Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބައްޓަކައި (8ވަނަ ބައި)

Afaa Level 310 Stories100 Comments
June 25, 2020 5 Mins Read
23 Comments

‎ބިސްގަނޑެއް އަޅާލަން ތަވަލަށް ބިސް ތަޅާލުމަށްފަހު ގޭގެ ދޮރާ ދިމާލަށް ބަލާލި ޝޫރާއަށް ސިހުން ލިބުނީ ގަބުވެފައި ހުރެ ގެއަށް ވަދެގެން އައި މައުރިފާ ފެނުމުންނެވެ.”މަންމާ…އެއްޗެއް ބާއްވާފަ ދެވުނީ ދޯ”ޝޫރާގެ އަޑުވެސް މައުރިފާއަށް އިވުނު ހެނެއް ހީ އެއްނުވެއެވެ.ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ދޮރުގައި ތަޅުލުމަށް ފަހު ދޮރު ބުޑުގައި މައުރިފާ އިށީނދެލިއެވެ.”މަންމާ ކިހިނެއްވީތަ؟އަޅެ ދޮރު ހުޅުވާލަބަ…”މީގެ ކުރިން މައުރިފާ އެފަދަ ގޮތަކަށް ޢަމަލު ކޮއްފައިނުވާތީ ކޮންމެވެސް ކަމެއް ވެއްޖެ ކަން ޝޫރާއަށް ނަގައިގަނެވުނެވެ.ކިޔާކިޔާވެސް މައުރިފާ ދޮރު ނުހުޅުވުމުން ހަތިޔާރު ބަހައްޓަން ޖެހުނީ ޝޫރާއަށެވެ.ދޮރު ބުޑުގައި އިށީނދެއިން މައުރިފާގެ ލޮލުން ދިއައީ ހުއްޓުމެއް ނެތި ކަރުނަ އަންނަމުންނެވެ.އިރުކޮޅަކު އެތާ އިނުމަށްފަހު މައުރިފާ ގޮސް އަލަމާރި ހުޅުވާލިއެވެ.ތަޅުލާފައި ހުރި ދަމާ ވަތްގަނޑު ހުޅުވާލުމަށްފަހު އޭނާ ނެގީ ވަރަށް ދުވަސްވެފައި ވީ ފޮޓޯ ގަނޑެކެވެ.އެ ފޮޓޯގަނޑުގައި މައުރިފާ ގާތުގައި ހުރީ ދޮން އަންހެނެކެވެ.”ދޮންތާ…”ފޮޓޯގަނޑުގައި ހުރި އަންހެންމީހާގެ މޫނުގައި އަތް ބީއްސާލަމުން މައުރިފާ ދެލޯ މަރާލިއެވެ.އެ ފޮޓޯގަނޑުގައި އެވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތައެވެ.އާއިލާގެ ހަމައެކަނި މެންބަރެވެ.އޭނާގެ ދޮންތަ އެވެ.”އަހަރެންނަށް މާފުކުރޭ ދޮންތާ…އަހަރެން ދޮންތަޔާ ދުރުގަ ހުރީ މިއޮތް ހުރިހާ ދުވަހު…ދޮންތާ ކީއްވެ ތި ދިޔައީ…އަހަރެންނަށް ފެނި ވެސްނުލާ…އަހަރެން ދެކެ ހަމަ އަހާ ރުޅިއައިއްސަތަ ތިހިރީ…”ރޮމުން ރޮމުން މައުރިފާ އެ ފޮޓޯގަނޑާ ވާހަކަދެއްކިއެވެ..

