Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބައްޓަކައި(6 ވަނަ ބައި)

Afaa Level 310 Stories100 Comments
June 21, 2020 6 Mins Read
9 Comments

‎ހުރިހާ ފާރެއްގައި ހުދު ކުލަ ލެވީފައިވީ އިރު ފަރުދާތަކާއި ފަރުނީޗަރު ތަކުގައިވެސްވަނީ ހުދުކުލައެވެ.ބޮޑު ބެޑް ރޫމް ސެޓަކާ އަލަމާރިއެއްގެ އިތުރުން ސޯފާސެޓަކާއި ފަތި ޓީވީ އެއްވެސް ފާރުގައި ހަރުކުރެވިފައި ހުއްޓެވެ.ކޮޓަރި ތެރެއަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ހުރުމަށްފަހު ސޯފާގައި ފަލަކް އިށީނދެލީ ވެފަހުރި ވަރު ބައްޔާއި ބޮލަށް ކުރަމުން ދިޔަ ބާރުގެ ސަބަބުން އިތުރަށް ކޮއްޅައް ހުންނަން ކުޅަދާނަ ނުވުމުންނެވެ.ފާލިހް އައިސް އެ ކޮޓަރި އަށް ވަނީ ފަލަކް އެހެެން އިންދައެވެ.”ދަރިފުޅާ ކޮޓަރި ކަމުދޭތަ؟”ފާލިހްގެ އަޑަށް ފަލަކް ބޯ ހިއްލާ ފާލިހް އަށް ބަލާލީ ޝަކުވާއިން ފުރިގެންވީ ނަޒަރަކުންނެވެ.”ކީއްވެ ނުބުނީ އަޅުގަނޑު ކައިރީ؟ކީއްވެ ނުބުނީ އަޅުގަނޑުގެ ކޮއްކޮއެއް ހުންނަވާހަކަ؟އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ބައެއްގެ ދިރިއުޅުމުގެ ހަމަޖެހުންނަގާ ލާކަށް”ނުރުހުމާއެކު ފަލަކް ޝަކުވާ ކުރުމުން އެޔަށް ދޭނެ ޖަވާބެއް ނޭނގިފަ ފާލިހްއަށް އިރުކޮޅަކު ހުރެވުނެވެ.”އޭރު ބައްޕަ ފަލަކް ގާތު ބުނިނަމަ އަންނާނަންތަަ މާލެ؟ނާންނާނަން ދޯ..އެހެންވެ ދަރިފުޅުގާތު ނުބުނީ..ދަރިފުޅުގެ މަންމައަށްވީ އެތައް ވަޢުދެއް ބައްޕައަށް އުވާ ލެވިއްޖެ…އެކަމް މިފަހަރު ދަރިފުޅު ރަނގަޅަށް ބަލަން މި ވީ ވަޢުދުގެ މަތީ ބައްޕަ ދެމިހުންނާނަން”ފާލިހް ފަލަކްގެ ކުރިމަތީ ހުރެ ވާހަކަދެއްކިއެވެ.”އެކަމު މިގޭ މީހުން….”ފަލަކްވެސް ކޮއްޅައް ތެދުވިއެވެ.ރަފްގާ އާއި ރޫމާގެ މޫނުމަތީގެ ކުލަވަރާ ރާއިދާގެ ހާލު ފެނިފައިވެސް އެމީހުން އޭނާ އާ މެދު ހިތްހަމަ ނުޖެހޭނެ ކަން ފަލަކް އަށް ރަނގަޅަށް އިނގިއްޖެއެވެ.”މީ ދަރިފުޅުގެ ބައްޕަގެ ގެ އެހެންވީމަ މިވާނީ ދަރިފުޅުގެވެސް ގެއަށް،ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އެކަމެއް ބަދަލެއް ނުވާނެ….ދަރިފުޅު އެއްޗެއް ބޭނުންވެއްޖިއްޔާ ނޯކަރެއްގެ ގާތު ނޫނީ ބައްޕަގާތު ބުނާތި….ތާޒާ ވެލައިގެން އާދޭ ކާން އިނގޭ”ފަލަކްގެ ބޮލުގައި ފިރުމާލުމަށްފަހު ފާލިހް ދިއައެވެ.ބައްޕަ ބުނި ކޮންމެ ބަހަކީ އޭނާ ހިތްހަމަޖައްސައިދޭން ބުނިބަހަކަސް ފަލަކްގެ ހިތަށް ކުޑަ ވެސް ހަމަޖެހުމެއް ނުލިބުނެވެ.ކޮޓަރިން ނިކުމެ ކާން ތިރިއަށް ދާކަށްވެސް ފަލަކް ބޭނުމެއް ނޫނެވެ.ނަމަވެސް ފެންވަރައި ތާޒާ ވެލީ އިތުރު ގޮތެއް ނެތުމުންނެވެ.

………………………….

