Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބައްޓަކައި (7ވަނަ ބައި)

Afaa Level 310 Stories100 Comments
June 22, 2020 5 Mins Read
12 Comments

‎އިރުއޮށްސޭ ހިތްގައިމު ވަގުތު އުޑުމަތި ފެވިފައިވނީ ފަނޑު ރަތް ކުލަޔާ،އޮރެންޖު އަދި ދަނބު ނޫ ކުލައިގެ ވިލާތަކުންނެވެ.ބަލާ ފޫހި ނުވާނެ މި މަންޒަރަށް ނަޒަރު ހުއްޓާލައިގެން ނިކްޔަން ހުރީ ޓެރަހުގައެވެ.އަތުގައި އާވީ އަރާ ކޮފީމަގެއް ހުރި އިރު އެ ހިތްގައިމު މޫނުމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ.”ދޮންބޭ”ނުހާގެ އަޑަށް ނިކްޔަން ފަހަތް ބަލާލި އިރު އޭނާ އައިސް އެތާ ހުރި އުނދޯލީގައި އިށީންނަނީއެވެ.”ކިހިނެއްވީ؟”ބުމަ އަރުވާލަމުން ނިކްޔަން ނުހާ ގާތު އަހާލިއެވެ.”ޕިސްޕިސް…ނުއްކޮ ކަންނޭގެ ދޮންބެ ކައިރީ ތިހެން އަހަންވީ…މާ ސީރިއަސް ވެފަ ވިސްނަން ދޮންބެ ވިއްޔަ ތިހުންނަނީ…”ނުހާ އުނދޯލީގަ ހަމަޖެހިލަމުން އަހާލިއެވެ.ކިތަންމެ ކުޑަޔަކަސް ނުހާއަކީ ވިސްނުންތޫނު ކުއްޖެކެވެ.ކަންކަން ވަރަށް ފަސޭހައިން ނަގައިގަންނާނެއެވެ.”ނުއްކޮ އަށް ކިހިނެއް އިނގުނީ ދޮންބެ ކަމަކާ މެދު ވިސްނާކަމެއް؟”ސުވާލުކޮއްލަމުން ނިކްޔަން އަނެއްކާވެސް މަގުމައްޗާވީ ފަޅިއަށް އެނބުރުނެވެ.”ކަމްއޯން ދޮންބޭ…ކޮފީ،ހަމަހިމޭން މާހައުލެއް އެންޑް އަ ލައިޓް ސްމައިލް..މީ ގިނަ މީހުން ކަމަކާ ވިސްނަންޏާ އެމީހުންގެ ބެސްޓް ފްރެންޑްސް”އައިސް ނިކްޔަން ގާތު ހުއްޓިލަމުން ނުހާ ވާހަކަދެއްކިއެވެ.”ނުއްކޮ ހާދަ ސްމާރޓް ވެއްޖޭދޯ…ކޮން ވާހަކަ ފޮތެއް ކިޔައިގެން ތިއުޅެނީ؟”ނުހާގެ ނޭފަތުގަ ހިފާލަމުން ތިރިއަށް ބަލާލި ވަގުތު ކާރުން ފައިބައިގެން ސަލްމާއާއި ވާހަކަދައްކަމުން ގެއަށް ވަންނަން ދިޔަ ފަލަކް ނިކްޔަންގެ ލޮލުގަ އަޅައިގަތެވެ.ބޭއިހްތިޔާރުގަ އޭނާއަށް އެދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.”އެއީ ދޯ ކޫގެ ހާރފް ސިސްޓާރ… އޯމައިގޯޑް ހަރ ހެއަރ އިޒް ސޯ ޕްރިޓީ”ނުހާއަށް ފަލަކް ފެނުމުން އެއީ ކާކުކަން އިނގުނީ މިއަދު ރޫމާ ވާހަަކަދައްކަނިކޮށް އޭނާއަށްވެސް އަޑުއިވުނީތީއެވެ.”ޝީ އިޒް އޯލްސޯ ޕްރިޓީ”އަމިއްލ ނަފްސަށް އެކަނި އަޑު އިވޭވަރަށް ނިކްޔަން ބުނެލިއިރު އޭނާގެ ހިޔާލަށް އައީ މިއަދު ސިޑި މަތީގައި ހިނގައިދިޔަ އެކްސިޑެންޓެވެ.ވިލުނޫކުލައިގެ އެ ބޮޑު ދެލޮލުން ފަލަކް އޭނާއަށް ބަލަހައްޓައިގެން ހުރި ގޮތެވެ.”ޑިޑް ޔޫ ސޭ ސަމްތިންގް؟”ނުހާ އަހާލުމާއެކު ބޯ ހޫރުވާލަމުން ނިކްޔަން ޓެރަސް އުން ފައިބަން ހުންނަ ސިޑިންފއިބައިގެން ދިއައީ މިސްކިތަށް ދިއުމަށެވެ.

