ޑިސްޓަރބް މީ”ރާއިދާ ރަފްގާގެ ބޮލުގައި ފިރުމާލުމާއެކު ދުރަށްޖެހިލަމުން އެ ބޮޑު އެނދުގަ އަޅާފައިއޮތް ކަފަރަޖާގަނޑުން މޫނު ފޮރުވާލަމުން ރަފްގާ ބުނެލިގޮތުންވެސް އޭނާ ރުޅިއައިއްސްފައި ހުރި މިންވަރު ހާމަވިއެވެ.”ޑޭޑް އަންނާނެއޭ ވަރަށް އަވަހަށް.ދަރިފުޅު ކޭކްވެސް ނުފަޅާނަންތަ؟ހަވީރު ދޮންތަމެންވެސް އަންނާނެ ކޭކް ހިފައިގެން”ރާއީދާ އަދިވެސް ބެލީ ރަފްގާ އަށް ލޯބިން ވިސްނާދެވޭތޯއެވެ.”ކޮންމެ އަހަރަކުވެސް ޑޭޑް އެންނު ޕަރޓީ ބާއްވަދީ ކޭކްވެސް ގެނެސްދެނީ، އެހެންވީމަ މިފަހރުވެސް ޑޭޑް ކޭކް ގެނައީމަ ރަފް ކޭކް ފަޅާނީ”.ހިތްހަމަނުޖެހިފައިވީ އަޑަކުން ރަފްގާ އޭނާގެ ނިންމުން އިއްވާލިއެވެ.ކިތަންމެ ބޮޑުވޔަސް މިދަރިފުޅުގެ ގޮތްދޫނުކުރާ ސިފަ ފިލައި ނުދާނޭ ހިތައްއެރުމުން ރާއިދާ އެ ކޮޓަރިން ނިކުންނަން ހިނގައިގަތީ ރަފްގާގެ އެނިންމުން އޭނާއަށް ބަދަލުނުކުރެވޭނެކަން ޔަޤީންވުުމުންނެވެ.މިއީ ބުނިއްޔާ ބުނިހާއެއްޗެއް ހޯދައިދީ ބުނި ކަމެއް ކޮށްދީ ދޮންފުތު ކޮށްގެން ދަރިންބަލައި ބޮޑެތިކުރުމުގެ ހިތިނަތީއްޖާއޭ ރާއިދާގެ ހިތައްއރިއެވެެ.ރާއިދާ ނިކުމެގެން ދިއުމާއެކު ރަފްގާ ތެދުވެ އެނދުގައި އިށީނދެލިއެވެ.އޭރުވެސް އެމޫނު މަތިން ނުރުހުމުގެ އަސަރު ފާޅުވާން ހުއްޓެވެ.އެނދުގައި އިށީނދެ ހަމަޖެހިލުމައްފަހު އެނދުގެ ކަނާތް ފަޅީގައި ހުރި ސައިޑް ކަބަޑުގެ މަތީގައި އޮތް އޭނާގެ ފޯނުނަަގައި ހެޑްބޯރޑްގައި ހެގިލުމަށްފަހު ރަފްގާ ފޯނު ހުޅުވާލއެވެ.އަދި އޭނާއަށް އެކުވެރިންނާ އެހެނިހެންް ފަރާތްތަކުގެ ފަރާތުން ލިބިފައިހުރި އުފަންދުވަހުގެ ތަހުނިޔާގެ މެސެޖުތަކަށް ޖަވާބުދޭންފެށިއެެވެ.ކަޅުކަންގަދަ ރާޅުބާނީ އިސްތަށިގަނޑަކާއި ހަމަ އެކުލައިގެ ކަޅިއެއް ލިބިފައިވާ ރަފްގާއަކާ މާލޭގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ.ހަމުގެ ކުލައަލިވެފައި ލިބިފައިވާ ފިޔާތޮށި ކުލަ އަރާ ތުނި ތުންފަތާއި ރޫފަ ރީތި ހަށިގިނޑަކީ ރަފްގާގެ ރީތިކަން އިތުރކޮއްދޭ ކަންކަމެވެ.މެސެޖުތަކަށް ޖަވާބުދެމުންގޮސް ވައިބަރ ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ފެނުނު މެސެޖުގެ ސަބަބުން ރަފްގާއަށް ހިނިތުންވެލެވުނެވެ.ތެންކިޔު އޭ ޖަހާ އެ މެސެޖަށް ރިޕްލައިކޮއްލުމަށްފަހު ފޯނު ގެނެސް މޭގައިލައްކޮށްލަމުން ދެލޯމަރާލި ގޮތުންވެސް އެ މެސެޖަކީ އޭނާއަށް ވަރަށް ހާއްސަ މެސެޖެއްކަން ހާމަވެއެވެ.ދެލޯ ހުޅުވާލިއިރު އެ މޫނުމަތިން ދާދި ދެންމަޔަކާ ޖެހެންދެން ފެންނަންހުރި ނުރުހުމުގެ އަސަރު ފިލައިގޮސް ލުއި ހިނިތުންވުމެއް ވަނީވެރިވެފައެވެ.