‎”އާލް ދޮރު ހުޅުވާލަބަ ދަރިފުޅާ”
‎ހާޖަރާ އާލިމް އަށް ގޮވާލަމުން އޭނާގެ ކޮޓަރީ ދޮރުގަ ޓަކި ޖަހާލިއެވެ.”ކީކޭ މާމާ؟”ބޮލަށް ޓީޝާރޓެއް މަހާލަމުން އާލިމް ދޮރު ހުޅުވާލިއެވެ.”އަދި އެކައްޗެއް ނުވެސް ކައެއްނު ތިއޮތީ.އާދޭ ކާން”ހާޖަރާގެ ޖުމްލައާއެކު އާލިމް ސިޓިން ރޫމްގެ ތެރެއަށް ނަޒަރު ހިންގާލިއެވެ.”އެކަކުވެސް ނެތޭ ދެން އާދޭ”އާލިމްގެ އަތުގަ ހިފައިގެން ހާޖަރާ ގޮސް ކާމޭޒު ދޮށުގެ ގޮނޑިއެއްގަ އޭނަ ބޭންދިއެވެ.ބަތްތައްޓެއް މޮޑެލައިގެން އައިސް އާލިމްގެ ކުރިމަތީ ބެހެއްޓުމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން އާލިމްް އެ ކާންފެށީ ނުކައިފިނަމަ މާމަ ކަންބޮޑުވާނެކަން އިނގޭތީއެވެ.”ދަރިފުޅާ ދެން އަބަދު ތިހެން ކޮޓަރީގަ ތަ އޮންނަނީ.އެކުވެރިންނާއެކު މަޖާ ކޮއްލާ ހަދާބަލަ.މިހެން އޮވެފަ ސުކޫލު ފެށުނީމަ އަނެއްކާ އޮންނާނީ ކަމެއް ނުވެފަ.12ގެ އަހަރެންނު،ރަނގަޅައް ކިޔަވަންވެސް ޖެހޭނެ.”ކުރިން އަބަދު ހެލި ފެލިވެ އުޅޭ އާލިމްގެ އެ މަޑުމައިތިރި ކަމުގެ ސަބަބުން ހާޖަރާ އަބަދު ހުންނަނީ ފިކުރު ބޮޑުވެފައެވެ.އޭނާގެ ހުރި ހަމައެކަނި މާމަ ދަރީގެ މިޒާޖައް މިހާ ބޮޑު ބަދަލެއް އައި އިރު،އެކުއްޖާގެ މިލާފައި ހުންނަ މޫނުމަތި ފެންނަ ކޮންމެ ފަހަރަކު ހާޖަރާއަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވެއެވެ.”މާމާ ތިވަރަށް އަހަރެންނާ ދޭތެރޭ ނުވިސްނަބަލަ އެނޫނަސް ހަވީރުވެލީމަ ބޭރަށް ޖެހިލަންކަމަށޭ މިއުޅެނީ.”ޖޫސް ތަށިން އެތިފޮދެއް ބޯލަމުން އާލިމް ވާހަކަ ދެއްކިއެވެ.”އެކަނިތަ؟”ހާޖަރާ އަހާލިއެވެ.”ނޫން ލޫތު މެނާ އެކީ،ސްކޫލު އަންނަ ހަފްތާގަ ހުޅުވޭއިރު އެބަޖެހޭ ދެތިން އެއްޗެއް ގަނެލަންވެސް.މާމަ އެއްޗެއް ބޭނުންތަ؟”އާލިމްއަށް ވެގެން ވަންޏާ އެގޭގަ އެންމެ ސިކުންތަކު ވެސް ނުހުންނާނެއެވެ.އޭނާ އެ ކެތް ކުރަނީ ހަމައެކަނި އޭނާގެ މާމައަށްޓަކައެވެ.

………………..