……………………….

‎ގެއަށް ވައިން އިރު ސިޓިން ރޫމްގައި އެކަކުވެސް ނެތުމުން ފަލަކް އަށް ފުންނޭވާ އެއް ދޫކޮށްލެވުނެވެ.އަވަހަށް ސިޑިން އަރައިގެން ފަލަކް ގޮސް އޭނާގެ ކޮޓަރި އަށް ވަނެވެ.ގަނެގެން ގެނައި ސާމާނުތައް ސޯފާމަތީގައި ބަހައްޓާލުމަށްފަހު ފަލަކް ގޮސް ހުއްޓުނީ ރީތިވާ މޭޒު ކައިރީގައެވެ.ކަރުގައި އަޅާފަ އޮތް ދޯޕައްޓާ ނަގުމަށްފަހު ކަރުގައި އޮތް ރަން ފަށުގެ ފުލުގައި ހިފާލަމުން ދެލޯ މަރާލުމާއެކު އެ އޮމާން ކޯތާފަތުގައި ބޮސްދެމުން ކަރުނަތައް ފައިބައިގަތެވެ.ހީވީ މިއޮތް ހުރިހާއިރު އެ ކަރުނަތައް ހިފަހައްޓައިގެން ހުރި ހެނެވެ.އާއެކެވެ މިއޮތް ހުރިހާއިރު ފަލަކް ހުރީ އަމިއްލަ އިހުސާސްތައް ރީތި ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވާލައިގެންނެވެ.އެއީ އޭނާއަށް މާކަ އުނދަގޫ ކަމެއްވެސް ނޫނެވެ.ކުޑައިރުއްސުރެ ފަލަކްއަކީ އެހެންމީހުންގެ ކައިރީ އަމިއްލަ އިހުސާސްތައް ހިއްސާ ކުރާ ކުއްޖެއްނޫނެވެ.އެހެންކަމުން އޭނާގެ މާ ގާތް އެކުވެރިންނެއްވެސް ނުތިބޭނެއެވެ.ރަށުގައި ހުރި ހަމައެކަނި އެކުވެރިޔާ ޒުމާ މީގެ ދެ އަހަރުކުރިން މާލެ ބަދަލުވުމުން ކަންކަން ހިއްސާ ކޮއްލާނެ މީހެއްވެސް ނުހުރެއެވެ.މަންމަގެ ހަދާން ވުމާއެކު ރޮމުން ރޮމުން ފަލަކްއަށް ހުރި ތަނަށް ތިރިވެވުނު އިރު އެ މުޅި ކޮޓަރިތެރޭގައި ވަނީ މަޑު ގިސްލުމެއްގެ އަޑެވެ.މިއަދު އޭނާ އަމިއްލަ އިހުސާސްތައް ހިއްސާ ކޮއްލާނީވެސް ވަކި ކާކާ ހެއްޔެވެ.މިތާ އުޅޭ އެންމެނަކީވެސް އޭނާއަށް ބީރައްޓެހިންނެވެ.މަންމަ ދުނިޔޭގައި ހުރިއިރު އެކަނިވެރިކަމުގެ އިހުސާސްއެއް އޭނާއަށް ދުވަހަކުވެސް ނުކުރެވެއެވެ.އަބަދުވެސް ކޮންމެކަމެއްގައި އޭނާއަށް ހިތްވަރުލާދީ ނަސޭހަތްތެރިވާން އެ މަންމަ ހުރެއެވެ.”މަންމާއެވެ.އަނބުރާއަންނާށެވެ.މިއަދު އަހަރެން މުޅިން އެކަނި ވެރި ވެއްޖެއެވެ.”މި ޝަކުވާތައް ވީ ފަލަކްގެ ހިތު ތެރޭގައެވެ.އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން ކަރުނަތައް ފޮހެލުމަށް ފަހު ފަލަކް އިންތަނުން ތެދުވެގެން ގޮސް ފާހަނާއަށް ވަނީ ވުލޫ ކޮއްލައިގެން ނަމާދު ކޮއްލުމަށެވެ.އޭނާގެ ހިތައް ކުޑަނަމަވެސް ފިނިކަމެއް ލިބޭނީ އޭރުން ކަމަށް ވާތީއެވެ.