އިރުކޮޅަކު އެގޮތުގައި މެސެޖުތަކަށް ޖަވާބުދޭން އިނުމަށްފަހު ރަފްގާ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް މެސެޖެއް ފޮނުވާލިއެވެ.އަދި އެނދުން ފައިބައިގެންގޮސް އޭނާގެ ފިޔާތޮށިކުލައިގެ ތުވާލި ހިފައިގެންގޮސް ފާހަނާއަށް ވަނެެވެ.
………………………….
‎ލޯގަނޑުގެ ކުރިމަތީގައި ހުރެ ޝޫރާ ތައްޔާރު ވަމުންދިއައީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ގެއަށް ދިއުމަށެވެ.ކަޅުކުލައިގެ ކިރިޔާ ބަނޑު ފޮރުވޭ ވަރުގެ އަތްދިގު މަތިކޮޅެއް ލައިގެން ހުރި އިރު ތިރިން ލައިގެންހުރީ އައިސްބްލޫ ހައިހިޕް ޖީންސްއެކެވެ.އޭނާގެ ކަޅުކުލައިގެ ވަރުގަދަ ބުޅިއިސްތަށިގަނޑު މިނިވަންކަމާއިއެކެ ފަހަތައްދޫކޮއްލާފައި އޮތްއިރު އޮޅުއަލަ ކުޔައްދާ މޫނުގެ ހަންގަނޑުވިނީ ފައުންޑޭޝަން ހާކައި އޮމާންކޮށްލާފައެެވެ.ގަދަމުށިކުލައިގެ ކަޅި އެއްލިބިފައިވީއިރު އެ ބޮޑު ދެލޯވަނީ ކަޅުކުލައިގެ އައިލައިނަރ އަކުން ފަވާލެފައެވެ.އެސްފިޔަތަކުގައި މަސްކަރާ އަޅާފައިހުރިއިރު ތުންފަތުގައި ރަތްކުލައިގެ ލިޕްސްޓިކެއް ހާކައިފައިހުއްޓެވެ.އެންމެ ފަހުކަމަކަށް ގަޔަށް ސެންޓު ކޮޅެއްޖަހާލައިގެން ޝޫރާ ކޮޓަރިންނުކުތެވެ.ސަޓިންރޫމުގައި ޓީވީއަށް ނަޒަރުހުއްޓާލައިގެންއިން އޭނާގެ މަންމަ މައުރިފާގާތު ދަނީކަމުގައިބުނެ ކަޅާއިހުދުހިމެނޭ ވޯގްބްރޭންޑުގެ ބޫޓަކަށް އަރައިގެން ޝޫރާ އޭނާ ދިރިއުޅޭ އެޕާރޓްމެންޓުންނިކުތެވެ.
……………………..
‎ކުރިމަތީގައި ފެންނަންހުރި މީހާއަށް ބަލަހައްޓައިގެން ފަލަކްއަށް ހުރެވުނީ ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެެވެ.އޭނާގެ ކުރިމތީގައި އެހެރީ އެތނުން ދުށުމަށް އޭނާ އެއްވެސް އުންމީދެއްކުރި މޫނެއްނޫނެވެ.މީގެކުރިން ހަމައެކަނި ތަސްވީރުތަކުން ފެނިފައިވާ އޭނާގެ ބައްޕަ ފާލިހް ފެނުމުން ކުރާނެ ކަމެއް ބުނާނެ އެއްޗެއް ނޭނގަފައި ފަލަކްއަށް ހުރެވުނީއެވެ.ރަޝްފާ މަޑުމަޑު ފަލަކް އަށް ގޮވާލަމުން އޭނާގެ އަތުގައި ހިފާލުމުންކުރިންވެސް އިށިީނދެ އިން ހުދުކުލައިގެ ގޮނޑީގައިއަށީންނަަމުން ރަޝްފާއާއި ދމާލަށް ފަލަކް ބަލާލީ ސުވާލުންފުރިގެންވީ ނަޒަރަކުންނެވެ.ފާލިހް އަށްއޭނާގެ ކުރިމތީގައި އިށީނދެގެންއިން އޭނާގެ ދަރިފުޅާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އެކުއްޖާ އޭނާއާ ވައްތަރުކަމުންނެވެ.