ލޯތްބައްޓަކައި (5ވަނަ ބައި)
ހެނދުނު ހެނދުނާ ހޭލައިގެން ރާއިދާ ހޭފޭނާރާ އުޅުނީ ރޭގައި އޭނާގެ ފިރިމީހާ ގުޅާފައި މެންދުރު އަންނާނެ ވާހަކަ ބުނުމުން ރަނގަޅު ކާ އެއްޗެއް ތައްޔާރު ކޮށްލުމަށެވެ.އަދި މެހެމާނަކުވެސް އަންނާނެ ވާހަކަ ބުނުމުން ނޯކަރުންނަށް ކޮޓަރި އެއް ތައްޔާރު ކުރަން ވެސް ހަވާލުކުރުމަށް ފަހު ފެންވަރާލައިގެން ރާއިދާއަށް ހަމަޖެހި ލެވުނުއިރު މެންދުރު ނަމާދުގެ ބަންގި ގޮވައިފިއެވެ.ނަމާދު ކޮށްލައިގެން ރާއިދާ ސިޓިން ރޫމަށް ނިކުތް އިރު ރަފްގާ ހޭލައިގެން ތިރިއަށް ފައިބަނީއެވެ.އެހާ ލަސް ވަންދެން ނިދަން ނޯންނަން އޭނައަށް ރަފްގާ ގާތު ބުނެވުނު އަދަދެއްވެސް ނޭނގެއެވެ.ޗުއްޓީއެއް ކަމަކު ރޭގަނޑު ހަތަރު ދަމު ނުނިދާ ދުވާލު އެހާ ގިނަ އިރު ނިދުމަކީ ރަނގަޅު އާދައެއް ނޫނޭ ބުނެ ކިތަންމެ ވަރަކަށް ވިސްނައިދިނަސް ރަފްގާ އެވާހަކަ ތައް ޤަބޫލެއް ނުކުރެއެވެެ.”ރަފް މަންމަ ބުނީމެންނު އަވަހަށް ހޭލަން ވާނޭ”ސިޑިން ފައިބައިގެން އައިސް ފޯނާ ކުޅެމުން ރަފްގާ ކާ މޭޒުގެ ގޮނޑިއެއްގއި އިށީނދެލިއެވެ.”މޯމް ކޯޗެއްތަ ކާން ހުރީ”ރާއިދާ ބުނި އެއްޗެއް އަޑު އިވުނު ކަމަށްވެސް ރަފްގާ ނުހެދިއެވެ.ހިތުގައިޖެހުނު ނަމަވެސް އެކަން ނުދައްކައި ރާއިދާ ރަފްގާއާއި ވާހަކަ ދެއްކިއެވެ.”ޑޭޑް ބުނި އެކެއް ޖަހާ ހާއިރުއަންނާނަމޭ.ޑޭޑް އާއެކުގަ ދޯ ދަރިފުޅު ކާނީ އެހެންވީމަ.ޑޭޑް ބުނި އަދި ވަރަށް ހާއްސަ މެހެމާނަކު ވެސް އަންނަ ވާހަކަ.”ރާއިދާ ބުނެލި ޖުމްލަ އާއެކު ރަފްގާގެ މޫނުމަތި އުޖާލާ ވެގެން ދިއައެވެ.ފޯނުން ނަޒަރު ވަކި ކޮއްލަމުނ ދެލޯ ބޮޑު ކޮއްލައިގެން ހުރެ ރާއިދާ އަށް ބަލާލަމުން ހަމަ އަސްލުގަ ވެސްހޭ އޭނާ އަހާލި ގޮތުންވެސް އޭނަ އުފާވެފައި ހުރި މިންވަރު ހާމަވިއެވެ.ދަރިފުޅުގެ މޫނުމަތިން ފެނުނު ހިނިތުންވުމާއި އުފާވެރި ކަމުގެ ސަބަބުން ރާއިދާ އަށް ވެސް ހިނިތުންވެވުނެވެ.