*****************
‎ހިންދިރުވާލަމުން ފަލަކް ގޮސް ބަދިގެ އަށް ވަނެވެ.އޭރު ސަލްމާވެސް ބަދިގޭގައި ހަރަކާތްތެރި ވަމުން ދިއައެވެ.ފަލަކް އައިސް ހުއްޓުމާއެކު ރާއިދާ ފަލަކްއަށް ފުންނަޒަރެއް ދިނެވެ.ލައިގެން ހުރި ދެފަރާތުން ފަޅާފައވާ ކަކުލާ ހަމަޔަށް އަންނަ ހެދުމާއި ދޫ ފުޅާ ހަރުވާޅު އަދި ދޯޕައްޓާ ގެ ސަބަބުން ސާދާކަމަށް ދައްކައެވެ.”ދޭބަލަ ފަލަކްގެ ކޮއްކޮއަށް ގޮވަން ސައިބޯން އަންނަން…އިނގޭދޯ އޭނަގެ ކޮޓަރި ހުންނަތަން”ހަރުކަށި ގޮތަކަށް ރާއިދާ ވާހަކަދެއްކިއެވެ.ބޯ ޖަހާލަމުން ފަލަކް ހިނގައިގަތީ ރާއިދާ އެދުނު ފަދައިން ކަންތައް ކޮއްދިނުމަށެވެ.އޭރު ރާއިދާގެ މޫނުމަތިން ފެންނަން ހުރީ މަކަރުވެރި ހިނިތުންވުމެކެވެ.ސަލްމާވެސް ރާއިދާއަށް ބަލާލީ ދެލޯ ބޮޑުކޮށްލައިގެން ހުރެއެވެ.ހެނދުނު ހެނދުނާ އޭނާއަށް ގޮވުމަށް ރަފްގާވަނީ މަނާ ކޮއްފައެވެ.އަދި އަމުދުން ފަލަކް ރަފްގާއަށް ގޮވަން ގޮއްސިނަމަ ވާނީ ކިހިނެއްބާއެވެ.ސިޑިން އަރައިގެން ގޮސް މޫނުޖެހޭ އެންމެ ފުރަތަމަ ކޮޓަރީގެ ދޮރުމަތީގައި ފަލަކް ހުއްޓލިއެވެ.މުޅިގެ އޭސީ ކޮއްފައިވީ ނަމަވެސް ފަލަކްގެ މޫނުމަތިން ދާތިކި ބަބުޅަން ފެށިއެވެ.ފުން ނޭވާއެއް ދޫ ކޮއްލުމަށްފަހު އޭނާ ރަފްގާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ.ތިން ފަހަރު ޓަކި ޖަހާލުމުންވެސް ހަބަރެއް ނުވުމުން ފަލަކް ދޮރުގެ ތަޅުގައި ހިފައި އަނބުރާލިއެވެ.މުޅި ކޮޓަރި ތެރޭގައި ވަނީ ނިދާ ބޮކީގެ ފަނޑުއަލިކަމެވެ.އޭސީގެ ފިނި ގަދަ ކޮއްލާފައި ހުރުމުން ފަލަކްގެ ގައިން ހީބިހި ނަގައިގެން ދިއައެވެ.އެންދުމަތީގައި އެކަކުވެސް ނެތެވެ.ކޮޓަރީގެ ސޯފާ ހުރި ދިމާލަށް ބަލާލި ފަލަކްއަށް ފާހަނާއާ ދިމާލަށް ބަލާލެވުނީ ފާހަނައިގެ ދޮރު ހުޅުވުނު އަޑަށެވެ.ފާހަނައިން ނިކުތް ރަފްގާއަށް ކޮޓަރީގައި ހުރި ފަލަކް ފެނުމުން އޭނާގެ ދެބުމަ ގޮއްޖެހިގެން ދިއައެވެ.