‎ރޫމާ އައިސް ވެގެން އުޅޭ ގޮތް ކިޔާ ދިނުމުން ނިކްޔަން އަަވަސްވެގަތީ ރަފްގާގެ ގާތަށް ދިއުމަށެވެ.އަވަސް އަރުވާލައިގެން ރަފްގާމެންގެއަށްް ވަދެގެން ގޮސް ރަފްގާގެ ކޮޓަރިއަށް ދިއުމަށް ނިކްޔަން އަވަސްވެގަތެވެ.ރަފްގާއަކީ ވެސް އޭނާގެ އަމިއްލަ ކޮއްކޮ އެއް ފަދައިން ދެކޭ ކުއްޖަކަށް ވީއިރު ވެދިޔަ ކަންތަކުގެ ސަބަބުން ރަފްގާ އަށް ކުރާނެ އަސަރު ނިކްޔަންއަށް ރަނގަޅަށް އިނގެއެވެ.ހިޔާލުތަކަށް ގެއްލިހުރެ ސިޑިން ފައިބަމުން ދިޔަ ފަލަކް އަށް ސިހުންލިބުނީ ބާރުބާރަށް ސިޑިން އަރައިގެން އައި މީހެއްގެ ގައިގައި ޖެހިފައި އޭނާ ވެއްޓެން ދިއުމުންނެވެ.ތޫލި ހަޅޭކެއްގެ އަޑު އޭނާގެ އަނގައިން ބޭރުވެގެން ދިޔަ ވަގުތު އޭނާއަށް އިތުރު ސިހުމެއް ލިބުނީ އޭނާގެ އުނަގަނޑުގައި މީހަކު ދެއަތް ވަށާލުމުންނެވެ.މަރައި ބާރު ކޮށްގެން ހުރި ދެލޯ ހުޅުވާލަމުން އޭނާ އެއީ ކާކުތޯ ބަލަން އަވަސްވެގަތެވެ.ބާރަށް ސިޑިން އަރައިގެން އައި ނިކްޔަން އަށް އޭނާގެ ގައިގައި ޖެހިފައި ވެއްޓެން ދިޔަ ކުއްޖާގެ ގައިގައި ހިފަހައްޓާ ލެވުނީ ހަމަކިރިޔާއެވެ.މެރިފައިވީ އެ އަންހެން ކުއްޖާގެ ދެލޯ ހުޅުވުމާއެކު ނިކްޔަންއަށް ލިބުނީ ކުއްލި ސިހުމެކެވެ.އެ ވިލު ނޫކުލައިގެ ކަޅީގެ ތެރެއަށް އޭނާ ގެނބިގެންދާން ކުޑަ ވަގުތު ކޮޅެއްވެސް ނުނެގިއެވެ.ކުރިމަތީގައި ފެންނަން ހުރި ނުދަންނަ ޒުވާނާ ފެނުމުން ފަލަކްގެ ދެލޯ އިތުރަށް ބޮޑުވެގެން ދިއައެވެ.”ފަލަކް ކިހިނެއްވީ؟”ދެމީހުންނަންވެސް ހޭވެރިކަންވީ ފާލިހްގެ އަޑަށެވެ.ނިކްޔަން އާ ދުރުވެލަމުން އަވަހަށް ސިޑިން ފައިބައިގެން ފަލަކް ދިއައީ ފާލިހުގެ އަޑު އައި ދިމާލަށެވެ.ހުރި ހަރުފަތްމަތީ ނިކްޔަންއަށް ހުރެވުނީ ސިޑިން ފައިބައިގެން ދިޔަ ފަލަކްއާ ދިމާލައް ބަލަހައްޓައިގެނެވެ.ދޮން ހަންގަނޑަކާއި ލޫޅާފަތި ހަށިގަނޑެކެވެ.ލައިގެން ހުރި ކަކުލާ ހަމަޔައް އަންނަ ހެދުމާ ދޫ ހަރުވާޅު އަދި ކަރުގަ އަޅާއިފައި އޮތް ދޯ ޕައްޓާއިންވެސް އެ ކުއްޖާ އެހެން ކުދިންނާ ތަފާތު ކުރުވައިފިއެވެ.މިނިވަން ކަމާއެކު ދޫ ކޮށްލާފައި އޮތް މުށި ކުލައިގެ ދިގު އިސްތަށި ގަނޑާ ލޭރަތް ކުލައިގެ ތުންފަތް އެކުއްޖާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮއްދެއެވެ.ފަލަކް އެނަން ހިތާހިތުން ނިކްޔަން އަށް ކިޔާލެވުނެެވެ.އެއާއެކު އޭނާގެ ހަނދާނަށް އައީ ރޫމާ ކިޔާދިން ވާހަކަ ތަކެވެ.ހަލުވި ފިޔަވަޅު ތަކެއްގަ ގޮސް ރަފްގާގެ ކޮޓަރި އަށް ވަތް ނިކްޔަންއަށް އެ ކޮޓަރީގެ ހާލަތު ފެނުމުންވެސް ކަންތައް އެހައި ރަނގަޅު ނޫންކަން ނަގައިގަނެވުނެވެ.ބާލީސް ތަކާ އެއްޗެހި ބިންމައްޗައް އުކާލެވިފައި ވީއިރު،ރީތިވާ މޭޒުމަތީގައި ހުރި ގިނަ ސާމާނުތައްވެސް ހުރީ ބިންމައްޗައް އުކާލާފައެވެ.ބިއްލޫރި ސެންޓުފުޅިތައް ތެޅިފައި ހުރުމުން އެޔަށް ނާރާ ބަލައިގެން ފިޔަވަޅު އަޅަމުން ނިކްޔަން އެ ކޮޓަރި ތެރެއަށް ވަނެވެ.އެނދުގެ ވާތް ފަޅީގަ ކުޑަކަކޫ ޖަހައިގެން އިން ރަފްގާ ފެނުމުން ނިކްޔަން ގޮސް އޭނާގެ ކުރިމަތީގައި އިށީނދެލިއެވެ.”