……………………………
ފްލައިޓަށް އެރީއްސުރެ ބޯ އަނބުރާފައި ހުރި ފަލަކް އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެއްގަޑީރުގެ ދަތުރަކަށްފަހު ފްލައިޓް މާލޭގެ ރަންވޭގައި ޖެއްސުމުންނެވެ.”ދަރިފުޅު އަލައްތަ ފްލައިޓުން ތި ދަތުރުކުރީ”ފަލަކް ގެ ހަރަކާތްތަކަށް ބަލަންއިން ފާލިހް އަހާލިއެވެ.ލައްބައޭ ބުނެ ހިނިތުންވެލަމުން ފަލަކްވެސް ބޯ ޖަހާލިއެވެ.ފޮށިތައް ހިފައިގެން އެރައިވަލްސް ގޭޓުން ނިކުމެވުމާއި އެކީ ފަލަކްގެ ނަޒަރު ވަށައިގެން ފެންނަމުން ދިޔަ ހަލަބޮލި މާހައުލަށް ދަތުރު ކުރިއެވެ.އެތައް ބައިވަރު މީހުނެއް އެއަރޕޯޓު ތެރޭގައި ހަރަކާތްތެރި ވަމުން ދިޔައިރު މުޅިތަން ވަނީ ހަލަބޮލި ވެފައެވެ.ފުރާ މީހުނާއި ފުރުވާން އައިއްސަ ތިބި މީހުނެވެ.އަދި ދަތުރެއްކޮށް މަންޒިލަށް އާދެވުމުން ހަމަޖެހިލައިފައި ތިބި ދަތުރުވެރިންނެވެ.ފާލިހް އާއެއްކޮން ފަލަކް ގޮސް އެއަރޕޯޓް އިން ނިކުތް އިރު އެމީހުންބަލައި ކަޅުކުލައިގެ ޕްރައިވެޓް ކާރެއް އައިސް އޮތެވެ.ކާރުކައިރީގައި ހުރި ޑްރައިވަރު އަދަބުވެރި ކަމާއިއެކު ފާލިހް އާއި ސަލާމް ކޮށްލުމަށްފަހު ފޮށިތައް ޑިކީ އަށް ލުމުން ފަލަކް ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހި ލިއެވެ.ފާލިހް ކުރީ ސީޓަށް އެރުމުން ޑްރައިވަރު ކާރު ދުއްވާލިއެވެ.ބްރިޖް މަތިން ދުއްވަމުން ދިޔަ އިރު ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިން ފަލަކް ގެ ނަޒަރު ހުއްޓިފައިވަނީ މާސިންގާ ކަނޑަށާއި މާލޭގެ އިމާރާތްތަކަށެވެ.އެއްވެސް ތަރުތީބެއް ނެތި ހުރި އިމާރާތްތައް ފެނުމުން ވެސް ފަލަކް މާލެ މަތިން ފޫހިވިއެވެ.ރަށުގެ ހިތްފަސޭހަ ޤުދުރަތީ މާހައުލު އޭނާއަށްް ހާސްބައި ރަނގަޅެވެ.ކާރުގޮސް މާލޭގެ މަގުތަކަށް ލަނބާލުމުން ފަލަކް ނުތަނަވަސް ވާން ފެށިއެވެ.އޭނާ ގޮސް އުޅެންޖެހޭނީ ކޮންކަހަލަ ބައެއްގެ ތެރޭގައިބާއެވެ.ކާރު ގޮސް މަޑުކޮށްލީ ހަތަރު ބުރީގެ ބޮޑު ގެއެއްގެ ކުރިމަތީގައެވެ.ގެއަށް ވަންނަން ބޮޑު ގޭޓެއް ހުރިއިރު ގޭޓުގެ އެތެރޭގައި ބައިވަރު ކާރުތަކެއް ޕާރކު ކޮއްފައި ހުއްޓެވެ.އެ ޒަމާނީ ކާރުތައް ފެނިފައިވެސް އެގޭގައި ދިރިއުޅޭ މީހުންގެ ހައިބަތު އެނގިގެން ދެއެވެ.