ނަމަވެސް ދެވަނަ ސިކުންތުގައި މޫނު މައްޗައް ދެއްކުންތެރި ކަމުގެ ހިނުތުންވުމެއް ވެރިކުރަމުން ގޮސް ފަލަކްގެ ކުރިމަތީގައި ހުއޓިލިއެވެ.”ސައިބޯން އަންނާށޯ ދައްތަ ބުނީ…”ރަފްގާ އާ ދިމާލަށް ބަލާލަމުން ލުއި ހިނިތުންވުމަކާއި އެކު ފަލަކް ބުންޏެވެ.”އޯ ހިނގާދާން…”ފަލަކްގެ އަތުގައި ހިފާލަމުން ރަފްގާ އެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.ރަފްގާގެ ހަރަކާތްތަކަށް ބަލަން ހުރި ފަލަކްހުރީ ކުޑަކޮށް ހައިރާންވެފައެވެ.އޭނާ ހީކުރީ ރަފްގާ ހުންނާނީ އޭނާ އާމެދު ހިންހަމަ ނުޖެހުފައި ކަމަށެވެ.ނަމަވެސް ރަފްގާގެ ފަރާތުން އެފަދަ އެއްވެސް ޢަމަލެއް ނުފެނުމުން ފަލަކްއަށް ހަމަޖެހުމެއް ލިބުނެވެ.ފަލަކްގެ އަތުގައި ހިފާލައިގެން ހިނިތުންވެގެން ހުރެ ސިޑިން ފައިބަމުން އައި ރަފްގާ ފެނުމުން ރާއިދާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ގޮސް ހައިރާންކަން ފާޅު ވެގެން ދިއައިރު ފާލިހްގެ މޫނުމަތީގައި ދުވެލީ ހިނިތުންވުމެކެވެ.ސައި ބޯން ތިބި އިރުވެސް ރަފްގާގެ ފަރާތުން ރާއިދާ އުންމީދު ކުރި ފަދަ އެއްވެސް ޢަމަލެއް ނުފެނެއެވެ.އެޔާ ހިލާފަށް ރަފްގާގެ ފަރާތުން ފެންނަމުން ދިޔައީ ފަލަކްއާ ދޭތެރޭ ގާތްކަމެވެ.ރަފްގާގެ އެ ގާތް ކަމުގެ ސަބަބުން ފަލަކްގެ ހިތައް ހަމަޖެހުން ލިބިގެން ދިޔައީ ރަފްގާގެ ހިތް އޭނައާ މެދު ސާފޭ ހީކުރެވުމުންނެވެ.ފާލިހް ވެސް އިނީ ހަމަޖެހިލައިގެނެވެ.އޭނާގެ ބޮލުން ބޮޑު ބަރެއް އުފުލުނު ފަދައެވެ.ދުރުގައި މި މަންޒަރު ބަލަން ހުރި ސަލްމާގެ ހިތުގައި ވަނީ ރަފްގާއާ މެދު ޝައްކެވެ.ރަފްގާގެ އެ ހިތްހެޔޮ ކަމުގެ ފަހަތުގައި ކޮންމެވެސް އެހެނެ ނިޔަތެއް ވާކަމަށް ސަލްމާގެ ހިތް ބުނަމުން ދިއައީ އޭނާއަށް ރަފްގާގެ ގޮތް ރަނގަޅަށް އިނގޭތީއެވެ.ޒުވާން އުމުރުއް ސުރެ ފެށިގެން އެގޭގައި މަސައްކަތް ކުރަމުން އައުމުން ރަފްގާގެ މިޒާޖުވަނީ ސަލްމާއަށް ރަނގަޅަށް ދަސްވެފައެވެ.