ރަފް ތުއްތުއާ ވެސް ވާހަކައެއް ނުދައްކާނަންތަ؟”ކަކުލުގައި ބޯއަޅާލައިގެން އިން ރަފްގާ ބޯ ހިއްލާ ނުލުމުން ނިކްޔަން ވާހަކަ ދެއްކިއެވެ.ބޯ ހިއްލާލަމުން ރަފްގާ ނިކްޔަންއަށް ބަލާލުމާއެކު އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ނިކްޔަންއަށެވެ.ހިތާމައިގެ އެއްވެސް އަސަރެއް އެ ދެލޮލާ މޫނުމައްޗަކުން ފެންނާކަށް ނެތެވެ.އޭގެ ބަދަލުގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއި ނަފްރަތެވެ.”ހެހެ ނޫނޭ،ތުއްތުދެކެ ރުޅިއެއް ނާދެޔޭ”އިންތަނުން ކޮއްޅައް ތެދުވަމުން ގޮސް ރަފްގާ ބެލްކަންޏަށް ނިކުތުމުން ހައިރާންވެ ހުރެ ނިކްޔަންވެސް އޭނާގެ ފަހަތުންދިއައެވެ.”ރަފް ދެރަ އެއްނުވޭތަ؟އެ އަންހެންކުއްޖާ……އެއީ ރަފްގެ ހާފް ސިސްޓާރ…”ނިކްޔަން ބަލާލީ ރަފްގާގެ މޫނަށެވެ.އެ މޫނުން އެއްޗެއް ދޭހަކުރަން އުޅޭފަދަޔަކުންނެވެ.”ފަލަކް…އެހެންދޯ އޭނައަށް ކިޔަނީ…ޑޭޑް އާ މޯމް އާ މިހާ ބޮޑުކަމެއް ފޮރުވީ…އަހަރެން ހީވެސް ނުކޮއްހުއްޓާ….ނައު ޝީ ވިލް ލިވް ހިއަރ،އީޓް ފްރޮމް ދަ ސޭމް ޓޭބަލް ވިތްމީ…އަދި ނޭނގެ އަހަރެންނާ އެއް ސްކޫލަކަށް ނޫން ކަމެއްވެސް ދާނީ…އައި ހޭވް ޓު ޝެއާރ އެވްރީތިންގް ވިތް ހަރ…ޑޭޑްވެސް…ވައި ތުއްތޫ ވައި…”ރަފްގާގެ އަޑުގައިވެސް ވަނީ ފޫހިކަމެވެ.ރުޅިވެރިކަމެވެ.ޝަކުވާއެވެ.”ރަފް…ރިލޭކްސް…ތުއްތުއަށް ވެސް އިނގޭ ކުއްލިއަކަށް ނުވެސް އިނގިހުރެ މިކަހަލަ ގޮތެއްވީމަ އެންމެ އުނދަގޫ ވާނީ ރަފްއަށްކަން…އެކަމް ރަފްބުނެބަލަ މީގަ ފަލަކް ގެ ފޯލްޓްއަކީ ކޮބާ؟ޕްރޮބަބްލީ ޝީ ޑިޑިންޓް އިވެން މީޓް ހަރ ޑޭޑް ބިފޯ…ރަފްއަށް އެކްސެޕްޓް ކުރަން ތި އުނދަގޫ ވާގޮތަށް ހަމަ ފަލަކްއަށް ވެސްވާނެ….މައިންބަފައިންނަށް ކުރެވޭ ކުށެއްގެ ސަބަބުން ދަރިންނަށް އޭގެ ވަރަށް ބޮޑު އަސަރެއް ކުރާނެ…އެކަމް މީގަ ޔޫ ކާންޓް ބްލޭމް ހަރ ދޯ…”ނިކްޔަން ބެލީ ވީ އެންމެ ފަސޭހަ ގޮތަކަށް ރަފްގާއަށް ވިސްނައިދެވޭ ތޯއެވެ.”އަހައްހާ އޮފްކޯސް ތުއްތު އައި ކާންޓް ބްލޭމް ހަރ….ދެން ތުއްތުބުނެެބަލަ އޭނަ ނޫން ކާކު ބްލޭމް ކުރަންވީ…އޭނައެއްނޫންތަ މީގެ ހުރިހާވެސް މައްސަލައަކީ..އެ ފަލަކްއެއް ނޫންތަ އައިސް އަހަރެމެންގެ ދިރިއުޅުމައް އެ ވަދެގަތީ.އޭނަޔާ އޭނަގެ މަންމަޔާ ހެދިއެއް ނޫންތަ ޑޭޑް އަހަރެންގެ އުފަންދުވަހު މަޑުނުކޮށް ދިއައީ…ޑޭޑްއަށްވެސް މުހިންމުވަނީ އޭނަ…ނޮޓް މީ އެންޑް މޯމް”ރަފްގާ އައިއްސ ހުރި ގަދަ ރުޅިއާއެކު ވާހަކަދެއްކި އިރު އޭނާ އަށް ރޮވެންވެސް ފަށައިފިއެވެ.ނިކްޔަން ރަފްގާގައިގަ ބައްދާލީ ބޭބެ އެއްގެ ހައިސިއްޔަތުން ރަފްގާއަށް ދޭންޖެހޭ ހިމާޔަތް އޭނާ ދޭނަމޭ ބުނާ ފަދަޔަކުންނެވެ.ނިކްޔަންގެ މޭތެރޭގައި ބޮނޑިވެގެން އޮވެ ހިތް ފުރެންދެން ރޯލުމަށްފަހު ރަފްގާ ނިކްޔަން އާ ދުރުވެލަމުން ކަރުނަތައް ފޮހެލާ ހިނިތުންވެލީ އޭނާ ރަނގަޅޭ ބުނަމުންނެވެ.ރަފްގާއަށް އެކަނިވެލަން ވަގުތުކޮޅެއް ދިނުމަށްފަހު އެ ކޮޓަރިން ނިކުތްއިރުވެސް ރަފްގާގެ ހިތް ދުވަހަކުވެސް ފަލަކްއަށް ސާފު ނުވާނެކަން ނިކްޔަންއަށް އިނގެއެވެ.