………………………..
ހޭލައިގެން ކޮޓަރިން ބޭރަން ނިކުތް ނިކްޔަން ގެ ނޭފަތުގައި ފުރަތަމަ ވެސް ޖެހުނީ ބަނބުކެޔޮ ބޮނޑިބަތުގެ މީރުވހެވެ.ލަސް ނުކޮށް އޭނާ ގޮސް ބަދިގެއަށް ވައިން އިރު ރޫމާގެ އިތުރުން ދެ ނޯކަރުންވެސް ބަދިގޭގައި ހަރަކާތްތެރިި ވަމުން ދިއައެވެ.”މަންމާ ހާދަ ވަސްގަނޑު ރަނގަޅޭ ދޯ ކާކުތަ ވިހައިގެން އުޅެނީ”ނިކްޔަން އޭނާގެ އަބަދުމެ ހުންނަ ސަމާސާ ގޮތް ގަނޑުގައި ބުނެލިއެވެ.”މަންމަ އެއްނު މިއުޅެނީ އަނެއްކާ ނިކް ވިހައިގެން ދުވަހަކު ބޮޑެއް ވަނީކީ ނޫންވިއްޔަ”އުނދުނުގެ އަލިފާން މަޑު ކޮށްލަމުން ކައިރީގައި ހުރި ނިކްޔަންގެ ކަންފަތުގައި ހިފާލަމުން ރޫމާ ބުންޏެވެ.”އައުޗް މަދަރ އިންޑިއާ… މަންމަ އެހެންޔާ ބޮނޑިބަތް ކައްކަނީ މީހަކު ވިހީމަވިއްޔަ.އަހަރެން ހީކުރީ ގޯރީ ވިހީކަމަށޭ”ރޫމާގެއަތް އޭނާގެ ކަންފަތުން ނައްޓާލަމުން ސިންކުކައިރީ ހުރި ގޯރީއަށް އެއްލޯ މަރާލަމުން ނިކްޔަން އެހެން ބުނެލުމުން ރޫމާ އަށާއި ޖިނާއަށް ހެވުން އިރު ގޯރީ ހުރީ ދެލޯ ބޮޑު ކޮއްލައިގެނެވެ.ގޯރީ އާއި ޖިނާ އަކީ އެގޭ މަސައްކަތް ކުރަން ގެންގުޅޭ ދެ އިންޑިއާގެ ރައްޔިތުންނެވެ.”ހޫން ދެން އެފަކީރާ ދިމާނުކޮށް ގޮސް ތި ދަތް އުނގުޅާ ފެންވަރައިގެން އާދެބަލަ.މަންމަ އަންނާނަން ތިރީބަޔަށް ގޮސް ރަފްއަށް ބޮނޑިބަތް ކޮޅެއްދީފަ”ތައްޓަކަށް ބޮނޑިބަތް ކޮޅެއް އަޅައިގެން ބަދިގެއިން ނިކުންނަމުން ނިކްޔަންގެ އަތުގައި ހިފާ އެތަނުން ރޫމާ އޭނަ ނެރުނީ އެނޫނީ އެތައް އިރެއް ވަންދެން ޖިނާ މެންނާއަނގަތަޅަން ނިކްޔަން އެތާ ހުރެފާނެ ތީއެވެ.”މަންމައަށް ކިހިނެއްތަ އަބަދު އިނގެނީ ދޮންބެ ދަތްނޫގުޅާ ކަމެއް.ކުނިކަމުން ދޯ”ސޯފާގައި ޓީވީ ބަލަން އިން ނުހާ އެހެން ބުނުމާއެކު ނިކްޔަން ނުހާ ފަހާ ދުއްވައިގަތެވެ.