………………….
‎ލޫތް އާއެކު ބުރެއްޖަހާލުމަށްފަހު އާލިމް ގެއަށް އައީ އިޝާ ނަމާދުވެސް ކޮއްލައިގެނެވެ.އޭރު ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމުގައި ހާޖަރާގެ އިތުރުން ގޭގައި އުޅޭ ނޯކަރު މީހާވެސް މަސައްކަތް ކުރަމުން ދިއައެވެ.ލައިލާއާއި ހަނީފް ފެންނަން ނެތުމުން އާލިމް އަށް ހަމަޖެހިލެވުނެވެ.”އާލް…އާދޭ ކާން މި ނިމުނީއޭ މިހާރު”އާލިމް ފެނުމުން ހާޖަރާ ގޮވާލިއެވެ.”ނޫނޭ ދެންމެ މިއައީ ކޮފީއެއް ބޮއެގެން…މާމަ އާދެބަލަ އެބައޮތޭ މާމައަށް ހަދިޔާއެއް”ހާޖަރާ އައިސް ސޯފާގަ އިށީންދެލުމުން އާލިމް ސެންޓުފުޅި ލައިފަ އޮތް ކޮތަޅުން ފުޅިއެއް ނަގައި ދިއކޮއްލިއެވެ.”މީ މާމަ އެހެންޔާ ޖަހާ ވައްތަރެއްވެސް ނޫން…އެކަމް ވަރަށް މީރު ވަހެއް މީގެން ދުވަނީ..އެ އޮތީ ދެން ކޮންފުޅިއެއް..؟”އެ ސެންޓު ފުޅި ފޮޝިން ނަގަމުން ވަސްބަލާލަމުން ކޮތަޅުގައި އޮތް އަނެއް ފުޅިއަށް އިޝާރާތް ކުރަމުން ހާޖަރާ އަހައިލިއެވެ.”އެއީ ދޯ…މި”ބުނާނެ އެއްޗެއް ނޭނގުމުން އާލިމް އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލިއެވެ.”އާން ދެން ހަނދާންވީމަ މާމަ ކައިރީ ބުނެލާ..”ހިނިގަނޑެއް ޖަހާލަމުންހާޖަރާ ބުނެލިއެވެ.އާލިމް ގެ މޫނުމަތިން ހިނިތުންވުމެއް ފެންނަން ހުރުމުން ހާޖަރާގެ ހިތައް ހަމަޖެހުމެއް ލިބުނެވެ.އާލިމްގެ މޫނުމަތިން އެފަދަ ހިނިތުންވުމެއް ނުފެންނަތާ މިހާރު ކޮންޒަމާނެއް ހެއްޔެވެ.”މާމަ ކައިރީ ބުނެފާނަންތަ ތީ ކޮންކުއްޖަކަށް ދޭން ގަތް ސެންޓު ފުޅިއެއްތޯ..؟”އާލިމް އެއްޗެކޭ ނުބުނެ އަމިއްލަ ހިޔާލަކަށް ގެއްލިފަ އިންނަންފެށުމުން ހާޖަރާ އަހާލިއެވެ.އޭރު ހާޖަރާގެ މޫނުމަތީގައި ވަނީ ލާނެއް ހިނިތުންވުމެކެވެ.”މާމަ ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ…މީ އެ ލޫތުގެ ބިޓުގެ އުފަންދުވަސް އަންނާތީ އޭނަ ގަތް އެއްޗެކޭ…އޭނަ އަހަރެންއަތުގަ ބާއްވާލަން ދިނީ އެހާއިރަށް”ވަކަން ކުރަނިކޮށް ފަޅާއެރި ފަދައިން އެހެން ބުނެލުމަށްފަހު އާލިމް ކޮތަޅުތައް ހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނުމާއެކީ ހާޖަރާގެ މޫނުމަތީގަ ލުއި ހިނިތުންވުމެއް ދުވެލިއެވެ.އާލިމް އެހެދީ ދޮގެއްކަން ހަމަ ރަނގަޅަށް އޭނައަށް އިނގިއްޖެއެވެ.ކޮންމެ މީހަކާ ހެދި ވިޔަސް އާލިމްގެ މޫނުމަތިން އެފަދަ ހިނިތުންވުމެއް އަބަދުމެ ފެނުމަކީ ހާޖަރާގެ އުންމީދެވެ.”ޔާﷲ މިއަޅާގެ މާމ ދަރީގެ އެ ހިނިތުންވުން ނުފިލާ އަބަދުމެ ދަމަހައްޓަވާން ދޭވެ.އެ ހިނިތުންވުމުގެ ފަހަތުގައި ވީ ފަރާތް އޭނާގެ ހަޔާތުން ދުރަށް ނުދާންދޭވެ”ދެއަށް މައްޗައް ހިއްލާލަމުން ހާޖަރާﷲ ގެ ހަސްރަތައް ދުޢާ ދެންނެވިއެވެ.ކޮޓަރިއަށް ވައިން ގޮތައް އާލިމް ކޮތަޅުން އެ ސެންޓު ފުޅި ނަގައިގެން ގޮސް އެނދުގައި ޖައްސާލިއެވެ.ސެންޓު ފުޅިއަށް ބަލަން އޮތްއިރު މިއަދުގެ ހާދިސާ ހިތައް އެރުމުން އާލިމްއަށް ހުރިހާ ދަތެއް ފެންނަ ވަރަށް ހީލެވުނެވެ.އާލިމްގެ އެ ހިނިތުންވުން ފެނިއްޖެނަމަ އެތައް އަންހެންކުދިންނެއްގެ ހިތްއަވަސް ވެގެން ދާނެކަން ގައިމެވެ.”ކަމަނާ”އާލިމްގެ ދުލުން ބޭރުވި ލަފްޒާ އެކު އޭނާ ދެލޯ މަރާލިއެވެ.