…………………
‎މޭޒުމަތީގައި ހުރި ތަފާތު ވައްތަރުތަކުގެ ކާ އެއްޗެހި ފެނުމުން އަޅާނެ އެއްޗެއް ނޭނގިފައި ފުރަތަމަ ފަލަކް އަށް ހުރެވުނީއެވެ.އިރުކޮޅަކު އެހެން އިނުމަށް ފަހު ފްރައިޑް ރައިސް ކޮޅެއް ތައްޓަށް އަޅައިގެން ކާންފެށީ ކާހިތްނުވެފަ އިނދެއެވެ.ފާލިހް ގެގާތުގައި އިން ރާއިދާ ދިއައީ ފަލަކްގެ ހަރަކާތްތަކަށް ރަނގަޅަށް ބަލަމުންނެވެ.”ދަރިފުޅާ ހާދަ ކުޑަކޮށް ތިކަނީ…ނުބައީތަ؟”ފަލަކް މާގަޔާ ނުވެ އިނދެ ކަމުންދާތީ ފާލިހްއަހާލިއެވެ.ފަލަކް އަވަހަށް ނޫނެކޭ ބުނެލިއެވެ.ހަޤީގަތުގައި ރާއިދާ އޭނާއާ ދިމާލަށް އެވަރަށް ބަލާތީ ނުތަނަވަސް ވެފައި އިންވަރުން އޭނާއަށް ނުކެވެނީއެވެ.”ފަލަކް އޭލެވެލް ހަދަން ބޭނުން ދޯ…ބައްޕަ އެކޮޅުގަ ހުރެ ގުޅައިގެން ހުރިހާ ކަމެއް ހަމަޖައްސާފަ ހުންނާނީ ރަފްގާމެން ކިޔަވަންދާން އުޅޭ ސުކޫލުން…އަންނަ އާދިއްތައިގަ ސުކޫލުވެސް ހުޅުވޭނެ..މިއަދު ފަލަކް ދާންވީނު ސަލްމާ އާއެކު ބާޒާރު ކޮއްލަން؟”ފާލިހް ބުނެލި ވާހަކައިން ފަލަކްގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއްވެރި ވިއެވެ.މަޑުމަޑުން އޭނަ ބޯޖަހާލީ ބާޒާރު ކޮއްލަންދާން އެއްބަސް ވުމުގެ ގޮތުންނެވެ.އޭލެވެލް ހަދަައި އޭނާގެ މަންމަ ބޭނުންވީ ފަދަ ޤާބިލް މީހަކަށްވުމީ ފަލަކްގެ އަޒުމެވެ.