ނުހާ ވެސް ނިކްޔަން އަށް އަތުނުވަން ވެެގެން ދުއްވައިގަތުމުން އެ ދެކުދިން އުޅޭ ގޮތް ބަލަން ހުރުމަށްފަހު ހެމުން ހެމުން ރޫމާ ރާއިދާމެންގެ ބަޔައްދާން އަވަަސް ވެގަތެވެ.”ދޮންތާ ކޯޗެއް ހިފައިގެން”ވަދެގެން އައި ރޫމާ އަތުގައި އޮތް ތަށިބަރި ފެނުމުން ރަފްގާ އަހާލީ ރޫމާ އަބަދުވެސް އޭނާއަށް ކަމުދާ އެއްޗެހި ހަދައިފި ނަމަ އެ ގޮތައް ގެނެސް ދޭތީއެވެ.”އާދެބަލަ ބަދިގެޔައް ދައްކާލާނަން”ރޫމާ ބަދިގެ އާދިމާލަށް ހިނގައިގަތުމުން ރަފްގާވެސް އޭނާގެ ފަހަތުން ބަދިގެއަށް ދިއައެވެ.ކޮޓަރިން ނިކުތް ރާއިދާ ބަދިގެ އާ ދިމާލަށް އެޅި ފިޔަވަޅު ހުއްޓާލީ ގޭ ދޮރުގައި ބެލްޖަހާލި އަޑަށެވެ.ފުޅާ ހިނިތުންވުމަކާއެކު ދޮރު ހުޅުވާލި ރާއިދާގެ ހިނިތުންވުން ފަނޑުވެގެން ދިއައީ އޭނާގެ ފިރިމީހާޔާ ދާދި ގީތުގައި ހުއްޓިގެން ހުރި އަންހެންކުއްޖާ ފެނުމުންނެވެ.
……………………….
މައުރިފާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ އަތުގައި އޮތް ފޮޓޯ ގަނޑަށެވެ.އެއީ ޝޫރާގެ ކުޑައިރުގެ ފޮޓޯއެކެވެ.މިހާރު އެ ދަރިފުޅުއެވަނީ ފުރާވަރަށް އަރައިފައެވެ.ދިރިއުޅުމުގެ. އެންމެ ނާޒުކު ފައްތަރަކީ ފުރާވަރު ކަމުގައިވީއިރު އެ ދަރިފުޅު ކަތި ފިޔަވަޅެއް އަޅާކަށް އޭނާ ބޭނުމެއްނޫނެވެ.”މަންމާ ހާދަ ވަރަކަށް އަހަރެންގެ ކުޑައިރުގެ ފޮޓޯޔަށް ތިބަލަނީ.”ކައި ނިމިގެން އަތްފޮހެމުންއައިސް ޝޫރާ މައުރިފާގާތުގައި އިށީނެވެ.”ކައި ނިމުނީތަ؟ރަފްމެންގެއަކަށް ނުދަންތަ؟”ކަރުނަތައް ފޮރުވަން މަސައްކަތް ކުރަމުން މައުރިފާ އެއްފަހަރާ ހުރިހާ ސުވާލެއް އަމުނާލިއެވެ.”ނޫން އަދި ހަވީރުވެސް ނުވެ އެއްނު.ހަވީރު ދާނީ”މައުރިފާއަށް އެކަންކާމިޔާބުވެސް ވިއެވެ.