……………………..
‎ހާސްވެހުރެ ރާއިދާ ދިއައީ ސިޓިން ރޫމުގައި ދެކޮޅު ދެކޮޅަށް ހިނގަމުންނެވެ.ހަވީރު ބޭރަށް ދިޔަ ރަފްގާ އަދިވެސް ގެޔަކަށް ނާދެއެވެ.މީހާރު ގަޑިން އެގާރޖަހައި ބޮޑު ވީ ވިއްޔާއެވެ.ފޯނަށް ގުޅައި ގުޅައި ރަފްގާ ފޯނެއްވެސް ނުނެގިއެވެ.ޝޫރާގެ ފޯނަށްވެސް ގުޅުނު އަދަދެއް ނޭނގެއެވެ.ފޯނު އޮންނަނީ ނިއްވާލައިފައެވެ.ޑްރައިވަރަށް ގުޅުމުން ބުނީ އޭނާ ރަފްގާ ގެންގޮސްދިނީ އަރޓިފިޝަލް ބީޗްއަށް ކަމުގައެވެ.ނަމަވެސް އެއީ ހަވީރުގައެވެ.މިހާރު ކޮން އިރެއް ހެއްޔެވެ.”ރާއިދާ…ކިހިނެއްވީ؟..ރަފް އަދިވެސް ގެއަށް ނާންނަނީތަ؟”ސްޓަޑީގައި އޮފިސް މަސައްކަތެއް ކުރަން އިނުމަށްފަހު ނިކުތް ފާލިހްއަށް ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިރާއިދާ ފެނުމުން އަހާލިއެވެ.”އާން އަދިވެސް ނާދޭ..މިހާރު އެޔޮތް ބާރަޖަހަނީ… ގުޅައި ގުޅައި ފޯނެއްވެސް ނުނެގި”ކަންބޮޑުވެ ހުރެ ރާއިދާ ކިޔާދިނެވެ.ފާލިހްގެ މޫނުމަތިންވެސް ކަންބޮޑުވުން ފާޅުވާން ފެށިއެވެ.އޭނާ ފޯނު ނަގައި ރަފްގާގެ ފޯނަށް ޑައިލް ކޮލަން ފިއްތާލަން އުޅެނިކޮށް ގޭގެ ދޮރު ހުޅުވިގެން ދިއައެވެ.”ރަފް މިއޮތް ހުރިހާއިރު ކޮންތާކު އުޅުނީ…ޑޭޑް އަބަދުވެސް ބުނަން ދޯ އަންހެން ކުދިން އެހާ ލަސް ވަންދެން ގޭން ބޭރުގަ އުޅޭކަށް ނުވާނެ އޭ”ހިތްހަމަ ނުޖެހިފައި ހުރުމުން ފާލިހްއަށް ވާހަކަ ދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ.”ގެއަށް އަންނަ ހިތް ނުވީމަ ނައީ…އެނީވޭސް ސޮރީ ޓު ކީޕް ޔޫ ގާއިސް ވެއިޓިންގް…ވަރަށް ނިދި އައިއްސި މިދަނީ ނިދަން”އެހެން މީހަކު ބުނާނެ އެއްޗަކަށް ބަލައިލުމެއް ނެތި ރަފްގާ ސިޑިން އރައިގެން ދިއައެވެ.”ރާއިދާ ވެއްޖެ މިހާރު ރަފްގާއަށް ވިސްނައިދޭން…އޭނާގެ އެ އުޅުން ބަދަލުކުރަން”ރާއިދާ ކައިރީ ފާލިހް ބުނެލީ ހިތްހަމަނުޖެހިފައި ހުރެ އެވެ.”އެ ބުނީނު އަންނަ ހިތް ނުވީމައޭ ނައީ….ފާލިހްއަށް ވެސް އިނގޭނެ ކީތްވެކަން”އެހެން ބުނެލުމަށްފަހު ރާއިދާވެސް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.ފާލިހްއަށް ބޯ ހޫރުވާލެވުނީ ރާއިދާގެ ވެސް ވިސްނުން ހުރި ގޮތުންނެވެ.ކޮޓަރިއަށް ދާން ބޭނުން ނުވުމުން އޭނާ އަނބުރާ ގޮސް ސްޓަޑީއަށް ވަނެވެ.