އެކަމުގެ އެންމެބޮޑު ހެއްކަކީ,އެ ދޮންކަމާއި ވިލުނޫކުލަޔަށްދާ ކަޅީގެ އިތުރުން މަޑުމުށި ކުލައިގެ އުނަގަނޑާ ހިސާބަށްދާ ދިގު ރާޅުބާނީ އިސްތަށިގަނޑެވެ.”ދަރިފުޅާ…ދެން މަންމަ މާކަގިނައިރަކު ދރިފުޅު ގާތަކު ނުހުންނާނެ…އެހެންވެ ދަރިފުޅުގެ ބައްޕަ އެއައީ ދަރިފުޅުބަލައި….ބައްޕަޔާއެކީ ދާނަންދޯ؟”ކަރުނަތައް ކޮންޓުރޯލުކުރަން މަސައްކަތް ކުަރަމުން ރަޝްފާ ފަލަކްގެ ގާތުގައި އާދޭހާއިއެކު އަހާލުމުން އެންމެ ފުރަަތަމަ ވެސް ބީރައްޓެހި ނަޒަރަކުން އޭނާ ފާލިހްއާއި
‎ދިމާލަށް ބަލާލިއެވެ.އަދި ރަޝްފާޔާ ދިމާލަށް އޭނާގެ ނަޒަރުު ބަދަލުކޮށްލިއެެވެ.”މަންމާ…ޑޮކްޓަރު ބުނުއްވިއެއްނު އޮޕަރޭށަން ކުރީމަ މަންމަ އެއްކޮން ރަނގަޅުވާނެއޭ…”ޔަޤީންކަމާއެކު ފަލަކް ބުނެލިގޮތުންވެސް ރަޝްފާއޭނާ އާއި ވަކިވެގެންގޮސްދާނެކަން ޤަބޫލުކުރަން އޭނާ ބޭނުން ނުވާކަން ހާމަވެގެން ދިއައެެވެ.”ފަލަކް ދަރިފުޅާ….އޮޕަރޭށަންގަ 70% ގެރެންޓީވެސް ނެތް ވާހަކަވެސް ޑޮކްޓަރު ބުންޏެއްނު…ދަރިފުޅުވާނެ މަންމަ ނެތް ދުނިޔެ އެއްގަ ބައްޕަބުނާ ގޮތައް ކަންތައްކުރަން”އެހެން ބުނެ ނުނިމެނީސް ރަޝްފާގެ ލޮލުން ކަރުނަފައިބަން ފެށިއެވެ.އަދިވެސް ފަލަކް ހަޤީގަތް ޤަބޫލުކުރަންބޭނުން ނުވާކަމުން ހާމަވަނީ ރަޝްފާދެކެ އޭނާ ލޯބިވާ މިންވަަރެވެ.މަންމަ ރޯތަން ފެނުމުން ހިސާހިތަކު ފަލަކްގެ ލޮލުންވެސް ކަރުނަ ފައިބައިގަތެވެ.އެދެމއިންގެ ހަރަކާތްތަކައް ބަލަންއިން ފާލިހުވެސް އޭނާގެ ކަރުނަތައް ގަދަކަމުން ހިފަހައްޓާލައިގެން އިނީ އެދެމައިން ކުރިމަތީގައި އޭނާ ބަލިކށި ވެއްޖެނަމަ އެދެމައިންގެ ހިއްވަރު އެލިދާނެތީއެވެ.”އެކަމް މަންމާ…އަޅުގަނޑު ކިހިނެތް ނުދަންނަ ބައެއްގެ ކައިރީ އުޅޭނީ”ޝަކުވާއިންފުރިފައިވީ ފަލަކްގެ އަޑު އިވުމުން ރަޝްފާވެސް ފާލިހްއާއި ދިމާލަށް ބަލާލީ އިތުރަށްބުނާނެ އެއްޗެއް ނޭނގުމުންނެވެ.”ފަލަކް ބައްޕައައް މަޢާފުކުރޭ”ފަލަކް ގެ މޫނަށް ނަޒަރުހުއްޓާލައިގެންހުރެ ފާލިހް އަށް ބުނެވުނީ އެހިސާބަށެވެ.ރަޝްފާ އޭނާގެ އަތުގައި ހިފާ ބާރުކޮއްލީ ދެން އިތުރަށް ފަލކްއަށް ނުކިޔާދޭށޭ ބުނާ ފަދަޔަކުންނެވެ.”ދަރިފުޅާ… ކޮންމެ ގޮތަކަށް ކަންތައްވެފަ ހުއްޓަސް މަންމަގެ އެންމެފަހުގެ އެދުމަކީ.. ދަރިފުޅު ބައްޕަ އާއެކު ދިޔުން،މި އެދުން ފުރިހަމަކޮށްދޭނަން ތަ؟”ރަޝްފާ އަނެއްކާވެސް އޭނާގެ ސުވާލުތަކުރާރު ކޮށްލިއެވެ.އިސްޖަހާލައިގެންއިން ފަލަކް ހިޔާރުކުރީހިމޭންކަމެވެ.ފަލަކްގެ އެނުރުހުން އޭނާއަށް ހައްޤޭ ފާލިހްގެ ހިތައްއެރިއެވެ.އާއެކެވެ.އޭގަ ފަލަކްގެ އެއްވެސް ކުށެއް ނެތެވެ.