……………………
”މަންމާ އަދިވެސް އޭނަ ނުހޭލަނީތަ”
މެންދުރުގެ ކެއުމަށް އިންސާފުކުރަން މޭޒު ދަށުގައި އިށީނދެއިން ހަނީފް އަހާލީ އާލިމް ފެންނަން ނެތުމުންނެވެ.”ނޫން ހޭލާ އުޅެނީ ހަނީފް އަށް އެނގޭނެ ތިހެން އަހާއިރުވެސް ހަނީފްއާ އެއްމޭޒަކުން އެސޮރު ނުކާނެކަން”އިސް ޖަހާލައިގެން އިނދެ ހާޖަރާ ބުނެލި އިރުވެސް އޭނާގެ އަޑުގައި ވަނީ މާޔޫސް ކަމެވެ.”ތީގެންވެސް އެނގެނީ ހަނީފްއަށް އާލިމް އިހްތިރާމު ނުކުރާކަން.ކޮން ހެއްކެއް އޮވެގެންތަ އޭނަ އެ އެކްސިޑެންޓްގެ ޒިންމާ ހަނީފްގެ ބޮލުގަ އަޅުވަނީ.”ހަނީފް އާއި ޖެހިގެން އިން ގޮނޑީގައި އިން އޭނާގެ މިހާރުގެ އަނބިމީހާ ލައިލާ ބުނެލި އިރުވެސް އޭނާ އިނީ މޫނު ކުނިކޮއްގެނެވެ.ދޮން ހަންގަނޑެއް ލިބިފައިވާއިރު ލައިލާ އަކީ ފިރެހެނުންގެ ހިތް ލަންބުވާލާ ފަދަ ރީތިކަމެއް ލިބިފައިވާ އަންހެނެކެވެ.”ލައިލާ ކިތައްފަހަރު އަހަރެން ބުނަނީ ތި ވާހަކަ ނުދައްކާށޭ”ހިތްހަމްނުޖެހިފައި ހުރެ ހާޖަރާ އެހެން ބުނެލުމާއެކީ އިން ގޮނޑިން ލައިލާ ތެދުވިއެވެ.”އެންމެނައްވެސް ގޯސް ވާނީ އަހަރެން އެއްޗެކޭ ބުނީމަ އެކަކުވެސް އާލިމް އުޅޭ ގޮތް ރަނގަޅު ކުރާކައް ނޫޅޭނެ.”ކައި ނުވެސް ނިމެނީސް ލައިލާ ގޮސް ކޮޓަރިއަށްވަނީ މޫނު ހަދައިގެން ހުރެއެވެ.”މަންމާ ތީ ކޮންކަމެއް ލައި އެ ބުނީކީވެސް ދޮގު ވާހަކައެއް ނޫން އާލިމް މިގޭގަ އުޅެން ބޭނުމިއްޔާ ޖެހޭނީ އެ އުޅުން ބަދަލުކުރަން.މަންމަވެސް ދެން ލައިލާ އާ ދިމާލަށް އެއްޗެކޭ ބުނެގެން ނުވާނެ.”އޭނާގެ އެންމެ ފަހު ނިންމުން އަޑު އިއްވާލައިފައި ގެއިން ނިކުމެގެން ހަނީފް ދިއައިރު ހާޖަރާ އަށް ރަނގަޅަށް ރޮވިއްޖެއެވެ.ހުރި ހަމައެކަނި ދަރި އޭނާ އާ އެފަދަ ގޮތަކަށް ވާހަކަދައްކައިފާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހީއެއްނުކުރެއެވެ.މީގެ ކުރިން ހަނީފްއަކީ ހާޖަރާގެ ކުރިމަތީގައި އުފް އޭ ވެސް ބުނެލި މީހެއްނޫނެވެ.ހަނީފްއަށް އެއައި ބަދަލުގެ ފަހަތުގައިވަނީ ލައިލާކަން ހާޖަރާއަށް ރަނގަޅަށް އިނގެއެވެ.ހަނީފްގެ އުފާވެރި ދިރިއުޅުމަށް ވިހަލައި އެ އާއިލާގެ ހަމަޖެހުން ނަގާލީ ހަމަ އެ ވިހަގަދަ ހަރުފައެވެ.
……………………………..