……………….

‎ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ނިދިފައި އޮތް ފަލަކް އަށް ހޭލެވުނެވެ.ފެންވަރާލައިގެން ނަމާދު ކޮއްލުމަށްފަހު ފޮށީގައި ހުރި އަންނައުނުތައް އަލަމާރިއަށް އަޅައި އޭނާ ކޮޓަރިތެރެ ހަމަޔަކަށް އަޅުވާލިއެވެ.އޭރު ގަޑިން ހައެއް ޖަހައިފިއެވެ.މަޑު މަޑުން ސިޑިން ފައިބައިގެން ސިޓިން ރޫމް އަށް ފަލަކް ނިކުތް އިރު ގޭތެރޭގައި ވަނީ މަރުފަދަ ހިމޭންކަމެވެ.އެކަކުވެސް ނުހޭލަނީ ކަންނޭގެއެވެ.ބަދިގެއަށް ގޮސް ކޮފީއެއް ހަދައިލައިގެން ކޮޓަރިއަށް ދާން އުޅުނު ފަލަކްގެ ހިޔާލު ބަދަލުވީ އިއްޔެ ސަލްމާ ބުނި ވާހަކައެއް ހަނދާންވުމުންނެވެ.އެގޭގެ ޓެރަސް ވަރަށް ހިތްގައިމު ވާނެކަމަށް ސަލްމާ ބުންޏެވެ.ކޮފީ ޖޯޑު ހިފައިގެން ގެއިން ނިކުމެ ސިޑިން އަރައިގެން ފަލަކް ގޮސް ޓެރަހަށް އެރި އިރު އޭނެގެ ހަށިގަނޑު ރޫރޫ އަޅައިގަތީ ގައިގައި ބީހިލި ފިނިފިނި ވައިރޯޅީގެ ސަބަބުންނެވެ.އެކި ވައްތަރުގެ މާގަސް ޓެރަހުގައި ހެއްދިފައި ވީއިރު ގިނައީ އޯކިޑާއި ބޯގަންވިލާގެ އެކި ކުލަތަކެވެ.ހެނދުނުގެ ހިތްގައިމު ވަގުތުކަމުން ފަޒާގައި ވަނީ ތެއްފިނިކަމެކެވެ.މާލޭގެ ހަލަބޮލި މަގުތަކުގައިވެސް މިވަގުތުވަނީ ހަމަހިމޭންކަމުގެ ސާލެއް އޮޅާލެވިފައެވެ.ކޮފީ ޖޯޑު ހިފައިގެން ގޮސް ފަލަކް އިށީނދެލީ އެތާހުރި އުނދޯލީގައެވެ.މަންމައާއެކު ހޭދަވި މާޒީގެ އުފާވެރި ދުވަސްތައް ހަނދާނަށް އައުމުން ހިސާހިތަކު ފަލަކްގެ ލޮލުން ކަރުނައިގެ ތިކިތައް ފައިބަންފެށިއެވެ.”ދައްތަ ރޮނީތަ؟”ދާދި ގާތުން އަންހެންކުއްޖެއްގެ އަޑު އިވުމުން ފަލަކް އެދިމާލަށް ބަލާލިއިރު އޭނާއާ ދާދި ގާތުގަ ހުއްޓި ހުރީ ބާރަ ވަރަކަށް އަހަރުގެ ލޯބިލޯބި އަންހެންކުއްޖެކެވެ.”ނޫން ނުރޮން”އަވަހަށް ކަރުނަތައް ފޮހެލަމުން ހިނިތުންވެލަމުން ފަލަކް ބުނެލިއެވެ.