********************
‎”ނުއްކޯ….ކާކާތަ ވާހަކަދެއްކީ ހެނދުނު ޓެރަސްގަ ހުރެގެން”
‎ސައިބޮއެ ނިންމައިގެން ވާހަކަ ފޮތެއް ހިފައިގެން ސޯފާގައި އިން ނުހާ ފެނުމުން ރޫމާ ގޮސް އޭނާގެ ގާތުގައި އިށީނދެލަމުން އަހާލިއެވެ.”ޖިންނިއަކާ ކަންނޭގެ،ނޫނީ އޭނަގެ ލޯބިވާ ހެރީ ޕޮޓާރ އާ ކަމަށް ވާނީ..”ނުހާ ޖަވާބު ދިނުމުގެ ކުރިން ކޮޓަރިން ނިކުމެގެން އައި ނިކްޔަން ބުނެލިއެވެ.ވާހަކަ ފޮތުން ނަޒަރު ވަކި ކޮއްލަމުން ނުހާ ނިކްޔަންއާ ދިމާލަށް ލޯ އަޅާލިއެވެ.”އެއީ ފަލަކް ދައްތައާ…”ނިކްޔަންއާ ދިމާލަށް ދޫ ނެރެލަމުން ނުހާ ފަލަކްގެ ނަން ބުނުމާއެކީ ނިކްޔަންއަށް ރޫމާގެ މޫނަށް ބަލާލެވުނީ މަންމަ ހިތްހަމަނުޖެހިދާނެ ތީއެވެ.”ފަލަކްއާ ކޮން ވާހަކައެއް ނުއްކޮ ދެއްކީ….”ނުހާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ރޫމާ އަހާލިއެވެ.އޭނާ ބޭނުންވަނީ ފަލަކް އެގެއަށް އައި މަޤްސަދު ދެނެގަންނާށެވެ.”އަމްމް….ފަލަކް ދައްތަގެ ރަށުގެ ވާހަކަ ކިޔައިދިނީ….ނުއްކޮ ވެސް ބޭނުން އައްޑޫ އަށް ދާން…ދައްތަ ބުނި ވަރަށް ރީތިވާނެ ޔޯ….”ހުވަފެނީ ގޮތަކަށް ނުހާ ބުނެލުމާއެކު ނިކްޔަން ހިނިގަނޑެއް ޖަހާލިއެވެ.”ފުރަތަމަ ތި ވާހަކައިގެ ދުނިޔެއިން ނިކުމެވިގެންނު ނުއްކޮއަށް ގެއިން ބޭރަށް ވެސް ދެވޭނީ”ނިކްޔަން ނުހާއަށް ޖެއްސުމަށް ބުނެލުުމުން ތުންކޮޅު ދަމާލަމުން ކައިރީގަ އޮތް ކުޝަން ނަގައި ނުހާ އޭތި ނިކްޔަން އާ ދިމާލަށް އެއްލިއެވެ.ނުހާ ބުނި ވާހަކަތަކާ މެދު ވިސްނަން އިން ރޫމާ އިނީ ފުންހިޔާލަކަށް ގެނބިފައެވެ.