”މޯމް ކާކުތަ”
ރޫމާ އާއެކު ބަދިގެ އިން ނިކުންނަމުން ރަފްގާ ގޮވާލިއެވެ.”ފާލިހް ތީ ކޮންކުއްޖެއް؟”ފަލަކް އަށް އިޝާރާތް ކުރަމުން ރާއިދާ އަހާލީ ފާލިހް ގެ ފަރާތުން އޭނާގެ ހިތުގައި އޮތް ޖަވާބު ނުލިބޭތޯ ދުޢާ ކުރަމުންނެވެ.”ޑޭޑް މީތަ ބުނި ސްޕެޝިއަލް ގެސްޓްއަކީ؟”ދުރުގައި ހުރި ރަފްގާ ފާލިހްއާ ޑޭޑް އޭ ކިޔާ މުހާތަބު ކުރުމުން ފަލަކް ބަލާލީ ފާލިހްގެ މޫނަށެވެ.ބައްޕަގެ އެހެން އާއިލާއެއެވެސް ހުންނަނީ ތާއެވެ.އޭނާއާއި މަންމަ ބައްޕައަށް މުހިންމުނުވީ މިހެންވެތާއެވެ.އެ ހުރިހާ ސުވާލުތަކަކަށް ތައްޔާރަށް ހުރިފަަދައިން ފަލަކް ގެ އަތުގައި ހިފައިގެން ފާލިހް ގޭތެރެއަށްވަނެވެ.ރޫމާވެސް ހުރީ ސުވާލު މާރކެއްގެ ތެރޭގައެވެ.ފަލަކް ގެ ކަޅީގެ ކުލަ ފެނުމުން ބޯ ހޫރުވާލަމުން ރޫމާ ގޮސް ރާއިދާގެ ގައިގަ ހިފަހައްޓާލީ އޭނާގެ ސިކުނޑިއަށް އައި ހިޔާލެއްގެ ސަބުބުންނެވެ.”ރަފް.މީ ފަލަކް ދަރިފުޅުގެ އެއްބަފާ ދައްތަ”ފާލިހްގެ ޖުމްލައާއެކު ފަލަކްއާއި ރަފްގާ އާއި ދެމީހުން އެއްފަހަރާ ފާލިހްގެ މޫނަށް ބަލާލި އިރު ރަފްގާގެ ދެލޯ ހުރީ ބޮޑުވެފައެވެ.ހައިރާންކަމާއެކު އޭނާ ފަލަކް އާއި ދިމާލަށް ބަލާލުމުން ބައްޕަ އެހަދަނީ ތެދުކަން އޭނާއަށް ޤަބޫލުކުރެވުނީ ފަލަކް ފާލިހްއާ ވައްތަރު ކަމުންނެވެ.ރާއިދާއަށް ކައިރީގައި ހުރި ސޯފާގައި އިށީނދެވުން އިރު އޭނާގެ ދެލޮލުން ކަރުނަ އަންނަން ފަށައިފިއެވެ.ރާއިދާގާތު އިށީންނަމުން ރޫމާ ފާލިހް އަށް ބަލާލީ ހައިރާންކަން ފުރިފއިވީ ނަޒަރަކުންނެވެ.ރާއިދާ ފާލިހްއާ ކައިވެނި ކުރި އިރުވެސް ފާލިހްގެ އެހެން އަންބަކާ ދަރިއެއް ހުންނަ ކަން އެނގުނުނަމަވެސް ފާލިހް އޭނާގެ މާޒީ ގެ ހިޔަންޏެއްވެސް އެމީހުންގެ ދިރިއުޅުމަށް އެޅެން ދޫކޮއްލާފާނެކަމަކައް އޭނާ ހީ އެއްނުކުރެއެވެ.އެންމެންގެ މޫނުމަތިން ފާޅުވާން ހުރި ނުރުހުމުގެ ސަބަބުން ފަލަކް ހުރީ ދެންވެގެންދާނީ ކިހިނެއްބާއޭ ހިތައްއެރުމުން ކަންބޮޑުވެފައެވެ.”ޑޭޑް ޔޫ އަރ ޖޯކިންގް ރައިޓް؟”ގަބޫލުނުކުރެވޭ ހާލު ރަފްގާ އަނެއްކާ އަހައިލިއެވެ”.ޒުބައިރު ފަލަކްއަށް އޭނާގެ ކޮޓަރި ދައްކާ”ގޭގަ ގެންގުޅޭ ނޯކަރަށް ގޮވާލަމުން ފާލިހް ބުނުމާއެކީ އެތަނައް އައިސް ހުއްޓުނީ ބިދޭސީ ފިރެހެނެކެވެ.