އެއްވެސް މީހަކަށް އޭނާ ބަލިކަށިވެ ރޯ މަންޒަރު ފެންނާކަށް ފަލަކް ބޭނުމެއް ނޫނެވެ.”ހާއި އައި އޭމް ނުހާ ނަޔާޒް”ސަލާމަށް އަތް ދިއްކޮލަމުން ނުހާ ތާރަފްވެލުމުން އެ އަތުގައި ހިފައި ފަލަކްވެސް ސަލާމް ކޮއްލިއެވެ.”ފަލަކް”ހިނިތުންވެލަމުން ފަލަކް އޭނާގެ ނަން ބުނެލުމުން ނުހާ ވެސް ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮއްލަމުން ފަލަކް ކައިރީ އުނދޯލީގަ އިށީނދެލިއެވެ.”ދައްތަ ކީއްވެ ދެންމެ ރުއީ؟”ފަލަކް އާ ނުހާ ސުވާލު ކޮއްލިއެވެ.”ދައްތަ ނުރޮމޭ ނުހާ ހާދަ ހެނދުނަކާ ހޭލައިގެން ތިއުޅެނީ”ހިނިތުންވެލަމުން ފަލަކްވެސް ނުހާޔާ ވާހަކަ ދެއްކިއެވެ.”ނުހާ އަބަދުވެސް ހޭލަމޭ ފަތިސް ނަމާދު ކުރަން…މިތަނަށް މިއައީ އޯކިޑްތައް ބަލާލަން..”އޯކިޑް ގަސްތަކަށް އިޝާރާތް ކުރަމުން ނުހާ ބުނެލިއެވެ.”އެހެންތަ!ހާދަ ބަސްއަހާ ކުއްޖެކޭ މީ ދޯ”ނުހާގެ ކޮލުގަ ހިފާލަމުން ފަލަކް ބުނެލިއެވެ.”ތީ ކޫގެ ސިސްޓަރ ދޯ”ނުހާ ސުވާލު ކޮއްލުމުން”ކޫ” އޭ ފަލަކް އަށް އަހާލެވުނީ އެއީ ކާކުކަން ނޭނގުމުންނެވެ.”ނުހާގެ ކޫ އަކީ ރަފްގާ…”ނުހާ ބުނެލަދިނުމުން ހިނިތުންވެލަމުން ފަލަކް އާއެކޭ ބުނެލިއެވެ.”ކޮން އައިލެންޑް އަކުންތަ ދައްތަ ތިއައީ؟…ނުހާ ވަރަށް ދާ ހިތްވޭ އައިލެންޑްސް ތަކަށް”ނުހާގެ ލޯބި ލޯބި ވާހަކަތަކުން ފަލަކް ހިތައް ހަމަޖެހުމެއް ލިބިގެން ދިއައެވެ.އަދި ނުހާއަކީ ރާއިދާގެ ދައްތަގެ ދަރިއެއްކަންވެސް އިނގުނެވެ.ނުހާއަށް ފަލަކް ވަރަށް ކަމުދިޔައެވެ.އެތައް އިރަކު ވާހަކަ ދައްކަން އިނުމަށްފަހު ނުހާ ދިއައީ އޭނާގެ މަންމަ ގޮވާލުމުންނެވެ.ނުހާ ދިއުމުން ފަލަކްވެސް ތިރިއަށް ދާން އަވަސްވެގަތެވެ.ސިޓިން ރޫމްއަށް ވައިތް ފަލަކް ގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ބަދިގެއިން ރާއިދާ އޭނާއަށް ގޮވާލުމުންނެވެ.