***************
‎އާލިމްއަށް ހޭލެވުނީ 12 ޖަހަން ގާތްވެފައި ވަނިކޮށެވެ.ރޭގައި ލަސްވަންދެން ފިލްމެއް ބަލަން އޮވެވުމުން ވީ ގޮތެވެ.ފެންވަރާލައިގެން ނިކުމެ ކިތަންމެ ބަނޑުހައި ވެފައި ހުރި ނަމަވެސް އެއްގަޑި ބައި ވަންދެން ކޮޓަރިން ނުނިކުމެ އާލިމް މަޑު ކޮއްލީ ލަންޗް ބްރޭކަށް ގެއަށް އައިސް ކައިގެން ހަނީފް އަނބުރާ ޑިއުޓީއަށް ދާނީ އެހާ އިރުން ކަމަށް ވާތީއެވެ.ހަނީފްއާ ކުރިމަތިލާން އޭނާ ބޭނުން ނުވަނީ އޭނާއަށް ހަނީފްއާ ދެކޮޅަށް އެއްޗެއް ނުބުނެ ނުހުރެވޭނެ ތީއެވެ.ހާޖަރާގެ ކުރިމަތީގައި ބޮޑު ކަންތައް ގަނޑެއް ހިންގައިލައި އެކަމާމެދު ހާޖަރާ ފިކުރު ކުރާކަށް އާލިމް ބޭނުމެއް ނޫނެވެ.1:30 ވުމުން އާލިމް ކޮޓަރިން ނިކުތެވެ.”ހޭ ލެވިއްޖެ ދޯ…އާލިމް ގެ އިންތިޒާރުގަ މަންމަ އިންނަތާ ކޮން އިރެއް…އާދެބަލަ މިތާ އިށީނދެލަން”އާލިމް ކޮޓަރިން ނިކުތް ތަން ފެނުމުން ސޯފާގައި އިން ލައިލާ ގޮވާލިއެވެ.ލައިގެން ހުރި އަތްކުރު ޓީޝާރޓު ކޮޅާ ކުރު ސޯޓުގެ ސަބަބުން ލައިލާގެ ވަނާތައް ހުރީ ހާމައަށެވެ.ވީ ފޫއސާއެކު ވަގުތުން އާލިމް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮއްލީ އެ ގޮތެއް ފޮތެއް ނެތް އަންހެނާއާއި ދިމާލަށް ބަލަން ބޭނުން ނުވުމުންނެވެ.ލަދުގެ ކަންފުޅެއްވެސް ނެތީބާއޭ އާލިމްގެ ހިތައް އެރިއެވެ.”ކަލޭ އަހަންނާ ދައްކަންޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ….އަދި ބުނަން ދުވަހަކު ވެސް އަހަރެންގެ މަންމައާ އަމިއްލަ މީހާ އެއްފަދަ ނުކުރާތި…ތި ކަހަލަ މުޑުދާރު މީހަކާ އަހަރެންގެ މަންމަޔާ އަޅާވެސް ނުކިޔޭނެ…”ވާހަކަ ދައްކަމުން ދިޔަ އިރު އާލިމްގެ ރުޅި ގަދަވަމުން ދިއައީ ލައިލާގެ މޫނުމަތީގައިވީ މަކަރު ވެރިކަމުގެ ހިނިތުންވުމުގެ ސަބަބުންނެވެ.ހާޖަރާވެސް އެވަގުތު ކޮޓަރިން ނިކުތީ މާ އަޑުގަދަވުންނެވެ.”ހައްހައްހާ….އަހަރެންނާ ދިމާލަށް މުޑުދާރޭ ކިޔާއިރު އުލްފާއެއީ މާ މާތް މީހެއްތަ؟ދުނިޔެމަތީ އުޅުނު ބޮޑު މޮޔައެއް”ނުލަފާ ހިނިގަނޑަކާއެކު ލައިލާ ބުނި ޖުމްލައިން އާލިމްގެ ރުޅިގަނޑު އިހުނަށް ވުރެން ގަދަވެ ކަތުރުކަށިގަނޑަށް ވާންވެ ދެއަތް މުއްކެވިގެން ދިއައެވެ.ލައިލާއާއި ދިމާލަށް ހިނގައިގަތް އާލިމްގެ ގައިގަ ހާޖަރާއަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ.ނޫންނަމަ އާލިމްގެ އަތުންފައިން ބޮޑު ގޯހެއް ހެދުނީހެވެ.ލައިލާގެ މޫނުމަތިންވެސް ބިރުވެރިކަން ފާޅުވާން ހުރި ނަމަވެސް އޭނާގެ އެ ނުތަނަވަސްކަން ވަންހަނާ ވެފައިވަނީ މަކަރުވެރި ހިނިތުންވުމެއްގެ ފަހަތުގައެވެ.ސޯފާއިން ތެދުވެ އާލިމްއާ ދިމާލަށް ހީލަތްތެރި ގޮތަކަށް ބަލާލުމަށްފަހު ލައިާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.”އާލް ރުޅިމަޑުކުރޭ….އޭނަ އެހެން ކިޔަނީވެސް ހަމަ އާލް އަތުންފައިން ގޯހެއް ހަދާތޯ…އެކަން އާލްއަށް އިނގެއެއްނު”…އާލިމްގެ އަތުގައި ހިފައި ސޯފައިގަ ބައިންދަމުން މަޑުމައިތިރި ކަމާއެކު ހާޖަރާ ވާހަކަ ދެއްކިއެވެ.ދެލޯ މަރާލަމުން ރުޅިގަނޑު މަތަ ކުރަން އާލިމް ވެސް މަސައްކަތް ކުރިއެވެ.