ކުށް ކުރެވުނީ އޭނާއަށެވެ.އެ ދަރިފުޅު ބޮޑުވެތަންދޮރު ވަކިވާ ހިސާބައް ދިޔަފަހުން މިއީ އޭނާ އެކުއްޖާއާ ބައްދަލުކުރި ފުރަތަމަފަހަރެެވެ.ސޯޅަ އަހަރުފަހުން މީހަކުއައިސް މިއީ ބައްޕައޭ ބުނުމުން ޤަބޫލުކުރަން ކޮންމެ ދަރިއަކަށްވެސް އުނދަގޫވާނެއެވެ.ނަމަވެސް އޭނާލޯބިވާއަނބިމީހާއާއި ދަރިފުޅާ ދުރުގައި ހުރީ އެއްގޮތަކައްވެސް އެގޮތް ބޭނުން ވާތީއެއް ނޫނެެވެ.އެނޫންގޮތެއް އޭރު އޭނާއަށް ނެތުމުންނެެެވެ.
“‎އޮޕަރޭށަނަށް ތައްޔާރުވާން”. އެތނަށް އައިސް ހުއްޓުނު ދެ ނަރުހުންގެ ތެރެއިން އެކަކުގެ އަޑަށް ތިން މީހުންނަށްވެސް އެދިމާއަށް ބަލާލެވުނެވެ.ރަޝްފާގެ ނިތައް ބޮސްދިނުމައްފަހު އެތަނުންދާން ހިގައިގަތް ފަލަކް އށް ހުއްޓެން މަޖުބޫރުވީ ރަޝްފާއޭނާގެ އަތުގައި ހިފާލުމުންނެވެ.އަނެއް އަތުން އަމިއްލަ މޫނުމަތީގައިހުރި ކަރުނަތައް ފޮހެލަމުން ރަޝްފާއާއި ދިމާލަށް އެނބުރެމުން ފަލަކް ބޯ ޖަހާލީ އޭނާގެ ލޯބިވާ މަންމަ އެދުނުފަދައިން ކަންތައްކުރުމއް އެއްބަސްވުމުގެ ގޮތުންނެެވެ.ބޯޖަހާލުމަށްފަހު ވާރޑްއިން ނިކުމެގެންދިޔަ ފަލަކް އައް ބަލަހައްޓައިގެންހުރެ ލޮލުން ކަރުނަ ފައިބާ ހާލު ފާލިހް އަށް ބަލާލަމުން ރަޝްފާ ހިނިތުންވެލިއެވެ.ލޯތްބާއެކު ރަޝްފާގެ ދެލޮލުން ފައިބަމުނދިޔަ ކަރުނަތައް ފޮހެލާދެމުން އެނިތުގައި ބޮސް ދިނުމަށްފަހު ފާލިހްވެސް އެތަނުން ނިކުންނަން ހިނގައިގަތީ އިތުރަށް އޭނާއަށް ކެތްނުވުމުންނެެވެ.ހޮސްޕިޓަލުގެ ބޭރުގައި ހައްދާފައިހުރި ބަގީޗާގެ ގޮނޑީގައި އިށީނދެލައިގެންއިން ފަލަކްގެ ލޮލުން ހުއްޓުމެއްނެތި ކަރުނަފައިބަމުން ދިޔައިރު އޭނާގެ ނަޒަރުހުއްޓިފައިވަނީ ފޮޅިފައިވާ އެކިކުލަކުލައިގެ މާތަކަށެެވެ.ފިޔާތޮށި ކުލަޔާއި ރަތްކުލައިގެ ފިނިފެންމަލުގެ އިތުރުން ގިނަ ކުލަތަކެއްގެ މަލިކުރުވާ އަދި ހުދުކުލައިގެ އޯކިޑު މާތައް ހައްދާފައިހުރިއިރު،އެ މުޅި މާހައުލުގައިވެސް ހިފާލައިފައިިވަނީ މާމެލާމެލީގެ މީރުވަހެވެ.ނަމަވެސް މިއިން އެއްވެސް ކަމަކުން ފަލަކްގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.އޭނާގެ ހިތުގެހަމަޖެހުންވަނީ އޭނާއާއި މާދުރުގައެވެ.ހަނދާންހުންނަން ފެށީއްސުރެ އޭނާގެ ހުންނަނީ މަންމަ އެކަންޏެވެ.އޭނާގެ ހުރިހާ ބޭނުމެއް ފުއްދައިދިނުމަށްޓަކައި އެ މަންމަދިއައީ އެކި ކަހަަލަ މަސައްކަތް ކޮށްގެން ފައިސާ ހޯދަމުންނެވެ.