ފާލިހްގެ އިޝާރާތައް ފަލަކް އެމީހާ އާއި އެކު ސިޑިން މައްޗައް އަރައިގެން ދިޔަ އިރުވެސް ރޫމާގެ ނުރުހުންވީ ނަޒަރު ވަނީ އޭނާއަށް އަމާޒުވެފައެވެ.”ފާލިހް މީ ކޮންކަމެއް.ރާއި އަށް ކިހާ ބޮޑު ބޭވފާތެރިއެއް ތިވީ”އިންތަނުން ތެދުވަމުން ރޫމާ ބުނެލިއެވެ.އޭނާގެ ކޮއްކޮޔަށް ފާލިހް މިހާ ބޮޑު ކަމެއް އޮޅުވާލައިފާނެއެކޭ އޭނާގެ ހިތަކަށްވެސް ނާރައެވެ.”އަހަރެން ދުވަހަކުވެސް ރާއިދާއަށް ބޭވަފާތެރި ވެފައެއް ނޯންނާނެ.ވީ ބޭވަފާއެއް ވެވުނީ ފަލަކް އަށާ އޭނާގެ މަންމަ ރަޝްފާއަށް.އަހަރެންނާ ރަޝްފާގެ ކައިވެނީގެ ވާހަކަޔާ ދަރިއެއް ހުންނަވާހަކަ އެނގިހުރެ ރާއިދާ އަހަރެންނާ އިނީ ކައިވެންޏަށް ދެކޮޅުހަދަން އަހަރެން އެދި އެދި ހުއްޓާ.ރޫމާ އައްވެސް އެނގޭނެ އަހަރެންނާ ރާއިދާގެ ކައިވެންޏަކީ މައިންބަފއިންގެ އެދުމައް ކުރެވުނު ކައިވެންޏެއްކަން.މިއޮތް ހުރިހާ އަހަރު ވީ އިރު ރަަޝްފާއާއި ދުރުގަ އަދި ފަލަކްއާ ދުރުގަ އަހަރެންނަން ހުންނަން މަޖުބޫރުވީ.އެކަމު މިއަދު ރަޝްފާ މިދުނިޔޭގަ ނެތްއިރު ފަލަކް އަކީ އަހަރެންގެ ޒިންމާއެއް.މިފަހަރު އަހަރެންވެސް އަހަރެންގެ ޒިންމާތަކަކަށް ފުރަގަހެއް ނުދޭނަން.”ފާލިހް ވާހަކަ ދައްކައި ނިމުމުން ރޫމާ ބަލާލީ ރާއިދާއާ ދިމާލަށެވެ.ރާއިދާ ކަރުނަތައް ފޮހެލަމުން ބޯޖަހާލީ ފާލިހްގެ ވާހަކަތައް ތެދު ކުރުމުގެ ގޮތުންނެވެ.ޖެހި ބުދެއްހެން ރަފްގާ ހުރީ އިވިދިޔަ ވާހަކަތަކުގެ ސަބަބުން ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ.އޭނާ އަށް ވަކި ބުނެވޭނީ ވެސް ކީކޭ ހެއްޔެވެ.ރޫމާ ހިނގައިގަތީ އެގެއިން ނުކުންނާށެވެ.ފާލިހް އަވަސްވެގަތީ ފަލަކް ގެ ގާތައްދާށެވެ.ސިޑީގެ މެދަކާ ހިސާބަށް އެރުމަށް ފަހު ފާލިހް ހުއްޓިލިއެވެ.”އަހަރެން އެކަކަށް ވެސް މަޖުބޫރެއް ނުކުރާނަން އަހަރެން އުންމީދުކުރަން އެ ކުށެއްނެއް ކުއްޖާއަށް އެކަކުވެސް ހިތްބުރަ ނުކުރާނެ ކަމަށް.”ފާލިހް މައްޗައް އަރައިގެން ދިއުމާއެކީ ރަފްގާގޮސް ރާއިދާގެ ކުރިމައްޗައްވާ ގޮތައް އިށީނދެލިއެވެ.ރާއިދާގެ ކަރުނަތައް ފޮހެލައިދެމުން ރަފްގާ ހަމަޖެހިލިއެވެ.”ދަރިފުޅާ މިކަމުގަ ދަރިފުޅުގެވެސް އަދި ފަލަކްގެވެސް ކުށެއްނެތް.މަންމަޔައް ހުރިހާކަމެއް އިނގިހުރެ އެ ދެމެދަށް ވަދެވުނީ.