**************
‎ދުވަސްތައް ފާއިތު ވަމުން ގޮސް އެ ހަފްތާ ނިމި އަނެއް ހަފްތާ ފެށެން ގާތްވެއްޖެއެވެ.ވޭތުވި ދެތިން ދުވަހު ރަފްގާގެ ފަރާތުން ފަލަކްއަށް ފެންނަމުން ދިޔައީ އެކުވެރިކަމާއި ހިތްހެޔޮކަމެވެ.މާގިނައިން ވާހަކަ ނުދެއކިޔަސް ރުޅިވެރިކަމެއް ރަފްގާ ފަލަކް އަކަށް ނުދައްކައެވެ.ހިތުތެރޭގައި ވީ ނަފްރަތު ވަންހަނާ ކޮއްލައިގެން ހުރީއެވެ.ރަފްގާގެ އެންމެ ގާތް އެކުވެރިޔާ ޝޫރާވެސް ރަފްގާ ފަލަކްއަށް ތަޢާރަފު ކޮއްދިނެވެ.ޝޫރާގެ ފަރާތުންވެސް ފެނުނު ގާތް ކަމުގެ ސަބަބުން ހިތްހަމަޖައްސާލައިގެން ހުރި ފަލަކްއަށް ނުވިސްނުނު ކަމަކީ އޭނާއަށް ފެންނަމުން ދިޔައީ ހުސް ދެއްކުންތެރިކަން ކަމުގައެވެ.ނިކްޔަންއާ ވެސް ގޭތެރެއިން ދެތިން ފަހަރަކު ބައްދަލުވީ ނަމަވެސް ފަލަކް ހިނިތުންވުމެއް ހަދިޔާކޮއްލުން ފިޔަވާ އެހެން ގާތް ކަމެއް ނިކްޔަންއަކާ ނުބާއްވައެވެ.ރާއިދާއަށް ރަފްގާގެ އުޅުމާމެދު ޝައްކު ކުރެވުނު ނަމަވެސް އެއްޗެކޭ ނުބުނެ ހުރީ ރަފްގާ އަމިއްލައަށް އައިސް އެއްޗެއް ކިޔާދޭ ތޯއެވެ.ރަފްގާގެ ފަރާތުން ނޭދެވޭ އެއްވެސް ޢަމަލެއް ނުފެއްނާތީ ފާލިހްވެސް ހުންނަނީ ހިތްހަމޖެހިފައެވެ.ރޫމާ ދިޔައީ ފަލަކްގެ އުޅުން ގާތުން ބަލަމުންނެވެ.އެ ތިން ވަރަކަށް ދުވަސް ތެރޭ ނުހާ ފަލަކް އާއެކު ގިނަ ވަގުތު ހޭދަކުރިއެވެ.މި މަންޒަރު ޝޫރާއަށް ފެންނަ ކޮންމެ ފަހަރަކު ހަސަދައިގެ ރާޅެއް އޭނާގެ ހިތުގައި ދައުރުވެއެވެ.އާލިމްގެ ދިރިއުޅުމުގައި އެ ދެތިން ދުވަހު ލައިލާގެ ފަރާތުން އުނދަގޫތައް ދިމާވިނަމަވެސް ކެތްކޮއްލައިގެން އާލިމް ހުންނަނީއެވެ.ނަމަވެސް ރައްދެއް ނުދީ ގިނަފަހަރު އޭނާއަށް ނުހުރެވެއެވެ.
‎ސުކޫލަށް ދާން ލޯގަނޑު ކުރިމަތީތައްޔާރުވާން ހުރި ފަލަކްގެ މޫނުމަތީގައި ހިނިތުންވުމެއް ނެތް ނަމަވެސް އެދެލޮލުގައި ވިދުމެއްވިއެވެ.މިދުވަސް ދެކެން އޭނާގެ މަންމަ ދުނިޭގައި ހުރި ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ.ލޮލުން ނީރާލި ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން ފަހު ފަހަރަށް ފަލަކް ލޯގަނޑުން އަމިއްލަ ސޫރަޔާ ދިމާލަށް ބަލާލިއެވެ.ވިލާ އިންޓާރ ނޭޝަނަލް ހައި ސްކޫލްގެ ޔުނީ ފޯރމުގައި އޭނާ ހުރި އިރު އެ ދިގު އިސްތަށިގަނޑު ވަނީ މަތިން ފަށައިގެން ތިރިއަށް ގަތާލެވިފައެވެ.