…………………

‎ހަވީރުއަތަށް އެޅިލުމާއެކު ރީތިވެލައިގެން ރަފްގާ ޝޫރާއަށް ގުޅާލުމަށްފަހު އެދުނީ އެ ގެއަށް ނައިސް އަރޓިފިޝަލް ބީޗް އިން ބައްދަލުކުރުމަށެވެ. ޝޫރާވެސް އަވަސް އަވަހަށް ތައްޔާރުވެލައިގެން ރަފްގާ ބުނި ގަޑިއަށް އެތަނަށްދާން އަވަސްވެގަތެވެ.އަރޓިފިޝަލް ބީޗް ކައިރިއަށް މަޑުކޮއްލި އަޅިކުލައިގެ ކާރަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިގެންދިއައެވެ.ހަވީރުގެ ވަގުތު ކަމުން ގިނަ އަދަދެއްގެ މީހުނާއި ކުޑަކުދިންވެސް އެތާގައި ހަރަކާތްތެރި ވަމުން ދިއައެވެ.ކާރުގެ ދޮރު ހުޅުވާލައިފައި ނިކުތް އަންހެންކުއްޖާ ފެނި ގިނަ ޒުވާން ފިރެހެން ކުދިން ކަޅިޖަހާނުލާ ތިބިއިރު އަނެއްބަޔަކު ތުމުން ފުމެލާ އެކަކު އަނެކަކަށް އެ ކުއްޖާ ދައކާލިއެވެ.ރަތް ކުލައިގެ އޮފް ޝޯލްޑާރ ކްރޮޕް ޓޮޕަކާއި ކަޅު ކުލައިގެ ފައިކުރިއަށް ފުޅާ ދޫ ޕޭނަޓްސް އެއްގައި ހުރި އިރު ރަފްގާގެ މޫނުމަތީގައިވަނީ އެޔާ ގުޅޭނެހެން މޭކްއަޕް ކުރެވިފައެވެ.ގަދަ ރަތް ކުލަޔަކުން އެ ތުނިތުންފަތް ފަވާލެވިފައިވީއިރު ކަޅުކަންގަދަ ކޮނޑަށްވުރެން ތަންކޮޅެއް ތިރިއަށްދާ އިސްތަށިގަނޑުވަނީ ފަހަތައް ދޫކޮއްލެވިފައެވެ.އަރައިގެން ހުރި އުސް ފައިވާނުން އަޑުގޮއްވަމުން ފަރި ހިނގުމެއްގައި ގޮސް ރަފްގާ މަޑުކޮއްލީ އެތަނުން ބެންޗް އެއްގެ ކައިރީގައެވެ.އިރުކޮޅެއް ނުވަނީސް ޝޫރާވެސް އައިއްސިއެވެ.