އަމިއްލަ ނަމުގެ ފަހަތަށް ފާލިހް އިންނާތީ ބައްޕަ ކޮބައިތޯ މަންމައާއި ސުވާލުކުރާ ކޮންމެފަހަރަކު މަންމަގެ ދެލޮލުން ފެންނަ ކަރުނައިގެެ ސަބަބުން އިތުރަށް އަހަން ނުކެރުނަސް ބައްޕަ އަދި އަންނާނެ ކަމަށް އަބަދުވެސް ރަޝްފާ ބުނާނެއެވެ.އެދެމައިން ދިރިއުދެމުންއައީ ރަޝްފާގެ އުފަންރަށް ކަމުގައިވާ އައްޑު ސިޓީގެ ހިތަދޫގައެވެ.މަންމަގެ އާއިލާގައިވެސް އިތުރުމީހަކު ނުހުންނާތީ އެހީގެ އަތެއްދިއްކޮއްލާނެ ފަރާތެއްވެސް ގިނަފަހަރަކުނުހުރެއެވެ.އެގޮތުގައި އަހަރުތައް ވޭތުވަމުންގޮސް ސުކޫލުގެ އެންމެ ފަހުއަހަރު ކަމުން ފަލަކް ކިޔެވުމަށްދޭ ސަމާލުކަން އިތުރުކޮށް ގިނަ ވަގުތު ފޮތްތަކާއިއެކު ހޭދަކުރަންފެށީ މަންމައޭނާއާއިމެދު ދެކެމުންއައި ފޮނި ހުވަފެންތަކުގައި ކުލަޖައްސައިދިނުމަށެެވެ.ނަމަވެސް ރަޝްފާ ބަލިވާންފެށީ ހަމަކުއްލިއަކަށެވެ.މަސައްކަތެއް ކޮއްލާއިރަށް މާއަވަހަށް ވަރުބަލިވެ،ބޯއަނބުރާ ހޭނެތުން އާންމުވާންފެށިއެެވެ.ފަލަކް ގެ އިމްތިހާނު ދުވަސްވަރުކަމުން ރަޝްފާދއައީ މީގެން އެއްވެސްކަމެއް ފަލަކްއަށް ނަންގާވޭތޯ މަސައްކަތްކުރަމުންނެވެ.ކިޔެވުމުގެ އެންމެ މުހިންމު ދުވަސްކޮޅުކަމުން އޭނާގެ ބަލިހާލާއިމެދު އެދަރިފުޅު ވިސްނާ ފިކުރުކުރަން ބޭނުންނުވާތީއެެވެ.ފަލަކްގެ އިމްތިހާނުނިމެން ކައިރިވެފައިަނިކޮށް ރަޝްފާ ފަލަކްއަށް ނޭނގި ޑޮކްޓަރަށް ދައްކަން ދިއުމުން ލިބުނު ހަބަރަކުން އޭނާގެ މުޅި ދުނިޔެ ހުއްޓުނު ފަދައެެވެ.އޭނާގެ ސިކުނޑީގައި ޓިއުމަރެއް އުފެދި އެ ވަނީ ރަނގަޅު ނުވާނެ ވަރަށް ބޮޑުވެފައި ކަމުގައި ޑޮކްޓަރުބުނުމުން ސޯޅަ އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ފާލިހް އަށް ގުޅައި އޭނާގެ ހާލުއެންގުމަށް ރަޝްފާއަށް މަޖުބޫރުވީ އޭނާގެ ދަރިފުޅުގެ ހައްޤުގައެވެ.އަމިއްލަ ހާލަށްވުރެން ބޮޑަށް އޭނާއަށް ވިސްނުނީ އެ ދަރިފުޅާއި މެދުގައެވެ.އޭނާނެތް ދުނިޔެއެއްގައި ފަލަކް އުޅެންޖެހިދާނެ ގޮތަކާއި މެދުގައެވެ.މަންމަގެ ބަލިހާލުގެ ވާހަކަ އިނގުމުން މާލެ ނޫނީ ރާއްޖޭންބޭރަށް ގެންގޮސްގެން އެމަންމަ ރަނގަޅުކުރަން ފަލަކް ބޭނުންވީނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެއެވެ.އޮޕަރޭށަން ކުރެވެން އޮތްނަމަވެސް އެއްވެސް ޔަޤީންކަމެއް ނެތެވެ.މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ގެންދަން ޑޮކްޓަރު ހުއްދަނުދިނީ އެއަށްވުރެން ރަޝްފާގެ ހާލު ގޯސްވުމުންނެވެ.ހިޔާލުތަކަށް ގެއްލިފައި އިން ފަލަކް ސިއްސައިގެން ދިއައީ ދާދި ގާތުން ފާލިހްގެ އަޑު އިވުމުންނެވެ.
ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