މޫނުގައި ޖަހާލެވިފައި ފުއްކޮޅު ފިޔަވާ އިތުރު މޭކް އަޕްއެއް ކޮއްފައި ނުވީނަމަވެސް އެ މޫނުމަތިން ފެންނަނީ ތާޒާކަމާއި އާރޯކަމެވެ.ސޯފާ މަތީގައި އޮތް ލެދަރ ކަޅުކުލައިގެ ކުޑަ ދަބަސް ހިފައިގެން ފަލަކް ކޮޓަރިން ނިކުތް އިރު ރަފްގާވެސް ކޮޓަރިން ނިކުންނަނީއެވެ.ދެކުދިން އެކީ ތިރިޔަށް ފައިބައިގެން ދިޔައިރު އެދެމެދުގަ އެއްވެސް ވާހަކައެއް ނުދެކެވެއެވެ.ފަލަކް ދާނީ އޭނާއާއި އެއް ސުކޫލަކަށް ކަން އިނގުމުން ރަފްގާ ކިތަންމެ ރުޅިއައި ނަމަވެސް އެކަން ހިންދާލައިގެން ހުރީ ބައްޕަގެ ކުރިމަތީގައި ރަނގަޅު ދަރިއަކަށް ވުމުގެ ގޮތުންނެވެ.އަދި އޭނާ ޢަޒުމް ކަމޑައެޅީ އޭނާގެ ދިރިއުޅުމުގެ ކޮންމެ އެއްޗަކުން ފަލަކް އެނަގާ ހިއްސާގެ ބަދަލު ފަލަކްގެ ކިބައިން ހިފުމަށެވެ.ސައިބޮއެގެން ރަފްގާއާއި ފަލަކް ތިރިއަށް ފޭބިއިރު ނިކްޔަންވެސް ތައްޔާރުވެގެން ފައިބާ ހުއްޓެވެ.މަޑު ނޫކުލައިގެ ގަމީހާއި ކަޅުކުލައިގެ ފަޓުލޫނުގައި ނިކްޔަން ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ.އިސްތަށިގަނޑު މައްޗައް ހިއްލާލެވިފައި ވީއިރު މޫނުމަތީގައި ވަނީ އަބަދުވެސް ހުންނަ ހިތްކަތިލާ ފަދަ ހިނިތުންވުމެވެ.”ވޯ ތުއްތު ހާދަ ހޭންޑްސަމްއޭ ދޯ”ގޭޓުން ބޭރަށް ނިކުންނަމުން ރަފްގާ ނިކްޔަންއާ ވާހަކަދެއްކިއެވެ.އޭރު ފަލަކްގެ ނަޒަރު އޭނާގެ އަތުގައި އޮތް ފޯނަށް ހުއްޓިފައި ވީނަމަވެސް ނިކްޔަންގެ ނަޒަރު ހުއްޓިފައިވަނީ ފަލަކްއާ ދިމާލަށެވެ.ރަފްގާ ވާހަކަދެއްކުމުން ސިހިފަ ކަހަލަ ގޮތަކަށް ރަފްގާއާ ދިމާލަށް ބަލާލަމުން ފޮނި ގޮތަކަށް ތެންކިޔުއޭ ނިކްޔަން ބުނެލިއެވެ.ކާރުގެ ފަހަތު ސީޓަށް ރަފްގާއާއި ފަލަކް އެރި އިރު ނިކްޔަން އެރީ ކުރިޔަށެވެ.ކުރީ ސީޓުގައި އިން ލޯގަނޑުކޮޅުން ނިކްޔަން ދިޔައީ ފަލަކްގެ ހަރަކާތްތަކަށް ބަލަމުންނެވެ.ފަލަކްގެ މައުސޫމުކަން އޭނާގެ ހިތާ ކުޅެލައިފިއެވެ.ކާރު ގޮސް ވިލާ އިންޓާރނޭޝަނަލް ހައި ސްކޫލުގެ ދޮރު މަތީ މަޑު ކޮއްލުމާއެކު ފުންނޭވާއެއް ދޫކޮއްލަމުން ކާރުން ފޭބިއިރުގައިވެސް ފަލަކްގެ ދެއަތް ފިނިވާންފަށައިފިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