…………………

‎ގޭގައި ގެންގުޅޭ ނޯކަރެއް ކަމުގައިވާ ސަލްމާއާއެކު ފަލަކް ފިހާރަ ކުރަމުން ދިއައެވެ.ސުކޫލަށް ބޭނުންވާނެ ބައެއް އެއްޗެހި ގަނެލުމަށްފަހު ސެންޓު ވިއްކާ ފިހާރައަކަށް އޭނާ ވަނީ މީރުވަސް ދުވާ ސެންޓު ފުޅިއެއް ގަނެލުމަށެވެ.މާލޭގެ ހަލަބޮލި ތޮއްޖެހިފައި މާހައުލުން އުނދަގޫ ވެފައި ހުރި ފަލަކް އަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ ސަލްމާގެ ހިތްހެޔޮކަމުންނެވެ.އެކުވެރިކަމާއެކު ސަލްމާ ވާހަކަ ދައްކައި ހެދުމުންނެވެ.ސެންޓުފުޅިތައް ބަލަމުން ގޮސް ބޭނުންވާ ބްރޭންޑުގެ ސެންޓުފުޅި އެއް ހަރުގަނޑަކުން ފެނުމުން ފަލަކް އެ ފުޅި ނަގަން ހިފާލިވަގުތު ސިއްސައިގެން ދިއައީ އެހެންމީހެއް ވެސް އެ ސެންޓުފުޅީގައި ހިފުމުންނެވެ.ލޫތު އާއެއްކޮން ފިހާރަތަކަށް ވަންނަމުން އައިސް އަންހެން ސެންޓު ވިއްކާ ފިހާރައަކަށް އާލިމް ވަނީ މާމަ އަށް ސެންޓު ފުޅިއެއް ގަންނަންވެގެންނެވެ.މާމަ ބޭނުން ކުރާ ވައްތަރުގެ ފުޅިއެއް ފެނުމުން އެ ފުޅީގައި ހިފި އާލިމް އަށް ސިހުމެއް ލިބުނީ އެހެންމީހަކުވެސް އޭގައި ހިފުމުންނެވެ.ކުރިމަތީގައި ހުރި އަންހެންކުއްޖާ ފެނުމުން އާލިމްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.މަޑު ނޫ ކުލައިގެ ފައި ފޮރުވޭ ވަރުގެ ދިގު ހެދުމެއް ލައިގެން ހުރި އިރު ހެދުމުގެ މޭމަތީގައި ވަނީ ހުދުކުލައިން ރީތި ޑިޒައިނެއް ކުރެވިފައެވެ.އެ ކުއްޖާގެ ލޫޅާފަތި ހަށިގަނޑަށް ހިފިފައިވީ އެހެދުން އެކުއްޖާގެ ސާދާކަން ދައްކުވައިދެއެވެ.ކަރުގައި ހުދު ކުލައިގެ ލޭސް ފޮތީގެ ދޯޕައްޓާއެއް އޮތް އިރު މޫނުމަތީގައި އެއްވެސް މޭކްއަޕެއް ކޮއްފައެއްނުވެއެވެ.މުށި ކުލައިގެ އިސްތަށިގަނޑާއި ދޮންހަންގަނޑުގެ އިތުރުން ރަތްކުލަ އަރައިފައިވާ ތުންފަތުގެ ސަބަބުން ބޮޑަށް ވައްތަރީ ޕާކިސްތާނު ހިސާބު ކުއްޖަކާއެވެ.ބޮޑު ދެލޮލުގެ ނިޔަލުގައިވާ އެ ކުއްޖާގެ ވިލު ނޫ ކުލައިގެ ކަޅީގެ ޖާދޫގައި ޖެހިފައި އާލިމްއަށް ހުރެވުނީއެވެ.”އެކްސް ކިއުޒްމީ…ސެންޓުފުޅިން ދޫކޮއްލަންވީނު؟”އެކުއްޖާގެ އަޑަށް އާލިމް އަށް ހޭވެރިކަންވިއެވެ.”ހެހެ ކަމަނާ ސެންޓުފުޅިން ދޫކޮއްލަންވީނު؟”އާލިމްގެ ފިރެހެންވަންތަ އަޑު އިވުމާއެކު ފަލަކްގެ ދެބުމަ ގޮއްޖެހުނެވެ.މީ ކޮންކަހަލަ މީހެއްހެއްޔެވެ.ކޮންމެ ގޮތެއްވިޔަސް އެ ސެންޓުފުޅީގައި ފުރަތަމަ ހިފީ އޭނާއެވެ.”އަހަރެން ދޯ ފުރަތަމަ ހިފީ ފުޅީގަ،އެނޫނަސް މިތާ މީގެ ބައިވަރު ފުޅި އެބަހުރި އޭގެން ފުޅިއެއް ނަގަންވީނު”ނުރުހުމާއެކު ފަލަކް ބުނެލިއެވެ.”ބައްލަވާ ތި ބުނުންވީ ހަމަ އަޅުގަނޑުވެސް ބުނަން އުޅުނު އެތި…މިތަނުން އެހެން ފުޅިއެއް ކަމަނާ ނަގަންވީނޫންތޯ”މި ނުދަންނަ އަންހެން ކުއްޖާއާއި ވާހަކަދައްކާލަން އޭނާގެ ހިތްއެދުނީ ކީއްވެ ކަމެއް ނޭނގޭ ހާލު އާލިމް ފަލަކް އާ ދެކޮޅަށް ހިފާލީ ހިތުގެ އެދުމަށް އިޖާބަ ދެމުންނެވެ.”އަހަރެން ދޯ ފުރަތަމަ ހިފީ…އަނެއްކާ މީ އަންހެން ސެންޓުފުޅިއެއް..ތިބޭފުޅާ އަންހެން ސެންޓު ތޯ ޖަހަނީ”ފަަލަކް ވެސް ޖަވާބު ދިނީ އާލިމް ވާހަކަ ދެއްކި ގޮތަށެވެ.”އާލް ތީ ކޮންކަމެއް؟”އެތަނަށް އައިސް ހުއްޓުނު ލޫތް އަހާލީ އާލިމް ސެންޓުފުޅީގައި ހިފައިގެން ހުރީ އެތާހުރި އަންހެންކުއްޖާގެ އަތާއި އެކުގައި ކަމަށް ވާތީއެވެ.”ފިރެހެނުންނަށް ޖެހެނީ ވަކި ސެންޓެއްތަ؟”އާލިމްގެ ސުވާލަށް ޖަވާބުދޭން އަނގަހުޅުވާލި ފަލަކް އެހިޔާލު ދޫކޮއްލީ،ފިހާރައިގައި ތިބި ގިނަ ބައެއްގެ ނަޒަރު އެމީހުނަށް ހުއްޓިފައި ހުރިތަން ފެނުމުންނެވެ.ގަތް ލަދުން އާލިމްއާ ދިމާލަށް ލޯ އަޅާލުމަށް ފަހު އަމިއްލަ އަތް ދަމައިގަންނަމުން ފަލަކް ކައުންޓާރ ކައިރީ ހުރި ސަލްމާ ކައިރިއަށް ދާން ހިނގައިގަތެވެ.”ކަމަނާ ނަން ބުނެލާފަ ދާންވީނު!”ލާނެތްކަމާ އެކީ ބާރުބާރަށް އާލިމް ގޮވާލުމުން ފަލަކް ފަހަތަށް އެނބުރި ދެލޯ ބޮޑުކޮއްލުމަށްފަހު ސަލްމާގެ އަތުގައި ހިފައިގެން އެ ފިހާރައިން ނިކުތުމަށް އަވަސްވެގަތެވެ.އޭރު މި ހުރިހާ މަންޒަރެއް ބަލަންހުރި ލޫތް ހުރީ ހައިރާންވެފައެވެ.އާލިމް ކުރިން އެގޮތަށް އަންހެން ކުދިންނަށް ޖެއްސުންކޮށް ހެދިޔަސް މީގެ އަހަރެއްހާ ކުރިން އާލިމްގެ ދިރިއުޅުމަށް އައި ބޮޑު ތޫފާނަށްފަހު އާލިމްގެ އެ ސަކަ މިޒާޖު އެއްކޮންހެން ވަނީ ބަދަލުވެފައެވެ.އެހާ ދުވަހަށްފަހު އާލިމްގެ ފަރާތުން އެފަަދަ ހަރަކާތެއް ފެނުމުން ލޫތު އަށް ޤަބޫލުކުރަން ދަތިވީއެވެ.ފަލަކް ނިކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ބޯ ކަހާލަމުން އާލިމް ލޫތްއާ ދިމާލަށް ބަލާލިއިރު އެމޫނުމަތީގައިވަނީ އެންޏާ ނުފެންނަ ފަދަ ރީތި ހިނިތުންވުމެކެވެ.އެ ހިނިތުންވުން ފެނިފައިވެސް އެތައް އަންހެން ކުދިންނެއް ފިދާވާނެކަން ގައިމެވެ.”ކަލޭ ކިހިނެއްވެފަ ތިހިރީ؟”ލޫތްގެ މޫނުމަތީގެ ކުލަވަރު ފެނުމުން އާލިމް އަހާލިއެވެ.”ނޫނޭ ނުވޭ ކަމެއް…ދެން ތި ސެންޓުފުޅި ގަނެގެން ދަމާ ދޯ”ލާނެއް ރާގަކަށް ލޫތް ބުނެލުމުންވެސް އާލިމް އެކަމާ މާ ބޮޑަށް އަޅާލިހެނެއް ހީއެއްނުވެއެވެ.ކައުންޓަރަށް ގޮސް އޭނާގެ އަތުގައި އޮތް ސެންޓުފުޅީގެ އިތުރުން އެހެން ވައްތަރެއްގެ ފުޅި އަކަށް ފައިސާ ދެއްކުމަށްފަހު ލޫތްއާ ދެމީހުން ނައްޓާލީ އާލިމްގެ ކާރުގައެވެ.ނަމަވެސް މިފަހަރު ކާރު ދުއްވަން އިނީ ޑްރައިވަރެވެ.