ދަރިފުޅުގެ ބައްޕަ އެމީހުން ކައިރިއައް ދިޔަ ނުދޭންވެގެން،ކާފަ ކައިރީ ބުނެގެން ރަޝްފާއަށާ ދަރިފުޅުގެ ބައްޕައަށް ވެސް ބިރުދެއްކީ.މަންމަމީ ވަރަށް ގޯސްމީހެއް.އެކަމު ދަރިފުޅާ،މަންމަ އެހުރިހާ ކަމެއް ކުރީވެސް ދަރިފުޅުގެ ބައްޕަދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން.ހަމަ އެ ލޯތްބައްޓަކައި.”ރާއިދާއަށް ރަނގަޅައްވެސް ރޮވިއްޖެއެވެ.”މޯމް ތީގަ މޯމްގެ އެއްވެސް ކުށެއްނެތް.ލޯބިވުމަކީ ކުށެއްނޫނެއްނު ދޯ.އަދި އެ ލޯބިހޯދަން މަސައްކަތް ކުރުމަކީވެސް ކުށެއްނޫނޭ މޯމް.”ރަފްގާ ރާއިދާގެގައިގަ ބައްދާލަމުން ވާހަކަ ދެއްކިއެވެ.އެ ހިތުގައި ދިޔައީ ފަލަކް އަށްޓަކައި ނަފްރަތުގެ ހުޅު ރޯވަމުންނެވެ.އޭނާގެ ބައްޕައަށް އޭނާއަށް ވުރެން ފަލަކް މުހިންމުވީތީއެވެ.އެ މީހުންގެ ދިރިއުޅުމަށް ފަލަކް އައީތީއެވެ.މިދެމައިންނަށްވެސް ނުވިސް ނެނީ އެންމެ ކަމެކެވެ.ލޯތްބަކީ ގަދަ ބާރުން ހާސިލް ކުރެވޭނެ އެއްޗެއް ނޫންކަމެވެ.ލޯތްބައްޓަކައި މީހުންގެ ދިރިއުޅުމަށް ވިހަލިޔަސް އެ ލޯބި ފުރިހަމައަށް ހާސިލް ނުވާނެކަމެވެ.ލޯތްބައްޓަކައި މީހުން ވަނީ ޤުރުބާން ކަމެވެ.ފާލިހްއާ ދުރުގައިހުރެ ރަޝްފާވީފަދަ ޤުރުބާނީއެވެ.ރަޝްފާއާއި ފަލަކް އަށްޓަކައި ފާލިހް ވީފަދަ ޤުރުބާނީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



Wow just wow varah salhi mi part vx❤️❤️❤️❤️??? …. hama awesome ingey … Siss varah avahah up kohdhehchey nxt prt …stay safe… Lysm ❤️❤️❤️
Ahahaha thankyouuu afuuu darlinggg❤️❤️ Next part i will submit todayyy lym❤️
Masha Allah. Hama varah sali mi part ves sis. Keep it up
When next❤❤❤❤??
Thankyouu ril darling ❤️ I have already submitted next part ingey♥️
Amazing… Keep it up rlly looking forward for the next part❤️
Ayee thankyou muku❤️
Varah reethi mi baaves
Thankyou ✨?
buri darling di gohodo afaaburi yaahoo keee
އޯމައި ގޯޑް ގޯހޯޑޯ ދީބުރި ޕާޕިޔާނީ ޔާހޫ މިސްޔޫ?❤️?
Mibai vs V Reethi MaShaAllah.. lluvia ah adhikiriyaa mikiunee .. Thankuu drln..
Aww its fine thankyou luvia❤️