މަޢާފްކުރާށެވެ.

Next

އީޝަލް (15ވަނަ ބައި)

Next
June 25, 2020

އީޝަލް (15ވަނަ ބައި)

Previews
June 25, 2020

މަޢާފްކުރާށެވެ.

23 Comments!

  1. Afu says:
    June 25, 2020 at 9:17 am

    Waoh woah mi prt vx hama varah obi igey ?????….. Alhe rifga haadha gohey …. Oooohh btw nihaa haadha majaley dhww hary poter ahhahaha ???? …. Whn nxt ???…. Hope avahah up kohlaane kamah ….. Waiting ……….. Siss haadha molhey Masha Allah u n lilly aaa hama ehvana igey ???? …. Stay safe
    Lysssssmmmmmm ?????????

    1. aphxxx says:
      June 25, 2020 at 2:00 pm

      Its rafgaa and nuhaa darling afuuuu❤️❤️❤️❤️Thankyouu lwbsss next part wrh awahah submit kuraanan ingey stay safe darling and now you can contact me through hangout
      [email protected]

    2. Afu says:
      June 25, 2020 at 8:37 pm

      Oooooooooohhhhh typing mistakes?????? ….. Ahahahah …. Ohhh wc ….. Oooooooooohhhhh siss haadha ragalhey ??????…. Thnkyw thank so much❤️❤️❤️❤️

    3. Afaa says:
      June 26, 2020 at 12:53 am

      Anytymmm?❤️

  2. Yeoja says:
    June 25, 2020 at 9:20 am

    Waoh woah mi prt vx hama varah obi igey ?????….. Alhe rifga haadha gohey …. Oooohh btw nihaa haadha majaley dhww hary poter ahhahaha ???? …. Whn nxt ???…. Hope avahah up kohlaane kamah ….. Waiting ……….. Siss afu jeheema publish nuvathee yeoja jehee igey …. Siss haadha molhey Masha Allah u n lilly aaa hama ehvana igey ???? …. Stay safe
    Lysssssmmmmmm ?????????

    1. Afu says:
      June 25, 2020 at 9:23 am

      Alhey publish vehjje dhwww ahahahhahahaha ????????

    2. Afaa says:
      June 25, 2020 at 2:04 pm

      Ahahha ewaru kameh wedhaane??

  3. Livy says:
    June 25, 2020 at 11:02 am

    Varah Varah reethi ❣️❣️❣️ maa sha Allah ?? curiously waiting waiting for the next part ?✨

    1. aphxxx says:
      June 25, 2020 at 2:02 pm

      Thankyou livy darling❤️❤️❤️Next part sooon✨✨✨?

  4. Nasma says:
    June 25, 2020 at 11:43 am

    Shoora and falak is cousin dhw!

    1. aphxxx says:
      July 20, 2020 at 8:38 pm

      Yesss haha

  5. Kinz Sha says:
    June 25, 2020 at 12:06 pm

    Masha Allah , mei part ves varah reethi ❤️? can’t wait 4 the next part …. Keep it up ….

  6. Kinz Sha says:
    June 25, 2020 at 2:17 pm

    Masha Allah , mei part ves varah furihama ❤️ …. Varah reethi ❤️ love it …. Keep it up ❤️ can’t wait 4 the next part ….

    1. aphxxx says:
      July 20, 2020 at 8:39 pm

      Thankyou

  7. ?Ril? says:
    June 25, 2020 at 3:45 pm

    Mi part ves varah sali sis. Masha Allah…….. when next lysm……

    1. aphxxx says:
      June 25, 2020 at 6:12 pm

      I will submit next part tonight ✨? thankyou ril darling❤️❤️❤️

  8. Kinz Sha says:
    June 25, 2020 at 8:12 pm

    Masha Allah , mei part ves varah furihama , varah reethi ❤️❤️❤️ keep it up …. Waiting 4 the next part ….

  9. Lluvia says:
    June 26, 2020 at 12:01 pm

    Woww mi part vs vvv reethi ingey drln..
    I’m very impressed.. Lysm

    1. aphxxx says:
      July 20, 2020 at 8:39 pm

      Thankyou

  10. heartbroken says:
    June 27, 2020 at 12:22 am

    i misss u ?

    1. Afaa says:
      June 27, 2020 at 12:25 am

      Alhe whoo ogre??

  11. heartbroken says:
    June 27, 2020 at 12:38 am

    its mee heart broken
    *thumaari behen kee maa kee aaak
    #gohodo?‍♀️?‍♀️?

    1. aphxxx says:
      June 27, 2020 at 4:16 am

      Ayee muje lagaa koi oar hei?you lilly panda gohodoyaahooo?❤️

Comments are closed.

Next Episodeލޯތްބައްޓަކައި(9ވަނަ ބައި)←


All Right Reserved!