………………..

‎ރަފްގާ ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން ޝޫރާ އިނީ ހަމަ ރަނގަޅައްވެސް ޝޮކުޖެހި ހައިރާންވެފައެވެ.ވާނީވެސް އެހެންތާއެވެ.ސޯޅަ އަހަރަށް ފަހު މިފަދަ ބޮޑު ހަޤީގަތަކާއި ކުރިމަތިލާން ޖެހުނު ކޮންމެ މީހަކަށް ވެސް ޤަބޫލުކުރަން ދަތިވާނެއެވެ.”ޝޫ އައި ޖަސްޓް ހޭޓް ދެޓް ފަލަކް…އަނެއްކާ ތުއްތުހެން ޝޫ ނުބުނާތި މީގަ ފަލަކްގެ ކުށެއް ނެތޭ….”ރަފްގާ ދިއައީ އޭނާގެ އިހުސާސްތައް އެންމެ ގާތް އެކުވެރިޔާއާއި ހިއްސާ ކުރަމުންނެވެ.”އޮފްކޯސް ނޮޓް ރަފް…އަހަރެން އަބަދުވެސް ހުންނާނީ ރަފް އާއެކު…ރަފްގެ ލައިފްއަށް ތިގޮތަށް ވަދެގަތް މީހަކަށް އަހަރެންގެ ހިތްވެސް ހެވެއް ނުވާނެ”ޝޫރާ އޭނާގެ ނިންމުން ބުނުމުން ރަފްގާ ޝޫރާގައިގަ ބައްދާލަމުން ތެންކިޔުއޭ ބުނެލިއެވެ.އޭރުވެސް އެ ދެލޮލުގައި ވަނީ ފަލކްއަށްޓަކައި އިންތިހާ ނަފްރަތެވެ.ރަފްގާގެ މި ނަފްރަތުގެ ސަބަބުން ފަލަކްއަށް ކިތައް އުނދަގުލާ ކުރިމަތިލާންޖެހޭނެބާއެވެ؟

‎ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

އެކުއްޖާ 26

Next

ނުފިލާނޭ މިހިތަކުން… 16

Next
June 21, 2020

ނުފިލާނޭ މިހިތަކުން… 16

Previews
June 21, 2020

އެކުއްޖާ 26

9 Comments!

  1. Afu says:
    June 21, 2020 at 2:23 pm

    Oooooooooohhhhh wowwyyyyyy❤️?❤️?❤️???…. haadha reehchey mi prt sissyyyyy?❤️?❤️?❤️?❤️ …. Siss alhey siss haadha molhey omg ….. Siss … Siss use kurantha hangout or something like that ….. I want to talk u …. N use kuranyyaa can u give ur id plx … Lilly siss eh vx use eh nukurey …. Thts y I’m so sad … Alhe aphxxx siss use kurantha ??? … Plx siss ah dhevehyyaa siss ge id dheeba …. waiting 4 nxt prt!!!! … Avahah up kohlaane kamah uhmeedhu kuranee mi … Alhe kurinvx afu hithah eri ey nikyan n falak ah ekahala accident eh dhimaavaane ey …. Ahahahah … Luv u sissy❤️❤️❤️❤️ …. Stay safe … TC …. Lysssssmmmmmm

    1. aphxxx says:
      June 21, 2020 at 4:07 pm

      Ayeeee afuuu darling glad you like it girrrrrrl…..kaaakah hen hywany falak libeyny? Nikyan or aalim…next part mirey submit kuraanan ingey lwbsss and i dont use hangout sorryyyy❤️❤️Lym stay safe afuuu

  2. aphxxx says:
    June 21, 2020 at 4:17 pm

    Salaaam all readers❤️ Miothy sixth part hurihaa readers ah wes kamudhaane kamah ummeedhu kuran..if you have any thoughts regarding the story’s current track or if you notice any mistakes pls comment and tell me… love you all stay safe?❤️???

    1. Muku says:
      June 21, 2020 at 7:50 pm

      Hama habeys mi part wes ingey❤️❤️curiously waiting for next

    2. Afaa says:
      June 21, 2020 at 7:54 pm

      Next part soon!thankyou muku❤️

  3. Lluvia says:
    June 21, 2020 at 11:38 pm

    Vvvvvvvv Reethi mi part vs.. Thankuu sis.. You have true talent..
    How do you manage your time with studying and writing stories. Sis study kurany grade 10 ga noontha?
    Hope you answer my question… Ly… ?

    1. Afaa says:
      June 22, 2020 at 12:18 am

      Awww thankyou luvia❤️❤️❤️ Yes im grade ten .. aslu wrh waahaka liyaa hih wey ehnwe hama schl in mihaar online koh dhey works awahah nimmaalaafa mikamaa ulheny hehe… Lym❤️

  4. Lluvia says:
    June 21, 2020 at 11:38 pm

    Next part avahah up kohdhehche

    1. Afaa says:
      June 22, 2020 at 12:18 am

      Yes i will submit next part tonight ❤️❤️❤️

Comments are closed.

Next Episodeލޯތްބައްޓަކައި (7ވަނަ ބައި)←


All Right Reserved!