…………………………..

‎ހޭލެވުމުން ފޯނުން ގަޑި ބަލާލުމަށްފަހު އަނެއްކާވެސް ރަޖާގަނޑު ގައިގައި އޮޅާލަމުން ޝޫރާ ނިދޭ ތޯ މަސައްކަތް ކުރިއެވެ.ދެއަތައް ފުރޮޅި ފުރޮޅިވެސް ނުނިދުމުން ޝޫރާ އެނދުން ތެދުވެ ސިޓިން ރޫމަށް ނިކުތީ ހައި ވެފައި ހުރުމުންނެވެ.”އަހާ ދަރިފުޅާ ހޭލެވުނީ ދޯ….މަންމަ މިދަނީ ޑިއުޓީއަށް ދާން އިނގޭ ދަރިފުޅު ފަރާޓާއެއް ފިހެލައިގެން ކާލާ”ފައިވާން ހަރުގަނޑުކައިރީ ބޫޓައް އަރަން ހުރި މައުރިފާއަށް ޝޫރާ ފެނުމުން ބުނެލިއެވެ.މައުރިފާއަކީ އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ހީވާގި ނަރުހެކެވެ.”އޯކޭ ބާއި”މައުރިފާ ގެއިން ނުކުތުމުން ކާމޭޒުގެ ގޮނޑިއެއްގައި ޝޫރާ ފޫ ޖައްސާލިއެވެ.ޝޫރާއަކީ މައުރިފާގެ ހުރި ހަމައެކަނި ދަރިއެވެ.ޝޫރާ ވަރަށް ކުޑައިރު އޭނާގެ ބައްޕަ ނިޔާވުމުގެ ސަބަބުން އޭނާ ބަލައި ބޮޑުކުރީ މަންމައެވެ.އެމީހުން މިހާރު އެ އުޅެމުންދަނީ ޝޫރާގެ ބައްޕަ ޝަހީމްއަށް ބަހައިގެން އޭނާގެ ގެއިން ލިބިފައި ހުރި އެޕަރޓްމެންޓްގައެވެ.މައުރިފާއާއި ޝަހީމްގެ ކައިވެނި ކުރެވުނީ ޝަހީމުގެ އާއިލާގެ ނުރުހުމުގައި ކަމަށްވާތީ އެމީހުނާ އެ އާއިލާ މީހުނަކާ މާ ބޮޑު ގުޅުމެއް ނޯވެއެވެ.މައުރިފާގެ އާއިލާގައި އިތުރު މީހެއް ހުންނަ ކަމެއް ޝޫރާ އަކަށް އިނގިފައެއް ނުވެއެވެ.
‎ގެއިން ނިކުމެ ތަންކޮޅަކަށް ދެވުނު ތަނާ ފޯނު ރިންގުވާން ފެށުމުން މައުރިފާ އޭނާގެ އަތް ދަބަހުން ފޯނު ނަގައި އެޔަށް ޖަވާބު ދިނެވެ.ހަލޯ އޭ ބުނުމާއެކު އެކޮޅުން އިވިގެން ދިޔަ ހަބަރަކުން މައުރިފާގެ އަތުން ފޯނު ދޫވެ ޕޭވްމަންޓް މައްޗައް ވެއްޓުނެވެ.އޭރު އޭނާގެ ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ.