ފުރަ މެންދަން 4

Next

ވާށޭ މަށާ އެކީ-32

Next
June 13, 2020

ވާށޭ މަށާ އެކީ-32

Previews
June 13, 2020

ފުރަ މެންދަން 4

9 Comments!

  1. naash says:
    June 13, 2020 at 4:59 pm

    vvvv reethi mi part vs maasha allah… curiously waiting for the nxt part….

    1. Afaa says:
      June 13, 2020 at 5:23 pm

      Thankyou naash♥️

  2. yeoja says:
    June 14, 2020 at 4:02 pm

    Masha Allah varah reethi ❤️❤️ … Waiting 4 nxt …. Avahah up kohdhehchey

    1. Afaa says:
      June 14, 2020 at 8:35 pm

      Glad you like it , thankyou❤️

  3. Hyunee says:
    June 22, 2020 at 3:06 am

    MI prt vx V reethi And super sad any way waiting for Nxt

    1. aphxxx says:
      June 23, 2020 at 1:47 pm

      Thankyou darling❤️

  4. Nia says:
    June 25, 2020 at 8:34 pm

    Aslu aphxxx ge first vaahaka ah balaafa mi vaahaka vvvv vvvv reethi… Alhugandu ge dua akke adhi vc u ah kuri erun libun

    1. aphxxx says:
      June 28, 2020 at 12:31 am

      Alhey means alot thankyou so much nia❤️❤️❤️

  5. Nauha says:
    October 16, 2020 at 9:19 am

    I rlly liked it. Waiting for the next part☺️

Comments are closed.

Next Episodeލޯތްބައްޓަކައި (3ވަނަ ބައި)←


All Right Reserved!