………………………
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

ދުރުވާކަށް ތި ލޯތްބަށް މަ ނޭދެން ( ފުރަތަމަ ބައި )

Next

އިންސާފު ލިބޭނެބާ؟-7

Next
June 22, 2020

އިންސާފު ލިބޭނެބާ؟-7

Previews
June 22, 2020

ދުރުވާކަށް ތި ލޯތްބަށް މަ ނޭދެން ( ފުރަތަމަ ބައި )

12 Comments!

  1. Afu says:
    June 22, 2020 at 11:40 am

    Me first dhwww yey ….. Wowww varah reethi igey sissooo gadaa mi prt vx ?????… Hama obines to the max igey ❤️❤️❤️???… Alhey finally falak ahvx frnd eh libunee dhww ???❤️❤️❤️ … Varah varah reethi igey hama speechless ???…. Uhmmm siss buneemehnu last prt ga kaakah hn hey heevanee falak libeynee dhww … Afu ah heevanee nikyan ah hn heevanee falak libeynee ithink igey ????????….. Ohhhh iss okay tht ur not using any social media apps btw I’m very sady for tht???????????☹️☹️☹️?? Lilly siss eh vx use eh nukurey ☹️☹️??…. Whn nxt avahah up kohdhehchey nxt …. Waiting …… Alhe falak ah kihinei baa raaidha hadhan e ulhenee …. Raaidha eii rifga ge mom dhww … Waiting 4 nxt … Lilly siss ebaulhenthr mithaaga I miss u igey siss ???? …. Lysssssmmmmmm ❤️❤️❤️ …. Stay safe
    Lilly siss nagaafa ur the bst author igey ahahhaha don’t be angry igey …..
    Lots and lots of love from Afu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????❤️?❤️?❤️?❤️?❤️?❤️?❤️??❤️?❤️?❤️?

    1. aphxxx says:
      June 22, 2020 at 12:30 pm

      Ahahahha thankyouuuu afuuuuui ❤️❤️❤️❤️ Hingaa dhww balan kaaakah tho falak libenyyy….yesss ofc dhn im not angry dhwww lymm afuuu❤️

  2. Lluvia says:
    June 22, 2020 at 8:36 pm

    Mi part vs V Vvvvvvvv Reethi ingey sis… MaShaAllah..
    I think shoo really and falak are cousins. Or Ehn Gotha kind viyas family.. I just a guess

    1. aphxxx says:
      June 22, 2020 at 10:26 pm

      Ahahha lets see dhw waagoii…thankyou luvia darling❤️❤️❤️❤️❤️

  3. Lluvia says:
    June 22, 2020 at 8:36 pm

    Shooraa***

    1. aphxxx says:
      June 23, 2020 at 7:05 pm

      Shoo is her nickname ehehe❤️?

  4. Nunnu says:
    June 23, 2020 at 12:11 am

    Mivahaka reethi.. dhen rafga vess ulhey gotheh dho…

    1. aphxxx says:
      July 20, 2020 at 8:36 pm

      Thankyou hahaha dhw

  5. Hyukii says:
    June 23, 2020 at 8:20 am

    I think shoo and falak are cousin

    1. aphxxx says:
      June 23, 2020 at 1:42 pm

      Letss seee thankyou hyukii❤️

  6. Lluvia says:
    June 23, 2020 at 8:45 pm

    No mistakes ekee type kurias.. Comments send veema outo in changes annanyyy keehvetha

    1. aphxxx says:
      June 23, 2020 at 11:30 pm

      Hahahha ewaru kameh wedhaane???❤️

Comments are closed.

Next Episodeލޯތްބައްޓަކައި (8ވަނަ ބައި)←


All Right Reserved!